ގެވެށި އަނިޔާގެ ށިކާރައަކަށްވާ މީހުންގެ ތެރެއިން މާލީ ފުދުންތެރިކަން ނެތް މީހުންނަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމާބެހޭ ގަވާއިދު
(ގަވާއިދު ނަންބަރު 2023-135)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 24 ޖުލައި 2023 ގައި)
އެއްވަނަ ބައި
ފެށުން
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއ،ީ ގާނޫނު ނަންބަރު 2012-03 (ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު) ގެ 64 ވަނަ މާއްދާގައި، ގެވެށި އަނިޔާގެ ށިކާރައަކަށްވާ މީހުންގެ ތެރެއިން މާލީ ފުދުންތެރިކަން ނެތް މީހަކު ގާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދިއްޖެނަމަ، އޭނާއަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދައިދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް ކަނޑައަޅައިފައިވާތީ، ގެވެށި އަނިޔާގެ ށިކާރައަކަށްވާ މީހުންގެ ތެރެއިން، މާލީ ފުދުންތެރިކަން ނެތް މީހުންނަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމުގައި ގެންގުޅޭނެ ހަމަތަކާއި މިންގަނޑުތައް ބަޔާންކުރުމަށް ޓަކައި، އެ ގާނޫނުގެ 66 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާރު ލިބިގެން އެކުލަ ވައިލައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "ގެވެށި އަނިޔާގެ ށިކާރައަކަށްވާ މީހުންގެ ތެރެއިން މާލީ ފުދުންތެރިކަން ނެތް މީހުންނަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމާބެހޭ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި ގަވާއިދުގެ މަގުސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.
(ހ) ގެވެށި އަނިޔާގެ ށިކާރައަކަށްވާ މީހުންގެ ތެރެއިން ފުދުންތެރިކަން ނެތް މީހަކު ގާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދިއްޖެނަމަ، އޮތޯރިޓީގެ ފަރާތުން ނުވަތަ އޮތޯރިޓީން ކަނޑައަޅާ ފަރާތެއް މެދުވެރިކޮށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި، އެފަދަ މީހުންނަކީ ކޮބައިކަން ކަނޑައަޅައި، އެފަދަ މީހުންނަށް ގާނޫނީ ވަކީލަކު އައްޔަނުކޮށްދިނުމަށް މަގުފަހިކޮށްދިނުން.
(ށ) އޮތޯރިޓީގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެދި ހުށަހަޅަންވީ ގޮތުގެ އުސޫލުތައް ބަޔާންކުރުން.
(ނ) އޮތޯރިޓީގެ ފަރާތުން ހަމަޖައްސައިދޭ ގާނޫނީ ވަކީލުގެ ޒިންމާތައް ބަޔާންކުރުން.
ދެވަނަ ބައި
އޮތޯރިޓީން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދެވޭނެ ފަރާތްތައް
3 ވަނަ މާއްދާ - ގާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދެވޭނެފަރާތްތައް
މި ގަވާއިދުގެ ދަށުން ގާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދެވޭނީ، ގާނޫނު ނަންބަރު 2012-03 (ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު) ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގެވެށި އަނިޔާގެ އަމަލުތަކުގެ ތެރެއިން އަމަލެއްގެ ށިކާރައަކަށް ވެފައިވާ ފަރާތްތަކުގެ ތެރެއިން، ފުދުންތެރިކަން ނެތް ފަރާތްތަކަށެވެ.
4 ވަނަ މާއްދާ - ފެމިލީ ޕްރޮޓެކްށަންއޮތޯރިޓީން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދެވޭނެ ފަރާތްތައް
މި އޮތޯރިޓީން ގާނޫނީ އެހީތެރިކަން ފޯރުކޮށްދެވޭނީ، މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަކުންކުރެ ގޮތެއް މެދުވެރިކޮށް، މި އޮތޯރިޓީއަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ މާލީ ފުދުންތެރިކަން ނެތް މީހަކު ކަމުގައި ބަލާނެ މިންގަނޑުން ށަރުތު ފުރިހަމަވާ ފަރާތްތަކަށެވެ.
ތިންވަނަ ބައި
ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމަށް އެދި ހުށަހެޅުން
5 ވަނަ މާއްދާ - ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށްއެދި ހުށަހެޅުން
(ހ) މި އޮތޯރިޓީން ފޯރުކޮށްދޭ ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދެވޭނީ،އަންނަނިވި ގޮތްތަކުންކުރެ ގޮތަކުން، ގާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދި، މި އޮތޯރިޓީއަށް ހުށަހެޅުމުންނެވެ.
- ގުޅުންހުރި މުއައްސަސާތަކުގެ ރިފަރަލްސް؛
1.1 ގުޅުންހުރި މުއައްސަސާތަކުން، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ "ގެވެށި އަނިޔާގެ މައްސަލަތަކުގައި ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުވައިދިނުމަށް އެދި ރިފަރކުރާ ފޯމު" އިން ގާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދި ރިފަރ ކުރެވޭނެއެވެ. - ގާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދި ގެވެށި އަނިޔާގެ ށިކާރައަކަށްވާ ފަރާތުން ހުށަހެޅުން؛
2.1 ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެދި، މި އޮތޯރިޓީއަށް ސީދާ ހުށަހަޅާ މީހުން ހުށަހަޅާނީ، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ "ގާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދި ގެވެށި އަނިޔާގެ ށިކާރައަކަށްވާ ފަރާތުން ހުށަހަޅާ ފޯމު" މެދުވެރިކޮށެވެ.
2.2 މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ފޯމުން ގާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދޭއިރު، ފޯމާއެކު ހުށަހަޅަންޖެހޭނެކަމަށް ފޯމުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުމެއް ހުށަހަޅަންވާނެއެވެ.
(ށ) ގާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދި ރިފަރކުރާ މައްސަލަތަކާއި، ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެދި ސީދާ އޮތޯރިޓީއަށް ހުށަހަޅާ ފޯމުގައިވާ އެންމެހައި މައުލޫމާތުތައް ފުރިހަމަކުރުމަށްފަހު ހުށަހަޅާނީ، އޮތޯރިޓީގެ ކައުންޓަރަށް ނުވަތަ އެކަމަށް އޮތޯރިޓީން ހާއްސަކޮށްފައިވާ އ-ީމެއިލަށެވެ.
(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތްކަމުގައި ވިޔަސ،ް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށްއެދި އޮތޯރިޓީއަށް އަންނަ ފަރާތްތަކަށް، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ފޯމު ފުރިހަމަކުރުމުގައި އެހީތެރިކަންބޭނުންވާނަމަ، އެ އެހީތެރިކަމެއް އޮތޯރިޓީން ފޯރުކޮށްދޭންވާނެއެވެ.
ހަތަރުވަނަ ބައި
ފުދުންތެރިކަން ނެތް މީހުން ކަނޑައެޅުން
6 ވަނަ މާއްދާ - ފުދުންތެރިކަން ނެތް މީހުން ކަނޑައެޅުން
(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ ދަށުން އޮތޯރިޓީގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެދި ހުށަހަޅާ މީހުންގެ ފުދުންތެރިކަން ވަޒަންކުރާނީ، މި މާއްދާގެ (ޅ) ގައިވާ ކަންކަމަށް ރިއާޔަތްކޮށް، ގާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ފޯމުތައް ވަޒަންކުރުމަށްފަހު، މި ގަވާއިދުގެ ޖަދުވަލު 3 ގައި ބަޔާންކޮށްފައިވާ މިންގަނޑާ އެއްގޮތަށެވެ.
(ށ) މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން، ގާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދޭ މީހުންގެ ތެރެއިން ފުދުންތެރިކަން ނެތް މީހުން ކަނޑައެޅުމަށް، އޮތޯރިޓީގައި ކޮމެޓީއެއް އެކުލަވައިލަންވާނެއެވެ. މި ކޮމެޓީ އެކުލެވިގެންވާނީ، އަންނަނިވި މެންބަރުންގެ މައްޗަށެވެ.
- ލީގަލް އެންޑް ޕޮލިސީ ޑިޕާޓްމަންޓުގެ ގާނޫނީ ފަންނުގެ 3 (ތިނެއް) މުވައްޒަފުން؛
- ކޯޑިނޭށަން އެންޑް މޮނިޓަރިންގ ޑިޕާޓްމަންޓުގައި ކޭސް ތަކުގެ މަސައްކަތްކުރާ 2 (ދޭއް) މުވައްޒަފުން.
(ނ) މި ކޮމެޓީގެ މަސްއޫލިއްޔަތު ތިރީގައި މިވަނީއެވެ.
- މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަރާތްތަކުން ކުރެ ފަރާތެއް، އޮތޯރިޓީގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެދި ހުށަހަޅާއިރު، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމު ނުވަތަ މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ފޯމުގައިވާ އެންމެހައި މައުލޫމާތު ފުރިހަމަކޮށްފައިވޭތޯ ކަށަވަރުކުރުން؛
- ގާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދޭ ފަރާތްތަކުން، ފޯމާއެކު ހުށަހަޅަން ލާޒިމުކުރާ ހުރިހާ ލިޔެކިޔުމެއް ފޯމާއެކު ހުށަހަޅައިފައިވޭތޯ ކަށަވަރުކުރުން؛
- ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެދި ހުށަހަޅާ ފޯމުތައް އޮތޯރިޓީއަށް ލިބުމުން، މި މާއްދާގެ (ޅ) ގައިވާ ކަންކަމަށް ރިއާޔަތްކޮށް،މި ގަވާއިދުގެ ޖަދުވަލު 3 ގައި ބަޔާންކޮށްފައިވާ މިންގަނޑާ އެއްގޮތްވާގޮތުގެ މަތީން، އެ ފަރާތެއްގެ ފުދުންތެރިކަން ހުރިކަން ނުވަތަ ނެތްކަން ވަޒަންކުރުން.
(ރ) ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެދި ހުށަހަޅައިފައިވާ ފަރާތަކީ، އޮތޯރިޓީން ފޯރުކޮށްދޭ ގާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބުމުގެ ށަރުތު ފުރިހަމަވާ ފަރާތެއްކަން ނުވަތަ ނޫންކަން ކަނޑައެޅޭނީ، އެންމެ މަދުވެގެން ކޮމެޓީގެ 3 (ތިނެއް) މެންބަރުން ހިމެނޭ ބައްދަލުވުމަކުން އެކަން ފާސްކުރުމުންނެވެ.
(ބ) އޮތޯރިޓީގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެދި ހުށަހަޅާ މައްސަލަތައް ވަޒަންކުރުމަށްފަހު، މި އޮތޯރިޓީގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދަން އެދޭ ފަރާތަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދެވޭނެކަން ނުވަތަ ނޫންކަން، ރަސްމީ ބަންދުނޫން 4 (ހަތަރެއް) ދުވަހުގެ ތެރޭގައި، ލިޔުމުން އަންގަންވާނެއެވެ. އަދި ކޮމެޓީގެ ނިންމުންތައް ލީގަލް ސެކްށަނުން ބަލަހައްޓަންވާނެއެވެ.
(ޅ) ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެދޭ ފަރާތްތަކުގެ ފުދުންތެރިކަން ހުރިކަން ނުވަތަ ނޫންކަން ވަޒަންކުރާނީ، އަންނަ ނިވި ކަންކަމަށް ރިއާޔަތްކޮށް، މި ގަވާއިދުގެ ޖަދުވަލު 3 ގައި ބަޔާންކޮށްފައިވާ މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
- ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެދި ހުށަހަޅާ ފަރާތަށް ލިބޭ އާމްދަނީ؛
- ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެދި ހުށަހަޅާ ފަރާތުގެ ދިރިއުޅުމުގެ ހަރަދުތައް؛
- ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެދި ހުށަހަޅާ ފަރާތުގެ 18 (އަށާރަ) އަހަރުން ދަށުގެ ދަރިންގެ އަދަދު އަދި ގާނޫނީގޮތުން ބަލަންޖެހިފައިވާ މީހުންގެ އަދަދ.ު
ފަސްވަނަ ބައި
ގާނޫނީ ވަކީލުގެ ޒިންމާ
7 ވަނަ މާއްދާ - ގާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބޭކަމަށް ކަނޑައެޅުމަށްފަހު، އަމަލުކުރާނެ ގޮތް
މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން ފުދުންތެރިކަން ނެތް ފަރާތްތައް ކަނޑައެޅުމަށްފަހު، އެ މައްސަލައެއް، ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމަށްއޮތޯރިޓީން ހަވާލުކޮށްފައިވާ ގާނޫނީ ވަކީލަށް، ވީ އެންމެ އަވަހަކަށް ފޮނުވަންވާނެއެވެ. އެގޮތުން ތިރީގައި މިވާ ހިދުމަތްތަކުގެ ތެރެއިން، ގާނޫނީ ވަކީލެއްގެ އެހީތެރިކަން ބޭނުންވާ މީހުން އެދޭ ހިދުމަތްތައް، އެ ފަރާތަށް ފޯރުކޮށްދޭންވާނެއެވެ.
(ހ) ގެވެށި އަނިޔާގެ ށިކާރައަކަށް ވެފައިވާ ފަރާތަށް، ގާނޫނު ނަންބަރު 2012-03 (ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު) ގެ ދަށުންނާއި ގުޅުންހުރި އެހެނިހެން ގާނޫނު ތަކުގެ ތެރެއިން ލިބޭ ހައްގުތަކާއި، ރައްކައުތެރިކަމާއި، ގާނޫނާ ގުޅިގެން ފޯރުކޮށްދޭންޖެހޭ ހުރިހާ މައުލޫމާތެއް ފޯރުކޮށްދިނުން.
(ށ) ގެވެށި އަނިޔާގެ ށިކާރައަކަށް ވެފައިވާ ފަރާތް ރައްކައުތެރިކޮށްދިނުމަށާއި ގެވެށި އަނިޔާގެ ށިކާރައަކަށްވެފައިވާ ފަރާތުގެ ހައްގުތައް ކަށަވަރު ކޮށްދިނުމަށްއެދި ގާނޫނު ނަންބަރު 2012-03 (ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު) ގެ ދަށުން ކޯޓަށް ހުށަހަޅަންޖެހޭ މައްސަލަތަކުގެ ފޯމު ފުރުމާއި، އެކަމާ ގުޅިގެން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރުން.
(ނ) ގެވެށި އަނިޔާ ލިބިފައިވާ ފަރާތް ށަރީއަ ތުގެ މަޖިލީހުގައި ތަމްސީލުކުރުން.
(ރ) ކޯޓުގައި ހިނގަމުންދާ މައްސަލައާ ގުޅޭގޮތުން އޮތޯރިޓީގެ ކަމާގުޅުން ހުރި މުވައްޒަފުންނަށް ގަވާއިދުން އަދާހަމަ މައުލޫމާތު ފޯރުކޮށްދެމުން ގެންދިއުން.
(ބ) ކޯޓުގައި ހިނގަމުންދާ މައްސަލައާ ގުޅޭގޮތުން އޮތޯރިޓީގެ މުވައްޒަފުންނާއެކު މަށްވަރާކޮށް، އެ މައްސަލަތަކާ ގުޅޭގޮތުން އެކުގައި މަސައްކަތް ކުރަމުން ގެންދިޔުން.
8 ވަނަ މާއްދާ - ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދޭނެ މުއްދަތު
މި ގަވާއިދުގެ ދަށުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދެވޭނީ، ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ މައްސަލަ ނުވަތަ މައްސަލަތަކުގައި ހުކުމް ކުރުމާ ހަމަޔަށް ނުވަތަ ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެދޭ ފަރާތުން ބޭނުންވާ ހިދުމަތެއް ފޯރުކޮށްދީ ނިމުމާ ހަމަޔަށެވެ.
ހަވަނަ ބައި
ގެވެށި އަނިޔާ ހުއްޓުވުމަށް މަސައްކަތްކުރ،ާ ގުޅުންހުރި މުއައްސަސާތަކުގެ ޒިންމާ
9 ވަނަ މާއްދާ - މި ގަވާއިދާ ގުޅިގެން ގެވެށި އަނިޔާ ހުއްޓުވުމަށް މަސައްކަތްކުރ،ާ ގުޅުންހުރި މުއައްސަސާތަކުގެ ޒިންމާތައް
ގެވެށި އަނިޔާ ހުއްޓުވުމުގެ މަސައްކަތްކުރާ މުއައްސަސާއަކަށް، ގެވެށި އަނިޔާގެ ށިކާރައަކަށް ވެފައިވާ ފަރާތަކުން މައްސަލައެއް ހުށަހަޅައިފިހިނދ،ު ގެވެށި އަނިޔާގެ ށިކާރައަކަށްވާ ފަރާތްތަކުގެ ތެރެއިން ފުދުންތެރިކަން ނެތް ފަރާތްތަކަށް، މި އޮތޯރިޓީގެ ފަރާތުން ގާނޫނީ ވަކީލެއްގެ ހިދުމަތް ފޯރުކޮށްދޭ ކަމުގެ މައުލޫމާތ،ު އެ ފަރާތްތަކަށް ފޯރުކޮށް ދޭންވާނެއެވެ.
ހަތްވަނަ ބައި
ގާނޫނީ ވަކީލެއްގެ އެހީތެރިކަން ދިނުން ހުއްޓައި ލެވިދާނެ ހާލަތްތައް
10 ވަނަ މާއްދާ - ގާނޫނީ ވަކީލެއްގެ އެހީތެރިކަން ދިނުން ހުއްޓައިލެވިދާނެ ހާލަތްތައް
މި ގަވާއިދުގެ ދަށުން، މި އޮތޯރިޓީގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް ދެވޭ ގާނޫނީ ވަކީލެއްގެ އެހީތެރިކަން، އަންނަނިވި ހާލަތްތަކުގައި ހުއްޓައިލުމުގެ ބާރު، މި އޮތޯރިޓީއަށް ލިބިގެންވެއެވެ.
(ހ) އޮތޯރިޓީގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ދިނުމަށް ފުރިހަމަވާންޖެހޭ ށަރުތެއް، ގާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދޭ ފަރާތުގެ ކިބައިން އުނިވުން.
(ށ) ގާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދި، މި ގަވާއިދުގެ ދަށުން ހުށަހަޅައިފައިވާ މައުލޫމާތަކީ ތެދު ނޫން މައުލޫމާތެއް ކަމުގައި ވުން.
(ނ) ގާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދޭ ފަރާތުން، މި ހިދުމަތް ބޭނުންނުވާކަމަށް ނުވަތަ ހިދުމަތް ހޯދުން ހުއްޓައިލުން.
(ރ) ގާނޫނީ ވަކީލެއްގެ އެހީތެރިކަން ބޭނުންވާ ފަރާތުގެ ކިބައިން މައްސަލަކުރިޔަށް ގެންދިޔުމަށް އެއްބާރުލުން ނުދިނުން.
(ބ) ގާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބޭ ފަރާތ،ް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދޭ ފަރާތަށް އިންޒާރު ދިނުން، ނުވަތަ ބިރުދެއްކުން، ނުވަތަ އަނިޔާކުރުން ނުވަތަ އެފަދަ އެހެން ވެސް އަމަލެއް ކުރިކަން އެކަށީގެންވާ ހަމަތަކުގެ މަތީން އޮތޯރިޓީއަށް ފެނުން.
އަށްވަނަ ބައި
އެހެނިހެން
11 ވަނަ މާއްދާ - އެހެނިހެން ކަންކަން
(ހ) މި ގަވާއިދުގެ ދަށުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދެވޭނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމު ނުވަތަ މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ފޯމު ހުށަހެޅުމުން،މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކޮމެޓީން، ފޯމާމެދު ގޮތެއް ނިންމައި، އެކަން އެންގުމުންނެވެ.
(ށ) ގާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބުމުގެ ށަރުތު ހަމަވާ މީހުން ކަނޑައެޅުމުގައި ގާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ މައުލޫމާތާއި، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކަށް ރިއާޔަތް ކުރެވޭނެއެވެ.
(ނ) ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ށަރުތު ހަމަވާ މީހުން ހިދުމަތް ހޯދަން ފަށާފަހުން، ށަރުތުތަކާ ގުޅޭގޮތުން އޭނާގެ ހާލަތަށްބަދަލެއް އަތުވެއްޖެނަމަ، ވީ އެންމެ އަވަހަކަށް، މި އޮތޯރިޓީއަށް އެކަން އަންގަންވާނެއެވެ. އަދި އެކަން އޮތޯރިޓީއަށް އެންގުމުން، އެ ފަރާތެއްގެ ފޯމު އަލުން ވަޒަންކޮށް، ގާނޫނީ ވަކީލެއްގެ އެހީތެރިކަން ދިނުމުގެ ށަރުތު ހަމަވޭތޯ ކަށަވަރުކުރަން ޖެހޭނެއެވެ.
(ރ) ސަރުކާރު ބަންދު ދުވަސްތައް ނުވަތަ މި އޮތޯރިޓީގެ މަސައްކަތު ގަޑިތައް ނޫން ވަގުތުތަކުގައި އަވަސް މައްސަލައެއް ރިޕޯޓު ކުރަން ބޭނުންވާނަމަ، އ-ީމެއިލް މެދުވެރިކޮށް، ރިފަރަލެއްގެ ގޮތުގައި އެ މައްސަލައެއް ހުށަހެޅިދާނެއެވެ.
(ބ) މި އޮތޯރިޓީން ފޯރުކޮށްދޭ ގާނޫނީ ވަކީލެއްގެ އެހީތެރިކަމުގެ ހިދުމަތާމެދު އެއްވެސް ށަކުވާއެއް އޮތްނަމަ، ލިޔުމުން ނުވަތަ ފޯނުން ނުވަތަ އ-ީމެއިލް މެދުވެރިކޮށް، މި އޮތޯރިޓީއަށް އެކަން ހުށަހެޅޭނެއެވެ. އ-ީމެއިލް މެދުވެރިކޮށް ށަކުވާ ހުށަހެޅުމަށް ފޮނުވާނީ، އެކަމަށް މި އޮތޯރިޓީން ހާއްސަކުރާ އ-ީމެއިލް އެޑްރެހަކަށެވެ. ހުށަހެޅޭ ށަކުވާތައް އޮތޯރިޓީން ބެލުމަށްފަހު، އެކަމާ ގުޅޭގޮތުން ނިންމާގޮތެއް ރަސްމީ ބަންދު ނޫން 5 (ފަހެއް) ދުވަހުގެ ތެރޭގައި، ށަކުވާ ހުށަހެޅި ފަރާތަށް ލިޔުމުން އަންގަންވާނެއެވެ.
(ޅ) މި ގަވާއިދުގެ ދަށުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދޭނީ، މި އޮތޯރިޓީން ކަނޑައަޅާ ގާނޫނީ ވަކީލެކެވެ.
12 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި އެ ލަފުޒެއް ނުވަތަ އިބާރާތެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން ގޮތަކަށް ދޭހަނުވާނަމަ، އެ ލަފުޒެއް ނުވަތަ އިބާރާތެއް މާނަކުރާނީ، ތިރީގައިވާ އަކުރުތަކުގައި ބަޔާންކޮށްފައިވާ ގޮތަށެވެ.
(ހ) "އޮތޯރިޓީ" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2012-03 (ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު) ގެ 52 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދައިފައިވާ ފެމެލީ ޕްރޮޓެކްށަން އޮތޯރިޓީއަށެވެ.
(ށ) "ގާނޫނީ ވަކީލު" ކަމުގައި ބުނެފައި އެވަނީ، ގެވެށި އަނިޔާގެ ށިކާރައަކަށް ވެފައިވާ މީހުންގެ ތެރެއިން ފުދުންތެރިކަން ނެތް ފަރާތްތަކަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމަށް، އޮތޯރިޓީން ކަނޑައަޅާ ފަރާތަށެވެ.
(ނ) "ގެވެށި އަނިޔާ" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2012-03 (ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަމަލުތަކަށެވެ.
(ރ) "ގުޅުންހުރި މުއައްސަސާ" ކަމުގައި ބުނެފައި އެވަނީ، ގެވެށި އަނިޔާގެ މައްސަލަތަކުގައި އަމަލީ ގޮތުން މަސައްކަތްކުރާ މުއައްސަސާތަކަށެވެ.
13 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލު ކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
(މި ގަވާއިދުގެ ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި)
ކިޔުންތެރިންގެ ހިޔާލު