-

ސުޕްރީމް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-100) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-152)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 27 އޯގަސްޓް 2023 ގައި)

 

ގަވާއިދު ނަންބަރު 2022-100 (ސުޕްރީމް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން. 

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 2 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ގަވާއިދުގެ މަގުސަދު 2.

މި ގަވާއިދުގެ މަގުސަދަކީ، ގާނޫނު ނަންބަރު 2021-32 (މަދަނީ އިޖުރާއަތުގެ ގާނޫނު) ތަންފީޒުކޮށް ހިންގުމުގެ ކަންކަން އިންތިޒާމުކޮށް، އެ ގާނޫނު ތަންފީޒުކުރުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަމަލުކުރާނެ ގޮތްތަކުގެ ތަފްސީލުތަކާއި އިރުށާދުތައް ބަޔާންކުރުމެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 17 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ސޯލް ޕްރޮޕްރައިޓަރށިޕް ތަމްސީލުކުރުން 17.

ސޯލް ޕްރޮޕްރައިޓަރށިޕްއަކުން ސުޕްރީމް ކޯޓުގައި ތަމްސީލުކުރާނީ، އެ ސޯލް ޕްރޮޕްރައިޓަރށިޕުގެ ވެރިފަރާތް ނުވަތަ އޭނާ އައްޔަނުކުރާ ގާނޫނީ ވަކީލެކެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 26 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ވަކީލުން ސުލޫކީ މިންގަނޑާ ހިލާފުވުން 26.

(ނ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ވަކީލުންގެ ސުލޫކީ މިންގަނޑު ބެލުމުގައި ސުޕްރީމް ކޯޓުން އަމަލުކުރާނީ، ދިވެހިރާއްޖޭގެ ބާ ކައުންސިލުން އެކަށައަޅައިފައިވާ ގަވާއިދު ނަންބަރު 2021-118 (ގާނޫނީ ވަކީލުންގެ ސުލޫކީ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ހަމަތަކަށެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 29 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ހަސްމަކު ނިޔާވުން 29.

(ހ) ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގެ ހަސްމަކު ނިޔާވެއްޖެނަމަ، ސުޕްރީމް ކޯޓުގެ ގަވާއިދުގެ 115 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަރާތްތަކުން ލަސްނުކޮށް އެކަން ލިޔުމުން ކޯޓަށް އަންގަންވާނެއެވެ.

(ށ) ހަސްމަކު ނިޔާވެއްޖެކަން ސުޕްރީމް ކޯޓަށް އެނގޭ ދުވަހުން ފެށިގެން 2 (ދޭއް) މަސްދުވަހުގެ ތެރޭގައި "މައްސަލައިގެ ށަރީއަތްތައް މެދުކަނޑައިލިކަން އަންގާ ލިޔުން" މައްސަލައިގެ ހަސްމުން ތަމްސީލުކުރާ ފަރާތްތަކަށް ކޯޓުން ފޮނުވަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި ނިޔާވި ހަސްމު އައްޔަނުކޮށްފައިވާ ވަކީލަކު ނެތްނަމަ، "މައްސަލައިގެ ށަރީއަތްތައް މެދުކަނޑައިލިކަން އަންގާ ލިޔުން" ފޮނުވާނީ، ކޯޓުން ކޮންމެހެ ން ގުޅަން ޖެހިގެން ކޯޓުން ގުޅާނެ ފަރާތެއްކަމަށް އެ ފަރާތުން ކޯޓަށް ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ފަރާތަށް ނުވަތަ އެ ފަރާތުން ލިޔުމުން ކޯޓަށް އަންގައިފައިވާ ފަރާތަކަށެވެ.

(ރ) މި މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންކޮށްފައިވާ ލިޔުން، ނިޔާވި ހަސްމުގެފަރާތުން ކަނޑައަޅައިފައިވާ ފަރާތަށް ލިބުމުން، އެ ލިޔުން ލިބޭ ތާރީހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި، ނިޔާވި ފަރާތުގެ ވާރިސުންގެ ތެރެއިން އެ ފަރާތަށް އެނގޭ ހުރިހާ ވާރިސުންގެ މައުލޫމާތ،ު އެކަމަށް ކަނޑައަޅައިފައިވާ ފޯމުން، ކޯޓަށް ހުށަހަޅަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ވާރިސުންގެ މައުލޫމާތު ފޯމު ކޯޓަށް ހުށަހަޅާ ތާރީހުން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި، ށަރީއަތްތައް މެދުކަނޑައިލެވިފައިވާ މައްސަލަ ކުރިޔަށްދާނެ ގޮތާއި ވާރިސުން ސާބިތުކުރުމަށްފަހު އެންގުމަށް ރަޖިސްޓްރާރ އަންގަ ންވާނެއެވެ. މަތީގައި ބަޔާންކުރިގޮތަށް ވާރިސުން ސާބިތުކުރުމުގެ މައްސަލަ ނިމުމުން، އެކަމަށް ކަނޑައަޅައިފައިވާ ފޯމުން، ވާރިސުންގެ މައުލޫމާތ،ު ސުޕްރީމް ކޯޓަށް ހުށަހަޅަންވާނެއެވެ. އަދި މި ފޯމުގައި ވާރިސުން ތަމްސީލުކުރާނެ ފަރާތެއް އައްޔަނުކުރާނަމަ، އެކަން ބަޔާންކުރަންވާނެއެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 30 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

އިސްތިއުނާފު ކުރުމަށް އެދި ހުށަހެޅުން 30.

(ށ) އާންމު އުސޫލެއްގެގޮތުން ހުކުމެއް ނުވަތަ އަމުރެއް ނުވަތަ ނިންމުމެއް އިސްތިއުނާފު ކުރެވޭނީ، އެ މައްސަލައެއްގައި ހިމެނޭ ހަސްމުންނަށެވެ. ނަމަވެސް، ހުކުމް ނުވަތަ ކޯޓު އަމުރު ނުވަތަ ނިންމުން ނިސްބަތްވާ މައްސަލައިގެ ހަސްމަކަށް ނުވިޔަސް، އެ ހުކުމް ނުވަތަ އަމުރު ނުވަތަ ނިންމުން ރައްދުވާ ފަރާތަކަށް ނުވަތަ އެ ނިންމުމެއްގެ މަސްލަހަތު އޮތް ފަރާތަކަށް އެ ނިންމުމެއް އިސްތިއުނާފު ކުރެވިދާނެއެވެ. މިގޮތުން، މަސްލަހަތު އޮތް ފަރާތަކުން ހުކުމެއް ނުވަތަ އަމުރެއް ނުވަތަ ނިންމުމެއް އިސްތިއުނާފުކުރަން އެދޭއިރ،ު އެ ފަރާތުގެ މަސްލަހަތު އޮތްކަން ސުޕްރީމް ކޯޓަށް ސާބިތުކޮށްދިނުމަކީ، އިސްތިއުނާފު ކުރަން އެދޭ ފަރާތުގެ މަސްއޫލިއްޔަތެކެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 31 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

އިސްތިއުނާފު ކުރެވިދާނެ ނިންމުންތައް 31.

ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރެވިދާނެ ނިންމުންތަކުގެ ތެރޭގައި، ހުކުމްތަކާއި އަމުރުތަކާއި އެ ނޫން ވެސް ނިންމުންތައް ހިމެނެއެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 32 ވަނަ މާއްދާގެ (ށ) އުނިކޮށް އަކުރު ތަރުތީބުކުރުން.

 

8 ވަނަ މާއްދާ - ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 33 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

އިތުރު އިސްތިއުނާފުގެ މައްސަލަ ހުށަހެޅުން 33.

(ހ) މައްސަލައެއް އިސްތިއުނާފު ކޮށްފައިވާކަން، އިސްތިއުނާފު ރައްދުވާ ފަރާތަކަށް ސުޕްރީމް ކޯޓުން އެންގުމުން، އެ މައްސަލައާ ގުޅިގެން ގާނޫނު ނަންބަރު 2021-32 (މަދަނީ އިޖުރާއަތުގެ ގާނޫނު) ގެ 286 ވަނަ މާއްދާގެ ދަށުން އިތުރު އިސްތިއުނާފުގެ މައްސަލައެއް ހުށަހަޅަން އެދޭނަމަ، މައްސަލަ އިސްތިއުނާފުކޮށްފައިވާކަން ސުޕްރީމް ކޯޓުން އަންގާތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި އެ މައްސަލައާ ގުޅޭ އިތުރު އިސްތިއުނާފު ހުށަހަޅަންވާނެއެވެ. މިފަދަ އިތުރު އިސްތިއުނާފުގެ މައްސަލަތައް ހުށަހަޅާނީ، ސުޕްރީމް ކޯޓުން އެކަމަށް ކަނޑައަޅައިފައިވާ ފޯމުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، މިގޮތުން އިސްތިއުނާފު ކުރަނީ މަދަނީ އިޖުރާއަތުގެ ގާނޫނުގެ ބާވީސްވަނަ ބާބު "ވަގުތީ ފަރުވާއާއި ރައްކާތެރިކަމުގެ އަމުރު" ގެ ދަށުން ނެރޭ ވަގުތީ ފަރުވާގެ އަމުރަކާ ގުޅިގެން ކަމަށްވާނަމަ، މައްސަލައެއް އިސްތިއުނާފު ކޮށްފައިވާކަން އިސްތިއުނާފު ރައްދުވާ ފަރާތަކަށް ކޯޓުން އަންގާތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި އިސްތިއުނާފު ކުރުމަށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުށަހަޅާ އިތުރު އިސްތިއުނާފުގެ މައްސަލަ ބަލައިގަތުމާމެދު ގޮތެއް ކަނޑައަޅާނީ، މައި އިސްތިއުނާފީ މައްސަލަ ބަލާ ފަނޑިޔާރުންގެ މަޖިލީހުންނެވެ.

(ރ) މި މާއްދާގެ ދަށުން ހުށަހަޅާ އިތުރު އިސްތިއުނާފުގެ މައްސަލަ ބަލައިގަތުމަށް ނިންމައިފިނަމަ، އެ މައްސަލަ ބަލައި ގޮތެއް ކަނޑައަޅާނީ، އިތުރު ފީއެއް ނެގުމަކާ ނުލައި، މައި އިސްތިއުނާފީ މައްސަލައިގެ ތެރެއިންނެވެ.

(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ ފަދަ އިސްތިއުނާފީ މައްސަލައެއް ކޯޓުގައި ރަޖިސްޓަރީވުމާއެކު، ވީ އެންމެ އަވަހަކަށް، އެ ހުށަހެޅުނު މައްސަލައިގައި ހިމެނޭ އެހެން ފަރާތްތަކަށް ކޯޓުން އެކަން އަންގަންވާނެއެވެ.

(ޅ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ އިތުރު އިސްތިއުނާފުގެ މައްސަލަ ބަލައިނުގަތުމަށް ނިންމާ ހާލަތުގައި، ބަލައިނުގަތުމަށް ފެންނަ ސަބަބު ބަޔާންކޮށް، މައްސަލަ ހުށަހެޅި ފަރާތަށް ލިޔުމުން އަންގަންވާނެއެވެ. އެގޮތުން ނިންމާ ނިންމުމަކީ އެކަމާ ގުޅޭ އެންމެ ފަހުގެ ނިންމުންކަމުގައި ބެލޭނެއެވެ.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 34 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް (ރ) ގެ ގޮތުގައި އަކުރެއް އިތުރުކުރުން.

އިސްތިއުނާފު މައްސަލައާމެދު އިސްތިއުނާފު ރައްދުވާ ފަރާތުން އެދެވިދާނެ ކަންކަން 34.

(ރ) މި މާއްދާގެ (ހ) ގެ ދަށުން އިސްތިއުނާފު މައްސަލައާ ގުޅިގެން ފިޔަވަޅު އަޅައިދިނުމަށް އެދި ހުށަހެޅި ހުށަހެޅުމާމެދު ނިންމާ ނިންމުން، މައްސަލައާ ގުޅިގެން ފިޔަވަޅު އަޅައިދިނުމަށް އެދި ހުށަހެޅި ފަރާތަށް ލިޔުމުން އަންގަންވާނެއެވެ. އެގޮތުން ނިންމާ ނިންމުމަކީ އެކަމާ ގުޅޭ އެންމެ ފަހުގެ ނިންމުންކަމުގައި ބެލޭނެއެވެ.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 37 ވަނަ މާއްދާގެ (ށ) އާއި (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

މައްސަލަ ރަޖިސްޓަރީވުމުން ސުޕްރީމް ކޯޓުން ފުރިހަމަކުރަންޖެހޭ ކަންކަން 37.

(ށ) މައްސަލައިގެ ޖަވާބު ލިޔުމުން ހުށަހެޅުމަށް ޓަކައި މައްސަލަ ރައްދުވާ ފަރާތަށް ނުވަތަ ފަރާތްތަކަށް، މަދުވެގެން 20 (ވިހި) ދުވަހުގެ ފުރުސަތު ކޯޓުން ދޭންވާނެއެވެ. މިގޮތުން މައްސަލައިގެ ޖަވާބު ހުށަހަޅާނީ، ސުޕްރީމް ކޯޓުން އެކަމަށް ކަނޑައަޅައިފައިވާ ފޯމުންނެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ވަކި މުއްދަތެއްގެ ތެރޭގައި ނިންމުމަށް ކަނޑައަޅާ މައްސަލަތަކާއި، މައްސަލައިގެ ބާވަތުން ނުވަތަ މައްސަލައިގެ ބާވަތަށް ބަލައި އަވަހަށް ނިންމަންޖެހޭ މައްސަލައެއްކަމަށް މައްސަލަ ބަލާ ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅާ މައްސަލަތަކުގައި، އެ މަޖިލީހުން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ޖަވާބު ހުށަހެޅުމަށް އެންގުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 45 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

އިސްތިއުނާފު ކުރުމުން ހުކުމް ތަންފީޒުކުރުން ފަސްނުވުން 45.

(ހ) ފުރަތަމަ މަރުހަލާގެ ކޯޓެއްގެ ނުވަތަ ޓްރައިބިއުނަލެއްގެ ނިންމުމެއް އިސްތިއުނާފު ކުރުމަށް އެދި ހުށަހެޅުނު ކަމުގައި ވިޔަސް، އެ ނިންމުމެއްގެ ގާނޫނީ ނަތީޖާ ނުވަތަ ހުކުމް ތަންފީޒުކުރުން ފަސްވެގެނެއް ނުދާނެއެވެ. ފުރަތަމަ މަރުހަލާގެ ކޯޓެއްގެ ހުކުމް ނުވަތަ ޓްރައިބިއުނަލެއްގެ ނިންމުން ތަންފީޒުކުރުން ފަސްކުރަން ހަސްމަކު އެދޭނަމަ، ސުޕްރީމް ކޯޓުން ކަނޑައަޅައިފައިވާ ފޯމުން ހުށަހަޅަންވާނެއެވެ.

 

12 ވަނަ މާއްދާ - އަންނަނިވި މާއްދާއަކީ، ބުނެވިދިޔަ ގަވާއިދުގެ 49 ވަނަ މާއްދާކަމުގައި ހަމަޖައްސައި މާއްދާ ތަރުތީބުކުރުން.

މުއްދަތު ގުނުން 49.

މި ގަވާއިދުގެ ބޭނުމަށް ޓަކައި މުއްދަތު ގުނުމުގައި އަމަލުކުރާނީ، އަންނަނިވި ގޮތުގެ މަތީންނެވެ.

(ހ) ވަކި ކަމެއް ކުރުމަށް ކަނޑައެޅިފައިވާ މުއްދަތު ގުނުމުގައި، އެ މުއްދަތު ފެށޭ ދުވަހާއި ނިމޭ ދުވަހެއް ނުހިމެނޭނެއެވެ.

(ށ) 7 (ހަތެއް) ދުވަހަށްވުރެ ކުރު މުއްދަތެއް ގުނުމުގައި، އެ 7 (ހަތެއް) ދުވަހުގެ މުއްދަތުގެ ތެރޭގައި ރަސްމީ ބަންދު ދުވަހެއް ހިމެނޭނަމަ، އެ މުއްދަތު ގުނުމުގައި އެ ބަންދު ދުވަހެއް ނުހިމެނޭނެއެވެ.

(ނ) 7 (ހަތެއް) ދުވަހަށްވުރެ ދިގު މުއްދަތު ގުނުމުގައި، އެ ކަމެއް ކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ހިމެނޭ ރަސްމީ ބަންދު ދުވަސްތައް ހިމެނޭނެއެވެ.

(ރ) ވަކި ކަމެއް ކުރުމަށް ކަނޑައެޅި ފައިވާ މުއްދަތު ގުނުމުގައި އެ ކަމެއް ކުރުމަށް ކަނޑައަޅައިފައިވާ މުއްދަތު ނިމޭ ދުވަސް ދިމާވަނީ ރަސްމީ ބަންދު ދުވަހަކާ ކަމުގައި ވާނަމަ، ދެން އެންމެ އަވަހަށް ކޯޓުގެ މަސައްކަތް ފެށޭ ރަސްމީ ދުވަހެއްގައި އެ ކަމެއް ކުރުމުން، އެ މުއްދަތުގައި އެ ކަމެއް ކުރެވުނީ ކަމުގައި ބެލެވޭނެއެވެ.

 

13 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 50 ވަނަ މާއްދާގެ ގޮތުގައި އަންނަނިވި މާއްދާ ހަމަޖައްސައި މާއްދާ ތަރުތީބުކުރުން.

ރަޖިސްޓަރީ ހުޅުވިފައި ހުންނަ ގަޑި 50.

(ހ) ސުޕްރީމް ކޯޓުގެ ރަޖިސްޓަރީ ހުޅުވިފައި ހުންނާނީ، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް، ރަސްމީ ގަޑީގައެވެ.

(ށ) ކޯޓުން އެހެން ގޮތަކަށް ކަނޑައަޅައިފައި ނުވާނަމަ، މި ގަވާއިދުގެ ދަށުން ހުށަހަޅާ މައްސަލަތަކާއި ލިޔެކިޔުމަކީ އެ ދުވަހު ކޯޓަށް ރަސްމީކޮށް ލިބިފައިވާ ލިޔެކިޔުމެއް ކަމަށް ބަލައިގެން ފިޔަވަޅުއަޅާނީ ކޮންމެ ދުވަހެއްގެ ވެސް ރަސްމީ ގަޑީގައި އެ ލިޔުމެއް ކޯޓަށް ލިބިފައިވާނަމައެވެ.

 

14 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 53 ވަނަ މާއްދާގެ ގޮތުގައި އަންނަނިވި މާއްދާ ހަމަޖައްސައި މާއްދާ ތަރުތީބުކުރުން.

ގަވާއިދު ނުހިނގާނެ މައްސަލަތައް 53.

ގާނޫނުއަސާސީން ނުވަތަ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ސުޕްރީމް ކޯޓުން ފުރަތަމަ މަރުހަލާގައި ބެލުމަށް ކަނޑައަޅައިފައިވާ މައްސަލަތަކަށް މި ގަވާއިދެއް ނުހިނގާނެއެވެ.

 

15 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ސުޕްރީމް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-100)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ސުޕްރީމް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2022-100)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު