-

އިންވެސްޓްމަންޓް ފަންޑް ރަޖިސްޓަރީކޮށް ހިންގުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2016-57) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-94)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 10 އެޕްރީލް 2023 ގައި)

 

ގަވާއިދު ނަންބަރު 2016-57 (އިންވެސްޓްމަންޓް ފަންޑް ރަޖިސްޓަރީީކޮށް ހިންގުމާބެހޭ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާ އަންނަނިވި ފަދައިން އިސްލާހު ކުރުން.

އިންވެސްޓްމަންޓް ފަންޑުގެ މާނަ 3.

(ހ) އެއް ފަރާތަށްވުރެ ގިނަ ފަރާތުން ފޯރުވައިދޭ ފައިސާ ނުވަތަ މުދަލުން ވިޔަފާރިއަކަށް ނުވަތަ ނަފާ ހޯދުމަށް ހިންގާ ހަރަކާތަކަށް އިންވެސްޓްކޮށް، ފައިސާ ނުވަތަ މުދާ ލިބިދެވުނު ފަރާތުގެ މަސައްކަތުން އެ ވިޔަފާރިއަކުން ލިބޭ ފައިދާއިން، ނުވަތަ އެފަދަ އެހެން ގޮތަކުން ނަމަވެސް، ފައިސާ ނުވަތަ މުދާ ފޯރުކޮށްދިން ފަރާތަށް މާލީ ފައިދާއެއް ނުވަތަ މާލީ ނަފާއެއް ލިބިދިނުމުގެ ނުވަތަ ލިބިގަތުމުގެ މަގުސަދުގައި އަދި އެފަދައިން ބަޔާންކޮށް އެ ފޯރުކޮށްދޭ ކޮންމެ ފަރާތަކާ އެ ލިބިދެވޭ ފަރާތާ ދެމެދު ވެވޭ އިންވެސްޓް ކުރުމުގެ އެއްބަސްވުމެއް ނުވަތަ މުއާމަލާތެކެވެ.

(ށ) އޮތޯރިޓީ ގައި ރަޖިސްޓަރީ ނުކޮށް ހިންގާ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ އިންތިޒާމެއް އެއީ މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ރަޖިސްޓަރީ ކުރަންޖެހޭ އިންވެސްޓްމަންޓެއްކަމަށް ކަނޑައެޅުމުގެ ބާރު އޮތޯރިޓީީއަށް ލިބިގެންވެއެވެ.

(ނ) ރަޖިސްޓަރީ ނުކޮށް ހިންގާ އިންތިޒާމެއް އެއ ރަޖިސްޓަރީ ކުރުން ލާޒިމު އިންތިޒާމެއްކަމަށް މި މާއްދާގެ (ށ) އާ އެއްގޮތްވާ ގޮތުގެ މަތީން ކަނޑައެޅުމުގައި ތިރީގައިވާ ކަންކަމަށް ރިއާޔަތް ކުރަންވާނެއެވެ.  

  1. އެ އިންތިޒާމު ހިންގާގޮތަށް ބަލާއިރު އިންވެސްޓްމަންޓް ފަންޑެއްގެ ސިފަތައް ހުރިކަމަށް އޮތޯރިޓީ އަށް ގަބޫލުކުރެވުން؛  
  2. އެފަދަ އިންތިޒާމެއްގައި އިންވެސްޓްކުރުމަށް އާންމުކޮށް ހުޅުވައިލައިފައި ހުރިކަމަށް އޮތޯރިޓީ އަށް ގަބޫލުކުރެވުން؛ 
  3. އެފަދަ އިންތިޒާމެއް އާންމުކޮށް އިސްތިހާރުކުރާކަމަށް އޮތޯރިޓީ އަށް ގަބޫލުކުރެވުން؛ 
  4. އެފަދަ އިންތިޒާމެއްގައި އިންވެސްޓްކޮށްފައިވާ ފަރާތްތަކުގެ އަދަދު 50 (ފަންސާސް) އަށްވުރެ އިތުރުކަމަށް އޮތޯރިޓީ އަށް ލިބޭ މައުލޫމާތަށް ބަލާއިރު ބެލެވެން އޮތުން. 
  5. މަތ ގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން ވެސް އޮތޯރިޓީ އަށް ފެންނަ އެހެނިހެން ކަންކަމަށް ރިއާޔަތް ކުރެވިދާނެއެވެ.  

(ރ) މި މާއްދާގެ (ނ) ގެ (4) ވަނަ ނަންބަރުގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެފަދަ ފަންޑެއް ނުވަތަ އިންތިޒާމެއް ހިންގަނީ އެއް ފަރާތަކުންނުވަތަ ފަރާތްތަކަކުން ކަމަށް އޮތޯރިޓީ އަށް ގަބޫލުކުރެވޭނަމަ އަދި އެ ފަންޑުތަކުގެ ނުވަތަ އިންތިޒާމްތަކުގެ ޖުމުލަ ބައިވެރިންގެ އަދަދު 50 (ފަންސާސް) އަށްވުރެ އިތުރުނަމަ، މި މާއްދާގެ (ނ) އާ އެއްގޮތްވާ ގޮތުގެ މަތީން ރަޖިސްޓަރީ ކުރަން އެންގިދާނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.

އިންވެސްޓްމަންޓް ފަންޑު އުފައްދައި ހިންގުން 1-3.

އިންވެސްޓްމަންޓް ފަންޑު އުފައްދައި ހިންގަންވާނީ، މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަރާތްތައް ފިޔަވައި، ހަމައެކަނި އެކަމަށް ހާއްސަކުރެވިގެން އުފައްދައި ހިންގާ ގާނޫނީ ށަހްސަކުން، އެ ގާނޫނ ށަހްސުގައި ބައިވެރިވާ ފަރާތްތަކުގެ ކިބައިން ސަބްސްކްރިޕްށަން ނަގައި، އެ ސަބްސްކްރިޕްށަން ސެކިއުރިޓ ޒްގައި، ނުވަތަ ބޭންކު ޑިޕޮޒިޓުގައި ނުވަތަ އެހެންވެސް މުދަލެއްގައި އިންވެސްޓްކޮށް، އެ އިންވެސްޓްމަންޓްތަކުން ޑިވިޑެންޑް، އިންޓަރެސްޓް، ކެޕިޓަލް ގެއިން ނުވަތަ އެފަދަ އެހެންވެސް މާލީ ނަފާތައް ހޯދައިދިނުމުގެ މަގުސަދުގައެވެ.

 

3 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

އިންވެސްޓްމަންޓް ފަންޑް ރަޖިސްޓްރީކޮށް ހިންގުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2016-57)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

އިންވެސްޓްމަންޓް ފަންޑް ރަޖިސްޓްރީކޮށް ހިންގުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2016-57)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު