ރިޔާސީ އިންތިހާބުގެ ގަވާއިދު 2023
(ގަވާއިދު ނަންބަރު 2023-120)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 10 ޖޫން 2023 ގައި)
(މި ގަވާއިދުގެ 65 ވަނަ މާއްދާއިން ވަނީ ގަވާއިދު ނަންބަރު 2018-71 އުވާލެވިފައި)
1 ވަނަ މާއްދާ ތައާރުފާއި ނަން
(ހ) މިއ،ީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 110 ވަނަ މާއްދާގެ ދަށުން ބާއްވާ ރިޔާސީ އިންތިހާބު ބޭއްވުމަށްޓަކައި، ގާނޫނު ނަންބަރު 2008-12 (ރިޔާސީ އިންތިހާބުގެ ގާނޫނު) ގެ 23 ވަނަ މާއްދާގެ (ނ) ގެ ދަށުން އިލެކްށަންސް ކޮމިށަނުން ހަދައި ހިންގާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، ''ރިޔާސީ އިންތިހާބުގެ ގަވާއިދު 2023" އެވެ.
2 ވަނަ މާއްދާ ހިންގައި ބެލެހެއްޓުން
(ހ) އިންތިހާބުތައް ބާއްވައި، އެ އިންތިހާބުތަކާބެހޭ ހުރިހާ ކަމެއް ހިންގައި ބަލަހައްޓާނީ އިލެކްށަންސް ކޮމިށަނުންނެވެ.
(ށ) ގާނޫނު ނަންބަރު 2008-12 (ރިޔާސީ އިންތިހާބުގެ ގާނޫނު) ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އަންނަނިވި ކަންކަން ހިންގައި ބެލެހެއްޓުމުގައި އިލެކްށަންސް ކޮމިށަނުން ދައުލަތުގެ މުއައްސަސާތަކުގެ އެހީތެރިކަމަށް އެދިއްޖެނަމަ، އެ ކަމެއް ކުރުމަށްޓަކައި ބޭނުންވާނެ އެއްބާރުލުމާއި އެހީތެރިކަން، އެ ފަރާތަކުން، އިލެކްށަންސް ކޮމިށަނަށް ފޯރުކޮށްދޭންވާނެއެވެ.
- ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގެ ސައްހަކަން ކަށަވަރުކުރުން؛
- އިންތިހާބަށް ބޭނުންވާ ތަންތަނާއި ވަސީލަތްތައް ހޯދުން؛
- އިންތިހާބާ ގުޅޭގޮތުން އާންމުން ހޭލުންތެރި ކުރުން؛
- ވޯޓު ފޮށި ބަހައްޓާނެ ތަންތަން ހޯދުމާއި، އެ ތަންތަން އިންތިޒާމު ކުރުން؛
- ވޯޓުލާ މަރުކަޒަށް ބޭނުންވާ އޮފިށަލުން ހޯދުމާއި، އެ މީހުން ތަމްރީނު ކުރުން؛
- އިންތިހާބާބެހޭ ށަކުވާ ބެލޭނެ ނިޒާމު ގާއިމުކުރުން؛
- އިންތިހާބުގެ މަސައްކަތަށް ބޭނުންވާ ތަކެތި ހޯދުން؛
- އިންތިހާބުގެ ކަންކަން ހިންގުމަށް ފޯކަލް ޕޮއިންޓުން ހަމަޖެއްސުން؛
- އިންތިހާބުގައި ވޯޓުލާ ސަރަހައްދު ކަނޑައެޅުން.
(ނ) މި މާއްދާގެ (ށ) ގެ (1) ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގެ ސައްހަކަން ކަށަވަރުކުރުމުގެގޮތުން ބޭނުންވާ އެންމެހައި މައުލޫމާތު، ނޭށަނަލް ރަޖިސްޓްރޭށަނާ ގުޅޭ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުވެފައިވާ ދައުލަތުގެ އިދާރާއިން، އިލެކްށަންސް ކޮމިށަނަށް ފޯރުކޮށްދޭންވާނެއެވެ.
(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންކަން ފިޔަވައި، އިންތިހާބާ ގުޅޭ އެހެން ކަމެއްގެ އެހީތެރިކަމަށް އިލެކްށަންސް ކޮމިށަނުން އެދިއްޖެނަމަ، އެ އެދުނު ކަމެއް ކުރުމަށްޓަކައި ބޭނުންވާނެ އެއްބާރުލުމާއި އެހީތެރިކަން، އެ ފަރާތަކުން، އިލެކްށަންސް ކޮމިށަނަށް ދޭންވާނެއެވެ.
3 ވަނަ މާއްދާ އިންތިހާބާބެހޭ ގައުމީ ލަފާދޭ ކޮމިޓީ
(ހ) ރިޔާސީ އިންތިހާބާބެހޭ ގޮތުން އިލެކްށަންސް ކޮމިށަނަށް ބޭނުންވާ ލަފާ ހޯދުމަށާއި މަށްވަރާކުރުމަށް، އިންތިހާބާބެހޭ ގައުމީ ލަފާދޭ ކޮމިޓީއެއް،އިލެކްށަންސް ކޮމިށަނުން އުފައްދަންވާނެއެވެ.
(ށ) އިންތިހާބާބެހޭ ގައުމީ ލަފާދޭ ކޮމިޓީގައި ހިމެނޭނީ، އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ފަރާތްތަކެވެ.
(ނ) އިންތިހާބާބެހޭ ގައުމީ ލަފާދޭ ކޮމިޓީން އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ މިންގަނޑުތަކާއި އުސޫލުތަކަށް ތަބާވާންވާނެއެވެ.
(ރ) އިންތިހާބާބެހޭ ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުންތައް ރާވައި ހިންގާނީ، އިލެކްށަންސް ކޮމިށަނުންނެވެ.
4 ވަނަ މާއްދާ - ފޯކަލް ޕޮއިންޓުން
އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ގޮތެއްގެ މަތީން އިންތިހާބުގެ ކަންތައްތައް ހިންގުމަށްޓަކައި ރަށްރަށުގައްޔާއި، އަވަށްއަވަށުގައްޔާއި، އަތޮޅުތަކުގައްޔާއި، ސިޓީތަކުގައްޔާއި، ރާއްޖެއިން ބޭރުގައި ވޯޓުފޮށްޓެއް ބަހައްޓާ ކޮންމެ ގައުމެއްގައި ހަރަކާތްތެރިވާނެ ފޯކަލް ޕޮއިންޓުން އައްޔަނުކުރާނީ އިލެކްށަންސް ކޮމިށަނުންނެވެ.
5 ވަނަ މާއްދާ - ފޯކަލް ޕޮއިންޓުންނާއި، ފޯކަލްޕޮއިންޓުންގެ އެހީތެރިންގެ މަސްއޫލިއްޔަތާއި ޒިންމާ
(ހ) އިންތިހާބުގެ މަސައްކަތްތައް ކުރުމަށް އައްޔަނުކޮށްފައިވާ ފޯކަލް ޕޮއިންޓުންނާއި، ފޯކަލް ޕޮއިންޓުންގެ އެހީތެރީން، އެ މީހުންގެ މަސްއޫލިއްޔަތާއި ޒިންމާތައް އަދާކުރަންވާނީ، އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.
(ށ) އިންތިހާބުގެ މަސައްކަތް ކުރުމަށްޓަކައި އައްޔަނުކޮށްފައިވާ ފޯކަލް ޕޮއިންޓުން، އިލެކްށަންސް ކޮމިށަނުން އެ ފަރާތްތަކާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތު އަދާކޮށް ނިމުމުން، އިލެކްށަންސް ކޮމިށަނުން ދޭ ފޯމެޓަކާ އެއްގޮތަށް، އެ މަސައްކަތާބެހޭ ރިޕޯޓެއް، އިންތިހާބު ނިމޭތާ ގިނަވެގެން 21 (އެކާވީސް) ދުވަހުގެ ތެރޭގައި އިލެކްށަންސް ކޮމިށަނަށް ފޮނުވަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ރިޕޯޓު، ކަނޑައެޅިފައިވާ މުއްދަތަށް ނުފޮނުވައިފިނަމަ، އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ އިހްތިޔާރު ،އިލެކްށަންސް ކޮމިށަނަށް ލިބިގެންވެއެވެ.
6 ވަނަ މާއްދާ - ފޯކަލް ޕޮއިންޓުންގެ މުއްދަތު
މި ގަވާއިދުގެ ދަށުން އައްޔަނުކުރާ ރަށު ފޯކަލް ޕޮއިންޓުންނާއި، އަވަށު ފޯކަލް ޕޮއިންޓުންނާއި، އަތޮޅު ފޯކަލް ޕޮއިންޓުންނާއި، ސިޓީ ފޯކަލް ޕޮއިންޓުން މަގާމުގައި ދެމިތިބޭނީ، މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، އިލެކްށަންސް ކޮމިށަނުން އެ ފޯކަލް ޕޮއިންޓުން އައްޔަނުކުރާ ދުވަހުން ފެށިގެން، އެ ފޯކަލް ޕޮއިންޓެއްގެ މަސައްކަތް ނިމުނުކަމަށް އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ތާރީހަކާ ހަމައަށެވެ.
7 ވަނަ މާއްދާ - ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ
(ހ) ރިޔާސީ އިންތިހާބުގެ ވޯޓު ނެގުމަށްޓަކައި ގާނޫނު ނަންބަރު 2008-12 (ރިޔާސީ އިންތިހާބުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ސައްހަ ރަޖިސްޓަރީއެއް، ނޭށަނަލް ރަޖިސްޓްރޭށަނާ ގުޅޭ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ދައުލަތުގެ އިދާރާއިން ބަލަހައްޓާ ގައުމީ ޑޭޓާބޭސްގައި ހިމެނޭ ދިވެހި ރައްޔިތުންގެ މައުލޫމާތުގެ އަލީގައި އިލެކްށަންސް ކޮމިށަނުން ތައްޔާރުކޮށް ބަލަހައްޓަންވާނެއެވެ. އަދި އެ ރަޖިސްޓަރ،ީ އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ތާރީހެއްގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށް، އިލެކްށަންސް ކޮމިށަނުގެ ވެބްސައިޓުގައި ވެސް އެ މައުލޫމާތު އާންމު ކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހު، ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރ،ީ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާންމުކޮށް ފެންނަގޮތަށް އިލެކްށަންސް ކޮމިށަނުން ބަހައްޓަންވާނެއެވެ. އަދި އެ އިންތިހާބެއްގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ ހުރިހާ މީހުންގެ ރަޖިސްޓަރ،ީ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެކަމަށް އެދޭ ކޮންމެ ފަރާތަކަށް ބެލޭނެ އިންތިޒާމު އިލެކްށަންސް ކޮމިށަނުން ހަމަޖައްސަންވާނެއެވެ.
8 ވަނަ މާއްދާ - ރަޖިސްޓަރީގެ ކޮޕީ ސިޔާސީ ޕާޓީތަކަށް ފޮނުވުމާއި ށަކުވާ އުފުލުމަށް ހުޅުވައިލުން
(ހ) އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 9 ވަނަ މާއްދާގެ ދަށުން ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ އާންމުކުރުމުގެ އިތުރުން، އެ ގާނޫނުގެ 8 ވަނަ މާއްދާގެ ދަށުން އިލެކްށަންސް ކޮމިށަނުން އެކުލަވައިލައިފައިވާ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތަފުސީލު މައުލޫމާތު އެކުލެވޭ ރަޖިސްޓަރީގެ ކޮޕީއެއް، ސިޔާސީ ޕާޓީތަކަށް، އިލެކްށަންސް ކޮމިށަނުން ފޮނުވަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ސިޔާސީ ޕާޓީތަކަށް ފޮނުވާ ރަޖިސްޓަރީގައި ހިމެނޭ މައުލޫމާތެއްގެ ސައްހަކަމާމެދު އެއިން ފަރާތެއްގެ ށަކުވާއެއް އޮތްނަމަ، އެކަމުގެ ށަކުވާ، އެ ރަޖިސްޓަރީ އެ ފަރާތްތަކަށް ފޮނުވާ ތާރީހުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އިލެކްށަންސް ކޮމިށަނަށް ހުށަހެޅުމަށް އެ ފަރާތްތަކަށް ފުރުސަތު ހުޅުވައިލަންވާނެއެވެ. މިފަދައިން ހުޅުވައިލެވޭ ފުރުސަތުގައި، ރަށު ފޯކަލް ޕޮއިންޓުންނާއި، އަވަށު ފޯކަލް ޕޮއިންޓުންނާއި،އަތޮޅު ފޯކަލް ޕޮއިންޓުންނާއި، ސިޓީ ފޯކަލް ޕޮއިންޓުންނަށް ވެސް ށަކުވާ ހުށަހެޅިދާނެއެވެ.
(ނ) އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 10 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައި ހިމެނިފައިވާ މައުލޫމާތަކާ ގުޅޭގޮތުން ނުވަތަ ހިމެނިފައިނުވާ މައުލޫމާތަކާ ގުޅޭގޮތުން، ނުވަތަ އެ ރަޖިސްޓަރީ ސައްހަކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލަކާ ގުޅޭގޮތުން ނުވަތަ އުނިއިތުރަކާ ގުޅޭގޮތުން ށަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، ށަކުވާ ހުށަހެޅުމަށް ހުޅުވައިލާ ތާރީހުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އިލެކްށަންސް ފޯކަލް ޕޮއިންޓުތަކަށް ނުވަތަ އިލެކްށަންސް ކޮމިށަނަށް ށަކުވާ ހުށަހެޅިދާނެއެވެ. ށަކުވާ ހުށަހަޅާނީ، "ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއާބެހޭ ށަކުވާ ހުށަހަޅާ ފޯމު" ންނެވެ. މި ފޯމ،ު އިލެކްށަންސް ކޮމިށަނުގެވެބްސައިޓުންނާއި، ކައުންސިލްގެ އިދާރާތަކުންނާއި، އިލެކްށަންސް ފޯކަލް ޕޮއިންޓުން މެދުވެރިކޮށް ލިބޭނެ އިންތިޒާމު އިލެކްށަންސް ކޮމިށަނުން ހަމަޖައްސަންވާނެއެވެ.
(ރ) މި މާއްދާގެ (ށ) އާއި (ނ) ގެ ދަށުން އިލެކްށަންސް ކޮމިށަނަށް ހުށަހެޅޭ ށަކުވާތައް، އެ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުތައް ހަމަވާ ތާރީހުން ފެށިގެން ގިނަވެގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި ކޮމިށަނުން ބަލައި، އެ ށަކުވާތަކާމެދު ގޮތެއް ކަނޑައަޅަންވާނެއެވެ. އަދި ކޮމިށަނުން ށަކުވާތަކާމެދު ކަނޑައެޅި ގޮތެއް، އެ މުއްދަތުގެ ތެރޭގައި، އެ ށަކުވާއެއް ހުށަހެޅި ފަރާތަކަށް ސަބަބާއެކު އަންގަންވާނެއެވެ.
(ބ) މި މާއްދާގެ (ރ) ގެ ދަށުން އިލެކްށަންސް ކޮމިށަނުން ނިންމާ ނިންމުމަކާމެދު ށަކުވާ ހުށަހެޅި ފަރާތަކުން ހިތްހަމަނުޖެހޭނަމަ، ކޮމިށަނުން އެ މައްސަލައަކާމެދު ނިންމި ނިންމުން އެ ފަރާތަށް އަންގާތާ ގިނަވެގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި، އެ މައްސަލައެއް، ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުގެ އިހްތިޔާރު އެ ފަރާތަކަށް ލިބިގެންވެއެވެ.
(ޅ) މި މާއްދާގެ (ބ) ގެ ދަށުން ހައިކޯޓަށް ހުށަހެޅޭ މައްސަލައަކާމެދ،ު އެ މައްސަލައެއް ހުށަހަޅާތާ ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ ކޯޓުން ގޮތެއް ނިންމަންވާނެއެވެ.
9 ވަނަ މާއްދާ - ރަޖިސްޓަރީއާބެހޭ މައްސަލަތައް އިލެކްށަންސް ކޮމިށަނަށް ފޮނުވުން
ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއާ ބެހޭގޮތުން އިލެކްށަންސް ފޯކަލް ޕޮއިންޓުންނަށް ހުށަހަޅާ މައްސަލަތައް، އެ މައްސަލައެއް ބަލައިގަތް ފަރާތަކުން، ދުވަހުން ދުވަހަށް އިލެކްށަންސް ކޮމިށަނަށް ފޮނުވަމުން ގެންދަންވާނެއެވެ.
10 ވަނަ މާއްދާ - ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރެވޭ ރަޖިސްޓަރީއަށް ބަދަލުގެނައުން
(ހ) މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ސައްހަ ރަޖިސްޓަރީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އިލެކްށަން ކޮމިށަނަށް ލިޔުމުން ހުށަހެޅިފައިވާ ށަކުވާއާއި، ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކުން ހުށަހަޅައިފައިވާ ށަކުވާތަކާ ގުޅިގެން ގެނެވޭ ބަދަލުތައް ނޫން އެއްވެސް ބަދަލެއް ނުގެނެވޭނެއެވެ. މިގޮތަށް ލިޔުމުން ހުށަހެޅޭ ށަކުވާއަކާ ގުޅިގެން ރަޖިސްޓަރީއަށް ބަދަލު ގެނެވޭނީ އަންނަނިވި ގޮތުގެ މަތީންނެވެ.
- ރަޖިސްޓަރީއަށް މީހަކު އިތުރުކުރެވޭނީ، ރަޖިސްޓަރީގައި ނަން ނެތިގެން ހުށަހަޅައިފައިވާ ށަކުވާއާއެކު އެ މީހަކީ ވޯޓުލާ ދުވަހަށް 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެހި ރައްޔިތެއްކަން ސާބިތުކޮށްދޭނެ ލިޔުމެއްގެ އަސްލު ނުވަތަ އަސްލާ އެއްގޮތްކަން އަންގައިދޭ އެޓެސްޓްކޮށްފައިވާ ކޮޕީ ހުށަހެޅުމުން، އެ ކަން އެ ކަމާ ގުޅޭ މުއައްސަސާއަކުން ކަށަވަރުކުރުމަށްފަހުގައެވެ. މި ލިޔުމުގައި ރަޖިސްޓަރީއަށް އިތުރުކުރަން އެދިފައިވާ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެހާއި، އުފަން ތާރީހާއި، ޖިންސާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ހިމަނައިފައި އޮންނަންވާނެއެވެ.
- ރަޖިސްޓަރީން މީހަކު އުނިކުރެވޭނީ، ރަޖިސްޓަރީގައި ހިމެނިފައިވާ ފަރާތެއް އުނިކުރުމަށް ހުށަހަޅައިފައިވާ ށަކުވާއާއެކު އެ މީހަކީ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުން އުނިކުރަންޖެހޭ މީހެއްކަން ސާބިތުކޮށްދޭނެ ރަސްމީ ލިޔުމެއްގެ އަސްލު ނުވަތަ އަސްލާ އެއްގޮތްކަން އަންގައިދޭ ކޮޕީއެއް ހުށަހެޅުމުންނެވެ.
- ރަޖިސްޓަރީގައި ހިމެނިފައިވާ މައުލޫމާތަކަށް ބަދަލުގެނެވޭނީ، ރަޖިސްޓަރީގައި ހިމެނިފައިވާ މައުލޫމާތެއް ބަދަލުކުރުމަށް އެދި ހުށަހަޅައިފައިވާ ށަކުވާއާއެކު ލިސްޓަށް ގެންނަން އެދިފައިވާ ބަދަލަކީ ސައްހަ ބަދަލެއްކަން ސާބިތުކޮށްދޭނެ ރަސްމީ ލިޔުމެއްގެ އަސްލު ނުވަތަ އަސްލާ އެއްގޮތްކަން އަން ގައިދޭ ކޮޕީއެއް ހުށަހެޅުމުންނެވެ.
(ށ) ނިޔާވެފައިވާ މީހެއްގެ ނަން ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީން އުނިކުރުމުގައި ސައްހަ ލިޔުމެއްގެ ގޮތުގައި ބަލާނީ، މަރު ސާބިތުކުރި ލިޔުން، ރަށްވެހިންގެ ރަޖިސްޓަރ،ީ އުނިކުރަން އެދިފައިވާ މީހަކީ މަރުވެފައިވާ މީހެއްކަމަށް ދައުލަތުގެ މުއައްސަސާއަކުން ދޫކޮށްފައިވާ ރަސްމީ ލިޔުން ފަދަ ލިޔުންތަކެވެ.
(ނ) ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް ހުށަހަޅާ ށަކުވާތަކާބެހޭ މައުލޫމާތު، އެ ށަކުވާގެ ބާވަތާއި އެ ށަކުވާއަކާމެދު އަމަލުކުރެވުނު ގޮތް އެނގޭގޮތަށް އިލެކްށަންސް ކޮމިށަނުން ދަފުތަރުކޮށް ބަލަހައްޓަންވާނެއެވެ.
(ރ) ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް، އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 11 ވަނަ މާއްދާގެ ދަށުން ބަދަލެއް ގެންނަންޖެހޭނަމަ، އިލެކްށަންސް ކޮމިށަނުން އެ ބަދަލެއް އެ ރަޖިސްޓަރީއަށް ގެނެސ،ް އެކަން ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށް، އެ ބަދަލުތައް، ކެންޑިޑޭޓުންނަށާއި ސިޔާސީ ޕާޓީތަކަށް، އިލެކްށަންސް ކޮމިށަނުން ފޮނުވަންވާނެއެވެ.
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ބަދަލ،ު އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 9 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އާންމުކޮށް ބެލޭނޭގޮތަށް ބަހައްޓައިފައިވާ އެ ރަޖިސްޓަރީގެ ކޮޕީތަކަށް ވެސް ގެންނަންވާނެއެވެ.
(ޅ) ރިޔާސީ އިންތިހާބުގައި ވޯޓުލެވޭނީ، އިލެކްށަންސް ކޮމިށަނުން އާންމުކޮށް ށާއިއުކުރ،ާ ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ލިސްޓުގައި ނަން ހިމެނިފައިވާ މީހުންނަށެވެ.
(ކ) މި މާއްދާގެ ދަށުން އާންމު ކުރެވޭ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ލިސްޓުގައި، އެ ލިސްޓު ސައްހަކަމަށް އެއްބަސްވ،ެ އިލެކްށަންސް ކޮމިށަނާއި، ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުން ސޮއިކޮށް، އިނގިލީގެ ނިށާން ޖަހަންވާނެއެވެ. މިގޮތުން ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުން ސޮއިކުރުމަށް ހުޅުވައިލެވޭ މުއްދަތުގައި ކެންޑިޑޭޓަކު ނުވަތަ ކެންޑިޑޭޓުގެ މަންދޫބަކު ސޮއިކުރުމަށް ހާޒިރުނުވާނަމަ ބެލޭނީ، އެ ކެންޑިޑޭޓަކަށް ލިބުނު ފުރުސަތު ދޫކޮށްލީކަމަށެވެ.
11 ވަނަ މާއްދާ - ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ އާންމު ކުރުމާއި ބޭނުންކުރުން
(ހ) ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރ،ީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރުމަށްފަހު، ރިޔާސީ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނުކުރުމާ ހަމަޔަށް އިލެކްށަންސް ކޮމިށަނުގެ ވެބްސައިޓުގައި އާންމުކޮށް ބެލޭނެގޮތަށް ށާއިއުކޮށްފައި ހުންނަންވާނެއެވެ.
(ށ) މި ގަވާއިދުގެ ދަށުން ކެންޑިޑޭޓުންނަށާއި ސިޔާސީ ޕާޓީތަކަށް ފޮނުވާ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައި އެކުލެވޭ މީހުންގެ ޒާތީ މައުލޫމާތު އެ ފަރާތްތަކުން ބޭނުންކުރަންވާނީ ޒިންމާދާރުކަމާއެކުގައި، ހަމައެކަނި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައި އެކުލެވޭ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށެވެ. އަދި އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 9 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ މިންވަރަށް ފިޔަވައި، ވޯޓުދިނުމުގެ ހައްގު ލިބިގެންވާ އެއްވެސް ފަރާތެއްގެ ޒާތީ މައުލޫމާތު، އެއްވެސް ފަރާތަކުން އާންމުކޮށްގެން ނުވާނެއެވެ. އަދި އެ ރަޖިސްޓަރީގައިވާ އެއްވެސް މައުލޫމާތެއް، އިންތިހާބުގެ ބޭނުންތަކަށް މެނުވީ ބޭނުންކުރުމަކީ މަނާކަމެކެވެ. ހާއްސަގޮތެއްގައި، އެ މައުލޫމާތު ވިޔަފާރީގެ ބޭނުމަކަށް ޓަކައި ނުވަތަ މާލީ ފައިދާއެއް ހޯދުމަށްޓަކައި ބޭނުންކުރުމަކީ މަނާކަމެކެވެ.
12 ވަނަ މާއްދާ - އެހެން ތަނެއްގައި ދިރިއުޅޭ މީހުން ވޯޓުދިނުމަށްޓަކައި ރ-ީރަޖިސްޓަރީކުރުން
(ހ) އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގައިވާ ފަދައިން ރިޔާސީ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހަކު، ވޯޓުލުން އޮންނަ ދުވަހު ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައި އެ މީހެއްގެ ދާއިމީ އެޑްރެސްކަމަށް ބަޔާންކޮށްފައިވާ ރަށުގައި އެ މީހަކު ނޫޅޭކަމުގައިވާނަމަ، އަދި ރާއްޖޭގައި މީހުން ދިރިއުޅޭ އެހެން ރަށެއްގައި ނުވަތަ ރިޒޯޓެއްގައި ނުވަތަ ސިނާއީ މަސައްކަތްކުރާ ރަށެއްގައި ނުވަތަ ރާއްޖެއިން ބޭރުގައި ވޯޓު ނެގުމަށް ކަނޑައެޅިފައިވާ ގައުމެއްގައި ހުރ،ެ ރިޔާސީ އިންތިހާބުގައި އެ މީހަކު ވޯޓު ލުމަށް ބޭނުންނަމަ، ވޯޓުލާ ދުވަހު އެ މީހަކު ހުންނާނެ ތަނެއް، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރީ-ރަޖިސްޓަރީކުރަން ވާނެއެވެ.
(ށ) ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ނުވަތަ ތަނެއްގައި ތިބޭ މީހުން ވޯޓު ލުމަށްޓަކައި ރަޖިސްޓަރީވާން ބޭނުންނަމަ، އެކަމަށް ކޮމިށަނުން އާންމުކޮށް އިއުލާނުކޮށް އަންގާ ގޮތެއްގެ މަތީން އެ މީހެއްގެ މައުލޫމާތު ކޮމިށަނަށް ނުވަތަ ކޮމިށަނުން ކަނޑައަޅާ ތަނަކަށް، ކަނޑައަޅައިފައިވާ މުއްދަތުގައި "ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު" އިން ނުވަތަ ކޮމިށަނުން ކަނޑައަޅާ ނިޒާމުގެ ތެރެއިން ހުށަހަޅަންވާނެއެވެ. މިގޮތުން އީމެއިލުން ސީދާ އިލެކްށަންސް ކޮމިށަނަށް ނުވަތަ ކޮމިށަނުން ފޯމު ބަލައިގަތުމަށް ކަނޑައަޅައިފައިވާ ފަރާތްތަކަށް ނުވަތަ އިދާރާއަކަށް ފޮނުވާ ފޯމުގެ ސައްހަކަން ކަށަވަރުކުރަން ދަތިވާނެތީ، އެފަދަ ވަސީލަތްތައް މެދުވެރިކޮށް ފޮނުވާ ފޯމު ބަލައެއް ނުގަނެވޭނެއެވެ.
(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން، ވޯޓުލުން އޮންނަ ދުވަހު އެ މީހަކު ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ހުންނާނޭކަމަށް ކަނޑައަޅައި، އެ ތަނަކީ އިލެކްށަންސް ކޮމިށަނުން ވޯޓުފޮށްޓެއް ބަހައްޓަން ކަނޑައަޅައިފައިވާ ތަނެއް ނަމަ، އެ ތަނެއްގައި ރަޖިސްޓަރީ ކުރުމަށް ކޮމިށަނުން ދީފައިވާ މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ކުރުމަށް ހުށަހެޅުމުން، އެ ހުށަހަޅާ ތަނެއްގައި އެ މީހަކަށް ވޯޓު ލެވޭނެ ގޮތަށް އެ މީހެއްގެ ނަން ރަޖިސްޓަރީކުރަން ވާނެއެވެ. އަދި ވޯޓުލުން އޮންނަ ދުވަހު އެ ތަނެއްގައި އެ މީހަކަށް ވޯޓުލެވޭނެ އިންތިޒާމު އިލެކްށަންސް ކޮމިށަނުން ހަމަޖައްސަންވާނެއެވެ. މި މާއްދާގައި މިގޮތަށް އޮތްކަމުގައި ވިޔަސ،ް އެ ތަނަކީ ވޯޓު ފޮށްޓެއް ބަހައްޓަން އިލެކްށަންސް ކޮމިށަނުން ކަނޑައަޅައިފައިވާ ތަނެއް ކަމުގައި ވާންޖެހޭނެއެވެ. މިގޮތުން، ވޯޓުފޮށްޓެއް ބަހައްޓަން އިލެކްށަންސް ކޮމިށނުން ކަނޑައަޅައިފައިވާ ތަނެއް ނޫން އެހެން ތަނަކަށް ވޯޓުލުމަށް ރަޖިސްޓަރީކުރުމަށް ހުށަހަޅައިފައިވާ މީހުން އަމަލުކުރަންވީ ގޮތް އިލެކްށަންސް ކޮމިށަނުން އާންމުކޮށް އަންގައި އިއުލާނު ކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން، ވޯޓުލުން އޮންނަ ދުވަހު، އެ މީހަކު ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ނުވަތަ އެހެން ތަނެއްގައި ހުންނާނެކަމަށް އިލެކްށަންސް ކޮމިށަނަށް އަންގައި ރ-ީރަޖިސްޓަރީކުރުމަށްފަހު، އެ ތަން ފިޔަވައި އެހެން ތަނެއްގައި އެ މީހަކަށް ވޯޓެއް ނުލެވޭނެއެވެ.
(ބ) މި މާއްދާގައިވާ ގޮތުގެ މަތީން ރ-ީރަޖިސްޓަރީކުރެވޭ ފަރާތްތަކުގެ ނަމާއި، ޖިންސާއި، ދާއިމީ އެޑްރެހާއި، އެ ފަރާތްތައް އަލުން ރަޖިސްޓަރީކުރެވޭ ތަން އެނގޭނެ ގޮތަށް އިލެކްށަންސް ކޮމިށަނުން ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ. އަދި އިލެކްށަންސް ކޮމިށަނުގެ ވެބްސައިޓުގައި ވެސް އެ މައުލޫމާތު ށާއިއު ކުރަންވާނެއެވެ.
(ޅ) މި މާއްދާގެ ބޭނުމަށްޓަކައި، ދައުލަތުގެ ބެލުމުގެ ދަށުން ބަންދުކޮށްފައިވާ މީހުން ރ-ީރަޖިސްޓަރީ ކުރުމަކީ އެ ބަޔަކު ބަލަހައްޓާ މުއައްސަސާއެއްގެ ޒިންމާއެކެވެ.
13 ވަނަ މާއްދާ - ރ-ީރަޖިސްޓްރޭށަނުގެ ބޭނުމަށް މައުލޫމާތު ހޯދުން
ރ-ީރަޖިސްޓަރީވުމަށް އެދިފައިވާ ފަރާތުގެ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް، އެ ފަރާތުގެ މަންމަގެ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ހޯދުމަށް ނޭށަނަލް ރަޖިސްޓްރޭށަނާ ގުޅޭ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުވެފައިވާ ދައުލަތުގެ އިދާރާގައި އެދިއްޖެ ހާލަތެއްގައި، އެ މައުލޫމާތު އިލެކްށަންސް ކޮމިށަނަށް ފޯރުކޮށްދޭންވާނެއެވެ.
14 ވަނަ މާއްދާ - ރިޔާސީ އިންތިހާބު ގެ ދެވަނަބުރަށް ރަޖިސްޓަރީވުން
(ހ) ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ރަޖިސްޓަރީކުރަން ޖެހޭނީ، ފުރަތަމަ ބުރުގައި ވޯޓުލުމަށް ހަމަޖެހިފައިވާ ފޮށި ނޫން އެހެން ފޮށްޓަކަށް ވޯޓުލާން ބޭނުން ފަރާތްތަކާއި، 18 (އަށާރަ) އަހަރު ފުރިގެން އަލަށް ވޯޓުލާ މީހުންގެ ތެރެއިން ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން އެދޭ ފަރާތްތަކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ރަޖިސްޓަރީކުރާނީ އިލެކްށަންސް ކޮމިށަނުން އާންމުކޮށް އިއުލާނުކުރާ ގޮތެއްގެ މަތީންނެވެ.
15 ވަނަ މާއްދާ - ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އިއުލާނުކުރުން
(ހ) ރިޔާސީ އިންތިހާބުގެ ގާނޫނު ގެ 5 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތުހުޅުވިއްޖެކަމަށް، އިލެކްށަންސް ކޮމިށަނުން އާންމުކޮށް އަންގައި އިއުލާނުކުރަން ވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އިލެކްށަންސް ކޮމިށަނުން ކުރާ އިއުލާނުގައި، ރިޔާސީ އިންތިހާބުގެ ގާނޫނާއި އިންތިހާބުތަކާބެހޭ އާންމު ގާނޫނުގައި ބަޔާންކޮށްފައިވާ މައުލޫމާތާއި ތަކެތި ހިމަނަންވާނެއެވެ.
16 ވަނަ މާއްދާ - ރިޔާސީ އިންތިހާބަށް ކުރިމަތިލުން
(ހ) މި ގަވާއިދުގެ 14 ވަނަ މާއްދާގެ (ހ) ގެ ދަށުން އިލެކްށަންސް ކޮމިށަނުން ކުރާ އިއުލާނުގައި، ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެކަމަށް އެދި ހުށަހެޅުމަށް، މަދުވެގެން 10 (ދިހައެއް) ދުވަހުގެ މުއްދަތު ދޭންވާނެއެވެ.
(ށ) ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވިއްޖެކަން އެންގުމުގެގޮތުންކުރާ އިއުލާނުގައި، މިކަމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ އެޕްލިކޭށަން ފޯމާއި، ރިޔާސީ އިންތިހާބުގެ ގާނޫނުގެ 9 ވަނަ މާއްދާގައި އެ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތިކަމަށް ބަޔާންކޮށްފައިވާ ތަކެތި ހިމަނަންވާނެއެވެ. މީގެ ތެރޭގައި ހިމެނީ،ޭ އިންތިހާބުގެ ތާއީދު ހޯދުމަށް ބޭނުންކުރާ ނިށާން ފާސްކުރާއިރު ދެފަރާތަކުން ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކުން އެއް ނިށާނެއް ހުށަހަޅައިފައިވާނަމަ، އެ ނިށާން ފާސްކުރުމުގައި އިސްކަންދޭނީ، ކުރިން ނިށާން ހުށަހެޅި ފަރާތަށެވެ. ސިޔާސީ ޕާޓީއެއްގެ ފަރާތުން ކުރިމަތިލާ ކެންޑިޑޭޓުންނަށް، ޕާޓީގެ ނިށާން، ޕާޓީގެ ހުއްދަޔާއެކު ބޭނުންކުރެވިދާނެއެވެ. ސިޔާސީ ޕާޓީއެއްގެ ނިށާން ނުވަތަ އެ ނިށާނާ އެއްވައްތަރު ނިށާނެއް އެ ޕާޓީ ފިޔަވައި އެހެން ފަރާތަކަށް ބޭނުމެއް ނުކުރެވޭނެއެވެ.
17 ވަނަ މާއްދާ - ރިޔާސީ ކެންޑިޑޭޓުންގެ ނަން އިއުލާނުކުރުން
ރިޔާސީ އިންތިހާބުގެ ގާނޫނުގެ 10 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހާއާ އެކުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމަށް ހުންނަން އޭނާ ހުށަހަޅާ މީހާގެ ފުރިހަމަ ނަމާއި އެޑްރެސް އާންމުކޮށް އިއުލާނުކޮށް، އިލެކްށަންސް ކޮމިށަނުގެ ވެބްސައިޓުގައި އާންމުކުރަންވާނެއެވެ.
18 ވަނަ މާއްދާ - ނަން އަނބުރާ ގެންދިއުން
ރިޔާސީ އިންތިހާބަށް ކުރިމަތިލަ އިފައިވާ މީހަކު، އޭނާގެ ނަން އަނބުރާ ގެންދަ ން ބޭނުންވެއްޖެނަމަ، ކެންޑިޑޭޓުންގެ ނަންތައް ގުރުއަތުލައި ތަރުތީބުކޮށް އިއުލާނުކުރުމުގެ ކުރިން، އެ މީހަކަށް، އެ މީހެއްގެ ނަން އަނބުރާ ގެންދިޔުމުގެ އިހްތިޔާރު ލިބިގެންވެއެވެ.
19 ވަނަ މާއްދާ - އިދާރީ ފީ
ރިޔާސީ އިންތިހާބުގެ ގާނޫނުގެ 9 ވަނަ މާއްދާގެ (ށ) ގެ ދަށުން އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުން ދައްކަންޖެހޭ އިދާރީ ފީއަށްވާ 100,000 (އެއްލައްކަ) ރުފިޔާ ދައްކާނީ ،ދައުލަތަށް ފައިސާ ބަލައިގަތުމަށް ކަނޑައެޅިފައިވާ ނިޒާމުގެ ތެރެއިންނެވެ.
20 ވަނަ މާއްދާ - ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުން
(ހ) ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހުންގެ ތެރެއިން ށަރުޠު ހަމަވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށްޓަކައި ގުރުއަތުލުން އޮންނަ ތަނާއި ތާރީހާއި ގަޑ،ި ކެންޑިޑޭޓުންނަށް އަންގައި، އިލެކްށަންސް ކޮމިށަނުން އިއުލާނު ކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގުރުއަތުލުން ބާއްވަންވާނީ، އިންތިހާބަށް ކުރިމަތިލައިފައިވާ ކެންޑިޑޭޓުންގެ ހާޒިރުގައި ނުވަތަ އެ ކެންޑިޑޭޓުން ކަނޑައަޅާ މަންދޫބުންގެ ހާޒިރުގައެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކެންޑިޑޭޓަކު، މަންދޫބަކު އައްޔަނުކުރާނަމަ، އެ މީހަކު މަންދޫބަކަށް އައްޔަނުކުރިކަމުގެ ލިޔުމަކާއެކު،ގުރުއަތު ނަގާ ތަނަކަށް، އެ މަންދޫބުގެ ދިވެހި ރައްޔިތެއްކަން އަންގައިދ،ޭމުއްދަތު ހަމަނުވާ ކާޑާއެކު އެ މީހަކު ފޮނުވަންވާނެއެވެ. އެ ލިޔުމުގައި،މަންދޫބުގެ ފުރިހަމަ ނަމާއި، އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ލިޔެފައި އޮންނަންވާނެއެވެ.
(ރ) ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުމަށް ބާއްވާ ގުރުއަތުލުމަށް ކެންޑިޑޭޓަކު ނުވަތަ އޭނާ އައްޔަނުކުރާ މަންދޫބަކު ހާޒިރުނުވެއްޖެނަމަ، އެ ކެންޑިޑޭޓެއްގެ ބަދަލުގައި ގުރުއަތުގައި ބައިވެރިވާނީ، އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ފަރާތެކެވެ.
21 ވަނަ މާއްދާ - ކެންޑިޑޭޓުންގެ ސަލާމަތާއި ރައްކައުތެރިކަން
ރިޔާސީ އިންތިހާބުގެ ގާނޫނުގެ 11 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ރިޔާސީ ކެންޑިޑޭޓުންނަށާއި، އެ ކެންޑިޑޭޓުންނާ އެކުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމަށް ހުންނަން އެ ކެންޑިޑޭޓުން ހުށަހަޅައިފައިވާ މީހުންނަށް، ދައުލަތުގެ ހަރަދުގައި ސަލާމަތާއި ރައްކައުތެރިކަމުގެ ހިދުމަތ،ް ދިވެހިރާއްޖޭގެ ސަލާމަތީ ހިދުމަތްތައް މެދުވެރިކޮށް ފޯރުކޮށްދިނުމުގެ އިންތިޒާމ،ު އިލެކްށަންސް ކޮމިށަނުން ހަމަޖައްސައިދޭންވާނެއެވެ.
22 ވަނަ މާއްދާ - ރިޔާސީ އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުން ތާއީދު ހޯދުމަށް މަސައްކަތްކުރުމުގެ މުއްދަތު
ރިޔާސީ އިންތިހާބުގެ ގާނޫނުގެ 10 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ރިޔާސީ އިންތިހާބަށް ކުރިމަތިލި މީހުންގެ ތެރެއިން ށަރުޠު ހަމަވާ ކެންޑިޑޭޓުންގެ ނަންތައް އިއުލާނުކުރާ ދުވަހުން ފެށިގެން ވޯޓުނަގާ ދުވަހާ ދެމެދު ކެންޑިޑޭޓުން ތާއީދު ހޯދުމަށް މަސައްކަތް ކުރުމަށްޓަކައި، މަދުވެގެން 30 (ތިރީސް) ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ.
23 ވަނަ މާއްދާ - ތާއީދު ހޯދުމަށް މަސައްކަތްކުރުން
(ހ) ރިޔާސީ އިންތިހާބަށް ކުރިމަތިލައިފައިވާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް،އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 28 ވަނަ މާއްދާގައިވާ ގޮތުގެ މަތީން މަސައްކަތްކުރުމުގެ ހައްގު ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) އިން ކެންޑިޑޭޓުންނަށް ލިބިދީފައިވާ ހައްގުގެ ދަށުން، ކެންޑިޑޭޓުން ތާއީދު ހޯދުމަށް މަސައްކަތްކުރުމުގައި، ތިރީގައި މިވާ ކަންތައްތައް ކުރެވިދާނެއެވެ.
- ތާއީދު ހޯދުމުގެ ގޮތުން މީހުންނާ ބައްދަލުކޮށް ވާހަކަދެއްކުން؛
- ސުލްހަވެރިކަމާއެކު އެއްވުންތައް ބޭއްވުން؛
- ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ހަބަރު ފަތުރާ ވަސީލަތްތަކުގެ ބޭނުންހިފުން؛
- ތާއީދު ހޯދުމުގެ ގޮތުން މީހުންނަށް ސިޓީ ފޮނުވުމާއި، ފޮޓޯއާއި ސްޓިކާއާއިލިޔުންފަދަ ތަކެތި ބެހުމާއި، އެ ތަކެތި އާންމުކޮށް ފެންނާނޭ ހެން ބެހެއްޓުން؛
- ނިށާނާއި، ނިށާން ޖަހައިފައިވާ ތަކެތި ގެންގުޅުމާއި ބޭނުންކުރުން؛
- އިސްތިހާރުކުރުން؛
- ރިޔާސީ އިންތިހާބުގެ ގާނޫނާއި، އިންތިހާބުތަކާބެހޭ އާންމު ގާނޫނު ހިމެނޭގޮތުން،ދިވެހިރާއްޖޭގެ ގާނޫނުތަކާއި، ކަމާބެހޭ ގަވާއިދުތަކާ ހިލާފުނުވާ ގޮތަށް ކަންކަން ކުރުން.
24 ވަނަ މާއްދާ - ކެންޑިޑޭޓުންނާއި އެ މީހުންނަށް ތާއީދު ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކުގެ ސުލޫކީ މިންގަނޑު
(ހ) ރިޔާސީ އިންތިހާބުގައި ތާއީދު ހޯދުމަށް މަސައްކަތްކުރާ ހުރިހާ ފަރާތްތަކުން ވެސ،ް ތިރީގައި ބަޔާކޮށްފައިވާ ސުލޫކީ މިންގަނޑަށް އަމަލުކުރަންވާނެއެވެ.
- ވަކި ޖިންސެއްގެ މީހަކަށް ވާތީ، ނުވަތަ އިސްލާމްދީނުގައި ވަކި މަޒުހަބަކަށް އުޅެންމުންދާކަމަށްޓަކައި، ނުވަތަ ވަކި ބަހުރުވައަކުން ވާހަކަދައްކާ ކަމަށްޓަކައި، އެއީ ވަކި ކެންޑިޑޭޓަކަށް ވޯޓު ދިނުމަށް ނުވަތަ ވޯޓު ނުދިނުމަށް އޮތް ސަބަބެއް ކަމުގައި އެއްވެސް ބަޔަކަށް ހުށަހަޅައިގެން ނުވާނެއެވެ.
- ކެންޑިޑޭޓުންނަށް ނުވަތަ ޕާޓީއަކަށް ތާއީދު ހޯދުމަށް ބާއްވާ އެއްވެސް ބައްދަލުވުމެއް ނުވަތަ ހަރަކާތެއް ބާއްވަންވާނީ، އެކަމަށް ކަނޑައެޅިފައިވާ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
- ދީނީ އެކިއެކި މުނާސަބަތުގައްޔާއި، ދީނީ ދަރުސްތަކުގައްޔާއި ހުޠުބާތަކުގައި ވަކި ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެއެވެ.
- ސްކޫލްތަކާއި، މަދަރުސާތަކާއި، ކޮލެޖުތަކާއި، ޔުނިވަރސިޓީތަކާއި، ކިޔަވައިދޭ އެހެނިހެން ތަންތަނުން ދޭ ފިލާވަޅުތައް މެދުވެރިކޮށް ވަކި ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް އެއްވެސް މަސައްކަތެއް ކޮށްގެންނުވާނެއެވެ.
- ކިޔަވައިދޭ ތަންތަނާއި އިޖުތިމާއީ ކަންކަން ހިންގާ ތަންތަން ފިޔަވައި ސަރުކާރުގެ އޮފީސްތަކާއި ކައުންސިލްތަކުގެ އިދާރާތަކާއިއެ އިދާރާތަކުގެ ގޯތިތެރ،ެ އިންތިހާބަށް ކެންޕޭނު ކުރުމަށް ބޭނުންކޮށްގެން ނުވާނެއެވެ. ކިޔަވައިދޭ ތަންތަނުގެ ގޯއްޗާއި ހޯލު ފަދަ ތަންތަން ބޭނުންކުރަންވާނީ ކަނޑައެޅިފައިވާ ހުއްދަ ލިބިގެންނެވެ.
- އެއްވެސް ކެންޑިޑޭޓަކު ނުވަތަ އެ ކެންޑިޑޭޓަކަށް ތާއީދުކުރާ ބަޔަކު، އެހެން ކެންޑިޑޭޓަކު ތާއީދު ހޯދުމަށް ހިންގަމުންގެންދާ ބައްދަލުވުމަކަށް ހުރަސްއެޅޭ ފަދަ އަމަލެއް ކޮށްގެން ނުވާނެއެވެ.
- ތާއީދު ހޯދުމުގެ ގޮތުން ކެންޑިޑޭޓަކު ނުވަތަ އޭނާ ނިސްބަތްވާ ޕާޓީއަކުން ނުވަތަ އެ ކެންޑިޑޭޓަކަށް ތާއީދުކުރާ ބަޔަކު ބަހައްޓާ ޕޯސްޓަރު، ނުވަތަނިށާން، ނުވަތަ އެ ކެންޑިޑޭޓަކު ރަމްޒުކޮށްދޭ އެފަދަ އެހެންވެސް އެއްޗެއް، އެހެން ކެންޑިޑޭޓަކު ނުވަތަ އެހެން ކެންޑިޑޭޓަކަށް ތާއީދުކުރާ ބަޔަކު ނައްޓައި، ހަލާކުކޮށް، ގެއްލުންދީގެން ނުވާނެއެވެ.
- ކެންޑިޑޭޓަކު ނުވަތަ ކެންޑިޑޭޓަކު ނިސްބަތްވާ ޕާޓީއަކުން އެއްވުމެއްނުވަތަ ބައްދަލުވުމެއް ބާއްވަމުންދާ ތަނެއްގައި، އެ ވަގުތަކާ ދިމާކޮށް، އެހެން ޕާޓީއަކަށް ނިސްބަތްވާ ކެންޑިޑޭޓަކު ނުވަތަ އެހެން ކެންޑިޑޭޓަކަށް ތާއީދުކުރާ ބަޔަކު އެ ތަނުގައި ބައްދަލުވުމެއް އިންތިޒާމު ކޮށްގެން ނުވާނެއެވެ.
- އިންތިހާބުގައި ތާއީދު ހޯދުމަށް ބޭނުންކުރާ އެއްވެސް އެއްޗެއް، މީހެއްގެ ގެއެއްގައި ނުވަތަ އިމާރާތެއްގައި ނުވަތަ ބިމެއްގައި ބަހައްޓަންވާނީ،ނުވަތަ ހަރުކުރަންވާނީ، ނުވަތަ ތަތްކުރަންވާނީ، ނުވަތަ ދަމަންވާނީ، އެ ގެއެއްގެ ނުވަތަ އެ އިމާރާތެއްގެ ނުވަތަ ތަނެއްގެ ވެރިފަރާތުގެ ހުއްދަ ލިބިގެންނެވެ.
- ތާއީދު ހޯދުމަށް ބާއްވާ ބައްދަލުވުންތައް ހިނގަމުންދާ ވަގުތު، އުނދަގޫކޮށް، އެ ތަނެއްގައި އޮތް އިންތިޒާމު ނަގައިލުމަށް އެއްވެސް ފަރާތަކުން މަސައްކަތްކުރާނަމަ، އެ ފަރާތަކާމެދު އަމިއްލައަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި އެކަން ހައްލު ކުރަން މަސައްކަތްކުރަންވާނީ ކަމާބެހޭ ފަރާތެއް މެދުވެރިކޮށްގެންނެވެ.
- ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް މަސައްކަތްކުރުމުގައި، އެއްވެސް މީހެއްގެ އަބުރަށް އުނިކަމެއް އަތުވެދާނެ ފަދަ ކަމެއް ކޮށްގެން ނުވާނެއެވެ.
- ވަކި ގޮތަކަށް ވޯޓުލުމަށް ނުވަތަ ވޯޓުނުލުމަށް ބުނެ އެއްވެސް ފަރާތަކަށް އެއްވެސް ގޮތަކުން މަޖުބޫރު ކުރުވައި އަދި ބިރުދެއްކުމުގެ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިގެން ނުވާނެއެވެ.
- ވަކި މީހަކަށް ވޯޓުލުމަށް ނުވަތަ ވޯޓު ނުލުމަށް ބުނެ ރިށްވަތުގެގޮތުން އެއްވެސް ފަރާތަކަށް ފައިސާ ނުވަތަ ހަދިޔާދީ ހަދައިގެން ނުވާނެއެވެ. އަދި މާލީގޮތުން ނުވަތަ މާއްދީގޮތުން ފައިދާއެއް ވެދާނެ ފަދަ އެއްވެސް ކަމެއް ކޮށްދީގެން އަދި ކޮށްދިނުމަށް ހުށަހަޅައިގެން ވެސް ނުވާނެއެވެ.
- ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް މަސައްކަތްކުރުމުގައި، އިސްލާމްދީނުގެ އަސްލުތަކާ ހިލާފު އެއްވެސް ވާހަކައެއް ދައްކައި، އިސްލާމްދީނުގެ ހުރުމަތްކެނޑޭ ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ.
- ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް މަސައްކަތްކުރުމުގައި ގަވާއިދު ނަންބަރު 2013-58 (ކުނި މެނޭޖުކުރުމާބެހޭ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ފަދައިން ކެންޑިޑޭޓަކު ނުވަތަ އެހެން ފަރާތްތަކުން ވެސް އެ ގަވާއިދުގައި ބަޔާންކޮށްފައިވާ ތަންތަނަށް ކުނި އަޅައިގެން ނުވާނެއެވެ.
- ސިޔާސީ ޕާޓީތަކާއި ކެންޑިޑޭޓުން ބާއްވާ ހިނގައިލުންތަކާއި ޖަލްސާތަކާއި އެހެނިހެން ސިޔާސީ ހަރަކާތްތަކުގައި އުފެދޭ ކުނިބުނީ،ި އެ ހަރަކާތެއް އިންތިޒާމު ކުރި ފަރާތަކުން، އެ ހަރަކާތެއް ނިމުމާއެކު ނަގައި، ސާފުކުރަންވާނެއެވެ.
- ތާއީދު ހޯދުމަށް މަސައްކަތް ކުރުމުގައި، ކަރުދާހާއި ޕްލާސްޓިކުންހަދައިފައިވާ ޕޯސްޓަރުތަކާއި ލީފްލެޓް ފަދަ ތަކެތީގެ ބަދަލުގައި އެހެން ވަސީލަތްތައް ބޭނުންކުރުމަށް އިސްކަންދޭންވާނެއެވެ.
- ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް މަސައްކަތް ކުރުމުގައި ދިވެހިރާއްޖޭގެ ގާނޫނުތަކާއި އެ ގާނޫނުތަކުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާ ހިލާފު އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ.
(ށ) ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދުކުރުމުގެ ގޮތުން ނުވަތަ ތާއީދު ނުކުރުމުގެ ގޮތުން ވިޔަސ،ް ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަކަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމެއް، އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެއެވެ. ތިރީގައި މިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ކޮށްފިނަމަ، އެކަމުގެ ސަބަބުން ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަކަށް އުނިކަން ދިނީކަމަށް ބެލެވޭނެއެވެ.
- ކެންޑިޑޭޓަކު ތާއީދު ހޯދުމުގެގޮތުން ދައްކާ ވާހަކައެއްގައި ނުވަތަ އެ ނޫން ގޮތަކުން ވެސް އެހެން ކެންޑިޑޭޓެއްގެ އަމިއްލަ ދިރިއުޅުމާއި އޭނާގެ ޒާތީ ކަންކަމާ ބެހުން؛
- ސާބިތުކޮށްދެވެން ނެތް ތުހުމަތުތަކުގެ މައްޗަށް ނުވަތަ ހިނގައިދިޔަ ކަމެއްގެ ހަގީގަތް އޮޅިގެންދާ ފަދަ ގޮތަކަށް ކެންޑިޑޭޓަކާ ބެހޭގޮތުން ނުވަތަ ކެންޑިޑޭޓަކަށް ނުވަތަ ސިޔާސީ ޕާޓީއަކަށް މަސައްކަތްކޮށްދޭ ފަރާތަކާ ބެހޭގޮތުން ވާހަކަދެއްކުން ؛
- މީހުންގެ މެދުގައި ފިތުނައާއި ރުޅިވެރިކަން އުފެއްދުމަށް މަސައްކަތްކުރުން؛
- ތާއީދު ހޯދުމުގެ ގޮތުން ކެންޑިޑޭޓަކު، ނުވަތަ ކެންޑިޑޭޓަކަށް ތާއީދު ހޯދުމުގެ ގޮތުން އެ ކެންޑިޑޭޓަކަށް ތާއީދުކުރާ ބަޔަކު ބާއްވާ ށޯތަކާއި، ރެލީތަކާއި، ވެހިކަލްބުރުތަކަށް އެހެން ކެންޑިޑޭޓަކު ނުވަތަ ކެންޑިޑޭޓަކަށް ތާއީދުކުރާ ބަޔަކު ހުރަސްއެޅުން.
25 ވަނަ މާއްދާ - ވޯޓުލާ މަރުކަޒަށް ކެންޑިޑޭޓުން އައްޔަނުކުރާ މަންދޫބުން
(ހ) ކޮންމެ ކެންޑިޑޭޓަކަށް ވެސ،ް ވޯޓުލުން އޮންނަ ދުވަހު، ވޯޓު ލުމާއި ވޯޓު ގުނުމުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމަށް، ވޯޓު ލުމާއި ވޯޓު ގުނުމުގެ ކަންތައްތައް ހިނގާ ކޮންމެ މަރުކަޒަކަށް 1 (އެކެއް) މަންދޫބުއައްޔަނު ކުރެވިދާނެއެވެ.
(ށ) މި މައްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަންދޫބު އައްޔަނުކުރުމުގެ ފުރުސަތު ލިބޭނީ، އިލެކްށަންސް ކޮމިށަނުން އެކަމަށްޓަކައި އިއުލާނުކުރުމުން ދެވޭ މުއްދަތުގައި އެ ކަމަށް އެދޭ ކެންޑިޑޭޓުންނަށެވެ. މިކަމަށް އެދި ހުށަހަޅާނީ،އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.
(ނ) ވޯޓުލާ މަރުކަޒަށް ކެންޑިޑޭޓުން އައްޔަނުކުރާ މަންދޫބުންގެ ގޮތުގައި ކަނޑައަޅާ މީހުންގެ ކިބައިގައި އަންނަނިވި ށަރުޠުތައް ފުރިހަމަވާންވާނެއެވެ.
- އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައި ވުން؛
- ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒުކުރެވެމުންދާ މީހެއްކަމުގައި ނުވުން؛
- ރިޔާސީ އިންތިހާބާބެހޭ މަސައްކަތެއް ކުރުމަށް އިލެކްށަންސް ކޮމިށަނުގެ ފަރާތުން ހަވާލުވެގެން ހުރި މީހެއް ކަމުގައި ނުވުން؛
- ފަނޑިޔާރެއް ނުވަތަ މިނިވަން މުއައްސަސާއެއްގެ މެންބަރެއ/ް ވެރިއެއް ކަމުގައި ނުވުން؛
- ދިވެހި ފުލުހެއް ކަމުގައި ނުވުން، ނުވަތަ ސިފައިންގެ މީހެއް ކަމުގައި ނުވުން؛
- ކުށެއްގެ ތުހުމަތުގައި ބަންދުކޮ ށްފައި ހުރި މީހަކު ކަމުގައި ނުވުން؛
- ސުލޫކީ މިންގަނޑާ ހިލާފުވެގެން ފިޔަވަޅެއް އަޅައިފައިވާ މީހަކު ކަމުގައި ނުވުން، ނުވަތަ އިންހާބީ ކުށެއް ފާއިތުވި 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
- އިންތިހާބުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިލެކްށަންސް ކޮމިށަނުން ކަނޑައަޅައިފައިވާ ސުލޫކީ މިންގަނޑު ކިޔައި އެއާ އެއްގޮތަށް އަމަލުކުރުމަށް އެއްބަސްވެ އިގްރާރުވެފައިވާ މީހެއްކަމުގައި ވުން.
(ރ) ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުން، އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ އިގުރާރުގައި ސޮއިކުރަންވާނެއެވެ. އަދި ކެންޑިޑޭޓޫންގެ މަންދޫބުންގެ ސުލޫކީ މިންގަނޑާ އެއްގޮތަށް އަމަލުތައް ބަހައްޓަންވާނެއެވެ.
26 ވަނަ މާއްދާ - ރާއްޖޭގެ ފަރާތްތަކުން އިންތިހާބު އޮބްޒާވްކުރުން
(ހ) ރިޔާސީ އިންތިހާބު އޮބްޒާވްކުރުމަށް ރާއްޖޭގެ ފަރާތްތަކަށް ހަރަކާ ތްތެރިވުމުގެ ހުއްދަ ދޫކުރެވޭނީ، އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 40 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން، އިލެކްށަންސް ކޮމިށަނުން އެކަމަށް އެދި ހުށަހެޅުމަށް އިއުލާނު ކުރުމުން، އެކަމަށް އެދޭ ފަރާތްތަކުގެ ތެރެއިން ށަރުޠު ފުރިހަމަވާ ފަރާތްތަކަށެވެ. މިކަމަށް އެދި ހުށަހަޅާނީ، އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ނިޒާމުގެ ތެރެއިންނެވެ.
(ށ) ރިޔާސީ އިންތިހާބު އޮބްޒާވްކުރުމަށް ހުށަހަޅާ ރާއްޖޭގެ ފަރާތްތަކުގައި، ތިރީގައި ބަޔާންކޮށްފައިވާ ށަރުޠުތައް ފުރިހަމަވާންވާނެއެވެ.
- އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެއްސަކު ކަމުގައި ވުން؛
- ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒުކުރެވެމުންދާ މީހަކު ކަމުގައި ނުވުން؛
- ސިޔާސީ ޕާޓީތައް ފިޔަވައި މަދަނީ ޖަމާއަތަކުން ނުވަތަ އަމިއްލަގޮތުން އޮބްޒާވަރަކަށް ވުމަށް ހުށަހަޅާ ފަރާތެއްނަމަ، ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީއެއްގައި އެ މީހެއްގެ ނަން ހިމެނިފައިވާ މީހަކު ކަމުގައި ނުވުން؛
- ރިޔާސީ އިންތިހާބާބެހޭ މަސައްކަތެއް ކުރުމަށް އިލެކްށަންސް ކޮމިށަނުގެ ފަރާތުން ހަވާލުވެގެން ހުރި މީހަކު ކަމުގައި ނުވުން.
- އިންތިހާބުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިލެކްށަންސް ކޮމިށަނުން ކަނޑައަޅައިފައިވާ ސުލޫކީ މިންގަނޑު ކިޔައި، އެއާ އެއްގޮތަށް އަމަލުކުރުމަށް އެއްބަސްވެ އިގްރާރުވެފައިވާ މީހަކު ކަމުގައި ވުން.
(ނ) ސިޔާސީ ޕާޓީތަކަށާއި ޖަމްއިއްޔާތަކަށް ދޫކުރެވޭ އޮބްޒާވަރު ފާސް އެ ފަރާތްތަކުން ބޭނުންކުރަންވާނީ، އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.
(ރ) ސިޔާސީ ޕާޓީތަކަށާއި ޖަމްއިއްޔާތަކަށް އިންތިހާބު އޮބްޒާވްކުރުމަށް ފާސް ދޫކުރެވޭނީ، ކޮންމެ ސިޔާސީ ޕާޓީއަކަށާއި ޖަމްއިއްޔާއަކަށް، އިންތިހާބުގައި ވޯޓުލުމަށް ބަހައްޓާ ވޯޓުފޮށީގެ އަދަދަށްވުރެ %10 (ދިހައެއް އިންސައްތަ) އިތުރުނުވާ ގޮތަށެވެ.
(ބ) ސިޔާސީ ޕާޓީއެއް ނުވަތަ ޖަމްއިއްޔާއެއް ތަމްސީލުކުރާ އޮބްޒާވަރަކު، ވޯޓުލާ ސަރަހައްދުގައި ހުއްޓައި، ހަމަ އެ ސަރަހައްދަށް އެ ސިޔާސީ ޕާޓީ ނުވަތަ އެ ޖަމްއިއްޔާ ތަމްސީލުކުރާ ދެވަނަ އޮބްޒާވަރަކަށް ނުވަދެވޭނެއެވެ.
27 ވަނަ މާއްދާ - ބައިނަލްއަގްވާމީ ފަރާތްތަކުން ރިޔާސީ އިންތިހާބު އޮބްޒާވްކުރުން
ބައިނަލްއަގްވާމީ ފަރާތްތަކަށް ރިޔާސީ އިންތިހާބު އޮބްޒާވްކުރެވޭނީ، އިލެކްށަންސް ކޮމިށަނުން ދޭ ދައުވަތަކަށް ނުވަތ،ަ އިއުލާނު ކުރުމުން އެކަމަށް އެދޭ ފަރާތްތަކުގެ ތެރެއިން ތިރީގައިވާ ށަރުޠުތައް ފުރިހަމަވ،ެ އިލެކްށަންސް ކޮމިށަނުން އެކްރެޑިޓްކުރާ ފަރާތްތަކަށެވެ.
(ހ) އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހަކު ކަމުގައި ވުން.
(ށ) އެ މީހަކު ތަމްސީލުކުރާ ބައިނަލްއަގްވާމީ ފަރާތަކުން އެކްރިޑެޓް ކޮށްފައިވާ މަންދޫބަކަށް ވުން.
(ނ) އެއްވެސް ކެންޑިޑޭޓަކަށް ނުވަތަ ސިޔާސީ ޕާޓީއަކަށް ތާއީދު ހޯދުމަށް މަސައްކަތްކުރާ މީހަކަށް ނުވުން.
28 ވަނަ މާއްދާ - މޮނިޓަރކުރުން
(ހ) ރިޔާސީ އިންތިހާބުގައި ވޯޓު ލުމާއި ވޯޓު ގުނުމުގެ މަސައްކަތް މޮނިޓަރކުރުމަށް ހަރަކާތްތެރިވެވޭނީ، އިލެކްށަންސް ކޮމިށަނުން އިއުލާނު ކުރުމުން، އެކަމަށް ދެވޭ މުއްދަތުގައި މޮނިޓަރ ކުރުމަށް އެދޭ ފަރާތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ށަރުޠުތައް ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން އިލެކްށަންސް ކޮމިށަނުން އެކްރެޑިޓް ކުރާ ފަރާތްތަކަށެވެ.
- އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހަކު ކަމުގައި ވުން؛
- ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒުކުރެވެމުންދާ މީހަކު ކަމުގައި ނުވުން؛
(ހ) މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިށަނުގައި ރަޖިސްޓަރީކޮށްފައިވާ ރޭޑިއ/ޯޓީވީ ސްޓޭށަނެއްގައި މަސައްކަތްކުރާ މީހެއްކަން އިލެކްށަންސް ކޮމިށަނަށް ކަށަވަރުވާ މީހަކު ކަމުގައި ވުން، ނުވަތަ
(ށ) ގާނޫނު ނަންބަރު 1978-47 (ނޫސް މަޖައްލާ ފަދަ ތަކެތީގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ނޫސ،ް މަޖައްލާއެއްގައި މަސައްކަތްކުރާ މީހެއްކަން އިލެކްށަންސް ކޮމިށަނަށް ކަށަވަރުވާ މީހަކު ކަމުގައި ވުން.- ރިޔާސީ އިންތިހާބާބެހޭ މަސައްކަތެއް ކުރުމަށް އިލެކްށަންސް ކޮމިށަނުގެ ފަރާތުން ހަވާލުވެގެން ހުރި މީހަކު ކަމުގައި ނުވުން؛
- ފާއިތުވި 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ސުލޫކީ މިންގަނޑާ ހިލާފުވެގެން ފިޔަވަޅެއް އަޅައިފައިވާ މީހަކު ކަމުގައި ނުވުން ނުވަތަ އިންހާބީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
- އިންތިހާބުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިލެކްށަންސް ކޮމިށަނުން ކަނޑައަޅައިފައިވާ ސުލޫކީ މިންގަނޑު ކިޔައި، އެއާ އެއްގޮތަށް އަމަލުކުރުމަށް އެއްބަސްވެ އިގްރާރުވެފައިވާ މީހަކު ކަމުގައި ވުން.
(ށ) އިންތިހާބުގެ ކަންތައްތައް މޮނިޓަރ ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތައް ހަރަކާތްތެރިވާންވާނީ، އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 41 ވަނަ މާއްދާގައިވާ ގޮތުގެ މަތީންނާއި، މި ގަވާއިދުގައިވާ ގޮތުގެ މަތީންނެވެ.
(ނ) ރަޖިސްޓަރީ ކޮށްފައިވާ ނޫސް މަޖައްލާއާއި ހަބަރު ފަތުރާ އިދާރާތަކަށް މޮނިޓަރ ކުރުމަށް ފާސް ދޫކުރެވޭނީ، އެއިން ކޮންމެ ފަރާތަކަށް، އިންތިހާބުގައި ވޯޓުލާ އަދި ވޯޓު ގުނާ ކޮންމެ ސަރަހައްދަކަށް އެކަކަށްވުރެ އިތުރުނުވާ ގޮތަށެވެ.
29 ވަނަ މާއްދާ - ކެންޑިޑޭޓުންގެ މަންދޫބުންނާއި، އޮބްޒާވަރުންނާއި، މޮނިޓަރުން އަމަލުކުރަންވީ ގޮތް
(ހ) ރިޔާސީ އިންތިހާބުގެ ކަންތައްތައް ކުރިޔަށްދާއިރު އިންތިހާބުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމަށް ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކުން، އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ސުލޫކީ މިންގަނޑަށް އަމަލު ކުރަންވާނެއެވެ.
(ށ) ވޯޓު ލުމާއި ވޯޓު ގުނުމުގެ މަސައްކަތް ހިނގަމުންދާއިރު، އެ މަސައްކަތަށް ދަތިނުވާނޭ ގޮތެއްގެ މަތީން އޮބްޒާވަރުންނާއި، މޮނިޓަރުންނާއި، ކެންޑިޑޭޓުންގެ މަންދޫބުންނަށް ހަރަކާތްތެރިވެވިދާނެއެވެ.
(ނ) ވޯޓުލާ މަރުކަޒުގެ އިސްވެރިޔާގެ ފަރާތުން އޮބްޒާވަރުން ނުވަތަ މޮނިޓަރުން ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުން އެދިއްޖެނަމަ، އެ ވަގުތަކާ ހަމަޔަށް އެ ވޯޓުލާ މަރުކަޒަށް ވޯޓުލީ މީހުންގެ އަދަދާއި ބާކީހުރި ވޯޓުކަރުދާހުގެ އަދަދު ހާމަކޮށްދިނުމުގެ އިހްތިޔާރު ލިބިގެންވެއެވެ.
(ރ) އޮބްޒާވަރުންނާއި، މޮނިޓަރުންނާއި، ކެންޑިޑޭޓުންގެ މަންދޫބުން، އިންތިހާބާބެހޭ ކަންކަމުގައި އިލެކްށަންސް ކޮމިށަނުން އައްޔަނުކޮށްފައިވާ އޮފިށަލުންނަށް ފުރިހަމަ އެއްބާރުލުންދީ އެހީތެރިކަން ދޭންވާނެއެވެ. އަދި އެ މީހުންގެ މައްޗަށް އެއްވެސް ވަރެއްގެ ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްގެން ނުވާނެއެވެ.
30 ވަނަ މާއްދާ - އޮބްޒާވަރުންނާއި، މޮނިޓަރުންނާއި، ކެންޑިޑޭޓުންގެ މަންދޫބުން ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުން
އޮބްޒާވަރުންނާއި، މޮނިޓަރުންނާއި، ކެންޑިޑޭޓުންގެ މަންދޫބުން، އިންތިހާބުތަކާބެހޭ އާންމު ގާނޫނާއި، ރިޔާސީ އިންތިހާބުގެ ގާނޫނާއި، މި ގަވާއިދާ ހިލާފަށް އެއްވެސް އަމަލެއް ކޮށްފިނަމަ، ނުވަތަ ކުރަން އުޅޭކަން ކަށަވަރުވެއްޖެނަމަ، އެ އޮބްޒާވަރެއްގެ ނުވަތަ މޮނިޓަރެއްގެ ނުވަތަ މަންދޫބެއްގެ ފާސް ހިފަހައްޓައި، އޭނާއަށް އެ ސަރަހައްދުން ނުކުތުމަށް އެންގުމުގެ ބާރު، އެ ވޯޓުލާ މަރުކަޒުގެ އިސްވެރިޔާއަށް ލިބިގެންވެއެވެ. އަދި އެ ގޮތަށް އެންގުމުން އެ ކަމަށް އިޖާބަނުދީފިނަމަ، ސެކިއުރިޓީ ބަލަހައްޓާ ފަރާތުން އެ މީހެއްގެ ފާސް އަތުލައި، އެ މީހަކު އެ ސަރަހައްދުން ނެރެންވާނެއެވެ.
31 ވަނަ މާއްދާ - ވޯޓުނެގުމަށް ތައްޔާރުވުމުގެގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން
(ހ) ވޯޓު ލުމަށް ބޭނުންވާ ހުރިހާ ތަކެތ،ި ވޯޓުލާން ފަށާ ވަގުތު ޖެހުމުގެ ކުރިން ވޯޓުލާ މަރުކަޒުގެ އޮފިށަލުންގެ ހަވާލުގައި، ވޯޓުލާ މަރުކަޒަށް ފޮނުވުމުގެ އިންތިޒާމ،ު އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ފަރާތަކުން ހަމަޖައްސަންވާނެއެވެ.
(ށ) ވޯޓުލާ ކޮންމެ މަރުކަޒެއްގައި، އެ މަރުކަޒެއްގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓެއް އޮންނަންވާނެއެވެ. މި ލިސްޓުގައި ހިމެނޭ މީހުންގެ ފުރިހަމަ ނަމާއި، ޖިންސާއި، އަތޮޅާއި، ރަށާއި، އެޑްރެހާއި، އުފަން ތާރީހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު އެނގެން އޮންނަންވާނެއެވެ.
32 ވަނަ މާއްދާ - ވޯޓުފޮށި ބަހައްޓާ ސަރަހައްދު ކަނޑައެޅުން
ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީކޮށްފައި ތިބި ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަށް ބަލައި، އެ ރަށުގައި ބަހައްޓާނެ ވޯޓުފޮށީގެ އަދަދާއި، ވޯޓުފޮށި ބަހައްޓާނެ ސަރަހައްދު ކަނޑައަޅައި، އެ ވޯޓުފޮށްޓަށް ވޯޓުލާނީ، ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައި ހިމެނޭ މީހުންގެ ތެރެއިން ކޮން ބައެއްކަން އިލެކްށަންސް ކޮމިށަނުން ކަނޑައަޅައި، އެކަން އާންމުކޮށް އިއުލާނު ކުރަންވާނެއެވެ.
33 ވަނަ މާއްދާ - ވޯޓުލާ މަރުކަޒަށް ވެއްދުން މަނާ ތަކެތި
ވޯޓުލާ ދުވަހު ކުރުން މަނާ ކަންތައްތައް ކަމަށް އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 44 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން ވޯޓުލުމަށްޓަކައި ވޯޓުލާ މަރުކަޒަށް ވަންނަ މީހަކު އާދައިގެ ގަލަމެއް ފިޔަވައި، އެހެން އެއްޗެއް ވޯޓުލާ މަރުކަޒަށް ވައްދައިގެން ނުވާނެއެވެ. އަދި ފޯނާއި، އަތްދަބަހާއި، އަޑު ނުވަތަ މަންޒަރު ރިކޯޑުކުރެވޭ ފަދަ ތަކެއްޗާއި ފައިލު ފަދ،ަ ކެންޑިޑޭޓުންގެ ހައްގުތަކަށް އުނިކަމެއް ލިބިދާނެކަމަށް ބެލެވޭ އެނޫންވެސް ވަސީލަތެއް، ވޯޓުލާ މަރުކަޒަށް ވެއްދުމަކީ މަނާކަމެކެވެ.
34 ވަނަ މާއްދާ - ވޯޓިންގ ބޫތު
(ހ) ވޯޓުލާ ކޮންމެ މަރުކަޒެއްގައި ވޯޓުކަރުދާހުގައި ފާހަގަޖެހުމަށް މަދުވެގެން 1 (އެކެއް) ވޯޓިންގ ބޫތު ހުންނަންވާނެއެވެ. ވޯޓިންގ ބޫތު ހުންނަންވާނީ، ވޯޓުލާ މީހާ ވޯޓުކަރުދާހުގައި ޖަހާ ފާހަގަ އެހެން މީހުންނަށް ނުފެންނަ ގޮތަށެވެ.
(ށ) ވޯޓިންގ ބޫތު ހުންނަންވާނީ، ވޯޓުލާ މަރުކަޒުގައި ތިބޭ އޮފިށަލުންނަށާއި އޮބްޒާވަރުންނަށް ފަސޭހައިން ފެންނަ ހިސާބުގައެވެ. އަދި ފާހަގަޖަހާ މީހާގެ ހަރަކާތްތައް (ވޯޓުކަރުދާހުގެ ފޮޓޯނެގުން ފަދަ ގަވާއިދާ ހިލާފު އަމަލުތައް) އޮފިށަލުންނަށާއި އޮބްޒާވަރުންނަށް ފަސޭހައިން ފެންނަގޮތަށް ނުވަތަ ފާހަގަކުރެވޭ ގޮތަށެވެ.
35 ވަނަ މާއްދާ - ވޯޓުކަރުދާހާއި ވޯޓުލާ މަރުކަޒަށް ފޮނުވޭ ތަކެތި ބެލެހެއްޓުން
އިލެކްށަންސް ކޮމިށަނުން އެކި ތަންތަނަށް ފޮނުވާ ވޯޓުކަރުދާހާއި، ވޯޓުލާ މަރުކަޒަށް ފޮނުވަންޖެހޭ ތަކެތި ވޯޓުލާ މަރުކަޒަށް ފޮނުވުމުގެ ކުރިން، އެ ތަކެތި ރައްކައުތެރިކަމާއެކު ބެލެހެއްޓުމަކީ އެ ތަކެތި ފޮނުވޭ ތަނެއްގައި އިލެކްށަންސް ކޮމިށަނުން އައްޔަނުކޮށްފައިވާ ފޯކަލް ޕޮއިންޓުގެ ޒިންމާއެކެވެ. އަދި އެ ތަކެތީގެ ސަލާމަތާއި ރައްކައުތެރިކަން ދިވެހި ފުލުހުންގެ ހިދުމަތުން ކަށަވަރުކުރަންވާނެއެވެ.
36 ވަނަ މާއްދާ - ވޯޓުލުމާއި ވޯޓު ގުނުމާބެހޭ ކަންތައްތައް ބަލަހައްޓާ މީހުންގެ މަސްއޫލިއްޔަތު
(ހ) އިލެކްށަންސް ކޮމިށަނުން ފާސްކޮށްފައިވާ، ވޯޓުލާ މަރުކަޒުގައި މަސައްކަތްކުރާ އޮފިށަލުންގެ އަތްމަތީފޮތުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވޯޓު ލުމާއި، ވޯޓު ގުނުމާބެހޭ ކަންތައްތައް ބަލަހައްޓާ މީހުންގެ މަސްއޫލިއްޔަތު އަދާކުރަންވާނެއެވެ.
(ށ) ވޯޓު ލުމާއި، ވޯޓު ގުނުމާބެހޭ ކަންތައްތައް ބަލަހައްޓާ މީހުންގެ މަސްއޫލިއްޔަތާ ހަވާލުވުމުގެގޮތުން އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ އިގުރާރުގައި ސޮއިކުރަންވާނެއެވެ.
37 ވަނަ މާއްދާ - ވޯޓުލާ މަރުކަޒަށް އައްޔަނު ކުރެވޭ ވެރިޔާގެ މަސްއޫލިއްޔަތާއި ޒިންމާ
ވޯޓުލާ މަރުކަޒަށް އައްޔަނުކުރެވޭ ވެރިޔާއާ އިލެކްށަންސް ކޮމިށަނުން ނުވަތަ އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ފަރާތަކުން ހަވާލުކުރާ ޒިންމާތައް ފަރުވާތެރިކަމާއެކު އަދާކުރަންވާނެއެވެ. ތިރީގައި ބަޔާންކޮށްފައި މި ވަނީ، ވޯޓުލާ މަރުކަޒަށް އައްޔަނުކުރެވޭ ވެރިޔާގެ މަސްއޫލިއްޔަތާއި ޒިންމާއެވެ.
(ހ) ރިޔާސީ އިންތިހާބުގެ ވޯޓުލާ މަރުކަޒެއްގެ ވޯޓުފޮށްޓާއި ވޯޓުލުމަށް ބޭނުންވާ ސާމާނާއި މުހިންމު ލިޔެކިޔުންތަކާ ހަވާލުވުމާއި، އެ ތަކެތި ރައްކައުތެރިކަމާއެކު ބެލެހެއްޓުމާއި، އެ ތަކެއްޗަށް ޒިންމާވުން.
(ށ) ވޯޓުލާ މަރުކަޒުގައި ވޯޓުލުމުގެ ކުރިން ވާންޖެހޭ ތައްޔާރީތަކާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ރާވައި އެ ކަންތައްތައް ކުރުވުމާއި، އެ ކަމާ ގުޅޭ އިންތިޒާމު ހަމަޖެއްސުން.
(ނ) ވޯޓުލާ ދުވަހުގެ ކުރިން ވޯޓުލާ މަރުކަޒުގައި މަސައްކަތްކުރުމަށް ކަނޑައަޅައިފައިވާ މީހުންނާ ބައްދަލުކޮށް ވޯޓުލުމުގެ ކަންތައް ކުރިޔަށް ގެންދާނެ ގޮތް އޮޅުންފިލުވައިދީ، ވަކިވަކި މީހުންގެ މަސްއޫލިއްޔަތާއި ޒިންމާ ހަވާލުކުރުން.
(ރ) ވޯޓުކަރުދާސް އަޅައިފައި ހުންނަ ސެކިއުރިޓީ އުރ،ަ ވޯޓުލުމުގެ 30 (ތިރީސް) މިނިޓުގެ ކުރިން ކަނޑައި، ވޯޓުކަރުދާސް ގުނައި، ހުރި އަދަދު ކަށަވަރުކުރުން.
(ބ) ވޯޓު ލާން ފެށުމުގެ ކުރިން ވޯޓުލާން އެންމެ ފުރަތަމަ އަންނަ 2 (ދޭއް) މީހުންނަށާއި، ވޯޓުލާ މަރުކަޒުގައި ތިބިނަމަ، ކެންޑިޑޭޓުންގެ މަންދޫބުންނާއި، ހުއްދަދެވިފައިވާ އޮބްޒާވަރުންނާއި، މޮނިޓަރުންނަށް، ވޯޓުފޮށި ހުޅުވައިފައި ވޯޓުފޮށި ހުރީ ހުސްކޮށްކަން ކަށަވަރުކޮށްދިނުމަށްފަހު، ވޯޓުފޮށީގެ މަތި ރަނގަޅަށް ޖަހައި، 4 (ހަތަރެއް) ފަރާތުގައި ޕުލްޓައިޓް ސީލް އެޅުވުން.
(ޅ) ވޯޓުލާ މަރުކަޒަށް ވަނުމަށް އިލެކްށަންސް ކޮމިށަނުން ހުއްދަކުރާ މީހުންނަށް ގާނޫނާއި ގަވާއިދުގައި ކަނޑައެޅިފައިވާ އުސޫލުން އެ ފުރުސަތު ތަނަވަސްކޮށްދިނުން.
(ކ) ވޯޓުލާ މަރުކަޒަށް އިލެކްށަންސް ކޮމިށަނުން މީހަކު ފޮނުވަންވެއްޖެ ހާލަތެއްގައި، ކޮމިށަނުން ފޮނުވާ މީހަކަށް، ވޯޓުލާ މަރުކަޒަށް ވަދެވޭނެ އިންތިޒާމު ހަމަޖެއްސުން. (އެފަދަ މީހަކަށް އެ މަރުކަޒަށް ވަނުމުގެ ހުއްދަ ދޭންވާނީ، އެއީ އިލެކްށަންސް ކޮމިށަނުން ހުއްދަ ދީފައިވާ ފަރާތެއްކަން ކަށަވަރުކުރުމަށްފަހުގައެވެ.)
(އ) ވޯޓުލާ މަރުކަޒުގައި ވޯޓުލުމުގެ މަސައްކަތް ކުރިޔަށްދަނީ އަމަލުކުރަންޖެހޭ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށްކަން ކަށަވަރުކުރުން.
(ވ) ވޯޓުލާން ދާ މީހުންގެ ތެރެއިން ވޯޓުކަރުދާހުގައި ފާހަގަޖެހުމުގައި ޖިސްމާނީ ނުކުޅެދުންތެރިކަން ހުރިކަމަށް ބުނާ މީހުންގެ ކިބައިގައި ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށް ޖިސްމާނީ ނުކުޅެދުންތެރިކަން ހުރިކަން ކަށަވަރުކޮށް، ވޯޓުލުމުގައި އެހިތެރިއަކު ބޭނުންކުރުމުގެ ހުއްދަ އެ މީހަކަށް ދިނުން.
(މ) ވޯޓުލާ ދުވަހު، ވޯޓުލާ މަރުކަޒުގައި ވޯޓުލުމާ ގުޅޭގޮތުން ވޯޓުލާން އަންނަ މީހުންނާއި، އޮބްޒާވަރުންނާއި، މޮނިޓަރުންގެ ފަރާތުން ހުށަހެޅޭ ށަކުވާ ބަލައިގަނީ،ެ ވަގުތުން އެޅެންހުރި ފިޔަވަޅެއް އެޅުން. ވަގުތުން ހައްލުނުކުރެވޭ މައްސަލަތައް، ރަށު ފޯކަލް ޕޮއިންޓު ނުވަތަ ފޯކަލް ޕޮއިންޓު ނުވަތަ އަވަށު ފޯކަލް ޕޮއިންޓު ނުވަތަ އަތޮޅު ފޯކަލް ޕޮއިންޓު ނުވަތަ ސިޓީ ފޯކަލް ޕޮއިންޓު، އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ރިޕޯޓުކުރުން.
(ފ) އިލެކްށަންސް ކޮމިށަނުން ކަނޑައަޅައިފައިވާ އުސޫލާ އެއްގޮތަށް ވޯޓު ގުނުމުގައި ސައްހަ ވޯޓާއި ބާތިލު ވޯޓު ކަނޑައެޅުން.
(ދ) ވޯޓުގެ ވަގުތީ ނަތީޖާ ކަނޑައަޅައި އިއުލާނުކުރުން.
(ތ) ވޯޓުލާ މަރުކަޒުން ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުން.
(ލ) ވޯޓުލުމާއި، ވޯޓު ގުނުމުގެ މަސައްކަތް ނިމުމުން ވޯޓުކަރުދާސްތަކާއި ވޯޓުލުމުގައި ބޭނުންކުރި އިންތިހާބާބެހޭ ހުރިހާ ލިޔެކިޔުމެއް ބަންދުކޮށް ކޮމިށަނުން ކަނޑައަޅައިފައިވާ ފަރާތަކާ ހަވާލުކުރުން.
(ގ) ވަގުތީ ނަތީޖާ ވޯޓުލީ މަރުކަޒުގައި އާންމުކޮށް ފެންނާނޭހެން ބެހެއްޓުމަށްފަހު، އިލެކްށަންސް ކޮމިށަނުން ހަމަޖައްސައިފައިވާ ގޮތުގެ މަތީން އިލެކްށަންސް ކޮމިށަނަށް އެ ނަތީޖާ ފޮނުވުން.
(ޏ) ވޯޓުލާ މަރުކަޒުގައި ވޯޓުލުމުގެ ކަންކަން އަމާންކަމާއި އޮމާންކަމާއެކީ ކުރިޔަށް ގެންދިއުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުން.
(ސ) ވޯޓުލާ ވަގުތުގައްޔާއި ވޯޓު ގުނުމުގެ ކަންތައްތައް ކުރިޔަށްދާ ވަގުތުގައި، ވޯޓުލާ މަރުކަޒާއި އެ މަރުކަޒު ހިމެނޭ ސަރަހައްދުގައި މަސްލަހަތު ހިފެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
(ޒ) ވޯޓުލާ މަރުކަޒުގެ ސަރަހައްދުގައި ގަވާއިދާ ހިލާފުކަމެއް ހިނގާނަމަ، އެކަން ހުއްޓުވުމަށް ފުލުހުންގެ އެހީތެރިކަން ބޭނުންވެއްޖެނަމަ، ފުލުހުންގެ އެހީތެރިކަން ހޯދުން.
(ޓ) ވޯޓު ލާ ކޮންމެ ސަރަހައްދެއްގައި ވޯޓު ލާން ފެށުމާއި ވޯޓު ލައި ނިމުމާ ދެމެދު ކަން ހިނގައިދިޔަ ގޮތުގެ ރިޕޯޓު ލިޔ،ެ އެ ސަރަހައްދަކާ ހަވާލުވެހުރި އެންމެ އިސްމީހާ (ވޯޓުފޮށީގެ ވެރިޔާ) ސޮއިކޮށް، އެ ރިޕޯޓު ލިޔުނު މީހަކާއި، އެ ރިޕޯޓު ޗެކުކުރި މީހަކު ލައްވައި ސޮއިކުރުވުމަށްފަހު، މާލެ ސިޓީގައި ހުންނަ އިލެކްށަންސް ކޮމިށަނުގެ ވޯޓާބެހޭ މައި މަރުކަޒަށް އެ ރިޕޯޓު ފޮނުވުން.
(ޔ) ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ވޯޓު ލުމާއި ވޯޓު ގުނުމާއި ވަގުތީ ނަތީޖާ އިއުލާނު ކުރުމަށްޓަކައި، މަތީގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުން ކަމެއް ކުރަން ޖެހިއްޖެނަމަ، އެ ކަމެއް އިލެކްށަންސް ކޮމިށަނުން ނުވަތަ އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ފަރާތެއްގެ ލަފައާ އެއްގޮތްވާ ގޮތުގެ މަތީން ކުރުން.
38 ވަނަ މާއްދާ - ވޯޓުކަރުދާހުގައި ފާހަގަޖެހުމަށް ޖިސްމާނީގޮތުން ނުކުޅެދިގެންވާމީހުންނަށް އެހީތެރިވެދިނުން
(ހ) ވޯޓުކަރުދާހުގައި އަމިއްލައަށް ފާހަގަ ޖެހުމަށް ޖިސްމާނީގޮތުން ނުކުޅެދިގެންވާ މީހަކު ވޯޓުކަރުދާހުގައި ފާހަގަ ޖެހުމުގައި، ވޯޓުފޮށީގެ ވެރިޔާގެ ހުއްދަޔާއެކު އެހެން މީހަކު އޭނާއަށް އެހީވެދިނުމަކީ ހުއްދަ ކަމެކެވެ. މިގޮތުން، އެ މީހަކަށް އެހީތެރިވުމަށް ކަނޑައަޅާ އެހީތެރިޔާއަށް ވޯޓުލުމުގައި އެހީތެރިވެދެވޭނީ 1 (އެކެއް) ފަހަރުއެވެ. މިފަދައިން އެހީތެރިވުމަށް ކަނޑައަޅާ މީހަކީ އެ ވޯޓު ފޮއްޓަށް ރަޖިސްޓަރީވެފައިވާ މީހަކު ކަމުގައި ވާންވާނެއެވެ. އަދި އޭނާއަށް އެހީތެރިވެދިން މީހެއްގެ ނަމާއި އެޑްރެހާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު، ވޯޓު ލުމުގެ ކަންތައް ބެލެހެއްޓުމާ ހަވާލުވެ ތިބި މީހުން ލިޔަންވާނެއެވެ.
(ށ) ވޯޓުކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމަށް ޖިސްމާނީގޮތުން ނުކުޅެދުންތެރިކަން ހުރި މީހުންކަމަށް ބަލައިގެން، ވޯޓުލުމުގައި އެހީތެރިކަން ފޯރުކޮށްދެވޭނީ އަންނަނިވި ފަރާތްތަކަށެވެ.
- ލޯފަން މީހުން ނުވަތަ ލޮލަށް ނުފެނުމުގެ ސަބަބުން ވޯޓުކަރުދާހުގައިފާހަގައެއް ޖެހޭވަރު ނުވާ މީހުން؛
- ދެއަތް ބޭނުންނުކުރެވޭ މީހުން؛
- މުސްކުޅިވެ ގައިބާރު ދެރަވުމުގެ ސަބަބުން ވޯޓުކަރުދާހުގައި އެ މީހެއްގެ އަތުން ފާހަގައެއް ޖެހޭވަރު ނުވާ މީހުން.
(ނ) ވޯޓުކަރުދާހުގައި އަމިއްލައަށް ފާހަގަޖެހޭވަރުގެ މީހަކަށް، ޖިސްމާނީގޮތުން ނުކުޅެދުންތެރިކަން ހުރި މީހެއްކަމަށް ބަލައިގެން، ވޯޓުކަރުދާހުގައި ފާހަގަޖެހުމުގައި އެހީތެރިއަކު ބޭނުންކުރުމުގެ ފުރުސަތު ވޯޓުލާ މަރުކަޒުގެ ވެރިޔާ ދީގެން ނުވާނެއެވެ.
39 ވަނަ މާއްދާ - ކާކުކަން އަންގައިދޭ ރަސްމީ ލިޔުން ހުށަހެޅުން
ވޯޓުލާން އަންނަ މީހާއަކީ ކާކުކަން އަންގައިދޭ ރަސްމީ ލިޔުން (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި، ދިވެހި ޕާސްޕޯޓާއި، ޕާސްޕޯޓު ކާޑާއި، ދިވެހިރާއްޖެއިން ދޫކޮށްފައިވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ކާޑު) ހުށަހަޅަން ވާނެއެވެ. މިގޮތުން ހުށަހަޅާ ކޮންމެ ލިޔުމަކ،ީ މުއްދަތު ހަމަނުވާ ލިޔުމަކަށް ވާންވާނެއެވެ. ވޯޓުލާން އަންނަ މީހާއަށް ވޯޓުލުމުގެ ފުރުސަތު ދެވޭނީ، އޭނާ ގެންނީ،ަ އޭނާއަކީ ކާކުކަން އަންގައިދޭ ލިޔުމުގައިވާ ފޮޓޯއާއި އޭނާގެ މޫނާ އަޅައިބެލުމަށްފަހު، އެއީ އެ މީހާކަން ކަށަވަރުކުރުމަށް ފަހުގައެވެ.
40 ވަނަ މާއްދާ - ބާޠިލު ވޯޓާއި، ސައްހަ ވޯޓު
(ހ) ތިރީގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް އޮންނަ ކޮންމެ ވޯޓަކީ ބާތިލު ވޯޓެކެވެ.
- އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 36 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އިންތިހާބަށް އިލެކްށަންސް ކޮމިށަނުން ތައްޔާރުކޮށްފައިވާ ވޯޓުކަރުދާސް ނޫން ކަރުދާހެއްގައި ދީފައިވާ ކޮންމެ ވޯޓެއް؛
- އެއްވެސް ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖަހައިފައި ނުވާ ވޯޓު؛
- އެއް ކެންޑިޑޭޓަކަށް ވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖަހައިފައިވާ ވޯޓު؛
- ގާނޫނާ ހިލާފަށް ދީފައިވާ ވޯޓެއްކަން އެނގޭ ވޯޓު؛
- ވޯޓުދޭ މީހާ ވޯޓުދޭ ވަކި ކެންޑިޑޭޓެއް ކަށަވަރުކުރަން ނޭނގޭގޮތަށް ދީފައިވާ ވޯޓު؛
- ވޯޓު ކަރުދާހުގައި އެ މީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން، އިތުރު އެހެން ފާހަގައެއް ޖަހައިފައިވާ ނުވަތަ ލިޔުމެއް ލިޔެފައިވާ ނުވަތަ ކުރެހުމެއް ކުރަހައިފައިވާ ވޯޓ.ު
(ށ) ސައްހަ ވޯޓު ކަމުގައި ބަލާނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް ފާހަގަ ޖަހައިފައިވާ ވޯޓުތަކަށެވެ.
- އެއް ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖަހައިފައިވާ ވޯޓު؛އެއް ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ޖަހައިފައިވާ ފާހަގައަކީ ރަނގަޅު ފާހަގައެއް ކަމުގައި ދެނެގަނެވޭނެ ވޯޓު؛
- ފާހަގަ ޖެހުމުގެ ތަފާތު މިސްރާބަށް ޖަހައިފައިވާ ނުވަތަ ފާހަގަ ޖެހުމުގައި ބައްޓަމަށް ތަފާތު ބަދަލު އައިސްފައި ހުރި ނަމަވެސް އެއްކެންޑިޑޭޓެއްގެ ނަމާ ދިމާގައި ޖަހައިފައިވާ ފާހަގައަކީ ރަނގަޅު ފާހަގައިގެ ވައްތަރެއް ކަމުގައި ދެނެގަނެވޭ ވޯޓު؛
- ފާހަގަ ޖެހުމަށް ހާއްސަކޮށްފައިވާ ގޮޅީގައި ނޫން ނަމަވެސް އެއްކެންޑިޑޭޓެއްގެ ނަމާ ދިމާގައި ނުވަތަ އެއް ކެންޑިޑޭޓުގެ ނިށާނުގައި ރަނގަޅު ފާހަގަ ޖަހައިފައިވާ ވޯޓ.ު
(ނ) ބާތިލު ވޯޓެއްކަމަށް، ކަނޑައެޅުމުގައި، ވޯޓު ގުނަން ތިބޭ މީހުންގެ މެދުގައި ހިލާފެއް އުފެދިއްޖެ ހިނދެއްގައި، އެ ވޯޓު އެއީ ބާތިލު ވޯޓެއްކަން ނުވަތަ ބާތިލު ވޯޓެއް ނޫންކަން ކަނޑައަޅާނީ، ވޯޓުލާ މަރުކަޒުގެ އިސްވެރިޔާއެވެ.
41 ވަނަ މާއްދާ - ކަން ހިނގައިދިޔަ ގޮތުގެ ރިޕޯޓު
(ހ) ވޯޓުލާ ކޮންމެ ސަރަހައްދެއްގައި، ވޯޓު ލާން ފެށުމާއި ވޯޓު ލައި ނިމުމާ ދެމެދު ކަންހިނގައިދިޔަގޮތުގެ ރިޕޯޓެއް ލިޔ،ެ އަންނަނިވި ހުރިހާ މައުލޫމާތު ހިމަނައިގެން، އެ ސަރަހައްދަކާ ހަ ވާލުވެހުރި އެންމެ އިސް މީހާއާއި، އެ ރިޕޯޓު ލިޔުނު މީހާއާއި، އެ ރިޕޯޓު ޗެކްކުރި މީހަކު ސޮއިކުރުމަށްފަހު، މާލެ ސިޓީގައި ހުންނަ އިލެކްށަންސް ކޮމިށަނުގެ ވޯޓާބެހޭ މައި މަރުކަޒަށް އެ ރިޕޯޓު ފޮނުވަންވާނެއެވެ.
- ވޯޓު ލާން ފެށި ވަގުތާއި، ވޯޓުލު ން ނިންމިގަޑި؛
- ވޯޓު ލުމުގެ ކަންތައްތައް ހިންގައި ބެލެހެއްޓުމަށް އައްޔަނުކޮށްފައިވާ މީހުންގެ ނަމާއި، އެޑްރެހާއި، ހައިސިއްޔަތާއި، އެ މީހުންނަކީ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމުގެ ނަންބަރާއި، އެ މީހުންގެ ސޮއ.ި
- ވޯޓު ދިން އަންހެނުންގެ އަދަދާއި ފިރިހެނުންގެ އަދަދު ވަކިން އެނގޭ ގޮތަށް، ވޯޓު ދިން މީހުންގެ އަދަދު؛
- އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 45 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވޯޓުލީ މީހުންގެ އަދަދާއި، އެ މީހުންގެ ހާލަތާއި، ވޯޓު ކަރުދާހުގައި ފާހަގަޖެހުމުގައި ޖިސްމާނީގޮތުން ނުކުޅެދުންތެރިކަން ހުރި މީހުންނަށް އެހީތެރިވެދިން މީހުންގެ އަދަދާއި ތަފުސީލު؛
- ވޯޓުލުމަށް ބޭނުންކުރި ވޯޓު ކަރުދާހުގެ އަދަދާއި، ވޯޓުލުމަށް ބޭނުންނުކޮށް ބާކީހުރި ވޯޓުކަރުދާހުގެ އަދަދު (އަދި އެއްވެސް ސަބަބަކާހުރެ ވޯޓުކަރުދާސްކޮޅެއް ހަލާކުވިނަމަ، އެ ހަލާކުވި ވޯޓުކަރުދާހުގެ އަދަދުވެސް އެނގޭގޮތަށް)؛
- ވޯޓު ލުމަށް ބޭނުންކުރި ވޯޓުކަރުދާހުގެ ކައުންޓަރ ފޮއިލް ހުރި އަދަދު؛
- ވޯޓުފޮށި ބަހައްޓައިފައި ހުރި ތަނުގެ ނަމާއި ފުރިހަމަ އެޑްރެސް؛
- އާދަޔާހިލާފު ހާދިސާއެއް އެ ތަނުގައި ހިނގައިފައިވާނަމަ،
- އެ ރަށަކުން ނުވަތަ އެ ސަރަހައްދަކުން ނުވަތަ އެ ތަނަކުން ވޯޓު ލާން އެ ހާދިސާއެއްގެ ތަފުސީލު؛އެންމެ ފުރަތަމަ ހާޒިރުވި 2 (ދޭއް) މީހެއްގެ ނަމާއި، އެޑްރެހާއި،ކާކުކަން އަންގައިދޭ ރަސްމީ ލިޔުމުގެ ނަންބަރު؛
- އޮބްޒާވަރުން ތިބިނަމަ، އެ މީހުންގެ މައުލޫމާތު؛
- މީގެ އިތުރުން ވެސ،ް އެއްވެސް ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި މި ރިޕޯޓުގައި ހިމެނުން ލާޒިމުކުރާ މައުލޫމާތު،
(ށ) މި މާއްދާގެ (ހ) ގައިވާ ރިޕޯޓު ތައްޔާރުކުރާ ވަގުތު، ވޯޓުލާ ކޮންމެ ސަރަހައްދެއްގައި އޮފިށަލުންގެ ގޮތުގައި އެ ތަނުގައި ތިބުމަށް ހަމަޖެހިފައިވާ ކެންޑިޑޭޓުންގެ މަންދޫބުން ހާޒިރުވެތިބުމަށް ފުރުސަތުދީ، އެ ފަރާތްތައް ހާޒިރުވެތިބިތޯ ވޯޓުލާ ސަރަހައްދެއްގައި ތިބި އިލެކްށަންސް ކޮމިށަނުގެއޮފިށަލުން ކަށަވަރުކުރަންވާނެއެވެ. އަދި ކަންހިނގައިދިޔަ ގޮތުގެ ރިޕޯޓުގައި، މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން އެ ސަރަހައްދާ ހަވާލުވެހުރި އެންމެ އިސް މީހާއާއި، އެ ރިޕޯޓު ލިޔުނު މީހާއާއި، އެ ރިޕޯޓު ޗެކްކުރި މީހާ ސޮއިކުރުމުގެ އިތުރުން، ވޯޓުލާ ސަރަހައްދުގައި ތިބި ކެންޑިޑޭޓުންގެ މަންދޫބުންނަށް ސޮއިކުރުމުގެ ފުރުސަތު ދޭންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން ވޯޓުލާ ސަރަހައްދުގައި ތިބި ކެންޑިޑޭޓުންގެ މަންދޫބުންނަށް ކަންހިނގައިދިޔަ ގޮތުގެ ރިޕޯޓުގައި ސޮއިކުރުމަށް ދެވޭ ފުރުސަތުގައި، ކެންޑިޑޭޓެއްގެ މަންދޫބުން ސޮއިނުކުރި ނަމަވެސ،ް އެ ފަރާތްތަކަށް އެ ރިޕޯޓުގައި ސޮއިކުރުމަށް ފުރުސަތު ދެވިފައިވާނަމަ، އެ ރިޕޯޓަކ،ީ މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އިޖުރާއަތު ފުރިހަމަކުރެވިފައިވާ ރިޕޯޓެއް ކަމުގައި ބެލޭނެއެވެ.
42 ވަނަ މާއްދާ - ރިޔާސީ އިންތިހާބުގައި ވޯޓުދިން މީހުންގެ ރަޖިސްޓަރީ ދިނުން
ކޯޓު އަމުރަކަށް މެނުވ،ީ ރިޔާސީ އިންތިހާބުގައި ވޯޓުދިން މީހުންގެ ރަޖިސްޓަރީ އެއްވެސް ފަރާތަކަށް ދީގެން ނުވާނެއެވެ.
43 ވަނަ މާއްދާ - ވަގުތީ ނަތީޖާ އިއުލާނުކުރުން
(ހ) ވޯޓުލާ މަރުކަޒުތަކުން ވޯޓުގެ ނަތީޖާ އިއުލާނުކުރުމަށްފަހު އެ ނަތީޖާ މާލޭ ސިޓީގައި ހުންނަ އިލެކްށަންސް ކޮމިށަނުގެ ވޯޓާބެހޭ މައިމަރުކަޒަށް ފޮނުވުމުން، އިލެކްށަންސް ކޮމިށަނުން ވޯޓުލާ މަރުކަޒުތަކުގެ ނަތީޖާތަކުގެ މައްޗަށް ބިނާކޮށް ވަގުތީ ނަތީޖާ އިއުލާނު ކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ނަތީޖާ އިއުލާނު ކުރާނީ، ވޯޓުލާ މަރުކަޒުތަކުން ފޮނުވާ ނަތީޖާތަކަކީ އެ މަރުކަޒެއްގައި އިއުލާނުކުރި ނަތީޖާތޯ ކަށަވަރު ކުރުމަށް ފަހުގައެވެ.
44 ވަނަ މާއްދާ - ރަސްމީ ނަތީޖާ އިއުލާނުކުރުން
ރިޔާސީ އިންތިހާބުގެ ވޯޓުލުން ބާއްވާ ދުވަހުން ފެށިގެން ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ އިންތިހާބުގެ ރަސްމީ ނަތީޖާ އިލެކްށަންސް ކޮމިށަނުން އާންމުކޮށް އިއުލާނުކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
45 ވަނަ މާއްދާ - ރަސްމީ އިންތިހާބީ އޮޑިޓަރުގެ ރިޕޯޓު
(ހ) ރިޔާސީ އިންތިހާބަށް ކުރިމަތިލާ ކޮންމެ ކެންޑިޑޭޓެއްގެ އިންތިހާބާ ގުޅޭ މާލީ ކަންކަމާ ބެހޭގޮތުން ކޮށްފައިވާ އެންމެހައި މުއާމަލާތްތައް، ރިޔާސީ އިންތިހާބުގެ ގާނޫނުގެ 9 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އެ ކެންޑިޑޭޓެއްގެ ރަސްމީ އިންތިހާބީ އޮޑިޓަރު، ރިޔާސީ އިންތިހާބުގެ ގާނޫނުގެ 16 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން އޮޑިޓް ކުރުމަށްފަހު، އެ އޮޑިޓް ރިޕޯޓު، އެ އިންތިހާބު ބާއްވާ ތާރީހުން ފެށިގެން ގިނަވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އެ ކެންޑިޑޭޓެއްގެ ރަސްމީ އިންތިހާބީ އޭޖެންޓް މެދުވެރިކޮށް އިލެކްށަންސް ކޮމިށަނަށް ހުށަހަޅަންވާނެއެވެ. އަދި މިގޮތުން ހުށަހަޅާ އޮޑިޓް ރިޕޯޓުތައް އިލެކްށަންސް ކޮމިށަނުގެ ވެބްސައިޓުގައި ށާއިއުކުރުމާއެކު، އެ ރިޕޯޓުތައް އާންމުކޮށް ބެލޭނޭ ނިޒާމެއް އިލެކްށަންސް ކޮމިށަނުން ހަމަޖައްސަން ވާނެއެވެ.
(ށ) ރިޔާސީ އިންތިހާބުގެ ކެންޑިޑޭޓުން ކަނޑައަޅާ އޮޑިޓަރު ވާންޖެހޭނީ، ދައުލަތުގެ ކަމާބެހޭ އިދާރާގައި ރަޖިސްޓަރީވެފައިވާ އޮޑިޓަރަކަށެވެ.
46 ވަނަ މާއްދާ - ރިޔާސީ އިންތިހާބުގެ ދެވަނަބުރު
(ހ) ރިޔާސީ އިންތިހާބަށް ކުރިމަތިލީ މީހުންގެ ތެރެއިން އެއްވެސް ކެންޑިޑޭޓަކަށް ރިޔާސީ އިންތިހާބުގައި ވޯޓުލީ މީހުންގެ ތެރެއިން ސައްހަ ވޯޓުގެ %50 (ފަންސާސް އިންސައްތަ) އަށްވުރެ ގިނަ ވޯޓު ނުލިބިއްޖެނަމަ، އެ އިންތިހާބު ބޭއްވިތާ ގިނަވެގެން 21 (އެކާވީސް) ދުވަހުގެ ތެރޭގައި، ރިޔާސީ އިންތިހާބުގެ ގާނޫނުގެ 19 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް ބޭއްވުމުގެ ހުރިހާ ކަމެއް އިލެކްށަންސް ކޮމިށަނުން ހަމަޖައްސަން ވާނެއެވެ.
(ށ) އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލެވޭ މީހުން އާންމު ކުރުމުގައި، ވޯޓުލާ ދުވަހާ ހަމަޔަށް 18 (އަށާރަ) އަހަރު ފުރޭ މީހުންނަށް ފުރުސަތު ދޭންވާނެއެވެ.
47 ވަނަ މާއްދާ - ސެކިއުރިޓީ އުރަތައް ކެނޑުން
ވޯޓުލީ މީހުންގެ ވޯޓު ކަރުދާސް ބަންދުކޮށްފައިވާ ހާއްސަ ސެކިއުރިޓީ އުރަތައް ،އަންނަނިވި ހާލަތްތަކުގައި އިލެކްށަންސް ކޮމިށަނުން ކަނޑައި، އަލުން ގުނިދާނެއެވެ.
(ހ) ވޯޓުލާ މަރުކަޒަކުން ފޮނުވައިފައިވާ އެ މަރުކަޒެއްގެ ވަގުތީ ނަތީޖާތައްޔާރުކުރުމުގައި އެއްވެސް މައްސަލައެއް އޮތްކަން އިލެކްށަންސް ކޮމިށަނަށްފާހަގަވުން؛
(ށ) ވޯޓުލާ މަރުކަޒެއްގެ ނަތީޖާއާ ބެހޭގޮތުން އެއްވެސް ފަރާތަކުން ހުށަހަޅާ ށަކުވާއަކާ ގުޅިގެން އެ ކަމަކީ ތަހުގީގުކުރަން ޖެހޭވަރުގެ ހެކިހުރި ށަކުވާއެއް ކަމުގައި އިލެކްށަންސް ކޮމިށަނަށް ފެނިއްޖެނަމަ، އެ ތަހުގީގެއްގެ ބޭނުމަށް؛
(ނ) ވޯޓުކަރުދާސް ބަންދުކޮށްފައިވާ ހާއްސަ ސެކިއުރިޓީ އުރަ ކެނޑުމަށް ށަރުއީ ކޯޓަކުން އިލެކްށަންސް ކޮމިށަނުގެ މައްޗަށް އަމުރެއް ނެރުން؛
(ރ) ވޯޓުގެ ސައްހަކަމާމެދު ސުވާލު އުފެދޭކަމަށް އިލެކްށަންސް ކޮމިށަނަށް ފެންނަ މި ނޫން ވެސް އެހެނިހެން ހާލަތެއް މެދުވެރިވުން.
48 ވަނަ މާއްދާ - ވޯޓުކަރުދާސް ބަންދުކޮށްފައިވާ ހާއްސަ ސެކިއުރިޓީ އުރަތައް ކެނޑުމުގައި އަމަލުކުރާނެ ގޮތް
(ހ) ވޯޓުލީ މީހުންގެ ވޯޓުކަރުދާސް ބަންދުކޮށްފައިވާ ހާއްސަ ސެކިއުރިޓީ އުރަތައް ކަނޑަންވާނީ، ރިޔާސީ އިންތިހާބަށް ކުރިމަތިލި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުންގެ ހާޒިރުގައި އިލެކްށަންސް ކޮމިށަނުން އައްޔަނުކުރާ ފަރާތްތަކުންނެވެ. މި ގޮތުން އައްޔަނުކުރެވޭ މީހުން، ކެންޑިޑޭޓެއްގެ އެއްވެސް ހައްގަކަށް އުނިކަމެއް އަތުވެދާނެ ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. އަދި ވޯޓު ގުނުމުގެ މަސައްކަތުގައި، އިންތިހާބާ ބެހޭގޮތުން ލިބޭ އެއްވެސް މައުލޫމާތެއް އިލެކްށަންސް ކޮމިށަން ފިޔަވައި އެހެން ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ. ނަމަވެސް ށަރުއީ ކޯޓަކަށް ހާމަކުރަން ޖެހިގެން ހާމަކުރާ ހާމަކުރުން މިއިން އިސްތިސްނާ ވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ހާލަތްތަކުގައި ސެކިއުރިޓީ އުރަ ކަނޑާނަމަ، ރިޔާސީ އިންތިހާބަށް ކުރިމަތިލީ ކެންޑިޑޭޓުންނަށް ނުވަތަ ކެންޑިޑޭޓުންގެ ރަސްމީ އިންތިހާބީ އޭޖެންޓަށް އެ އުރަ ކެނޑުމުގެ 3 (ތިނެއް) ގަޑިއިރުގެ ކުރިން އީމެއިލަކުން ނުވަތަ އެސ.ްއެމ.ްއެސ.ް އަކުން ނުވަތަ ސިޓީއަކުން، ސެކިއުރިޓީ އުރަ ކެނޑުމަށް ހަމަޖެހިފައިވާ ވަގުތާއި ތަން އަންގަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ހާލަތްތަކުގައި ސެކިއުރިޓީ އުރަ ކަނޑާނަމަ، އެކަމަށް ހާއްސަކޮށްފައިވާ ތަނަކަށް، ރިޔާސީ އިންތިހާބުގެ ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުން ވަނުމުގެ ހުއްދަ ދޭންވާނެއެވެ.
(ރ) ވޯޓުލީ މީހުންގެ ވޯޓުކަރުދާސް ބަންދުކޮށްފައިވާ ހާއްސަ ސެކިއުރިޓީ އުރަތައް ކަނޑައި ވޯޓުކަރުދާސް އަލުން ގުނުމުގެ މަސައްކަތްތައް ހިނގައިދިޔަ ގޮތުގެ ރިޕޯޓެއް ލިޔ،ެ އަންނަނިވި ހުރިހާ މައުލޫމާތެއް ހިމެނޭގޮތަށް، އެ މަސައްކަތާ ހަވާލުވެހުރި އެންމެ އިސް މީހަކާއި، އެ ރިޕޯޓު ލިޔުނު މީހަކާއި، އެ ރިޕޯޓު ޗެކުކުރި މީހަކު ސޮއިކުރުމަށްފަހު، އިލެކްށަންސް ކޮމިށަނަށް ހުށަހަޅަންވާނެއެވެ.
- ވޯޓުލާ މަރުކަޒުގެ ނަންބަރު؛
- ސެކިއުރިޓީ އުރަ ކެނޑި ތާރީހާއި ވަގުތު؛
- ސެކިއުރިޓީ އުރައިގައި ހުރި ވޯޓުކަރުދާސްތައް ގުނަން ފެށި ގަޑިއާއި ނިންމި ގަޑި؛
- ސެކިއުރިޓީ އުރަ އަލުން ބަންދުކުރެވުނު ގަޑި؛
- ސެކިއުރިޓީ އުރަ ކަނޑައިގެން އަލުން ގުނަންޖެހުނު ސަބަބު؛
- ސެކިއުރިޓީ އުރަ ކެނޑުމުގެ މަސައްކަތްކުރުމަށް އައްޔަނުކޮށްފައިވާ މީހުންގެ ނަމާއި، އެޑްރެހާއި، އެ މީހުންގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު؛
- ސެކިއުރިޓީ އުރަ ކެނޑުމުގެ މަސައްކަތް ބެލުމަށް އެއްވެސް ކެންޑިޑޭޓަކު، ނުވަތަ ކެންޑިޑޭޓެއްގެ ފަރާތުން މަންދޫބަކު ހާޒިރުވިނަމަ،އެ މީހެއްގެ ނަމާއި، އެޑްރެހާއި، އެ މީހެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު؛
- ސެކިއުރިޓީ އުރައިގައި ހުރި ސައްހަ ވޯޓުކަރުދާހުގެ އަދަދު؛
- ސެކިއުރިޓީ އުރައިގައި ހުރި ބާތި ލު ވޯޓުކަރުދާހުގެ އަދަދު؛
- ކޮންމެ ކެންޑިޑޭޓަކަށް ލިބިފައިވާ ވޯޓުގެ އަދަދު.
(ބ) މި މާއްދާގެ (ރ) ގެ ދަށުން ތައްޔާރުކުރާ ރިޕޯޓު ހޯދުމަށް، އިންތިހާބުގައި ވާދަކުރި އެއްވެސް ކެންޑިޑޭޓަކު، ނުވަތަ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓުން ނެރޭ ސިޔާސީ ޕާޓީއަކުން އެދިއްޖެނަމަ، އެ ރިޕޯޓުގެ ކޮޕީއެއް، އިލެކްށަންސް ކޮމިށަނުން އެ ފަރާތަކަށް ދޫކުރަންވާނެއެވެ.
(ޅ) ސެކިއުރިޓީ އުރަ ކަނޑައި އަލުން ގުނުމުގެ މަސައްކަތްކުރާ އެއްވެސް މީހެއްގެ މަސައްކަތަށް ދަތިވާކަހަލަ އެއްވެސް އަމަލެއް، އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެއެވެ. އަދި މި މަސައްކަތުގައި ބޭނުންކުރާ އެއްވެސް ލިޔުމެއް ގައި ނުވަތަ އެއްޗެއްގައި، އެ މަސައްކަތާ ހަވާލުވެގެން ތިބި މީހުން ފިޔަވައި އެހެން ފަރާތަކުން އަތްލައިގެން ނުވާނެއެވެ.
49 ވަނަ މާއްދާ - ސެކިއުރިޓީ އުރަ އަލުން ބަންދުކުރުން
ވޯޓުލީ މީހުންގެ ވޯޓުކަރުދާސް ބަންދުކޮށްފައިވާ ހާއްސަ ސެކިއުރިޓީ އުރަ ކެނޑުމުގެ ބޭނުން ފުރިހަމަކުރުމަށްފަހު، ވޯޓުކަރުދާސް ބަންދުކުރުމަށް ހާއްސަކޮށްފައިވާ ސެކިއުރިޓީ އުރައިގައި އަލުން ބަންދުކުރަންވާނެއެވެ.
50 ވަނަ މާއްދާ - ރިޔާސީ އިންތިހާބުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ސުލޫކީ މިންގަނޑު
އިލެކްށަންސް ކޮމިށަނުގެ އިދާރާގެ ވަގުތީ މުވައްޒަފުންނާއި، ދާއިމީ މުވައްޒަފުންނާއި، ރިޔާސީ އިންތިހާބުގެ ކަންތައްތައް ކުރިޔަށް ގެންދިޔުމަށް އައްޔަނުކޮށްފައިވާ ކޮމިޓީތަކާއި، ބިއުރޯތަކުގެ މެންބަރުންނާއި، ފޯކަލް ޕޮއިންޓުންނާއި، ފޯކަލް ޕޮއިންޓުންގެ އެހީތެރިންނާއި، ވޯޓުލާ މަރުކަޒުތަކުގައި މަސައްކަތްކުރުމަށް ކޮމިށަނުން ކަނޑައަޅާ އޮފިށަލުންނާއި، ރިޔާސީ އިންތިހާބާ ގުޅޭ މަސައް ކަތް ހަވާލުކުރެވޭ އެހެނިހެން ފަރާތްތައް، އެ މީހުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި، ތިރީގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑަށް ތަބާވާންވާނެއެވެ.
(ހ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި، އިންތިހާބުތަކާބެހޭ އާންމު ގާނޫނާއި، ރިޔާސީ އިންތިހާބުގެ ގާނޫނާއި، އެ ގާނޫނުތަކުގެ ދަށުން ހަދައިފައިވާ ގަވާއިދާއި، އިންތިހާބު ހިންގުމަށް އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން އެ މީހަކާ ހަވާލުކުރެވޭ މަސްއޫލިއްޔަތު ފުރިހަމަޔަށް އަދާކުރުން.
(ށ) ވޯޓުދޭ މީހުންނާއި، ކެންޑިޑޭޓުންނާއި، ކެންޑިޑޭޓުންގެ މަންދޫބުންނާއި،އޮބްޒާވަރުންނާއި، މޮނިޓަރުންނާއި، ސިޔާސީ ޕާޓީތަކަށް ގާނޫނުގެ ދަށުން ލިބިފައިވާ ހައްގަކަށް އުނިކަމެއް ލިބިދާނެ އެއްވެސް ކަމެއް ނުކުރުން.
(ނ) ރިޔާސީ އިންތިހާބުގައި އިލެކްށަންސް ކޮމިށަނުން ހަވާލުކުރާ މަސައްކަތް ތެދުވެރިކަމާއި އިހްލާސްތެރިކަމާއެކު ކުރުން.
(ރ) އިންތިހާބުގެ މަސައްކަތުގައި އެއްވެސް ފަރާތަކުން ފޯރުވާ ނުފޫޒަކަށް ތަބާނުވުން.
(ބ) ރިޔާސީ އިންތިހާބުގެ މަސައްކަތުގައި ވަކި ކެންޑިޑޭޓަކަށް، ނުވަތަ ވަކި ކެންޑިޑޭޓަކަށް ތާއީދުކުރާ ފަރާތަކަށް، ނުވަތަ ވަކި ކެންޑިޑޭޓަކަށް ތާއީދުނުކުރާ ފަރާތަކަށް ބުރަނުވުން.
(ޅ) މަސައްކަތް ހަވާލުވާ ވަގުތުން ފެށިގެން އިންތިހާބުގައި ހަރަކާތްތެރިވާފަރާތްތަކަކީ ވަކިފަރާތަކަށް ނުޖެހި ތިބޭ ބައެއްކަމުގައި ވުން.
(ކ) އިންތިހާބަކީ ނުފޫޒުން އެއްކިބާވެފައިވާ، މިނިވަން، އިންސާފުވެރ،ި ދެ ފުށް ފެންނަ އިންތިހާބަކަށް ހެދުމަށް މަސައްކަތްކުރުން.
51 ވަނަ މާއްދާ - އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯތައް އުފެއްދުން
(ހ) ރިޔާސީ އިންތިހާބާ ގުޅިގެން ހުށަހެޅޭ މައްސަލަތައް ބެލުމަށް އިންތިހާބަށް ކުރިމަތިލުމަށް އިއުލާނު ކުރުމާއެކު، 5 (ފަހެއް) މެންބަރުންގެ މައްޗަށް އެކުލެވޭ ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއެއް، އިލެކްށަންސް ކޮމިށަނުން އުފައްދަންވާނެއެވެ. އަދި މާލެ ފިޔަވައި ކޮންމެ ސިޓީއެއްގައްޔާއި ކޮންމެ އަތޮޅެއްގައި، 3 (ތިނެއް) މެންބަރުންގެ މައްޗަށް އެކުލެވޭ އަތޮޅު/ސިޓީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއެއް، އިންތިހާބު ބޭއްވުމުގެ މަދުވެގެން 10 (ދިހައެއް) ދުވަހުގެ ކުރިން އުފައްދަންވާނެއެވެ. ކޮމްޕްލެއިންޓްސް ބިއުރޯ އުފެއްދުމާ އެކުގައި ބިއުރޯތައް ގާއިމުވެފައިވާ ތަންތަނާއި، ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއި، އެ ބިއުރޯ ހުޅުވިފައި ހުންނާނެ ގަޑިތައް އާންމުކޮށް އިއުލާނު ކުރަންވާނެއެވެ.
(ށ) ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯގައި ހިމެނޭ 5 (ފަހެއް) މެންބަރުންގެ ތެރެއިން މަދުވެގެން 3 (ތިނެއް) މެންބަރުންނަކީ ށަރުއ/ީގާނޫނީ ދާއިރާއިން ތައުލީމު ހާސިލުކޮށްފައިވާ ނުވަތަ އެ ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ މީހުންކަމުގައި ވާންވާނެއެވެ.
(ނ) އަތޮޅު/ސިޓީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯތަކުގައި ހިމެނޭ 3 (ތިނެއް)މެންބަރުން އައްޔަނުކުރާނީ، އިލެކްށަންސް ކޮމިށަނުންނެވެ.
(ރ) އަތޮޅު/ސިޓީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯ އުފެއްދުމުގެ ކުރިން އިންތިހާބާބެހޭގޮތުން އަތޮޅުތަކުން ނުވަތަ ސިޓީތަކުން ހުށަހަޅާ މައްސަލަތައް ބަލައިގަނީ،ެ ފިޔަވަޅު އެޅެންހުރި ކަންކަމުގައި ފިޔަވަޅު އަޅާނީ،ގައުމީ ކޮންޕްލެއިންޓްސް ބިއުރޯއިންނެވެ.
52 ވަނަ މާއްދާ - ރަށު/ އަވަށު ފޯކަލް ޕޮއިންޓުން ށަކުވާ ބަލައިގަތުން
(ހ) ރަށު/އަވަށު ފޯކަލް ޕޮއިންޓަށް އިންތިހާބާބެހޭ މައްސަލައެއް ހުށަހެޅިއްޖެނަމަ، ދުވަހުން ދުވަހަށް އެ މައްސަލައަކާ މެދު ފިޔަވަޅު އަޅަންވާނެއެވެ. އަދި ފޯކަލް ޕޮއިންޓަށް އެ މައްސަލަ ހައްލު ނުކުރެވިއްޖެ ހިނދެއްގައި އަތޮޅު/ސިޓީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯ އުފެދިފައިވާނަމަ، އަތޮޅު/ސިޓީ ކޮމްޕްލެއިންޓްސް ބިއުރޯގެ ލަފާ ހޯދިދާނެއެވެ. އަތޮޅު/ސިޓީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯ ގާއިމުވެފައި ނެތްނަމަ، މިފަދަ މައްސަލަތަކުގައި ގައުމީ ކޮންޕްލެއިންޓްސް ބިއުރޯގެ ލަފާ ހޯދިދާނެއެވެ.
(ށ) މާލެ ސިޓީގައި ނަމަ އިންތިހާބާބެހޭ މައްސަލަ ހުށަހަޅާނީ، ސީދާ ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށެވެ. އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯ އުފެއްދުމުގެ ކުރިން ހުށަހަޅާ ށަކުވާ ހުށަހަޅާނީ، އިލެކްށަންސް ކޮމިށަނުގެ އިދާރާއަށެވެ.
53 ވަނަ މާއްދާ - ކޮމްޕްލެއިންޓްސް ބިއުރޯތަކުގެ މުއްދަތު
(ހ) ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯ ދެމިއޮންނާނީ، އެ ބިއުރޯ އުފައްދާ ދުވަހުން ފެށިގެން އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނުކުރުމަށްފަހު 14 (ސާދަ) ދުވަހުގެ މުއްދަތަށެވެ. އަދި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ، ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯ ދެމިއޮންނާނީ، ދެވަނަ ބުރު ނިމި ރަސްމީ ނަތީޖާ އިއުލާނުކުރުމަށްފަހު 14 (ސާދަ) ދުވަހުގެ މުއްދަތަށެވެ.
(ށ) އަތޮޅު/ސިޓީ ކޮމްޕްލެއިންޓްސް ބިއުރޯތަކުގެ މަސައްކަތް ހިނގާނީ، އަތޮޅު/ސިޓީ ކޮމްޕްލެއިންޓްސް ބިއުރޯ އުފައްދާ ދުވަހުން ފެށިގެން އިންތިހާބު ނިމ،ި އިތުރު 7 (ހަތެއް) ދުވަހުގެ މުއްދަތަށެވެ. އަދި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ، އަތޮޅު/ސިޓީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯތައް ދެމިއޮންނާނީ، ދެވަނަ ބުރު ނިމ،ި ރަސްމީ ނަތީޖާ އިއުލާނުކުރުމަށްފަހު، 7 (ހަތެއް) ދުވަހުގެ މުއްދަތަށެވެ.
(ނ) އިންތިހާބު ބޭއްވުމަށްފަހު ހުށަހެޅޭ މައްސަލައަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތެއް ނުނިމި އޮތްނަމަ، އެ ނުނިމި އޮތް މަސައްކަތެއް ނިންމުމަށްޓަކައި އެ ބިއުރޯއެއްގެ މުއްދަތު އިލެކްށަންސް ކޮމިށަނަށް އިތުރުކުރެވިދާނެއެވެ.
54 ވަނަ މާއްދާ - ވޯޓުފޮށީގެ ވެރިޔާ އާއި ކޮމްޕްލެއިންޓްސް އޮފިސަރު
(ހ) ރިޔާސީ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގައި ދިމާވާ މައްސަލަތައް ބަލާ ކޮމްޕްލެއިންޓްސް އޮފިސަރުގެ ޒިންމާ އަދާކުރާނީ، ވޯޓުލާ ކޮންމެ މަރުކަޒެއްގައި ހުންނަ ވޯޓުފޮށީގެ ވެރިޔާއެވެ.
(ށ) ވޯޓުލާ މަރުކަޒަށް ހުށަހެޅޭ މައްސަލަތައް ބަލައި ހައްލުކުރަންޖެހޭ ކަންކަން ހައްލުކުރާނީ، ކޮމްޕްލެއިންޓްސް އޮފިސަރެވެ. އޭނާއަށް ނުނިންމޭ ނުވަތަ ހައްލުނުކުރެވޭ މައްސަލަތައް ހައްލުކުރުމުގައި އެހީތެރިކަން ހޯދާނީ، ރަށު ފޯކަލް ޕޮއިންޓު ނުވަތަ އިލެކްށަންސް ކޮމިށަނުންނެވެ.
(ނ) ވޯޓުލާ މަރުކަޒުތަކުގައި ދިމާވާ މައްސަލަތަކާ ގުޅިގެން ވޯޓު ފޮށީގެ ވެރިޔާ ނުވަތަ ކޮމްޕްލެއިންޓްސް އޮފިސަރު ނިންމާ ނިންމުންތަކާމެދު ހިތްހަމަނުޖެހޭނަމަ، ރަށު ފޯކަލް ޕޮއިންޓަށް ނުވަތަ އަތޮޅު/ސިޓީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ށަކުވާ ހުށަހެޅިދާނެއެވެ. މާލޭ ސިޓީގައި ނަމަ ށަކުވާ ހުށަހަޅާނީ، ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށެވެ.
55 ވަނަ މާއްދާ - ށަކުވާ ހުށަހެޅުން
(ހ) ރިޔާސީ އިންތިހާބާ ގުޅިގެން ށަކުވާ ހުށަހަޅާނީ ރަށު/އަވަށު ފޯކަލް ޕޮއިންޓުންނަށާއި އަތޮޅު/ސިޓީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯތަކަށާއި ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށާއި އިލެކްށަންސް ކޮމިށަނަށެވެ. މިގޮތުން އާންމުގޮތެއްގައި ރަށުން ހުށަހަޅާ ށަކުވާތައް ހުށަހަޅާނީ، އެ ރަށެއްގައި ގާއިމުކޮށްފައިވާ ރަށު/ އަވަށު ފޯކަލް ޕޮއިންޓަށެވެ. އަތޮޅެއްގައި ހިމެނޭ ރިސޯޓުތަކާ ސިނާއީ މަސައްކަތްކުރާ ރަށްރަށުން ށަކުވާ ހުށަހަޅާނީ، އެ އަތޮޅެއްގެ އަތޮޅު ކޮމްޕްލެއިންޓްސް ބިއުރޯއަށެވެ. މާލެ ސިޓީއާއި ޖަލުތަކާއި ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބަހައްޓައިފައި ހުންނަ ގައުމުތަކުން ށަކުވާ ހުށަހަޅާނީ، ށަކުވާ ހުށަހަޅާ ނިޒާމުގެ ތެރެއިން ނުވަތަ ށަކުވާ ހުށަހަޅާ ފޯމުން، ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށެވެ.
(ށ) ރަށު/ އަވަށު ފޯކަލް ޕޮއިންޓުންނާއި އަތޮޅު/ސިޓީ ފޯކަލް ޕޮއިންޓުންނާ ގުޅޭގޮތުން ހުށަހެޅޭ ށަކުވާތައް ހުށަހަޅާނީ، އިލެކްށަންސް ކޮމިށަނަށެވެ. މި ގޮތުން ހުށަހަޅާ ށަކުވާ ހުށަހަޅާނީ، ށަކުވާ ހުށަހަޅާ ނިޒާމުގެ ތެރެއިން ނުވަތަ ށަކުވާ ހުށަހަޅާ ފޯމުންނެވެ.
(ނ) އިންތިހާބުތަކާބެހޭ އާންމު ގާނޫނާއި، ރިޔާސީ އިންތިހާބުގެ ގާނޫނާއި އެ ގާނޫނުތަކުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ ހިލާފަށް އެއްވެސް އަމަލެއް، އެއްވެސް ފަރާތަކުން ކޮށްގެން އެކަމުގެ ށަކުވާ އިލެކްށަންސް ކޮމިށަނަށް ހުށަހަޅާނަމަ، އެ ށަކުވާއެއްގެ ތަފުސީލ،ު ހެއްކާއި ގަރީނާއާއެކު، އިންތިހާބު ބޭއްވި ދުވަހުން ފެށިގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި ހުށަހަޅަންވާނެއެވެ. ރަށު/އަވަށު ފޯކަލް ޕޮއިންޓުންނަށާއި، އަތޮޅު/ސިޓީ ކޮމްޕްލެއިންޓްސް ބިއުރޯއަށާއި، ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހެޅޭ މައްސަލަތައް ވެސް ބެލެވޭނީ، އިލެކްށަންސް ކޮމިށަނަށް ހުށަހަޅާ ށަކުވާގެ ގޮތުގައެވެ. ށަކުވާ ހުށަހަޅާއިރު، ހުށަހަޅާ ފަރާތުގެ ނަމާއި، އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ހިމަނަންވާނެއެވެ. ށަކުވާ ހުށަހަޅާނީ، "ރިޔާސީ އިންތިހާބާބެހޭ ށަކުވާ ހުށަހަޅާ ފޯމު" ންނެވެ. ސިޔާސީ ޕާޓީއަކުން ނުވަތަ ޖަމްއިއްޔާއަކުން ނުވަތަ މުއައްސަސާއަކުން ށަކުވާ ހުށަހަޅާނަމަ، އެ ފަރާތެއްގެ ތައްގަނޑާއި މަސްއޫލުވެރި ފަރާތެއްގެ ސޮއި، ށަކުވާ ހުށަހަޅާ ފޯމުގައި އޮންނަންވާނެއެވެ.
(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުށަހަޅާ މައްސަލައަކާމެދު އަމަލުކުރި ގޮތ،ް މައްސަލަ ހުށަހެޅި ފަރާތަށް، މައްސަލަ ހުށަހެޅި ތާރީހުން ފެށިގެން 2 (ދޭއް) ދުވަހުގެ ތެރޭގައި ލިބޭނެ ގޮތް ހަމަޖައްސަންވާނެއެވެ.
56 ވަނަ މާއްދާ - ށަކުވާތަކާއި މައްސަލަތައް ބެލުން
ރިޔާސީ އިންތިހާބާ ގުޅިގެން ރަށު/އަވަށު ފޯކަލް ޕޮއިންޓަށާއި، ވޯޓުނަގާ މަރުކަޒުތަކުގައި ތިބޭ ކޮމްޕްލެއިންޓްސް އޮފިސަރުނ/ްވޯޓުފޮށީގެ ވެރިންނަށާއި އަތޮޅު/ސިޓީ ކޮމްޕްލެއިންޓްސް ބިއުރޯތަކަށާއި، ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހެޅޭ ށަކުވާތައް ބަލައި ވަގުތުން ފިޔަވަޅު އަޅަންޖެހޭ ށަކުވާތަކަށް ވަގުތުން ފިޔަވަޅު އަޅަންވާނެއެވެ.
57 ވަނަ މާއްދާ - ށަކުވާތަކުގެ މައުލޫމާތު ދަފުތަރުކޮށް ބެލެހެއްޓުން
(ހ) ރިޔާސީ އިންތިހާބާ ގުޅިގެން ރަށު/އަވަށު ފޯކަލް ޕޮއިންޓަށާއި، ވޯޓުލާ މަރުކަޒުތަކުގައި ތިބޭ ކޮމްޕްލެއިންޓްސް އޮފިސަރުންނަށާއި އަތޮޅު/ސިޓީ ކޮމްޕްލެއިންޓްސް ބިއުރޯތަކަށާއި، ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހެޅޭ ށަކުވާތަކުގެ މައުލޫމާތު ދުވަހުން ދުވަހަށް ދަފުތަރުކޮށް ބަލަހައްޓަންވާނެއެވެ. މިގޮތުން ށަކުވާތައް ދަފުތަރުކުރުމުގައި، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމަނަންވާނެއެވެ.
- ށަކުވާ ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެހާއި، މިހާރުގެއެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު؛
- ށަކުވާ ރައްދުވާ ފަރާތުގެ މައުލޫމާތު (ނަމާއި، އެޑްރެހާއި، އެނގޭނަމަދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު)؛
- ހުށަހެޅުނު ށަކުވާގެ ބާވަތް (ށަކުވާގެ ކުރު ހުލާސާއަކާއެކު)؛
- ހުށަހެޅުނު ށަކުވާއާ ގުޅިގެން އަމަލުކުރި ގޮތް ނުވަތަ ނިންމި ގޮތް.
(ށ) ރަށު/އަވަށު ފޯކަލް ޕޮއިންޓަށާއި، ކޮމްޕްލެއިންޓްސް ބިއުރޯތަކަށް ހުށަހެޅޭ މައްސަލަތައް ބަލައި، އެޅެން ހުރި ފިޔަވަޅެއް އަޅައި، ކޮންމެ ދުވަ ހަކު ވެސ،ް އެ ދުވަހެއްގެ ކޮމްޕްލެއިންޓްސް ރިޕޯޓު، އަންގައިފައިވާ ގޮތުގެ މަތީން ގައުމީ ކޮންޕްލެއިންޓްސް ބިއުރޯއަށް ފޮނުވަމުން ގެންދަންވާނެއެވެ.
(ނ) ކޮމްޕްލެއިންޓްސް ބިއުރޯތަކަށް ހުށަހެޅޭ މައްސަލަތަކާބެހޭ ގޮތުން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމެނޭ ގޮތަށް ރިޕޯޓެއް ތައްޔާރުކޮށް،ރަސްމީ ނަތީޖާ އިއުލާނު ކުރާތާ 12 )ބާރަ( ދުވަހުގެ ތެރޭގައި، ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯއިން އިލެކްށަންސް ކޮމިށަނަށް އެ ރިޕޯޓު ހުށަހަޅަންވާނެއެވެ.
58 ވަނަ މާއްދާ - ވޯޓުކަރުދާސް ނައްތައިލުން
އިންތިހާބުގައި ބޭނުންކުރާ ވޯޓުކަރުދާހާއި ވޯޓު ލުމަށް ބޭނުންކުރާ ތަކެތި ނައްތައިލަންވާނީ، އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނުކުރާ ތާރީހުން ފެށިގެން 14 (ސާދަ) ދުވަސް ފުރިހަމަވާއިރު، އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 64 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އިންތިހާބާބެހޭ މައްސަލައެއް ކޯޓަށް ހުށަހެޅިފައި ނެތްކަން ކަށަވަރު ކުރުމަށްފަހު، ވޯޓު ކަރުދާހާއި ވޯޓުލުމަށް ބޭނުންކުރި ތަކެތި ނައްތައިލުމަށް އިލެކްށަންސް ކޮމިށަނުގެ ޖަލްސާއަކަށް ހުށަހަޅައި ފާސްކޮށްގެންނެވެ.
59 ވަނަ މާއްދާ - ކުށާއި އަދަބު
އިންތިހާބުތަކާބެހޭ އާންމު ގާނޫނާއި، ރިޔާސީ އިންތިހާބުގެ ގާނޫނާއި، މި ގަވާއިދާ ހިލާފަށް އެއްވެސް ފަރާތަކުން އެއްވެސް ކަމެއް ކޮށްފިނަމަ، އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 74 ވަނަ މާއްދާގެ ދަށުން އެ ފަރާތަކާމެދު އިލެކްށަންސް ކޮމިށަނުން ފިޔަވަޅު އަޅަންވާނެއެވެ.
60 ވަނަ މާއްދާ - އިންތިހާބާބެހޭ ރިޕޯޓު ތައްޔާރުކުރުން
ރިޔާސީ އިންތިހާބާބެހޭ ރިޕޯޓެއް، އިންތިހާބު ބާއްވާތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި އިލެކްށަންސް ކޮމިށަނުން ތައްޔާރުކޮށް އާންމުކުރަންވާނެއެވެ.
61 ވަނަ މާއްދާ - ފޯމު ލިބޭނެ އިންތިޒާމު ހަމަޖެއްސުން
މި ގަވާއިދުގައި ހަވާލާދީފައިވާ ފޯމުތައް އިލެކްށަންސް ކޮމިށަނުން އާންމުކޮށް އިއުލާނު ކުރުމާއެކު، މި ފޯމުތައް، ދިވެހި ސަރުކާރުގެ ގެޒެޓާއި، ކޮމިށަނުގެ ވެބްސައިޓުގައި ށާއިއުކުރަންވާނެއެވެ. މީގެ އިތުރުން، އިލެކްށަންސް ކޮމިށަނުންނާއި، އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ތަންތަނުން މި ފޯމު ލިބޭނެ އިންތިޒާމ،ުއިލެކްށަންސް ކޮމިށަނުން ހަމަޖައްސަންވާނެއެވެ.
62 ވަނަ މާއްދާ - ގާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިނުވާ ކަމެއް ދިމާވުން
އިންތިހާބުތަކާބެހޭ އާންމު ގާނޫނާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދާއި، ރިޔާސީ އިންތިހާބުގެ ގާނޫނާއި، މި ގަވާއިދުގައި ބަޔާންކޮށްފައި ނުވާ ކަމެއް ދިމާވެއްޖެނަމަ، އެ ކަމެއްގައި އަމަލުކުރާނެ ގޮތެއް ކަނޑައަޅާނީ އިލެކްށަންސް ކޮމިށަނުންނެވެ.
63 ވަނަ މާއްދާ - މާނަ ކުރުން
މި ގަވާއިދުގައިވާ ލަފުޒުތަކާއި އިބާރާތްތަކަށް ދީފައިވަނީ، ތިރީގައިވާ އަކުރުތަކުގައި ދީފައިވާ މާނަކުރުމެވެ.
(ހ) "އިންތިހާބު" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2008-12 (ރިޔާސީ އިންތިހާބުގެ ގާނޫނު) ގެ 2 ވަނަ މާއްދާގެ ދަށުން ބާއްވާ ރިޔާސީ އިންތިހާބަށެވެ.
(ށ) "އިންތިހާބުތަކާބެހޭ އާންމު ގާނޫނު" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2008-12 (ރިޔާސީ އިންތިހާބުގެ ގާނޫނު) އަށެވެ.
(ނ) "ރިޔާސީ އިންތިހާބުގެ ގާނޫނު" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2008-12 (ރިޔާސީ އިންތިހާބުގެ ގާނޫނު) އަށެވެ.
(ރ) "އިންތިހާބާބެހޭ ގައުމީ ލަފާދޭ ކޮމިޓީ" ކަމުގައި ބުނެފައި އެވަނީ، ރިޔާސީ އިންތިހާބާބެހޭގޮތުން އިލެކްށަންސް ކޮމިށަނަށް ބޭނުންވާ ލަފާ ދިނުމަށާއި މަށްވަރާކުރުމަށް މި ގަވާއިދުގައިވާ ގޮތުގެ މަތީން އިލެކްށަންސް ކޮމިށަނުން އުފައްދައިފައިވާ ކޮމިޓީއަށެވެ.
(ބ) "ރ-ީރަޖިސްޓަރީ" ކަމުގައި ބުނެފައި އެވަނީ، ވޯޓުލުން އޮންނަ ދުވަހު ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައި އެ މީހެއްގެ ދާއިމީ އެޑްރެސްކަމަށް ބަޔާންކޮށްފައިވާ ތަން ނޫން އެހެން ތަނެއްގައި އެ މީހާ ވޯޓުލުމަށް ރަޖިސްޓަރީ ވުމަށެވެ.
(ޅ) "ވޯޓުލާ މަރުކަޒު" ކަމުގައި ބުނެފައި އެވަނީ، އިންތިހާބުގައި ވޯޓުލުމަށް ވޯޓު ފޮށި ބަހައްޓައިފައިވާ ކޮންމެ ތަނަކަށެވެ. ވޯޓު ލުމާއި، ވޯޓު ގުނުމުގެ ކަންތައްތައް ހިންގާނީ ވެސް މި މަޒުކަޒުގައެވެ.
(ކ) "ވޯޓިންގ ބޫތު" ކަމުގައި ބުނެފައި އެވަނީ، ވޯޓުކަރުދާހުގައި ފާހަގަޖެހުމަށް ހުންނަން ކަނޑައަޅައިފައިވާ ކޮށިގަނޑަށެވެ.
(އ) "އޮބްޒާވަރުން" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2008-12 (ރިޔާސީ އިންތިހާބުގެ ގާނޫނު) އާއި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އިލެކްށަންސް ކޮމިށަނުން ރިޔާސީ އިންތިހާބު އޮބްޒާވް ކުރުމަށް ހުއްދަ ދީފައިވާ ފަރާތްތަކަށެވެ.
(ވ) "މޮނިޓަރުން" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2008-12 (ރިޔާސީ އިންތިހާބުގެ ގާނޫނު) އާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރިޔާސީ އިންތިހާބުގެ ވޯޓުނަގާ ދުވަހު ވޯޓުލާ ސަރަހައްދުތަކުގައްޔާއި ވޯޓު ގުނާ މަރުކަޒުތަކުގައި ވޯޓު ލުމުގެ ކަންތައްތައް ކަވަރުކުރުމަށް އިލެކްށަންސް ކޮމިށަނުން ހުއްދަ ދީފައިވާ މީޑިއާގެ ފަރާތްތަކަށެވެ.
(މ) "ޕާޓީ" ނުވަތަ "ސިޔާސީ ޕާޓީ" ކަމުގައި ބުނެފައި އެވަނީ، ސިޔާސީ ޕާޓީތައް ހިންގައި ބެލެހެއްޓުމާ ގުޅޭގޮތުން ދިވެހިރާއްޖޭގައި އަމަލުކުރާ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން އިލެކްށަންސް ކޮމިށަނުގައި ރަޖިސްޓަރީ ކޮށްފައިވާ ކޮންމެ ސިޔާސީ ޕާޓީއަކަށެވެ.
(ފ) "ވޯޓުނެގުމާބެހޭ ކަންތައްތައް ބަލަހައްޓަން ތިބޭ މީހުން" ކަމުގައި ބުނެފައިއެވަނީ، އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގައި ވޯޓުނެގުމާއި، ވޯޓުގުނުމާބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުމަށް ތިބޭ އިލެކްށަންސް ކޮމިށަނުގެ މުވައްޒަފުން ނުވަތަ އެ ކަމަށް ކޮމިށަނުން އައްޔަނުކޮށްފައި ތިބޭ މީހުންނަށެވެ.
(ދ) "އާއިލީ މެންބަރު" ކަމުގައި ބުނެފައި އެވަނީ، މަންމައެއް، ބައްޕައެއް، ދަރިއެއް، އަނތްބެއް، ފިރިއެއް، އެއްބަނޑުއެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ ކޮންމެ މީހަކަށެވެ.
(ތ) "ކާކުކަން އަންގައިދޭ ރަސްމީ ލިޔުން" ކަމުގައި ބުނެފައި އެވަނީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި، ޕާސްޕޯޓު ކާޑާއި، ދިވެހި ޕާސްޕޯޓާއި، ދިވެހި ސަރުކާރުން ދޫކޮށްފައިވާ، އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ކާޑުގެ ތެރެއިން އެ ލިޔުމެއްގެ މުއްދަތު ހަމަވެފައިނުވާ، ފޮޓޯޖެހ،ި އަސްލު ލިޔުންތަކަށެވެ.
(ލ) "ޒާތީ މައުލޫމާތު" ކަމުގައި ބުނެފައި އެވަނީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި، އުފަންތާރީހާއި، ފޯނު ނަންބަރާއި، ފޮޓޯއަށެވެ.
(ގ) "ކޮމްޕްލެއިންޓްސް އޮފިސަރު" ކަމުގައި ބުނެފައި އެވަނީ، ވޯޓު ފޮށީގެ ވެރިޔާއަށެވެ.
(ޏ) "ފޯކަލް ޕޮއިންޓު" ކަމުގައި ބުނެފައި އެވަނީ، އިންތިހާބާ ގުޅޭ އިދާރީ ކަންކަމާއި، އިލެކްށަންސް ކޮމިށަނުން ހަވާލުކުރާ އެހެނިހެން މަސައްކަތްތައް އެ ރަށެއްގައި ކުރުމަށް އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ފަރާތަށެވެ.
(ސ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ އިންތިހާބާބެހޭ ކަންކަމުގައި ދުވަސް ގުނާނީ، ބަންދު ދުވަސްތައް ހިމަނައިގެންނެވެ.
(ޑ) މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައިހިނދަކު، މުފްރަދުކޮށް ގެނެސްފައިވާ ލަފުޒުތައް ނުވަތަ އިބާރާތްތައް، އެ ލަފުޒުތަކުގެ ނުވަތަ އިބާރާތްތަކުގެ ޖަމްއު މާނައިގައި އަދި ޖަމްއުކޮށް ގެނެސްފައިވާ ލަފުޒުތައް ނުވަތަ އިބާރާތްތައް އެ ލަފުޒުތަކުގެ ނުވަތަ އިބާރާތްތަކުގެ މުފްރަދު މާނައިގައި ބޭނުންކުރެވޭނެއެވެ.
64 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
65 ވަނަ މާއްދާ - ކުރީގެ ގަވާއިދު އުވައިލުން
މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ގަވާއިދު ނަންބަރު 2018-71 (ރިޔާސީ އިންތިހާބުގެ ގަވާއިދު) އުވުނީއެވެ.
މި ގަވާއިދަށް ގެނެވުނު އިސްލާހު
ކޮންސޮލިޑޭޓެޑް ގަވާއިދު
ރިޔާސީ އިންތިހާބުގެ ގަވާއިދު 2023 (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2023-120)
މައި ގާނޫނު
ރިޔާސީ އިންތިހާބުގެ ގާނޫނު (ގާނޫނު ނަންބަރު 2008-12)
އުވުނު ގަވާއިދު
ރިޔާސީ އިންތިހާބުގެ ގަވާއިދު - 2018 (ގަވާއިދު ނަންބަރު 2018-71)
ކިޔުންތެރިންގެ ހިޔާލު