-

ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާގެހޭ ގަވާއިދު 2012 އަށް 4 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2017-07)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 19 ޖަނަވަރީ 2017 ގައި)

 

1 ވަނަ މާއްދާ - ގަވާއިދުގެ ޖަދުވަލު (ޔ) އަންނަނިވިގޮތަށް އިސްލާހުކުރުން.

ޖަދުވަލު (ޔ) 

(ހ) ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓަކާ ނުލައި، އެ މަށްރޫއުއަކުން ތިމާވެށްޓަށް ކޮށްފާނެ ފާހަގަކުރެވޭ ބަދަލުތައް ކުޑަކުރުމަށް އެދިޔާރުގެ ފަރާތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން މިނިސްޓްރީއަށް ލިޔުމަކުން ހުށަހެޅުމުން ހުއްދަ ދެވިދާނެ މަށްރޫއުތައް:

  1. ބަނދަރު އަދި ނެރު ތިލަވުމުން ފުންކުރުން (މިތާނގައި ފުންކުރުން މާނަކުރެވިފައި މިވަނީ ބަނދަރުގެ ނުވަތަ  ނެރުގެ ފުޓްޕްރިންޓާ އެއްގޮތަށް ފުންކުރުމަށެވެ. ކުރީގެ ފުޓްޕްރިންޓަށް ބަދަލެއް އަންނަގޮތަށް ފުންކުރާނަމަ މި ގަވާއިދުގެ ދަށުން ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ދިރާސާ ހަދަންޖެހޭނެއެވެ.) 
  2. ގެދޮރު އެޅުމަށް ދޫކޮށްފައިވާ ގޯތިތަކުގައި ހުންނަ ރުއްގަސް އެ ގެވަޅުގެ ވެރިފަރާތުން ނެގުން. (ގެވަޅު ދޫކުރުމަށް ހަމަޖެހިފައި ހުރި ސަރަހައްދެއް ނުހިމެނޭނެއެވެ.)
  3. ގެދޮރު އެޅުމަށް ގޯތި ދޫކޮށްފަ ިއވާ ސަރަހައްދުގައި ހިމެނޭ މަގުތަކަށް އަރާފައިވާ ރުއްގަސް ނެގުން. (މިގޮތަށް ހުއްދައަށް އެދި ހުށަހެޅޭނީ ހަމައެކަނި ރަށުގެ ކައުންސިލަށް ނުވަތަ ކައުންސިލްގެ ޒިންމާ އުފުލާ ފަރާތަކަށެވެ.)
  4. ފެން ނެގުމަށްޓަކައި އެއްގަމުގައި ބޯހޯލް ތޮރުވުން. 
  5. 5 .ގުދުރަތީގޮތުން އުފެދިފައިވާ ރަށްރަށާ ގުޅިގެން އިތުރުކުރެވިފައިވާ ބިންތަކުގައި، އެ ބިމެއް ހިއްކައި ނިމުނު
    ދުވަހުން ފެށިގެން 3 (ތިނެއް) އަހަރުދުވަސް ވުމުގެ ކުރިން ހިންގާ މަށްރޫއުތަކުގެތެރެއިން މި ޖަދުވަލުގެ (ނ)
    ގައި ލިސްޓުކޮށްފައިވާ މަށްރޫއުތައް ފިޔަވައި އެންމެހައި މަށްރޫއުތައް. 
  6. ފަޅެއްގެ ތެރޭގައި ވަކިން ރަށެއްގެ ސިފައިގައި ހިއްކާފައިވާ ބިންތަކުގައި، އެ ބިމެއް ހިއްކައި ނިމުނު ދުވަހުން
    ފެށިގެން 5 (ފަހެއް) އަހަރުދުވަސް ވުމުގެ ކުރިން ހިންގާ މަށްރޫއުތަކުގެތެރެއިން މި ޖަދުވަލުގެ (ނ) ގައި
    ލިސްޓުކޮށްފައިވާ މަށްރޫއުތައް ފިޔަވައި އެންމެހައި މަށްރޫއުތައް.

(ށ) މި ޖަދުވަލު (ހ) ގެ 5 އަދި 6 ގައި ބަޔާންކޮށްފައިވާފަދަ ބިންތަކުގައިވެސް، އާންމުން ވަޒަންވެރި ކުރުވައިފިނަމަ އެ ބިމެއްގައި ތަރައްގީގެ މަށްރޫއުތައް ހިންގަންވާނީ، ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯހެދުމާބެހޭ ގަާވއިދު 2012 ގެ ދަށުން، ތިމާވެށްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހަދައި މިނިސްޓްރީގެ ހުއްދަ ހޯދުމަށްފަހުގައެވެ. 

(ނ) މި ޖަދުވަލުގެ (ހ) ގެ 5 އަދި 6 ގައި ބަޔާންކޮށްފައިވާފަދަ ބިންތަކުގައިވެސް، ތިރީގައި ލިސްޓުކޮށްފައިވާފަދަ މަށްރޫއުތައް ހިންގޭނީ، ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާ ެބހޭ ގަވާއިދު 2012 ގެ ދަށުން، ތިމާވެށްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހަދައި މިނިސްޓްރީގެ ހުއްދަ ހޯދުމަށްފަހުގައެވެ. 

  1. އެ މަށްރޫއުއެއްގައި ނުރައްކާތެރި ކެމިކަލް ގެންގުޅޭ މަށްރޫއުތައް.
  2. އެއްވެސް ބާވަތެއްގެ ތެޔޮ ރައްކާކުރުން ހިމެނޭ މަށްރޫއުތައް.
  3. އެ މަށްރޫއުއެއްގައި އިންސިނެރޭޓަރ ހިމެނޭ މަށްރޫއުތައް.
  4. އެއްވެސް ބާވަތެއްގެ ވިހަ މާއްދާއެއް ޖައްވަށް ބޭރުވެދާ ފަދަ މަށްރޫއުތައް.
  5. ފައިބަރ ުކރުމުގެ އެކި މަސައްކަތްތައް ހިންގޭ މަށްރޫއުތައް.

 

2 ވަަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2012-27) 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު