-

ޖުޑީށަލް ސަރވިސް ކޮމިށަނުގެ ހިންގާ ގަވާއިދު (ގަވާއިދު ނަންބަރު 2023-167) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-184)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 13 ޑިސެމްބަރު 2023 ގައި)

 

ގަވާއިދު ނަންބަރު 2023-167 (ޖުޑީށަލް ސަރވިސް ކޮމިށަނުގެ ހިންގާ ގަވާއިދު) އަށް 1 ވަނަ އިސްލާހު ގެނައުން. 

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 46 ވަނަ މާއްދާގެ (ރ) ގެ (7) ވަނަ ނަންބަރުގެ ފަހަތަށް ނަންބަރެއް އިތުރުކުރުން. 

ދާއިމީ ކޮމިޓީތައް 46.

(ރ) (8) ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތައް ލަސްވާ ސަބަބު ދެނެގަންނަ ކޮމިޓީ.

 

2 ވަނަ މާއްދާ - މި ގަވާއިދަށް ޢަމަކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ޖުޑީށަލް ސަރވިސް ކޮމިށަނުގެ ހިންގާ ގަވާއިދު (ގަވާއިދު ނަންބަރު 2023-167)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ޖުޑީށަލް ސަރވިސް ކޮމިށަނުގެ ހިންގާ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2023-167)

ކިޔުންތެރިންގެ ހިޔާލު