-

ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު (ގަވާއިދު ނަންބަރު 45-2013) އަށް 7 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-88)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 9 މާރިޗު 2023 ގައި)

 

ގަވާއިދު ނަންބަރު 2013-45 (ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު) އަށް އަންނަނިވި އިސްލާހު ތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ރަޖިސްޓަރ ނުކުރުމުގެ ކުށުގެ އަދަބު 7.

ޓެކްސް ގާނޫނެއްގެ ދަށުން ނުވަތަ ގަވާއިދެއްގެ ދަށުން ރަޖިސްޓަރީކުރަންޖެހޭ ފަރާތަކުން ރަޖިސްޓަރީކޮށްފައި ނުވާނަމަ، އެ ކުށުގެ މަދަނީ އަދަބަކީ، ގާނޫނުގެ 65 ވަނަ މާއްދާއާއި ގާނޫނުގެ 67 ވަނަ މާއްދާގެ ދަށުން، 5،000 (ފަސްހާސް) ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމެވެ. އަދި އެ ކުށުގެ ޖިނާއީ އަދަބަކީ، ކުށް ކުރި ފަރާތް 1 (އެކެއް) މަސްދުވަހާ އި 6 (ހައެއް) މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ގޭގައި ބަންދުކުރުމެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ދެވަނަ ބާބުގެ ސުރުހީ އަންނަނިވި ގޮތަށް އިސްލާހުކުރުން.

 

ދެވަނަ ބާބު: ލިޔެކިޔުން ފޮނުވު މާއި ހުށަހެޅުމާއި ބަލައިގަތުން

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރުތަކެއް އިތުރުކުރުން.

10. (1-ނ) ޓެކްސް ގާނޫނެއްގެ ދަށުން ނުވަތަ ގަވާއިދެއްގެ ދަށުން މީރާގައި ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން އީމެއިލް މެދުވެރިކޮށް މީރާއަށް ހުށަހަޅާ ލިޔެކިޔުންތައް އީމެއިލް ކުރަންވާނ ، މީރާގައި ރަޖިސްޓަރީކޮށްފައިވާ އެ ފަރާތުގެ އީމެއިލް އެޑްރެހަކުންނެވެ.

(2-ނ) މި މާއްދާގެ (ށ) ނުވަތަ (ނ) ނުވަތަ (1-ނ) ގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް، އީމެއިލް މެދުވެރިކޮށް ހުށަހަޅާ ލިޔެކިޔުންތައް ބަލައިނުގަތުމުގެ އިހްތިޔާރު މީރާއަށް ލިބިގެންވެއެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

10. (ރ) މި މާއްދާގެ (ށ) އާއި (ނ) އާއި (1-ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އީމެއިލް މެދުވެރިކޮށް ޓެކްސް ބަޔާނެއް ހުށަހެޅޭނީ، އެ ކަމަށް މީރާއިން ހުއްދަ ދިނުމުންނެވެ. އެ ނޫން ގޮތަކަށް އީމެއިލް މެދުވެރިކޮށް ހުށަހަޅާ ޓެކްސް ބަޔާންތަކާއި އެއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ބަލައެއްނުގަނެވޭނެއެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

(ބ) މީރާއިން ކަނޑައަޅާ ށަރުތުތަކެއް ފުރިހަމަވާ ޓެކްސް ދައްކާ ފަރާތްތަކާ މީރާއިން ކުރާ އެންމެހައި މުއާމަލާތްތައް ކުރާނ ހަމައެކަނި އިލެކްޓްރޯނިކް ޒަރީއާ މެދުވެރިކޮށް ކަމަށް ކަނޑައެޅުމުގެ ބާރު ކޮމިށަނަރ ޖެނެރަލަށް ލިބިގެންވެއެވެ. މި ފަދަ މުއާމަލާތްތައް ކުރުމަށް ބޭނުންކުރެވޭނީ، އެ ފަދަ ޓެކްސް ދައްކާ ފަރާތްތަކުން މީރާގައި ރަޖިސްޓަރީކޮށްފައިވާ އީމެއިލް އެޑްރެސް ނުވަތަ އެ ފަރާތުގެ މީރާކަނެކްޓް އެކައުންޓްތަކެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 11 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ލިޔެކިޔުން ބަލައިގަތުން 11.

(ހ) ޓެކްސް ދައްކާ ފަރާތުން މީރާއަށް ހުށަހަޅާ ލިޔެކިޔުމަކީ ފުރިހަމަ ލިޔެކިޔުމެއް ނޫންކަމަށް މީރާއަށް ގަބޫލުކުރެވޭނަމަ، އެ ލިޔެކިޔުމެއް ގަބޫލު ނުކުރުމުގެ އިހުތިޔާރު މީރާއަށް ލިބިގެންވެއެވެ.

(ށ) އެއްވެސް ފަރާތަކުން މީރާއަށް ހުށަހަޅައިފައިވާ ލިޔެކިޔުމެއް ފުރިހަމަ ނޫންކަމަށް އެ ފަރާތަށް މީރާއިން އަންގައިފިނަމަ، އެ ފަރާތުން އެ ލިޔެކިޔުމެއް ހުށަހެޅުމުގެ ޒިންމާ ފުރިހަމަކޮށްފައިވާ ކަމަކަށް ނުބެލެވޭނެއެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 11 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.

ލިޔެކިޔުން ރައްދުވިކަމަށް ބެލުން 1-11.

(ހ) ޓެކްސް ދައްކާ ފަރާތުން މިރާގައި ރަޖިސްޓަރީކޮށްފައިވާ އެ ފަރާތުގެ ލިޔެކިޔުން ފޮނުވަންވ އެޑްރެހަށް މީރާއިން ލިޔެކިޔުމެއް ރަޖިސްޓަރ ޕޯސްޓުގެ ޒަރީއާއިން ނުވަތަ ކޫރިއަރ ހިދުމަތެއް މެދުވެރިކޮށް ފޮނުވައިފިނަމަ، ޓެކްސް ދައްކާ ފަރާތަށް އެ ލިޔެކިޔުން ރައްދުވީކަމަށް ބެލެވޭނެއެވެ.

(ށ) ޓެކްސް ދައްކާ ފަރާތުން މީރާގައި ރަޖިސްޓަރީކޮށްފައިވާ އީމެއިލް އެޑްރެހަށް މީރާއިން ލިޔެކިޔުމެއް ފޮނުވައިފިނަމަ، ޓެކްސް ދައްކާ ފަރާތަށް އެ ލިޔެކިޔުން ރައްދުވީކަމަށް ބެލެވޭނެއެވެ.

(ނ) ޓެކްސް ދައްކާ ފަރާތުގެ މީރާކަނެކްޓް ޕްރައިމަރ އެކައުންޓުން ފެންނާނޭހެން މީރާއިން ލިޔެކިޔުމެއް ހިއްސާކޮށްފިނަމަ، ޓެކްސް ދައްކާ ފަރާތަށް އެ ލިޔެކިޔުން ރައްދުވީކަމަށް ބެލެވޭނެއެވެ.

(ރ) ޓެކްސް ދައްކާ ފަރާތަށް މީރާއިން އެއް ވަސީލަތަށްވުރެ ގިނަ ވަސީލަތްތައް މެދުވެރިކޮށް ލިޔެކިޔުމެއް ފޮނުވައިފިނަމަ، އެ ފަރާތަށް އެ ލިޔެކިޔުން ރައްދުވި ތާރީހުކަމަށް ބަލާނީ، އެ ލިޔެކިޔުމެއް ފުރަތަމަ ރައްދުވި ތާރީހެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 13 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާތަކެއް އިތުރުކުރުން.

ލިޔެކިޔުންތަކުގައި ސޮއިކުރުން 1-13.

ގާނޫނުގެ 17 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތުތަކުގައި މެނުވ ، ވަކި ލިޔުމެއްގައި ނުވަތަ ލިޔުންތަކެއްގައި ސޮއިކުރުމަށް މީރާގެ އިދާރީ އޮނިގަނޑާއި ހިންގުމުގެ ނިޒާމުގެ ތެރެއިން ހުއްދަ ލިބިގެން މީރާގެ މުވައްޒަފަކުސޮއިކޮށްފައިވާ ލިޔުމަކީ، ގާނޫނުގެ 17 ވަނަ މާއްދާގެ ބޭނުމަށް ކޮމިށަނަރ ޖެނެރަލް ހުއްދަ ދީފައިވާ މީހަކު ސޮއިކޮށްފައިވާ ލިޔުމެއް ކަމުގައި ބެލެވޭނެއެވެ.

 

ނޯޓިސްތައް 2-13.

މި ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ނޯޓިސްތަކެއް ވެސް ދޭންވާނީ ލިޔުމުންނެވެ. އަދި އީމެއިލް މެދުވެރިކޮށް ކުރާ މުއާމަލާތްތަކާއި މީރާކަނެކްޓް މެދުވެރިކޮށް ކުރާ މުއާމަލާތްތަކަކ ގާނޫނާއި މި ގަވާއިދުގެ ބޭނުމަށް ލިޔުމެއްކަމަށް ބެލެވޭނެއެވެ.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 14 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) މި މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގެ ބޭނުމަށް، އެކަށ ގެންވާ މަސްލަހަތެއް އޮތް ހިއްސާދާރުން ކަމަށް ބުނެފައި އެވަނީ ، ވޯޓުލުމުގެ ހައްގު ލިބިދޭ ހިއްސާތަކުގެ ތެރެއިން މަދުވެގެން %5 (ފަހެއް އިންސައްތަ) ހިއްސާގެ މައްޗަށް ވޯޓުލުމުގެ ބާރު ހިންގޭ މީހުންނަށެވެ.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 16 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.

ލިޔެކިޔުންތަކާއި މާލީ ހިސާބުތައް ނުބެލެހެއްޓުމުގެ ކުށުގެ އަދަބު 1-16.

ގާނޫނުގެ 27 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ނުވަތަ މި ބާބުގައި ބަޔާންކޮށްފައިވާ ގޮތަށް ރިކޯޑު ބަލަހައްޓައިފައި ނުވާނަމަ، އެ ކުށުގެ މަދަނީ އަދަބަކީ، ގާނޫނުގެ 65 ވަނަ މާއްދާއާއި 67 ވަނަ މާއްދާގެ ދަށުން، 5،000 (ފަސްހާސް) ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމެވެ. އަދި އެ ކުށުގެ ޖިނާއީ އަދަބަކީ، ކުށް ކުރި ފަރާތް 1 (އެކެއް) މަސްދުވަހާއި 6 (ހައެއް) މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ގޭގައި ބަންދުކުރުމެވެ.

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 21 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.

ހުށަހަޅަން އަންގާ ލިޔެކިޔުން ހުށަނޭޅުމުގެ އަދަބު 1-21.

ގާނޫނުގެ 31 ވަނަ މާއްދާގެ (ށ) އާއި މި ގަވާއިދުގެ 20 ވަނަ މާއްދާގެ ދަށުން ފޮނުވާ އެންގުން )"ލިޔެކިޔުން ހުށަހެޅުމަށް އަންގާ އެންގުން"( ގައި ހުށަހެޅުމަށް އަންގައިފައިވާ ލިޔެކިޔުމެއް އެ އެންގުމުގައި ދީފައިވާމުއްދަތުގެ ތެރޭގައި މީރާއަށް ހުށަހަޅައިފައި ނުވާނަމަ، ނުވަތަ ގާނޫނުގެ 32 ވަނަ މާއްދާއާއި މި ގަވާއިދުގެ 21 ވަނަ މާއްދާގެ ދަށުން ފޮނުވާ އެންގުން ("ލިޔެކިޔުން ހުށަހެޅުމަށް ތިންވަނަ ފަރާތަކަށް އަންގާ އެންގުން") ގައި ބަޔާންކޮށްފައިވާ ލިޔެކިޔުމެއް އެ އެންގުމުގައި ދީފައިވާ މުއްދަތުގެ ތެރޭގައި މީރާއަށް ހުށަހަޅައިފައި ނުވާނަމަ، އެ ކުށުގެ މަދަނީ އަދަބަކީ، ގާނޫނުގެ 65 ވަނަ މާއްދާއާއި ގާނޫނުގެ 67 ވަނަ މާއްދާގެ ދަށުން، އެ ލިޔެކިޔުން ހުށަނާޅާ ހިނގާ ކޮންމެ ދުވަހަކަށް، 50 (ފަންސާސް) ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމެވެ. އަދި އެ ކުށުގެ ޖިނާއީ އަދަބަކީ، ކުށް ކުރި ފަރާތް 1 (އެކެއް) މަސްދުވަހާއި 6 (ހައެއް) މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ގޭގައި ބަންދުކުރުމެވެ.

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 22 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

22. (ނ) މި މާއްދާގެ (ހ) ގެ ދަށުން ޓެކްސް ދައްކާ ފަރާތަށް ފޮނުވާ އޮޑިޓް ރިޕޯޓުގައި، ޓެކްސް ދައްކާ ފަރާތުން އިސްލާހުކުރަންޖެހޭ ކަމެއް ފާހަގަކޮށްފައިވާނަމަ، އެ ކަން އިސްލާހުކުރުމަށްފަހު އެ ކަމުގެ ތަފުސީލު ނުވަތަ އެ ކަން އިސްލާހުކުރެވިފައި ނުވާނަމަ އެ ކަން އިސްލާހު ނުކުރެވުނު ސަބަބާއި އިސްލާހުކުރެވޭނެ ކަމަށް ލަފާކުރެވޭ ތާރީހު، އެ ރިޕޯޓު ފޮނުވާތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި ނުވަތަ ކޮމިށަނަރ ޖެނެރަލް ކަނޑައަޅާ އެ ނޫންވެސް މުއްދަތެއްގެ ތެރޭގައި، ޓެކްސް ދައްކާ ފަރާތުން މީރާއަށް އަންގަންވާނެއެވެ.

 

13 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 23 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

23. (ނ) ޓެކްސް ދައްކާ ފަރާތުން އެއްވެސް މުއްދަތަކަށް ހުށަހަޅަންޖެހޭ ޓެކްސް ބަޔާން، ކަނޑައަޅައިފައިވާ ސުންގަޑ ގެ ނިޔަލަށް ހުށަނޭޅުމުގެ ސަބަބުން ޓެކުހުގެ ގޮތުގައި އެ ފަރާތުން ދައްކަންޖެހޭ އަދަދު މީރާއިން ކަނޑައަޅައިފިނަމަ، ގާނޫނުގެ 65 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ބޭނުމަށް ދުވަސް ގުނާނީ، އެ ގޮތުން އަދަދު ކަނޑައެޅުނު ދުވަހާ ހަމައަށެވެ. އަދި މި ހާލަތުގައި ޓެކްސް ދައްކާ ފަރާތުން އެ މުއްދަތަށް ޓެކްސް ބަޔާން ހުށަހަޅައިގެން ނުވާނެއެވެ.

 

14 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 26 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ދައްކަންޖެހި ނުދައްކާ ހުރި ޓެކުހަށް މަދަނީ އަދަބު ކަނޑައެޅުމާއި އިންޓްރެސްޓް އެރުން 26.

(ހ) ގާނޫނުގެ 39 ވަނަ މާއްދާގެ ދަށުން މީރާއިން އަދަދެއް ކަނޑައަޅައިފިނަމަ، އަދި ޓެކްސް ދައްކާ ފަރާތުން އޮޑިޓްކުރެވުނު މުއްދަތަށް ދައްކައިފައިވަނ މީރާއިން ކަނޑައެޅި އަދަދަށްވުރެ ކުޑަ އަދަދެއްނަމަ، ގާނޫނުގެ ދަށުން މަދަނީ އަދަބު ކަނޑައެޅުމުގައި ބަލާނީ، އެއ އެ ފައިސާ ދައްކަންޖެހޭ ސުންގަޑިން ފެށިގެން ނުދައްކާ އޮތް އަދަދެއް ކަމަށެވެ.

(ށ) ގާނޫނުގެ 39 ވަނަ މާއްދާގެ ދަށުން މީރާއިން އަދަދެއް ކަނޑައަޅައިފިނަމަ، އަދި ޓެކްސް ދައްކާ ފަރާތުން އޮޑިޓްކުރެވުނު މުއްދަތަށް ދައްކައިފައިވަނ މީރާއިން ކަނޑައެޅި އަދަދަށްވުރެ ކުޑަ އަދަދެއްނަމަ، އެ މަދުވާ އަދަދަކ އެ ފައިސާ ދައްކަންޖެހޭ ސުންގަޑިން ފެށިގެން ނުދައްކާ އޮތް އަދަދެއް ކަމަށް ބަލައި، އެ ދުވަހުން ފެށިގެން ޓެކްސް ގާނޫނުތަކާ އި ގަވާއިދުތަކުގައިވާ ގޮތުގެ މަތީން އިންޓްރެސްޓް އަރަމުންދާނެއެވެ.

 

15 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 39 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

މަދަނީ އަދަބު ކަނޑައެޅުމާއި އިންޓްރެސްޓް އަރަމުން ދިއުން 39.

(ހ) ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަންގެ ނިންމުމަކާމެދު ނުވަތަ މީރާގެ ނިންމުމަކާމެދު ޓެކްސް ދައްކާ ފަރާތުން މި ބާބުގައިވާ ގޮތުގެ މަތީން އިއުތިރާޒުކޮށްފައިވ ނަމަވެސް، ގާނޫނުގެ ދަށުން މަދަނީ އަދަބު ކަނޑައެޅުމަކަށް އެކަން ހުރަހެއް ނާޅައެވެ.

(ށ) ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަންގެ ނިންމުމަކާމެދު ނުވަތަ މީރާގެ ނިންމުމަކާމެދު ޓެކްސް ދައްކާ ފަރާތުން މި ބާބުގައިވާ ގޮތުގެ މަތީން އިއުތިރާޒުކޮށްފައިވ ނަމަވެސް، އެ ފަރާތަކުން ދައްކަންޖެހޭ ފައިސާ ހަމަޔަށް ދައްކައި ހަލާސްކޮށްފައި ނުވާހައި ހިނދަކު، އެ ފައިސާ ހަމަޔަށް ނުދެއްކުމުން އަރާ އިންޓްރެސްޓް އަރަމުންދާނެއެވެ.

 

16 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 40 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި، އެ ފަރާތުން އިއުތިރާޒުކުރި ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަންގެ ނިންމުން ނުވަތަ މީރާގެ ނިންމުން ރަނގަޅުކަމަށް ބެލެވޭނެއެވެ.

 

17 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 43 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޓެކްސް ގާނޫނެއްގެ ދަށުން ދައްކާންޖެހޭ ފައިސާ ނުދައްކައި ހުރި ފަރާތަކާމެދު މި ގަވާއިދުގެ 41 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ފިޔަވަޅެއް އަޅައިފައި އޮތް ނަމަވެސް، ނުވަތަ މި ގަވާއިދުގެ 42 ވަނަ މާއްދާގެ ދަށުން އިންސްޓޯލްމަންޓަށް ބަހައިލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު އެ ފަރާތަށް ދީފައި އޮތް ނަމަވެސް،ގާނޫނުގެ ދަށުން މަދަނީ އަދަބު ކަނޑައެޅުމަށް އެކަން ހުރަހެއް ނާޅައެވެ. އަދި ދައްކާންޖެހި ނުދައްކާ ހުރި ފައިސާ ނުދެއްކުމުގެ ސަބަބުން އެއްވެސް އިންޓްރެސްޓެއް އަރާނަމަ، އެ ފަރާތުން ދައްކާންޖެހޭ ފައިސާ އެއްކޮށް ހަލާސްކުރުމާ ހަމަޔަށް އިންޓްރެސްޓް އަރަމުންދާނެއެވެ.

 

18 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 11-64 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ކޮމަން ރިޕޯޓިންގ ސްޓޭންޑަޑް ރިޕޯޓު 11-64.

(ހ) ކޮމަން ރިޕޯޓިންގ ސްޓޭންޑަޑްގެ ދަށުން މައުލޫމާތު ހުށަހަޅާންޖެހޭ ފަރާތްތަކުން، ކޮންމެ ކަލަންޑަރު އަހަރަކަށް ހުށަހަޅާންޖެހޭ މައުލޫމާތު ހިމަނައިގެން ވިދިގެން އަންނަ ކަލަންޑަރު އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް،"ކޮމަން ރިޕޯޓިންގ ސްޓޭންޑަޑް ރިޕޯޓު" ހުށަހަޅާންވާނެއެވެ.

 

19 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 11-64 ވަނަ މާއްދާގެ (ހ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

(1-ހ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރިޕޯޓު މީރާއަށް ހުށަހަޅަންވާނ މީރާއިން ކަނޑައަޅާ ފޯމެޓެއްގައި، މީރާގެ "ކޮމަން ރިޕޯޓިންގ ސްޓޭންޑަޑް ސިސްޓަމް" މެދުވެރިކޮށް،އޮންލައިންކޮށެވެ.

 

20 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 68 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

އެއްބާރުލުން ދިނުން 68.

(ހ) ގާނޫނުގެ 26 ވަނަ މާއްދާގެ (ޅ) ގެ ބޭނުމަށް، ކޮމިށަނަރ ޖެނެރަލް އަދި ކޮމިށަނަރ ޖެނެރަލް ކަނޑައަޅާ މީހަކަށް ނުވަތަ ބަޔަކަށް ފުރިހަމައަށް އެއްބާރުލުން ދިނުމުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

  1. މީރާއިން ކުރާ އޮޑިޓަކަށް ނުވަތަ ތަހުގ ގަކަށް ބޭނުންވާ އެންމެހައި ރިކޯޑުތަކުގެ ކޮޕީ ނުވަތަ މީރާއިން ބޭނުންވެއްޖެ ހާލަތެއްގައި އޭގެ އަސްލު ފޯރުވައިދިނުމާއި، ރިކޯޑުތަކުގެ ކޮޕީ ހެއްދުމަށް މީރާގެ އޮފިސަރުންނަށް މަގުފަހިކޮށްދިނުން؛
  2. ޓެކްސް ދައްކާ ފަރާތުން ކުރާ ވިޔަފާރިއާ ގުޅިގެން މުއާމަލާތްކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތު ފޯރުވައިދިނުން ނުވަތަ އެ ފަރާތްތަކާއި މީރާއާ މުއާމަލާތުކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުން؛
  3. ޓެކްސް ދައްކާ ފަރާތުގެ އިދާރީ އޮފ ހަށް ނުވަތަ ވިޔަފާރި ހިންގާ ތަނަކަށް މީރާގެ އޮފިސަރުން ދާނަމަ، އެ ދާ ބޭނުމެއް ފުރިހަމަކުރެވެންދެން މީރާގެ އޮފިސަރުންނަށް އެ ތަނެއްގައި މަސައްކަތްކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުން؛
  4. މީރާގެ އޮފިސަރުން ކުރާ ސުވާލުތަކަށް އެކަށ ގެންވާ ފެންވަރަށް ޖަވާބުދާރ ވުމާއި، މީރާގެ އޮފިސަރުން އަންގާ އެންގުންތަކަށް އިޖާބަދިނުން؛
  5. ޓެކްސް ދައްކާ ފަރާތުގެ ރިކޯޑުތައް ބެލުމަށް މިރާއިން ބޭނުންވެއްޖެނަމަ، އަދި އެ ތަކެތި ބަހައްޓައިފައިވަނ މީހުން ދިރިނޫޅޭ ރަށެއްގައިނަމަ، މީރާއިން އެދިއްޖެ ހާލަތެއްގައި، އެ ތަނަކަށް މީރާގެ ކަމާބެހޭ އޮފިސަރުން ދަތުރުކޮށް އެތަނެއްގައި ހުރި ރިކޯޑުތައް ބެލޭނެ އިންތިޒާމު ހަމަޖައްސައިދިނުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ފުރިހަމަޔަށް އެއްބާރުލުން ނުދޭ ފަރާތްތައް 2،000 (ދެހާސް) ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.

 

21 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 72 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޓެކްސް ދައްކާ ފަރާތް މަރުވުން 72.

(ހ) ޓެކްސް ދައްކާ މީހަކު މަރުވެއްޖެނަމަ، އޭނާ މަރުވި ދުވަހުން ފެށިގެން، ލަސްވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އޭނާގެ ވާރިސުން އެ ކަން މީރާއަށް އަންގަންވާނެއެވެ. މި ގޮތަށް އަންގާއިރު، އެ މީހާ މަރުވިކަން އެނގޭނެ ރަސްމ ލިޔުމެއް ނުވަތަ ލިޔުމެއްގެ ކޮޕީ އެއް ހުށަހަޅަންވާނެއެވެ.

(ށ) މަރުވި މީހާގެ ޓެކުހާ ގުޅޭ އިލްތިޒާމުތަކަށް ޒިންމާވާނެ ފަރާތެއް ނުވަތަ ފަރާތްތަކެއް ކަނޑައެޅުމަށް ޓަކައި، އެ މީހާ މަރުވި ދުވަހުން ފެށިގެން ލަސްވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އެ މައްސަލަ ށަރުއީ ކޯޓަށް ހުށަހެޅުމަކ އޭނާގެ ވާރިސުންގެ ޒިންމާއެކެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް، މަރުވި މީހާގެ ވާރިސުން އަމަލުކޮށްފައި ނުވާނަމަ، މަރުވި މީހާގެ ޓެކުހާ ގުޅޭ އިލްތިޒާމުތަކަށް ޒިންމާވާނެ ފަރާތެއް ނުވަތަ ފަރާތްތަކެއް ކަނޑައެޅުމަށް ޓަކައި މީރާއަށް އެ މައްސަލަ ށަރުއީ ކޯޓަށް ހުށަހެޅިދާނެއެވެ.

(ރ) ޓެކްސް ދައްކާ ފަރާތް މަރުވެފައިވީ ނަމަވެސް، ދިރިހުރި މީހަކަށް ލިބިދެވޭ ފަދައިން ޓެކްސް ގާނޫނުތަކުގެ ދަށުން ލިބިދޭ އެންމެހައި ހައްގުތައް، މަރުވި މީހާގެ ޓެކުހާ ގުޅޭ އިލްތިޒާމުތަކަށް ޒިންމާވާ ފަރާތަށް ލިބިދޭންވާނެއެވެ.

(ބ) މި މާއްދާ ތަންފ ޒުކުރުމުގެ ބޭނުމަށް، އަންނަނިވި މައުލޫމާތު ހޯދުމަށް ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުގައްޔާއި ށަރުއީ ކޯޓުތަކުގައި މީރާއިން އެދެވިދާނެއެވެ.

  1. މަރުވި މީހާގެ ޓެކުހާ ގުޅޭ އިލްތިޒާމުތަކަށް ޒިންމާވާނެ ފަރާތެއް ނުވަތަ ފަރާތްތަކެއް، މި މާއްދާގެ (ށ) ގެ ދަށުން ކަނޑައެޅުމަށް ޓަކައި، ށަރުއީ ކޯޓަށް ހުށަހަޅައިފައިވާ ފަރާތްތަކުގެ ނަމާއި އެޑްރެހާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ނުވަތަ ޕާސްޕޯޓު ނަންބަރާއި ގަޒިއްޔާ ނަންބަރު؛
  2. މި މާއްދާގެ (ބ) ގެ (1) ވަނަ ނަންބަރު ރައްދުވާ، މަރުވި މީހާގެ ނަމާއި، އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ނުވަތަ ޕާސްޕޯޓު ނަންބަރު.

 

22 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 73 ވަނަ މާއްދާއާއި 74 ވަނަ މާއްދާއާއި 75 ވަނަ މާއްދާ އުނިކުރުން.

73. (އުނިކޮށްފައި).
74. (އުނިކޮށްފައި).
75. (އުނިކޮށްފައި).

 

23 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 2-75 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

އުވައިލެވޭ ޓެކްސް ރޫލިންގތައް 2-75.

(ހ) ގަވާއިދު ނަންބަރު 2021-40 (ގަވާއިދު ނަންބަރު 2013-45، ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދަށް 4 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު) އަށް އަމަލުކުރާން ފަށާ ތާރީހުން ފެށިގެން، ޓެކްސް ރޫލިންގ TR-2017/A2 (އިއުތިރާޒުކުރާ މައްސަލަ ބަލާ މަރުހަލާގައި ލިޔެކިޔުން ހުށަހެޅުން) އުވުނ އެވެ.

(ށ) ގަވާއިދު ނަންބަރު 2023-88 (ގަވާއިދު ނަންބަރު 2013-45، ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދަށް 7 ވަނަ 
އިސްލާހު ގެނައުމުގެ ގަވާއިދު) އަށް އަމަލުކުރާން ފަށާ ތާރީހުން ފެށިގެން، ޓެކްސް ރޫލިންގ TR-2017/A11 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ ދަށުން ފަރުދުންނާއި "ޑީމްޑް ޕާޓްނަރށިޕް" ރަޖިސްޓަރީކުރުން) އުވުނީ އެވެ.

 

24 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 2-75 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.

ޓެކްސް ރޫލިންގ އިސްލާހުކުރުން 3-75.

ގަވާއިދު ނަންބަރު 2023-88 (ގަވާއިދު ނަންބަރު 2013-45، ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދަށް 7 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު) އަށް އަމަލުކުރާން ފަށާ ތާރީހުން ފެށިގެން، ޓެކްސް ރޫލިންގ TR-2017/A12 (ޓެކްސް ބަޔާން އިސްލާހުކުރުން) ގެ 8 ވަނަ ޕެރެގްރާފް އުވުނީއެވެ.

 

25 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 77 ވަނަ މާއްދާއަށް އަންނަނިވި އިބާރާތުގެ މާނަ އިތުރުކުރުން.

77. "ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2008-10 (ޖުޑީށަލް ސަރވިސް ކޮމިށަންގެ ގާނޫނު) ގެ 1-21 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދައިފައިވާ ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށެވެ.

 

26 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ޓެކްސް ނެގުމާބެހޭ އިދާރީީ ގަވާއިދު (ގަވާއިދު ނަންބަރު 2013-45)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު