gaanoon_logo
-

އެކުއަކަލްޗަރ ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2020-94) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-141)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 9 އޮގަސްޓް 2023 ގައި)

 

ގަވާއިދު ނަންބަރު 2020-94 (އެކުއަކަލްޗަރ ކުރުމުގެ ގަވާއިދު) އަށް 1 ވަނަ އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

އެކުއަކަލްޗަރ ކުރުމުގެ ލައިސަންސް ހޯދުން 6.

(ނ) އަންނަނިވި ކަންތައްތައް ފުރިހަމަވެފައިވާކަން ޔަގީންވުމުން މެނުވީ، އެކުއަކަލްޗަރ ކުރުމުގެ ލައިސަންސެއް ދޫކޮށްގެން ނުވާނެއެވެ.

  1. ގަވާއިދު ނަންބަރު 2020-91 (މަސްވެރިކަމުގެ މަށްރޫއުތައް ގާއިމްކުރުމަށް ހުއްދަދިނުމުގެ ގަވާއިދު) ގެ ދަށުން ހުއްދަ ލިބިފައިވާ މަށްރޫއަކަށް ވުން؛
  2. ދިވެހިރާއްޖޭގެ ކަމާގުޅޭ ގާނޫނުތަކާ އެއްގޮތަށް އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް ރިޕޯޓެއް ހަދައިފައިވުން؛
  3. އެކުއަކަލްޗަރ ކުރުމުގެ ހުއްދަ ދިނުމުގެ ސަބަބުން އެ ސަރަހައްދުގައި ކުރިޔަށްގެންދާ އިގްތިސާދީ އެހެނިހެން މަސައްކަތްތަކަށް ބުރޫ ނޭރުން؛ 
  4. އެކުއަކަލްޗަރ ކުރުމަށް ހުއްދަ ދިނުމުގެ ސަބަބުން ތިމާވެށްޓަށް ނޭދެވޭ އަސަރެއް ކޮށްފާނެކަމެއް މެދުވެރި ނުވުން؛
  5. އެކުއަކަލްޗަރ ކުރުމަށް ދޫކޮށްފައިވާ ސަރަހައްދަކީ އެކުއަކަލްޗަރ ކުރުމަށް ނުވަތަ ކަނޑައެޅިފައިވާ ވަކި ބާވަތެއްގެ މަސް އެކުއަކަލްޗަރ ކުރުމަށް އެކަށޭނަ ތަނެއް ކަމުގައި ވުން.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް (ބ) ގެ ގޮތުގައި އަކުރެއް އިތުރުކުރުން.

އެކުއަކަލްޗަރ ކުރުމުގެ ލައިސަންސް ހޯދުން 6.

(ބ) މި ގަވާއިދުގެ ދަށުން ދޫކުރާ އެކުއަކަލްޗަރ ކުރުމުގެ ލައިސަންސްގެ ފީއާއި ލައިސަންސްގެ މުއްދަތު، މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައި އެވަނީއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ކަރަންޓީނު ފެސިލިޓީ ހިންގުން 8.

(ހ) ކަރަންޓީނު ފެސިލިޓީއެއް ހިންގު މުގެ ކުރިން އެކަމާ ގުޅޭ ލައިސަންސް މި ގަވާއިދުގެ ދަށުން، ގަވާއިދު ނަންބަރު 2020-92 (މަސްވެރިކަމާއި، މަސްވެރިކަމާ ގުޅުންހުރި އެހެނިހެން ހަރަކާތްތަކަށާއި އެކުއަކަލްޗަރ ކުރުމަށް ލައިސަންސް ދިނުމާއި ހުއްދަ ދިނުމުގެ އިޖުރާއަތުތަކާބެހޭ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ނަގަންވާނެއެވެ.

(ށ) އެކުއަކަލްޗަރ ކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތަކަށް މި މާއްދާގެ (ހ) ގެ ދަށުން، އެ ފަރާތުގެ އެކުއަކަލްޗަރކުރާ ތަނުގައި ކަރަންޓީނު ފެސިލިޓީއެއް ގާއިމުކުރެވިދާނެއެވެ. މިގޮތަށް ގާއިމުކުރާ ކަރަންޓީނު ފެސިލިޓީގައި ކަރަންޓީނު ކުރެވޭނީ ހަމައެކަނި އެ ފަރާތުގެ ބޭނުމަށް ދިވެހިރާއްޖެއަށް އިމްޕޯޓްކުރާ ފެނުގެ ދިރުންތަކެވެ.

(ނ) މި ގަވާއިދުގެ ދަށުން ދޫކުރާ ކަރަންޓީނު ފެސިލިޓީ ހިންގުމުގެ ލައިސަންސްގެ ފީއާއި ލައިސަންސްގެ މުއްދަތު، މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައި އެވަނީއެވެ.

(ރ) ކަރަންޓީނު ފެސިލިޓީ ހިންގުމުގެ ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން ވެސް، ލައިސަންސްގެ މުއްދަތުގައި، އަންނަނިވި ށަރުތުތަކާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.

  1. މި ގަވާއިދާއި، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުން؛
  2. ކަރަންޓީނު ފެސިލިޓީ މިނިސްޓްރީން ކަނޑައަޅާ "އަމިއްލަ ފަރާތްތަކުން ކަރަންޓީނު ފެސިލިޓީ ގާއިމުކޮށް ހިންގުމާ ގުޅޭ މިންގަނޑު" އާ އެއްގޮތްވާ ގޮތުގެ މަތީން ތައްޔާރުކުރުން؛
  3. ކަރަންޓީނު ފެސިލިޓީ ހިންގުމުގައި، މި ގަވާއިދުގެ ޖަދުވަލު 3 ގައި ހިމެނޭ ކަރަންޓީނު ޕްރޮޓޮކޯލާ އެއްގޮތަށް އަމަލުކުރުން.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 11 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

އިމްޕޯޓުކުރު ން ހުއްދަ ބާވަތްތައް 11.

(ހ) ގުދުރަތީގޮތުން ދިވެހިރާއްޖޭގައި ނޫޅޭ ފެނުގެ ދިރުމެއް އެކުއަކަލްޗަރ ކުރުމުގެ ބޭނުމަށް ދިވެހިރާއްޖެއަށް އެތެރެކުރަން ހުއްދަދެވޭނ،ީ ހަމައެކަނިމި ގަވާއިދުގެ ޖަދުވަލު 1 ގައިވާ " އެކުއަކަލްޗަރ ކުރުމަށް ދިވެހިރާއްޖެއަށްއިމްޕޯޓުކުރުން ހުއްދަ، ފެނުގައި ދިރުއުޅޭ ނޮނ-ްނޭޓިވް ސްޕީށީޒްގެ ލިސްޓު" ގައި ހިމެނޭ ބާވަތްތަކަށެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުއްދަ ދެވޭ ބާވަތްތައް އެކުއަކަލްޗަރ ކުރަންވާނ،ީ މޫދު ނުވަތަ ކަނޑުގެ މާހައުލާ އެއްވެސް ގުޅުމެއް ނެތް ގޮތަކަށ،ް އެއްގަމުގައެވެ.

(ނ) މި މާއްދާގެ (ހ) ގައި އެގޮތަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ސަރުކާރުގެ އިދާރާއަކުން ދިރާސާކުރުމުގެ ބޭނުމަށް މި ގަވާއިދުގެ ޖަދުވަލު 1 ގައި ނުހިމެނޭ ބާވަތެއ،ް މި ގަވާއިދުގެ 12 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތް ކުރުމަށްފަހ،ު ދިވެހިރާއްޖެއަށް އިމްޕޯޓުކުރުމަށް ހާއްސަ ހުއްދައެއް ދިނުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ރ) ދިވެހިރާއްޖޭގެ މާހައުލުގައި ގުދްރަތީގޮތުން އުޅޭ ފެނުގެ ކޮންމެ ދިރުމެއް ދިވެހިރާއްޖެއަށް އިމްޕޯޓްކޮށް އެކުއަކަލްޗަރ ކުރުމަކީ ހުއްދަ ކަމެކެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 12 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

އިމްޕޯޓުކުރުން ހުއްދަ ބާވަތްތަކުގެ ލިސްޓަށް އުނިއިތުރު ގެނައުން 12.

(ހ) މި ގަވާއިދުގެ ޖަދުވަލު 1 ގައި ހިމަނައިފައި ނުވާ ބާވަތެއް ދިވެހިރާއްޖެއަށް އިމްޕޯޓްކުރަން ބޭނުންވާ ފަރާތްތަކުން އެ ލިސްޓަށް އެ ބާވަތެއް އިތުރުކުރުމަށް ބޭނުންވާނަމަ، އިމްޕޯޓުކުރަން ބޭނުންވާ ތާރީހުގެ 90 (ނުވަދިހަ) ދުވަހުގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ލިސްޓަށް އުނިއިތުރު ގެނައުމަށް އެއްވެސް ފަރާތަކުން ހުށަހަޅައިފިނަމަ، ނުވަތަ މިނިސްޓްރީން މި ލިސްޓަށް ބަދަލެއް ގެންނަން ބޭނުންވެއްޖެނަމަ، އަންނަނިވި ކަންކަމަށް ރިއާޔަތް ކުރުމަށްފަހ،ު މި ލިސްޓަށް ބަދަލު ގެނައުމުގެ އި ހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

  1. އެ ބާވަތެއް ސަބަބުން ދިވެރިރާއްޖޭގެ ގުދުރަތީ މާހައުލަށާއި ދިރުންތަކަށް ލިބިދާނެ ގެއްލުން ވަޒަންކުރުމަށް އެސެސްމަންޓެއްހަދައި، އެ ގެއްލުން ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް (މިޓިގޭށަން މެށަރސް) އާ އެކު އެ ބާވަތެއް ދިވެހިރާއްޖެއަށް އެތެރެކުރުން ރައްކައުތެރިކަމުގައި މިނިސްޓްރީއަށް ފެނުން؛
  2. އެ ބާވަތަކީ އިންވޭސިވް ސްޕީށީޒްއެއް ނުވަތަ އިންވޭސިވް ވުމުގެ ފުރުސަތު އޮތް ބާވަތެއް ކަމުގައި ނުވުން؛
  3. އާލާކޮށްގެން ދިވެހިރާއްޖޭގެ އިގްތިސާދަށް ބޮޑު މަންފާއެއް ލިއްބައިދޭ ފަދަ ބާވަތެއް ކަމުގައި ވުން.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ލިސްޓަށް އުނިއިތުރު ގެންނައިރު، ވަކިވަކި ބާވަތްތައް ދިވެހިރާއްޖެއަށް އިމްޕޯޓްކުރާއިރު އެ ބާވަތަކަށް ހާއްސަކޮށް ފުރިހަމަކުރަންޖެހޭ އިތުރު އިޖުރާއަތުތައް ނުވަތަ ކަންކަން ކަނޑައެޅުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 13 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

އިމްޕޯޓްކުރުމުގެ ހުއްދައަށް އެދޭ ފަރާތުގެ ށަރުތުތައް 13.

(ހ) (2) އިމްޕޯޓުކުރާ ބާވަތްތައް މިނިސްޓްރީގެ ކަރަންޓީނު ފެސިލިޓީގައި ނުވަތަ މި ގަވާއިދުގެ ދަށުން ހުއްދަ ލިބިގެން ގާއިމުކޮށް އޮޕަރޭޓްކުރާ އެހެން ފެސިލިޓީއެއްގައި ކަރަންޓީނު ކުރުމުގެ އިންތިޒާމު ހަމަޖެހިފައިވުން.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 14 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ރާއްޖެއަށް އިމްޕޯޓުކުރާ ފެނުގެ ދިރުން އުފައްދާ ބޭރުގެ ފެސިލިޓީގައި ހުންނަންޖެހޭ މިންގަނޑު 14.

(ށ) ރާއްޖެއަށް އިމްޕޯޓުކުރާ ފެނުގެ ދިރުމަށް އާންމުކޮށް ޖެހޭ ބަލިތަކަށް ގަވާއިދުން ސްކްރީންކުރާ ހެޗަރީއަކަށް ވުން.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 18 ވަނަ މާއްދާގެ (ށ) ގެ (6) ވަނަ ނަންބަރާއި، އެ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

އިމްޕޯޓުކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ކަންކަން 18.

(ށ) (6) ރާއްޖެއަށް އިމްޕޯޓުކުރެވޭ ފެނުގެ ދިރުމުގައި އެ ދިރުމަކަށް އާންމުކޮށް ޖެހޭ ބައްޔެއް ނެތްކަން ކަށަވަރުކުރަން ކުރި އިންސްޕެކްށަންތަކާއި ޓެސްޓެއް ހަދައިފައިވާނަމަ، އެ ޓެސްޓުތަކުގެ ނަތީޖާ؛

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ރިޕޯޓުގައި އެއްވެސް ބައްޔެއްގެ އަލާމާތެއް ފެނިއްޖެކަމަށް ބަޔާންކޮށްފައިވާނަމަ، އެ ސްޓޮކް ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ނުދިނުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 20 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ކަރަންޓީނު ކުރުން 20.

(ހ) އެކުއަކަލްޗަރ ކުރުމުގެ ބޭނުމަށް މި ގަވާއިދުގެ ދަށުން ހުއްދަ ލިބިގެން ދިވެހިރާއްޖެއަށް އެތެރެކުރާ ފެނުގެ ހުރިހާ ދިރުމެއް ދައުލަތުގެ ކަރަންޓީނު ފެސިލިޓީއެއްގައި ނުވަތަ މި ގަވާއިދުގެ ދަށުން ހުއްދަ ލިބިގެން އޮޕަރޭޓްކުރާ އަމިއްލަ ކަރަންޓީނު ފެސިލިޓީއެއްގައި އެ ބާވަތަކަށް ހާއްސަކޮށް ކަނޑައަޅާ ކަރަންޓީނުގެ މުއްދަތުގައި ކަރަންޓީނު ކުރަންވާނެއެވެ. މިގޮތަށް ކަރަންޓީނު ކުރުމުގެ ހުރިހާ ހަރަދެއް ބަލަހައްޓަންވާނ،ީ އެ ދިރުމެއް ދިވެހިރާއްޖެއަށް އެތެރެކުރާ ފަރާތުންނެވެ.

(ށ) މި ގަވާއިދުގެ 11 ވަނަ މާއްދާގެ (ރ) ގެ ދަށުން އިމްޕޯޓުކުރާ ދިވެހިރާއްޖޭގެ މާހައުލުގައި ގުދުރަތީގޮތުން އުޅޭ ފެނުގެ ދިރުމެއް ދިވެހިރާއްޖެއަށް އިމްޕޯޓްކުރާ ހާލަތުގައި ވެސް މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ދިވެހިރާއްޖެއަށް އެތެރެކުރާ ފެނުގެ ދިރުން ކަރަންޓީނު ކުރުމުގައި އަމަލު ކުރަންވާނެ ގޮތާއި، ކަރަންޓީނުކޮށްފައި ބަހައްޓާނެ މުއްދަތު، މި ގަވާއިދުގެ ޖަދުވަލު 3 "ކަރަންޓީނު ފެސިލިޓީތައް ހުންނަންޖެހޭނެ މިންގަނޑުތަކާއި، ކަރަންޓީނު ކުރުމުގައި އަމަލުކުރަންވީ ގޮތް (ކަރަންޓީނު ޕްރޮޓޮކޯލް)" ގައި އެވަނީއެވެ.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 27 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

އެކުއަކަލްޗަރ ކުރާ ތަންތަނުގައި ފެތުރޭ ބަލި ނައްތައިލައި، ބަލި ކޮންޓްރޯލް ކުރުން 27.

(ހ) އެކުއަކަލްޗަރ ކުރުމަށް ދިވެހިރާއްޖެއަށް އެތެރެކުރި ފެނުގެ ދިރުމަށް އާންމުކޮށް ޖެހޭ ބަލިތަކުގެ ތެރެއިން ބައްޔެއް ނުވަތަ އެ ބައްޔެއްގެ ނިށާނެއް ފެނިއްޖެ ހާލަތެއްގައި އެކަމުގެ ބޮޑުކުޑަމިނަށް ބަލައި އެކުއަކަލްޗަރކުރާ ތަން ނުވަތަ އެ ތަނުން ބައެއް މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށް ކަރަންޓީނުކޮށްފައި ބެހެއްޓުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 31 ވަނަ މާއްދާގެ (ތ) އުނިކުރުން.

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 1 އިސްލާހުކުރުން.

 

13 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 2 އިސްލާހުކުރުން.

 

14 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 5 އިސްލާހުކުރުން.

 

15 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނ،ީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

 

ޖަދުވަލު 1

އެކުއަކަލްޗަރ ކުރުމަށް ދިވެހިރާއްޖެއަށް އިމްޕޯޓުކުރުން ހުއްދަ، ފެނުގައި ދިރުއުޅޭ ނޮން - ނޭޓިވް ސްޕީށީޒްގެ ލިސްޓު  

ސައިންޓިފިކް ނަން 

 އާންމު ދިވެހި ނަން 

އާންމު އިނގިރޭސި ނަން  

Holothuria scabra

 ވެލި ހުއިފިލަނޑާ

Sandfish

Penaeus monodon

ޑިންގާ

Giant tiger prawn

Litopenaeus vannamei

ޑިންގާ

 Whiteleg shrimp

 

 

ޖަދުވަލު 2

ލައިސަންސް ކުރުމުގެ ފީތަ ކާއި ލައިސަންސު ގެ މުއްދަތުތައް  

ލައިސަންސް ގެ ބާވަތް  

ލައިސަންސުގެ މުއްދަތު

ލައިސަންސް ފީ  

އެކުއަކަލްޗަރ ތަޖުރިބާކުރުމުގެ ލައިސަންސް

12 މަސްދުވަސް

1،000 ރުފިޔާ

އެކުއަކަލްޗަރ ކުރުމުގެ ލައިސަންސް

12 މަސްދުވަސް

2،000 ރުފިޔާ

ކަރަންޓީނު ފެސިލިޓީ ހިންގުމުގެ ލައިސަންސް

12 މަސްދުވަސް

3،000 ރުފިޔާ

 

 

ޖަދުވަލު 5

ޖޫރިމަނާ ކަނޑައެޅިފައިވާ މި ގަވާއިދާ ހިލާފު ހަރަކާތްތަކާއި ފިޔަވަޅުތައް  

 

 

#

ހަރަކާތް

ޖޫރިމަނާ

ތަކުރާރު ކުށްތަކަށް ޖޫރިމަނާ ކަނޑައެޅުން

1.

އެކުއަކަލްޗަރ ކުރުމުގެ ލައިސަންސް ނެތި އެކުއަކަލްޗަރ ކުރުމުގެ ހަރަކާތެއް ހިންގުން

 5000 ރުފިޔާ

ތަކުރާރުވާ ކޮންމެ ފަހަރަކު އޭގެ ކުރިން ކޮށްފައިވާ ޖޫރިމަނާގެ އަދަދަށް 5،000 ރުފިޔާ އިތުރުވާނެ. (ގިނަވެގެން 200،000 ރުފިޔާއާ ހަމަޔަށް)

2.

ސައްހަ ލައިސަންސެއް ނެތި ކަރަންޓީނު ފެސިލިޓީއެއް ހިންގުން.

10،000 (ދިހަހާސް) ރުފިޔާ

ތަކުރާރުވާ ކޮންމެ ފަހަރަކު އޭގެ ކުރިން ކޮށްފައިވާ ޖޫރިމަނާގެ އަދަދަށް 5،000 ރުފިޔާ އިތުރުވާނެ. (ގިނަވެގެން 200،000 ރުފިޔާއާ ހަމަޔަށް)

3.

މި ގަވާއިދުގެ ބާބު 6 ގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތަށް މައުލޫމާތު ނުބެލެހެއްޓުން، އަދި/ނުވަތަ ގަވާއިދުން މިނިސްޓްރީއަށް މައުލޫމާތު ނުފޮނުވުން. 

3،000 (ތިންހާސް) ރުފިޔާ

ތަކުރާރުވާ ކޮންމެ ފަހަރަކު،އޭގެ ކުރިން ކޮށްފައިވާ ޖޫރިމަނާގެ އަދަދަށް 500 (ފަސްސަތޭކަ) ރުފިޔާ އިތުރުވާނެ (ގިނަވެގެން 200,000 ރުފިޔާއާ ހަމަޔަށް)

4.

މި ގަވާއިދުގެ ބާބު 6 ގައި ބަޔާންކޮށްފައިވާ  އުސޫލުން މިނިސްޓްރީއަށް މައުލޫމާތު ފޮނުވާއިރު ދޮގު މައުލޫމާތު ނުވަތަ ސައްހަ ނޫން މައުލޫމާތު ފޮނުވުން. 

5،000 (ފަސްހާސް) ރުފިޔާ

ތަކުރާރުވާ ކޮންމެ ފަހަރަކު،އޭގެ ކުރިން ކޮށްފައިވާ ޖޫރިމަނާގެ އަދަދަށް 1,000 (އެއްހާސް) ރުފިޔާ އިތުރުކުރެވޭނ،ެ އަދި 3 ވަނަ ފަހަރަށް ތަކުރާރުކޮށްފިނަމަ، ޖޫރިމަނާކުރުމާއެކު އެ ފަރާތަކަށް ދޫކޮށްފައިވާ އެކުއަކަލްޗަރ ލައިސަންސް ބާޠިލުކުރެވޭން. 

5.

އެކުއަކަލްޗަރ ކުރުމަށް ދޫކޮށްފައިވާ ލައިސަންސްގައި ކަނަޑައަޅައިފައިވާ ތަންތަނުގައި އާލާކުރާ ދިރުން، މިނިސްޓްރީގެ ހުއްދަ ނުހޯދައި އެއްތަނުން އަނެއްތަނަށް ބަދަލުކުރުން. 

5،000 (ފަސްހާސް) ރުފިޔާ

ތަކުރާރުވާ ކޮންމެ ފަހަރަކު،އޭގެ ކުރިން ކޮށްފައިވާ ޖޫރިމަނާގެ އަދަދަށް 1,000 (އެއްހާސް) ރުފިޔާ އިތުރުވާނެ (ގިނަވެގެން 200,000 ރުފިޔާއާ ހަމަޔަށް)

6.

 ބަލިޖެހިފައިވާ ނުވަތަ ބަލީގެ ސަބަބުން މަރުވެފައިވާ ދިރުން، މި ގަވާއިދުގައި ކަނޑައަޅައިފައިވާ ކަންކަން ފުރިހަމަނުކޮށް އެއްތަނުން އަނެއްތަނަށް ގެންދިޔުން.

10،000 (ދިހަހާސް) ރުފިޔާ

ތަކުރާރުވާ ކޮންމެ ފަހަރަކު،އޭގެ ކުރިން ކޮށްފައިވާ ޖޫރިމަނާގެ އަދަދަށް 2،000 (ދެހާސް) ރުފިޔާ އިތުރުވާނެ. (ގިނަވެގެން 200,000 ރުފިޔާއާ ހަމަޔަށް)

7.

ބަލިޖެހިފައިވާ ނުވަތަ ބަލީގެ ސަބަބުން މަރުވެފައިވާ ދިރުން، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތް ނޫން ގޮތަކަށް ނައްތައިލުން ނުވަތަ ނައްތައިލުމަށް މަސައްކަތް ކުރުން.

10،000 (ދިހަހާސް) ރުފިޔާ

ތަކުރާރުވާ ކޮންމެ ފަހަރަކު،އޭގެ ކުރިން ކޮށްފައިވާ ޖޫރިމަނާގެ އަދަދަށް 2،000 (ދެހާސް) ރުފިޔާ އިތުރުވާނެ. (ގިނަވެގެން 200,000 ރުފިޔާއާ ހަމަޔަށް)

8.

މި ގަވާއިދުގެ ޖަދުވަލު 1 ގައި ހިމަނައިފައިވާ ބާވަތްތައް ނޫން ބާވަތެއ،ް ހުއްދަ ނެތި އިމްޕޯޓުކުރުން. 

10،000 (ދިހަހާސް) ރުފިޔާ

ދެވަނަ ފަހަރަށް ތަކުރާރުކޮށްފިނަމަ، އޭގެ ކުރިން ކޮށްފައިވާ ޖޫރިމަނާގެ އަދަދަށް 2,000 (ދެހާސް) ރުފިޔާ އިތުރުކޮށ،ް އެކުއަކަލްޗަރ ކުރުމަށް ދޫކޮށްފައިވާ ލައިސަންސް ބާޠިލުކުރުން.

9.

މި ގަވާއިދުގެ ދަށުން ދިވެހިރާއްޖެއަށް ފެނުގެ ދިރުން އިމްޕޯޓުކުރުން ހުއްދަ ނޫން ބަނދަރަކުން ފެނުގެ ދިރުން އެތެރެކުރުން.

10،000 (ދިހަހާސް) ރުފިޔާ

ދެވަނަ ފަހަރަށް ތަކުރާރުކޮށްފިނަމަ، އޭގެ ކުރިން ކޮށްފައިވާ ޖޫރިމަނާގެ އަދަދަށް 2,000 (ދެހާސް) ރުފިޔާ އިތުރުކޮށ،ް އެކުއަކަލްޗަރ ކުރުމަށް ދޫކޮށްފައިވާ ލައިސަންސް ބާޠިލުކުރުން.

10.

ފެނުގެ ދިރުން އިމްޕޯޓުކުރުމަށް ސައްހަނޫން މައުލޫމާތު ނުވަތަ ދޮގު މައުލޫމާތު ބޭނުންކުރުން. 

10،000 (ދިހަހާސް) ރުފިޔާ

ތަކުރާރުވާ ކޮންމެ ފަހަރަކު،އޭގެ ކުރިން ކޮށްފައިވާ ޖޫރިމަނާގެ އަދަދަށް 2,000 (ދެހާސް) ރުފިޔާ އިތުރުވާނެ (ގިނަވެގެން 200,000 ރުފިޔާއާ ހަމަޔަށް)

11.

އިމްޕޯޓުކުރާ ފެނުގެ ދިރުން ކަރަންޓީނު ނުކޮށް ސްޓޮކް ކުރުން. 

10،000 (ދިހަހާސް) ރުފިޔާ

ތަކުރާރުވާ ކޮންމެ ފަހަރަކު،އޭގެ ކުރިން ކޮށްފައިވާ ޖޫރިމަނާގެ އަދަދަށް 2,000  (ދެހާސް) ރުފިޔާ އިތުރުކުރުމާއެކު،ތިންވަނަ ފަހަރު، ދޫކޮށްފައިވާ ލައިސަންސް ބާޠިލުކުރުން. 

12.

މި ގަވާއިދުގެ ޖަދުވަލު 3 ގައި ކަރަންޓީނު ކުރުމަށް ކަނޑައަޅައިފައިވާ އުސޫލުގައިވާ ކަންކަން ފުރިހަމަ ނުކުރުން. 

5،000 (ފަސްހާސް) ރުފިޔާ

ތަކުރާރުވާ ކޮންމެ ފަހަރަކު،އޭގެ ކުރިން ކޮށްފައިވާ ޖޫރިމަނާގެ އަދަދަށް 1,000 (އެއްހާސް) ރުފިޔާ އިތުރުވާނެ (ގިނަވެގެން 200،000  ރުފިޔާއާ ހަމަޔަށް)

13.

ބައްޔެއްގެ ވާހަކަ ރިޕޯޓު ކުރުމުގައި ނުވަތަ ބަލީގެ އަލާމާތެއް ރިޕޯޓުކުރުމުގައި ލަސްކުރުން. 

10،000 (ދިހަހާސް) ރުފިޔާ

ތަކުރާރުވާ ކޮންމެ ފަހަރަކު،އޭގެ ކުރިން ކޮށްފައިވާ ޖޫރިމަނާގެ އަދަދަށް 1,000 (އެއްހާސް) ރުފިޔާ އިތުރުވާނެ (ގިނަވެގެން 200،000  ރުފިޔާއާ ހަމަޔަށް)

14.

އެކުއަކަލްޗަރ ކުރާ ތަންތަނުގައި ބައްޔަށް ފަރުވާކުރުމަށް ނުވަތަ ބަލިޖެހުމުން ރައްކައުތެރިކުރުމަށް ނުވަތަ ފެން ސާފުކުރުމަށް ހުއްދަ ނޫން ކެމިކަލް ބޭނުންކުރުން. 

100،000 (އެއްލައްކަ) ރުފިޔާ

ތަކުރާރުވާ ކޮންމެ ފަހަރަކު،އޭގެ ކުރިން ކޮށްފައިވާ ޖޫރިމަނާގެ އަދަދަށް 10,000/ (ދިހަހާސް) ރުފިޔާ އިތުރުކުރުމާއެކު،ތަކުރާރުވާ ތިންވަނަ ފަހަރު، ދޫކޮށްފައިވާ ލައިސަންސް ބާޠިލުކުރުން. 

15.

ޖަދުވަލު 4 ގައި ނުހިމެނޭ ހޯމޯން އަދި/ނުވަތަ އެންޓިބަޔޮޓިކް އެއްކޮށްފައިވާ ކާނާ އެކުއަކަލްޗަރ ކުރުމުގައި ބޭނުންކުރުން. 

50،000 (ފަސްހާސް) ރުފިޔާ

ތަކުރާރުވާ ކޮންމެ ފަހަރަކު،އޭގެ ކުރިން ކޮށްފައިވާ ޖޫރިމަނާގެ އަދަދަށް 20,000 (ވިހިހާސް) ރުފިޔާ އިތުރުވާނެ (ގިނަވެގެން 200,000  ރުފިޔާއާ ހަމަޔަށް)

16.

ކަރަންޓީނު ފެސިލިޓީ ހިންގުމުގެ ލައިސަންސް ލިބިފައިވާ ފަރާތަކުން "އަމިއްލަ ފަރާތްތަކުން ކަރަންޓީނު ފެސިލިޓީ ގާއިމުކޮށް ހިންގުމާ ގުޅޭ މިންގަނޑު" ނުވަތަ ޖަދުވަލު 3 ގައި ކަރަންޓީނު ކުރުމަށް ކަނޑައަޅައިފައިވާ އުސޫލުގައިވާ ކަމަކާ ހިލާފުވުން

10،000 (ދިހަހާސް) ރުފިޔާ

ތަކުރާރުވާ ކޮންމެ ފަހަރަކު،އޭގެ ކުރިން ކޮށްފައިވާ ޖޫރިމަނާގެ އަދަދަށް 5,000 (ފަސްހާސް) ރުފިޔާ އިތުރުވާނެ (ގިނަވެގެން 200,000 ރުފިޔާއާ ހަމަޔަށް)

 

 

މައި ގަވާއިދު

އެކުއަކަލްޗަރ ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2020-94)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު