-

އއ. ތޮއްޑޫގައި ޓޫރިސްޓުންނަށް ހާއްޞަކުރެވޭ މޫދު ސަރަހައްދުތަކާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2023-84)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 2 މާރިޗު 2023 ގައި)

 

1 ވަނަ މާއްދާ - ތައާރުފު

(ހ) މި ގަވާއިދަކީ، ތޮއްޑޫގައި ޓޫރިސްޓުންނަށް ހާއްސަކޮށްފައިވާ މޫދު ސަރަހައްދު ބޭނުންކުރުމާއި ތަރައްގީކުރުމާއި އެ ސަރަހައްދުން ފީ ނެގުމާ ގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ގޮތުން، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 149 ވަނަ މާއްދާއިން ބާރު ލިބިގެން،އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

ނަން

(ށ) މި ގަވާއިދަށް ކިޔާނީ "އއ. ތޮއްޑޫގައި ޓޫރިސްޓުންނަށް ހާއްސަކުރެވޭމޫދު ސަރަހައްދުތަކާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ގާނޫނު ނަންބަރު 1999-02 (ޓޫރިޒަމާބެހޭ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްގެން އަރިއަތޮޅު އުތުރުބުރީ ތޮއްޑޫގައި ހިންގާ ޓޫރިސްޓް ހޮޓާތަކާއި ގެސްޓްހައުސްތަކާއި ހޯމްސްޓޭ ތަކުގައި ބައިތިއްބާ ޓޫރިސްޓުންނަށް ހާއްސަކޮށްފައިވާ މޫދު ސަރަހައްދު ކަނޑައެޅުމާއި، އެ ސަރަހައްދުތައް ބޭނުންކުރާ ފަރާތްތަކަށް ހަމަހަމަ އުސޫލަކުން ފުރުސަތު ދިނުމަށާއި، އެ ސަރަހައްދުތައް ތަރައްގީކުރުމަށާއި، އެ ތަންތަނުގައިގާއިމުކޮށްފައި ހުންނަ ވަސީލަތްތައް ޓޫރިސްޓް ހޮޓާތަކާއި ގެސްޓްހައުސްތަކާއި ހޯމްސްޓޭ ތަކުގައި ބައިތިއްބާ ޓޫރިސްޓުންނާއި ރަށަށް ޒިޔާރަތްކުރާ އެންމެހައި ޓޫރިސްޓުންނަށް ބޭނުންކުރެވޭނޭ އިންތިޒާމު ހަމަޖައްސައިދިނުމާއި، ޓޫރިސްޓް ހޮޓާތަކާއި ގެސްޓްހައުސްތަކާއި ހޯމްސްޓޭ ތަކުން ޓޫރިސްޓުންނަށް ބާއްވާ ހަފްލާތަކާއި އެހެނިހެން ހަރަކާތްތައް އެ ސަރަހައްދުތަކުގައި ބޭއްވުމާއި، އެ ފަދަ ސަރަހައްދުތަކުން ފީ ނެގުމުގެ އުސޫލުތައް ބަޔާންކުރުމެވެ.

 

3 ވަނަ މާއްދާ - ޓޫރިސްޓުންނަށް ހާއްސަކުރެވޭމޫދު ސަރަހައްދު

(ހ) އއ. ތޮއްޑޫގައި ޓޫރިސްޓުންނަށް ހާއްސަކުރެވޭ މޫދު ސަރަހައްދު ނުވަތަ ސަރަހައްދުތައް ކަނޑައަޅާނީ ކައުންސިލުންނެވެ. މި ގަވާއިދަށް އަމަލުކުރަން ފަށާއިރު، ޓޫރިސްޓުންނަށް ހާއްސަކުރެވޭ މޫދު ސަރަހައްދު ކަނޑައަޅަންވާނެއެވެ. މި ގަވާއިދުގެ މަގުސަދު ހާސިލުކުރުމަށާއި މި ގަވާއިދު ތަންފީޒުކުރުމުގެ ބޭނުމަށް ޓަކައި، ޓޫރިސްޓުންނަށް ހާއްސަކުރެވޭ މޫދު ސަރަހައް ދުކަމަށް ބަޔާންކުރާ ސަރަހަ އްދުތަކަށް ކިޔާނީ "ޓޫރިސްޓް ބީޗް" މިހެންނެވެ.

(ށ) ޓޫރިސްޓުންނަށް ހާއްސަކުރެވޭ މޫދު ސަރަހައްދު ކަނޑައެޅުމުގައްޔާއި އެ ސަރަހައްދުތައް ކަނޑައަޅައިފައި އޮތް ގޮތަށް ބަދަލެއް ގެންނަން ނިންމުމުގައި، ރަށުގެ ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭނަށް ރިޔާއަތްކުރުމާއެކު، ޓޫރިސްޓް ހޮޓާތަކާއި ގެސްޓްހައުސްތައް ހިންގާފަރާތްތަކާއެކު ކައުންސިލުން މަށްވަރާކުރަންވާނެއެވެ.

(ނ) ޓޫރިސްޓުންނަށް ހާއްސަކުރެވޭ މޫދު ސަރަހައްދު ކަނޑައަޅައިފައިވާ ގޮތުގެ ޗާޓެއް، މި ގަވާއިދުގެ ޖަދުވަލު 1 ގެ ގޮތުގައި ހިމަނައިފައިވާނެއެވެ. އަދި ޓޫރިސްޓުންނަށް ހާއްސަކުރެވޭ މޫދު ސަރަހައްދުތަކަށް ބަދަލު ގެންނަން ނިންމައިފިނަމަ، އެ ޗާޓު އިސްލާހުކޮށް، އަލުން ށާއިއުކުރަންވާނެއެވެ.

(ރ) ޓޫރިސްޓުންނަށް ހާއްސަކުރެވޭ މޫދު ސަރަހައްދުގައި، އަމިއްލަ ފަރާތެއްގެ ތަކެތި ހުރިނަމަ، އެ ތަކެތީގެ ތަފުސީލު، އެ ތަކެތީގެ ވެރި ފަރާތުން ކައުންސިލަށް ހުށަހެޅުމަށާއި، އެ ފަދަ ތަކެތި ނެގުމަށް 45 (ސާޅީސްފަހެއް) ދުވަހުގެ މުހުލަތެއް ދީފައި ކައުންސިލުން އެކަން އިއުލާނު ކުރަންވާނެއެވެ.

 

4 ވަނަ މާއްދާ - ޓޫރިސްޓް ބީޗް ބޭނުންކުރުން

ޓޫރިސްޓް ބީޗް ބޭނުންކުރާނީ، ޓޫރިސްޓް ބީޗް ބޭނުންކުރުމަށް މި ގަވާއިދުގެ ދަށުން ހުއްދަދީފައިވާ ތަންތަނުގައި ތިބ ޓޫރިސްޓުންނާއި ރަށަށް ޒިޔާރަތްކުރާ ޓޫރިސްޓުން މޫދަށް އެރުމަށާއި ކުޅިވަރު ކުޅުމަށާއި ވަގުތު ހޭދަކުރުންފަދަ ކަންކަމަށެވެ. މީގެ ތެރޭގައި، ޓޫރިސްޓް ބީޗް ބޭނުންކުރުމަށް މި ގަވާއިދުގެ ދަށުން ހުއްދަ ދީފައިވާ ތަންތަނުން ޓޫރިސްޓުންނަށް ބާއްވާ ހަފްލާތަކާއި،ކައުސިލުން ހުއްދާ ދޫކުރާ އެހެން ފަރާތްތަކުން ބާއްވާ ހަރަކާތްތައް ހިންގުމަށެވެ.

 

5 ވަނަ މާއްދާ - ޓޫރިސްޓް ބީޗް ބޭނުންކުރުމުގެ ހުއްދަ

(ހ) ޓޫރިސްޓް ބީޗް ބޭނުންކުރުމުގެ ހުއްދަ ދޫކުރާނީ ކައުންސިލުންނެވެ. އެގޮތުން އަންނަނިވި 2 (ދޭއް) ބާވަތުންކުރެ ބާވަތެއްގެ ހުއްދަ ދޫކުރެވިދާނެއެވެ.

  1. ވަގުތީ ހުއްދަ؛
  2. ދާއިމީ ހުއްދަ.

(ށ) ޓޫރިސްޓް ބީޗު ބޭނުންކުރުމުގެ ހުއްދަ ދޫކުރާނީ، އެކަމަށް އެދ ފަރާތުން ހުއްދައަށް އެދި ލިޔުމުން ކައުންސިލަށް ހުށަހެޅުމުން، ހުއްދަ ދޫކުރިކަމަށް އަންގައި، ކައުންސިލުން ދޫކުރާ ލިޔުމަކުންނެވެ.

(ނ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރު، ރަށުގައި ހިންގަމުންދާ އެންމެހައި ލޯކަލް ޓޫރިޒަމް ވިޔަފާރިތަކަށް ޓޫރިސްޓް ބީޗު ބޭނުންކުރުމުގެ ހުއްދަ، ރަޖިސްޓަރީ ފީއަކާ ނުލައި ދޫކުރަންވާނެއެވެ.

 

6 ވަނަ މާއްދާ - ފީ ނެގުން

(ހ) ޓޫރިސްޓް ބީޗް ބޭނުންކުރުމުގެ ދާއިމީ ހުއްދަ ދޫކުރުމުގައި އަންނަނިވި ތަންތަނުން ރަޖިސްޓަރީ ފީއެއް ނެގޭނެއެވެ.

  1. އަލަށް ރަޖިސްޓަރީކުރާ ގެސްޓްހައުސްތަކާއި ހޮޓާތަކުން 5،000 (ފަސްހާސް) ރުފިޔާ؛
  2. އަލަށް ރަޖިސްޓަރީކުރާ ޑައިވިން ސެންޓަރުތަކާއި، އެކްސްކާށަނާއި، އެއަރޕޯޓް ޓްރާންސްފަރ ފަދަ ހިދުމަތްދޭ ފަރާތްތަކުން 5،000 (ފަސްހާސް) ރުފިޔާ.

(ށ) ޓޫރިސްޓް ބީޗު ބޭނުންކުރުމުގެ ވަގުތީ ހުއްދަ ދޫކުރުމުގައި، ހުއްދައަށް އެދ ފަރާތުންކުރަން ގަސްތުކޮށްފައިވާ ކަމާއި، އެކަމަށް ހޭދަކުރާނެ ވަގުތަށް ބިނާކޮށް، ކައުންސިލުން ނިންމާ އަދަދެއް ރަޖިސްޓަރީ ފީގެ ގޮތުގައި ނެގިދާނެއެވެ.

(ނ) ޓޫރިސްޓް ބީޗު ބޭނުންކުރުމުގެ ދާއިމީ ހުއްދަ ދޫކޮށްފައިވާ ފަރާތްތަކުގެ އަތުން، އެތަން ބެނުންކުރުމަށް ދައްކާ ފީގެ ގޮތުގައި ފައިސާ ނަގާނީ އަންނަނިވި ގޮތަށެވެ.

  1. ރަށުގައި ހިންގާ ގެސްޓްހައުސްތަކާއި ޓޫރިސްޓް ހޮޓާތަކުން، އެ ތަނެއްގައި ހުރި ކޮޓަރީގެ ނިސްބަތުން، ކޮޓަރިއަކަށް މަހަކު 100 (އެއްސަތޭކަ) ރުފިޔާ.
  2. ރަށުގައި ހިންގާ ޑައިވިން ސެންޓަރުތަކާއި، އެކްސްކާށަނާއި، އެއަރޕޯޓް ޓްރާންސްފަރ ފަދަ ހިދުމަތްދޭ ފަރާތްތަކުން، މަހަކު 500 (ފަސްސަތޭކަ) ރުފިޔާ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހިދުމަތްދޭ ވިޔަފާރިތަކުން ދައްކަންޖެހ ފައިސާ،މީލާދީ ކޮންމެ މަހެއްގެ 10 (ދިހައެއް) ވަނަ ދުވަހުގެ ކުރިން ކައުންސިލަށް ދައްކަންވާނެއެވެ.

 

7 ވަނަ މާއްދާ - ޓޫރިސްޓް ބީޗު ބޭނުންކުރާ ފަރާތްތަކުގެ ޒިންމާ  

(ހ) ޓޫރިސްޓުންނަށް ހާއްސަކޮށްފައިވާ މޫދު ސަރަހައްދު ބޭނުންކުރަންވާނީ، އެ ތަން ބޭނުންކުރާ އެހެން ފަރާތަކަށް ދަތިނުވާގޮތަށެވެ.

(ށ) ޓޫރިސްޓުންނަށް ހާއްސަކުރެވޭ މޫދު ސަރަހައްދުގައި އެއްވެސް ފަރާތަކުން ކައުންސިލުގެ ހުއްދަނެތި އެއްވެސް މުނާސަބަތެއް ފާހަގަކުރުމަކީ މަނާކަމެކެވެ.

(ނ) ބީޗުގައި، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފު އެއްވެސް ކަމެއް، އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެއެވެ.

(ރ) ޓޫރިސްޓުންނަށް ހާއްސަ ކުރެވޭ މޫދު ސަރަހައްދުގައި ކައުންސިލުން ބަހައްޓައިފައި ހުންނަ އެންމެހައި ތަކެއްޗަށް ގެއްލުން ނުވާނެގޮތަށް ބަލައިގެން ބޭނުން ކުރުމަށް ވިޔަފާރިތަކުން ހާއްސަ ސަމާލުކަމެއް ދޭންވާނެއެވެ. އަދި އެގޮތަށް އަމަލުތައް ބެހޭެއްޓުމަށް ގެސްޓް ހައުސްތަކުން ފަތުރުވެރީންނަށް އިރުށާދު ދޭންވާނެއެވެ.

 

8 ވަނަ މާއްދާ - ޓޫރިސްޓް ބީޗު ރިޒާވްކުރުން

(ހ) ގެސްޓްހައުސްތަކާއި ހޮޓާތަކުން އެ ތަނުގެ މުވައްޒަފުން މެދުވެރިކޮށް ފަތުރުވެރީންނަށް ހިދުމަތެއް ދިނުމަށް ނުވަތަ ވަކިމުނާސަބަތެއް ފާހަގަކުރުމަށް ތަންތަން ރިޒާވް ކުރަންވާނީ ކައުންސިލަށް ހުށަހަޅައިގެން އެކަމުގެ ހުއްދަ ހޯދައިގެންނެވެ.

(ށ) ފަތުރުވެރީންނަށް ހިދުމަތް ދިނުމަށް ކައުންސިލުން ބަހައްޓައިފައި ހުންނަ ގޮނޑިއާއި ހެމޮކް ފަދަ އެއްޗެހި ރިޒާވް ކުރުމަކީ މަނާކަމެކެވެ.

(ނ) ބީޗުގެ ސަރަހައްދެއް ވަކިކަމަކަށް ރިޒާވްކުރަން ބޭނުންވާނަމަ، 12 (ބާރަ) ގަޑިއިރުގެކުރިން ކައުންސިލަށް ހުށަހަޅައިގެން ނުވަތަ ކައުންސިލުން ކަނޑައަޅާ ފަރާތަކާގުޅައިގެން ނުވަތަ އީ-މެއިލްކޮށްގެން އެ ތަނެއް ރިޒާވް ކުރަންވާނެއެވެ.

(ރ) ރިޒާވް ކުރުމުން، އެކަން އެނގޭ ބޯޑެއް ކައުންސިލުން ދޭންވާނެއެވެ.

(ބ) ރިޒާވްކޮށްގެން މަސައްކަތްކުރާ ސަރަހައްދުތަކުގައި ކުރާ މަސައްކަތް ނިންމައި، އެ ތަން ސާފުކޮށް، ކައުންސިލާ ނުވަތަ ކައުންސިލުން ކަނޑައަޅާ ފަރާތަކާ ސަރަހައްދު ހަވާލުކުރުމަކީ ރިޒާވްކުރާ ފަރާތުގެ ޒިންމާއެކެވެ.

 

9 ވަނަ މާއްދާ - ޓޫރިސްޓުންނަށް ވިޔަފާރި ހުށަހެޅުން

ކައުންސިލުގެ ހުއްދަނެތި ޓޫރިސްޓް ބީޗުގައި އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް ކުރުން ނުވަތަ އިސްތިހާރު ކުރުން ނުވަތަ ޕްރޮމޯށަނެއް ހިންގުން ފަދަ ކަމެއް ކުރުމަކީ މަނާކަމެކެވެ. އަދި މިފަދަ ކަމެއް ހިނގާކަމަށް ކައުންސިލަށް ފާހަގަވެއްޖެނަމަ، އެ ވިޔަފާރިއަކަށް ނުވަތަ އެ ފަރާތަކަށް އެކަން ނުކުރުމަށް އަންގަންވާނެއެވެ. އަދި އެ އެންގުމަށް އަމަލު ނުކޮށްފިނަމަ، އެ ކަމެއް ހުއްޓުވުމަށް ފިޔަވަޅު އެޅުމުގެ އިހްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

 

10 ވަނަ މާއްދާ - ފިޔަވަޅު އެޅުން

މި ގަވާއިދާ ހިލާފުވާ ފަރާތްތަކާ މެދު، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 140 ވަނަ މާއްދާއިން ކައުންސިލަށް ލިބިދީފައިވާ ބާރުގެ ދަށުން، އަންނަނިވި ގޮތުގެ މަތީން ފިޔަވަޅު އެޅ ނެއެވެ.

(ހ) މި ގަވާއިދާ ހިލާފުވާ ފުރަތަމަ ފަހަރު ނަސޭހަތް ދިނުން.

(ށ) މި ގަވާއިދާ ހިލާފުވާ ދެވަނަ ފަހަރުނަމަ، އެކަން ތަކުރާރު ނުކުރުމަށް އެ ފަރާތަށް ލިޔުމުން އެންގުން.

(ނ) މި ގަވާއިދާ ހިލާފުވާ ތިންވަނަ ފަހަރުނަމަ 3،000 (ތިންހާސް) ރުފިޔާއިން ޖޫރިމަނާ ކުރުން.

(ރ) ތިން ފަހަރަށްވުރެ ގިނަފަހަރު މި ގަވާއިދާ ހިލާފުވެފައިވާ ވިޔަފާރިތަކަށް، ޓޫރިސްޓް ބީޗްބޭނުންކުރަން ކައުންސިލުން ދީފައިވާ ހުއްދަ ބާތިލު ކުރެވޭ ނެއެވެ. އަދި މި ހުއްދަ އަލުން ދޭނީ 5،000 (ފަސްހާސް) ރުފިޔާގެ ޖޫރިމަނާއެއް ކައުންސިލަށް ދެއްކުމުންނެވެ.

(ބ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޖޫރިމަނާ ކުރެވޭތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި، ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހ ފައިސާ ކައުންސިލަށް ދައްކައި ހަލާސްކުރަންވާނެއެވެ.

(ޅ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި ޖޫރިމަނާ ނުދައްކާ ފަރާތްތަކުގެ އަތުން ފައިސާ ހޯދުމުގެ މަސައްކަތް ކޯޓު މެދުވެރިކޮށް ކުރެވޭނެއެވެ.

 

11 ވަނަ މާއްދާ - ރަށުގައި ރަޖިސްޓަރީކޮށްގެން ހިންގާ ޓޫރިސްޓް ފެސިލިޓީތަކުގެ ދަފުތަރު އެކުލަވައިލުން

ރަށުގައި ރަޖިސްޓަރީކޮށްގެން ހިންގާ ޓޫރިސްޓް ފެސިލިޓީތަކުގެ ދަފުތަރެއް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި ކައުންސިލުން އެކުލަވައިލައި ބަލަހައްޓަންވާނެއެވެ.

 

12 ވަނަ މާއްދާ - ގަވާއިދު ހިންގާ ފަރާތް

މި ގަވާއިދު ހިންގައި ތަންފީޒު ކުރާނީ، އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލުގެއިދާރާއިންނެވެ.

 

13 ވަނަ މާއްދާ - ގަވާއިދު އިސްލާހުކުރުން

މި ގަވާއިދު އިސްލާހުކުރާނީ ކައުންސިލުންނެވެ. މި ގަވާއިދަށް އެއްވެސް އިސްލާހެއް ގެންނަނަމަ، އެ ކަމެއްގެ މައުލޫމާތު ޓޫރިސްޓް ހޮޓާތަކާއި ގެސްޓްހައުސްތައް ހިންގާ ފަރާތްތަކާ ހިއްސާކުރުމަށްފަހު، ގެސްޓްހައުސްތަކުން އެކަމަށް ކަނޑައަޅާ މަންދޫބުންގެ ތެރެއިން މަދުވެގެން 4 (ހަތަރެއް) މަންދޫބުންނާއެކު ކައުންސިލުން ކުރާ މަށްވަރާއާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ދޭ މަށްވަރާއަށް ރިޔާއަތް ކުރަންވާނެއެވެ.

 

14 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

15 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދ ހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިމިވާ މާނަކުރުމެވެ.

(ހ) "ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން އިންތިހާބުކޮށްފައިވާ އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލަށެވެ.

(ށ) "ޓޫރިސްޓް ފެސިލިޓީ" ކަމަށް ބުނެފައި އެވަނީ، ޓޫރިސްޓު ގެސްޓްހައުސްތަކާއި ހޮޓާތަކާއި، ޑައިވް ސެންޓަރުތަކާއި ، ވޯޓަރ ސްޕޯޓްސް ސެންޓަރުތަކާއި، ހޯމްސްޓ އާއި،އެއަރޕޯޓް ޓްރާންސްފަރގެ ހިދުމަތްދޭ ވިޔަފާރިތަކަށެވެ.

(ނ) "ވަގުތީ ހުއްދަ" ކަމަށް ބުނެފައި އެވަނީ، ވަކި އިވެންޓަކަށް ނުވަތަ ހަފްލާއަކަށް ނުވަތަ ހަރަކާތަކަށް ޓޫރިސްޓް ބީޗް ބޭނުންކުރުމަށް ޓަކައި ވަކި ވަގުތަކަށް ނުވަތަ މުއްދަތަކަށް ނަގާ ހުއްދައަށެވެ.

(ރ) "އޮޕަރޭޓިންގ ލައިސަންސް" ކަމަށް ބުނެފައި އެވަނީ، ޓޫރިސްޓް ފެސިލިޓީ ހިންގުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއިންދޫކުރާ ހުއްދައަށެވެ.

 

 

މައި ގާނޫނު

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-0

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު