-

ކަރަންޓުގެ ހިދުމަތުން ނަގާނެ އެންމެ މަތީ އަގު ކަނޑައެޅުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-130)

(މި ގަވާއިދަށް އަމަލުކުރަން އަމަލުކުރަން ފެށީ 12 އޮގަސްޓް 2023 ގައި)

 

1 ވަނަ މާއްދާ - ތައާރުފު

މި ގަވާއިދަކީ، ގާނޫނު ނަންބަރު 2021-18 (ދިވެހިރާއްޖޭގެ ހަކަތައިގެ ގާނޫނު) ގެ 44 ވަނަ މާއްދާ އާ ހަވާލާދ،ީ އެ ގާނޫނުގެ 76 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ - ނަން

މި ގަވާއިދަށް ކިޔާނ،ީ "ކަރަންޓުގެ ހިދުމަތުން ނަގާނެ އެންމެ މަތީ އަގު ކަނޑައެޅުމުގެ ގަވާއިދު" އެވެ.


3 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ ކަރަންޓުގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް، ދިވެހިރާއްޖޭ ގައި ކަރަންޓުގެ ހިދުމަތުން ނެގޭނެ އެންމެ މަތީ އަގު ކަނޑައެޅުމާގުޅޭ އެންމެހައި އިޖުރާތުތައް ކަނޑައަޅައ،ި އެ ކަންކަން ތަންފީޒުކުރުމެވެ.

 

4 ވަނަ މާއްދާ - ގަވާއިދު ތަންފީޒުކުރުން

މި ގަވާއިދު ތަންފީޒުކުރާނީ އޮތޯރިޓީންނެވެ.

(ހ) އެންމެ މަތީ އަގު ކަނޑައެޅުން

ކަރަންޓުގެ ހިދުމަތް ދޭ ފަރާތްތަކުން ފޯރުކޮށްދޭ ހިދުމަތްތަކަށް ނެގޭނެ އެންމެ މަތީ އަގު ކަނޑައަޅާނ،ީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން އޮތޯރިޓީންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އޮތޯރިޓީން ކަނޑައަޅާ އަގަށް ވުރެ މަތިވާގޮތަށް، ކަރަންޓުގެ ހިދުމަތަކަށް އެއްވެސް އަގެއް ނެގުމަކީ މަނާކަމެކެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ކަރަންޓުގެ ހިދުމަތަށް ކަނޑައަޅާ އެންމެ މަތީ އަގ،ުމި ގަވާއިދަށް އަމަލުކުރަން ފަށާތާ 6 )ހައެއް( މަސްދުވަހުގެ ތެރޭގައި އޮތޯރިޓީން އެކުލަވައިލައ،ި ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ. އަދި މި އަގަށް އެއްވެސް ބަދަލެއް ގެނެސްފިނަމަ، އެ ގެނައި ބަދަލު ވެސ،ް ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

(ރ) އަމިއްލަ ފަރާތަކުން އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދައި ވިއްކަން ގަސްތުކުރާ އަގަކ،ީ އޮތޯރިޓީ އަށް ހުށަހަޅައިގެން ފާސްކޮށްފައިވާ އަގަކަށް ވާންޖެހޭނެއެވެ. އަދި މިގޮތަށް ކަރަންޓު ވިއްކޭނީ އޮތޯރިޓީގެ ލައިސަންސެއްގެ ދަށުން ނުވަތަ ހުއްދައެއްގެ ދަށުނ،ް އޮތޯރިޓީން ކަނޑައަޅާ އުސޫލު ގެ މަތީންނެވެ.

 

5 ވަނަ މާއްދާ - ކަރަންޓުގެ ހިދުމަތުގެ ގިންތިތައް

ކަރަންޓުގެ ހިދުމަތަށް އެންމެ މަތީ އަގު ކަނޑައަޅަންވާނީ އަންނަނިވި ގިންތިތަކަށް ބަހައިގެނ،ް ވަކިވަކީންނެވެ.

(ހ) ގޭބީސީތަކަށް. 

(ށ) ވިޔަފާރިކުރާ ތަންތަން.

(ނ) ސިނާއީ މަސައްކަތްކުރާ ތަންތަން.

(ރ) ސަރުކާރުގެ އިދާރާތައް އަދި

(ބ) އޮތޯރިޓީން ކަނޑައަޅާ އެހެނިހެން ގިންތިތައް. 

 

6 ވަނަ މާއްދާ - ކަރަންޓުގެ ހިދުމަތުގެ އެންމެ މަތީ އަގު ކަނޑައެޅުން

(ހ) ކަރަންޓުގެ އެންމެ މަތީ އަގު ކަނޑަ އެޅުމުގައި ގާނޫނު ނަންބަރު 2021-18 (ދިވެހިރާއްޖޭގެ ހަކަތައިގެ ގާނޫނު) ގެ 44 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.

(ށ) ކަރަންޓުގެ އެންމެ މަތީ އަގު ކަނޑައަޅަންވާނީ ކޮންމެ ގިންތިއެއް މަދުވެގެން 3 (ތިނެއް) ބޭންޑަށް ބަހައިލައިގެނ،ް ކޮންމެ ބޭންޑަކަށް ވަކިވަކީންނެވެ. 

(ނ) ކަރަންޓުގެ ހިދުމަތުގެ އަގު ކަނޑަ އެޅުމުގައ،ި މި ގަ ވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޮންމެ ގިންތިއެއްގެ ބޭންޑަކަށް ވަކިވަކީނ،ް އެންމެ މަތީ އަގު ކަނޑައަޅަންވާނެއެވެ.

(ރ) އެންމެ މަތީ އަގު ކަނޑައަޅާ މުއްދަތު ހަމަވުމުގެ ކުރިން ކަނޑައަޅައިފައިވާ އެންމެ މަތީ އަގުތައް އޮތޯރިޓީން މުރާޖާކޮށ،ް ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

(ބ) އެންމެ މަތީ އަގު ކަނޑައެޅުމު ގައި ޔުޓިލިޓީ ކުންފުނ،ި މާލީ ގޮތުން ދެމެހެއްޓެނިވި ގޮތަކަށް ހިދުމަތް ދެވޭނެ ގޮތަށް ބަލަންވާނެއެވެ.

 

7 ވަނަ މާއްދާ - ހިދުމަތްދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

(ހ) ކަރަންޓުގެ ހިދުމަތުގެ އެންމެ މަތީ އަގު ކަނޑައެޅުމަށް ޓަކައ،ި ހިދުމަތް ދިނުމަށް ހިނގާ ހަރަދުގެ ތަ ފުސީލު ދެނެގަތުމަށ،ް އޮތޯރިޓީން ކަނޑައަޅާ ނަމޫނާއަކާ އެއްގޮތަށ،ް ކަރަންޓުގެ ހިދުމަތް ދިނުމަށް ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުން އަންނަނިވި  މައުލޫމާތު ހިމެނޭގޮތަށް ރިޕޯޓެއ،ް މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން އޮތޯރިޓީން ބޭނުންވެއްޖެ ހިނދެއްގައި،  އޮތޯރިޓީން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައ،ި ހިދުމަތްދޭ ފަރާތުނ،ް އެ މައުލޫމާތު އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.

  1. ކަރަންޓުގެ ހިދުމަތް ދިނުމާގުޅޭ މައުލޫމާތާއި ހިސާބ،ު ކަރަންޓު ނޫން ހިދުމަތާ ވަކިވާގޮތަށް ހުރުން؛
  2. ހިދުމަތް ދޭ ކޮންމެ ރަށެއްގައ،ި ހިދުމަތް ނުވަތަ ހިދުމަތު ގެ ބައެއ،ް ގާއިމުކުރުމަށް ނުވަތަ ފުޅާކުރުމަށް ކުރިއަށް އޮތް 5 (ފަހެއް) އަހަރަށް ރާވައިފައިވާ ގޮތުގެ ޕްލޭނާއ،ި އެ ޕްލޭން ތަންފީޒުކުރުމަށްޓަކައި ކަނޑައަޅައި ފައިވާ އިންވެސްޓްމެންޓުގެ ތަފުސީލު؛
  3. ފާއިތުވެދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ސަރުކާރުން ގަބޫލުކުރާ އޮޑިޓަރަކު ތައްޔާރުކޮށްފައިވާ އަހަރީ ފައިނޭންށަލް އޮޑިޓް ރިޕޯޓުތައް )ފައިދާއާއި ގެއްލުން ތަފުސީލުކޮށް އެނގޭގޮތަށް( ފޯރުކޮށްދިނުން؛
  4. ފާއިތުވެދިޔަ 5 (ފަހެއް) އަހަރާއި ކުރިއަށް އޮތް 5 (ފަހެއް) އަހަރަށް އަންދާޒާކުރ،ާ ތިރީގައިވާ މައުލޫމާތުތަކުގެ ތަފުސީލު )ހިދުމަތް ދޭ ކޮންމެ ރަށަކަށާއި ގިންތިތަކަށް ވަކިން( ފޯރުކޮށްދިނުން؛
    1. ހިދުމަތް ހޯދާ ފަރާ ތްތަކުގެ އަދަދާއ،ި ކަރަންޓު ބޭނުންކުރާ މިންވަރު؛
    2. އާމްދަނީގެ ތަފުސީލު؛
    3. ހިންގުމަށް ކުރާ ހޭދަ އިގެ ތަ ފުސީލު އެނގޭނެހެން؛ އަދި
    4. ވިޔަފާރި ހޭދައިގެ (އިންވެސްޓްމަންޓް) ޕްލޭނ.ް

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތުގެ އިތުރުނ،ް އޮތޯރިޓީން ކަނޑައަޅާ އެހެނިހެން މައުލޫމާތު އޮތޯރިޓީން ބޭނުންވެއްޖެ ހިނދެއްގައ،ި ހިދުމަތް ދޭ ފަރާތުން އޮތޯރިޓީން ކަނޑައަޅާ ނަމޫނާއަކާއި އެއްގޮތަށް އޮތޯރިޓީއަށް ފޯރުކޮށްދޭންވާނެއެވ.ެ

(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސ،ް ކަރަންޓުގެ ހިދުމަތް ދިނުމަށް ލައިސަންސް ދޫކުރާތާ 5 (ފަހެއް) އަހަރު ވެފައިނުވާ ފަރާތްތަކުން ހުށަހަޅާނ،ީ އެ ފަރާތްތަކަށް ހިދުމަތް ދިނުމުގެ ހުއްދަ ދިން ދުވަހުން ފެށިގެނ،ް މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހު ގެ ނިޔަލަށ،ް ހުށަހަޅަންވާނެކަމަށް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތެވެ.

(ރ) ކަރަންޓުގެ ހިދުމަތަށް އަންނަ ބަދަލުތައް ދެނެގަތުމަށް ޓަކައ،ި ކޮންމެ މީލާދީ އަހަރެއް ނިމުމުގެ ކުރިން ކަރަންޓު ގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން އަންނަނިވި ލިޔުންތައް އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.

  1. ހިދުމަތް ފުޅާކުރުމަށް ކުރިއަށް އޮތް އަހަރަށް ރާވައިފައިވާ ޕްލޭނާއި، އެ ޕްލޭން ތަންފީޒުކުރުމަށް ކުރާނެ އިންވެސްޓްމަންޓުގެ ތަފުސީލު؛
  2. ފާއިތުވެދިޔަ އަހަރުގެ ފައިނޭންށަލް އޮޑިޓު ރިޕޯޓު (ފައިދާއާއި ގެއްލުން ތަފުސީލުކޮށްފައިވާ ގޮތަށް)؛
  3. ފާއިތުވެދިޔަ އަހަރާއި ކުރިއަށް އޮތް އަހަރަށް އަންދާޒާކުރެވ،ޭ ތިރީގައިވާ މައުލޫމާތުތަކުގެ ތަފުސީލު (ލައިސަންސް ލިބިފައިވާ ކޮންމެ ރަށަކަށް ގިންތިތަކަށް ވަކިން).

3.1 ހިދުމަތް ހޯދާ ފަ ރާތްތަކުގެ އަދަދު ބޭންޑުތައް ވަކިން؛

3.2 އާމްދަނީގެ ތަފުސީލު؛

3.3 ހިންގުމަށް ކުރާ ހޭދަ؛

3.4 ވިޔަފާރި ހޭދައިގެ (އިންވެސްޓްމަންޓް) ތަފުސީލު؛

3.5 ކަރަންޓުގެ ޑިމާންޑް؛ އަދި

3.6 އޮތޯރިޓީން ކަނޑައަޅާ އެހެނިހެން މައުލޫމާތު.

 

8 ވަނަ މާއްދާ - އެންމެ މަތީ އަގު ކަނޑައަޅާ މުއްދަތު

(ހ) އޮތޯރިޓީން އެންމެ މަތީ އަގު ކަނޑައަޅަންވާނީ 5 (ފަހެއް) އަހަރުގެ މުއްދަތަކަށެވެ.  5 (ފަހެއް) އަހަރުގެ މުއްދަތު ފެށޭނީ އެންމެ މަތީ އަގު ކަނޑައަޅައ،ި ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ. 

(ށ) މި މާއްދާގެ (ހ) ގެ ދަށުން އަގު ކަނޑައަޅާ މުއްދަތު ހަމަވުމުގެ ކުރިން ކަނޑައަޅައިފައިވާ އެންމެ މަތީ އަގުތައް އޮތޯރިޓީން މުރާޖާކޮށ،ް ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ. 

(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސ،ް އެ މުއްދަތު ހަމަވުމުގެ ކުރިނ،ް އެންމެ މަތީ އަގު މުރާޖާކޮށް އަގަށް ބަދަލު ގެނައުމުގެ އިހުތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވ.ެ މިގޮތަށް ގެންނަ ބަދަލުތައް ގެންނަންވާނ،ީ މި ގަވާއިދުގައި ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތަށެވެ. 

(ރ) އެންމެ މަތީ އަގު މުރާޖާކުރުމުގައ،ި މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ނ) ގެ ދަށުން ހިދުމަތް ދޭ ފަރާތްތަކުން ހުށަހަޅައިފައިވާ ލިޔުންތަކަށް ރިއާޔަތްކުރަންވާނެއެވެ.

(ބ) އެންމެ މަތީ އަގު ކަނޑައެޅުމުގައި ބޭނުން ކުރަންވާނ،ީ މިކަމަށް އޮތޯރިޓީން ކަނޑައަޅާ މެތަޑޮލޮޖީއެވެ. 

 

9 ވަނަ މާއްދާ - އެންމެ މަތީ އަގު ކަނޑައެޅުމަށް، ކަރަންޓުގެ ހިދުމަތުގެ ހަރަދުތަކުގެ ބޭސްލައިނެއް ކަނޑައެޅުން

(ހ) ކަރަންޓުގެ ހިދުމަތްތައް ދިނުމުގައި ކުރެވޭ ހަރަދުތަކަށް ރިއާޔަތްކޮށ،ް އަންނަނިވި ހަރަދުގެ ބޭސްލައިން ޔުނިޓް ކޮސްޓ،ް އޮތޯރިޓީން ކަނޑައަޅަންވާނެއެވެ. 

  1. ކަރަންޓު އުފެއްދުމަށާއި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ދާ ހަރަދު؛
  2. ކަރަންޓުގެ އެހެނިހެން ހިދުމަތްތައް ދިނުމަށް ކަސްޓަމަރަކަށް ދާ ހަރަދު؛
  3. އޮތޯރިޓީން ކަނޑައަޅާ އެހެނިހެން ހަރަދުތައް.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅާ ބޭސްލައިން ކޮސްޓް ހިސާބުކޮށް އެކަށޭނެ މުއްދަތަކުން މު ރާޖާކުރަންވާނެއެވ.ެ އަދި މިކަމަށް ބޭނުންވާ އެންމެހައި މައުލޫމާތު.ހިދުމަތް ދިނުމުގެ ލައިސަން ދޫކޮށްފައިވާ ފަރާތުނ،ް ނުވަތަ އެ ލައިސަންސަށް އެދި ހުށަހަޅާ ފަރާތުން އޮތޯރިޓީއަށް ފޯރުކޮށްދޭންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅާ ބޭސްލައިން ޔުނިޓް ކޮސްޓަށް ވުރެ ހިދުމަތް ދޭ ފަރާތެއްގެ ހަރަދު މަތިނަމ،ަ ހަރަދު ކުޑަކުރަން އޮތޯރިޓީން އަންގައި ހިދުމަތް ދޭ ފަރާތުން އެކަން ކުރޭތޯ މޮނިޓަރކުރަން ވާނެއެވެ.

 

10 ވަނަ މާއްދާ - ފިޔަވަޅު އެޅުން

މި ގަވާއިދާ ހިލާފުވާ ފަރާތްތަކަށް އަދަބު ކަނޑައަޅާނީ އަންނަނިވި އުސޫލުންނެވެ.

(ހ) މި ގަވާއިދުގައި ކަނޑައަޅައިފައިވާ އަގުގެ ބޭރުން ނުވަތަ މި ގަވާއިދާ ހިލާފަށް ކަރަންޓުގެ ހިދުމަތުން އެއްވެސް އަގެއް ނަގައިފިނަމ،ަ އެ ފަރާތެއް އަންނަނިވި ގޮތަށް ޖޫރިމަނާ ކުރެވޭނެއެވެ.

  1. ފުރަތަމަ ފަހަރު 5,000 (ފަސް ހާސް) ރުފިޔާ؛
  2. ދެވަނަ ފަހަރު 15,000 (ފަނަރަ ހާސް) ރުފިޔާ؛
  3. ދެ ފަހަރަށް ވުރެ ގިނައިނ،ް އެ އަމަލެއް ތަކުރާރުކުރާ ކޮންމެ ފަހަރަކަށް 30,000 (ތިރީސް ހާސް) ރުފިޔާ އިތުރުވާނެއެވެ.

(ށ) މި ގަވާއިދުގެ ދަށުން ސައްހަ ނޫން މައުލޫމާތާއި ލިޔުން ހުށަހަޅައިފައިވާނަމަ، އެ ފަރާތެއް އަންނަނިވި ގޮތަށް ޖޫރިމަނާ ކުރެވޭނެއެވެ.

  1. ފުރަތަމަ ފަހަރު 5,000 (ފަސް ހާސް) ރުފިޔާ؛
  2. ދެވަނަ ފަހަރު 25,000 (ފަންސަވީސް ހާސް) ރުފިޔާ؛
  3. ދެ ފަހަރަށް ވުރެ ގިނައިނ،ް އެ އަމަލެއް ތަކުރާރުކުރާ ކޮންމެ ފަހަރަކަށް 50,000 (ފަންސާސް ހާސް) ރުފިޔާ އިތުރުވާނެއެވެ.

(ނ) މި ގަވާއިދުގެ ދަށުން ފޯރުކޮށްދޭންޖެހޭ މައުލޫމާތ،ު ފޯރުކޮށްދޭންޖެހޭ މުއްދަތުގައި ފޯރުކޮށްދީފައި ނުވާނަމ،ަ އެ ފަރާތެއް 5,000 (ފަސް ހާސް) ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

 

11 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނު ވާހައި ހިނދަކު،  އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނ،ީ ތިރީގައިވާ އަކުރުތަކަށް ދީފައިވާ މާނަކުރުމެވެ.

(ހ) "އޮތޯރިޓީ" ކަމަށް ބުނެފައި އެވަނ،ީ ގާނޫނު ނަންބަރު: 2020-26 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު) ގެ ދަށުން އުފައްދައިފައިވާ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށެވެ.

(ށ) "ހިދުމަތް ދޭ ފަރާތް" ކަމަށް ބުނެފައި އެވަނ،ީ އޮތޯރިޓީގެ ލައިސަންސެއްގެ ދަށުން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށެވެ.

(ނ) "އެންމެ މަތީ އަގު" ކަމަށް ބުނެފައި އެވަނ،ީ ކަރަންޓުގެ ހިދުމަތްތަކަށ،ް ހިދުމަތް ލިބިގަންނަ ފަރާތްތަކުން ނެގޭނެ އެންމެ މަތީ އަގަށެވެ. 

(ރ) "ހިދުމަތް ހޯދަމުންދާ ފަރާތްތައް" ކަމަށް ބުނެފައި އެވަނ،ީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ދޭ ހިދުމަތް ލިބިގަނ،ެ ބޭނުންކުރަމުންދާ ފަރާތްތަކަށެވެ.

(ބ) "ބޭސްލައިން ޔުނިޓް ކޯސްޓް" ކަމަށް ބުނެފައި އެވަނ،ީ ކަރަންޓުގެ ޔުނިޓަކަށް ދާ ހަރަދުގެ ގޮތެއްގައި ކަނޑައަޅައިފައިވާ އަގަކަށެވެ.

(ޅ) "އިންވެސްޓްމަންޓް" ކަމަށް ބުނެފައި އެވަނ،ީ ހިދުމަތް ނުވަތަ ވިޔަފާރި އިތުރަށް ފުޅާކުރުމަށް ކޮށްފައިވާ ހޭދައަށެވެ.

(ކ) "ފައިނޭންށަލް އޮޑިޓް ރިޕޯޓު" ކަމަށް ބުނެފައި އެވަނ،ީ ސަރުކާރު ގަބޫލުކުރާ ލައިސަންސް ލިބިފައިވާ ފަރާތްތަކުނ،ް ކަނޑައެޅޭ ވަކި މުއްދަތަކަށް ވިޔަފާރި ހިސާބުކުރުމަށްފަހު ތައްޔާރުކުރާ ރިޕޯޓުތަކަށެވެ. 

(އ) "ބޭންޑު" ކަމަށް ބުނެފައި އެވަނ،ީ ކަރަންޓު ބޭނުންކުރާ މިންވަރަށް ބަލައި ބޭނުން ކުރި ކަރަންޓުގެ އަގު ނެގުމަށް ޓަކައ،ި މަހެއްގެ މައްޗަށް ކަރަންޓު ބޭނުންކުރާ މިންވަރު ބައިބަޔަށް ބަހައިލުމަށެވެ.

(ވ) "ލައިސަންސް" ކަމަށް ބުނެފައި އެވަނ،ީ ހަކަތައިގެ ހިދުމަތް ދިނުމަށް އޮތޯރިޓީން ދޫކުރާ ލައިސަންސް ނުވަތަ ހުއްދައަށާއި ވަގުތީ ލައިސަންސް ނުވަތަ ހުއްދައަށެވެ. 

 

12 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނ،ީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެން 1 )އެކެއް( މަސްދުވަހުގެ ތެރޭގައެވެ.

 

މައި ގާނޫނު

ދިވެހިރާއްޖޭގެ ހަކަތައިގެ ގާނޫނު (ގާނޫނު ނަންބަރު 2021-18)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު