-

ނޭށަނަލް އިންޓެގްރިޓ ކޮމިޝަނުގެ ކޮމްޕްލެއިންސް ކޮމިޓ ގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-139)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 3 އޮގަސްޓް 2023 ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއ،ީ ގާނޫނު ނަންބަރު 2015-27 (ނޭށަނަލް އިންޓެގްރިޓީ ކޮމިށަންގެ ގާނޫނު) ގެ 25 ވަނަ މާއްދާގެ ދަށުން ކޮމްޕްލެއިންސް ކޮމިޓީ އެކުލަވައިލުމާއި، އެ ކޮމިޓީ ހިންގާނެ ގޮތާއި، ކޮމިޓީގެ މަސްއޫލިއްޔަތުތައް އަދާކުރާނެ ގޮތުގެ އުސޫލުތައް ބަޔާންކުރުމަށް ޓަކައި،އެ ގާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ނޭށަނަލް އިންޓެގްރިޓީ ކޮމިށަނު ގެ ކޮމްޕްލެއިންސް ކޮމިޓީގެ ގަވާއިދު " އެވެ.

 

2 ވަނަ މާއްދާ - ގަވާއިދުގެ މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، އެން.އައ.ިސީ. ގެ ކޮމްޕްލެއިންސް ކޮމިޓީ އެކުލަވައިލުމާއި، އެ ކޮމިޓީ ހިންގުމާއި، އެ ކޮމިޓީގެ ޖަލްސާތައް ބޭއްވުމާއި، އެ ކޮމިޓީގެ ނިންމުންތަކާ ގުޅޭ އެންމެހައި އުސޫލުތައް ކަނޑައެޅުމާއި، ކޮމިށަނަށް ހުށަހެޅޭ މައްސަލަތައް ކޮމިޓީއަށް ހުށަހެޅުމާއި، މައްސަލައާ ގުޅިގެން އިބްތިދާއީ ތަހުގީގު ހިންގާނެގޮތާއި، މި އެންމެހައި ކަންކަން އިންތިޒާމުކުރުމުގައި އަމަލުކުރާނެގޮތް ކަނޑައެޅުމެވެ.

 

3 ވަނަ މާއްދާ - ކޮމިޓީގެ މެންބަރުން

(ހ) ކޮމްޕްލެއިންސް ކޮމިޓީ އެކުލެވިގެންވަނީ، ކޮމިށަނުން އައްޔަނުކުރާ، އޮނަހިރި އަދަދެއްގެ މެންބަރުންގެ މައްޗަށެވެ.

(ށ) ކޮމްޕްލެއިންސް ކޮމިޓީގެ މެންބަރުން އައްޔަނުކުރާއިރު، އެ މެންބަރުންގެ ތެރެއިން ޗެއަރޕާސަނާއި ވައިސް-ޗެއަރޕާސަން ކަނޑައަޅަންވާނެއެވެ.

(ނ) ކޮމްޕްލެއިންސް ކޮމިޓީގެ މެންބަރުން އައްޔަނުކުރާއިރު، ކޮމިށަނުގެ ކޭސް މެނޭޖުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ މުވައްޒަފުންގެ ތެރެއިން 2 (ދޭއް) މުވައްޒަފުން ކޮމިޓީގެ މެންބަރުންގެ ގޮތުގައި ކަނޑައަޅަންވާނެއެވެ.

 

4 ވަނަ މާއްދާ - ކޮމިޓީގެ ރިޔާސަތު

(ހ) ކޮމިޓީގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ، ކޮމެޓީގެ ޗެއަރޕާސަންގެ ގޮތުގައި ކޮމިށަނުން ކަނޑައަޅާ މީހެކެވެ.

(ށ) ކޮމިޓީގެ ރިޔާސަތު ބަލަހައްޓާ ފަރާތުގެ ޒިންމާތަކަކީ، އެ ކޮމިޓީ ގެ މަސައްކަތްތައް ރާވައި ހިންގުމާއި، އެ ކޮމިޓީގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމެވެ.

(ނ) ކޮމިޓީގެ ރިޔާސަތު ބަލަހައްޓާ ފަރާތުގެ ހައިސިއްޔަތުނ،ް ކޮމިޓީގެ މަސްއޫލިއްޔަތެއް އަދާކުރުމަށް ކޮމިޓީގެ ޗެއަރޕާސަން އުޒުރުވެރިވެއްޖެ ހާލަތެއްގައި، އެކަން ކުރާނީ ވައިސް-ޗެއަރޕާސަނެވެ.

 

5 ވަނަ މާއްދާ - ކޮމިޓީގެ މަސްއޫލިއްޔަތުތައް

ކޮމިޓީގެ މަސްއޫލިއްޔަތުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ކޮމިށަނަށް ހުށަހެޅޭ މައްސަލަތަކާއި ށަކުވާތައް ބެލެހެއްޓޭނެ ނިޒާމެއްގާ އިމުކުރުން.

(ށ) ކޮމިށަނަށް ހުށަހެޅޭ މައްސަލަތަކުގެ ބާވަތް ދެނެގަތުން.

(ނ) ހުށަހެޅޭ މައްސަލައިގެ ބާވަތް ނުވަތަ މައްސަލައަކީ ފުރިހަމަ ތަހުގީގެއް ހިންގަންޖެހޭ މައްސަލައެއްކަން ދެނެގަތުމަށް ޓަކައި، އިބްތިދާއީ ތަހުގީގު ކުރުން.

(ރ) މައްސަލަ ރަޖިސްޓަރީކުރުމާމެދު ގޮތެއް ކަނޑައެޅުން.

(ބ) މައްސަލަތަކާ ގުޅޭގޮތުން އަޅާ ފިޔަވަޅުތައް، މައްސަލަ ހުށަހަޅާ ފަރާތާ ހިއްސާކުރުން.

 

6 ވަނަ މާއްދާ - ކޮމިށަނަށް މައްސަލަ ބަލައިގަތުން

(ހ) ކޮމިށަނުން މައްސަލަ ބަލައިގަތުމުގެ ކުރިން އަންނަނިވި މައުލޫމާތު ފުރިހަމަ ވެފައިވޭތޯ ބަލައި، އެ މައުލޫމާތު ފުރިހަމަ ކުރަންވާނެއެވެ.

  1. ށަކުވާ / މައްސަލަ ހުށަހަޅާ ފޯމުގައި ހުށަހެޅިކަމަށް ބުނާ އެންމެހައި ލިޔެކިޔުންތައް؛
  2. ހުށަހަޅާ ށަކުވާ ސާފުވޭތޯ ބެލުން؛ އެގޮތުނ،ް ކާކު؟ ކޮންއިރަކު؟ ކިހިނެއް؟ ކޮންތާކު؟ ކީއްވެ؟ އަދި މަންޒަރު ފެންނާނެ މީހަކު ހުރިނަމަ، އެ މީހުންގެ މައުލޫމާތ،ު ފުރިހަމަވޭތޯ ބެލުން؛
  3. އެއްވެސް ހެއްކެއް ހުށަހަޅައިފައިވާނަމަ، ޗެއިން އޮފް ކަސްޑަޓ،ީ އަދި އެފިޑޭ ވިޓް ފުރިހަމަ ކުރުން؛
  4. ސީސީޓީވީ ކެމެރާއެއް، މައްސަލައާ ގުޅުންހުރި ތަނެއްގައި ހުރިތޯ ބެލުމާއި، ހުރިނަމަ، އެ މައުލޫމާތު ނެގުން.

(ށ) ކޮމިށަނަށް ހުށަހެޅޭ މައްސަލަތަކާއި ށަކުވާތައް ލަސްވެގެން ޖެހިގެން އަންނަ ރަސްމީ މަސައްކަތު ދުވަހ،ު މައްސަލަތައް ރަޖިސްޓަރީކޮށް ބެލެހެއްޓުމުގެ މަސައްކަތްކުރާ ސެކްށަނަށް ފޮނުވަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި ވީނަމަވެސ،ް ވަގުތުން ފިޔަވަޅު އަޅަންޖެހޭ ޒާތުގެ މައްސަލައެއްނަމަ ލަސްނުކޮށް، އެ މައްސަލައެއް މައްސަލަތައް ރަޖިސްޓަރީކޮށް ބެލެހެއްޓުމުގެ މަސައްކަތްކުރާ ސެކްށަނަށް ފޮނުވަންވާނެއެވެ.

 

7 ވަނަ މާއްދާ - މައްސަލަ ކޮމިޓީއަށް ހުށަހެޅުން

(ހ) ކޮމިށަނަށް ހުށަހަޅާ މައްސަލަތައް ރަޖިސްޓަ ރީކޮށް ބެލެހެއްޓުމުގެ މަސައްކަތްކުރާ ސެކްށަނަށް، މައްސަލަ ލިބުމުން އެންމެ އަވަހަށް އޮންނަ ކޮމްޕްލެއިންސް ކޮމިޓީގެ ބައްދަލުވުމަކަށް، މައްސަލަ އާމެދު ގޮތެއް ނިންމަން ހުށަހަޅަންވާނެއެވެ.

(ށ) ކޮމްޕްލެއިންސް ކޮމިޓީން މައްސަލައާމެދު ގޮތެއް ނިންމުމުނ،ް އެ މައްސަލައެއް ކޮމިށަނުގެ އެންމެ އަވަހަށް އޮންނަ ޖަލްސާއަކަށް އެޖެންޑާކުރުމަށް ފޮނުވަންވާނެއެވެ.

(ނ) ވަގުތުން ފިޔަވަޅު އަޅަންޖެހޭ ޒާތުގެ މައްސަލައެއްނަމަ ލަސްނުކޮށް، އެ މައްސަލައެއް ކޮމްޕްލެއިންސް ކޮމިޓީއަށް ހުށަހަޅައި، ކޮމްޕްލެއިންސް ކޮމިޓީގެ ނިންމުމާމެދު ގޮތެއް ނިންމުމަށް ކޮމިށަނުގެ ބައްދަލުވުމަށް ހުށަހަޅަންވާނެއެވެ.

 

8 ވަނަ މާއްދާ - އިބްތިދާއީ ތަހުގީގު

(ހ) ކޮމްޕްލެއިންސް ކޮމިޓީއަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން އިބްތިދާއީ ތަހުގީގެއް ހިންގަން ނިންމާ މައްސަލަތަކުގައި، އިބްތިދާއީ ތަހުގީގު ހިންގާނީ ކޮމިޓީގެ ސެކްރެޓޭރިއަޓުންނެވެ.

(ށ) އިބްތިދާއީ ތަހުގީގު ހިންގުމުގައި، އަންނަނިވި ކަންކަން ކުރުމުގެ ބާރު ލިބިގެންވެއެވެ.

  1. މައްސަލައިގެ މައުލޫމާތު ސާފުކުރުމަށް މައްސަލަ ހުށަހެޅި ފަރާތުގެ ބަޔާން ނެގުން؛
  2. މައްސަލަ ހުށަހެޅި ފަރާތުން އެއްވެސް ލިޔުމެއް ހުށަހަޅަން ޖެހޭނަމަ، އެ ލިޔުމެއް ހޯދުން؛
  3. ދައުލަތުގެ އިދާރާއަކުން އެއްވެސް ލިޔުމެއް ހޯދަން ޖެހޭނަމަ، އެ ލިޔުމެއް ހޯދުން.

 

9 ވަނަ މާއްދާ - އިބްތިދާއީ ތަހުގީގުގައި ބަލާނެ ކަންކަން

(ހ) އިބްތިދާއީ ތަހުގީގު ހިންގާއިރު އަންނަނިވި ކަންކަމަށް ބަލަންވާނެއެވެ.

  1. މައްސަލަ ބެލުމުގެ އިހްތިސާސް ކޮމިށަނަށް ލިބިގެންވާކަން ނުވަތަ ނޫންކަން؛
  2. ހުށަހެޅިފައިވާ މައްސަލައަކީ ށަރުއީ ކޯޓެއްގައި ހިނގަމުންދާ މައްސަލައެއްކަން ނުވަތަ ނޫންކަން؛
  3. ކޮމިށަނުން މައްސަލަ ބެލުމަށްވުރެ ރަނގަޅު ގޮތެއް ފަހިވެފައިވާކަން؛
  4. ހުށަހަޅާ މައްސަލަ ރަނގަޅަށް ސާފުވާކަން؛
  5. މައްސަލަ ސާބިތުކުރުމަށް ހުށަހަޅައިފައިވާ ހެއްކާއި ގަރީނާ؛
  6. ސީސީޓީވީ ފުޓޭޖު ލިބެންހުރި މައްސަލައެއްނަމަ ހޯދުން؛
  7. މައްސަލައާ ގުޅިގެން މާއްދީ ހެކި ލިބެން ހުރިކަން ނުވަތަ ނޫންކަން.

(ށ) ކޮމްޕްލެއިންސް ކޮމިޓީއަށް ހުށަހެޅޭ މައްސަލައެއްގައި އިބްތިދާއީ ތަހުގީގެއް ހިންގުމަށް ނިންމައިފިނަމަ، އެ މައްސަލައެއްގެ ތަހުގީގު ހިންގުމަށް ސެކްރެޓޭރިއަޓާ ހަވާލުކުރާތާ ގިނަވެގެން ރަސްމީ މަސައްކަތުގެ 14 (ސާދަ) ދުވަހުގެ ތެރޭގައި އިބްތިދާއީ ތަހުގީގުން ގޮތެއް ނިންމަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ މުއްދަތުގައި މައްސަލައާމެދު އިބްތިދާއީ ތަހުގީގުން ގޮތެއް ނުނިންމޭނަމަ، އިބްތިދާއީ ތަހުގީގުގެ މުއްދަތު އިތުރުކުރުމަށް ކޮމްޕްލެއިންސް ކޮމިޓީގައި އެދެންވާނެއެވެ.

(ރ) އިބްތިދާއީ ތަހުގީގު ނިންމުމަށް ދެވިފައިވާ މުއްދަތު އިތުރުކުރުމަށް އެދޭ ހާލަތުގައި، އިބްތިދާއީ ތަހުގީގުގައި ކުރެވިފައިވާ މަސައްކަތާއި، ކުރަންހުރި މަސައްކަތަށް ރިއާޔަތްކޮށް ރަސްމީ މަސައްކަތުގެ 14 (ސާދަ) ދުވަހަށްވުރެ އިތުރުނުވާނެ ގޮތެއްގެ މަތީން މުއްދަތު އިތުރުކޮށްދެވިދާނެއެވެ.

 

10 ވަނަ މާއްދާ - ކޮމިޓީގެ ބައްދަލުވުންތައް

(ހ) ކޮމިޓީގެ ބައްދަލުވުންތަކުގެ އިދާރީ އިންތިޒާމުތައް ހަމަޖައްސާނީ، ޗެއަރޕާސަންގެ އިރުށާދާ އެއްގޮތަށް، ކޮމްޕްލެއިންސް ކޮމިޓީގެ ސެކްރެޓޭރިއަޓުން ނެވެ. އަދި ކޮމިޓީގެ ބައްދަލުވުންތަކަށް އަންގައި، ކޮމިޓީގެ ބައްދަލުވުންތަކުގެ އެޖެންޑާ ތައްޔާރުކުރާނީ، ޗެއަރޕާސަންގެ އިރުށާދާ އެއްގޮތަށް، ސެކްރެޓޭރިއެޓުންނެވެ.

(ށ) ކޮމިޓީގެ ބައްދަލުވުންތައް އާންމުގޮތެއްގައި ބާއްވާނީ ކޮމިށަނުގެ އިދާރާގައެވެ.

(ނ) މި މާއްދާގެ (ށ) ގައި، އެހެން ބަޔާންކޮށްފައި އޮތް ނަމަވެސ،ް ދިމާވާ ހާއްސަ ހާލަތަކަށް ރިއާޔަތްކޮށް ކޮމިށަނުގެ އިދާރާއިން ބޭރުގައި ނުވަތަ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމުގެ އިހްތިޔާރު ކޮމިޓީގެ ރިޔާސަތަށް ލިބިގެންވެއެވެ.

(ރ) ކޮމިޓީގެ ބައްދަލުވުން ހަފުތާއަކު 2 (ދޭއް) ފަހަރު ބާއްވަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސ،ް މައްސަލަތަކުގެ ގިނަ މަދު މިންވަރަށް ރިއާޔަތްކޮށް، އެ އަދަދަށް ބަދަލު ގެނައުމުގެ އިހްތިޔާރު ޗެއަރޕާސަނަށް ލިބިގެންވެއެވެ.

(ޅ) ކޮމިޓީގެ އެއްވެސް ބައްދަލުވުމެއް ބޭއްވޭނީ، ކޮމިޓީގެ ޖުމުލަ މެންބަރުންގެ ތެރެއިން މަދުވެގެން 3 (ތިނެއް) މެންބަރުން ހާޒިރުވެގެންނެވެ.

(ކ) މި މާއްދާގެ (ރ) އާއި (ބ) ގެ ދަށުން ބާއްވާ ބައްދަލުވުންތައް ފިޔަވައި، އެހެން ބައްދަލުވުމެއް ބޭއްވުމަށް ކޮމިޓީގެ މެންބަރަކު އެދޭނަމަ، އެ ކަމެއް ބައްދަލުވުމުގެ 2 (ދޭއް) ދުވަހުގެ ކުރިނ،ް ރިޔާސަތަށް އެޑްރެސްކޮށް ޗެއަރޕާސަނަށް ލިޔުމަކުން ހުށަހަޅަންވާނެއެވެ.

(އ) ކޮމިޓީގެ ބައްދަލުވުމަކުން ވަކި ކަމެއް އެޖެންޑާކުރަން ނިންމައިފިނަމަ، ދެން އަންނަ ބައްދަލުވުމެއްގައި، އެކަމެއް އެޖެންޑާ ކުރަންވާނެއެވެ .

(ވ) ބައްދަލުވުމުގެ އެޖެންޑާއާއި އެޖެންޑާގައި ހިމެނޭ ކަންކަމާބެހޭ ލިޔުންތައް ބައްދަލުވުން ބޭއްވުމުގެ މަދުވެގެން 12 )ބާރަ( ގަޑިއިރުގެ ކުރިން ކޮމިޓީގެ މެންބަރުންނަށް ފޮނުވަންވާނެއެވެ.

(މ) މި މާއްދާގެ (ވ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސ،ް ކުއްލި ހާލަތެއް މެދުވެރިވެގެން ކޮންމެ ވަގުތެއްގައި ވެސް ބައްދަލުވުމަކަށް އެންގުމުގެ އިހްތިޔާރު، ޗެއަރޕާސަނަށް ލިބިގެންވެއެވެ. އަދި އެފަދަ ހާލަތެއްގައި ބާއްވާ ބައްދަލުވުމުގެ އެޖެންޑާއާއި އެޖެންޑާގައި ހިމެނޭ ކަންކަމާބެހޭ ލިޔެކިޔުން ކޮމިޓީގެ މެންބަރުންނަށް ފޮނުވުން ކޮންމެހެން ލާޒިމެއް ނޫނެވެ.

 

11 ވަނަ މާއްދާ - ކޮމިޓީގެ ސެކްރެޓޭރިއެޓް

ކޮމިޓީގެ ބައްދަލުވުންތަކުގެ ސެކްރެޓޭރިއެޓް ބަލަހައްޓާނީ، އެކަމަށް ޓަކައި ކަނޑައަޅައި، މައްސަލަތައް ރަޖިސްޓަރީކޮށް ބެލެހެއްޓުމުގެ މަސައްކަތްކުރާ ސެކުށަނުގެ 2 (ދޭއް) މުވައްޒަފުންނެވ.

 

12 ވަނަ މާއްދާ - ކޮމިޓީގެ ހާޒިރީއާއި ލިޔެކިޔުން ބެލެހެއްޓުން

(ހ) މަގުބޫލު އުޒުރެއް މެދުވެރިވެގެން މެނުވީ ކޮމިޓީގެ ބައްދަލުވުންތަކަށް މެންބަރުން ހާޒިރު ވާންވާނެއެވެ.

(ށ) ކޮމިޓީގެ ބައްދަލުވުންތަކުގެ ހާޒިރީއާއި ލިޔެކިޔުންތައް ސެކްރެޓޭރިއެޓުން ބަލަހައްޓަންވާނެއެވެ.

 

13 ވަނަ މާއްދާ - ކޮމިޓީގެ ނިންމުންތައް

(ހ) ކޮމިޓީއަށް ހުށަހެޅޭ ހުށަހެޅުންތަކަށް ގޮތެއް ނިންމޭނީ، ބައްދަލުވުމަށް ހާޒިރުވ،ެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުންގެ ވޯޓު ލިބިގެންނެވެ. އެގޮތުނ،ް ހިލާފުވާ ރައުޔެއް އޮތްނަމަ، އެ ރައުޔެއް ލިޔުމުން ރިކޯޑުކުރަންވާނެއެވެ.

(ށ) ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ކޮމިޓީން ނިންމާ ނިންމުން ސާފުކޮށް އެނގޭނެހެނ،ް ވޯޓުގައި ބައިވެރިވި މެންބަރުންގެ ސޮއިކުރާ ލިޔުމެއް ސެކްރެޓޭރިއެޓުން ބަލަހައްޓަންވާނެއެވެ.

 

14 ވަނަ މާއްދާ - މައްސަލަ ރަޖިސްޓަރީކުރުން

ކޮމިށަނަށް މައްސަލައެއް ލިބޭތާ ގިނަވެގެން ރަސްމީ މަސައްކަތުގެ 30 (ތިރިީސް) ދުވަހުގެ ތެރޭގައި، އެ މައްސަލައެއް ރަޖިސްޓަރީ ކުރުމާމެދު ކޮމްޕްލެއިންސް ކޮމިޓީން ގޮތެއް ނިންމަންވާނެއެވެ.

 

15 ވަނަ މާއްދާ - ކޮމިޓީގެ މެންބަރުކަމުން ވަކިކުރުން

ކޮމްޕްލެއިންސް ކޮމިޓީގެ މެންބަރުންގެ ގޮތުގައި އައްޔަނުކޮށްފައިވާ ފަރާތެއް ކޮމިޓީގެ މެންބަރުކަމުން ވަކިކުރަން ބޭނުންވާނަމަ، އެކަން ކުރަންވާނީ ކޮމިށަނުގެ ރަސްމީ ބައްދަލުވުމަކަށް ހުށަހަޅައި، ވޯޓުގައި ބައިވެރި މެންބަރުންގެ އަޣްލަބިއްޔަތު ވޯޓު އެކަމަށް ލިބިގެންނެވެ.

 

16 ވަނަ މާއްދާ - މަސްލަހަތު ފުށުއެރުން

ކޮމިޓީގެ މެންބަރެއްގެ އަމިއްލަ މަސްލަހަތެއް ނުވަތަ ފައިދާއެއް ނުވަތަ ދައުރެއް އޮތް ކަމެއްގައި،އެ މައްސަލައެއް ބެލުމުގައި ނުވަތަ ނިންމުމުގައި، އެއްވެސް މިންވަރަކަށް، އެ މެންބަރަކު ބައިވެރިވެގެން ނުވާނެއެވެ. އަދި އެފަދަ ކަމެއް އޮތްކަން އެނގޭ ހިނދ،ު އެކަން ކޮމިޓީ ގެ ރިޔާސަތުގެ ސަމާލުކަމަށް އެންގުމާއެކު، އެކަމުން އެ މެންބަރަކު ތަނާޒުލު ވާންވާނެއެވެ.

 

17 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން

ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން މެންބަރުންނަށް ލިބޭ މައުލޫމާތަކީ ސިއްރު މައުލޫމާތެކެވެ. އެފަދަ މައުލޫމާތެއް، ގާނޫނާއި ގަވާއިދުގެ ދަށުން ހުއްދަކުރާ ގޮތުގެ މަތީން ހާމަކުރަންޖެހޭ ފަރާތަކަށް ހާމަކުރާ ކުރުން ފިޔަވައި، އެހެން އެއްވެސް ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ.

 

18 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުނ،ް ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި މިވަނީ، ތިރީގައިވާ އަކުރުތަކަށް ދީފައިވާ މާނަކުރުމެވ.

(ހ) "އެން.އައ.ިސީ" ނުވަތަ "ކޮމިށަން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2015-27 (ނޭށަނަލް އިންޓެގްރިޓީ ކޮމިށަންގެ ގާނޫނު) ގެ 3 ވަނަ މާއްދާގެ ދަށުން އުފައްދައިފައިވާ، ނޭށަނަލް އިންޓެގްރިޓީ ކޮމިށަނަށެވެ.

(ށ) "ކޮމްޕްލެއިންސް ކޮމިޓީ" ނުވަތަ "ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، ނޭށަނަލް އިންޓެގްރިޓީ ކޮމިށަނުގެ ކޮމްޕްލެއިންސް ކޮމިޓީއަށެވެ.

(ނ) "ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2015-27 (ނޭށަނަލް އިންޓެގްރިޓީ ކޮމިށަންގެ ގާނޫނު) އަށެވެ.

(ރ) "ލިޔުން" ކަމަށް ބުނެފައި އެވަނީ، ސިޓ،ީ މެމ،ޯ އ-ީމެއިލް އަދި އެސ.ް އެމ.ް އެސް ފަދަ އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް މީހަކަށް ކިޔަން އެނގޭގޮތަކަށް އަކުރުތަކަކުން އެކުލަވައިލައިގެން ކުރާ މުއާމަލާތްތަކަށެވެ.

(ބ) "ޗެއިން އޮފް ކަސްޑަޓީ" ކަމަށް ބުނެފައި އެވަނީ، ތަހުގީގަށް ނެގޭ ހެކި އެކަކު އަތުން އަނެކެއްގެ އަތަށް ނަގުލުވަމުންދާގޮތް ބަޔާންކޮށްދޭ ލިޔުމަށެވެ.

(ޅ) "އެފިޑޭވިޓް" ކަމަށް ބުނެފައި އެވަނީ، ހެކިބަސްދޭ މީހާ ހުވައި މަތީގައިހުރެ ލިޔުމުންދީފައިވާ، އަދި ހެކީގެ ގޮތުގައި ހުށަހެޅޭ ބަޔާނަށެވެ.

(ކ) "ވަގުތުން ފިޔަވަޅު އަޅަންޖެހޭ ޒާތުގެ މައްސަލަ" ކަމަށް ބުނެފައި އެވަނީ، މައްސަލަ ބެލުން ލަސްވެއްޖެނަމަ އިއާދަނުކުރެވޭވަރުގެ ގެއްލުމެއް ކުރިމަތިވެދާނެ ނުވަތަ މައްސަލަ ބެލުމުގެ މަގުސަދު ހާސިލުނުވެދާނެ ނުވަތަ ހެކި ނުލިބިދާނެކަމަށް ބެލެވޭ މައްސަލަތަކަށެވެ.

 

19 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ. 

 

މައި ގާނޫނު

ނޭށަނަލް އިންޓެގްރިޓީ ކޮމިށަންގެ ގާނޫނު (ގާނޫނު ނަންބަރު 2015-27)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު