-

އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-109)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 22 މޭ 2023 ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގަވާއިދަށް ކިޔާނ،ީ "އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގަވާއިދު" މިހެންނެވެ.

(ށ) މި ގަވާއިދުގެ މަގުސަދަކ،ީ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކުރުމާއ،ި ހިންގުމާއ،ި ބާތިލުކުރުމުގައި ރަޖިސްޓްރާރ އަމަލުކުރާނެ ގޮތް ބަޔާންކުރުމެވެ.

 

2 ވަނަ މާއްދާ - މަގުސަދު

އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކުރަން އެދޭ ފަރާތް (އެޕްލިކަންޓް) ގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

 

3 ވަނަ މާއްދާ - އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކުރަން އެދޭ ފަރާތުގެ ށަރުތުތައް

(ހ) ދިވެހި ރައްޔިތަކު ކަމުގައި ވުން.

(ށ) މީލާދީގޮތުން އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވުން.

(ނ) އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ރަޖިސްޓަރީއެއް އޮތް ފަރާތެއް ކަމުގައި ނުވުން.

(ރ) ސީދާގޮތުން ނުވަތަ ނުސީދާގޮތުން ބިދޭސީ ފަރާތަކަށް ވިޔަފާރީގެ މަންފާ ލިބިދިނުމަށް ޓަކައި އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ހިންގިކަމަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ރަޖިސްޓްރާރ ކަނޑައެޅިތާ، 5 (ފަހެއް) އަހަރުދުވަސް ފާއިތުވެފައިވާ ފަރާތަކަށް ވުން.

 

4 ވަނަ މާއްދާ - އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކުރުމަށް ހުށަހެޅުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފެށުމަށްފަހ،ު އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކުރުމަށް ހުށަހަޅާނ،ީ ރަޖިސްޓްރާރ ކަނޑައަޅާ ސިސްޓަމް މެދުވެރިކޮށް ފުރިހަމަކުރާ ފޯމަކުންނެވެ.

(ށ) މި މާއްދާގެ ބޭނުމަށް ހުށަހަޅާ ފޯމުގައި އަންނަނިވި މައުލޫމާތު ފުރިހަމަވާންވާނެއެވެ. މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތް ނޫން ގޮތަކަށް ހުށަހަޅާ ފޯމުތަކާއި މައުލޫމާތު ފުރިހަމަނޫން ފޯމުތައް ހުށަހަޅާ އެޕްލިކަންޓުންނަށް، މި ގަވާއިދުގެ 5 ވަނަ މާއްދާގައިވާ ގޮތުގެ މަތީން މައުލޫމާތު ފުރިހަމަކުރުމަށް އަންގައި މުއްދަތެއް ދޭންވާނެއެވެ.

  1. އޮންލައިން ޕޯޓަލް މެދުވެރިކޮށް ރިޒާވުކޮށްފައިވާ ނަން؛
  2. ފުރިހަމަ ނަމާއ،ި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރާއ،ި މޯބައިލް ފޯނު ނަންބަ ރާއ،ި އީމެއިލް އެޑްރެސް؛
  3. ގާނޫނީގޮތުން ރައްދުކުރަންޖެހޭ ލިޔެކިޔުންތައް ރައްދުކުރާނެ އެޑްރެސް؛
  4. އަމިއްލަ ވިޔަފާރިއެއްގެ މަސްއޫލުވެރިޔާގެ ދިރިއުޅުން އާންމުކޮށް ދިވެހިރާއްޖޭގައި ގާއިމުވެފައި ނުވާނަމަ، އެ ވިޔަފާރި ހިންގުމުގެ ޒިންމާ އުފުލުމަށް 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކު އައްޔަނުކުރާނަމަ، އެ މީހެއްގެ ނަމާއ،ި މިހާރު ދިރިއުޅޭ އެޑްރެހާއ،ި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއ،ި މޯބައިލް ފޯނު ނަންބަރާއ،ި އީމެއިލް އެޑްރެސް؛
  5. ގާނޫނު ނަންބަރު 2013-06 (ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނު) ގެ ދަށުން، ވިޔަފާރި ގިންތިކުރުމަށް އެދި ހުށަހަޅަންޖެހޭ މައުލޫމާތު؛
  6. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއާއި މޯލްޑިވްސް ޕެންށަން އެޑްމިނިސްޓްރޭށަން އޮފީހުގައި ރަޖިސްޓަރީކުރުމަށް ބޭނުންވާ މައުލޫމާތު؛
  7. އެޕްލިކޭށަނާއެކު ހުށަހަޅައިފައިވާ މައުލޫމާތު ސައްހަކަން ކަށަވަރުކޮށްދިނުމަށް ވެވޭ އިގްރާރު.

 

5 ވަނަ މާއްދާ - މައުލޫމާތު ފުރިހަމަކުރުމަށް އެންގުން

އަންނަނިވި ހާލަތުތަކުގައ،ި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ފޯމުގައިވާ މައުލޫމާތު ފުރިހަމަނުވާކަމަށް ނިންމައ،ި ފޯމު ހުށަހެޅި ފަރާތަށް އެކަން އަންގަންވާނެއެވެ.

(ހ) ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަވެފައިވުން.

(ށ) އެޕްލިކޭށަނުގައިވާ މައުލޫމާތު ފުރިހަމަކޮށްފައި ނުވުން.

(ނ) ސައްހަ ނޫން މައުލޫމާތު ހުރުން.

(ރ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރިޒާވުކޮށްފައިވާ ނަމުގެ މުއްދަތު ހަމަވެފައިވުން.

 

6 ވަނަ މާއްދާ - (ނޯޓް: މި މާއްދާއަށް ސުރުހީއެއް ދެވިފައިނުވޭ)

އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ އެޕްލިކޭށަން ފުރިހަމަނުވާކަމަށް އެޕްލިކަންޓަށް އަންގާ ހާލަތުތަކުގައ،ި ގިނަވެގެން 30 (ތިރީސް) ދުވަހުގެ މުއްދަތުގެ ތެރޭގައި އެޕްލިކޭށަނުގައި މަދުވާ މައުލޫމާތު ފުރިހަމަކުރުމަށް އަންގައ،ި އެ މުއްދަތު ތެރޭގައި މައުލޫމާތު ފުރިހަމަކޮށްފައި ނުވާނަމަ، އެޕްލިކޭށަން ބާތިލުކުރެވޭނެއެވެ.

 

7 ވަނަ މާއްދާ - ކައުންސިލްތަކުން އެހީތެރިކަން ދިނުން 

އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކުރަން އެދޭ ފަރާތަކ،ީ އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ފުރިހަމަކުރުމަށް ދަތިވާ ފަރާތެއްނަމަ، އެ ފަރާތުގެ ފޯމު ފުރިހަމަކުރަންވާނ،ީ ރަށު ކައުންސިލް ނުވަތަ އަތޮޅު ކައުންސިލް މެދުވެރިކޮށެވެ.

 

8 ވަނަ މާއްދާ - އަމިއްލަ ފަރުދުންގެ ވިޔަފާރި ނަން 

(ހ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކުރުމަށް އެދޭ އަމިއްލަ ކޮންމެ ވިޔަފާރިއަކަށް ވެސް އެ ވިޔަފާރިއަކަށް ކިޔުމަށް ހުށަހަޅާ ނަމަކީ އަންނަނިވި ބާވަތްތަކުގެ ތެރެއިން ބާވަތެއްގެ ނަމެއް ކަމުގައި ނުވާނަމަ، އެ ވިޔަފާރިއަށް އެ ނަން ކިޔުމަށް ރަޖިސްޓްރާރ ހުއްދަދޭންވާނެއެވެ.

  1. ގާނޫނު ނަންބަރު 2014-18 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު) ގެ ދަށުން ވިޔަފާރިއަކަށް ކިޔުމަށް ހުއްދަ ނޫން ނަމެއް ކަމުގައި ވުން؛
  2. އެ ނަމަކ،ީ ރަޖިސްޓަރީކޮށްދީފައިވާ އެހެން ވިޔަފާރިއަކާ އެއް ނަމަކަށްވުން ނުވަތަ އިތުރު ލަފުޒެއް ހިމަނައިފައި ނެތުމުގެ ސަބަބުން އެއްވައްތަރުގެ ނަމެއް ކަމަށް ގަބޫލުކުރެވުން. މި މާއްދާގައި ބަޔާންކޮށްފައިވާގޮތަށ،ް "އެއްވައްތަރުގެ ނަމެއް" ކަމަށް ބެލެވޭނ،ީ އެ ނަމުގައި އިތުރު ލަފުޒެއް ހިމަނައިފައި ނެތުމުގެ ސަބަބުންނާއި އެ ނަން އެ ދެވަނަ ވިޔަފާރިއަށް ކިޔާ ނަމާ ގުޅިފައިވާލެއް ބޮޑުކަމުން، އެ ނަން އެހެން ފަރާތަކުން ބޭނުންކޮށްފިނަމަ، އެއީ އެ ވިޔަފާރީގެ ބައެއް ކަމުގައި ބެލެވިދާނެ ކޮންމެ ނަމެކެވެ.
  3. އެ ނަމަކ،ީ އެހެން ފަރާތަކުން ރަޖިސްޓަރީކޮށްފައިވާ ޓްރޭޑް މާކަކަށް ވުން؛
  4. އެ ނަމަކ،ީ ރާއްޖެއިން ބޭރުގެ މަށްހޫރު ނަމަކަށް ވެފައ،ި އެ ނަން ރާއްޖޭގައި ބޭނުންކޮށްގެން ކުރާ ވިޔަފާރިއަކީ ރާއްޖެއިން ބޭރުގެ މަށްހޫރު ވިޔަފާރިއާ ހަގީގަތާ ހިލާފަށް ގުޅުންހުރި ނުވަތަ އެ ވިޔަފާރިކަމަށް އާންމުންނަށް އޮޅުންއަރައިފާނެ ފަދަ ވިޔަފާރިއެއްގައި ބޭނުންކުރާ ނަމަކަށް ވުން؛
  5. އެ ނަމަކ،ީ އިތުރު ލަފުޒެއް ނުވަތަ އިބާރާތެއް ބޭނުންކުރުމަކާ ނުލައ،ި ހަމައެކަނި ކަމެއް ނުވަތަ ތަނެއް ނުވަތަ އެއްޗެއް ބަޔާންކޮށްދ،ޭ ވަކި ފަރާތަކަށް އެ ނަމެއްގެ މިލްކުވެރިކަން ލިބިނުގަނެވޭނެ ނަމަކަށް ވުން؛
  6. އެ ނަމަކ،ީ ވިޔަފާރި ނަމެއްގެ ގޮތުގައި ބޭނުންކޮށްގެން ނުވާނެ ނަމެއްކަމަށް ށަރުއީ ކޯޓެއްގެ ހުކުމެއްގައި ކަނޑައަޅައިފައިވާ ނަމަކަށް ވުން؛
  7. އެ ނަމަކ،ީ އެހެން ފަރާތަކަށް ރިޒާވުކޮށްފައިވާ ނަމަކަށް ވުން؛
  8. އެ ނަމަކ،ީ "ގްރޫޕް"، ނުވަތަ "ހޯލްޑިންގ"، ނުވަތަ "ނޭށަނަލް" ނުވަތަ "އިންޓަރނޭށަނަލް" ފަދަ ލަފުޒެއް ހިމެނޭ ނަމަކަށް ވުން؛
  9. އެ ނަމަކީ މުޖުތަމައުގެ އަހްލާގީ މިންގަނޑާ ހިލާފު ނަމެއް ކަމުގައި ވުން؛
  10. އެ ނަމަކ،ީ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކުރާ މަސްއޫލުވެރިޔާގެ ނަން ނޫން އެހެން ފަރާތަކަށް ކިޔާ ނަން ކަމުގައިވުން.
  11. އެ ނަމަކ،ީ ދައުލަތުން ނުވަތަ ސަރުކާރުން ކުރާ މަސައްކަތަކާ ނުވަތަ މަށްރޫއަކާ ގުޅުންހުރި ނަމަކަށް ވުން.

 

9 ވަނަ މާއްދާ - ނަން ރިޒާވުކުރުން

(ހ) އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކުރަން ހުށަހެޅުމުގެ ކުރިން، އެ ވިޔަފާރިއަށް ކިޔަން ބޭނުންވާ ނަން އޮންލައިން ޕޯޓަލް މެދުވެރިކޮށް ރިޒާވުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމިއްލަ ފަރުދުންގެ ވިޔަފާރިއަށް ކިޔަން ބޭނުންވާ ނަން ރިޒާވުކޮށްދެވޭނީ، ފަހަރަކ،ު 14 (ސާދަ) ދުވަހުގެ މުއްދަތަކަށެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން އޮތް ނަމަވެސ،ް ރިޒާވުކޮށްފައިވާ ނަން ރިޒާވުކޮށްފައިވާ މުއްދަތުގެ ތެރޭގައ،ި ވިޔަފާރި ރަޖިސްޓަރީކުރުމަށް ހުށަހަޅައިފައި ނުވާނަމަ، އެ ވިޔަފާރިއަށް ކިޔަން ބޭނުންވާ ނަން، އިތުރު 14 (ސާދަ) ދުވަހުގެ މުއްދަތަކަށް ރިޒާވުކުރުމަށް އެދުމުގެ ފުރުސަތ،ުނަން ރިޒާވުކުރި ފަރާތަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އަމިއްލަ ފަރުދުންގެ ވިޔަފާރިއަށް ކިޔަން ބޭނުންވާ ނަން، އިތުރު މުއްދަތަށް ރިޒާވުކޮށްދިނުމަށް އެދި އެ ނަން ރިޒާވުކުރި ފަރާތުން ހުށަހަޅައިފިނަމަ، އަދި ހުށަހަޅާ ތާރީހުގައި އެ ނަން އެހެން ފަރާތަކުން ރިޒާވުކޮށްފައިނުވާނަމަ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އިތުރު 14 (ސާދަ) ދުވަހުގެ މުއްދަތަށް އެ ނަން ރިޒާވު ކޮށްދޭންވާނެއެވެ.

(ބ) އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ރަޖިސްޓަރީކުރުމަށ،ް އެ ވިޔަފާރިއަށް ކިޔަން ބޭނުންވާ ނަން ރިޒާވުކުރުމަކުން އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކުރެވުނުކަމަށް ބަލައިގެން ނުވާނެއެވެ. އަދި އެ ނަމުގައި އެއްވެސް މުއާމަލާތެއް ކޮށ،ް އެ ނަމުގައި ވިޔަފާރިކުރާކަމަށް ދެއްކުމަކ،ީ މަނާ ކަމެކެވެ.

 

10 ވަނަ މާއްދާ - ނަން ބަދަލުކުރަން ހުށަހެޅުން 

އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްގެ ނަން ބަދަލުކުރަން އެދޭނަމަ، ބަދަލުކުރަން އެދޭ ނަން، މި ގަވާއިދުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރިޒާވުކޮށ،ް ނަން ބަދަލުކުރުމަށް ސިސްޓަމް މެދުވެރިކޮށް ހުށަހަޅަންވާނެއެވެ.

 

11 ވަނަ މާއްދާ - ނަން ބަދަލުކުރުމަށް އެންގުން

(ހ) ގާނޫނު ނަންބަރު 2014-18 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު) ގެ ދަށުން ވިޔަފާރިއަކަށް ކިޔުމަށް ހުއްދަ ނޫން ނަމެއް ނުވަތަ މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ހ) އާ ހިލާފު ނަމެއް އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ދަފުތަރުގައި ހިމެނޭކަން ރަޖިސްޓްރާރގެ ސަމާލުކަމަށް އަތުވެއްޖެނަމަ، ނުވަތަ އެފަދަ ނަމެއް ރިޒާވުކޮށްދިނުމަށް އެދި ހުށަހަޅައިފިނަމަ، އެ ނަން ބަދަލުކުރުމަށް އެންގުމުގެ ބާރ،ު ރަޖިސްޓްރާރއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ވިޔަފާރިއެއްގެ ނަން ބަދަލުކުރުމަށް އެ ވިޔަފާރީގެ މަސްއޫލުވެރިޔާއަށް ރަޖިސްޓްރާރ އަންގައިފިނަމަ،އެފަދައިން އަންގާތާ 1 (އެކެއް) މަސްދުވަހުގެ ތެރޭގައ،ި އެ ނަމެއްބަދަލުކުރަންވާނެއެވެ.

(ނ) އަމިއްލަ ވިޔަފާރިއެއްގެ ނަން ބަދަލުކުރުމަށް މި މާއްދާގެ (ހ) ގެ ދަށުން އެ ވިޔަފާރީގެ މަސްއޫލުވެރިޔާއަށް ރަޖިސްޓްރާރ އަންގައިފިނަމަ، އަދިމި މާއްދާގެ (ށ) ގެ ދަށުން ނަން ބަދަލުކުރުމަށްދޭ މުއްދަތުގައި އެ ފަރާތުން ރަޖިސްޓްރާރގެ އެންގުމާ އެއްގޮތަށް އަމަލުނުކޮށްފިނަމަ،

 

12 ވަނަ މާއްދާ - އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ނަން ބަދަލުކުރުމުގެ ނަތީޖާ 

އެ ފަރާތަކަށް ދޫކޮށްފައިވާ ރަޖިސްޓަރީ ބާތިލުކުރުމުގެ އިހްތިޔާރ،ު ރަޖިސްޓްރާރއަށް ލިބިގެންވެއެވެ. އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްގެ ނަން ބަދަލުކުރުމަކުން، ވިޔަފާރީގެ ރަޖިސްޓްރޭށަން ނަންބަރަކަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. އަދި ވިޔަފާރީގެ ނަމުގައި ހިންގައިފައިވާ ހުރިހާ މުއާމަލާތަކަށް ވިޔަފާރި ރަޖިސްޓަރީކުރި ފަރުދަކު ޒިންމާވާންޖެހޭނެއެވެ.

 

13 ވަނަ މާއްދާ - ކައުންސިލުން އެހީތެރިވާ ފަރާތްތަކުން އޮންލައިން ފޯމު ފުރުމަށް ފީ ނެގުމުގެ އިހްތިޔާރު 

މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކައުންސިލުން ފޯރުކޮށްދޭ ހިދުމަތަށް 100 (އެއްސަތޭކަ) ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދެއްގެ ފީއެއް ނެގުމަށް މި ގަވާއިދު ހުރަހެއް ނާޅައެވެ. މިފަދަ ފީއެއް ނަގަންވާނ،ީ އާންމުކޮށް އިއުލާނު ކުރުމަށް ފަހުގައެވެ.

 

14 ވަނަ މާއްދާ - ރެޖިސްޓްރޭށަން ފީ 

އަމިއްލަ ފަރުދުންގެ ވިޔަފާރި ރެޖިސްޓްރޭށަން ފީއަކީ ކޮންމެ 10 (ދިހައެއް) އަހަރަށް 500 (ފައްސަތޭކަ) ރުފިޔާއެވެ. އަދި ރެޖިސްޓްރޭށަން އައުކުރާ ކޮންމެ ފަހަރަކު 10 (ދިހައެއް) އަހަރުދުވަހުގެ މުއްދަތަށް 500 (ފައްސަތޭކަ)ރުފިޔާ ދައްކަންވާނެއެވެ.

 

15 ވަނަ މާއްދާ - ރަޖިސްޓަރީކޮށްނުދެވޭނެ ހާލަތުތައް 

އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކުރަން އެދި ހުށަހަޅާ ފަރާތާބެހޭ ގޮތުން، ރަޖިސްޓްރާރަށް ލިބިފައިވާ މައުލޫމާތަށް ބިނާކޮށ،ް އަންނަނިވި ހާލަތުތަކުގައ،ި ވިޔަފާރި ރަޖިސްޓަރީކޮށްނުދިނުމުގެ އިހްތިޔާރު ރަޖިސްޓްރާރަށް ލިބިގެންވެއެވެ.

(ހ) އެ ވިޔަފާރިއަކީ ގާނޫނާ ހިލާފު އަމަލެއް ނުވަތަ އަމަލުތަކެއް ހިންގުމަށް ބޭނުންކޮށްފާނެ ވިޔަފާރިއެއް ކަމުގައިވުން؛ ނުވަތަ

(ށ) އެ ވިޔަފާރީގެ ސަބަބުން، އާންމު މަސްލަހަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބެލެވުން.

 

16 ވަނަ މާއްދާ - ރަޖިސްޓަރީކޮށް ނުދިނުމަށް ނިންމުން 

މި ގަވާއިދުގެ 15 ވަނަ މާއްދާގެ ދަށުން، އަމިއްލަ ވިޔަފާރިއެއް ރަޖިސްޓަރީކޮށްނުދިނުމަށް ރަޖިސްޓްރާރ ނިންމައިފިނަމަ، އެފަދައިން ނިންމި ސަބަބ،ު ވިޔަފާރި ރަޖިސްޓަރީކުރަން އެދި ހުށަހެޅި ފަރާތަށ،ް ޕޯޓަލް މެދުވެރިކޮށް އަންގަންވާނެއެވެ.

 

17 ވަނަ މާއްދާ - އަމިއްލަ ފަރުދުންގެ ވިޔަފާރީގެ މުއްދަތު 

އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކޮށްދެވޭނ،ީ 10 (ދިހައެއް) އަހަރުދުވަހުގެ މުއްދަތަށެވެ.

 

18 ވަނަ މާއްދާ - އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޕްރޮފައިލް ށީޓް

އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކުރެވުމާއެކ،ު އެ ވިޔަފާރިއެއް ރަޖިސްޓަރީކުރެވުނުކަން އެނގޭނެ ކޯޕަރޭޓް ޕްރޮފައިލ،ް އޮންލައިން ޕޯޓަލް މެދުވެރިކޮށް ދޫކުރަންވާނެއެވެ.

 

19 ވަނަ މާއްދާ - އެހެން އިދާރާތަކުގެ ބޭނުމަށް ހުށަހަޅާނެ ޕްރޮފައިލް ށީޓް  

އަމިއްލަ ފަރުދުންގެ ވިޔަފާރި ހިންގާ ފަރާތްތަކުން އެހެން އިދާރާތަކާ މުއާމަލާތު ކުރުމުގައ،ި ނުވަތަ ވިޔަފާރީގެ މައުލޫމާތު ހުށަހަޅަންޖެހޭ ހާލަތުގައި ބޭނުންކުރަންވާނީ، މި ގަވާއިދުގެ 18 ވަނަ މާއްދާގެ ދަށުން އޮންލައިން ޕޯޓަލްމެދުވެރިކޮށް ދޫކުރާ ކޯޕަރޭޓް ޕްރޮފައިލް ށީޓެވެ.

 

20 ވަނަ މާއްދާ - ވިޔަފާރި ހަރަކާތް ރަޖިސްޓަރީކުރުން 

(ހ) އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކުރުމާއެކ،ު ވަކިވަކި ވިޔަފާރި ހަރަކާތްތަކަށް ސަރުކާރުގެ އެއްވެސް އިދާރާއަކުން ލައިސަންސެއް، ނުވަތަ ޕާމިޓެއް ނުވަތަ ހުއްދައެއް ބޭނުން ނުވާ ހާލަތްތަކުގައ،ި އެ ވިޔަފާރި ހަރަކާތް ފެށުމުގެ ކުރިން، އެ ވިޔަފާރި ހަރަކާތަކާބެހޭ މައުލޫމާތ،ު އޮންލައިން ޕޯޓަލުގެ "ބިޒްނަސް އެކްޓިވިޓީ ރަޖިސްޓްރޭށަން" މެދުވެރިކޮށ،ް މިނިސްޓްރީއަށް އަންގަންވާނެއެވެ.

(ށ) އެހެން ގާނޫނެއްގެ ދަށުން އެއްވެސް ހުއްދައެއް ނަގަންޖެހޭނަމަ، ކަމާބެހޭ ގާނޫނުގެ ދަށުން ލައިސަންސް ނުވަތަ ހުއްދަ ނެގުމުން، މި ގަވާއިދުގެ ބޭނުމަށް ވިޔަފާރި ހަރަކާތް ރަޖިސްޓަރީކުރެވުނީކަމަށް ބެލެވޭނެއެވެ.

 

21 ވަނަ މާއްދާ - އެހެން ގާނޫނުތަކުން ފުރިހަމަކުރަންޖެހޭ ކަންކަން 

މި ގަވާއިދުގެ ދަށުން ރަޖިސްޓަރީ ކުރާ އަމިއްލަ ފަރުދުންގެ ވިޔަފާރިއަކުން، އެހެން ގާނޫނެއްގެ ދަށުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމުގެ އެންމެހައިޒިންމާއެއް ނަގަންވާނީ އެ ވިޔަފާރީގެ މަސްއޫލުވެރިޔާއެވެ.

 

22 ވަނަ މާއްދާ - ވިޔަފާރީގެ މަސްއޫލުވެރިޔާ ބަދަލުކުރުމަށް އެދުން 

އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ވެރި ފަރާތް ބަދަލުކުރަން ބޭނުންވެއްޖެނަމަ، އެ ވިޔަފާރިއެއްގެ މަސްއޫލުވެރިޔ،ާ ވިޔަފާރި ބާތިލުކުރަން ހުށަހަޅަންވާނެއެވެ. އަދ،ި އެ ވިޔަފާރީގެ ނަމުގައި އެހެން ވިޔަފާރިއެއް ރަޖިސްޓަރީކުރަން އެދޭ ފަރާތުން ހުށަހަޅަންޖެހޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކުރުމަށް އެދި އައު އެޕްލިކޭށަނެކެވެ.

 

23 ވަނަ މާއްދާ - ކޮމްޕްލަޔަންސް ސްޓޭޓްމަންޓް 

(ހ) ގާނޫނު ނަންބަރު 2014-19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކޮންމެ ވިޔަފާރިއަކުން، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހިނގަމުންދާ މީލާދީ އަހަރުނިމ،ި ޖެހިގެން އަންނަ އަހަރުގެ 6 (ހައެއް) މަސްދުވަސް ނިމުމުގެ ކުރިން އެ ވިޔަފާރީގެ ކޮމްޕްލަޔަންސް ސްޓޭޓްމަންޓް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ކޮމްޕްލަޔަންސް ސްޓޭޓްމަންޓުގައ،ި މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ މައުލޫމާތުގެ އިތުރުން،އެ އަހަރެއްގެ ކޮމްޕްލަޔަންސް ސްޓޭޓްމަންޓުގައި ހިމެނުމަށް ރަޖިސްޓްރާރ އާންމުކޮށް އިއުލާނުކޮށްފައިވާ މައުލޫމާތު ހިމަނަންވާނެއެވެ.

 

24 ވަނަ މާއްދާރަޖިސްޓަރީ އައުކުރުމަށް ހުށަހެޅުން 

ގާނޫނު ނަންބަރު 2014-19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށް ހިންގަމުންދާ ވިޔަފާރީއެއްގެ މުއްދަތު އިތުރުކުރުމަށް އެ ވިޔަފާރިއެއްގެ މަސްއޫލުވެރިފަރާތުން ބޭނުންވާނަމަ، މުއްދަތު ހަމަވުމުގެ 1 (އެކެއް) އަހަރުދުވަހުގެ ކުރިން އެ ވިޔަފާރީގެ ރަޖިސްޓްރޭށަން އައުކުރުމަށްރަޖިސްޓްރާރަށް ހުށަހަޅަންވާނެއެވެ.

 

25 ވަނަ މާއްދާރަޖިސްޓަރީ އާކުރުމަށް ބޭނުންވާނެ މައުލޫމާތު 

މި ގަވާއިދުގެ 24 ވަނަ މާއްދާގެ ދަށުން ރަޖިސްޓަރީ އައު ކުރުމަށް އެދި ހުށަހަޅާއިރ،ު މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތަށް އެއްވެސް ބަދަލެއް އައިސްފައިވާނަމަ، އެ ބަދަލުތައް ހުށަހަޅަންވާނެއެވެ.

 

26 ވަނަ މާއްދާރަޖިސްޓަރީ އައުކޮށްދިނުން 

އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ރަޖިސްޓަރީ އައުކުރުމަށް އެދޭ ކޮންމެ ފަރާތަކަށް ވެސ،ް އެ ފަރާތެއްގެ ވިޔަފާރި ރަޖިސްޓަރީ އައުކޮށްދެވޭނ،ީ 10 (ދިހައެއް) އަހަރުދުވަހުގެ މުއްދަތަށެވެ.

 

27 ވަނަ މާއްދާރަޖިސްޓަރީ ބާތިލުކުރުން 

އަންނަނިވި ހާލަތްތަކުގައި، އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށް ދޫކޮށްފައިވާ ވިޔަފާރި ރަޖިސްޓްރޭށަން ބާތިލުކުރުމުގެ ބާރ،ު ރަޖިސްޓްރާރަށް ލިބިގެންވެއެވެ.

(ހ) އެ ވިޔަފާރ،ި ގާނޫނާ ހިލާފު އަމަލެއް ނުވަތަ އަމަލުތަކެއް ހިންގުމަށް ބޭނުންކުރާކަމަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށ،ް ރަޖިސްޓްރާރަށް ގަބޫލުކުރެވުން.

(ށ) އެ ވިޔަފާރިއަކ،ީ އާންމު މަސްލަހަތަށް ނުރައްކަލެއް ކުރިމަތިކުރުވުމުގެ ބޭނުމުގައި ހިންގާ ވިޔަފާރިއެއް ކަމުގައި އެކަށީގެންވާ ހެކީގެ މައްޗަށްބިނާކޮށ،ް ރަޖިސްޓްރާރަށް ގަބޫލުކުރެވުން.

(ނ) ސީދާގޮތުން ނުވަތަ ނުސީދާގޮތުން ބިދޭސީ ފަރާތަކަށް ވިޔަފާރީގެ މަންފާ ލިބިދިނުމަށް ޓަކައި ހިންގާ ވިޔަފާރިއެއްކަމަށ،ް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ރަޖިސްޓްރާރަށް ގަބޫލުކުރެވުން.

(ރ) މި ގަވާއިދުގެ 23 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކޮމްޕްލަޔަންސް ސްޓޭޓްމަންޓް ހުށަހަޅަންޖެހޭ ތާރީހުން ފެށިގެން 1 (އެކެއް) އަހަރުދުވަސް ފާއިތުވުން.

 

28 ވަނަ މާއްދާ - ބިދޭސީންނަށް އަމިއްލަ ފަރުދުންގެ ވިޔަފާރި ހިންގުން މަނާކުރުން 

ގާނޫނު ނަންބަރު 2014-19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު) ގެ ދަށުން، ސީދާގޮތުން ނުވަތަ ނުސީދާގޮތުން ބިދޭސީ ފަރާތަކަށް މަންފާ ލިބޭގޮތަށ،ް އެއްވެސް ފަރާތަކުން އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ހިންގުމަކީ މަނާ ކަމެކެވެ.

 

29 ވަނަ މާއްދާ - ބިދޭސީ ފަރާތަކަށް ވިޔަފާރީގެ މަންފާ ލިބޭކަމަށް ކަނޑައެޅުން 

(ހ) އަމިއްލަ ވިޔަފާރީގެ މުއާމަލާތްތަކާ ގުޅިގެން، ބިދޭސީ ފަރާތެއްގެ ބޭންކް އެކައުންޓަށް ފައިސާ ޖަމާކުރާކަމުގެ ހެކި ހުރެއްޖެނަމަ، އެ ވިޔަފާރިއަކީސީދާގޮތުން ނުވަތަ ނުސީދާގޮތުން ބިދޭސީ ފަރާތަކަށް ވިޔަފާރީގެ މަންފާ ލިބިދިނުމަށް ޓަކައި ހިންގާ ވިޔަފާރިއެއްކަމަށ،ް ކަނޑައަޅައ،ި މި މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ފިޔަވަޅު އެޅުމުގެ ބާރ،ުރަޖިސްޓްރާރަށް ލިބިގެންވެއެވެ.

  1. ބިދޭސީ ފަރާތާމެދު ފިޔަވަޅުއެޅުމަށް ކަމާބެހޭ ފަރާތަށް ރިޕޯޓްކުރުން؛
  2. ވިޔަފާރީގެ މަސްއޫލުވެރި ފަރާތ،ް 100,000 (އެއްކަލައް) ރުފިޔާއިން ޖޫރިމަނާކުރުން؛
  3. ކުރިޔަށް އޮތް 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ރަޖިސްޓަރީ ނުކުރެވޭނެ ފަރާތެއް ކަމުގައި ކަނޑައެޅުން؛
  4. ވިޔަފާރި ރަޖިސްޓަރީ ބާތިލުކުރުން.

(ށ) މި މާއްދާގެ ދަށުން އެއްވެސް ވިޔަފާރިއެއްގެ ރަޖިސްޓަރީ ބާތިލުކޮށްފިނަމަ، ސަބަބު އާންމުކޮށް އަންގައި އިއުލާނު ކުރަންވާނެއެވެ.

 

30 ވަނަ މާއްދާ - ބޭންކުތަކާއި ރެމިޓަންސް އެޖެންސީތަކުގެ ޒިންމާ 

ބިދޭސީ ފަރާތަކުން، އެ ފަރާތެއްގެ ބޭންކު އެކައުންޓަށް ފައިސާ ޖަމާކުރުމުގައި އަދި ރާއްޖެއިން ބޭރަށް ފައިސާ ގެންދިއުމަށް އެދޭ ކޮންމެ ހާލަތެއްގައ،ި އެ ފަރާތަކަށް ލިބޭ އާމްދަނީގެ ގޮތުގައި ޑިކްލެއަރކޮށްފައިވާ އަދަދާ ނުބައްދަލު މުއާމަލާތްތައް ހުއްޓުވައ،ި އެ ފަދަ މުއާމަލާތްތަކަކ،ީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެމުއާމަލާތްތަކެއްގެ ގޮތުގައި ށައްކުކުރެވޭނަމަ، އެފަދަ މުއާމަލާތްތައް ގާނޫނު ނަންބަރު 2014-10 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު) ގެ 39 ވަނަ މާއްދާގެ (ހ) ގެ ދަށުން،މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށްއެންގުމަކ،ީ ދިވެހިރާއްޖޭގައި ހިންގާ އެންމެހައި ބޭންކުތަކާއި ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމުގެ ހިދުމަތްދޭ ތަންތަނުގެ ޒިންމާއެކެވެ.

 

31 ވަނަ މާއްދާ - އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ދަފުތަރު 

އަންނަނިވި މައުލޫމާތުތައް ހިމެނޭގޮތުން، މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ދަފުތަރ،ު ރަޖިސްޓްރާރ ބަލަހައްޓަންވާނެއެވެ.

(ހ) އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ނަން.

(ށ) އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކުރި ފަރާތުގެ ފުރިހަމަ ނަން.

(ނ) ރަޖިސްޓަރީކުރި ތާރީހު.

(ރ) މުއްދަތު ހަމަވާ ތާރީހު.

(ބ) ރަޖިސްޓްރޭށަން ނަންބަރު.

(ޅ) ވިޔަފާރިކުރާ ފަރާތާ ގުޅޭނެ ފޯނު ނަންބަރު.

(ކ) އީމެއިލް އެޑްރެސް.

(އ) ރަޖިސްޓަރީކޮށްފައިވާ އެޑްރެސް.

(ވ) ރަޖިސްޓަރީކޮށްފައިވާ ވިޔަފާރި ނަންތައް.

(މ) ވިޔަފާރި ހަރަކާތްތައް.

 

32 ވަނަ މާއްދާ - އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ރަޖިސްޓަރީ ބާތިލުކުރަން އެދުން 

އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ރަޖިސްޓަރީ ބާތިލުކުރުމަށް އެދޭ ފަރާތްތަކުން އަންނަނިވި ކަންކަން ފުރިހަމަކުރުމަށްފަހ،ު ވިޔަފާރި ބާތިލުކުރުމަށ،ް އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުށަހަޅަންވާނެއެވެ.

(ހ) ވިޔަފާރި ހަރަކާތްތަކާ ގުޅިގެން ޖީއެސްޓީ ރަޖިސްޓަރީކޮށްފައިވާނަމަ، ކަމާބެހޭ ރަޖިސްޓަރީ ބާތިލުކުރުން.

(ށ) އެހެން ގާނޫނަކުން ހޯދައިފައިވާ ހުއްދަތައް، ކަމާބެހޭ ގާނޫނުގައި ބަޔާންކުރާ އިޖުރާއަތެއްގެ ދަށުން ބާތިލުކުރުން.

(ނ) ވިޔަފާރި ބާތިލުކުރުމަށް އެދޭ އެޕްލިކޭށަން އޮންލައިން ޕޯޓަލްމެދުވެރިކޮށް ހުށަހެޅުން.

 

33 ވަނަ މާއްދާއަމިއްލަ ވިޔަފާރި ހިންގާ ތަން އިންސްޕެކްޓްކުރުމާއި ފިޔަވަޅު އެޅުން 

އަމިއްލަ ފަރުދުންގެ ވިޔަފާރި ހިންގާ ތަން ބަލައި ފާސްކުރުމަށް އިންސްޕެކްޓްކޮށ،ް ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކޮށްފައި ނުވާނަމަ، 1,000 (އެއްހާސް) ރުފިޔާއާއި 100,000 (އެއްކަލައް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު ރަޖިސްޓްރާރއަށް ލިބިގެންވެއެވެ.

(ހ) ވިޔަފާރިކުރާ ތަނުގެ ނަން ރަޖިސްޓަރީކޮށްފައި ނުވުން.

(ށ) އެހެން ގާނޫނެއްގެ ދަށުން ނަގަންޖެހޭ ހުއްދައެއް ނަގައިފައި ނުވުން.

(ނ) ވިޔަފާރިކުރާ ތަނުގެ ބޭރުގައި މުދާ ބަހައްޓައިފައި ހުރުން.

 

34 ވަނަ މާއްދާ - ފީ ނެގުން 

މި ގަވާއިދުގެ ދަށުން ރަޖިސްޓްރާރ ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރެއިން ފީ ނެގޭނ،ީ މި ގަވާއިދުގެ ޖަދުވަލުގެ 2 ގައި ބަޔާންކޮށްފައިވާ ހިދުމަތްތަކަށެވެ.

 

35 ވަނަ މާއްދާ - މާނަކުރުން 

މި ގަވާއިދުގައި ލަފުޒެއް ނުވަތަ އިބާރާތެއް ބޭނުންކޮށްފައިވާ ގޮތުން، ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކ،ު އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައިވަނ،ީ އެ ލަފުޒުތަކާއި އިބާރާތްތަކާ ގުޅިގެން، ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "އޮންލައިން ޕޯޓަލް" ކަމަށް ބުނެފައި އެވަނ،ީ ގާނޫނު ނަންބަރު 2014-19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު) ގެ ދަށުން ދޭންޖެހޭ ހިދުމަތްތައް ދިނުމަށް އެ އިރެއްގައި ރަޖިސްޓްރާރ ކަނޑައަޅައި ފައިވާ ސިސްޓަމަށެވެ.

(ށ) "ގާނޫނު" ކަމަށް ބުނެފައި އެވަނ،ީ ގާނޫނު ނަންބަރު 2014-19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު) އާއ،ި އެ ގާނޫނަށް ގެނެވޭ އިސްލާހުތައް ހިމެނޭގޮތުންނެވެ.

(ނ) "ރަޖިސްޓްރާރ" ކަމަށް ބުނެފައި އެވަނ،ީ ގާނޫނު ނަންބަރު 2014-18 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު) ގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ރަޖިސްޓްރާރ އޮފް ބިޒްނަސަސް" އަށެވެ.

(ރ) "ކޮމްޕްލަޔަންސް ސްޓޭޓްމަންޓް" ކަމަށް ބަޔާންކޮށްފައި އެވަނ،ީ ގަވާއިދުގައި ކަނޑައަޅައިފައިވާ ސުންގަޑިއަށް ނުވަތަ ރަޖިސްޓްރާރ ކަނޑައަޅާ ސުންގަޑިއަކަށް އަމިއްލަ ވިޔަފާރިތައް ހިނގާ ނުހިނގާ ގޮތް ދެނެގަތުމަށް ހުށަހަޅާ މައުލޫމާތު ފޯމަށެވެ.

 

36 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނ،ީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

ޖަދުވަލު 1

ކޮމްޕްލަޔަންސް ސްޓޭޓްމަންޓް

  1. އަމިއްލަ ފަރުދުންގެ ވިޔަފާރިއާބެހޭ ގޮތުނ،ް ދަފުތަރުގައި ރިކޯޑުކޮށްފައިވާ މަޢުލޫމާތު ސައްހަކަމަށް އިގްރާރުވުން.
  2. އަމިއްލަ ފަރުދުންގެ ވިޔަފާރިނ،ް ނިމިދިޔަ އަހަރު ހިންގި ވިޔަފާރި ހަރަކާތްތަކުގެ އަންނަނިވި މައުލޫމާތު
    • އެ ވިޔަފާރި ހަރަކާތް ހިންގައިގެން ލިބުނު ޖުމުލަ އާމްދަނީ
    • އެ ވިޔަފާރި ހަރަކާތް ހިންގަން ހިނގި ޖުމުލަ ހަރަދު
    • އެ ވިޔަފާރި ހަރަކާތް ހިންގައިގެން ލިބުނު ފައިދާ ނުވަތަ ގެއްލުން
  3. މުވައްޒަފުންގެ އަދަދު
  4. ވިޔަފާރިކުރާ ތަންތަނުގެ މަޢުލޫމާތު
  5. ކޮމްޕްލަޔަންސް ސްޓޭޓްމަންޓް ހުށަހަޅާ ތާރީހުގައި ހިންގާ ވިޔަފާރި ހަރަކާތްތައް

 

 

ޖަދުވަލު 2

އަމިއްލަ ވިޔަފާރީއާ ގުޅޭ ހިދުމަތްތަކަށް ނެގޭ ފީގެ ތާވަލު 

 

#

ހިދުމަތް

އަދަދު (ރުފިޔާ)

1. އަމިއްލަ ވިޔަފާރިއެއް އަލަށް ރަޖިސްޓަރީކޮށްދިނުމުގެ ފީ 500
2. އަމިއްލަ ވިޔަފާރީގެ ރަޖިސްޓަރީ އައުކޮށްދިނުމުގެ ފީ 500
3. ރަޖިސްޓަރީގައި ހިމަނައިފައިވާ މަޢުލޫމާތެއް އިސްލާހުކުރުމުގެ ފީ 100
4. ވިޔަފާރި ރަޖިސްޓަރީކުރާ ފަހުން ވިޔަފާރި ނަމެއް ރަޖިސްޓަރީކޮށްދިނުމުގެ ފީ 100
5. ވިޔަފާރި ނަން ބަދަލުކުރުމުގެ ފީ  100
6. ވިޔަފާރި ހަރަކާތް ރަޖިސްޓަރީކުރުމުގެ ފީ  50

 

މައި ގާނޫނު

އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު (ގާނޫނު ނަންބަރު 2014-19)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު