-

ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-236) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-172)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 8 ނޮވެމްބަރު 2023 ގައި)

 

ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-236) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ (ބ) އާއި (ޅ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ބ) މި ގަވާއިދަށް އަމަލުކުރަން ފެށުމަށްފަހު، ރީޑިވެލޮޕްމަންޓަށް ތަނެއް ބަންދު ކުރެވޭނީ، ގިނަވެގެން 2 (ދޭއް) އަހަރުދުވަހަށެވެ. އަދ،ި މި ގަވާއިދަށް އަމަލުކުރަން ފަށާއިރު، ރީޑިވެލޮޕްމަންޓަށް ބަންދުކޮށްފައިވާ ތަންތަން، ރީޑިވެލޮޕްކުރަން ދީފައިވާ މުއްދަތު ހަމަވުމު ގެ ކުރިން، އެކަމަށް އެދި މިނިސްޓްރީއަށް ހުށަހަޅައިފިނަމެ، މި މާއްދާގެ ދަށުން އިތުރު 1 (އެކެއް) އަހަރުދުވަހުގެ މުއްދަތެއް، އެ ތަންތަން ރީޑިވެލޮޕްކުރުމަށް ދެވިދާނެއެވެ.

(ލ) މި މާއްދާގެ (ބ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސ،ް މި މާއްދާގެ (ބ) ގެ ދަށުން ދީފައިވާ މުއްދަތުގައި ރީޑިވެލޮޕްމަންޓް މަސައްކަތް ނުނިމޭ ހާލަތުގައި، މި ގަވާއިދުގެ 12 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތަށް މަސައްކަތް ނިންމުމަށް، ރީޑިވެލޮޕްމަންޓް ޕީރިއަޑް އިތުރުކޮށްދިނުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާގެ (ޅ) އާއި (ކ) އުނިކުރުން.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 12 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ރ) މި މާއްދާގެ (ށ) އާއި (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސ،ް އެ އަކުރުތަކުގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވާއިރު، އެ ތަނެއް ހިންގަން ފެށިފައިނުވާނަމެ، އަންނަނިވި ގޮތަށް މުއްދަތު އިތުރުކޮށްދިނުމުގެ އިހްތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.

  1. މިނިސްޓްރީން، އެ ތަން ބަލައި ފާސްކޮށް މަސައްކަތް ކުރުމަށް ބޭނުންވާ ތަކެއްޗާއި މަސައްކަތްތެރިން ތަނުގައި ތިބިކަން ކަށަވަރުކުރުން؛
  2. މަސައްކަތް ނިމިފައިވާގޮތް ބަޔާންކޮށްދޭ ރިޕޯޓެއް، ކަމާބެހޭ އިދާރާއެއްގެ ހުއްދަ ލިބިފައިވާ ކުއަންޓިޓީ ސަރވޭޔަރެއްގެ ނުވަތަ އިންޖިނިއަރެއް (ސްޓްރަކްޗަރަލް ޗެކަރ) ގެ ސަރޓިފިކޭށަނާ އެކު ހުށަހަޅައިފައިވުން؛
  3. މުއްދަތު އިތުރުކުރުމަށް، މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައިވާ ވޯކްޕްލޭންގައި ބަޔާންކޮށްފައިވާ މުއްދަތާއި މި މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ރިޕޯޓަށް ރިއާޔަތްކޮށް މިނިސްޓްރީން ކަނޑައެޅުން.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 12 ވަނަ މާއްދާގެ (ޅ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެ އް އިތުރުކުރުން.

(ކ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސ،ް ކޯޓު ހުކުމަކާ ނުވަތަ ކޯޓު އަމުރަކާ ގުޅިގެން، ތަނަކާ ގުޅުން ހުރި ހައްގުތައް (ހެޑްލީޒް ރައިޓްސް) އެހެން ފަރާތަކަށް ބަދަލުވާ ހާލަތުގައި، އެ ތަނެއްގެ ކޮންސްޓްރަކްށަން ޕީރިއަޑް އިތުރުކޮށްދޭނެ އެންމެ ދިގު މުއްދަތު ގުނަން ފަށާ ތާރީހަކީ، އެ ތަނަކާ ގުޅުން ހުރި ހައްގުތައް (ހެޑްލީޒް ރައިޓްސް) ބަދަލުކޮށްފައިވާ ތާރީހެވެ.

 

5 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-236)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2022-236)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު