-

ހަކަތައިގެ ހިދުމަތް ދޭ ފެސިލިޓީތައް ރަޖިސްޓަރީ ކުރުމާއި އެ ފެސިލިޓީތައް ބޭނުންކުރުމާއި ހިންގުމުގެ ލައިސަންސާއި ހުއްދަ ދޫކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2023-78) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-148)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 15 އޯގަސްޓް 2023 ގައި)

 

ގަވާއިދު ނަންބަރު 2023-78 (ހަކަތައިގެ ހިދުމަތް ދޭ ފެސިލިޓީތައް ރަޖިސްޓަރީ ކުރުމާއި އެ ފެސިލިޓީތައް ބޭނުންކުރުމާއި ހިންގުމުގެ ލައިސަންސާއި ހުއްދަ ދޫކުރުމުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ -  ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ހިނގަމުންދާ ފެސިލިޓީތައް ރަޖިސްޓަރީކުރުމާއި ލައިސަންސް ނެގުން 6.

މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ބޭނުންކުރަމުންދާ ހަކަތައިގެ ފެސިލިޓީތަކާއި އުޅަނދުފަހަރު، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި އޮތޯރިޓީގައި ރަޖިސްޓަރީކޮށް ލައިސަންސް ނަގަންވާނެއެވެ.

 

2 ވަނަ މާއްދާ -  ބުނެވިދިޔަ ގަވާއިދުގެ 13 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ލައިސަންސް ނުވަތަ ހުއްދައަށް އެދި ހުށަހަޅަންޖެހޭ ގޮތް 13.

މި ގަވާއިދުގެ ދަށުން އޮތޯރިޓީން ދޫކުރާ ލައިސަންސް ނުވަތަ ހުއްދައަށް އެދި އޮތޯރިޓީއަށް ހުށަހަޅަންޖެހޭނީ، އޮތޯރިޓީގެ [email protected] އަށް ނުވަތަ އެޕްލިކޭށަން ހުށަހެޅުމަށް އޮތޯރިޓީން ތައްޔާ ރުކުރާ އޮންލައިން ޕޯޓަލެއް މެދުވެރިކޮށެވެ.

 

3 ވަނަ މާއްދާ -  މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ހަކަތައިގެ ހިދުމަތް ދޭ ފެސިލިޓީތައް ރަޖިސްޓަރީ ކުރުމާއި އެ ފެސިލިޓީތައް ބޭނުންކުރުމާއި ހިންގުމުގެ ލައިސަންސާއި ހުއްދަ ދޫކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2023-78)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ހަކަތައިގެ ހިދުމަތް ދޭ ފެސިލިޓީތައް ރަޖިސްޓަރީ ކުރުމާއި އެ ފެސިލިޓީތައް ބޭނުންކުރުމާއި ހިންގުމުގެ ލައިސަންސާއި ހުއްދަ ދޫކުރުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2023-78)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު