-

ކުނި މެނޭޖުކުރުމުގެ ހިދުމަތަށް ރަޖިސްޓަރީކުރުމާއި ބިލުކުރުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2023-115)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 28 މޭ 2023 ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގަވާއިދަކ،ީ އާންމު ބޭނުންތަކުގެ ހިދުމަތެއްގެ ގޮތުގައި ކުނި މެނޭޖުކުރުމުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތަކުން ހިދުމަތަށް ފީ ނެގުމުގައ،ި ކުނި މެނޭޖުކުރުމުގެ ހިދުމަތްދޭ ފަރާތުން އަމިއްލައަށް ފީ ނަގައިގެން ނުވަތަ އާންމު ބޭނުންތަކުގެ ހިދުމަތެއްގެ ގޮތުގައި ފޯރުކޮށްދޭ އެހެން ހިދުމަތެއްގެ ބިލުގައި ހިމަނައިގެން އަގު ނެގުމުގެ އިޖުރާއަތުތަކާއ،ި އެ ހިދުމަތަށް ރަޖިސްޓަރީކުރުމުގައި އަމަލުކުރާނެ އިޖުރާއަތުތައް ބަޔާންކުރުމަށް ޓަކައ،ި ގާނޫނު ނަންބަރު 2022-24 (ކުނި މެނޭޖުކުރުމުގެ ގާނޫނު) ގެ 72 ވަނަ މާއްދާގެ ދަށުން އެކުލަވައިލައިފައިވާގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔަނ،ީ "ކުނި މެނޭޖުކުރުމުގެ ހިދުމަތަށް ރަޖިސްޓަރީކުރުމާއި ބިލުކުރުމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކ،ީ އަންނަނިވި ކަންކަމާ ގުޅޭ އިޖުރާއަތުތައް ކަނޑައެޅުމެވެ.

(ހ) އާންމު ބޭނުންތަކުގެ ހިދުމަތެއްގެ ގޮތުގައި ކުނި މެނޭޖުކުރުމުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތަކުން ހިދުމަތަށް ބިލު ކުރުން.

(ށ) ބިލިންގ ސައިކަލް ކަނޑައެޅުން.

(ނ) ހިދުމަތަށް ރަޖިސްޓަރީ ކުރުން.

(ރ) ބިލު ދެއްކުމުގައި މި ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން.

(ބ) އާންމު ބޭނުންތަކުގެ ހިދުމަތްތަކުގެ ތެރެއިން އެހެން ހިދުމަތެއްގެ ބިލުގައި ކުނި މެނޭޖުކުރުމުގެ ހިދުމަތް ހިމަނައިގެން ބިލުކުރުން.

 

3 ވަނަ މާއްދާ - ތަންފީޒުކުރާ ފަރާތް

މި ގަވާއިދު ތަންފީޒު ކުރާނ،ީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ނުވަތަ އެ އޮތޯރިޓީން ކަނޑައަޅާ ފަރާތަކުންނެވެ.

 

4 ވަނަ މާއްދާ - ހިދުމަތަށް ރަޖިސްޓަރީވުން

(ހ) އާންމު ބޭނުންތަކުގެ ހިދުމަތެއްގެ ގޮތުގައި ކުނި މެނޭޖުކުރުމުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތަކުނ،ް އެ ހިދުމަތް ބޭނުންވާ ފަރާތްތައް މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ރަޖިސްޓަރީވުމުގެ އިންތިޒާމުތައް ހަމަޖައްސަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސ،ް އާންމު ބޭނުންތަކުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތެއްގައ،ި އާންމު ބޭނުންތަކުގެ ހިދުމަތެއް ހޯދުމަށް ރަޖިސްޓަރީކޮށްފައިވާ އަދި ރަޖިސްޓަރީކުރާ ކޮންމެ ފަރާތަކ،ީ އާންމު ބޭނުންތަކުގެ ހިދުމަތެއްގެ ގޮތުގައި ކުނި މެނޭޖުކުރުމުގެ ހިދުމަތްދޭ ފަރާތުގައި ކުނި މެނޭޖުކުރުމުގެ ހިދުމަތަށް ރަޖިސްޓަރީވެފައިވާ ފަރާތެއް ކަމުގައި ބެލެވޭނެއެވެ.

(ނ) އެ ތަނެއްގައި މީޓަރު މެދުވެރިކޮށް ފޯރުކޮށްދޭ އާންމު ބޭނުންތަކުގެ ހިދުމަތުގެ އެއްވެސް ހިދުމަތެއް ނެތް ނަމަވެސ،ް އެ ތަނެއްގައި އުފެދޭ ކުނި ނައްތައިލުމަށް ޓަކައި އެ ތަނެއްގެ ވެރި ފަރާތުން ކުނި މެނޭޖުކުރުމުގެ ހިދުމަތްދޭ ފަރާތުގައ،ި ކުނި މެނޭޖުކުރުމުގެ ހިދުމަތް ހޯދުމަށް ރަޖިސްޓަރީ ކުރަންވާނެއެވެ.

(ރ) މީހުން ދިރިއުޅޭ ރަށްރަށުގައި ޕާކާއި ބަނދަރު ފަދަ އާންމުން ބޭނުންކުރާ ތަންތަނ،ް އެ ތަންތަން ބަލަހައްޓާ ފަރާތުން މި މާއްދާގެ (ނ) ގެ ދަށުން ކުނި މެނޭޖުކުރުމުގެ ހިދުމަތަށް ރަޖިސްޓަރީ ކުރަންވާނެއެވެ.

 

5 ވަނަ މާއްދާ - ބިލު ދެއްކުމަށް ޒިންމާވުން

ކުނި މެނޭޖުކުރުމުގެ ފީގެގޮތުގައި ކުނި މެނޭޖުކުރުމުގެ ހިދުމަތްދޭ ފަރާތަށް ދައްކަންޖެހޭ އެންމެހައި ފައިސާއެއް ދެއްކުމަށް ޒިންމާވާނ،ީ މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން އެ ހިދުމަތަށް ރަޖިސްޓަރީކޮށްފައިވާ ނުވަތަ ރަޖިސްޓަރީވެފައިވާ ފަރާތުންނެވެ.

 

6 ވަނަ މާއްދާ - ރަޖިސްޓަރީ ކުރުމުގައި ދެވޭ އިސްތިސްނާ

(ހ) މި ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސ،ް މި ގަވާއިދުގެ ދަށުން ކުނީގެ ހިދުމަތަށް ރަޖިސްޓަރީކުރުމުގައ،ި އެއްވެސް އިމާރާތެއްގައި ހިމެނޭ ލިފްޓާއ،ި ސަރވިސ،ް މެއިންޓެނެންސް އަދިބޫސްޓަރ ޕަންޕް ފަދަ ތަކެއްޗަށް ވަކިން ކަރަންޓު ދިނުމަށް ބޭނުންކުރާ މީޓަރުތައް އިސްތިސްނާ ކުރުމަށް ހުށަހެޅިދާނެއެވެ.

(ށ) 1 )އެކެއް( މީޓަރަށް ވުރެ ގިނަ މީޓަރު ބޭނުންކޮށްގެން އާންމު ބޭނުންތަކުގެ ހިދުމަތެއް ބޭނުންކުރާ ގޭބީސީއެއް ނަމ،ަ އިސްތިސްނާކުރަން ބޭނުންވާ މީޓަރުތައް އިސްތިސްނާ ކުރުމަށް ހުށަހެޅިދާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގެ ދަށުން އިސްތިސްނާކުރުމަށް އެދި ހުށަހަޅަންވާނީ ،އާންމު ބޭނުންތަކުގެ ހިދުމަތެއްގެ ގޮތުގައި ކުނި މެނޭޖުކުރުމުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތަށެވެ. އަދި އެފަދަ ހުށަހެޅުމެއް ކުނި މެނޭޖުކުރުމުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތަށް ލިބިއްޖެނަމ،ަ އެ ތަނެއް ސަރވޭ ކުރުމަށްފަހު އިސްތިސްނާވާކަން ނުވަތަ ނުވާކަން ނިންމާނ،ީ ކުނި މެނޭޖުކުރުމުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތުންނެވެ.

 

7 ވަނަ މާއްދާ - ބިލު ކުރުން

(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ ދަށުން ކުނި މެނޭޖުކުރުމުގެ ހިދުމަތަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް ބިލުކުރަންވާނީ އަންނަނިވި އު ސޫލުންނެވެ.

  1. ކޮންމެ ބިލިންގ ސައިކަލްއެއް ނިމޭތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ މަހަކަށްވާ ބިލ،ު ހިދުމަތް ހޯދާ ފަރާތަށް ފޮނުވަންވާނެއެވެ.
  2. ބިލިންގ ސައިކަލްއެއްގެ މުއްދަތުކަމަށް ބަލާނ،ީ 28 (އަށާވީސް) ދުވަހާއި 31 (ތިރީސްއެކެއް) ދުވަހާ ދެމެދުގެ މުއްދަތެކެވެ.
  3. ބިލުކުރެވޭ ތާރީހުން ފެށިގެން ބިލު ދެއްކުމަށް ޓަކައި 30 (ތިރީސް) ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ.
  4. ބިލު ދައްކަންޖެހޭ މުއްދަތުގެ ތެރޭގައި ބިލު ނުދައްކައިފިނަމ،ަ 7 (ހަތެއް) ދުވަހުގެ ނޯޓިހެއް ދޭންވާނެއެވެ.
  5. ހިނގަމުންދާ ބިލިންގ ސައިކަލްއެއްގެ ތެރޭގައ،ި އަލަށް ހިދުމަތް ހޯދާ ފަރާތްކާއި ހިދުމަތް މެދުކެނޑުމަށްފަހު އަލުން ހިދުމަތް ގުޅައިދެވޭ ފަރާތްތަކަށް ބިލު ކުރާނ،ީ އެ ބިލިންގ ސައިކަލްއެއްގައި ހިދުމަތް ދެވުނު މުއްދަތަށް ބަލައިގެން ދުވާލަކަށް ޖެހޭ ރޭޓުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސ،ް މި ގަވާއިދުގެ ދަށުން ދެ ހިދުމަތެއްގެ ބިލު އެއްކޮށްލައިގެނ،ް އެއް ބިލެ އްގެ ގޮތުގައި ބިލުކުރެވޭނަމ،ަ ބިލުކުރުމުގައްޔާއި ބިލު ނުދައްކާ ހާލަތުގައި ފިޔަ ވަޅުއެޅުމުގައި އަމަލުކުރާނ،ީ ކުނި މެނޭޖުކުރުމުގެ ބިލު އެއްކޮށްލެވުނު ހިދުމަތަށް ބިލުކުރުމުގައި އަމަލުކުރާ އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

8 ވަނަ މާއްދާ - ބިލު ނުދެއްކުމާ ގުޅިގެން ފިޔަވަޅު އެޅުން

(ހ) މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގެ ދަށުން ދޭ ނޯޓިހަށްފަހު ބިލު ދައްކައިފައި ނުވާނަމ،ަ އެ ފަރާތެއް މަހަކު 5 (ފަހެއް) ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިހުތިޔާރ،ު ބިލުކުރާ ފަރާތަށް ލިބިގެންވެއެވެ.

(ށ) ވިދިވިދިގެން 3 (ތިނެއް) ބިލަށް ފައިސާ ނުދައްކައިފިނަމ،ަ ކުނި މެނޭޖުކުރުމުގެ ހިދުމަތް މެދުކަނޑައިލުމުގެ އިހުތިޔާރ،ު ކުނި މެނޭޖުކުރުމުގެ ހިދުމަތްދޭ ފަރާތަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިނ،ް މެދުކަނޑައިލައި ފައިވާ ހިދުމަތް އަލުން ފޯރުކޮށްދިނުމުގައ،ި ނުދައްކައި ހުރި ބިލުތަކުގެ ފައިސާއާއެކު ހިދުމަތް އަލުން ފޯރުކޮށްދޭން 50 (ފަންސާސް) ރުފިޔާގެ ފީއެއް ނެގުމުގެ އިހްތިޔާރ،ުކުނި މެނޭޖުކުރުމުގެ ހިދުމަތްދޭ ފަރާތަށް ލިބިގެންވެއެވެ.

 

9 ވަނަ މާއްދާ - ވަގުތީ ގޮތުން ހިދުމަތް މެދުކަނޑަ އިލުން

(ހ) ހިދުމަތް ހޯދާ ފަރާތުން ވަކި މުއްދަތަކަށް ހިދުމަތް މެދުކަނޑައިލަން ބޭނުންވެއްޖެނަމަ، ކުނި މެނޭޖުކުރުމުގެ ހިދުމަތްދޭ ފަރާތުން އެ ކަމަށް ހަމަޖައްސާ އުސޫލެއްގެ ދަށުން ހިދުމަތް މެދުކަނޑައިލުމަށް އެދެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހިދުމަތް މެދުކަނޑައިލަން އެދިއްޖެނަމ،ަ އެ ދުވަހާ ހަމަޔަށް ބިލިންގ ސައިކަލްގައި ހިނގައިފައިވާ މުއްދަތު ބަލައި، އެ ފައިސާ ދައްކަން އެންގުމުގެ އިހްތިޔާރ،ު ކުނި މެނޭޖުކުރުމުގެ ހިދުމަތްދޭ ފަރާތަށް ލިބިގެންވެއެވެ.

(ނ) ހިދުމަތް އަލުން ފޯރުކޮށްދޭން އެދޭ ފަރާތްތަކަށް ހިދުމަތް އަލުން ފޯރުކޮށްދޭނ،ީމި ގަވާއިދުގެ 8 ވަނަ މާއްދާގެ (ނ) ގެ ދަށުންނެވެ.

 

10 ވަނަ މާއްދާ - އާންމު ބޭނުންތަކުގެ ހިދުމަތްތަކުގެ ތެރެއިން އެހެން ހިދުމަތެއްގެ ބިލުގައި ކުނި މެނޭޖުކުރުމުގެ ބިލު ހިމެނުން

(ހ) ކުނި މެނޭޖުކުރުމުގެ ހިދުމަތަށް ކުރެވޭ ބިލ،ު އާންމު ބޭނުންތަކުގެ އެހެން ހިދުމަތެއްގެ ބިލުގައި ހިމަނައިގެން ބިލު ކުރުމުގެ އިހްތިޔާރ،ު ކުނި މެނޭޖުކުރުމުގެ ހިދުމަތްދޭ ފަރާތަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ދެ ބިލެއް އެއްކުރެވޭނ،ީ ގާނޫނު ނަންބަރު 2022-24 (ކުނި މެނޭޖުކުރުމުގެ ގާނޫނު) ގެ 27 ވަނަ މާއްދާގެ (ރ) ގެ ދަށުން ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

(ނ) ކުނި މެނޭޖުކުރުމުގެ ހިދުމަތަށް ކުރެވޭ ބިލ،ު އާންމު ބޭނުންތަކުގެ އެހެން ހިދުމަތެއްގެ ބިލުގައި ހިމަނާއިރ،ު ކުނި މެނޭޖުކުރުމަށް ނަގާ އަގާއި އެހެނިހެން ފީތައ،ް ބިލުގައި ވަކިން އެނގެން އޮންނަންވާނެއެވެ.

(ރ) ކުނި މެނޭޖުކުރުމުގެ ހިދުމަތަށް ކުރެވޭ ބިލ،ު އާންމު ބޭނުންތަކުގެ އެހެން ހިދުމަތެއްގެ ބިލުގައި ހިމަނައިގެން ކުރާ ބިލު ދެއްކިކަމަށް ބަލަންވާނީ، އެ ބިލުގައި ހިމެނޭ ހުރިހާ ފައިސާއެއް ދައްކައި ހަލާސް ކުރުމުންނެވެ.

 

11 ވަނަ މާއްދާ - އާންމު ބޭނުންތަކުގެ ހިދުމަތްތަކުގެ ތެރެއިން އެހެން ހިދުމަތެއްގެ ބިލުގައި ކުނި މެނޭޖުކުރުމުގެ ބިލު ހިމެނުމަށް ވެވޭ އެއްބަސްވުން

މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުމުގައ،ި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

(ހ) ބިލުކުރުމާއ،ި ދެފަރާތުން އަމަލުކުރާނެ ގޮތުގެ އިޖުރާއަތުތައް.

(ށ) އެއްބަސްވުމުގެ ދަށުން ދެވޭ ހިދުމަތަށް އިދާރީ ފީއެއް ނަގާނަމ،ަ އެކަމުގެ އިޖުރާއަތުތައް.

(ނ) އެއްބަސްވުމާ ގުޅޭގޮތުން މައްސަލައެއް ދިމާވެއްޖެނަމ،ަ މައްސަލަ ހައްލުކުރުމުގެ އިޖުރާއަތުތައް.

(ރ) ހިދުމަތް ހޯދާ ފަރާތާމެދު ފިޔަވަޅު އެޅުމުގައި އަމަލުކުރެވޭނެ އުސޫލުތައް.

 

12 ވަނަ މާއްދާ - ކުރިން ކޮށްފައިވާ ބިލުތަކާމެދު އަމަލުކުރަންވީ ގޮތް

(ހ) އާންމު ބޭނުންތަކުގެ ހިދުމަތްތަކުގެ ތެރެއިން އެހެން ހިދުމަތެއްގެ ބިލުގައި ކުނި މެނޭޖުކުރުމުގެ ބިލު ހިމެނުމަށް ވެވޭ އެއްބަސްވުމުގެ ކުރިނ،ް ކުނި މެނޭޖުކުރުމުގެ ހިދުމަތަށް ކޮށްފައިވާ ބިލުތަކާއި އެއާ ގުޅިގެން ކޮށްފައިވާ ޖޫރިމަނާގެ އެއްވެސް ފައިސާއެއ،ް އެ އެއްބަސްވުމުގެ ދަށުން ހަދާ ބިލެއްގައި ހިމަނައިގެން ނުވާނެއެވެ.

(ށ) ކުނި މެނޭޖުކުރުމުގެ ހިދުމަތްދޭ ފަރާތާއި އާންމު ބޭނުންތަކުގެ އެހެން ހިދުމަތެއް ފޯރުކޮށްދޭ ފަރާތަކާ އެއްބަސްވާއިރ،ު ހިނގަމުންދާ ބިލިންގ ސައިކަލްގެ ކުރިން ހިދުމަތްދޭ ފަރާތުން ދީފައިވާ އެއްވެސް ހިދުމަތަކަށް ނަގަންޖެހިފައިވާ ފީއެއް ނުވަތަ އެފަދަ ފައިސާއެއް އެ އެއްބަސްވުމުގެ ދަށުން ހަދާ އެއްވެސް ބިލެއްގައި ހިމަނައިގެން ނުވާނެއެވެ.

 

13 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކ،ު ތިރީގައި ބަޔާންކޮށްފައިވާ އިބާރާތްތަކަށާއި ލަފުޒުތަކަށް ދީފައި އެވަނ،ީ ތިރީގައި ބަޔާންކޮށްފައިވާ އަކުރުތަކުގައި ދީފައިވާ މާނަކުރުމެވެ.

(ހ) "އޮތޯރިޓީ" ކަމަށް ބުނެފައި އެވަނ،ީ ގާނޫނު ނަންބަރު 2020-26 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު) ގެ 3 ވަނަ މާއްދާގެ ދަށުން އުފައްދައިފައިވާ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށެވެ.

(ށ) "ކުނި މެނޭޖުކުރުމުގެ ހިދުމަތްދޭ ފަރާތް" ކަމަށް ބުނެފައި އެވަނ،ީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ން އާންމު ބޭނުންތަކުގެ ހިދުމަތުގެ ގޮތުގައި ކުނިމެނޭޖު ކުރުމުގެ ހިދުމަތް ދިނުމަށް ލައިސަންސް ދީފައިވާ ފަރާތަށެވެ.

(ނ) "އާންމު ބޭނުންތަކުގެ ހިދުމަތް" ކަމަށް ބުނެފައި އެވަނ،ީ ގާނޫނު ނަންބަރު 2020-26 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު) ގެ 61 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހިދުމަތްތަކަށެވެ.

(ރ) "ބިލިންގ ސައިކަލް" ކަމަށް ބުނެފައި އެވަނ،ީ އާންމު ބޭނުންތަކުގެ ހިދުމަތަށް ބިލުކުރެވޭ އެންމެ ދިގު މުއްދަތަށެވެ.

(ބ) "ގޭބީސީ" ކަމަށް ބުނެފައި އެވަނ،ީ އެއްތަނެއްގައި ކައްކައި ކައިބޮއި ނިދައިހަދާ ތަންތަނަ ށާއ،ި އެ ތަންތަނުގައި ދިރިއުޅޭ އެންމެންނަށެވެ.

 

14 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލު ކުރަން ފަށާނ،ީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ. 

 

މައި ގާނޫނު

ކުނި މެނޭޖުކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 2022-24)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު