-

ހެއްކާބެހޭ ގަވާއިދު (ސްޕްރީމް ކޯޓު)

(ގަވާއިދު ނަންބަރު 2023-01)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 18 އެޕްރީލް 2023  ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 2022-11 (ހެއްކާބެހޭ ގާނޫނު) ގެ 148 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާރު ލިބިގެން ހަދާފައިވާ ގަވާއިދެކެވެ. 

(ށ) މި ގަވާއިދަށް ކިޔާނީ "ހެއްކާބެހޭ ގަވާއިދު" އެވެ. 

 

2 ވަނަ މާއްދާ - ގަވާއިދުގެ މަގްސަދު

މި ގަވާއިދުގެ މަގުސަދަކީ ގާނޫނު ނަންބަރު 2022-11 (ހެއްކާބެހޭ ގާނޫނު) ގެ ދަށުން ކޯޓުތަކުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އެއްގޮތަކަށް، ހަމަހަމަ ކަމާއެކު އަދާކުރާނެ ގޮތުގެ އުސޫލުތައް އެކަށައެޅުމެވެ. 

 

3 ވަނަ މާއްދާ - ގަވާއިދު ހިނގާނެ ދާއިރާ

މި ގަވާއިދުގައި ބަޔާންވެގެންވާ އުސޫލުތައް، ދިވެހިރާއްޖޭގެ އެންމެހައި ކޯޓުތަކުގައި ހިނގާ މަދަނީ އަދި ޖިނާއީ މައްސަލަތަކަށް ހިނގާނެއެވެ. 

 

4 ވަނަ މާއްދާ - ށަރީއަތަށް ހެކި ހުށަހެޅުން

(ހ) ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) އަދި ގާނޫނު ނަންބަރު 2021-32 (މަދަނީ އިޖްރާއަތުގެ ގާނޫނު) އަދި އެ ގާނޫނުތަކުގެ ދަށުން ހަދާފައިވާ ގަވާއިދުތަކުގައި ވަކި ބާވަތެއްގެ ހެކި ހުށަހެޅުމަށް ހާއްސާ ފޯމެއް ކަނޑައަޅާފައިވާ ނަމަ، ށަރީއަތަށް ހެކި ހުށަހަޅާނީ އެ ފޯމުންނެވެ. 

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި ވީނަމަވެސް، ވަކި ބާވަތެއްގެ ހެކި ހުށަހެޅުމަށް ހާއްސަ ފޯމެއް ނެތް ނަމަ، އެކަމަށް އެންމެ އެކަށޭނެ ގޮތަކަށް ލިޔުމުން ހެކި ހުށަހެޅުމަށް ފަނޑިޔާރަށް އެންގެވިދާނެއެވެ. 

(ނ) މި މާއްދާގެ (ހ) އަދި (ށ) ގައިވާ ގޮތުގެމަތިން ހެކި ހުށަހަޅާއިރު، ގާނޫނު ނަންބަރު 2022-11 (ހެއްކާބެހޭ ގާނޫނު) ގެ ދަށުން ހެކި ބެހިފައިވާ ބައިތަކަށް އަދި ހެކި ދަރަޖަ ކުރެވިފައިވާ ގޮތްތަކަށް ރިއާޔަތްކޮށް، ހެކި ހުށަހަޅަނީ ކޮން ވާގިއާއެއް ސާބިތު ކުރުމަށް ކަމާއި، ހެކީގެ ބާވަތާއި ހެކީގެ ދަރަޖަ އެނގޭނެ ގޮތަށް ހެކި ހުށަހެޅުމަށް އެންގުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ. 

 

5 ވަނަ މާއްދާ - ޖިިނާއީ މައްސަލަތަކުގައި ހެކިންގެ ބަޔާން ނުވަތަ އިންޓަރވިއު ހުށަހެޅުން

(ހ) ޖިނާއީ މައްސަލައަކާ ގުޅިގެން ށަރީއަތަށް ށަފަހީ ހެކިން ހުށަހަޅާ ނަމަ، އެ ހެކިބަސް ދޭ މީހާގެ މައުލޫމާތުގެ އިތުރުން، ހެކިބަސް ދޭ މީހާ ތަހްގީގު މަރުހަލާގައި ނުވަތަ ގާނޫނީ ވަކީލެއްގެ ކުރިމަތީގައި ދީފައިވާ ބަޔާނެއް ނުވަތަ އިންޓަރވިއުގެ ވީޑިއޯ ރެކޯޑިންގ ހުށަހަޅަން އެންގުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ. 

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ހުށަހަޅާ ބަޔާނުގައި، ހެކިބަސް ދޭ މީހާ އާއި އެފަރާތާ ސުވާލުކުރާ މީހާގެ ފުރިހަމަ ނަމާއި، ސޮއި އަދި އިނގިލީގެ ނިށާން އޮންނަންވާނެއެވެ. އަދި ބަޔާން ނެގުނު ތާރީހާއި ވަގުތު އެނގެން އޮންނަންވާނެއެވެ. 

 

6 ވަނަ މާއްދާ - ހެކިބަސް ދިނުން ލާޒިމުކުރުން

ގާނޫނު ނަންބަރު 2022-11 (ހެއްކާބެހޭ ގާނޫނު) ގެ 52 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހެކިބަސް ދޭ މީހަކަށް ހެކިބަސް ދިނުން ލާޒިމު ކުރުމުގައި އަމަލުުރާނީ އަންނަނިވި ގޮތުގެ މަތިންނެވެ. 

(ހ) ށަރީއަތަށް ހުށަހަޅާ ހެކިން، ކޯޓުން ކަނޑައަޅާ ތާވަލާ އެއްގޮތްވާ ގޮތުގެމަތިން ށަރީއަތަށް ހާޒިރުކުރުމަށް، ހެކިބަސް ދޭ މީހާ ހުށަހެޅި ފަރާތް ކޯޓުން އެންގިދާނެއެވެ. 

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ހެކި ހުށަހެޅި ފަރާތުން މަސައްކަތް ކޮށްގެން ހެކިބަސް ދޭ މީހާ ހާޒިރު ނުވެއްޖެނަމަ، އެ ހެކިބަސް ދޭ މީހާ ހާޒިރުކޮށް ދިނުމަށް ކޯޓުގައި އެދެވިދާނެއެވެ. 

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، ކޯޓުން ހެކިބަސް ދޭ މީހާ ހާޒިރުކޮށްދިނުމަށް އެދި ށަރީއަތުގެ މަޖިލީހުގައި ނުވަތަ އެކަމަށް ކޯޓުން ކަނޑައަޅާފައިވާ ލިޔުމަކުން އެދެވިދާނެއެވެ. 

(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން، ހެކިބަސް ދޭ މީހާ ހާޒިރުކޮށްދިނުމަށް ކޯޓުގައި އެދިއްޖެނަމަ، އެ ހެކިބަސް ދޭ މީހާ ހާޒިރުކުރުމަށް، ހެކިބަސް ދޭ މީހާ ހުށަހެޅި ފަރާތުން ކޮށްފައިވާ މަސައްކަތްތަކަށާއި، އެ ހެކީގެ މުހިންމުކަމުގެ މައްޗަށް ބަލައި، އެ ހެކިބަސް ދޭ މީހާ ހާޒިރުކުރުމަށް އަމުރު ކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ. 

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކުރާފަދަ ކޯޓު އަމުރެ އޮންނަންވާނީ، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖްރާއަތުގެ ގާނޫނު) އަދި ގާނޫނު ނަންބަރު 2021-32 (މަދަނީ އިޖްރާއަތުގެ ގާނޫނު) އަދި އެ ގާނޫނުތަކުގެ ދަށުން ހަދާފައިވާ ގަވާއިދުތަކުގައިވާ ގޮތުގެމަތިންނެވެ. 

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކުރާ ކޯޓު އަމަުރުގައި، އެ އަމުރުގައިވާ ގޮތަށް ކޯޓަށް ހާޒިރުނުވެއްޖެ ނަމަ، އެފަރާތެއް ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމުގެ ބާރު ލިބިގެންވާކަމަށް ބަޔާންކުރަންވާނެއެވެ. 

(ކ) މި މާއްދާގެ (ބ) ގެ ދަށުން ކޯޓުން ނެރޭ އަމުރުގައިވާ ގޮތަށް، އެ އަމުރުގައިވާ ތާރީހާއި ގަޑިއަށް، މަގުބޫލު ސަބަބެއް ނެތި، ކޯޓަށް ހާޒިރުނުވާ ފަރާތްތައް، ދިވެހި ފުލުހުންގެ ހިދުމަތުގެ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމުގެ އަމުރެއް ކޯޓުން ނެރެދެންވާނެއެވެ. 

(އ) ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުވާ ފަރާތް އުޅޭ އެޑްރެހެއް ނޭނގުމުގެ ސަބަބުން، ނުވަތަ އެފަރާތަކީ ކޯޓަށް ފިލައިގެން އުޅޭ ފަރާތެއްކަމަށް ގަބޫލުކުރެވިއްޖެ ނަމަ، އާންމު މުއާސަލަތީ ވަސީލަތްތައް މެދުވެރިކޮށް އެފަރާތެއް ހޯދުމަށް އިއުލާންކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ. 

(ވ) ކޯޓަށް ހާޒިރުވާ ހެކިބަސް ދޭ މީހާ، ނުވަތަ ބަންދުކޮށްގެން ކޯޓަށް ހާޒިރުކުރެވޭ ހެކިބަސް ދޭ މީހާ، ށަރީއަތުގެ މަޖިލީހަށް ހާޒިރުކޮށް، ހެކިބަސް ދޭ މީހާ ހުށަހެޅި ފަރާތުން، ހެކިބަސް ދޭ މީހާ ހުށަހެޅި ދާއިރާގެ ތެރެއިން ކުރާ ސުވާލުތަކަށް ޖަވާބުދޭން އިންކާރުކުރާ ނަމަ، ނުވަތަ އެއްވސެް ޖަވާބެއް ނުދީފި ނަމަ، ސުވާލަށް ޖަވާބުދޭން އެންގުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ. 

(މ) މި މާއްދާގެ (މ) ގައިވާ ގޮތުގެމަތިން، ށަރީއަތުގެ ނިޒާމާ ހިލާފުވާފަދަ އަމަލެއް ކުރި ޖިނާއީ މައްސލައެއްގައި ނަމަ، އެ މީހަކާމެދު އަދަބު ކަނޑައަޅާނީ ގާނޫނު ނަންބަރު 2010-22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގެ 76 ވަނަ މާއްދާގެ ދަށުންނެވެ. 

(ދ) ގާނޫނު ނަންބަރު 2022-11 (ހެއްކާބެހޭ ގާނޫނު) ގެ 112 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ކޯޓަށް ހާޒިރުވުމަށް ޗިޓް ފޮނުވާފައިވާ ފަރާތްތަކުގެ ތެރެއިން، ހެއްކާބެހޭ ގާނޫނުގެ 53 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހެކިބަސް ދިނުމަށް 
ލާޒިމުނުކުރެވޭ މީހުންނާއި، އެ ގާނޫނުގެ 54 ވަނަ މާއްދާގައި ބަޔާންކުރާ ޖިނާއީ މައްސަލަތަކުގައި ހެކިބަސް ދިނުމަށް އުޒުރުވެރިވެވޭ މީހުން ފިޔަވައި، ހެކިބަސް ދޭން ހާޒިރުކުރާ އެންމެހައި ފަރާތްތަކާމެދު މި މާއްދާގެ (ބ)، (ޅ)، (ކ)، (އ)، (ވ)، (މ) އަދި (ފ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަމަލުކުރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

 

7 ވަނަ މާއްދާ - ލިޔުމެއްގެ އަސްލު ނެތް ހާލަތުގައި ކިތާބީ ހެކި ހުށަހެޅުން 

ގާނޫނު ނަންބަރު 2022-11 (ހެއްކާބެހޭ ގާނޫނު) ގެ 59 ވަނަ މާއްދާގެ (ށ) އަދި (ނ) ގެ ބޭނުމަށް ލިޔުމެއްގެ އަސްލު ނެތިގެން އެ ލިޔުމަކީ އޭގެ އަސްލާ އެއްގޮތް ލިޔުމެއްކަމަށް ބަޔާންކޮށް ދެވަނަ ދަރަޖައިގެ ހެކީގެ ގޮތުގައި ކޯޓަށް ހުށަހަޅާ ހާލަތުގައި އަންނަނިވި ށަރުތުތަކުގެ ތެރެއިން ށަރުތެއް ފުރިހަމަވާނަމަ، އެފަދަ ލިޔުމެއް ށަރީއަތަށް ބަލައިގަނެވޭނެއެވެ.

(ހ) އެ ލިޔުމުގެ އަސްލު ގެއްލިފައިވާކަމަށް ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކޮށްފައިވާ ލިޔުން.

(ށ) އެ ލިޔުން ގެއްލިފައިވާކަން ނުވަތަ ނެތިގޮސްފައިވާކަން ސާބިތުކުރުމަށް 2 (ދޭއް) ހެކީންގެ ބަޔާން.

(ނ) ލިޔުމުގެ އަސްލު ހޯދުމަށް އެކަށީގެންވާ މަސައްކަތް ކުރުމަށްފަހުވެސް، އޭގެ އަސްލު ލިބިފައިނުވާކަން އެނގޭނެ ހެކި.

(ރ) ލިޔުމުގެ އަސްލުގައިވާ އިބާރާތަށް ބަދަލު ގެނެސްފައިވާކަމާމެދު މައްސަލައިގެ ހިމެނޭ އެހެން ފަރާތްތަކުން ސުވާލު އުފައްދާފައިނުވުން ނުވަތަ އަސްލާ އެއްގޮތް ލިޔުން ބަލައިގަތުމަށް ހަސްމުން އިއުތިރާޒްނުކުރުން.

 

8 ވަނަ މާއްދާ - އިލްކްޓްރޯނިކް ހެކި

އިލެކްޓްރޯނިކް ހެކި ށަރީއަތަށް ގަބޫލުކުރެވޭނީ އަންނަނިވި ށަރުތުތައް ފުރިހަމަވާނަމައެވެ.

(ހ) ހެކި ހުރި އިލެކްޓްރޯނިކް ޑިވައިސް އަކީ ކޮބައިކަން ދެނެގަނެ އެކަން ބަޔާންކުރުން.

(ށ) ހެއްކަކީ ބަދަލު ގެނެސްފައިނުވާ އަދި ރައްކާތެރިކުރެވިފައިވާ ހެކި ކަން ކަށަވަރުކުރެވިފައިވުން؛ ނުވަތަ ހެކީގެ ސައްހަކަން ކަށަވަރުކޮށްދޭނެ ހަބީރެއްގެ އެފިޑެވިޓްއާއެކު ހެކި ހުށަހަޅާފައިވުން.

(ނ) ހުށަހަޅާފައިވާ ހެއްކަކީ އެއަށް ށަރީއަތުން ބުރަދަންދެވޭ އަދި ބަރޯސާވެވޭ ހަރުދަނާ ހެއްކެއް ކަމުގައިވުން.

(ރ) ހުށަހަޅާ ހެކިން ސާބިތުކުރަން ބޭނުންވާ ކަންކަމުގެ ހުލާސާއެއް ހުށަހަޅާފައިވުން.

(ބ) އިލެކްޓްރޯނިކް ހެކީގެ ސައްހަކަން ސާބިތުކުރުމަށް ހުށަހަޅާ އެފިޑެވިޓްގެ ނަމޫނާ މި ގަވާއިދުގެ ޖަދުވަލު 01 ގައި އެވަނީއެވެ.

 

9 ވަނަ މާއްދާ - އެފިޑެ ވިޓަކުން ހެކިބަސް ހުށަހެޅުން

މަދަނީ އިޖުރާއަތުގެ ގާނޫނުގައި ނުވަތަ އެހެން ގާނޫނަކުން ލާޒިމުކުރާ ހާލަތުގައި ނުވަތަ ކޯޓުން އެފަދައިން ކަނޑައަޅައިފި ހިނދެއްގައި ހެކިބަސް ދޭ ފަރާތުގެ ހެކިބަހުގެ ބަޔާނުގެ ބަދަލުގައި ނުވަތަ ހެކިބަސް ދޭ ފަރާތުގެ ބަޔާނުގެ އިތުރުން ހެކިބަސް ދޭ ފަރާތެއްގެ ހެކިބަސް ކޯޓަށް ހުށަހެޅޭނީ އެފިޑެވިޓް މެދުވެރިކޮށެވެ.

 

10 ވަނަ މާއްދާ - އެފިޑެ ވިޓްގެ ބޭނުމަށް ހުވާކުރުން

(ހ) އެފިޑެވިޓްގެ ބޭނުމަށްޓަކައި ހުވާކުރަންވާނީ ހަމައެކަނި އަންނަނިވި ފަރާތްތަކުގެ ކުރިމަތީގައެވެ.

  1. ފަނޑިޔާރަކު؛
  2. ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ، ނުވަތަ ބޭރު ގައުމެއްގައި ނަމަ އެ ގައުމެއްގެ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ރަޖިސްޓަރީކޮށްފައިވާ ،ނޯޓަރީ ޕަބްލިކް؛ ނުވަތަ 
  3. ގާނޫނެއްގައި ކަނޑައަޅާފައިވާ އެހެން ފަރާތެއް.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހެކިބަހުގެ ބަޔާނުގެ ބޭނުމަށްޓަކައި ހުވައިކުރުމަށް ހުށަހަޅާ ނަމަ، އެކަން ހުށަހަޅާނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ތެރެއިން މަދަނީ ނުވަތަ ޖިނާއީ މައްސަލަ ބެލުމުގެ އިހްތިސާސް ލިބިގެންވާ ފުރަތަމަ މަރުހަލާގެ ކޯޓަކަށެވެ.

(ނ) މި މާއްދާގެ ދަށުން ހުށަހަޅާ އެފިޑެވިޓް ގެ ނަމޫނާ ޖަދުވަލު 02 ގައި އެ ވަނީއެވެ. 

 

11 ވަނަ މާއްދާ - ޑެމޮންސްޓްރޭށަން އިން ދައްކުވައިދިނުން

(ހ) ޑެމޮންސްޓްރޭށަން އަކުން ނުވަތަ އެކްސްޕެރިމަންޓަކުން ދައްކުވައިދޭ ހެކި ވާންވާނީ، އެ ޑެމޮންސްޓްރޭށަން ނުވަތަ އެކްސްޕެރިމަންޓް ށަރީއަތުގެ މަޖިލީހުގައި ކުރިއަށް ގެންދާނަމަ، އެކަމުގެ ސަބަބުން ކޯޓަށާއި މައްސަލައިގެ ހަސްމުންގެ ހަށިގަނޑަށް ގެއްލުމެއް ނުވަތަ ނުރައްކަލެއް ނުފޯރާނެ ބާވަތުގެ ޑެމޮންސްޓްރޭށަނަކަށް ނުވަތަ އެކްސްޕެރިމަންޓަކަށެވެ.

(ށ) ވަގުތާއި، ހާލަތާއި ، ޑެމޮންސްޓްރޭށަނެއް ނުވަތަ އެކްސްޕެރިމަންޓެއް ހެދުމަށް ހިނގާނެ މުއްދަތަށް ރިއާޔަތްކޮށް، އެ ފުރުސަތު ނުދިނުމަށް ނިންމުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެން ވެއެވެ.

 

12 ވަނަ މާއްދާ - ފޮރެންސިކް ހެކިން ދެނެގަނެވޭ މައުލޫމާތު ދަފުތަރުކުރުމާއި ރައްކާކުރުން

ފޮރެންސިކް ހެކީގެ ތެރެއިން ގާނޫނު ނަންބަރު 2022-11 (ހެއްކާބެހޭ ގާނޫނު) ގެ 89 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ އިނގިލީގެ ނިށާނާއި ޑީ.އެން.އޭ ގެ މައުލޫމާތު ދަފްތަރުކޮށް ރައްކާކުރާނީ ދިވެ ހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާ އުސޫލާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

13 ވަނަ މާއްދާ - ހަނދާން ތާޒާކުރުމަށް މަސައްކަތްކުރުން

(ހ) ވަކި ވާގިއާއަކާ ގުޅޭގޮތުން ނުވަތަ ރައުޔަކާ ގުޅޭ ގޮތުން ހެކިބަސް ދޭ މީހާ އޭނާގެ ހަނދާން ތާޒާކުރުމުގެ ގޮތުން، ށަރީއަތުގެ މަޖިލީހުގައި ހެކިބަސް ދޭ ވަގުތު، ކޯޓަށް ހުށަހަޅާފައިވާ ލިޔުމެއް ބެލުމަށް ހެކިބަސް ދޭ މީހާއަށް ކޯޓުގައި އެދެވިދާނެއެވެ. ނުވަތަ ހެކިބަސް ދޭ މީހާ އާ ސުވާލުކުރާ ފަރާތުން، އެފަދަ ލިޔުމެއް ހެކިބަސް ދޭ މީހާ އަށް ދެއްކުމަށް ކޯޓުގައި އެދެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތަށް އަމަލުކުރުމުގައި ގާނޫނު ނަންބަރު 2022-11 (ހެއްކާބެހޭ ގާނޫނު) ގެ 103 ވަނަ މާއްދާގެ (ނ) ގައިވާ ކަންކަމަށް ރިއާޔަތްކުރުމުގެ އިތުރުން، އަންނަނިވި ކަންކަމަށް ކޯޓުން ރިއާޔަތް ކުރަންވާނެއެވެ.

  1. މައްސަލައި ގެ ހާދިސާ ހިނގާފައިވާ ތާރީހާއި ށަރީއަތުގައި ހެކިބަސް ނެގުމާއި ދޭތެރޭ ހޭދަވެފައިވާ މުއްދަތު.
  2. ހެކިބަސް ދޭ މީހާ ހަނދާން ހުރި މިންވަރަށް ށަރީއަތުގައި ހެކިބަސް އަދާކޮށްފައިވުން.
  3. ހެކިބަސް ދޭ މީހާ ހަނދާން ނެތިފައިވަނީ، ހެކިބަހުގައި ހުރި ފަންނީ އަދި ހަނދާން ބެހެއްޓުމަށް އުނދަގޫ ބާވަތުގެ މައުލޫމާތެއްކަމަށް ފަނޑިޔާރަށް ގަބޫލުކުރެވުން.
  4. މައްސަލައި ގެ ޒާތާއި ބާވަތާއި، ހެކިބަސް ދޭ މީހާގެ ހެކި ބަހުގެ މުހިންމުކަން.

(ނ) އާންމު އުސޫލެއްގެ ގޮތުން ހެކިބަސް ދޭ ކޮންމެ މީހަކަށް ވެސް ހަނދާން ތާޒާކުރުމުގެ ގޮތުން ލިޔުމެއް ދެއްކޭނީ 01 (އެކެއް) ފަހަރުއެވެ. ނަމަވެސް މިމާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުން ފެށިގެން (4) ވަނަ ނަންބަރާ ހަމައަށް ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް، 01 (އެކެއް) ފަހަރަށްވުރެ ގިނަ ފަހަރު ލިޔުން ބަލަން ފުރުސަތު ދިނުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުތައް މައްސަލައަކާ ގުޅިގެން ށަރީއަތަށް ހާޒިރުކުރާ ހަބީރުންގެ ހެކިބަސް ނެގުމުގައި ނުހިނގާނެއެވެ. ށަރީއަތުގެ މަޖިލީހުގައި ހެކިބަސް އަދާކުރާއިރު، ހަބީރަކު ތައްޔާރު ކޮށްފައިވާ ލިޔުމެއް ނުވަތަ ރިޕޯޓެއް އެފަރާތުގެ އަތުގައި ބާއްވައިގެން ހެކިބަސް އަދާކުރުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.

 

14 ވަނަ މާއްދާ - ތަހްގީގު އިދާރާއެއްގެ އޮފިސަރުން ބަޔާންދިނުން

ތަހްގީގު އިދާރާގެ އޮފިސަރަކު ކުރިން ލިޔުމުން ދީފައިވާ ބަޔާނަކާ ގުޅިގެން، ށަރީއަތުގެ މަޖިލީހުގައި ހެކިބަސް އަދާކުރާއިރު، ވަކި ވާގިއާއަކާ ގުޅޭގޮތުން ހަނދާން ތާޒާކުރަން ޖެހިއްޖެ ނަމަ، މި ގަވާއިދުގެ 13 ވަނަ މާއްދާ (ހަނދާން ތާޒާކުރުމަށް މަސައްކަތްކުރުން) ގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންކަމަށް ފަނޑިޔާރަށް ރިއާޔަތް ކުރެވިދާނެއެވެ.

 

15 ވަނަ މާއްދާ - އިވުނުކަމަށް ބުނާ ހެކި ބަލައިގަތުމުގައި ރިއާޔަތްކުރަންޖެހޭ ކަންކަން

ގާނޫނު ނަންބަރު 2022-11 (ހެއްކާބެހޭ ގާނޫނު) ގެ 119 ވަނަ މާއްދާގެ ދަށުން އިވުނުކަމަށް ބުނާ ހެކި ބަލައިގަނެވޭނެ ހާލަތްތައް ކަނޑައެޅުމުގައި އަންނަނިވި ކަންކަމަށް ފަނޑިޔާރު ރިއާޔަތްކުރަންވާނެއެވެ.

(ހ) ހެކިބަސް ދޭ މީހާ އަކީ ހޯދާ ނުފެނިފައިވާ މީހެއްކަމަށް، ހެކިބަސް ދޭ މީހާ ހުށަހެޅި ފަރާތުން ބުނާ ނަމަ، އެފަރާތުން ހޯދުމަށް ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލީ ލިޔުންތައް.

(ށ) ހެކިބަސް ދޭ މީހާ އަކީ ބަޔާނެއް ދިނުމަށްފަހު ހެކިބަސް ދިނުމަށް ކޯޓަށް ހާޒިރުވުމަށް ނުކުޅެދޭ ހާލަތުގައިވާ މީހެއްކަމަށް ހެކިބަސް ދޭ މީހާ ހުށަހެޅި ފަރާތުން ބުނާ ނަމަ، އެކަމާ ގުޅޭގޮތުން ހުށަހަޅާފައިވާ ސިއްހީ އަދި ގުޅުންހުރި ލިޔުންތައް.

(ނ) ހެކިބަސް ދޭ މީހާ ހެކިބަސް ދިނުމަށް ކޯޓަށް ހާޒިރުކުރެވެން އޮތީ އެކަށީގެންވާ ވަރަށްވުރެ ދިގު މުއްދަތެއް ހޭދަކޮށްގެން ކަމަށް، ހެކިބަސް ދޭ މީހާ ހުށަހަޅާ ފަރާތުން ބުނާ ނަމަ، ސަބަބު ބަޔާންކޮށް އެކަމަށް ހޭދަވާނެކަމަށް ބެލެވޭ މުއްދަތު އެނގޭނެ ތަފުސީލީ ލިޔުންތައް.

(ރ) ހެކިބަސް ދޭ މީހާ ހެކިބަސް ދިނުމަށް ކޯޓަށް ހާޒިރުކުރެވެން އޮތީ އެކަށީގެންވާ ވަރަށްވުރެ ބޮޑު ހަރަދެއް ކޮށްގެންކަމަށް ހެކިބަސް ދޭ މީހާ ހުށަހަޅާ ފަރާތުން ބުނާ ނަމަ، މައްސަލައިގެ ޒާތާއި ބާވަތާއި ހެކިބަސް ދޭ މީހާގެ ހެކިބަހުގެ މުހިންމުކަމާއި، ހެކިބަސް ދޭ މީހާ ކޯޓަށް ހާޒިރުވާނެކަމަށް ބެލެވޭ ހަރަދުގެ ތަފުސީލީ ލިޔުންތައް.

(ބ) ހެކިބަސް ދޭ މީހާ ހެކިބަސް އަދާކުރުމަށް ކޯޓަށް ހާޒިރުވުމުގެ ކުރިން މަރުވެފައިވާކަމަށް ހެކިބަސް ދޭ މީހާ ހުށަހެޅި ފަރާތުން ބުނާ ނަމަ، މަރުވެފައިވާކަން ސާބިތުކޮށްދޭ ރަސްމީ ލިޔުން.

 

16 ވަނަ މާއްދާ - ހަބީރުންގެ ރައުޔު ކޯޓަށް ބަލައިގަތުން

(ހ) މައްސަލައި ގައި ހަބީރެއްގެ ގޮތުގައި ހުށަހަޅާ ފަރާތުގެ ތައުލީމާއި ތަޖުރިބާ އެނގޭނެ ލިޔުން ހުށަހަޅަން އެންގުމުގެ އިހްތިޔާރު މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވެއެވެ.

(ށ) ކޯޓަށް ހުށަހެޅޭ ހަބީރުންގެ މައުލޫމާތު ދަފުތަރުކޮށް ކޯޓުން ބަލަހައްޓަންވާނެއެވެ. މައްސަލައިގައި ހަބީރެއްގެ ގޮތުގައި ހުށަހަޅާފައިވަނީ ކޯޓުގައި ދަފުތަރު ކުރެވިފައިވާ ހަބީރެއް ކަމުގައިވާ ނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުން ހުށަހަޅާކަށް ނުޖެހޭނެއެވެ.

 

17 ވަނަ މާއްދާ - ހެކީގެ ގޮތުގައި ކޯޓުގައި ހުންނަ ލިޔެކިޔުން ހޯދުން

ވަކި ކަމެއް ސާބިތު ކުރުމަށް ހަސްމަކު ހުށަހަޅަން ބޭނުންވާ ލިޔުމަކީ، އެހެން ކޯޓެއްގައި އޮތް ލިޔުމެއް ނަމަ، މައްސަލަ ބަލާ ކޯޓުން އެ ލިޔުން ހޯދުމަށް އެ ލިޔުން އޮތް ކޯޓުގައި އެދެވިދާނެއެވެ. އަދި މިފަދަ ލިޔުމެއް ހޯދުމަށް އެދޭ ހާލަތުގައި އެ ލިޔުމަކީ އާންމު އުސޫލުން އެ ލިޔުން އޮތް ކޯޓަކުން، ލިޔުން ހުށަހެޅުމަށް ބޭނުންވާ ފަރާތަށް ދޫކުރާނެލިޔުމެއްކަން ނުވަތަ ނޫންކަމުގެ މައްޗަށް މައްސަލަ ބަލާ ފަނޑިޔާރު ރިއާޔަތް ކުރަންވާނެއެވެ.

 

18 ވަނަ މާއްދާ - ހެކިބަސް ދިނުމުގެ ކުރިން ހުވައިކުރުން

(ހ) ހެކިބަސް ދިނުމުގެ ކުރިން މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހުވައި ކުރަންވާނެއެވެ. ހުވައި ލައިދޭނީ ށަރީއަތުގައި ނަމަ ފަނޑިޔާރެވެ. އެފިޑެ ވިޓްގެ ބޭނުމުގައި ހުވައި ކުރުވާނަމަ ހުވައި ލައިދޭނީ މި ގަ ވާއިދުގެ 10 ވަނަ މާއްދާ (އެފިޑެ ވިޓްގެ ބޭނުމަށް ހުވާކުރުން) ގައި ބަޔާންވެގެންވާ ފަރާތެކެވެ. 

(ށ) ހެކިބަސް ދިނުމުގެ ކުރިން އަންނަނިވި އިބާރާތުން ހުވައި ކުރުވަންވާނެއެވެ. "މި މަޖިލީހުގައި އަހުރެންނާ ކުރެވޭ ސުވާލުތަކަށް ޖަވާބުދިނުމުގައްޔާ އި އަހުރެން ބުނާ ކޮންމެ ބަހެއް ބުނުމުގައި ތެދު ބުނުމަށާއި، ހަގީގަތާ ހިލާފަށް އެއްވެސް ބަހެއް ނުބުނުމަށް، މާތް ﷲ ގަންދީ ހުވާކުރަމެވެ."

(ނ) ހެކިބަސްދޭ މީހާއަކީ މުސްލިމަކު ނަމަ ހެކިބަސް ދޭ ވަގުތު އޭނާގެ ކުރިމަތީގައި ހަތިމް ބާއްވާފައި އޮންނަންވާނެއެވެ. ހެކިބަސް ލައިދިނުމުގެ ކުރިން، މާތް ﷲ ގަންދީ ހުވައިކުރުމަކީ ކިހާވަރެއްގެ ކަމެއްކަން ބަޔާންކޮށް ތެދުބުނުމަށް ހެކިބަސްދޭ މީހާއަށް ނަސޭހަތްތެރި ވާންވާނެއެވެ.

(ރ) ހެކިބަސްދެނީ ޣައިރު މުސްލިމަކުނަމަ، ހެކިބަސް ނަގަންވާނީ ތެދުބުނުމަށް އޭނާ އިގްރާރުވާ ކަމަށާއި، ދޮގުވާހަކައެއް ބުނެފިނަމަ، ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅޭނެކަން އޭނާއަށް އެނގޭކަން ބަޔާންކޮށް، އޭނާގެ ބަޔާންނެގުމަށްފަހުއެވެ.

 

19 ވަނަ މާއްދާ - މަދަނީ ތަބީއަތުގެ މައްސަލަތަކުގައި ހުވައިން ސާބިތު ކުރުން

(ހ) މަދަނީ މައްސަލަތަކުގެ ތެރެއިން 100،000 (އެއްލައްކަ ރުފިޔާ) އަށްވުރެ

ދަށުގެ ފައިސާގެ އަދަދު ހިމެނޭ ދަރަނީގެ މައްސަލަތަކުގައާއި، އާއިލީ މައްސަލަތަކުގައި ، ދައުވާ ސާބިތުކުރުމަށް ހެކި ނުހުންނަ ހާލަތުގައި، ފައިސަލާކުރަނިވި ހުވައި ކުރުވައިގެން ހުސޫމަތަށް ނިމުމެއް ގެނައުމަށް މި ގަވާއިދު ހުރަސް ނާޅައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފައިސަލާކުރަނިވި ހުވަޔަކީ ދެ ހަސްމެއްގެ ދެމެދުގައި އުފެދިފައިވާ ހުސޫމަތު ނިމުމަކަށް ގެނައުމަށް، އެ މައްސަލައި ގައި ދައުވާލިބޭ ފަރާތުން ހުވައިކުރުމަށް، ދައުވާކުރާ ފަރާތުން އެދިގެން ކުރުވާ ހުވައެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާން ކޮށްފައިވާ ހުވައި ކުރުވުމަށް ދައުވާކުރާ ފަރާތަށް އެދެވޭނީ އޭނާގެ ދައު ވާ ސާބިތުކުރުމަށް ގާނޫނު ނަންބަރު 2022-11 (ހެއްކާބެހޭ ގާނޫނު) އަދި ދިވެހިރާއްޖޭގައި އަމަލުކުރާ އެއްވެސް ގާނޫނެއްގެ ދަށުން އެ ބާވަތުގެ މައްސަލައެއްގައި ހުށަހެޅުން ހުއްދަކުރާ އެއްވެސް ހެއްކެއް ނެތް ހާލަތުގައެވެ.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހުވައި އާންމު ގޮތެއްގައި ކުރާނީ ދައުވާލިބޭ ފަރާތުން ކަމުގައި ވީނަމަވެސް، ދައުވާ ފުރޮޅިގެންދާ ހާލަތުގައި، އިންކާރު ކުރާ ފަރާތަކީ ދައުވާކުރާ ފަރާތަށް ވެއްޖެނަމަ، ހުވައި ކުރާނީ ދައުވާކުރާ ފަރާތުންނެވެ.

 

20 ވަނަ މާއްދާ - ހުވައި ރައްދު ކުރުން

ދައުވާލިބޭ ފަރާތުން ހުވައިކުރުމަށް ދައުވާކުރާ ފަރާތުން އެދުމުން، އެ ހުވައި ދައުވާކުރާ ފަރާތަށް ރައްދުކުރުމުގެ އިހްތިޔާރު ދައުވާލިބޭ ފަރާތަށް ލިބިގެންވެއެވެ.

 

21 ވަނަ މާއްދާ - ހުވައި ކުރުވުން

(ހ) މި ގަވާއިދުގެ 19 ވަނަ މާއްދާ )މަދަނީ ތަބީއަތުގެ މައްސަލަތަކުގައި ހުވައިން 

ސާބިތު ކުރުން( ގައިވާ ހުވައި ފަނޑިޔާރު ލައިދިނުމުގެ ކުރިން ، ހުވައިގެ ލިޔުން ތައްޔާރުކޮށް، ހުވައި ކުރުވުމަށް އެދުނު ފަރާތަށް ދައްކައި، އެފަރާތުން ގެންނަން ބޭނުންވާ އިސްލާހު ގެންނަން ފުރުސަތު ދޭންވާނެއެވެ.

(ށ) ހުވައިގެ ލިޔުން އޮންނަންވާނީ މި ގަވާއިދުގެ ޖަދުވަލު 03 ގައިވާ ނަމޫނާއާ އެއްގޮތަށެވެ.

(ނ) ފަނޑިޔާރު ހުވައިގެ އިބާރާތް ލައިދިނުމުން، ހުވައިކުރާ ފަރާތުގެ ކުރިމަތީގައި ހަތިމް ބާއްވައިގެންހުރެ ފަނޑިޔާރުގެ އަޑުދަށުން ހުވައިގެ އިބާރާތް ކިޔަންވާނެއެވެ.

(ރ) ހުވައިކޮށް ނިމުމާއެކު ހުވައިގެ ލިޔުމުގައި ހުވައިކުރި ފަރާތުން ސޮއިކުރަންވާނެއެވެ.

(ބ) ހުވައި ލައިދިނުމުގެ ކުރިން ހުވައިކުރުމުގެ ނަތީޖާއަކީ ކޮބައިކަން ހުވައިކުރާ ފަރާތަށް ފަނޑިޔާރު އޮޅުންފިލުވައި ދޭންވާނެއެވެ. އަދި މާތް ﷲ ގަންދީ ހުވައިކުރުމަކީ ކިހާވަރެއްގެ ކަމެއްކަން ބަޔާންކޮށް ތެދުބުނުމަށް ނަސޭހަތްތެރި ވާންވާނެއެވެ.

 

22 ވަނަ މާއްދާ - ހުވައިގެ މައްޗަށް ބިނާކޮށް ދައުވާ ސާބިތުވުމާއި ނުވުން

(ހ) އަންނަނިވި ހާލަތްތަކުގައި ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައިގެން ނުވާނެއެވެ.

  1. ދައުވާކުރާ ފަރާތުން އެދުނު ގޮތަށް ދައުވާލިބޭ ފަރާތުން ހުވައި ކުރުން.
  2. ދައުވާލިބޭ ފަރާތުން ދައުވާކުރާ ފަރާތަށް ހުވައި ރައްދު ކުރުމުން، ދައުވާކުރާ ފަރާތުން ހުވައި ކުރުމަށް ދެކޮޅުހެދުން.

(ށ) އަންނަނިވި ހާލަތްތަކުގައި ދައުވާ ސާބިތުވާނެއެވެ.

  1. ދައުވާކުރާ ފަރާތުން އެދުނު ގޮތަށް ދައުވާލިބޭ ފަރާތުން ހުވައި ކުރުމަށް ދެކޮޅުހެދުން، އަދި ދައުވާކުރާ ފަރާތަށް ހުވައި ރައްދު ކޮށްފައި ނުވުން.
  2. ދައުވާލިބޭ ފަރާތުން ދައުވާކުރާ ފަރާތަށް ހުވައި ރައްދު ކުރުމުން، ދައުވާކުރާ ފަރާތުން ހުވައިކުރުން.

 

23 ވަނަ މާއްދާ - މަހްޒަރު ކުރުން

ހުވައި ކުރުމަށް އެދުމާއި ހުވައިކުރުމުގެ ކަންކަން ދިޔަގޮތް މަހްޒަރު ކުރަންވާނެއެވެ. އަދި ށަރީއަތް ނިމުނުގޮތުގެ ރިޕޯޓުގައި އެކަންކަން ތަފުސީލުކޮށް ބަޔާން ކުރަންވާނެއެވެ.

 

24 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ 2023 އެޕްރީލް 18 ވަނަ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

ހެއްކާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2022-11)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު