-

އިމާރާތް ކުރުމަށާއި ސިނާއީ އެހެނިހެން މަށްރޫއުތަކަށް ބިމުން ފެން ނަގައި، އެ ފެން ބޭރުކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-20) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-121)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 11 ޖޫން 2022 ގައި)

 

އިމާރާތް ކުރުމަށާއި ސިނާއީ އެހެނިހެން މަށްރޫއުތަކަށް ބިމުން ފެން ނަގައި، އެ ފެން ބޭރުކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-20) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 18 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

އަދަބު ކަނޑައެޅުން 18.

(ހ) އޮތޯރިޓީއަށް ނުވަތަ މިނިސްޓްރީއަށް، ނުވަތަ މިނިސްޓްރީން ނުވަތަ އޮތޯރިޓީން ކަނޑައަޅައިފައިވާ ފަރާތަކަށް މައުލޫމާތެއް ފޯރުކޮށްދިނުމުގައި، ގަސްތުގައި އޮޅުވައިލައިގެން ދޮގު މައުލޫމާތެއް ފޯރުކޮށްދީފައިވާ ފަރާތެއް 50,000 (ފަންސާސްހާސް) ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ އިހްތިޔާރު، އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ށ) މައުލޫމާތު ހޯދުމަށް މިނިސްޓްރީން ނުވަތަ އޮތޯރިޓީން ނުވަތަ މިނިސްޓްރީ ނުވަތަ އޮތޯރިޓީން ކަނޑައަޅައިފައިވާ ފަރާތަކުން އެދުމުނ،ް އެކަށީގެންވާ ސަބަބެއް ނެތި މައުލޫމާތު ހޯދުމަށް އެދޭ މުއްދަތުގައި އެ މައުލޫމާތެއް ފޯރުކޮށްދީފައި ނުވާނަމެ، އެފަދަ ފަރާތެއް، 5,000 (ފަސްހާސް) ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ އިހްތިޔާރު، އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ނ) ތަންފީޒީ އޮފިސަރަކު މި ގަވާއިދުގެ ދަށުން އަދާކުރަންޖެހޭ ޒިންމާތަކާއި މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއެޅުމާއި، ހިދުމަތް ދިނުމަށް ދަތިކުރުމާއި، ހިދުމަތުގައި އުޅެނިކޮށް ހިދުމަތްދޭ މުވައްޒަފަކަށް ގަސްތުގައި ނުވަތަ އިހުމާލުން ވިޔަސް ޖިސްމާނީ ގެއްލުމެއް ދިނުމާއި، ގޯނާކުރުމާއި، މިނޫނަސް މަސައްކަތަށް އުނދަގޫކުރުމުގެ ގޮތުން އެއްވެސް ކަމެއް ކޮށްފި ފަރާތެއް، 5,000 (ފަސްހާސް) ރުފިޔާއާއި 25,000 (ފަންސަވީސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ އިހްތިޔާރު، އޮތޯރިޓީއަށް ލިބިގެންވެއެވެ. އަދި އެ ކުރި އަމަލުގައި ޖިނާއީ ކުށެއް އެކުލެވިގެންވާނަމެ، އެކަން ތަހުގީގު ކުރުމަށް ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމުގެ އިހްތިޔާރު، އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ރ) ބިމުން ފެން ނަގައި ފެން ބޭރުކުރުމުގެ މަސައްކަތްކުރާ ފަރާތްތަކުން ހުއްދަ ނެގުމަކާ ނުލައި ނުވަތަ ދިފައިވާ ހުއްދައިގެ މުއްދަތު އިތުރުކުރުމަކާ ނުލައި ބިމުން ފެން ނަގައި ފެން ބޭރުކޮށްފިނަމެ، އެފަދަ ފަރާތެއް އެ މަސައްކަތް ކުރި ކޮންމެ ދުވަހަށް 40,000 (ސާޅީސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިހްތިޔާރު، އޮތޯރިޓީ އަށް ލިބިގެންވެއެވެ. މިގޮތުނ،ް އެންމެ ގިނަވެގެން ޖޫރިމަނާ ކުރެވޭނީ 1,000,000 (އެއް މިލިޔަން) ރުފިޔާއާ ހަމައަށެވެ.

(ބ) ބިމުން ފެން ނަގައި ފެން ބޭރުކުރުމުގެ މަސައްކަތްކުރާ ފަރާތްތަކުން މި ގަވާއިދާ ހިލާފަށް އެއްވެސް އަމަލެއް ކޮށްފިނަމެ، އެ އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި، އެކަން ކުރި ފަރާތެއް، 5,000 (ފަސްހާސް) ރުފިޔާއާއި 1,000,000 (އެއްމިލިޔަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ އިހްތިޔާރު، އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނ،ީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

އިމާރާތް ކުރުމަށާއި ސިނާއީ އެހެނިހެން މަށްރޫއުތަކަށް ބިމުން ފެން ނަގައި، އެ ފެން ބޭރުކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-20)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

އިމާރާތް ކުރުމަށާއި ސިނާއީ އެހެނިހެން މަށްރޫއުތަކަށް ބިމުން ފެން ނަގައި، އެ ފެން ބޭރުކުރުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2021-20)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު