-

ކެޕިޓަލް މާކެޓް ށަރީއާ އެޑްވައިޒަރީ ކައުންސިލުގެ ގަވާއިދު (ގަވާއިދު ނަންބަރު 2020-63) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-126)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 22 ޖޫން 2023 ގައި)

 

ގަވާއިދު ނަންބަރު 2020-63 (ކެޕިޓަލް މާކެޓް ށަރީއާ އެޑްވައިޒަރީ ކައުންސިލުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން. 

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) ކައުންސިލުގެ މެންބަރުން އައްޔަނުކޮށް ވަކިކުރާނ،ީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުންނެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ)

  1. މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކައުންސިލުގެ މެންބަރެއްގެ ގޮތުގައި އައްޔަނުކުރާ ކޮންމެ ފަރާތަކަށް، ކައުންސިލަށް އައްޔަނުކުރިކަމުގެ ލިޔުމެއް ދޭންވާނެއެވެ. މި ލިޔުމުގައި، އެ މެންބަރަކު އައްޔަނުކުރި މުއްދަތާއި، އެލަވަންސްގެ ތަފުސީލާއި، އެ މެންބަރެއްގެ މަސްއޫލިއްޔަތުތައް ބަޔާންކޮށްފައި އޮންނަންވާނެއެވެ.
  2. ކައުންސިލުގެ މެންބަރުކަމުގެ ދައުރަކީ 3 (ތިނެއް) އަހަރުދުވަހެވެ. މެންބަރުކަން ކުރެވޭނ،ީ ވިދިވިދިގެން 2 (ދޭއް) ދައުރުގައެވެ. މި މާއްދާގައި މިހެން ބަޔާންކޮށްފައި އޮތް ނަމަވެސ،ް 1 (އެކެއް) ދައުރުގެ މެދުކެނޑުމަކަށްފަހ،ު އިތުރު ދައުރަކަށް އެ މެންބަރުން އަލުން އައްޔަނު ކުރުމުގެ އިހުތިޔާރު ބޯޑަށް ލިބިގެންވެއެވެ. 

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) ކައުންސިލުގެ މެންބަރުންގެ އަދަދަކީ ޖުމުލަ 5 (ފަހެއް) އެވެ. އެއ،ީ ށަރުއީ ދާއިރާގެ 4 (ހަތަރެއް) މެންބަރުންނާއި، އިންޑަސްޓްރީ 1 (އެކެއް) ތަޖުރިބާކާރެވެ. މިއިން ކޮންމެ މެންބަރެއްގެ ކިބައިގައި ވެސ،ް ތިރީގައި ބަޔާންކޮށްފައިވާ ށަރުތުތައް  ފުރިހަމަ ވާންވާނެއެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގެ ނަންބަރުތައް އިސްލާހުކޮށް، އަންނަނިވި ގޮތަށް ތަރުތީބުކުރުން.

(ހ)

  1. ށަރުއީ ދާއިރާގެ މެންބަރެއްގެ ގޮތުގައި ކައުންސިލަށް އައްޔަނު ކުރާނަމ،ަ ށަރީއާއިން ނުވަތަ ށަރީއާއާއި ގާނޫނުގެ ރޮނގުން ނުވަތަ ފިގުހު ނުވަތަ އުސޫލުލް ފިގުހުގެ ރޮނގުނ،ް ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅޭ ދާއިރާއަކުން މަދުވެގެން 3 (ތިނެއް) އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުނ،ް ނުވަތަ ބައިނަލްއަ ގުވާމީ ސެކިއުރިޓީޒް ކޮމިށަނެއް ނުވަތަ ކެޕިޓަލް މާކެޓް ރެގިއުލޭޓްކުރ،ާ ރެގިއުލޭޓަރީ އޮތޯރިޓީއެއް ނުވަތަ ކަމާ ގުޅޭ ބައިނަލްއަގުވާމީ އޮގަނައިޒޭށަނަކުން ހުއްދަ ލިބިފައިވާ ނުވަތަރަޖިސްޓަރީކޮށްފައިވާ ށަރީއާ އެޑްވައިޒަރެއް ކަމުގައި ވުމާއެކު، ގުޅޭ ދާއިރާއަކުން މަދުވެގެން 3 (ތިނެއް) އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން؛
  2. އިންޑަސްޓްރީ ތަޖުރިބާކާރެއްގެ ގޮތުގައި ކައުންސިލަށް އައްޔަނުކުރާނަމ،ަފައިނޭންސް/ ބިޒްނަސް ނުވަތަ އެކައުންޓިންގ ނުވަތަ އިކޮނޮމިކްސްގެ ރޮނގުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅޭ ދާއިރާއަކުން މަދުވެގެން 3 (ތިނެއް) އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން؛
  3. އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއް ނުވަތަ ދާއިމީ މުވައްޒަފެއް ކަމުގައި ނުވުނ،ް ނުވަތަ ފާއިތުވި 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއްކަމުގައި ނުވުނ،ް ނުވަތަ އޮތޯރިޓީން ރެގިއުލޭޓްކުރާ ފަރާތެއްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރަކަށް ނުވުން ނުވަތަ ދާއިމީ މުވައްޒަފަކަށް ނުވުން؛
  4. އޮތޯރިޓީން ރެގިއުލޭޓްކުރާ ފަރާތެއްކަމުގައި ނުވުނ،ް ނުވަތަ ފާއިތުވި 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި އޮތޯރިޓީން ރެގިއުލޭޓްކުރާ ފަރާތެއް ނުވަތަ ރާއްޖޭގައި ލިސްޓުކޮށްފައިވާ އިސްލާމިކް ސެކިއުރިޓީޒް ދޫކުރާ ފަރާތެއްގެ ށަރީއާ އެޑްވައިޒަރީ ކައުންސިލުގެ މެންބަރެއް ކަމުގައި ނުވުން؛
  5. އޮތޯރިޓީގައި ރަޖިސްޓަރީކޮށްފައިވާ ށަރީއާ އެޑްވައިޒަރެއް ކަމުގައި ނުވުން ނުވަތަ ފާއިތުވި 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި އޮތޯރިޓީގައި ށަރީއާ އެޑްވައިޒަރެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިނުވުން.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) ކައުންސިލުގެ މެންބަރުންގެ ތެރެއިނ،ް މެންބަރުންގެ އަޣްލަބިއްޔަތުނ،ް ކޮންމެ އަހަރަކަށް ޗެއަރޕާ ސަނެއް ހޮވަން ވާނެއެވެ. ޗެއަރޕާ ސަނެއްގެ ގޮތުގައި އިންތިހާބުކުރާ ފަރާތަކަށް، އެ މަގާމުގައި އެންމެ ގިނަވެގެން ދެމިހުރެވޭނ،ީ ވިދިވިދިގެން 3 (ތިނެއް) އަހަރުދުވަހަށެވެ. ޗެއަރޕާސަންގެ މައިގަނޑު މަސްއޫލިއްޔަތަކަށް ވާނީ ޖަލްސާތަކުގެ އެޖެންޑާ ކަނޑައެޅުމާއި، ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ނ) ކައުންސިލުގެ ކޯރަމަކީ 3 (ތިނެއް) މެންބަރުންނެވެ. މި މާއްދާގައި މިހެން ބަޔާންކޮށްފައި އޮތް ނަމަވެސ،ް ށަރިއާއާ ގުޅޭ ނިންމުމެއް ނިންމޭނ،ީ ކޯރަމުގެ މެޖޯރިޓީ މެންބަރުންނަކީ ށަރީއާގެ ދާއިރާއިން ކިޔަވައިފައިވާ ފަރާތްތައް ކަމުގައި ވާނަމައެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ (ރ) އުވައިލުން.

 

8 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނ،ީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ކެޕިޓަލް މާކެޓް ށަރީއާ އެޑްވައިޒަރީ ކައުންސިލުގެ ގަވާއިދު (ގަވާއިދު ނަންބަރު 2020-63)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ކެޕިޓަލް މާކެޓް ށަރީއާ އެޑްވައިޒަރީ ކައުންސިލުގެ ގަވާއިދު (ގަވާއިދު ނަންބަރު 2020-63)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު