-

ޔޮޓު ބަނދަރު ހަދައި ހިންގުމާ ބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2023-178)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 16 ނޮވެމްބަރު 2023 ގައި)

(މި ގަވާއިދުގެ 22 ވަނަ މާއްދާގެ (ށ) އިން ވަނީ ގަވާއިދު ނަންބަރު 2005-05 އުވާލެވިފައި)

 

1 ވަނަ މާއްދާ -

(ހ) ތައާރުފު

މި ގަވާއިދަކީ، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 27 ވަނަ މާއްދާއިން ބާރު ލިބިގެން، ދިވެހިރާއްޖޭގައި ޔޮޓު ބަނދަރު ހަދައި ހިންގުމާބެހޭ ގޮތުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) ނަން

މި ގަވާއިދަށް ކިޔާނީ، "ދިވެހިރާއްޖޭގައި ޔޮޓު ބަނދަރު ހަދައި ހިންގުމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ދިވެހިރާއްޖޭގައި ޔޮޓު ބަނދަރު ތަރައްގީކުރުމުގައި ގެންގުޅެންވީ މިންގަނޑުތަކާއި، އެފަދަ ތަންތަނުން ހިދުމަތް ހޯދާ ފަރާތްތަކަށް ލިބެންޖެހޭ ވަސީލަތްތަކާއި، ފަސޭހަތަކާއި، އެފަދަ ތަންތަން ހިންގުމުގެ ހުއްދަ ދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތައް ކަނޑައެޅުމެވެ.

 

3 ވަނަ މާއްދާ - ޔޮޓު ބަނދަރު ހެދުން .3 (ހ) ޔޮޓު ބަނދަރު ހަދަންވާނީ، އަންނަނިވި ތަންތަނުގައެވެ.

  1. ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން ފަތުރުވެރިކަމުގެ ބޭނުމަށް ކަނޑައަޅައި ޓޫރިޒަމާބެހޭ މިނިސްޓްރީން ކުއްޔަށް ދޫކޮށްފައިވާ ރަށެއްގެ ބިމާއި ފަޅުގެ ސަރަހަ އްދެއްގައި ނުވަތަ ފަޅެއްގައި؛ ނުވަތަ 
  2. މީހުން ދިރިއުޅޭ ރަށެއްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިމާއި ފަޅުގެ ސަރަހައްދުގެ ތެރެއިން އެ ރަށެއްގެ ބިނާވެށީގެ ޕްލޭނުގައި ފަތުރުވެރިކަމުގެ ބޭނުމަށް ނުވަތަ ޔޮޓު ބަނދަރު ތަރައްގީކުރުމަށް ފާހަގަކޮށްފައިވާ ސަރަހައްދެއްގައި؛ ނުވަތަ
  3. އަމިއްލަ ބިމެއްގެ ގޮތުގައި ވަކި ފަރާތަކަށް ދޫކޮށްފައިވާ ބިމާއި ފަޅުގެ ސަރަހައްދެއްގައި.

(ށ) ޔޮޓު ބަނދަރު ތަރައްގީކުރުމުގެ ކުރިން މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ކުރެހުމެއް މިނިސްޓްރީއަށް ހުށަހަޅައިގެން، އެ ކުރެހުން ފާސްކޮށް މިނިސްޓްރީގެ ހުއްދަ ހޯދަންވާނެއެވެ.

 

4 ވަނަ މާއްދާ - ޔޮޓު ބަނދަރު ހިންގުމުގެ ހުއްދަ ހޯދުން

(ހ) ދިވެހިރާއްޖޭގައި އެއްވެސް ޔޮޓު ބަނދަރެއް ހިންގަންވާނީ، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އާއި، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ޓޫރިޒަމާބެހޭ މިނިސްޓްރީގައި ޔޮޓު ބަނދަރު ރަޖިސްޓަރީކުރުމާއެކ،ު މިނިސްޓްރީން ދޫކުރާ ޔޮޓު ބަނދަރު ހިންގުމުގެ ހުއްދަ ހޯދުމަށް ފަހުގައެވެ.

(ށ) މި ގަވާއިދުގެ ދަށުން ޔޮޓު ބަނދަރު ހިންގުމުގެ ހުއްދަ ދޫކުރަންވާނީ، ގާނޫނު ނަންބަރު 2014-18 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު) ގެ ދަށުން، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކަށެވެ.

(ނ) މި ގަވާއިދުގެ ދަށުން ޔޮޓު ބަނދަރު ހިންގުމުގެ ހުއްދަ ދޫކުރަންވާނީ، އެ ތަނެއް އޮޕަރޭޓް ކުރުމަށް އެ ތަން ކުއްޔަށް ހިފައިފައިވާ ފަރާތަކަށ،ް ނުވަތަ އެ ތަނުގެ މިލްކުވެރި ފަރާތަކަށ،ް ނުވަތަ އެ ތަނެއް ހިންގުމަށް މެނޭޖްމަންޓް އެއްބަސްވުމެއް ހަދައިފައިވާ ފަރާތަކަށެވެ.

 

5 ވަނަ މާއްދާ - ޔޮޓު ބަނދަރު ހިންގުމުގެ ހުއްދައަށް އެދި ހުށަހެޅުން

(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޔޮޓު ބަނދަރު ހިންގުމުގެ ހުއްދައަށް އެދި އެކަމަށް މިނިސްޓްރީން ކަނޑައަޅައި، މިނިސްޓްރީން ށާއިއުކުރާ ފޯމު ފުރިހަމަކުރުމަށްފަހ،ު ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ހުށަހަޅަންވާނެއެވ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމ،ު ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ހުށަހަޅާއިރ،ު ތިރީގައިވާ ލިޔުންތަކުގެ ނަކަލު ހުށަހަޅަންވާނެއެވެ.

  1. މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައިވާ ފަދަ ތަނެއްގައި ތަރައްގީކޮށްފައިވާ ޔޮޓު ބަނދަރެއްނަމަ، ބިން ކުއްޔަށް ދިނުމަށް ކައުންސިލާއެކު ހަދައިފައިވާ އެއްބަސްވުން؛
  2. މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައިވާ ފަދަ ތަނެއްގައި ތަރައްގީކޮށްފައިވާ ޔޮޓު ބަނދަރެއްނަމަ، ބިމަކީ އަމިއްލަ ބިމެއްކަން އަންގައިދޭ ރަޖިސްޓަރީ ނުވަތަ އަމިއްލަ ބިމެއްކަން އަންގައިދޭ ރަސްމީ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމެއް؛
  3. މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައިވާ ފަދަ ތަނެއްގައި ތަރައްގީކޮށްފައިވާ ޔޮޓު ބަނދަރެއްނަމަ، ބިމަކީ އަމިއްލަ ބިމަކަށްވެފައި އެ ތަން ތިންވަނަ ފަރާތަކަށް ކުއްޔަށް ދޫކޮށްފައިވާނަމަ، ބިމުގެ ވެރިފަރާތާއި އެ ތަން ކުއްޔަށް ހިފައިފައިވާ ފަރާތާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން؛ މި ފަދަ އެއްބަސްވުމެއްގައި އެ ތަނުގައި ޔޮޓު ބަނދަރު ހިންގުން ހުއްދަކޮށްފައިވާ މާއްދާއެއް ހިމަނައިފައިވުން. 
  4. ހުއްދައަށް އެދި ހުށަހަޅާ ފަރާތަކީ، މެނޭޖްމަންޓް އެއްބަސްވުމެއްގެ ދަށުން އެކަން ކުރާ ފަރާތެއްނަމަ، މެނޭޖްމަންޓް އެއްބަސްވުން؛ މެނޭޖްމަންޓް އެއްބަސްވުމަކީ، މިނިސްޓްރީގެ ހުއްދަ ހޯދައިގެން ހަދައިފައިވާ މެނޭޖްމަންޓް އެއްބަސްވުމެއްނަމަ، އެއްބަސްވުން ހުށަހެޅުން އިސްތިސްނާވާނެއެވެ.
  5. ހުއްދައަށް އެދި ހުށަހަޅާ ފަރާތުގެ ވިޔަފާރީގެ ރަޖިސްޓަރީ؛ 
  6. ޔޮޓު ބަނދަރަށް ކިޔަން ހުށަހަޅާ ނަމަކީ، ހުއްދައަށް އެދި ހުށަހަޅާ ފަރާތުން ވިޔަފާރި ނަމެއްގެ ގޮތުގައި ބޭނުންކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ ނަމެއްކަން އަންގައިދޭ ރަސްމީ ލިޔުމެއް؛ 
  7. ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅައި ށާއިއުކުރާ ފޯމުގައި، އެ ފޯމާއެކު ހުށަހެޅުމަށް ބަޔާންކޮށްފައިވާ އެހެނިހެން ލިޔެކިޔުންތައް.

(ނ) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައިވާ ފަދަ ކުލީގެ އެއްބަސްވުމެއްގެ ދަށުން އެ ތަން ކުއްޔަށް ހިފައިފައިވާ ފުރަތަމަ ފަރާތުން، އެ ފަދަ އެއްބަސްވުމެއްގެ ދަށުން ލިބިފައިވާ ހައްގުތައް އިތުރު ފަރާތަކަށް ބަދަލުކޮށްފައިވާނަމަ ނުވަތަ ކުއްޔަށް ދީފައިވާނަމަ، އެ ފަދައިން ހައްގުތައް ބަދަލުކުރުމަށް ނުވަތަ ކުއްޔަށް ދިނުމަށް ހަދައިފައިވާ އެއްބަސްވުން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. މިފަދައިން އިތުރު ފަރާތަކަށް ހައްގުތައް ބަދަލުކުރެވޭނީ، ނުވަތަ ކުއްޔަށް ދެވޭނީ، ކައުންސިލާއި އެ ތަން ފުރަތަމަ ކުއްޔަށް ހިފި ފަރާތާ ދެމެދު ހަދައިފައިވާ ކުލީގެ އެއްބަސްވުމުގައި، އެ ފަދައިން އިތުރު ފަރާތަކަށް ހައްގުތައް ބަދަލުކުރުން ނުވަތަ ކުއްޔަށް ދިނުން މަނާކޮށްފައި ނުވާނަމައެވެ.

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކުގެ ނަކަލ،ު މިނިސްޓްރީން ކަނޑައަޅާ ނިޒާމެއްގެ ތެރެއިން މިނިސްޓްރީއަށް ހުށަހެޅުމުން، މިނިސްޓްރީން އެ ހުށަހެޅުން ބަލައިގަންނަންވާނެއެވެ.

(ބ) ހުއްދަ ދޫކުރުމުގެ ކުރިން، މި މާއްދާގައިވާ ލިޔެކިޔުންތަކުގެ އަސްލު ބެލުމަށް އެދުމުގެ އިހްތިޔާރ،ު މިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި މިނިސްޓްރީން ލިޔެކިޔުންތަކުގެ އަސްލު ބެލުމަށް އެދިފައިވާނަމަ، ހުއްދަ ދޫކުރެވޭނީ، އެ ލިޔެކިޔުންތަކުގެ އަސްލ،ު މިނިސްޓްރީއަށް ހުށަހެޅުމުންނެވެ.

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ހާލަތުގެ އިތުރުން، ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ މިނިސްޓްރީން ދޫކޮށްފައިވާ މުއްދަތުގައި ލިޔެކިޔުންތަކުގެ އަސްލު ބެލުމަށް އެދުމުގެ އިހްތިޔާރ،ު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

6 ވަނަ މާއްދާ - ހުއްދަ ދޫކުރުމުގެ ށަރުތުތައް

ޔޮޓު ބަނދަރު ހިންގުމުގެ ހުއްދަ ދޫކުރާނީ، ތިރީގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ތަންތަނަށެވެ.

(ހ) ޔޮޓު ބަނދަރު ތަރައްގީކުރުމުގެ ކުރިން މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގައިވާ ގޮތަށް މިނިސްޓްރީން ކުރެހުން ފާސްކޮށްފައިވުން.

(ށ) މި ގަވާއިދުގެ 7 ވަނަ މާއްދާގައި ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީން ޔޮޓު ބަނދަރު ތަރައްގީކޮށްފައިވުނ.

(ނ) ޔޮޓު ބަނދަރުތަކުން ލިބެންޖެހޭނެކަމަށް މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހިދުމަތްތައް ލިބެން ހުރުން.

(ރ) ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ނަގަންޖެހޭ ހުއްދަތައް ނަގައިފައިވުން.

 

7 ވަނަ މާއްދާ - ވަސީލަތްތަކާއި ހިދުމަތްތައް

ޔޮޓު ބަނދަރުތަކުގައި، މި މާއްދާގައި ބަޔާންކޮށްފައިވާ ވަސީލަތްތަކާއި ހިދުމަތްތައް ލިބެން ހުންނަންވާނެއެވެ.

(ހ) މީހުންނާއި މުދާ ބޭލުމަށް ޓަކައި އުޅަނދުފަހަރު ކައިރިކޮށް ހެދުމަށް ފާލަމެއް ހަދައިފައި އޮތުމާއި، އެ ފާލަމުގައި ކޮންމެ އުޅަނދެއް ވަކިން އަޅައި ބަނދެވޭނެ ނިޒާމު ގާއިމުކޮށްފައި ހުރުން.

(ށ) ޔޮޓު ބަނދަރުގައި ބަނދަރުކުރެވޭ އުޅަނދުފަހަރުގެ ފަޅުވެރީންނާއި ފަތުރުވެރީންނަށް މުއާސަލާތީ ހިދުމަތްތައް ފޯރުކޮށްދެވޭނެ ވަސީލަތްތައް ގާއިމުކޮށްފައި ހުރުން.

(ނ) އުޅަނދުފަހަރަށް ބޭނުންވެއްޖެ ހިނދެއްގައި ފަސޭހަކަމާއެކު ސާފު ފެނާއި ކަރަންޓު ލިބޭނޭ އިންތިޒާމު ހަމަޖެހިފައި ހުރުން.

(ރ) އުޅަނދުފަހަރުގެ ފަޅުވެރީންނާއި ފަތުރުވެރީންނަށް ބޭނުންވެއްޖެ ހިނދެއްގައި ސިއްހީ އަވަސް ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހިފައި ހުރުން.

(ބ) ކުނި ނައްތައިލާނެ ނިޒާމެއް، ކަމާ ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތަށް ގާއިމުކޮށްފައި ހުރުން.

(ޅ) ޔޮޓު ބަނދަރު ބޭނުންކުރާ އުޅަނދުފަހަރުގެ ފާހާނާތަކުން ބޭރުވާ ނަޖިސް ޕަންޕްކޮށް ނަގައި، ކަމާ ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ނައްތައިލެވޭނެ ނިޒާމެއް ގާއިމުކޮށްފައި ހުރުން.

(ކ) ޔޮޓު ބަނދަރުގައި އަޅައިފައި ހުންނަ އުޅަނދުފަހަރާއި އެއްގަމުގައި ހަދައިފައި ހުންނަ އިމާރާތްތަކާއި ތަންތަނުގައި ދިމާވެދާނެ އަލިފާނުގެ ހާދިސާއަކުން ސަލާމަތްވުމަށް ޓަކައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ކަނޑައަޅާ މިންގަނޑުތަކެއްގެ މަތީން އަލިފާނުން ރައްކައުތެރިވާނޭ ނިޒާމެއް، ޔޮޓު ބަނދަރުގައި ގާއިމުކޮށްފައި ހުރުން .

 

8 ވަނަ މާއްދާ - ޔޮޓު ބަނދަރުގެ ނަން

(ހ) ޔޮޓު ބަނދަރަށް ކިޔާ ނަމަކީ، ވިޔަފާރި ނަމެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ ނަމަކަށް ވާންވާނެއެވެ.

(ށ) ޔޮޓު ބަނދަރަށް ނަން ކިޔުމުގައި، ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ނަން ކިޔުމާ ގުޅޭގޮތުން މިނިސްޓްރީން އުސޫލެއް އެކުލަވައިލައި ށާއިއުކޮށްފައިވާނަމަ، އެ އުސޫލަށް އަމަލުކުރަންވާނެއެވެ.

 

9 ވަނަ މާއްދާ - ޔޮޓު ބަނދަރު ހިންގުމުގެ ހުއްދަ ދޫކުރުން

(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގައިވާ ގޮތަށް ޔޮޓު ބަނދަރެއް ރަޖިސްޓަރީކުރުމަށް ހުށަހެޅުމުން، މި ގަވާއިދުގެ 6 ވަނަ މާއްދާގައިވާ ށަރުތުތައް ފުރިހަމަވާނަމަ، މިނިސްޓްރީން އެ ތަނަކަށް ޔޮޓު ބަނދަރު ހިންގުމުގެ ހުއްދަ ދޫކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ހުއްދައިގެ މުއްދަތަކީ، 5 (ފަހެއް) އަހަރުދުވަހެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސ،ް ޔޮޓު ބަނދަރު ތަރައްގީކޮށްފައިވާ ތަނަކީ، ކުއްޔަށް ދޫކޮށްފައިވާ ތަނަކަށްވުމާއެކ،ު ކުލީގެ ބާކީ  މުއްދަތަކީ 5 (ފަހެއް) އަހަރަށްވުރެ ކުރު މުއްދަތެއްނަމަ، ހުއްދަ ދޫކުރެވޭނީ ކުލީގެ ބާކީ މުއްދަތަށެވެ.

 

10 ވަނަ މާއްދާ - ޔޮޓު ބަނދަރު ބަލައި ފާސްކުރުން

މި ގަވާއިދުގެ ދަށުން ހުއްދައަށް އެދޭ ތަންތަނާއި ހުއްދަދީފައިވާ ޔޮޓު ބަނދަރުތައް، މަދުވެގެން 
24 )ސައުވީސް( ގަޑިއިރުގެ ނޯޓިހެއް ދިނުމަށްފަހ،ު ބަލައި ފާސްކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން އައްޔަނުކުރާ ފަރާތަކަށް ލިބިގެންވެއެވެ.

 

11 ވަނަ މާއްދާ - ހިންގުމުގެ ހުއްދަ ބާތިލު ކުރުން

(ހ) ޔޮޓު ބަނދަރެއް ހިންގުމަށް ހުއްދަ ދީފައިވާ ފަރާތަކުން، އެ ތަނެއް ހިންގުން ހުއްޓައިލާން ބޭނުންވެއްޖެނަމަ، މި ގަވާއިދުގެ ދަށުން އެ ފަރާތަކަށް ދޫކޮށްފައިވާ ޔޮޓު ބަނދަރު ހިންގުމުގެ ހުއްދަ ބާތިލުކޮށްދިނުމަށް އެދި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން، ޔޮޓު ބަނދަރެއް ހިންގުމަށް ދީފައިވާ ހުއްދަ ބާތިލުކޮށްދިނުމަށް އެދި ހުށަހަޅައިފިނަމަ، އެ ހުށަހެޅުމެއް ލިބޭ ތާރީހުން ފެށިގެން ގިނަވެގެން ރަސްމީ ބަންދު ނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ހުއްދަ ބާތިލުކޮށ،ް ހުއްދަ ބާތިލުކުރުމަށް ހުށަހެޅި ފަރާތަށް މިނިސްޓްރީން އަންގަންވާނެއެވެ.

(ނ) ޔޮޓު ބަނދަރެއް ހިންގުމަށް ކުއްޔަށް ދޫކޮށްފައިވާ ތަނެއްގެ ކުލީގެ އެއްބަސްވުން ބާތިލުކުރާ ހާލަތުގައި، އެ ތަނެއް ހިންގުމަށް ދޫކޮށްފައިވާ ހުއްދަ މިނިސްޓްރީން ބާތިލުކުރަންވާނެއެވެ.

 

12 ވަނަ މާއްދާ - ހިންގުމުގެ ހުއްދަ އައުކުރުން

(ހ) މި ގަވާއިދުގެ ދަށުން ހުއްދަ ދީފައިވާ ޔޮޓު ބަނދަރަކަށް ދީފައިވާ ހުއްދައިގެ މުއްދަތަށްވުރެ އިތުރު މުއްދަތަކަށް ޔޮޓު ބަނދަރު ހިންގަން ބޭނުންނަމަ، މި ގަވާއިދުގެ ދަށުން ދީފައިވާ ހުއްދައިގެ މުއްދަތު ހަމަވުމުގެ 30 (ތިރީސް) ދުވަހުގެ ކުރިން (ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން) މި މާއްދާގެ (ށ) އާ އެއްގޮތަށް ހުއްދަ އައުކުރުމަށް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ށ) ޔޮޓު ބަނދަރު ހިންގުމުގެ ހުއްދަ އައުކުރުމަށް އެދި މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމާއެކ،ު މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގެ ދަށުން ހުށަހަޅަންޖެހޭ އެއްވެސް ލިޔެކިޔުމަކަށް ބަދަލެއް އައިސްފައިވާނަމަ، އެ ލިޔުމެއް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހުށަހެޅުން މިނިސްޓްރީއަށް ހުށަހެޅުމުން، މި ގަވާއިދުގެ 6 ވަނަ މާއްދާގައިވާ ށަރުތުތައް ފުރިހަމަވާނަމަ، ޔޮޓު ބަނދަރު ހިންގުމުގެ ހުއްދަ މިނިސްޓްރީން އައުކޮށްދޭންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް ހުއްދައިގެ މުއްދަތު އިތުރުކުރަން ހުށަހަޅައިފައިވާނަމަ، އެ ހުށަހެޅުމާމެދު މިނިސްޓްރީން ގޮތެއް ކަނޑައަޅަންދެން، އެ ފަރާތަކަށް ދީފައިވާ ހުއްދަ ދެމިއޮންނާނެއެވެ.

 

13 ވަނަ މާއްދާ - ޔޮޓު ބަނދަރު ހިންގާ ފަރާތް ބަދަލުކުރުން

ޔޮޓު ބަނދަރެއް ހިންގުމަށް ދީފައިވާ ހުއްދަ އެހެން ފަރާތެއްގެ ނަމަށް ބަދަލުކުރެވޭނީ، މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެކަމަށް އެދި މިނިސްޓްރީއަށް ހުށަހެޅުމުން، އެ ހުށަހެޅުމުގައި އެ މާއްދާގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަމާއި، މި ގަވާއިދުގެ 6 ވަނަ މާއްދާގައިވާ ށަރުތުތައް ފުރިހަމަވުމާއެކ،ު ޔޮޓު ބަނދަރު ހިންގުމުގެ ހުއްދަ ލިބިފައިވާ ފަރާތުން، އެ ތަނަކާ ގުޅިގެން ދައުލަތުގެ އެއްވެސް އިދާރާއަކަށް ދައްކަންޖެހިފައިވާ ޓެކުހެއް އޮތް ނަމަ، ނުވަތަ ފައިސާއެއް އޮތް ނަމަ، އެ ޓެކުހެއް ނުވަތަ އެ ފައިސާއެއް ދައްކައި ހަލާސްކުރުމުންނެވ.

 

14 ވަނަ މާއްދާ - އުޅަނދުފަހަރު މަރާމާތުކުރުމާއި ދޮވުން

ޔޮޓު ބަނދަރުގައި އުޅަނދުފަހަރު މަރާމާތުކުރުމާއި ދޮވުން ފަދަ ހިދުމަތްތައް ދޭންވާނީ، އެކަމުގެ ސަބަބުން ތިމާވެށް ޓަށާއި ޔޮޓު ބަނދަރު ބޭނުންކުރާ އެހެން ފަރާތްތަކަށް އެކަމުން ނޭދެވޭ އެއްވެސް އަސަރެއް ނުކުރާ ގޮތަށެވެ.

 

15 ވަނަ މާއްދާ - އިންށޫރަންސް 

ޔޮޓު ބަނދަރާއި ބަނދަރުގައި ހަދައިފައި ހުންނަ އެންމެހައި އިމާރާތްތަކާއި ތަންތަނާއި ތަކެއްޗާއި ޔޮޓު ބަނދަރުގައި އުޅޭ މުވައްޒަފުންނަށާއި ޔޮޓު ބަނދަރު ބޭނުންކުރާ އެންމެހައި ފަރާތްތަކަށާއި،ތަނުގެ ތިމާވެ ށްޓަށް މެދުވެރިވެދާނެ ގެއްލުމެއްގެ ބަދަލު ލިބިދޭނެގޮތް އިންތިޒާމުކުރުމަށް ޓަކައި ޔޮޓު ބަނދަރު ހިންގާ ފަރާތުން މި އެންމެހައި ތަންތަނާއި ތަކެއްޗާއި މީހުން، ސަރުކާރު ގަބޫލުކުރާ އިންށޫރަންސް ކުންފުންޏަކުން، ސަރުކާރު ގަބޫލުކުރާ ފެންވަރަކަށް އިންށުއަރ ކުރަންވާނެއެވެ.

 

16 ވަނަ މާއްދާ - ލިބެންހުރި ހިދުމަތްތައް އެނގެން ހުރުން

ޔޮޓު ބަނދަރުން ލިބެންހުރި ހިދުމަތްތަކާއި އެ ހިދުމަތްތައް ލިބެންހުރި ތަންތަން ފަސޭހަކަމާއެކު އެނގޭނޭ ޗާޓެއް، ޔޮޓު ބަނދަރު ބޭނުންކުރާ އެންމެހައި ފަރާތްތަކަށް ފެންނާނޭހެން ޔޮޓު ބަނދަރުގައި ބަހައްޓައިފައި ހުންނަންވާނެއެވެ.

 

17 ވަނަ މާއްދާ - ހާއްސަ އެހީއަށް ބޭނުންވާ މީހުން

ޔޮޓު ބަނދަރުގައި، ޖިސްމާނީގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާނޭ ހާއްސަ ހިދުމަތްތައް ލިބޭނޭގޮތް އިންތިޒާމު ކޮށްފައި ހުންނަންވާނެއެވެ.

 

18 ވަނަ މާއްދާ - ހުއްދަ ދީފައިވާ ޔޮޓު ބަނދަރަކަށް ބަދަލު ގެނައުން 

މިނިސްޓްރީން ހިންގުމުގެ ހުއްދަ ދީފައިވާ ޔޮޓު ބަނދަރަކަށް އެއްވެސް އުމްރާނީ ބަދަލެއް ގެނެވޭނީ، އެ ގެންނަ ބަދަލެއްގެ ކުރެހުން މިނިސްޓްރީން ކަނޑައަޅާ މިންގަނޑަކަށް ތައްޔާރުކޮށްފައި މިނިސްޓްރީއަށް ހުށަހަޅައި، މިނިސްޓްރީން ފާސްކޮށ،ް މިނިސްޓްރީގެ ހުއްދަ ހޯދުމަށް ފަހުގައެވެ.

 

19 ވަނަ މާއްދާ - އުޅަނދުފަހަރުގެ މައުލޫމާތު ބެލެހެއްޓުން

(ހ) ޔޮޓު ބަނދަރު ބޭނުންކުރާ އުޅަނދުފަހަރުގެ ރަޖިސްޓަރީއެއް، ޔޮޓު ބަނދަރު ހިންގާ ފަރާތުން ބަލަހައްޓަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ރަޖިސް ޓަރީގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

  1. އުޅަނދުގެ ނަން؛
  2. އުޅަނދު ރަޖިސްޓަރީކޮށްފައިވާ ގައުމު؛
  3. އުޅަނދުގެ ބާވަތް؛
  4. އުޅަނދުގެ ދިގުމިނާއި އުޅަނދުގެ ފުޅާމިން؛
  5. އުޅަނދުގެ ވެރިފަރާތުގެ ނަން؛
  6. އުޅަނދުގެ ވެރިފަރާތް ނިސްބަތްވާ ގައުމު؛
  7. އުޅަނދުގެ ކެޕްޓަނުގެ ނަން؛
  8. އުޅަނދުގެ ކްރޫއިންގެ އަދަދު؛
  9. އުޅަނދ،ު ޔޮޓު ބަނދަރަށް އައި ތާރީހު؛
  10. އުޅަނދ،ު ޔޮޓު ބަނދަރުން ފުރި ތާރީހު؛
  11. އުޅަނދ،ު ޔޮޓު ބަނދަރުގައި ހޭދަކުރި މުއްދަތުގައި އުޅަނދަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު؛
  12. އުޅަނދުގެ އޭޖެންޓުގެ ނަމާއި، އެޑްރެހާއި، ގުޅޭނެ ފޯނު ނަންބަރ.ު

 

20 ވަނަ މާއްދާ - ޓެކްސް ދެއްކުން

ޔޮޓު ބަނދަރުން ފޯރުކޮށްދޭ އެންމެހައި ހިދުމަތްތަކުން، ގާނޫނު ނަންބަރު 2011-11 (މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު) ގެ ދަށުން ނަގަންޖެހޭ ޓެކްސް ނަގައި،ސަރުކާރަށް ދެއްކުމަކީ، އެ ޔޮޓު ބަނދަރު ހިންގުމުގެ ހުއްދަ ލިބިފައިވާ ފަރާތުގެ ޒިންމާއެކެވެ. (ނޯޓް: މި މާއްދާގައި ގާނޫނު ނަންބަރު 2011-11 އަށް ހަވާލާ ދެވިފައިވަނީ ގާނޫނު ނަންބަރު 2011-10 ގެ ބަދަލުގައި އޮޅުމަކުން ކަމަށް ބެލެވޭ)

 

21 ވަނަ މާއްދާ - ގަވާއިދާ ހިލާފުވުން

(ހ) ޔޮޓް ބަނދަރަކުން ދޭ ހިދުމަތުގެ ފެންވަރު މި ގަވާއިދުން ކަނޑައަޅާ މިންގަނޑުތަކަށްވުރެ ދަށްވެއްޖެނަމަ، އެ ތަނެއް 1,000,000 )އެއްމިލިޔަން( ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުމާއި، ކަމުގެ ކުޑަބޮޑުމިނަށް ބަލައި، އެ ތަނަކަށް ދޫކޮށްފައިވާ ހުއްދ،ަ އެ ކަމެއް އިސްލާހު ކުރަންދެން ހިފެހެއްޓުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ފަދަ ކަމެއް ފިޔަވައި، ޔޮޓް ބަނދަރަކުން މި ގަވާއިދާ ހިލާފުކަމެއް ކޮށްފިނަމަ، އަންނަނިވި ގޮތަށް ޖޫރިމަނާ ކުރުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވ.

  1. ގަވާއިދާ ހިލާފުވާ ފުރަތަމަ ފަހަރު 10,000 (ދިހަހާސް) ރުފިޔާއާއި 30,000 (ތިރީސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛
  2. ގަވާއިދާ ހިލާފުވާ ދެވަނަ ފަހަރު 30,000 (ތިރީސްހާސް) ރުފިޔާއާއި 60,000 (ފަސްދޮޅަސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛
  3. ގަވާއިދާ ހިލާފުވާ ތިންވަނަ ފަހަރު 60,000 (ފަސްދޮޅަސްހާސް) ރުފިޔާއާއި 100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛
  4. ތިން ފަހަރަށްވުރެ ގިނައިން ގަވާއިދާ ހިލާފުވެއްޖެނަމަ، ގަވާއިދާ ހިލާފުވާ ކޮންމެ ފަހަރަކު 100,000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކުރުން.

(ނ) މި ގަވާއިދާ ހިލާފުވާ ފަރާތްތައް ޖޫރިމަނާކުރުމުގެ އިތުރުން، އެ ފަރާތަކުން ކޮށްފައިވާ ކަމަކީ ޖިނާއީ ކުށެއް ހިމެނޭ ކަމެއް ކަމަށް ވާނަމަ، އެ ކަމެއް ތަހުގީގުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތަށް ފޮނުވަންވާނެއެވެ. އަދި އެ މައްސަލައާ ގުޅިގެން ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލުގެ އޮފީހަށް ފޮނުވައިފިނަމަ، ދައުވާކުރުމާމެދު ޕްރޮސިކިއުޓަރ ޖެނެރަލުގެ އޮފީހުން ގޮތެއް ކަނޑައެޅުމާ ހަމަ ޔަށ،ް އެ ތަނެއް ހިންގުމަށް ދީފައިވާ ހުއްދަ ހިފެހެއްޓޭނެއެވެ. އަދި، ޕްރޮސިކިއުޓަރ ޖެނެރަލުގެ އޮފީހުން ދައުވާ އުފުލައިފިނަމަ، ށަރީއަތް ނިމެންދެން އެ ތަން ހިންގުމުގެ ހުއްދަ ހިފެހެއްޓޭނެއެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ފަދައިން ދައުވާ އުފުލައިފައިވާ މައްސަލައެއް ސާބިތުވާކަމަށް ދިވެހިރާއްޖޭގެ ކޯޓަކުން ހުކުމްކޮށްފިނަމަ، ހިދުމަތްދޭ ފަރާތަށް ދޫކޮށްފައިވާ ހުއްދަ ބާތިލުކުރެވޭނެއެވެ.

 

22 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފެށުމުން 4 މޭ 2005 ގައި އަމަލު ކުރަން ފަށައިފައިވާ "ދިވެހިރާއްޖޭގައި ޔޮޓު ބަނދަރު ހަދައި ހިންގުމާބެހޭ ގަވާއިދު" އުވުނީއެވެ.

(ނ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރ،ު ޔޮޓު ބަނދަރު ހިންގުމަށް ދޫކޮށްފައިވާ ހުއްދަތައް، އެ ހުއްދަތަކުގެ މުއްދަތަށް ދެމިއޮންނާނެއެވެ. އަދި މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސ،ް އެ ފަދަ ހުއްދަތައް އައުކުރަންވާނީ، އެ ހުއްދައެއްގެ މުއްދަތު ހަމަވުމުގެ މަދުވެގެން 30 (ތިރީސް) ދުވަހުގެ ކުރިން، މި ގަވާއިދުގެ 5 ވަނަ މާއްދާއާ އެއްގޮތަށް އައު ހުށަހެޅުމެއް ހުށަހަޅައިގެންނެވެ.

(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ފަތުރުވެރިން ނިދުމަށް ފަރުމާކޮށްގެން ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް މިނިސްޓްރީން ކަނޑައަޅައިފައިވާ މިންގަނޑަށް ތަރައްގީކޮށްފައިވާ ޔޮޓު ބަނދަރުތައް، ޓޫރިސްޓް ރިޒޯޓުގެ ގޮތުގައި ރަޖިސްޓަރީ ކުރަންވާނެއެވެ.

 

އުވުނު ގަވާއިދު

ޔޮޓު ބަނދަރު ހަދައި ހިންގުމާ ބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2005-05)

 

މައި ގާނޫނު

ޓޫރިޒަމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1999-02)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު