ހދ. ނެއްލައިދޫން ކުނި އުކައިލުމާއި ކުނި ނައްތައިލުމާބެހޭ ގަވާއިދު
(ގަވާއިދު ނަންބަރު 2023-108)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 22 މޭ 2023 ގައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
މިއ،ީ ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 148 ވަނަ މާއްދާއިން ކައު ންސިލަށް ލިބިދޭ ބާރުގެ ދަށުނ،ް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަށްވަރާޔާއެކ،ު އެ މާއްދާގެ (ށ) ގެ ދަށުން ކައުންސިލުން އެކުލަވައިލައިފައިވ،ާ ހދ. ނެއްލައިދޫން ކުނިއުކައިލުމާއި ކުނި ނައްތައިލުމާބެހޭ ގަވާއިދެވެ.
(ށ) މި ގަވާއިދަށް ކިޔާނ،ީ "ހދ. ނެއްލައިދޫން ކުނި އުކައިލުމާއި ކުނި ނައްތައިލުމާބެހޭ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - ކުނި މެނޭޖުކުރާނެ ތަނެއް ކަނޑައެޅުން
(ހ) މި ގަވާއިދަށް އަމަލު ކުރަން ފެށުމާއެކ،ު މި ގަވާއިދުގެ ބޭނުމަށް ޓަކައި ރަށުގެ ލޭންޑްޔޫޒް ޕްލޭނާއ،ި ގަވާއިދު ނަންބަރު 2013-58 (ކުނި މެނޭޖުކުރުމާބެހޭ ގަވާއިދު) އާއި އެންވަޔަރަމަންޓަލް ޕްރޮޓެކްށަން އެޖެންސީން ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކުނި މެނޭޖްކުރާނެ ތަނެއް ކަނޑައެޅުމަށްފަހު، 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށާއ،ި ތަންފީޛުކުރާ އިދާރާކަމަށް ގަވާއިދު ނަންބަރު 2013-58 (ކުނި މެނޭޖުކުރުމާބެހޭ ގަވާއިދު) ގައި ބަޔާންކޮށްފައިވާ އިދާރާއަށ،ް ކައުންސިލުން ލިޔުމުން އެކަން އަންގަންވާނެއެވެ.
(ށ) ރަށުގެ ވަކި ތަނެއް އެއީ ކުނި މެނޭޖުކުރާ ތަން ކަމުގައި ކަނޑައެޅުމުގައި ކައުންސިލުން އަންނަނިވި ކަންކަމަށް ރިއާޔަތް ކުރަންވާނެއެވެ.
- ރަށުގައި ޖާގަ އޮތް މިންވަރަކުނ،ް މީހުން ދިރިއުޅޭ ސަރަހައްދަށް ދަތިނުވާ ދުރުމިނެއްގައ،ި ކުނި އުފުލުމަށް ފަސޭހަ ހިސާބެއް ކަނޑައެޅުން؛
- ރައްކައުތެރި ގޮތެއްގައި ކުނި މެނޭޖުކުރެވޭ ފަދަ ތަނަކަށް ވުން؛
- އެ ތަނަށް ކުނި ޖަމާކުރުމުގެ ސަބަބުން ރަށުގެ ވެށްޓަށާއި އާންމު ސިއްހަތަށާއި އިގްތިސާދަށް ކޮށްފާނޭ ނޭދެވޭ އަސަރު އެންމެ ކުޑަވާނޭ ސަރަހައްދެއް ކަނޑައެޅުން؛
- އަހަރުގެ ބޮޑު ބައިގައި ރަށަށް ވައިޖެހޭ މިސްރާބަށް ބަލައ،ި ކުނީގެ ވަހާއި ދުމުގެ އަސަރު ރަށުތެރެއަށް ކުރާ މިންވަރު އެންމެ ކުޑަވާނެ ސަރަހައްދެއް ކަނޑައެޅުން؛
- ގާނޫނީގޮތުން ހިމާޔަތްކޮށްފައިވާ ސަރަހައްދެއް ރަށުގައި އޮތްނަމ،ަ އެފަދަ ސަރަހައްދަކަށް ކުނީގެ ސަބަބުން ނެދެވޭ އަސަރު އެންމެ ކުޑަވާނެ ތަނެއް ކަނޑައެޅުން؛
- ކުނި މެނޭޖުކުރުމަށް ކަނޑައެޅޭ ސަރަހައްދަކ،ީ ކުނީގެ ސަބަބުން ރަށުގެ ގޮނޑުދޮށަށް އަސަރުނުކުރާނެ ސަރަހައްދެއް ކަމުގައި ވުން؛
- ފެންސު ޖަހައި ނުވަތަ ވަށާފާރު ރާނައި ނުވަތަ އެ ނޫންވެސް އެކަށީގެންވާ ގޮތަކަށ،ް ކުނި މެނޭޖުކުރުމަށް ކަނޑައަޅާ ސަރަހައްދު ވަކިކުރެވިފައިވުން؛
- ގަވާއިދު ނަންބަރު 2013-58 (ކުނި މެނޭޖުކުރުމާބެހޭ ގަވާއިދު) ގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދ،ަ ކުނި އެޅުން މަނާ ތަނެއްކަމަށް ކަނޑައަޅައިފައިވާ ފަދަ ތަނެއް ކަމުގައި ނުވުން.
3 ވަނަ މާއްދާ - ކުނި އުފުލުން
(ހ) ކުނި އެޅުމަށް ކަނޑައަޅައިފައިވާ ތަނަކަށް ނުވަތަ އެނޫންވެސް ތަނަކަށް ކުނި ގެންދަންވާނ،ީ އާންމުންނަށް އުނދަގޫނުވާ ގޮތަށ،ް ރަނގަޅަށް ނިވާކޮށްގެންނެވެ. މީހެއްގެ އަތުންވިޔަސް ނުވަތަ ކުނި އުފުލާ ހާއްސަ އުޅަނދެއ،ް ނުވަތަ ލޮރީއެއ،ް ނުވަތަ ޕިކަޕެއ،ް ނުވަތަ ގާޑިޔަލެއ،ް ނުވަތަ ވީލްބަރޯ ފަދަ އެއްޗެއްގައި ވެސް ކުނި ގެންދަންވާނ،ީ އެ ތަކެތި މަގުމައްޗަށް ނުފައިބާނޭހެން ރައްކައުތެރިކޮށްގެންނެވެ. އަދި ކުނި ގެންދާ އުޅަނދ،ު ގަވާއިދުން ދޮވެ ސާފުކޮށް ބަލަހައްޓަންވާނެއެވެ. ކުނި ގެންދާ އުޅަނދު ހުންނަންވާނީ، ކުނީގެ ބާވަތްތައް ވަކިކުރެވޭނެ ގޮތަށެވެ.
(ށ) ކުނި އުފުލުމުގެ ތެރޭގައި މަގުމައްޗަށް ކުނި އެޅިއްޖެނަމ،ަ ވީހާވެސް އަވަހަކަށް އެ ތަނެއް ސާފުކުރަންވާނެއެވެ. އަދި ކުނި އެޅުނު ތަނެއް ސާފުނުކޮށްފިނަމަ، މި ގަވާއިދުގެ ބޭނުމަށް އެއީ މަގުމައްޗަށް ކުނި އެޅުންކަމުގައި ބެލެވޭނެއެވެ. އަދި ކައުންސިލުން އެ ތަނެއް ސާފުކުރުމަށް ދިޔަ ހަރަދ،ު އެ ކަމަށް ޒިންމާވާ މީހެއްގެ އަތުން ނުވަތަ ބައެއްގެ އަތުން އަތުލެވޭނެއެވެ.
4 ވަނަ މާއްދާ - ކުނިގޮނޑަށް ކުނި އެޅުމުގައި އަމަލުކުރަންޖެހޭ ގޮތް
ކުނި މެނޭޖްކުރާ ސެންޓަރަށް ކުނި އަޅަންވާނ،ީ އެ ސެންޓަރުގައި އެ ކުންޏެއް އެޅުމަށް ހާއްސަކޮށްފައިވާ ތަނަކަށެވެ. އަދި ވަކި ބާވަތެއްގެ ކުނި އެޅުމަށް ކަނޑައަޅައިފައިވާ ތަނަކަށް އެ ނޫން ބާވަތެއްގެ ކުނި އަޅައިފިނަމ،ަ ކުނި އުކަން ހަމަޖެހިފައިވާ ތަން ނޫން އެހެން ތަނަކަށް ކުނި އެޅީކަމުގައި ބަލައ،ި މި ގަވާއިދުގެ ދަށުން ފިޔަވަޅު އެޅޭނެއެވެ.
5 ވަނަ މާއްދާ - ކުނި އެންދުން
ކުނި އަންދަންވާނ،ީ އެ ނޫން އެއްވެސް ގޮތެއް ނެތް ނަމައެވެ. އަދި ކުނި އަންދަން ޖެހިއްޖެ ހާލަތެއްގައި ކުނި އަންދަންވާނީ، ގަވާއިދު ނަންބަރު 2013-58 (ކުނި މެނޭޖުކުރުމާބެހޭ ގަވާއިދު) އާ އެއްގޮތްވާ ގޮތުގެ މަތީން ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ލިބިގެނ،ް އާންމު ސިއްހަތަށާއި ތިމާވެށްޓަށް އެންމެ ގެއްލުން ކުޑަވާނޭ ގޮތެއްގެ މަތީންނެވެ. ކުނި އަންދަންވާނ،ީއެކަމަށް އެ ކައުންސިލުން ކަނޑައަޅާ ދުވަހެއްގައ،ި ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތީންނެވެ. އަދި ދުވަސް ކަނޑައަޅަންވާނ،ީ ވައި ދައުރުވާ ގޮތާއ،ި ކުނި މެނޭޖުކުރުމާބެހޭ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ބެލުމަށްފަހުގައެވެ.
6 ވަނަ މާއްދާ - ކުނި ޖަމާކުރުން
(ހ) މި ގަވާއިދަށް އަމަލު ކުރަން ފެށުމަށްފަހު، އެއްވެސް މީހަކު ގޯތީގައި އަދި ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ދޫކޮށްފައިވާ ބިންތަކުގައި އަވަށްޓެރީންނަށް އުނދަގޫވެދާނެ ފަދަ ގޮތަކަށް ކުނި ޖަމާކުރުމަކ،ީ ނުވަތަ އު ކައިނުލައި ގިނަކުރުމަކީ މަނާކަމެކެވެ.
(ށ) ކުނީގެ ތެރެއިން ނުބައިވަސްދުވާ ތަކެއްޗާއ،ި އުކައިނުލައި ހުރުމުގެ ސަބަބުން ބަލިމަޑުކަމެއް ފެތުރިދާނެ ފަދަ ތަކެތި އުކައިނުލައި 1 (އެކެއް) ދުވަހަށްވުރެ ދިގު މުއްދަތަކަށް ގޯތީގައި އަދި ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ދޫކޮށްފައިވާ ބިންތަކުގައި ބަހައްޓައިފިނަމ،ަ އެ ކަމަކީ މި ގަވާއިދުގެ ދަށުން މަގުމައްޗަށް ކުނި އެޅުމާ އެއްފަދަ ކަމެއްކަމުގައި ބަލައި، އެފަދަ ފަރާތްތަކާމެދު މި ގަވާއިދުގެ ދަށުން ފިޔަވަޅުއެޅޭނެއެވެ.
(ނ) ގޯތީގައި ހުންނަ ކުނި އުކައިލެވެންދެން ވެސް އެފަދަ ކުނި ޖަމާކޮށްފައި ބަހައްޓަންވާނީ ކުނީގެ ބާވަތްތައް ވަކިކޮށްފައެވެ.
7 ވަނަ މާއްދާ - ކުނި މެނޭޖްކުރާ ތަން ފިޔަވައި އެހެން ތަނަކަށް ކުނި އެޅުން
ކުނި މެނޭޖުކުރުމަށް ކައުންސިލުން ކަނޑައަޅާ ތަން ނޫން އެހެން ތަނަކަށް ކުނި އަޅައިފިނަމ،ަ އެކަން ކުރި ފަރާތަކާ މެދ،ު މި ގަވާއިދުގެ 8 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ފިޔަވަޅުއެޅޭނެއެވެ.
8 ވަނަ މާއްދާ - ޖޫރިމަނާ
(ހ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސ،ް އެހެން ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ކުށެއްކަމަށް ކަނޑައަޅައިފައިވާ ކަންކަމުގައި ފިޔަވަޅު އެޅޭނ،ީ އެ ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައިވާ ގޮތުގެމަތީންނެވެ. އަދި އެ ނޫން ކަންކަމުގައ،ި ފުރަތަމަ ފަހަރު ނަސޭހަތް ދިނުމަށްފަހު، ދެވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ 500 (ފަސްސަތޭކަ) ރުފިޔާއާއި 1,000 (އެއްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން؛ ތިންވަނަ ފަހަރު ތަކުރާރުކޮށްފިނަމަ 1,000 (އެއްހާސް) ރުފިޔާއާއި 3,000 (ތިންހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ހަތަރުވަނަ ފަހަރު ތަކުރާރުކޮށްފިނަމ،ަ 3,000 (ތިންހާސް) ރުފިޔާއާއި 5,000 (ފަސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން. އަދި ހަތަރުވަނަ ފަހަރަށްވުރެ އިތުރަށް ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު 5,000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިހުތިޔާރ،ު މި ގަވާއިދުގެ ދަށުން ކައުންސިލަށް ލިބިގެންވެއެވެ.
(ށ) މި ގަވާއިދުގައި ހިމެނޭ އެންމެހައި ޖޫރިމަނާތަކާއި ފީތައް ދައްކަންވާނީ ކައުންސިލަށް ނުވަތަ ކައުންސިލުން ކަނޑައަޅާ ފަރާތަކަށެވެ.
9 ވަނަ މާއްދާ - ކައުންސިލުން ކުރަންޖެހުނު ހަރަދު ހޯދުން
އެއްވެސް ފަރާތަކުނ،ް މި ގަވާއިދާ ހިލާފަށް ކުރި ކަމެއްގެ ސަބަބުން ނުވަތަ ނުކޮށް ދޫކޮށްލި ކަމެއްގެ ސަބަބުން ކައުންސިލުން އެ ކަމެއް ރަނގަޅު ކުރަން ޖެހިއްޖެނަމ،ަ އެކަމަކަށް ދިޔަ ހަރަދ،ު އެކަން ކުރި ފަރާތަކުން ކައުންސިލަށް ދައްކަން ޖެހޭނެއެވެ.
10 ވަނަ މާއްދާ - ކުނީގެ ބޭނުން ހެޔޮގޮތުގައި ހިފުން
ކުނިގޮނޑަށް އުކައިލާ ތަކެތީގެ ތެރެއިން ކައުންސިލުގެ ނަޒަރުގައި ބޭނުންހިފޭނޭ ތަކެތި ނަގައިގެން އެ ތަކެތި ވިއްކައި ނުވަތަ ބޭނުންކުރުމުގެ ހުއްދަ ކައުންސިލަށާއި ކައުންސިލުން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ.
11 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާން ނުކުރާހައި ހިނދަކ،ު ތިރީގައި ބަޔާންކޮށްފައިވާ އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނ،ީ ތިރީގައި ބަޔާންކޮށްފައިވާ މާނަކުރުމެވެ.
(ހ) "ކައުންސިލް" ކަމަށް ބުނެފައި އެވަނ،ީ ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން އިންތިހާބުކޮށްފައިވާ ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލަށެވެ.
(ށ) "ކުނި މެނޭޖުކުރާ ތަން" ނުވަތަ "ކުނި މެނޭޖުކުރާ މަރުކަޒު" ކަމަށް ބުނެފައި އެވަނ،ީ ކައުންސިލުން ކުނި އަޅާނޭ ތަން ކަމުގައި ކަނޑައަޅާ ތަންތަނަށެވެ.
(ނ) "ކުނި" ކަމަށް ބުނެފައި އެވަނ،ީ ގަވާއިދު ނަންބަރު 2013-58 (ކުނި މެނޭޖުކުރުމާބެހޭ ގަވާއިދު) ގައި ކުނިކަމަށް މާނަކޮށްފައިވާ ތަކެއްޗަށެވެ.
12 ވަނަ މާއްދާ - އަމަލުކުރަން ފަށާ ތާރީހު
މި ގަވާއިދަށް އަމަލުކުރަން ފަށާނ،ީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު