ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ގަވާއިދު (ގަވާއިދު ނަންބަރު 2020-71) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2023-87)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 6 މާރިޗު 2023 ގައި)
ގަވާއިދު ނަންބަރު 2020-71 (ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭޭ ކައުންސިލުގެ ގަވާއިދު) އަށް އަށް އަންނަނިވި
އިސްލާހުތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާއަށް އަންނަނިވި އަކުރު އިތުރުކުރުން.
(ނ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލަށްމެންބަރުން އައްޔަނު ކުރެވޭނީ 3 (ތިނެއް) އަހަރުދުވަހުގެ ދައުރަކަށެވެ. ކައުންސިލުގެ މެންބަރަކަށް ގިނަވެގެން މެންބަރުކަން ކުރެވޭނީ 2 (ދޭއް) ދައުރަށެވެ.
2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 11 ވަނަ މާއްދާއަށް (ނ) ގެ ގޮތުގައި އަކުރެއް އިތުރުކުރުން.
(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ނިންމާ ނިންމުންތަކަށް ޢަމަލުކުރަމުންދާގޮތް ބަލައި، ކައުންސިލުގެ ނިންމުންތައް ތަންފީޒުކުރުމުގައި ދިމާވާ ދަތި ކަންތައްތައް ފާހަގަކޮށް، އެ ކަންކަން މިނިސްޓަރުގެ ސަމާލުކަމަށް ކައުންސިލުން ގެންނަންވާނެއެވެ.
3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހު ކުރުން.
ކުޑަކުދިންގެ ހައްގުތައް ރައްކައު ތެރި ކުރުމާ ބެހޭ ކައުންސިލުގެ އިދާރީ ކަންކަން ހިންގުން 8.
ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ އިދާރީ ކަންކަން ހިންގައި ބަލަހައްޓާނީ، ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްށަން ސަރވިސްއިންނެވެ.
4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 9 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާބެހޭ ކައުންސިލުގެ ބައްދަލުވުންތައް 9.
(ހ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާބެހޭ ކައުންސިލުގެ ބައްދަލުވުމެއް، މަދުވެގެން މަހަކު 1 (އެކެއް) ފަހަރު ބާއްވަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް،ކައުންސިލުގެ މަސައްކަތުގެ ނިސްބަތަށް ބަލައި، ކޮންމެހެން ބައްދަލުވުމެއް ބާއްވަން ކައުންސިލަށް ފެނިއްޖެ ހާލަތެއްގައި،ހަފުތާއަކު 1 (އެކެއް) ފަހަރު ކައުންސިލުގެ ބައްދަލުވުން ބޭއްވުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ބައްދަލުވުން ބާއްވަން ކަނޑައަ ޅާ ދުވަހަށް ބައްދަލުވުން ބޭއްވުމަށް އިދާރީގޮތުން ކުރަންޖެހ ކަންކަން ކުރަންވާނީ،ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްށަން ސަރވިސްއިންނެވެ.
(ރ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ބައްދަލުވުމެއް ބާއްވާނަމަ، އެ ބައްދަލުވުމެއް ފެށުމުގެ 72 (ހަތްދިހަދޭއް) ގަޑިއިރުގެ ކުރިން، ކޮންމެ މެންބަރަކަށް ވެސް ބައްދަލުވުން އޮންނާނ ކަން ކައުންސިލުގެ އިދާރީ ކަންކަން ކުރުމަށް ހަމަޖެހިފައިވާ ފަރާތުން އަންގަންވާނެއެވެ. އަދި ކައުންސިލުގެ ބައްދަލުވުމުގައި ބައިވެރިނުވެވޭ ހާލަތްތަކުގައި، އެ މެންބަރަކު ދުރާލައި އެކަން ސަބަބާއެކު ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއަށް އަންގަންވާނެއެވެ.
(ބ) މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް،ކައުންސިލުގެ ކުއްލި ބައްދަލުވުމެއް ބާއްވަން ޖެހިއްޖެނަމަ، އެއަށްވުރެ ކުރު މުއްދަތެއްގެ ނޯޓިސް ލިޔުމުން ފޮނުވުމަށްފަހު، ކައުންސިލުގެ ބައްދަލުވުމެއް ބޭއްވުމަކަށް މި ގަވާއިދު ހުރަހެއްނާޅައެވެ.
(ޅ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާބެހޭ ކައުންސިލުގެ މެންބަރުން އެއްތަނަކަށް ޖަމާކޮށްގެން ބައްދަލުވުންތައް ބޭއްވެން ނެތް ހާލަތުގައި ނުވަތަ ބައްދަލުވުމުގެ ގާނޫނީ އަދަދު ހަމަނުވާ ހާލަތުގައި، މެންބަރުން އެއްތަނަކަށް ޖަމާކުރުމުގެ ބަދަލުގައި ޒަމާނީ މުއާސަލާތީ ވަސީލަތްތައް (އޯޑިއޯ ނުވަތަ ވީޑިއޯ ޕްލެޓްފޯމެއް) ބޭނުންކޮށްގެން ކައުންސިލުގެ ބައްދަލުވުންތައް ބޭއްވުމުގެ އިހްތިޔާރު ކައުންސިލުގެ ރައީސަށް ލިބިގެންވެއެވެ.
(ކ) މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ފަދައިން ޒަމާނީ މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ކައުންސިލުގެ ބައްދަލުވުން ބޭއްވިކަމުގައި ވިޔަސް، އެ ބައްދަލުވުމެއްގެ ބާވަތަށް ބަލައި، އެ ބައްދަލުވުމަކާ ގުޅޭ ގޮތުން މި ގަވާއިދުގެ ދަށުން ފުރިހަމަކުރަންޖެހ އެންމެހައި ކަންކަން ފުރިހަމަކުރަންވާނެއެވެ.
(އ) މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ފަދައިން ޒަމާނީ މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ކައުންސިލުގެ ބައްދަލުވުންތައް ބާއްވާއިރު، މެންބަރުން ބައްދަލުވުމުގައި ބައިވެރިވާންވާނީ އެ ފަރާތަށް ދެވިފައިވާ ލިންކާއި އެ ފަރާތުގެ ލޮގިން އައި.ޑީ ބޭނުންކޮށްގެންނެވެ.
(ވ) މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ފަދައިން ޒަމާނީ މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ކައުންސިލުގެ ބައްދަލުވުންތައް ބާއްވާނީ ކޮން ވަސީލަތަކުންކަން، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން ކަނޑައަޅަންވާނެއެވެ.
(މ) މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ފަދައިން ޒަމާނީ މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ކައުންސިލުގެ ބައްދަލުވުންތައް ބާއްވާއިރު ވޯޓު ދޭނީ އަނގަބަހުންނެވެ. އަދި ވޯޓު ދެވުނު ގޮތް ރިކޯޑުކުރެވެންވާނެއެވެ.
(ފ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ބައްދަލުވުމެއްގެ ގާނޫނީ އަދަދަކީ، ކައުންސިލުގެ ޖުމުލަ މެންބަރުންގެ %51 (ފަންސާސްއެކެއް އިންސައްތަ) އެވެ.
(ދ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ކައުންސިލުގެ ރިޔާސަތު ބަލަހައްޓާނީ، ކައުންސިލުގެ ރައީސެވެ. ރައީސަށް ހާޒިރު ނުވެވޭޭ ނަމަ، ކައުންސިލުގެ ނައިބު ރައީސެވެ. ނައިބު ރައީސަށް ހާޒިރު ނުވެވޭ ނަމަ، އެ ބައްދަލުވުމަކަށް ހާޒިރުވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރާ މެންބަރެކެވެ.
(ތ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ރައީސާއި ނައިބު ރައީސަށް ކައުންސިލުގެ ބައްދަލުވުމަކަށް ހާޒިރުވެވެން ނެތްކަމަށް ބަލައި، މެންބަރުންގެ ތެރެއިން އެ ބައްދަލުވުމެއްގެ ރިޔާސަތު ބަލަހައްޓާނެ މެންބަރަކު ކަނޑައަޅާނީ، އެ ބައްދަލުވުމެއް ފެށުމަށް ކަނޑައަޅައިފައިވާ ގަޑިއަށްވުރެ 10 (ދިހައެއް) މިނިޓު ފަހަނަޅައިދިޔުމުންނެވެ.
(ލ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ރައީސާއި ނައިބު ރައީސަށް ހާޒިރުނުވެވޭ ކައުންސިލުގެ ބައްދަލުވުންތަކުގައި މަށްވަރާކުރި ކަންކަމާއި، ނިންމި އެންމެހައި ކަންކަމުގެ މަޢުލޫމާތު، އެ ބައްދަލުވުމެއްގެ ރިޔާސަތު ބެލެހެއްޓި މެންބަރަކު، ކައުންސިލުގެ ރައީސާއި ނައިބު ރައީސަށް ދޭންވާނެއެވެ.
(ގ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ބައްދަލުވުމެއް ބާއްވައިދިނުން އެދި، ކައުންސިލުގެ ޖުމުލަމެންބަރުންގެ ތިންބައިކުޅައެއްބައި މެންބަރުން އެދިއްޖެނަމަ،ކައުންސިލުގެ ރައީސް، ކައުންސިލުގެ ބައްދަލުވުމެއް ބާއްވަންވާނެއެވެ.
5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ މެންބަރުން ވަކިކުރުން 10.
(ހ) ކައުންސިލުގެ މެންބަރަކު، މަގްބޫލު އުޒުރެއް ނެތި، ޖެހިޖެހިގެން 3 (ތިނެއް) ބައްދަލުވުމަށް ނުވަތަ އެކު ޖުމުލަ 5 (ފަހެއް) ބައްދަލުވުމަށް ހާޒިރު ނުވެއްޖެ ހާލަތެއްގައި ކައުންސިލުގެ މެންބަރުކަމުން ވަކިކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވުމުގެ ބާރު، މިނިސްޓަރަށް ލިބިގެންވެއެވެ.
(ށ) ކައުންސިލުގެ މެންބަރަކު، އެ ފަރާތް ނިސްބަތްވާ އިދާރާއެންމެ އެކަށީގެންވާ މިންވަރަށް ތަމްސީލު ނުކުރާކަންކައުންސިލުގެ އެހެން މެންބަރުންނަށް ފާހަގަކުރެވިއްޖެނަމަ، އެ މެންބަރަކު އައްޔަނުކޮށްފައިވާ އިދާރާއަށް އެކަން އަންގައިދިނުމަށް މިނިސްޓަރަށް ކައުންސިލުގެ މެންބަރުންނަށް އެދެވިދާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވަކިކުރެވޭނީ ކައުންސިލުގެ ތިންބައިކުޅަދެބައިގެ ޢަމަލުކުރުމަށްފަހު، އެ މާއްދާގެ ދަށުން މެންބަރަކު އަޣުލަބިއްޔަތުން ނިންމައި، އެކަން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމުން، ރައީސުލްޖުމްހޫރިއްޔާ އެކަން ބަލައިގަތުމުންނެވެ.
(ރ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ މެންބަރުންގެ ބައްދަލުވުންތަކުގެ ހާޒިރީ ބެލެހެއްޓުމާއި،ބައްދަލުވުންތަކަށް ހާޒިރުވާ މެންބަރުން ހާޒިރުވިކަމަށް ސޮއިކުރުމާއި، ބައްދަލުވުންތަކަށް ހާޒިރު ނުވެވޭ ސަބަބު ފޮނުވައިފައިވާ ނަމަ، އެ ކަންކަމުގެ އިދާރީ ބެލެހެއްޓުމުގެ ކަންކަން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން ކުރަންވާނެއެވެ.
6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 15 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ބައްދަލުވުމުގެ އެޖެންޑާ 15.
(ހ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ކޮންމެ ބައްދަލުވުމެއްގައި ވެސް އެޖެންޑާއެއް އޮންނަންވާނެއެވެ. އެ އެޖެންޑާ ކަނޑައަޅާނީ، ކައުންސިލުގެ ރައީސާއި އެހެން މެންބަރުންގެ މަށްވަރާގެ މަތީން، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިންނެވެ.
(ށ) ކުޑަކުދިންގެ ހައްގުތައް ރައް ކައުތެރި ކުރުމާ ބެހޭ ކައުންސިލުގައި ހިމެނ ނުވަތަ ތަމްސީލުކުރާ އިދާރާއަކުން ކައުންސިލަށް ވަކިކަމެއް ހުށަހަޅަން ބޭނުންވާނަމަ، އެ ފަރާތް ތަމްސީލުކުރާ ކައުންސިލުގެ މެންބަރަކު މެދުވެރިކޮށް، އެ ކަމެއް ކައުންސިލަށް ހުށަހެޅިދާނެއެވެ.
7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 16 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ބައްދަލުވުންތަކުގެ ޔައުމިއްޔާ ބެލެހެއްޓުން 16.
(ހ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާއާއި އެ ޔައުމިއްޔާއާ ގުޅޭ ލިޔެކިޔުންތައް ކައުންސިލުގެ މެންބަރުންނަށް ފޮނުވައިގެން ފާސްކުރުމުގެ ކަންކަން، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން ބަލަހައްޓަންވާނެއެވެ.
(ށ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ، ކައުންސިލުގެ ބައްދަލުވުމުގައި
ބައިވެރިވި މެންބަރުން ސޮއިކޮށް ފާސްކުރަންވާނެއެވެ.
(ނ) ކުޑަކުދިންގެ ހައްގުތައް ރައް ކައުތެރި ކުރުމާ ބެހޭ ކައުންސިލުން ފާސްކުރާ، ކައުންސިލުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން ރައްކައުތެރިކަމާއެކު ބަލަހައްޓަންވާނެއެވެ.
8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 16 ވަނަ މާއްދާގެ ފަހަތަށް 1-16 ގެ ގޮތުގައި މާއްދާއެއް އިތުރުކުރުން.
މެންބަރުންގެ އެލަވަންސް 1-16.
ކައުންސިލުގެ މެންބަރުން ހާޒިރުވާ ބައްދަލުވުންތަކަށް އެލަވަންސެއް ކަނޑައަޅަންވާނެއެވެ. މި އެލަވަންސް ކަނޑައަޅާނީ، ދައުލަތުގެ މާލިއްޔަތުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ވުޒާރާގެ ހުއްދަ ހޯދުމަށްފަހު، މިނިސްޓަރެވެ.
9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 18 ވަނަ މާއްދާއަށް އަންނަނިވި އަކުރު އިތުރުކުރުން.
(ނ) "ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކުރުމުގެ ގާނޫނު) ގެ 60 ވަނަ މާއްދާގެ ދަށުން ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކުރުމަށާއި، އެހީތެރިކަމާއި އަޅައިލުން ބޭނުންވެފައިވާ ކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށް ޓަކައި ހާއްސަވެގެން މަސައްކަތްކުރުމަށް އެކުލަވައިލައިފައިވާ އިދާރާއަށެވެ.
10 ވަނަ މާއްދާ - މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިޢުކުރާ ތާރީހުން ފެށިގެންނެވެ.
މައި ގަވާއިދު
ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭޭ ކައުންސިލުގެ ގަވާއިދު (ގަވާއިދު ނަންބަރު 2020-71)
ކިޔުންތެރިންގެ ހިޔާލު