-

އެންޓި-ޓޯޗަރ ގާނޫނު (ގާނޫނު ނަންބަރު 2013-13) ގެ ދަށުން ހުށަހަޅާ މައްސަލަތައް ބަލައި ތަހުގީގުކޮށް ފިޔަވަޅު އެޅުމުގެ ގަވާއިދަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-119)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 6 ޖޫން 2023 ގައި)

 

ގަވާއިދު ނަންބަރު 2020-105 (ގާނޫނު ނަންބަރު 2013-13 އެންޓި ޓޯޗަރ ގާނޫނު 2013) ގެ ދަށުން ހުށަހަޅާ މައްސަލަތައް ބަލައި ތަހުގީގުކޮށް ފިޔަވަޅު އެޅުމުގެ ގަވާއިދަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ދިވެހިރާއްޖޭގައި ހިނގާ ކަންކަމުގެ އިތުރުނ،ް މައްސަލަ ރައްދުވާ ދައުލަތުގެ މުވައްޒަފަކު ދިވެހިރާއްޖެއިން ބޭރުގައި ހިންގާ ނުވަތަ ހިންގާކަމަށް ތުހުމަތުކުރެވޭ ނުވަތަ ހިންގައިފައިވާ ކަންތައްތަކުގެ މައުލޫމާތާއި މައްސަލަތައް ވެސް މި ގަވާއިދުގެ ދަށުން ހުށަހެޅިދާނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 13 ވަނަ މާއްދާގެ ފަހަތަށް 1-13 ގެ ގޮތުގައި މާއްދާއެއް އިތުރުކުރުން.

(ހ) ކޮމިށަނުން ކުރާ ތަހުގީގަކަށ،ް ގާނޫނީ ވަކީލެއްގެ ގޮތުގައި އައްޔަނު ކުރެވޭނ،ީ ތިރީގައިވާ ށަރުތު ފުރިހަމަވާ ފަރާތްތަކެވެ.

  1. ގާނޫނީ ވަކީލުކަމުގެ ހުއްދަ އޮތުން؛
  2. އެ ވަކީލަކު އައްޔަނު ކުރުމަށް އެދޭ މައްސަލައިގައި ސުވާލު ކުރެވޭ އެހެން ފަރާތެއްގެ ވަކީލަކު ކަމުގައި ނުވުން؛
  3. އެ ވަކީލަކު އައްޔަނު ކުރުމަށް އެދޭ މައްސަލައިގައި އެއްވެސް ދައުރެއް އޮތް ފަރާތެއް ކަމުގައި ނުވުން.

(ށ) ކޮމިށަނުގެ ވަޒީފާގައި އުޅުމަށްފަހު ވަޒީފާއިން ވަކިވެފައިވާ މީހަކ،ު ކޮމިށަނުން ބަލަމުންދާ މައްސަލައެއްގައި ވަކީލެއްގެ ގޮތުގައި މަސައްކަތްކުރެވޭނ،ީ އެ މުވައްޒަފަކު ކޮމިށަނުގެ ވަޒީފާއިން ވަކިވާތާ 2 (ދޭއް) އަހަރުދުވަހުގެ މުއްދަތު ފާއިތުވުމުންނެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މީހަކު ކޮމިށަނުގައި މަސައްކަތް ކޮށްފައިވާ މުއްދަތުގެ ތެރޭގައި އެ މައްސަލައެއް ތަހުގީގު ކުރުމުގައި ނުވަތަ މައްސަލައާ ގުޅޭ އެއްވެސް ނިންމުމެއް ނިންމުމުގައި ބައިވެރިވެފައިވާނަމ،ަ އެ މައްސަލައިގެ ވަކީލެއްގެ ގޮތުގައި މަސައްކަތެއް ނުކުރެވޭނެއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 22 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާއ،ި (3) ވަނަ ނަންބަރާއ،ި (4) ވަނަ ނަންބަރާއ،ި (5) ވަނަ ނަންބަރާއ،ި (6) ވަނަ ނަންބަރާއ،ި (7) ވަނަ ނަންބަރާއ،ި (9) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތަކުންކުރެ ގޮތަކަށް ހުށަހަޅާ މައްސަލަތަކަށ،ް މައްސަލަ ހުށަހަޅާ ފޯމެއް ކޮމިށަނުން ފުރިހަމަކުރަންވާނެއެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 23 ވަނަ މާއްދާގެ (ނ) އުނިކުރުން.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 27 ވަނަ މާއްދ،ާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ގާނޫނު ނަންބަރު 2013-13 (އެންޓި ޓޯޗަރ ގާނޫނު 2013) ގެ ދަށުން ށަކުވާއެއް ކޮމިށަނަށް ހުށަހެޅުމުނ،ް އެ ށަކުވާއެއް ކޮމިށަނަށް ލިބުނުކަމުގެ ލިޔުމެއ،ް އެ ށަކުވާއެއް ހުށަހެޅި ފަރާތަށް ދޭންވާނެއެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 28 ވަނަ މާއްދާ އުނިކުރުން.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) އުނިކުރުން.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 29 ވަނަ މާއްދާގެ (ރ) އަންނަނިވިގޮތަށް އިސްލާހުކުރުން

(ރ) ކޮމިށަނަށް ހުށަހަޅާ މައްސަލައަކީ ބެލޭނެ މައްސަލައެއްކަމަށް ކޮމިށަނުން ކަނޑައަޅައިފިނަމ،ަ މައްސަލަ ހުށަހެޅި ފަރާތަށ،ް ކޮމިށަނުން މައްސަލަ ބަލައިގަތްކަން ލަސްނުކޮށް އަންގައ،ި އެ މައްސަލައެއް ކޮމިށަނަށް ހުށަހަޅާ ތާރީހުން ފެށިގެން މައްސަލައިގެ ތަހުގީގު ފަށަންވާނެއެވެ. އަދި ހުށަހަޅައިފައިވާ މައްސަލައެއް ބަލައިގަނެވެން ނެތްކަމަށް ކޮމިށަނުން ނިންމައިފިނަމ،ަ އެ ގޮތަށް ނިންމި ސަބަބާއެކ،ު މައްސަލަ ހުށަހެޅި ފަރާތަށް ލިޔުމުން އަންގަންވާނެއެވެ.

 

9  ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 29 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ބ) މި މާއްދާގެ ދަށުން ކޮމިށަނުން ނިންމާ ނިންމުނ،ް ސިޓީއަކުން ނުވަތަ އީމެއިލް މެދުވެރިކޮށް ނުވަތަ އިލެކްޓްރޯނިކް އެހެން ވަސީލަތެއް މެދުވެރިކޮށ،ް މައްސަލަ ހުށަހެޅި ފަރާތަށް އެންގިދާނެއެވެ.

 

10  ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 32 ވަނަ މާއްދާގެ (ހ) އުނިކުރުން.

 

11  ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 35 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) ކޮމިށަނުން ހިންގާ ތަހުގީގަށް ދޭ ބަޔާންތައް ރިކޯޑުކޮށް ބަލަހައްޓަންވާނެއެވެ. މިފަދަ އެންމެހައި ބަޔާންތައް ލިޔުމަށްފަހ،ު ބަޔާން ދިން ފަރާތުގެ އިނގިލީގެ ނިށާން ޖަހައި ސޮއިކުރުވަންވާނެއެވެ. އަދި ބަޔާން ދިން ފަރާތުން ބަޔާނުގައި ސޮއިކުރުމަށް އިންކާރުކުރާނަމ،ަ އެކަން ބަޔާންކޮށ،ް ރިކޯޑުކޮށް ބަލަހައްޓަންވާނެއެވެ.

 

12  ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 38 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތު ގާނޫނު) ގެ 22 ވަނަ މާއްދާގެ (ދ) ގައި ބަޔާންކޮށްފައިވާ ފަދައިނ،ް އެހެން ގާނޫނެއްގައި 10 (ދިހައެއް) އަހަރަށްވުރެ ދިގު މުއްދަތަކަށް ޖަލަށްލުމުގެ އަދަބު ކަނޑައެޅިފައިވާ ކޮންމެ ކުށަކީ ޖިނާއީ ބޮޑު ކުށްތަކެއްގެ ގޮތުގައި ބަޔާންކޮށްފައިވާތ،ީ އަންނަނިވި ކުށްތަކުގައި ތުހުމަތުކުރެވޭ ފަރާތްތަކާ ސުވާލުކޮށް ބަޔާން ނަގަންވާނ،ީ ގާނޫނީ ވަކީލެއްގެ ހާޒިރުގައެވެ. އަދި ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭފަދަ މާލީ ތަނަވަސްކަން ނެތް މީހަކު ނަމ،ަދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިނ،ް ދައުލަތުން ގާނޫނީ ވަކީލަކު އައްޔަނުކޮށްދިނުމަށް އެޓަރނީ ޖެނެރަލްގެ އޮފީހުގައި އެދުމުގެ ހައްގު އެ ފަރާތަށް ލިބިގެންވާކަން ބަޔާންކޮށް ދައުލަތުން ގާނޫނީ ވަކީލެއް އައްޔަނު ކުރުމަށް 7 (ހަތެއް) ދުވަހުގެ މުއްދަތު ދޭންވާނެއެވެ.

 

13  ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 68 ވަނަ މާއްދާ އުނިކުރުން.

 

14  ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 71 ވަނަ މާއްދާ އުނިކުރުން.

 

15 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދަށް އިތުރުކުރާ މާއްދާތަކާއ،ި އުނިކުރާ މާއްދާތަކާ ގުޅިގެން އެ ގަވާއިދުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.

 

16 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނ،ީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ. 

 

މައި ގަވާއިދު

އެންޓި-ޓޯޗަރ ގާނޫނު (ގާނޫނު ނަންބަރު 2013-13) ގެ ދަށުން ހުށަހަޅާ މައްސަލަތައް ބަލައި ތަހުގީގުކޮށް ފިޔަވަޅު އެޅުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2020-105)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު