-

ނޭޝަނަލް އިންޓެގްރިޓީ ކޮމިށަނުގެ ޓާސްކްފޯސްގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-100)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 4 މޭ 2023 ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއ،ީ ގާނޫނު ނަންބަރު 2015-27 (ނޭށަނަލް އިންޓެގްރިޓީ ކޮމިށަންގެ ގާނޫނު) ގެ 26 ވަނަ މާއްދާގެ ދަށުން ޓާސްކްފޯސް އެކުލަ ވައިލުމާއ،ި އެ ޓާސްކްފޯސް ހިންގާނެ ގޮތާއ،ި ޓާސްކްފޯސްގެ މަސްއޫލިއްޔަތުތައް އަދާކުރާނެ ގޮތުގެ އުސޫލުތައް ބަޔާންކުރުމަށް ޓަކައ،ި އެ ގާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވ.ެ

(ށ) މި ގަވާއިދަށް ކިޔާނ،ީ "ނޭށަނަލް އިންޓެގްރިޓީ ކޮމިށަނުގެ ޓާސްކްފޯސްގެ ގަވާއިދު" އެވ.ެ

 

2 ވަނަ މާއްދާ - ގަވާއިދުގެ މަގުސަދު

މި ގަވާއިދުގެ މަގުސަދަކ،ީ ނޭށަނަލް އިންޓެގްރިޓީ ކޮމިށަނު ގެ ޓާސްކްފޯސްތައް އެކުލަވައިލުމާއ،ި އެ ޓާސްކްފޯސްތައް ހިންގުމާއ،ި އެ ޓާސްކްފޯސްތަކުގެ ޖަލްސާތައް ބޭއްވުމާއ،ި ޓާސްކްފޯސްތަކުގެ ނިންމުންތަކާ ގުޅޭ އެންމެހައި އުސޫލުތައް ކަނޑައެޅުމެވ.ެ

 

3 ވަނަ މާއްދާ - ޓާސްކްފޯސް

(ހ) އެނ.ްއައ.ިސ.ީގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާނެ އަދަދަކަށް ޓާސްކްފޯސްތައް އެކުލަވައިލުމުގެ ބާރ،ު ކޮމިށަނަށް ލިބިގެންވެއެވ.ެ

(ށ) އަންނަނިވި ކަންކަން ކުރުމަށް ޓާސްކްފޯސް އެކުލަވައިލުމުގެ އިހްތިޔާރ،ުކޮމިށަނަށް ލިބިގެންވެއެވެ.

  1. މައްސަލައަކާ ގުޅިގެން ކޮމްޕްލެއިންސް ކޮމިޓީގެ ރިޕޯޓު ފުރިހަމަނުވާކަމަށް ކޮމިށަނަށް ގަބޫލުކުރެވޭނަމ،ަ އެ މައްސަލަ އިތުރަށް ތަހުގީގުކުރުމަށް؛
  2. ކޮމިށަނަށް ހުށަހެޅޭ މައްސަލައެއްގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް؛
  3. ކޮމިށަނުން އިސްނަގައިގެން ބަލާ މައްސަލައެއްގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް؛
  4. މައްސަލައެއް ރިވިޔުކުރުމަށ.ް

 

4 ވަނަ މާއްދާ - ޓާސްކްފޯސްގެ މެންބަރުން

(ހ) ޓާސްކްފޯސް އެކުލެވިގެންވަނ،ީ ކޮމިށަނުން އައްޔަނުކުރ،ާ އޮނަހިރި އަދަދެއްގެ މެންބަރުންގެ މައްޗަށެވެ.

(ށ) ޓާސްކްފޯސްގެ މެންބަރުންގެ ގޮތުގައ،ި ކޮމިށަނުގެ މުވައްޒަފުންނާއި ކޮންސަލްޓަންޓުން ހިމެނިދާނެއެވެ.

 

5 ވަނަ މާއްދާ - ޓާސްކްފޯސްގެ ލީޑަރު

(ހ) ޓާސްކްފޯސް ލީޑްކުރާނ،ީ ޓާސްކްފޯހުގައި ހިމެނޭ މެންބަރުންގެ ތެރެއިން ކޮމިށަނުން ކަނޑައަޅާ ފަރާތެކެވެ.

(ށ) ޓާސްކްފޯސްގެ ލީޑަރުގެ ޒިންމާތަކަކ،ީ އެ ޓާސްކްފޯސްގެ މަސައްކަތްތައް ރާވައި ހިންގުމާއ،ި މައްސަލަ އޯވަރސީކުރުމަށް ކަނޑައަޅައިފައިވާ މެންބަރުންނަށް މަސައްކަތުގެ އަޕްޑޭޓް ދިނުމާއ،ި މެންބަރުންގެ އިރުށާދާ އެއްގޮތްވާ ގޮތުގެ މަތީން ކަނޑައެޅިފައިވާ މުއްދަތަށް ތަހުގީގު ނިންމުމެވެ.

(ނ) ޓާސްކްފޯސްގެ އިދާރީ ކަންކަން ބަލަހައްޓާނ،ީ ތަހުގީގުގެ މަސައްކަތްކުރާ ޑިވިޒަނުންނެވ.ެ

 

6 ވަނަ މާއްދާ - ޓާސްކްފޯސްގެ ޒިންމާ

(ހ) ޓާސްކްފޯސްގެ ޒިންމާތައ،ް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

  1. މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުން ތަހުގީގުކުރުމަށް އެކުލަވައިލާ ޓާސްކްފޯހުން މައްސަލަ ތަހުގީގުކުރުމަށްފަހ،ު 14 (ސާދަ) ދުވަހުގެ ތެރޭގައި ތަހުގީގު ރިޕޯޓު ކޮމިށަނަށް ހުށަހެޅުން؛
  2. މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރާއި
  3. ވަނަ ނަންބަރުގެ ދަށުން ކޮމިށަނުން ފުރިހަމަ ތަހުގީގެއް ކުރުމަށް މައްސަލައެއް ހަވާލުކޮށްފިނަމ،ަ ކޮމިށަނުން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ތަހުގީގު ރިޕޯޓު ކޮމިށަނަށް ހުށަހެޅުން؛
  4. މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރުގެ ދަށުން ރިވިޔުކުރުމަށް އެކުލަވައިލާ ޓާސްކްފޯހުން މައްސަލަ ރިވިއުކުރުމަށްފަހ،ު 14 (ސާދަ) ދުވަހުގެ ތެރޭގައި ތަހުގީގު ރިޕޯޓު ކޮމިށަނަށް ހުށަހެޅުނ.ް

(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސ،ް ތަހުގީގު ނިންމަން ކަނޑައަޅައިފައިވާ މުއްދަތަށް ނުނިންމޭނެކަމަށް ފެންނަނަމ،ަ ސަބަބު ބަޔާންކޮށް މުއްދަތު އިތުރުކުރުމަށ،ް ޓާސްކްފޯހުން ކޮމިށަނަށް ހުށަހަޅަންވާނެއެވެ.

 

7 ވަނަ މާއްދާ - ޓާސްކްފޯހުން މައްސަލަ ތަހުގީގުކުރުން

(ހ) ޓާސްކްފޯހަށް ހަވާލުކުރާ މައްސަލަތައް ތަހުގީގުކުރަންވާނ،ީ ކަމާބެހޭ ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވ.ެ

(ށ) ހަވާލުކޮށްފައިވާ މައްސަލައާ ގުޅިގެން ޓާސްކްފޯސްގެ ލީޑަރު އަންގާ އެންގުންތަކަށާއި ކުރުމަށް އަންގާ ކަންތައްތަކަށް އެ ޓާސްކްފޯސްގެ މެންބަރުން އަމަލުކުރަންވާނެއެވ.ެ

 

8 ވަނަ މާއްދާ - ތަހުގީގު ރިޕޯޓު

ޓާސްކްފޯހުން ބަލާ މައްސަލައިގެ ތަހުގީގު ރިޕޯޓު ނިންމާނ،ީ ޓާސްކްފޯސްގެ މެންބަރުންގެ އިއްތިފާގުން ނުވަތަ އަޣުލަބިއްޔަތުންނެވ.ެ މިގޮތުނ،ް ވަކި މެންބަރަކު ހިޔާލު ތަފާތުވާނަމ،ަ އެ ތަފާތުވާ ހިޔާލެއް ރިޕޯޓުގައި ހިމަނަންވާނެއެވެ.

 

9 ވަނަ މާއްދާ - ޓާސްކްފޯސްގެ މެންބަރުކަމުން ވަކިކުރުން

ޓާސްކްފޯސްގެ މެންބަރަކު ވަކިކުރުމުގެ ބާރު ލިބިގެންވަނީ ކޮމިށަނަށެވެ.

 

10 ވަނަ މާއްދާ - މަސްލަހަތު ފުށުއެރުން

ޓާސްކްފޯސްގެ މެންބަރެއްގެ އަމިއްލަ މަސްލަހަތެއް ނުވަތަ ފައިދާއެއް ނުވަތަ ދައުރެއް އޮތް ކަމެއްގައި އެ މައްސަލައެއް ބެލުމުގައި ނުވަތަ މައްސަލައެއް ނިންމުމުގައ،ި އެއްވެސް މިންވަރަކަށް އެ މެންބަރަކު ބައިވެރިވެގެން ނުވާނެއެވ.ެ އަދި އެފަދަ މަސްލަހަތެއް ނުވަތަ ފައިދާއެއް ނުވަތަ ދައުރެއް އޮތް ކަމެއްކަން ނުވަތަ މައްސަލައެއްކަން ކުރިން އެނގިފައި ނެތް ނަމަވެސ،ް އެކަން އެނގޭ ހިނދ،ު ޓާސްކްފޯހަށް އެކަން އެންގުމާއެކ،ު އެ ކަމެއް ނުވަތަ އެ މައްސަލައެއް ބެލުމުން އަދ/ިނުވަތަ އެ މައްސަލައަކާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުންތައް ނިންމުމުން އެ މެންބަރަކު ތަނާޒުލު ވާންވާނެއެވ.ެ

 

11 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން

ޓާސްކްފޯސްގެ މެންބަރެއްގެ ހައިސިއްޔަތުން މެންބަރުންނަށް ލިބޭ މައުލޫމާތަކީ ސިއްރު މައުލޫމާތެކެވ.ެ އެފަދަ މައުލޫމާތެއ،ް ގާނޫނާއި ގަވާއިދުގެ ދަށުން ހުއްދަކުރާ ގޮތުގެ މަތީން ހާމަކުރަންޖެހޭ ފަރާތަކަށް ހާމަކުރާ ކުރުން ފިޔަވައި އެއްވެސް ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވ.ެ

 

12 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުނ،ް ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކ،ު އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެ ވަނ،ީ އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވ.ެ

(ހ) "އެނ.ްއައ.ިސީ" ނުވަތަ "ކޮމިށަން" ކަމަށް ބުނެފައި އެވަނ،ީ ގާނޫނު ނަންބަރު 2015-27 (ނޭށަނަލް އިންޓެގްރިޓީ ކޮމިށަންގެ ގާނޫނު) ގެ 3 ވަނަ މާއްދާގެ ދަށުން އުފައްދައިފައިވާ ނޭށަނަލް އިންޓެގްރިޓީ ކޮމިށަނަށެވ.ެ

(ށ) "ގާނޫނު" ކަމަށް ބުނެފައި އެވަނ،ީ ގާނޫނު ނަންބަރު 2015-27 (ނޭށަނަލް އިންޓެގްރިޓީ ކޮމިށަންގެ ގާނޫނު) އަށެވ.ެ

(ނ) "ކޮންސަލްޓަންޓުން" ކަމަށް ބުނެފައި އެވަނ،ީ ކޮމިށަނުގެ މުވައްޒަފުން ނުވަތަ ކޮމިށަނުގެ ކޮންސަލްޓަންޓުންގެ ގޮތުގައި ހޯދައިފައިވާ ފަރާތްތައް ނުހިމެނޭހެން މައްސަލައަކާ ގުޅޭ ގޮތުން ކޮމިށަނުގެ ބޭރުން ހަމަޖައްސާ މީހުންނަށެވ.ެ

 

13 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނ،ީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ނޭށަނަލް އިންޓެގްރިޓީ ކޮމިށަންގެ ގާނޫނު (ގާނޫނު ނަންބަރު 2015-27)

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު