-

މަގުތަކާއި ގޯޅިތަކާއި އިޖުތިމާއީ ސަރަޙައްދުތަކާއި ހޭޅިފަށުގައި ތަކެތި ބެހެއްޓުމާއި، ހަޓު ހެދުމާ ގުޅޭ ގަވާއިދު

(ގަވާއިދު ނަންބަރު 2023-145)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 14 އޯގަސްޓް 2023 ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 149 ވަނަ މާއްދާއިން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން، ލޯކަލް ގަވަރމަންޓް އޮތޯރިޓ ގެ މަށްވަރާޔާ އެކު އެކުލަ ވައިލެވިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "މަގުތަކާއި، ގޯޅިތަކާ އި، އިޖުތިމާއީ ސަރަހައްދުތަކާއި، ހޭޅިފަށުގައި ތަކެތި ބެހެއްޓުމާއި، ހަޓު ހެދުމާ ގުޅޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުތަކާއި ގޯޅިތަކުގައި ގޯތިގެދޮރު އިމާރާތް ކުރުމަށް ޓަކައި ގެންނަ ތަކެތި ބެހެއްޓުން

(ހ) 15 (ފަނަރަ) ފޫޓު ނުވަތަ އެއަށްވުރެ ފުޅާ މަގުތަކުގައި ގޯތިގެދޮރު އިމާރާތްކުރުމަށް ގެންނަ ތަކެތި ބެހެއްޓޭނީ، ގިނަވެގެން 60 (ފަސްދޮޅަސް) ދުވަހަށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތަށްވުރެ އިތުރަށް ތަކެތި ބެހެއްޓޭނީ،ސަބަބު ބަޔާންކޮށް ކައުންސިލަށް ހުށަހަޅައި، އެކަމާމެދު ކައުންސިލުން ނިންމާ ގޮތެއްގެ މަތީންނެވެ.

(ނ) މަގުތަކުގައި ތަކެތި ބަހައްޓަންވާނ، ހިނގާބިނގާވެ އުޅޭ ފަރާތްތަކާއި ދުއްވާ ތަކެއްޗަށް ދަތިނުވާނޭ ގޮތަކަށެވެ.

(ރ) 15 (ފަނަރަ) ފޫޓަށްވުރެ ހަނި މަގުތަކާއި ގޯޅިތަކުގައި ތަކެތި ބެހެއްޓޭނީ، ގިނަވެގެން 24 (ސައުވީސް) ގަޑިއިރަށެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ މުއްދަތަށްވުރެ އިތުރަށް ތަކެތި ބެހެއްޓޭނީ،ސަބަބު ބަޔާންކޮށް ކައުންސިލަށް ހުށަހަޅައި، އެކަމާމެދު ކައުންސިލުން ނިންމާ ގޮތެއްގެ މަތީންނެވެ.

(ޅ) އެކިއެކި މަސައްކަތްތަކަށް މަގުތަކުގައި ބެހެއްޓޭ ތަކެތި ނެގުމަށްފަހު، އެ ސަރަހައްދު ރަނގަޅަށް ސާފުކުރަންވާނެއެވެ.

 

3 ވަނަ މާއްދާ - މަގުތަކާއި ގޯޅިތަކާއި އިޖުތިމާއީ ސަރަހައްދުތަކުގައި ގަސްގަހާގެހި އިންދުން

(ހ) ފުޅާމިނުގައި 15 (ފަނަރަ) ފޫޓު ހުންނަ މަގުތަކުގައި ނުވަތަ އެއަށްވުރެ ފުޅާ މަގުތަކުގައި، ގޭގެ އިމުން ފެށިގެން 18 (އަށާރަ) އިން ޗި ފުޅާމިނުގައި ގަސް އިންދުމުގެ އިހްތިޔާރު، ގޭގެ ވެރިފަރާތަށް ލިބިގެންވެއެވެ. މިގޮތަށް އިންދާ ގަހަކީ، ހެދިބޮޑުވެ ގަހުގެ ގޮފިތައް މަގަށް ފެތުރިގެން ނުދާނޭ ބާވަތްތަކުގެ ގަހަށް ވާންވާނެއެވެ. މިފަދައިން ގަސް އިންދާއިރު ރާނައިގެން ނުވަތަ ގާފޮޅުއަޅައި ވަކިކުރެވިގެން ނުވާނެއެވެ.

(ށ) މަގުގެ ފުޅާމިން 15 (ފަނަރަ) ފޫޓު ހަމަނުވި ނަމަވެސ،ް 10 (ދިހައެއް) ފޫޓު ނުވަތަ އެއަށްވުރެ ފުޅާނަމަ، ގޭގެ އިމުން ފެށިގެން 12 (ބާރަ) އިންޗި ފުޅާމިނުގައި، ގަސް އިންދުމުގެ އިހްތިޔާރު، ގޭގެ ވެރިފަރާތަށް ލިބިގެންވެއެވެ. މިގޮތަށް އިންދާ ގަހަކީ ހެދި ބޮޑުވ،ެ ގަހުގެ ގޮފިތައް މަގަށް ފެތުރިގެން ނުދާނޭ ބާވަތުގެ ގަހަށް ވާންވާނެއެވެ.

(ނ) ފުޅާމިނުގައި 10 (ދިހައެއް) ފޫޓު ހަމަނުވާ މަގުތަކާއި ގޯޅިތަކުގައި އެއްވެސް ބާވަތެއްގެ ގަހެއް އިންދުމަކ މަނާ ކަމެކެވެ. ނަމަވެސ،ް ފާރުކައިރ ގައި އިންދާ ވެޔޮފަދަ ބާވަތްތައް، ފާރަށް އަރުވާގޮތަށް ހެއްދިދާނެއެވެ. މިގޮތަށް ހައްދާ ވެޔޮފަދަ ބާވަތްތަކުން މަގަށް 8 (އަށެއް) އިންޗިއަށްވުރެ ބޮޑަށް ފެތުރިފައި ހުރެގެން ނުވާނެއެވެ.

(ރ) ފުޅާމިނުގައި 6 (ހައެއް) ފޫޓު ހަމަނުވާ ގޯޅިތަކުގައި އެއްވެސް ބާވަތެއްގެ ގަހެއް އިންދައިގެން ނުވާނެއެވެ. އަދި ޕޮޓެއްވިޔަސް ބަހައްޓައިގެން ނުވާނެއެވެ.

(ބ) ތިމާވެށި ހިމާޔަތްކޮށް މަގުތައް ޒީނަތްތެރިކުރުމަށް ޓަކައި މި ކައުންސިލުން ނުވަތަ މި ކައުންސިލުން ހުއްދަދޭ އެފަދަ ފަރާތަކުން އިންދާ ގަސްގަހާގެހި، މި މާއްދާގެ

(ނ) އާއި (ރ) އިން އިސްތި ސްނާވާނެއެވެ.

(ޅ) މި ގަވާއިދު ގެ ދަށުން ހުއްދަ ލިބިގެން ޖަހައި ފައިވާ ނުވަތަ އިންދައިފައިވާ ގަސްގަހާގެހި، ރައްޔިތުންގެ ބޭނުމަކަށް ޓަކައި ހިންގޭ މަށްރޫއަކާ ގުޅިގެން ނަގަން ޖެހިއްޖެ ހާލަތެއްގައި، އެއްވެސް ބަދަލެއް ދިނުމަކާ ނުލައި އެ ގަހެއް ނުވަތަ ގަސްތަކެއް ނައްތައިލެވޭނެއެވެ.

(ކ) މި މާއްދާގެ ދަށުން އިންފާރުން ބޭރުގައި ގަސް އިންދާ ހައްދާއިރު، މަގުމަތި ބޭނުންކުރާ ފަރާތްތަކަށް ގެއްލުމެއް ލިބިދާނެފަދަ އެއްވެސް ބާވަތެއްގެ ގަހެއް ހައްދައިގެން ނުވާނެއެވެ.

 

4 ވަނަ މާއްދާ - ބަނދަރު ސަރަހައްދާއި، އިޖުތިމާއީ ސަރަހައްދުތަކާއި، ރަށުގެ ގްރީން ޒޯނުގައި ތަކެތި ބެހެއްޓުން

(ހ) ރަށުގެ ބަނދަރު ސަރަހައްދުގައި ތަކެތި ބަހައްޓަންވާނީ، އަދި ބަނދަރު ބޭނުންކުރަންވާނީ ކައުންސިލުން ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ށ) ރަށުގެ އިޖުތިމާއީ ސަރަހައްދުތަކާއި، ހޭޅިފަށާއި، ރަށުގެ ގްރީން ޒޯނުގައި،ކައުންސިލުގެ ހުއްދަނެތި ތަކެތި ބެހެއްޓުމަކ މަނާކަމެކެވެ.

 

5 ވަނަ މާއްދާ - އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ޕާކުކުރުން

އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ޕާކުކުރަންވާނީ، ހިނގާ މީހުންނަށާއި ދުއްވާ ތަކެއްޗަށް ދަތިނުވާނޭ ގޮތެއްގެ މަތީން، ކަމާ ގުޅޭ ވުޒާރާއިންނާއި ކަމާ ގުޅޭ އިދަރާތަކުގެ އެންމެހައި ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށެވެ.

 

6 ވަނަ މާއްދާ - މަގުތަކާއި ގޯޅިތަކުގައި ޖޯލިފައްޗާއި އެފަދަ އެހެން ތަކެތި ބެހެއްޓުން

(ހ) މަގުތަކާއި ގޯޅިތަކުގައި ޖޯލިފަ އްޗާއި، ބެންޗާއި، ގޮނޑިފަދަ ތަކެތި ބަހައްޓައިގެން ނުވާނެއެވެ.

(ށ) ރަށުގެ އިޖުތިމާއީ ސަރަހައްދުތަކާއި، އަތިރިމައްޗާއި، ހޭޅިފަށާއި، ފިނި މައިޒާންތަކުގައި ޖޯލިފަތިފަދަ ތަކެތ،ި ކައުންސިލުގެ ހުއްދަޔާއެކު ބެހެއްޓިދާނެއެވެ. މިގޮތަށް ބެހެއްޓޭ ޖޯލިފަތިފަދަ ތަކެތި ހުންނަންވާނީ، ވަށައިގެން ހާމަކޮށް ފެންނާނޭހެންނެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ މައިޒާންތައް ހެދުމަށް ޓަކައި، ހޭޅިން ގަސްގަހާގެހި ނުވަތަ ގޮފިފަދަ ތަކެތި ކަނޑައިގެން ނުވާނެއެވެ.

 

7 ވަނަ މާއްދާ - މަގުތަކާއި ގޯޅިތަކުގައި ތަކެތި ބެހެއްޓުމާއި، އެފަދަ ތަންތަނުގައި މަސައްކަތްކުރުން

(ހ) ގޯތި ގެދޮރު އިމާރާތްކުރުމަށް ގެނެވޭ ތަކެތި މަގުތަކާއި ގޯޅިތަކުގައި ބަހައްޓަންވާނީ،ކައުންސިލުން ހުއްދަ ލިބިގެންނެވެ.

(ށ) މަގުތަކާއި ގޯޅިތަކުގައި އެއްވެސް ބާވަތެއްގެ މަސައްކަތެއް ކުރިޔަ ށް ގެންދަންވާނީ،ކައުންސިލުން އެކަމަށް ހުއްދަ ހޯދައިގެންނެވެ. އަދި މަސައްކަތް ކުރި އަށްދާ ވަގުތު އެކަން އަންގައިދޭ ބޯޑ،ު އެ ސަރަހައްދުގައި ބަހައްޓައިފައި ހުންނަންވާނެއެވެ.

(ނ) މަގުތަކާއި ގޯޅިތައް ކޮންނަންވާނީ، ކައުންސިލުން އެކަމަށް ހުއްދަ ހޯދައިގެންނެވެ. އަދި އެފަދަ ވަޅެއް، އެ ދުވަހުގެ އިރުއޮއްސޭ އިރު ފަސްއަޅައި ފޮރުވައިލެވެން ނެތްނަމަ، ރައްކައު ތެރިކަމުގެ ފިޔަވަޅުތައް އަޅަންވާނެއެވެ.

 

8 ވަނަ މާއްދާ - ގޯތިތެރޭގައި ހައްދައިފައިވާ ގަސްގަހާގެހި ކޮށައި ބެލެހެއްޓުން

(ހ) ގޯތ ގައި ހައް ދައި ފައި ހުންނަ ގަސްގަހާގެހިން މަގުތަކާއި ގޯޅިތަކަށް ނުކުމެފައި ހުންނަ ގޮފިތަކާއި ގަސްގަހާގެހ ގެ ބައިތަކުގެ 12 (ބާރަ) ފޫޓަށްވުރެ ތިރ ގައި ހުންނަ ބައިތައް، ގޭގެ ވެރިފަރާތުން ކޮށައި ބަލަހައްޓަންވާނެއެވެ.

(ށ) މަގުތަކުގައި ޖަހައިފައިވާ މަގުބައްތ ގެ އަލި ގެއްލޭގޮތަށް ހުންނަ ގަސްގަހާގެހި، އޭގެ ވެރިފަރާތުން ކޮށައި ސާފުކޮށް ބަލަހައްޓަންވާނެއެވެ.

(ނ) ގޯތި ތެރޭގައި ހައްދައިފައިވާ ގަސްގަހާގެހިން މަގުތަކާއި ގޯޅިތަކުގެ މެދަށްވުރެ އިތުރަށް ބޭރަށް ނުކުމެފައި ހުރުމާމެދު އަވަށްޓެރިޔާގެ (މަގުގެ އަނެއްފަރާތުގައިވާ ގޭގެ ވެރިޔާ ގެ) އިއުތިރާޒެއް ނެތްކަމުގައި ވާނަމަ، މި މާއްދާގެ (ހ) އާ ހިލާފު ނުވާގޮތަށް ބެހެއްޓިދާނެއެވެ. ނަމަވެސ،ް އެފަދަ ގަސްގަހާގެހި ވެސް އަވަ ށްޓެރިޔާގެ ގޯތި ތެރެއަށް ނުވަތަ ސަރުކާރުގެ އެއްވެސް ބިމެއްގެ ތެރެއަށް ނުދާކަން ކަށަވަރުކުރަންވާނެއެވެ.

 

9 ވަނަ މާއްދާ - ހަޓު ހެދުން

(ހ) ރަށުގެ އެއްވެސް ސަރަހަ އްދެއްގައި ހަޓު ނުވަތަ އެހެންވެސް އެފަދަ ތަނެއް ހަދައިގެން އެފަދަ ތަނެއް ބޭނުންކުރަންވާނީ، ކައުންސިލުން ކަނޑައަޅާ ގޮތެއްގެ

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކައުންސިލުން ހުއްދަ ދޭންވާނީ، ހެދިފައިވާ ލޭންޑުޔޫޒް މަތީން ކައުންސިލުން ހުއްދަ ހޯދައިގެންނެވެ.ޕްލޭނާ އެއްގޮތަށެވެ.

(ނ) މި ގަވާއިދުގެ ދަށުން ކައުންސިލުން ދޫކުރާ ހަޓުތައް ދޫކުރަންވާނީ،ގަވާއިދު ނަންބަރު 2017-20 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އާއި،ގަވާއިދު ނަންބަރު 2018-69 (ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު) ބަޔާންކޮށްފައިވާ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށެވެ.

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދޫކުރެވޭ ހަޓުތަކާއި އެފަދަ ތަންތަން ހެދުމަށް ކައުންސިލުން ދޫކުރާ ފަރާތާއި ކައުންސިލާ ދެމެދު އެއްބަސްވުމެއް ހަދަންވާނެއެވެ.

 

10 ވަނަ މާއްދާ - ހަޓުތައް ނެގުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން، ރަށުގެ އެކި ތަންތަނުގައި ހަދައިފައިވާ ހަޓުތައް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 3 (ތިނެތް) މަސްދުވަހުގެ ތެރޭގައި ނަގައި ނިންމަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި ހަޓުތައް ނަގައިފައި ނުވާނަމަ، ކައުންސިލުން ކަނޑައަޅާ ހަމަޔަކުން ނައްތައިލެ ވޭނެއެވެ.

 

11 ވަނަ މާއްދާ - ގަވާއިދާ ހިލާފުވުން

މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަމާ ހިލާފުވާ ފަރާތްތައް ފުރަތަމަ ފަހަރަށް ނަސޭހަތްތެރިވުމަށްފަހު ދެންވެސް އިސްލާހު ނުކުރާނަމަ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރ ދާއިރާތައް ލާމަ ރުކަޒ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 140 ވަނަ މާއްދާގެ ދަށުން 500 (ފަސްސަތޭކަ) ރުފިޔާއާއި 5,000 (ފަސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ އިހްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

 

12 ވަނަ މާއްދާ - މަގުމަތ ގައި ގަވާއިދާ ހިލާފަށް އިންދައިފައިވާ ގަސްތައް ނެގުމަށް އެންގުން

މި ގަވާއިދުގެ ދަށުން މަގުމަތ ގައި ގަސް އިންދުން މަނާކަމަށް ބަޔާންކޮށްފައިވާ ގަސްތަކާއި ވަކި އުސޫލަކުން ބެލެހެއްޓުމަށް ބަޔާންކޮށްފައިވާ ގަސްތައް، މި ގަވާއިދާ އެއްގޮތަށް ބަލަހައްޓަމުން ނުދާނަމަ، 3 (ތިނެތް) ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، އެ ގަސްތައް ނެގުމުގެ އިހްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. މިފަދައިން ގަސް ނުވަތަ ގަސްތައް ނެގުމުގައި ކައުންސިލުން އެއްވެސް ހަރަދެއް ކުރަން ޖެހިއްޖެނަމަ، ގަސް އިންދި ފަރާތަކުން އެ ހަރަދެއް ހޯދުމުގެ އިހްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

 

13 ވަނަ މާއްދާ - ޖޫރިމަނާ

(ހ) ވަކި ގޮތަކަށް އަމަލުކުރުމަށ،ް އެހެން ގާނޫނަކުން ކަނޑައެޅިފައި ނުވާ ކަންކަމުގައި، މި ގަވާއިދުގައި ކުރުމަށް އަންގައިފައިވާ ކަމެއް ނުކުރުމުން ނުވަތަ މި ގަވާއިދުގައި ނުކުރުމަށް އަންގައިފައިވާ ކަމެއް ކުރުމުން، މި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީން އެ ކަމެއް ކުރި ނުވަތަ އެކަމެއް ނުކޮށް ދޫކޮށްލި ފަރާތަކާމެދު އަމަލުކުރުމުގެ އިހްތިޔާރު، ކައުންސިލަށް ލިބިގެންވެއެވެ.

(ށ) މި ގަވާއިދުގެ ދަށުން އެއްވެސް ފަރާތެއް ޖޫރިމަނާކުރެވޭނ، އެ ފަރާތަކުން އެ ކުރި ކުށެއް ކައުންސިލުން ނުވަތަ އެފަދަ ކަންތައްތައް ބެލެހެއްޓުމަށް ކައުންސިލުން ކަނޑައަޅާ ފަރާތުން ބަލައި، ކުށުގެ ހާދިސާ ދިރާސާކޮށ،ް އެކަން ކައުންސިލުގެ ބައްދަލުވުމަކަށް ހުށަހަޅައި، ކައުންސިލުން އެ ފަރާތެއް ޖޫރިމަނާ ކުރުމަށް ކަނޑައެޅުމުންނެވެ.

(ނ) މި ގަވާއިދުގައި ހިމެނޭ އެންމެހައި ޖޫރިމަނާތަކާއި ފ ތައް ދައްކަންވާނީ، ކައުންސިލަށް ނުވަތަ ކައުންސިލުން ކަނޑައަޅާ ފަރާތަކަށެވެ.

 

14 ވަނަ މާއްދާ - މި ގަވާއިދުގައި ނެތްކަމެއް ދިމާވުން

މި ގަވާއިދުގައި ނެތްކަމެއް ދިމާވެއްޖެނަމަ، އެކަމަށް ގޮތެއް ކަނޑައަޅާނ، ކައުންސިލުގެ ބައްދަލުވުމަކުން ނިންމާ ގޮތެއްގެ މަތީންނެވެ.

 

15 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކ،ު އަންނަނިވި ލަފުޒުތަކާއި އިބާރާތްތައް މާނަކުރާނ، ތިރ ގައިވާ އަކުރުތަކުގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

(ހ) "ކައުންސިލް" ކަމަށް ބުނެފައި އެވަނ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން އިންތިހާބުކޮށްފައިވާ މާލެއަތޮޅު ގާފަރު ކައުންސިލަށެވެ.

(ށ) "ތަންފ ޒ އިދާރާތައް" ކަމަށް ބުނެފައި އެވަނ، ފުލުހުންނާއި ކައުންސިލާއި ރަށުތެރެ ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ ފަރާތްތަކަށެވެ.

(ނ) "އިޖުތިމާއީ ސަރަހައްދު" ކަމަށް ބުނެފައި އެވަނ، ރަށުގައި ކުޅިވަރުކުޅޭ މައިދާންތަކާއި، އާންމު މައިދާންތަކާއި، ހުސްބިންތަކާއި، އާންމުން އެއްވެއުޅެވޭގޮތަށް ހުރި ސަރަހައްދުތަކަށެވެ.

(ރ) "ގްރީން ޒޯން" ކަމަށް ބުނެފައި އެވަނ، ރަށު ގެ ވަށައިގެން، މޫދާ ކައިރިން 20 (ވިހި) މ ޓަރުގެ ބޮޑުމިނަށް ހެދިފައިވާ ހޭޅިފަށަށެވެ.

(ބ) "ހުއްދަ" ކަމަށް ބުނެފައި އެވަނ، ވަކި ކަމެއް ކުރުމަށް އެއްވެސް ފަރާތަކަށް ކައުންސިލުން ދޭ ހުއްދައަށެވެ.

(ޅ) "ބަނދަރު ސަރަހައްދު" ކަމަށް ބުނެފައި އެވަނ، މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ށ) ގެ ދަށުން ކައުންސިލުން އާންމުކޮށް އިއުލާނުކުރާ ސަރަހައްދަށެވެ.

(ކ) "ހަޓު" ކަމަށް ބަޔާންކޮށްފައި އެވަނ، މީހުން ތިބުމަށް ހިޔާކޮށ،ް ރަށުގެ އެކި ސަރަހައްދުތަކުގައި ހަދައިފައިވާ ތަންތަނާއި، އެކި ބޭނުންތަކުގައި ހަދަ އިފައިވާ ތަންތަނަށެވެ.

(އ) މި ގަވާއިދުގައި ބޭނުންކޮށްފައިވާ ލަފުޒުތައް ތަފުސ ލުކުރުމުގައި، މީހުންނާއި ފަރާތްތަކުގެ މާނައިގައި، ކުންފުނ،ި ގުރޫޕު، އޮފީސ،ް ޖަމުއިއްޔާ، ޖަމާއަތްތައް ފަދަ، މީހުންނާއި ތަންތަން ހިމެނޭނެއެވެ. އަދި ވަކިވަކި ފަރުދުންނަށް ނުވަތަ އެއްޖިންސަކަށް ބޭނުންކޮށްފައިވާ ލަފުޒުތައް އެ ލަފުޒެއްބޭނުންކޮށްފައިވާ ހާލަތަށް އެކަށ ގެންވާ ގޮތަކަށް ރިއާޔަތްކޮށް ގިނަމީހުންނަށް ނުވަތަ ދެޖިންސް އެކުލެވޭ ގޮތަށް މާނަކުރެވިދާނެއެވެ.

 

16 ވަނަ މާއްދާ - އަމަލުކުރަން ފަށާ ތާރހު

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނ، ކައުންސިލުން ގަވާއިދު ފާސްކޮށ،ް ދިވެހި ސަރުކާރުގެ ގެޒެޓުގައި، މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފަށާތާ 3 (ތިނެތް) މަސްދުވަހުގެ ތެރޭގައި، މި ގަވާއިދާ ހިލާފަށް ހުރި ކަންކަން، މި ގަވާއިދާ އެއްގޮތަށް ހައްލުކޮށް ނިންމަންވާނެއެވެ.

 

މައި ގާނޫނު

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-07)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު