-

ރިޔާސީ އިންތިހާބުގެ ގަވާއިދު 2023 (ގަވާއިދު ނަންބަރު 2023-120) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-131)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 13 ޖުލައި 2023 ގައި)

 

ގަވާއިދު ނަންބަރު 2023-120 (ރިޔާސީ އިންތިހާބުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން. 

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާ އިދުގެ 12 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަކުރެއް އިތުރުކޮށް ދެންހުރި އަކުރުތައް ތަރުތީބުކުރުން.

އެހެން ތަނެއްގައި ދިރިއުޅޭ މީހުން ވޯޓު ދިނުމަށް ޓަކައި ރ-ީރަޖިސްޓަރީކުރުން 12.

(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި ވީ ނަމަވެސ،ް މި މާއްދާގެ ދަށުން ރ-ީރަޖިސްޓަރީ ކުރުމަށް އިއުލާނުކުރާއިރ،ު 2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި މާލެއަށް ވޯޓުލުމަށް ރަޖިސްޓަރީ ވެފައިވާ ފަރާތްތައް އޮންނާނީ މާލެއަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރެވިފައެވެ. އަދ،ި 2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި މާލެއަށް ވޯޓުލުމަށް ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުގެ ތެރެއިން، މި މާއްދާގެ ދަށުން ރ-ީރަޖިސްޓަރީ ކުރާނީ މާލެ ނޫން އެހެން ތަނަކަށް ވޯޓުލުމަށް އެދޭ ފަރާތްތަކުންނެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 16 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ރިޔާސީ އިންތިހާބަށް ކުރިމަތިލުން 16.

(ހ) މި ގަވާއިދުގެ 15 ވަނަ މާއްދާގެ (ހ) ގެ ދަށުން އިލެކްށަންސް ކޮމިށަނުން ކުރާ އިއުލާނުގައ،ި ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެކަމަށް އެދި ހުށަހެޅުމަށ،ް މަދުވެގެން 14 (ސާދަ) ދުވަހުގެ މުއްދަތު ދޭންވާނެއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާ އިދުގެ 46 ވަނަ މާއްދާ ގެ ފަހަތަށް މާއްދާއެއް އިތުރުކޮށ،ް ދެން ހުރި ނަންބަރުތައް ތަރުތީބުކުރުން.

ވޯޓު ނަގައި ނިމުމުން ބާކީ ހުރި ވޯޓުކަރުދާހާމެދު އަމަލުކުރާނެގޮތް 47.

ވޯޓު ނަގަ އި ނިމުމަށްފަހު، ބާކީ ހުންނަ ވޯޓުކަރުދާސްތައް ސެކިއުރިޓީއުރައިގައި ބަންދު ކުރުމުގެ ކުރީން، އެ ކަރުދާސްތަކަކީ އިންވެލިޑް ވޯޓުކަރުދާސް ކަމުގައި ކަނޑައެޅުމުގެ ބޭނުމަށް ވޯޓުކަރުދާހުގައި ކެންޑިޑޭޓުންގެ ނަންބަރު ޖަހައިފައިވާ ދިމާގައި ޕަންޗުކޮށް ލޯވަޅެއް އަޅަންވާނެއެވެ.

 

4 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނ،ީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ރިޔާސީ އިންތިހާބުގެ ގަވާއިދު 2023 (ގަވާއިދު ނަންބަރު 2023-120)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ރިޔާސީ އިންތިހާބުގެ ގަވާއިދު 2023 (ކޮންސޮލިޑޭޓެޑް ނަންބަރު 2023-120)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު