-

ހދ. ނެއްލައިދޫ ބަނދަރު ބެލެހެއްޓުމާބެހޭ ގަވާއިދު 

(ގަވާއިދު ނަންބަރު 2023-107)

1 ވަނަ މާއްދާ - ތައާރުފާއި ނަން 

(ހ) މިއ،ީ ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 148 ވަނަ މާއްދާއިން ބާރު ލިބިގެން އެ މާއްދާގެ (ހހ) އަށް ރިއާޔަތްކޮށ،ް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަށްވަރާޔާއެކު ބަނދަރު ބެލެހެއްޓުމާ ބެހޭގޮތުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ. މި ގަވާއިދުގެ ދަށުން ކައުންސިލުން ބަލަހައްޓާނ،ީ ހދ. ނެއްލައިދޫ ބަނދަރާއ،ި އެ ބަނދަރާ ގުޅިފައިވާ ސަރަހައްދެވެ.

(ށ) މި ގަވާއިދަށް ކިޔާނ،ީ "ހދ. ނެއްލައިދޫ ބަނދަރު ބެލެހެއްޓުމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ބަނދަރު ބެލެހެއްޓުން

(ހ) ބަނދަރު ބެލެހެއްޓުމަކީ ކައުންސިލުގެ ޒިންމާއެކެވެ. އަދި ބަނދަރަށް ލަފާފުރާ އުޅަނދުތައް ބަނދަރު ބޭނުންކުރަންވާނީ މި ގަވާއިދާ އެއްގޮތަށެވެ.

(ށ) ކައުންސިލުގެ ފަރާތުން ބަނދަރު ބެލެހެއްޓުމަށާއި މި ގަވާއިދުގެ ދަށުން ނަގަންޖެހޭ ފީ ނެގުމުގެ މަސައްކަތް ކުރާނީ ކައުންސިލުންނެވެ.

(ނ) ބަނދަރުގައި އުޅަނދުފަހަރު އެޅުމާއި މުދާ ބޭލުމުގެ ސަރަހައްދުތައް ކަނޑައެޅުމުގެ އިހުތިޔާރ،ު ކައުންސިލަށް ލިބިގެންވެއެވެ.

 

3 ވަނަ މާއްދާ - އުޅަނދުފަހަރު އެޅުމަށްހާއްސަކުރާ ސަރަހައްދުތައް

ބަނދަރުގެ ތެރޭގައި އުޅަނދުފަހަރު އެޅުމަށް ހާއްސަކުރާ ސަރަހައްދުތައް ވަކިވަކިން އެނގޭގޮތަށް ކައުންސިލުން ކަނޑައަޅައި އާންމުކޮށް ފެންނާނޭހެން ބަހައްޓަންވާނެއެވެ.

 

4 ވަނަ މާއްދާ - ބަނދަރަށް މުދާ ބޭލުމާއ،ި ބަނދަރުން މުދާ ބަރުކުރުން

(ހ) ކަނޑުގައި ދުއްވާ އުޅަނދުފަހަރު މުދާ ބަރުކުރުމަށާއި މުދާ ބޭލުމަށ،ް ނުވަތަ އެ ނޫންވެސް ބޭނުމަކ،ު ކައުންސިލުން ކަނޑައަޅައިފައިވާ ވަގުތަށްވުރެ އިތުރަށް ބަނދަރުގައި ތޮށިގަނޑުގެ ދިގަށް ތޮށިގަނޑާ ކައިރިކޮށްފައި ބާއްވަންވާނީ ކައުންސިލުގެ ހުއްދަ ހޯދައިގެންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މުދާ އަރުވައި ބޭލުމަށް 3 (ތިނެއް) މީޓަރާއި 21 (އެކާވީސް) މީޓަރާ ދެމެދުގެ އުޅަނދ،ު ފީ ނުދައްކައި ބޭއްވޭނ،ީ ގިނަވެގެން 48 (ސާޅީސްއަށެއް) ގަޑިއިރަށެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން މުދާ އަރުވައި ބޭލުމަށް 22 (ބާވީސް) މީޓަރާއި 36 (ތިރީސްހައެއް) މީޓަރާ ދެމެދުގެ އުޅަނދ،ު ފީ ނުދައްކައި ބޭއްވޭނ،ީ ގިނަވެގެން 72 (ހަތްދިހަދޭއް) ގަޑިއިރަށެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން މުދާ އަރުވައި ބޭލުމަށް 37 (ތިރީސް ހަތެއް) މީޓަރަށްވުރެ ދިގު އުޅަނދ،ު ފީ ނުދައްކައި ބޭއްވޭނ،ީ ގިނަވެގެން 96 (ނުވަދިހަ ހައެއް) ގަޑިއިރަށެވެ.

(ބ) މި މާއްދާގެ (ށ) އާއ،ި (ނ) އާއ،ި (ރ) ގައި ބަޔާންކޮށްފައިވާ ވަގުތަށްވުރެ އިތުރުވާ ވަގުތަށް ފީ ނެގޭނީ ތިރީގައި މިވާ އުސޫލުންނެވެ.

  1. 3 (ތިނެއް) މީޓަރާއި 21 (އެކާވީސް) މީޓަރާ ދެމެދުގެ އުޅަނދުފަހަރުން ފީ ނެގޭނ،ީ ކޮންމެ މީޓަރަކަށ،ް ކޮންމެ ގަޑިއެއްގެއިރަށް 3 (ތިނެއް) ރުފިޔާގެ މަގުންނެވެ.
  2. 22 (ބާވީސް) މީޓަރާއި 36 (ތިރީސްހައެއް) މީޓަރާ ދެމެދުގެ އުޅަނދުފަހަރުން ފީ ނެގޭނ،ީ ކޮންމެ މީޓަރަކަށ،ް ކޮންމެ ގަޑިއެއްގެއިރަށް 5 (ފަހެއް) ރުފިޔާގެ މަގުންނެވެ.
  3. 37 (ތިރީސްހަތެއް) މީޓަރަށްވުރެ ދިގު އުޅަނދުފަހަރުން ފީ ނެގޭނ،ީ ކޮންމެ މީޓަރަކަށ،ް ކޮންމެ ގަޑިއެއްގެއިރަށް 7/50 (ހަތެއް ރުފިޔާ ފަންސާސް ލާރި) ގެ މަގުންނެވެ.

(ޅ) މުދާ ބަރުކުރުމަށްފަހު ނުވަތަ މުދާ ބޭލުމަށްފަހު އެ އުޅަނދެއް ތޮށިގަނޑު ކައިރީގައި ބާއްވާނަމަ ބާއްވަންވާނ،ީ ތޮށިގަނޑުގެ ހުރަހަށެވެ.

(ކ) ސިމެންތިއާއ،ި ހިލަޔާއ،ި ހިލަވެ އްޔާއ،ި ދޮންވެއްޔާއ،ި އަކިރިއާއި، ދަގަނޑާއ،ި ލަކުޑިއާއ،ި ތެލާއ،ި ގޭހާއ،ި ކާޑުގެ ބާވަތްތަކާއ،ި ގެރިގުއި ފަދަ ތަކެތި ބަރުކޮށްގެން ނުވަތަ ބަރުކުރަން ބަނދަރަށް އަންނަ އުޅަނދުފަހަރުން އެފަދަ ތަކެތި އަރުވައި ބާލަންވާނ،ީ ކައުންސިލުން ކަނޑައަޅާ ސަރަހައްދެއްގައެވެ. ތެލާއި ގޭސް ފިޔަވައި އެހެނިހެން ތަކެތި ބާލަންވާނ،ީ އެ ސަރަހައްދެއްގައި ސަތަރި ނުވަތަ ތަރަފާލު އަޅައިގެންނެވެ. އަދި މަސައްކަތް ނިމިގެނ،ް އެންމެ ލަސްވެގެން 5 (ފަހެއް) ގަޑިއިރުގެ ތެރޭގައި އެ ސަރަހައްދު ސާފުކުރަންވާނެއެވެ.

(އ) މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ފަދަ ތަކެތި އުޅަނދުން ބޭލުމަށްފަހު ބަނދަރުގެ ސަރަހައްދުގައި ބެހެއްޓޭނ،ީ އެންމެ ގިނަވެގެން 24 (ސައުވީސް) ގަޑިއިރަށެވެ.

(ވ) މި މާއްދާގެ (އ) އާ ހިލާފަށް 24 (ސައުވީސް) ގަޑިއިރަށްވުރެ އިތުރުވާ ގޮތަށް ބަހައްޓާ މުދަލަކީ ދޫކޮށްލައިފައިވާ ތަކެތިކަމަށް ބަލައ،ި އެފަދަ ތަކެއްޗާމެދު އަމަލުކުރުމަށް ކަނޑައަޅައިފައިވާ ގޮތުގެ މަތީން އަމަލުކުރެވޭނެއެވެ.

 

5 ވަނަ މާއްދާ - ބަނދަރު ސާފުކުރުން

(ހ) ބަނދަރާއި ބަނދަރު ސަރަހައްދު ސާފުކޮށް ބެލެހެއްޓުމަކީ ކައުންސިލުގެ މަސްއޫލިއްޔަތެކެވެ.

(ށ) މުދާ އަރުވައި ބޭލުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާހެދި އެއްގަމު ސަރަހައްދަށް އެޅޭ ތެލާއި ކުނި ފަދަ ތަކެތި، އެ މަސައްކަތް ނިމުމުނ،ް އެންމެ ގިނަވެގެން 5 (ފަހެއް) ގަޑިއިރުގެ ތެރޭގައި އެ މަސައްކަތް ކުރި ނުވަތަ ކުރުވި ފަރާތަކުން ސާފުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) އާ ހިލާފުވާ ފަރާތްތަކަށް ފުރަތަމަފަހަރު ނަސޭހަތް ދިނުނ،ް ދެވަނަފަހަރު ކުށް ތަކުރާރުކޮށްފިނަމ،ަ 500 (ފަސްސަތޭކަ) ރުފިޔާއާއި 1,000 (އެއްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ތިންވަނަފަހަރު ކުށް ތަކުރާރުކޮށްފިނަމ،ަ 1,000 (އެއްހާސް) ރުފިޔާއާއި 3,000 (ތިންހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ހަތަރުވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމ،ަ 3,000 (ތިންހާސް) ރުފިޔާއާއި 5,000 (ފަސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުނ.ް އަދި ހަތަރުފަހަރަށްވުރެ އިތުރަށް ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު 5,000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިހްތިޔާރ،ު މި ގަވާއިދުގެ ދަށުން ކައުންސިލަށް ލިބިގެންވެއެވެ.

 

6 ވަނަ މާއްދާ - ބަނދަރަށް ލިބޭ ގެއްލުން މަރާމާތުކުރުން

އެއްވެސް އުޅަނދެއް ތޮށިގަނޑުގައި ޖެހިގެން ނުވަތަ މުދާ ބޭލުމުގެ ތެރޭގައި ނުވަތަ މުދާ ބަރުކުރުމުގެ ތެރޭގައ،ި ނުވަތަ އެ ނޫންވެސް ސަބަބަކާހުރ،ެ ތޮށިގަނޑަށް ގެއްލުން ވެއްޖެނަމ،ަ އެފަދައިން ލިބޭ ގެއްލުމަކަށް އެ އުޅަނދެއްގެ ވެރިފަރާތް ނުވަތަ އެ އުޅަނދު އޮޕަރޭޓްކުރާ ފަރާތަކުން ޒިންމާވާން ޖެހޭނެއެވެ. އަދި ތޮށިގަނޑަށް ލިބުނު ގެއްލުން ކައުންސިލުން ބަލައ،ި އެ ތަނެއް މަރާމާތުކުރުމަށް އަންގައިފިނަމ،ަ އެ އުޅަނދެއްގެ ވެރިފަރާތުން ނުވަތަ އުޅަނދު އޮޕަރޭޓްކުރާ ފަރާތަކުނ،ް ތޮށިގަނޑަށް ލިބުނު ގެއްލުން މަރާމާތު ކުރަންވާނެއެވެ.

 

7 ވަނަ މާއްދާ - ބަނދަރަށް ލިބޭ ގެއްލުން މަރާމާތުކޮށް ނުދިނުން

މި ގަވާއިދުގެ 6 ވަނަ މާއްދާގައިވާ ގޮތުގެ މަތީނ،ް ތޮށިގަނޑަށް ލިބުނު ގެއްލުމަށް ޒިންމާވުމަށް ނުވަތަ ތޮށިގަނޑަށް ލިބުނު ގެއްލުން މަރާމާތުކުރުމަށް އުޅަނދުގެ ވެރިފަރާތުން ނުވަތަ އުޅަނދު އޮޕަރޭޓްކުރާ ފަރާތުން އިންކާރުކޮށްފިނަމ،ަ މައްސަލަ ނިންމާނ،ީ ށަރުއީ ކޯޓު މެދުވެރިކޮށެވެ.

 

8 ވަނަ މާއްދާ - މައްސަލަ ހައްލުކުރުމަށް ހިނގާ ހަރަދު

މި ގަވާއިދުގެ 7 ވަނަ މާއްދާގައިވާ ގޮތަށް ކައުންސިލުގެ ފަރާތުން ކޯޓަށް ދާންޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމ،ަ އެކަމަށް ހިނގާ ހަރަދ،ު އެ އުޅަނދެއްގެ ވެރިފަރާތުން ނުވަތަ އެ އުޅަނދު އޮޕަރޭޓްކުރާ ފަރާތަކުން ދޭންވާނެއެވެ.

 

9 ވަނަ މާއްދާ - އެއްގަމަށް ވާ އެޅުމާއި ލޮތާރި ލުން

(ހ) އުޅަނދުތަކުގެ ވައު އައްސަންވާނ،ީ ކައުންސިލުގެ ފަރާތުން ބަނދަރުގައި ވައު އެޅުމަށ،ް ނުވަތަ އެއްސުމަށް ކަނޑައަޅައިފައިވާ އެއްޗެއްގައި ނުވަތަ ތަނެއްގައެވެ.

(ށ) އެއްވެސް އުޅަނދަކުން އެއްގަމަށް ލޮތާރި ނުވަތަ އެފަދައިން ބޭނުންކުރެވޭ އެއްޗެއް ލައިގެން ނުވާނެއެވެ.

 

10 ވަނަ މާއްދާ - ބަނދަރު ވަކި ފަރާތަކަށް ހާއްސަވުން

(ހ) ބަނދަރުގެ ހިދުމަތަކީ އާންމުކޮށް ހުރިހާ ފަރާތަކަށް ހުޅުވައިލައިގެން ދޭ ހިދުމަތަކަށްވާތ،ީ މުދާ ބޭލުމަށް ކައުންސިލުގެ ފަރާތުން ބަނދަރުން ކަނޑައަޅައިފައިވާ ބަނދަރު ސަރަހައްދުގެ ވަކި ދިމާއެ އް ވަކި އުޅަނދަކަށް ހާއްސަކޮށްފައެއް ނުބޭއްވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސ،ް ކޮންމެ ބަނދަރެއްގައި ވެސް ބަނދަރުގެ ޖާގަ އޮތް މިންވަރަކަށް ރިއާޔަތްކޮށްފައ،ި ކައުންސިލުގެ ފަރާތުން ފީ ނަގާގޮތަށް ބަނދަރުގެ ވަކި ސަރަހައްދެއް ވަކި އުޅަނދަކަށް ހާއްސަކޮށްފައި ބޭއްވުމަށް ވަގުތީ ހުއްދައާއި ދާއިމީ ހުއްދަ ދިނުމާއ،ި ފައްތިޔާ ބޭއްވުމަށް ވަކި ސަރަހައްދެއް ކަނޑައެޅުމުގެ އިހުތިޔާރ،ު ކައުންސިލަށް ލިބިގެންވެއެވެ. މި ގޮތަށް ވަކި ސަރަހައްދެއް ވަކި އުޅަނދަކަށް ހާއްސަކޮށްފައި ބޭއްވުމަށް ހުއްދަ ދިނުމުގެ ކުރިނ،ް ދަތުރުވެރީން ރަށަށް އަރައި ފޭބުމަށާއި މުދާ އަރުވައި ބޭލުމަށް އެހެން އުޅަނދުތަކަށް އެކަށީގެންވާ ޖާގަ ހުރިކަން ކައުންސިލުން ކަށަވަރުކުރަން 
ވާނެއެވެ.

(ނ) މުދާ އަރުވައި ބޭލުމަށާއ،ި މީހުން އަރައި ފޭބުމަށާއ،ި ފެރީ އުޅަނދުތައް ގާތްކުރުމަށް ބަނދަރުގެ ވަކި ސަރަހައްދެއް ކަނޑައެޅުމުގެ ބާރ،ު ކައުންސިލަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުނ،ް މީހުން އަރައި ފޭބުމަށާއ،ި ފެރީ އުޅަނދުތައް ގާތްކުރުމަށް ބަނދަރުގައި ހާއްސަކުރާ ސަރަހައްދުގައި އުޅަނދު ބޭއްވޭނެ ވަގުތު ކަނޑައެޅުމުގެ ބާރ،ު ކައުންސިލަށް ލިބިގެންވެއެވެ.

(ބ) މުދާ އަރުވައި ބޭލުމާއ،ި މީހުން އަރައި ފޭބުމާއި ފެރީ އުޅަނދުތައް ގާތްކުރުމަށް ކައުންސިލުން ކަނޑައަޅާ ސަރަހައްދުގައި އެ ނޫން އެހެން ބޭނުމަކު އުޅަނދުފަހަރު ބޭއްވުމަކީ މަނާކަމެކެވެ.

 

11 ވަނަ މާއްދާ - ފަޅުތެރޭގައި ވައު އެޅުން

ފަޅުތެރޭގައި ވައު އެޅުމާއި ލޮތާރި ލުން ފަދަ ކަންތައްތައް ކުރަންވާނ،ީ ވައު އެޅުމާއި ލޮތާރި ލުމާ ގުޅޭގޮތުން ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.

 

12  ވަނަ މާއްދާ - ރަސްމީ ފާލަމުގެ ސަރަހައްދު

(ހ) ރަސްމީ ފާލަމުގެ ބޭނުންހިފުމަށް ދަތިވާގޮތަށ،ް ފާލަން ކައިރީގައި އެއްވެސް އުޅަނދެއް އަޅައިފައި ބާއްވައިގެން ނުވާނެއެވެ.

(ށ) ކައުންސިލުން ހުއްދަދޭ އުޅަނދުތައް ފިޔަވައ،ި އެހެން އުޅަނދުފަހަރު "ރަސްމީ ފާލަން" އަށް ކައިރިކޮށ،ް ފަސިންޖަރުންނާއި ފަސިންޖަރުންގެ ފޮށިތަންމަތި އަރުވައި ބޭލުމަކީ މަނާކަމެކެވެ.

 

13 ވަނަ މާއްދާ - ބަނދަރު ތެރޭގައި މަސްކިރުން

(ހ) ބަނދަރުތެރޭގައި އެއް އުޅަނދު އަނެއް އުޅަނދަށް މަސްކިރުވަންވާނ،ީ ބަނދަރުތެރޭގައި މަސްކިރުމާ ގުޅޭގޮތުން ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތީނ،ް ކައުންސިލަށް ހުށަހަޅައިގެން ލިއުމުން ހުއްދަ ލިބިފައިވާ މަސްކިރާ ފަރާތްތަކަށެވެ.

(ށ) މަސްކިރުމުގެ ތެރޭގައި ވެސ،ް ބަނދަރުތެރެއަށ،ް ކުންޏާއި މަހުގެ ބާވަތްތަކާއި މި ނޫންވެސް މިފަދަ ތަކެތި އެޅުމަކީ މަނާކަމެކެވެ.

 

14 ވަނަ މާއްދާ - ފަތުރުވެރިންގެ އުޅަނދުފަހަރު

(ހ) ފަތުރުވެރިން ދަތުރުކުރާ އުޅަނދުފަހަރު ބަނދަރަށް ވަދެނުކުމެ ހަދަންވާނ،ީ ކައުންސިލުގެ ހުއްދަ ލިބިގެންނެވެ. މިގޮތުން ވަންނަ އުޅަނދުފަހަރު، ބަނދަރުގައިއޮންނަ ކޮންމެ 24 (ސައުވީސް) ގަޑިއެއްގެރަކަށް 50 (ފަންސާސް) އެމެރިކާ ޑޮލަރު ނުވަތަ 50 (ފަންސާސް) އެމެރިކާ ޑޮލަރަށްވާ ދިވެހި ފައިސ،ާ އެ އުޅަނދަކުން ކައުންސިލަށް ދައްކަންވާނެއެވެ. 24 (ސައުވީސް) ގަޑިއިރު ހަމަނުވިކަމުގައި ވިޔަސް ފައިސާ ނަގާނ،ީ 24 (ސައުވީސް) ގަޑިއިރަށެވެ.

(ށ) ފަތުރުވެރިން ދަތުރުކުރާ އުޅަނދު ބަނދަރުގެ ނެރުން ވަނުމަށްފަހ،ު އުޅަނދު ނެރުން ނުކުންނަންދެނ،ް އޭގައި ތިބި ފަސިންޖަރުންނާއ،ި ފަޅުވެރިން އާންމުކޮށް ފެންނަ ގޮތަށް އުޅަނދުގައި ތިބެންޖެހޭނީ އެކަށީގެންވާ ހެދުމެއްގައެވެ.

(ނ) ސިއްހީ ކުއްލި ފަރުވާއެއް ހޯދުމަށް ފަތުރުވެރިއަކު ގޮވައިގެން ދަތުރުކުރާ އުޅަނދުފަހަރަކީ މި މާއްދާގައި ބަޔާންކޮށްފައިވާ ފަތުރުވެރިން ދަތުރުކުރާ އުޅަނދެއްކަމުގައެއް ނުބެލެވޭނެއެވެ.

 

15 ވަނަ މާއްދާ - ހާއްސަ ހާލަތެއްގައި އުޅަނދު އަ ޅައިފައިވާ ސަރަހައްދުން ނެގުން

(ހ) ހާއްސަ ހާލަތެއް މެދުވެރިވެގެން ކައުންސިލުގެ ފަރާތުނ،ް އުޅަނދެއް އޮތް ތަނުން ނަގަން ބޭނުންވެއްޖެނަމ،ަ އެ އުޅަނދެއް ނަގަންޖެހޭ ހާއްސަ ހާލަތް ބަޔާންކޮށ،ް އުޅަނދުގެ ވެރި ފަރާތަށް ނުވަތަ އުޅަނދު އޮޕަރޭޓްކުރާ ފަރާތަށް ލިއުމަކުން އެކަން އަންގަންވާނެއެވެ.

(ށ) މި މާއްދާގެ ބޭނުމަށް ޓަކައި ހާއްސަ ހާލަތް ކަމުގައި އަންނަނިވި ކަންތައްތައް ބެލެވިދާނެއެވެ.

  1. ވަކި ރަސްމިއްޔާތަކާ ގުޅިގެން އެ އުޅަނދު އޮތް ސަރަހައްދު ހުސްކުރަން ޖެހުން؛
  2. ބޮޑު އުޅަނދެއް ބަނދަރަށް ވަންނަން ޖެހުން؛
  3. ބަނދަރުތެރެ ސާފުކުރުމަށް ރާވައި ފައިވާ ހަރަކާތެއްގެ ދަށުން ކުރެވޭ ކަމަކާ ގުޅިގެން؛
  4. ބަނދަރު މަރާމާތުކުރުމަށް ކުރަންޖެހޭ ކަމަކާ ގުޅިގެން އުޅަނދު ނަގަންޖެހުނ.ް

(ނ) މި ގޮތަށް ހާއްސަ ހާލަތްތަކުގެ ގޮތުގައި ބަޔާންކޮށްފައިވާ ކަންކަމުގައ،ި އިމަރޖެންސީ ހާލަތެއްގައި ނަގަންޖެހޭ ޖެހުން އިސްތިސްނާވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށް ފައިވާ އެންގުން އެ އުޅަނދުގެ ވެރިފަރާތާ ނުވަތަ އުޅަނދު އޮޕަރޭޓްކުރާ ފަރާތަކާ ހަވާލުކުރުމުނ،ް ނުވަތަ އެއިން މީހަކު ނެތްނަމަ އެ އުޅަނދުގެ ފަޅުވެރިޔަކާ ހަވާލުކުރުމުނ،ް ފަޅުވެރިޔަކުވެސް ނެތްނަމަ ނުވަތަ، އެ ނޯޓިހާ ހަވާލުވުމަށް އުޒުރުވެރިވާނަމ،ަ އެ އުޅަނދުގައި އެ ލިއުން އާންމުކޮށް ފެންނަގޮތަށް ހަރުކުރުމުން އެ އުޅަނދު ނެގުމަށް އެންގުނީކަމަށް ބަލަންވާނެއެވެ.

 

16 ވަނަ މާއްދާ - އިންޖީނަށް ގެއްލުން ލިބުންފަދަ ދަތުރު ނުކުރެވޭ ހާލަތު މެދުވެރިވާ އުޅަނދު

އިންޖީނަށް ގެއްލުން ލިބުންފަދަ ކަންކަމުގައި ދަތުރު ނުކުރެވޭ ގޮތެއް ދިމާވެފައިވާ އުޅަނދުފަހަރު ވެސް ތޮށިގަނޑު ކައިރީގައި ތޮށިގަނޑު ދިގަށް ބޭއްވޭނީ ކައުންސިލުގެ ހުއްދަޔާއެކ،ު ގިނަވަގެން 5 (ފަހެއް) ދުވަސް ވަންދެންނެވެ. އެއަށްވުރެ އިތުރުވާ ކޮންމެ 24 (ސައުވީސް) ގަޑިއެއްގެއިރަކަށް 100 (އެއްސަތޭކަ) ރުފިޔާގެ ފީއެއް ކައުންސިލަށް ދައްކަންވާނެއެވެ. 24 (ސައުވީސް) ގަޑިއިރު ހަމަނުވިކަމުގައި ވިޔަސ،ް 5 (ފަހެއް) ގަޑިއިރަށްވުރެ އިތުރުވާ ވަގުތަށް ފީ ނެގޭނ،ީ 24 (ސައުވީސް) ގަޑިއިރަށް ފީ ނެގޭ މިންވަރަށެވެ. މި މާއްދާގެ ދަށުން ކައުންސިލުން ހުއްދަ ދޭނ،ީ ލިބިފައިވާ ގެއްލުން ބަޔާންކޮށް ކައުންސިލަށް ލިއުމަކުން ހުށަހެޅުމުންނެވެ. އަދި މި ގޮތަށް ހުށަހަޅާތާ ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި ކައުންސިލުން އުޅަނދަށް ޖަވާބެއް ދޭންވާނެއެވެ.

 

17 ވަނަ މާއްދާ - ބަނދަރާއި ބަނދަރު ސަރަހައްދަށް ކުނި އެޅުން

(ހ) އެއްވެސް އުޅަނދަކުން ނުވަތަ އެއްވެސް ފަރާތަކުން ފަޅުތެރެއަށާއި ބަނދަރާއި ބަނދަރު ސަރަހައްދަށް ކުންޏާއި އެފަދަ އެހެން ތަކެތި އެޅުމާއ،ި ޑަސްބިން ދޮވުމާއ،ި މަހުގެ އުކައިލެވޭ ބައިތަކާއ،ި ކަރުގޮހޮރު ފަދަ ތަކެތި އެޅުމަކީ މަނާކަމެކެވެ. އަދި ބަނދަރާއި ބަނދަރު ސަރަހައްދަށް ގަޒާހާޖާތް ކުރުމަކީ ވެސް މަނާކަމެކެވެ.

(ށ) އުޅަނދުގެ އަޑީގައި ހުންނަ ތެޔޮ އެކުލެވޭ ނުވަތަ ތެޔޮ ފަދަ އެއްޗަކާއެކު ތަގައްޔަރުވެފައިވާ ފެން ނުވަތަ ދިޔަގަނޑު ބަނދަރުތެރެއަށް ހިއްކުމަކީ މަނާކަމެކެވެ.

 

18 ވަނަ މާއްދާ - ބަނދަރު ސަރަހައްދުގައި މަސްކެނޑުން

(ހ) މަސް މާރުކޭޓުގައި ނުވަތަ މަސްކެނޑުމަށް ކައުންސިލުން ކަނޑައަޅާ ތަން ފިޔަވައި ބަނދަރުގެ އެހެން އެއްވެސް ތަނެއްގައި މަސް ކެނޑުމާއި މަސް ވިއްކުމަކީ މަނާކަމެކެވެ.

(ށ) މަސް މާރުކޭޓަށް ނުވަތަ މަސްކެނޑުމަށް ކައުންސިލުން ކަނޑައަޅާ ތަނަށް މަސް ގެންދިއުމުގައި ނުވަތަ މަސް އުފުލުމުގައ،ި ބަނދަރުގެ އެއްގަމުތޮށްޓާއި ބަނދަރު ސަރަހައްދުގައި އަޅައިފައިވާ ގާތަށް ހަޑިވާގޮތަށް އެކަން ކުރުމަކީ މަނާކަމެކެވެ. އަދި އެ ފަދަ ކަމެއް ދިމާވެއްޖެނަމ،ަ އެ ހަޑިވި ތަނެއް ސާފުކުރުމަކީ އެކަން ކުރި ފަރާތުން ކުރަންޖެހޭނެ ކަމެކެވެ.

 

19 ވަނަ މާއްދާ - ބަނދަރުތެރޭގައި އެންކޮށްޓާއި ދިރޭމަސް ގެންގުޅުން

(ހ) ބަނދަރުތެރޭގައްޔާއި ބަނދަރު ސަރަހައްދުގައި އެންކޮށްޓާއި ދިރޭމަސް ކޮށީގައި ބަހައްޓައިގެން ދާއިމީކޮށް ގެންގުޅުމަކީ މަނާކަމެކެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސ،ް މޫސުމީ މަސްވެރިކަމަށް މަސްވެރިން ގެންގުޅޭ ދިރޭމަސް ދޯނީގައްޔާއި ދޯނީގައި ހަރުކޮށްފައި ހުންނަ ދާތަކުގައި ވަގުތީގޮ ތުން ގެންގުޅުމަކަށް މި މާއްދާގެ (ހ) ހުރަހެއް ނާޅައެވެ. އަދި މި ގޮތަށް މަސް ގެންގުޅެންވާނ،ީ އެހެން ފަރާތްތަކަށް އުނދަގޫ ނުވާނެ ގޮތަށެވެ.

 

20 ވަނަ މާއްދާ - ބަނދަރު ސަރަހައްދުގެ ފަޅުތެރެއަށް ފެތޭ އުޅަނދު

(ހ) ބަނދަރު ސަރަހައްދުގެ ފަޅުތެރެއަށް އުޅަނދެއް ފެތިއްޖެނަމ،ަ ނުވަތަ އުޅަނދެއް އަޑިއަށް ހިނގައްޖެނަމ،ަ ގިނަވެގެން 72 (ހަތްދިހަދޭއް) ގަޑިއިރުގެ ތެރޭގައި އެ އުޅަނދެއް ނަގަންވާނެއެވެ. އަދި އުޅަނދެއް ބަނދަރު ސަރަހައްދަށް ފެތިފައި ނުވަތަ އަޑިޔަށް ގޮސްފައި އޮވެ 5 (ފަހެއް) ދުވަހަށްވުރެ އިތުރުވެއްޖެނަމ،ަ އެ އުޅަނދެއްގެ ވެރިފަރާތަށް ނުވަތަ އެ އުޅަނދެއްގެ އޮޕަރޭޓަރަށ،ް އެ އުޅަނދެއް ނެގުމަށ،ް ކައުންސިލުގެ ފަރާތުން އަންގަންވާނެއެވެ. އަދި އުޅަނދުގެ ވެރިފަރާތް ނުވަތަ ހަވާލުވެހުރި ފަރާތް ނޭނގޭނަމ،ަ އެ ފަރާތެއް ހޯދުމަށް ޓަކައި އާންމުކޮށް އިއުލާނު ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތަށް އަންގާތާ ނުވަތަ އިއުލާނު ކުރާތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައ،ި އެ އުޅަނދެއްގެ ވެރިފަރާތުން ނުވަތަ ހަވާލުވެ ހުރި ފަރާތުން އެއްވެސް ހަބަރެއް ނުވެއްޖެނަމ،ަ ނުވަތަ އެ ފަރާތް އެނގިގެނ،ް މި މާއްދާގެ (ހ) ގައިވާ އެންގުން އެ ފަރާތަށް އެންގުމަށްފަހު ވެސް އެ އުޅަނދު އޮތް ސަރަހައްދުން ނުނަގައިފިނަމ،ަ ބަނދަރު ސަރަހައްދުން އެ އުޅަނދެއް ނަގައ،ި ކައުންސިލުން ކަނޑައަޅާ ތަނަކަށް ގެންދިއުމުގެ ބާރ،ު ކައުންސިލަށް ލިބިގެންވެއެވެ. އަދި މި ގޮތަށް ގެންދާ ގެންދިއުމުގައި އުޅަނދަށް ލިބޭ އެއްވެސް ގެއްލުމަކަށް ކައުންސިލުގެ ފަރާތުން ޒިންމާވާކަށެއް ނުޖެހޭނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ އުސޫލުން ނަގާ އުޅަނދުތައް ނެގުމަށާއ،ި އުޅަނދުގެ ވެރިފަރާތް ހޯދުމަށް އިއުލާނު ކުރުމަށާއ،ި އުޅަނދު އެ ސަރަހައްދުން ނެގުމަށް ދިޔަ ހަރަދާއ،ި އެ އުޅަނދަށް އިތުރު އެއްވެސް ފީއެއް ދައްކަންޖެހި ނުދައްކައިވާނަމ،ަ އަދި ޖޫރިމަނާއެއް ކުރެވި އެ ފައިސާ ނުދައްކައިވާނަމ،ަ އެ ކަންކަމުގެ ފައިސާ ދައްކައި ހަލާސްކޮށ،ް ފައިސާ ދެއްކިކަމުގެ ލިޔުމާއި އެ އުޅަނދާބެހޭ ރަސްމީ ލިއުންތައް ހުށަހެޅުމުނ،ް އުޅަނދުގެ ވެރިފަރާތާ އެ އުޅަނދެއް ހަވާލުކުރަންވާނެއެވެ.

(ރ) އުޅަނދު ނަގާތާ 15 (ފަނަރަ) ދުވަސްވުމުނ،ް ދެން އުޅަނދު ދޫކުރެވޭނ،ީ މި މާއްދާގެ (ނ) ގައިވާ ފީއާއި ޖޫރިމަނާގެ ފައިސާއާއި އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް 75 (ހަތްދިހަފައެއް) ރުފިޔާގެ ޖޫރިމަނާއެއް ދެއްކުމަށް ފަހުގައެވެ. އަދި މި ގޮތުން ނެގޭ އުޅަނދެއް ނުގެންގޮސް 6 (ހައެއް) މަސްދުވަހުގެ މުއްދަތަށްވުރެ އިތުރުވެއްޖެނަމ،ަ އެ އުޅަނދެއް ނައްތައިލުމުގެ ބާރު ނުވަތަ ނީލަމުގައި ވިއްކައިލުމުގެ އިހުތިޔާރ،ު ކައުންސިލަށް ލިބިގެންވެއެވެ. މި ގޮތަށް ކަންތައް ކުރާނ،ީ އާންމުކޮށް އިއުލާނުކުރުމަށްފަހ،ު ކޯޓު އަމުރެއްގެ ދަށުންނެވެ.

(ބ) މި މާއްދާގެ (ރ) ގެ ދަށުން ނައްތައިލެވޭ އުޅަނދުތަކަށ،ް ޖޫރިމަނާއާއި ފީގެގޮތުގައި ދައްކަންޖެހޭ ފައިސާ ހޯދުމަށް އެ އުޅަނދުގެ ވެރިފަރާތާމެދު ދައުވާކުރުމުގެ އިހްތިޔާރ،ު ކައުންސިލަށް ލިބިގެންވެއެވެ.

 

21 ވަނަ މާއްދާ - މި ގަ ވާއިދުގެ ދަށުން ފަޅުތެރެއިން ނަގާ އުޅަނދުތައް ނެގުމުގައި އަމަލުކުރާނެ ގޮތް

(ހ) މި ގަވާއިދުގެ 20 ވަނަ މާއްދާގެ ދަށުން ބަނދަރު ސަރަހައްދުން ނަގާ އުޅަނދުތައް ނެގުމުގެ ކުރިނ،ް ތިރީގައިވާ ގޮތަށް އަމަލުކުރަންވާނެއެވެ.

  1. އުޅަނދު އޮތް ތަނުން ނެގުމުގެ ކުރިނ،ް ފޮޓޯ ނަގަންވާނެއެވެ. ނުވަތަ ވީޑިއޯ ކުރަންވާނެއެވެ.
  2. އުޅަނދު ނެގުމުގެ ކުރިނ،ް އުޅަނދު އޮތް ހާލަތު ބަޔާންކޮށްފައިވާ ރިޕޯޓެއް ތައްޔާރުކޮށ،ް ރިޕޯޓު ތައްޔާރުކުރި ފަރާތާއ،ި އެ އުޅަނދުގެ ހާލަތު ވަޒަންކުރ،ި ކައުންސިލުގައި ނުހިމެނޭ އިތުރު ދެ މީހަކު ހެކީ ންގެ ގޮތުގައ،ި ރިޕޯޓުގައި ސޮއިކޮށްފައި އޮންނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ރިޕޯޓު އެކުލަވައިލުމުގައި ފުލުހުންގެ އެހީތެރިކަން ހޯދަންވާނެއެވެ.

 

22 ވަނަ މާއްދާ - ބަނދަރު ސަރަހަ އްދުގެ ފަޅުތެރެއަށް މޫދަށް އެރި އުޅުން

(ހ) ބަނދަރު ސަރަހައްދުގެ ފަޅުތެރެއަށް ކޮންމެހެން އެރެންޖެހިގެން މެނުވީ އާންމުކޮށް މޫދަށްއެރި އުޅުމަކީ މަނާކަމެކެވެ.

(ށ) މި މާއްދާގެ (ހ) އާ ހިލާފުވާ ފަރާތް ނުވަތަ ފަރާތްތަކަށް ފުރަތަމަ ފަހަރު ނަސޭހަތް ދިނުމަށްފަހު އެކަން ތަކުރާރުކޮށްފިނަމ،ަ އެކަން ތަކުރާރުކުރާ ކޮންމެ ފަހަރަކު 500 (ފަސްސަތޭކަ) ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިހުތިޔާރ،ު މި ގަވާއިދުގެ ދަށުން ކައުންސިލަށް ލިބިގެންވެއެވެ.

 

23 ވަނަ މާއްދާ - ފަޅުތެރޭގައި އުޅަނދު ދުއްވަންޖެހޭ ސްޕީޑް

ބަނދަރު ސަރަހައްދުގެ ފަޅުތެރޭގައި އުޅަނދު ދުއްވަންވާނ،ީ ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކުން ސަލާމަތްވެވޭވަރުގެ ރައްކައުތެރި ސްޕީޑެއްގައެވެ.

 

24 ވަނަ މާއްދާ - ބަނދަރު ސަރަހައްދުގައި އޮޑިދޯނިފަހަރު މަރާމާތުކުރުން

ބަނދަރު ސަރަހައްދުގައި އެއްވެސް އުޅަނދެއް މަރާމާތު ކުރަންވާނ،ީ ކައުންސިލުގެ އިދާރާގެ ހުއްދަ ލިއުމަކުން ލިބިގެންނެވެ. އަދި މިފަދަ ހުއްދައަކަށް އެދި އެކަށީގެންވާ ސަބަބާއެކު އެއްވެސް ފަރާތަކުން ހުށަހަޅައިފިނަމ،ަ އެ މަސައްކަތެއް ކުރުމުގެ ހުއްދަ ލަސްނުކޮށް ދޭންވާނެއެވެ.

 

25 ވަނަ މާއްދާ - ސަބަބެއްނެތި ބަނދަރުގައި އަޅައިފައި ބާއްވާ އުޅަނދުތައް

(ހ) އެކަށީގެންވާ ސަބަބެއް ނެތި އުޅަނދުފަހަރު ބަނދަރުގައި އަޅައިފައ،ި ބޭނުންނުކޮށް ބޭއްވޭނ،ީ އެންމެ ގިނަވެގެން 7 (ހަތެއް) ދުވަހުގެ މުއްދަތަށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ކަމެއް ދިމާވެއްޖެ ހާލަތެއްގައ،ި ކައުންސިލަށް ލިއުމަކުން ހުށަހަޅައިގެނ،ް ކައުންސިލުން ކަނޑައަޅާ އުސޫލެއްގެ މަތީނ،ް އިތުރު މުއްދަތެއް ދެވިދާނެއެވެ. އަދި މުއްދަތު އިތުރުކުރިކަން އަންގައިފައި ކައުންސިލުން ދޭ ލިޔުން އާންމުކޮށް ފެންނާނޭ ގޮތަށް އުޅަނދުގައި ހުންނަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) އާ ހިލާފުވާ ފަރާތްތަކުގެ އުޅަނދުފަހަރު ބަނދަރުގައި އޮންނަ ކޮންމެ 24 (ސައުވީސް) ގަޑިއެއްގެއިރަށް 100 (އެއްސަތޭކަ) ރުފިޔާގެ ފީއެއް ކައުންސިލަށް ނެގޭނެއެވެ. އަދި 24 (ސައުވީސް) ގަޑިއިރު ހަމަނުވެ އޮންނަ ވަގުތަށް ވެސް ފީ ނެގޭނ،ީ 24 (ސައުވީސް) ގަޑިއިރަށެވެ.

 

26 ވަނަ މާއްދާ - ކައުންސިލުން ކަނޑައަޅކަންކަން އާންމުކުރުން

މި ގަވާއިދު ތަންފީޒުކުރުމުގެ ގޮތުން ކައުންސިލުން ކަނޑައަޅާ ކަންކަނ،ް ކައުންސިލުން އާންމުކޮށް އިއުލާނުކުރުމާއެކ،ު އާންމުކޮށް ފެންނާނޭހެން ބަހައްޓަންވާނެއެވެ.

 

27 ވަނަ މާއްދާ - ޖޫރިމަނާ

(ހ) އެހެން ގާނޫނަކުން ވަކި ގޮތަކަށް އަމަލުކުރުމަށް ކަނޑައަޅައިފައި ނުވާ ކަންކަމުގައ،ި މި ގަވާއިދުގައި ކުރުމަށް އަންގައިފައިވާ ކަމެއް ނުކުރުމުނ،ް ނުވަތަ ނުކުރުމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމެއް ކުރުމުނ،ް މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކ،ު މި ގަވާއިދާ ހިލާފުވާ ފަރާތް ނުވަތަ ފަރާތްތަކަށް ފުރަތަމަ ފަހަރަށް ނަސޭހަތް ދިނުނ،ް ދެވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމ،ަ500 (ފަސްސަތޭކަ) ރުފިޔާއާއި 1,000 (އެއްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ތިންވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމ،ަ 1,000 (އެއްހާސް) ރުފިޔާއާއި 3,000 (ތިންހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ހަތަރުވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމ،ަ 3,000 (ތިންހާސް) ރުފިޔާއާއި 5,000 (ފަސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުނ.ް އަދި ހަތަރު ފަހަރަށްވުރެ އިތުރަށް ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު 5,000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިހްތިޔާރ،ު މި ގަވާއިދުގެ ދަށުން ކައުންސިލަށް ނުވަތަ ބަނދަރު ބެލެހެއްޓުމަށް ކައުންސިލުން ހަވާލުކުރާ ފަރާތަށް ލިބިގެންވެއެވެ.

(ށ) މި ގަވާއިދުގެ ދަށުން އެއްވެސް ފަރާތެއް ޖޫރިމަނާކުރެވޭނ،ީ އެ ފަރާތެއް އެ ކުރި ކުށް ކައުންސިލުން ނުވަތަ ބަނދަރު ބެލެހެއްޓުމަށް ކައުންސިލުން ކަނޑައަޅާ ފަރާތުން ބަލައ،ި ކުށުގެ ހާދިސާ ދިރާސާކުރުމަށް ފަހުގައެވެ.

(ނ) މި ގަވާއިދުގައި ހިމެނޭ އެންމެހައި ޖޫރިމަނާތަކާއި ފީތައް ދައްކަންވާނީ ކައުންސިލަށް ނުވަތަ ކައުންސިލުން ކަނޑައަޅާ ފަރާތަކަށެވެ.

 

28 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކ،ު އަންނަނިވި ލަފުޒު ތަކާއި އިބާރާތްތައް މާނަކުރާނީ ތިރީގައިވާ ގޮތަށެވެ.

(ހ) "ކައުންސިލް" ކަމަށް ބުނެފައި އެވަނ،ީ ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން އިންތިހާބުކޮށްފައިވާ ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލަށެވެ.

(ށ) "ތަންފީޒީ އިދާރާތައް" ކަމަށް ބުނެފައި އެވަނ،ީ ފުލުހުންނާއި ކައުންސިލަށެވެ.

(ނ) "މޫދަށްއެރި އުޅުން" ކަމަށް ބުނެފައި އެވަނ،ީ ހުސްވަގުތު ހޭދަކޮށްލުމުގެ ބޭނުމުގައި ނުވަތަ މަޖާކޮށްލުމުގެ ބޭނުމުގައި މޫދަށްއެރި އުޅުންފަދަ ކަންކަމަށެވެ. ކުއްލި ހާދިސާއެއް ދިމާވެގެން ނުވަތަ ކައުންސިލުގެ ހުއްދަ ލިބިފައިވާ މަސައްކަތެއް ކުރުމަށް މޫދަށް އެރުން މި މާނައިގެ ތެރެޔަކު ނުހިމެނެއެވެ.

(ރ) "ވަގުތީ ހުއްދަ" ކަމަށް ބުނެފައި އެވަނ،ީ ބަނދަރު ސަރަ ހައްދުގައި ވަކި ކަމެއް ކުރުމަށް 1 (އެކެއް) މަސްދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް އެއްވެސް ފަރާތަކަށް ކައުންސިލުން ދޭ ހުއްދައަށެވެ.

(ބ) "ދާއިމީ ހުއްދަ" ކަމަށް ބުނެފައި އެވަނ،ީ ބަނދަރު ސަރަހައްދުގައި ވަކި ކަމެއް ކުރުމަށް 1 (އެކެއް) މަސްދުވަހާއި 12 (ބާރަ) މަސްދުވަހާ ދެމެދުގެ މުއްދަތަކަށް އެއްވެސް ފަރާތަކަށް ކައުންސިލުން ދޭ ހުއްދައަށެވެ.

(ޅ) "ރަސްމީ ޖެޓީ" ނުވަތަ "ރަސްމީ ފާލަން" ކަމަށް ބުނެފައި އެވަނ،ީ ކައުންސިލުން ރަސްމީ ފާލަން ނުވަތަ ޖެޓީ ކަމުގައި ކަނޑައަޅައި އާންމުކޮށް އިއުލާނުކޮށްފައިވާ ފާލަމަށް ނުވަތަ ޖެޓީއަށެވެ.

(ކ) "އެކަށީގެންވާ ހެދުން" ކަމަށް ބުނެފައި އެވަނ،ީ އެ ތަނެއްގެ ބަޔަކު އާންމުކޮށް އަޅައިއުޅޭ ނުވަތަ އެއާ އެއްގޮތް އެހެން ހެދުމަކަށެވެ.

(އ) "ބަނދަރު ސަރަހައްދު" ކަމަށް ބުނެފައި އެވަނ،ީ މި ގަވާއިދުގެ 28 ވަނަ މާއްދާގެ (ށ) ގެ ދަށުން ކައުންސިލުން އާންމުކޮށް އިއުލާނުކުރާ ސަރަހައްދަށެވެ.

(ވ) "އުޅަނދު އޮޕަރޭޓްކުރާ ފަރާތް" ކަމަށް ބުނެފައި އެވަނ،ީ އެ އުޅަނދެއް ދުއްވާ ފަރާތާއި އުޅަނދު ދުއްވުމުގެ ކަންކަން އިންތިޒާމުކޮށް ހިންގާ ފަރާތަށެވެ.

(މ) މި ގަވާއިދުގައި ބޭނުންކޮށްފައިވާ ލަފުޒުތައް ތަފުސީރުކުރުމުގައ،ި މީހުންނާއި ފަރާތްތަކުގެ މާނައިގައ،ި ކުންފުނ،ި ގުރޫޕ،ު އޮފީސ،ް ޖަމްއިއްޔ،ާ ޖަމާއަތްތައް ފަދަ ތަންތަ ނާއި މީހުން ހިމެނޭނެއެވެ. އަދި ވަކިވަކި ފަރުދުންނަށް ނުވަތަ އެއްޖިންސަކަށް ބޭނުންކޮށް ފައިވާ ލަފުޒުތައް އެ ލަފުޒެއް ބޭނުންކޮށްފައިވާ ހާލަތަށް އެކަށީގެންވާ ގޮތަކަށް ރިއާޔަތްކޮށް ގިނަމީހުންނަށް ނުވަތަ ދެ ޖިންސް އެކުލެވޭ ގޮތަށް މާނަކުރެވިދާނެއެވެ.

 

29 ވަނަ މާއްދާ - އަމަލުކުރަން ފަށާ ތާރީހު

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނ،ީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައ،ިކައުންސިލުގެ އިދާރާއިނ،ް ބަނދަރުގެ ސަރަހައްދާއި ބަނދަރާ ގުޅޭ ފަޅުގެ ސަރަހައްދު ކަނޑައަޅައ،ި އެކަން އާންމުކޮށް އިއުލާނު ކުރަންވާނެއެވެ.

 

މައި ގާނޫނު

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-07)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު