-

ގާނޫނީ އޮޑިޓްކުރުމާއި އެށޫރޭންސްގެ ހިދުމަތް ދިނުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-03) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-176)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 16 ނޮވެމްބަރު 2023 ގައި)

 

ގަވާއިދު ނަންބަރު 2021-03 (ގާނޫނީ އޮޑިޓްކުރުމާއި އެށޫރޭންސްގެ ހިދުމަތް ދިނުމުގެ ގަވާއިދު) އަށް، އަންނަނިވި އިސްލާހުތައް ގެނައުން. 

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާގެ (ތ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ތ) ގަވާއިދު ނަންބަރު 2020-23 (ދިވެހިރާއްޖޭގެ ގާނޫނީ އޮޑިޓްކުރުމުގެ  ގަވާއިދު) ގެ ދަށުން ލައިސަންސް ދޫކޮށްފައިވާ ފަރާތްތައް، މި މާއްދާގެ

(ޅ) ގައި ބަޔާންކޮށްފައިވާ ށަރުތުން އިސްތިސްނާ ކުރެވޭނެއެވެ. 

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 2 އިސްލާހުކުރުން.

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ. 

 

ޖަދުވަލު 2

މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ތިރީގައިވާ ގޮތުގެ މަތީން ފީ ނެގޭނެއެވެ. 

 

1. ފަރުދުންގެ އަތުން ފީ ނެގޭ ގޮތް 

ތަފްސީލު

ދިވެހި ރުފިޔާ

އެޕްލިކޭށަން ފީ (ނޮނ-ްރިފަންޑަބަލް) 3،000
އަހަރީ ލައިސަންސް ފީ 5،000 (ފަސްހާސް) ރުފިޔާ ނުވަތަ ފާމުން ކުރާ ގާނޫނީ އޮޑިޓުގެ 
އާމްދަނީގެ %1 (އެކެއް އިންސައްތަ) ގެ ތެރެއިން ބޮޑު އަދަދެއް*
އޮޑިޓް އެސައިންމަންޓް ކޮލެޓީ ރިވިއު ފީ** 50،000 - 5،000

 

2. ފާމުތަކުން ފީ ނެގޭގޮތް 

ތަފްސީލު

ދިވެހި ރުފިޔާ

އެޕްލިކޭށަން ފީ (ނޮނ-ްރިފަންޑަބަލް) 5،000
އަހަރީ ލައިސަންސް ފީ 5،000 (ފަސްހާސް) ރުފިޔާ ނުވަތަ ފާމުން ކުރާ ގާނޫނީ އޮޑިޓުގެ އާމްދަނީގެ %1 (އެކެއް އިންސައްތަ) ގެ ތެރެއިން ބޮޑު އަދަދެއް*
އޮޑިޓް އެސައިންމަންޓް ކޮލެޓީ ރިވިއު ފީ** 50،000 - 5،000
ފާމު ލެވެލް ކޮލެޓީ ރިވިއު ފީ** 100،000 - 5،000

 

*މި ފީ ދައްކާނީ، ވޭތުވެދިޔަ އަހަރު ފާމުން ކުރި ގާނޫނީ އޮޑިޓުގެ އާމްދަނީގެ މައްޗަށް ބިނާކޮށެވެ. އަދި މި ފީ ނެގުމުގައި، ތިރީގައިވާ ގޮތުގެ މަތީން އަމަލުކުރަންވާނެއެވެ.

  1. ގަވާއިދު ނަންބަރު 2020-23 (ދިވެހިރާއްޖޭގެ ގާނޫނީ އޮޑިޓްކުރުމުގެ  ގަވާއިދު)  ގެ ދަށުން ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުން، ފާއިތުވި މާލީ އަހަރު ގާނޫނީ އޮޑިޓްކޮށްގެން ލިބުނު އާމްދަނީގެ މައްޗަށް ބިނާކޮށް، މި ފީ ދައްކަންވާނެއެވެ.
  2. މަތީގައި ނަންބަރުގައި (1) ގައި ބަޔާންކޮށްފައިވާ ފަރާތްތައް ފިޔަވައި، މި ގަވާއިދުގެ ދަށުން އަލަށް ލައިސަންސް ދޫކުރާ އެހެން ފަރާތްތަކުން، ލައިސަންސް ލިބުނު ތާރީހުން ފެށިގެން އެ އަހަރުގެ ޑިސެންބަރު މަހުގެ 31 ގެ ނިޔަލަށް ލިބުނު ގާނޫނީ އޮޑިޓުގެ އާމްދަނީއަށް ބިނާކޮށް މި ފީ ދައްކަންވާނެއެވެ. އަދި އަހަރީ ލައިސަންސް ފީގެ ގޮތުގައި ނެގޭނީ މަދުވެގެން 5,000 (ފަސްހާސް) ރުފިޔާ އަދި ގިނަވެގެން 150,000 (އެއްލައްކަ ފަންސާސް ހާސް) ރުފިޔާއާ ހަމައަށެވެ.
  3. ލައިސަންސްޑް އޮޑިޓަރ މަސައްކަތްކުރަނީ ފާމެއްގެ ނަމުގައި ނަމަ، މި ފީދައްކާނީ ފާމުންނެވެ. އަދި އެ ލައިސަންސްޑް އޮޑިޓަރު ވަކިން މި ފީ ދައްކާކަށެއް ނުޖެހޭނެއެވެ.

**މި ފީ ނެގޭނީ، ކޮލެޓީ ރިވިއުކުރުމަށް ހޭދަވާ ވަގުތާއި، އެ ރިވިއުކުރުމަށް ބޭނުންވާ އިންސާނީ ވަސީލަތްތަކަށް ބިނާކޮށެވެ.

 

މައި ގަވާއިދު

ގާނޫނީ އޮޑިޓްކުރުމާއި އެށޫރޭންސްގެ ހިދުމަތް ދިނުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-03)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ގާނޫނީ އޮޑިޓްކުރުމާއި އެށޫރޭންސްގެ ހިދުމަތް ދިނުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2021-03)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު