މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތަކަށް ލައިސަންސް ދިނުމާ ގުޅޭ ގަވާއިދު
(ގަވާއިދު ނަންބަރު 2023-82)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 1 މާރިޗު 2023 ގައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ 4 ވަނަ ބާބާއި، އެ ގާނޫނުގެ 3 ވަނަ މާއްދާގެ (ޅ) ގެ (4) ވަނަ ނަންބަރަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން މިނިސްޓްރީއަށް ލިބިދޭ ބާރުގެ ދަށުން ހަދައި ފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތަކަށް ލައިސަންސް ދިނުމާ ގުޅޭ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - ގަވާއިދުގެ މަގުސަދު
މި ގަވާއިދުގެ މަގުސަދަކީ، މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތަކަށް ހުއްދަ ނުވަތަ ލައިސަންސް ދިނުމުގެ އުސޫލުތައް ކަނޑައަޅައި، އެ ހަރަކާތްތައް ރާވައި ހިންގައި ބެލެހެއްޓުމުގައި ގެންގުޅެންޖެހޭ އުސޫލުތައް ބަޔާންކުރުމެވެ.
3 ވަނަ މާއްދާ - ގަވާއިދު ހިނގާނެ ދާއިރާ
މި ގަވާއިދު ހިނގާނީ، ކުރިން ކިރު ވައިފައި ނުވާ ކަނޑުމަހުގެ ބާވަތްތައް އެއްތަނުން އަނެއް ތަނަށް އުފުލުމަށް (ޓްރާންސްށިޕްކުރުމަށް) ބޭނުންކުރާ އުޅަނދުފަހަރާއި، މަސް ގަންނަ ފެސިލިޓީއަކަށް ގަނެފައިވާ ނުވަތަ ކިރުވައިފައިވާ މަސް އުފުލުމަށް ބޭނުންކުރާ ކެރިއަރ ނުވަތަ ރީފަރ ފަދަ އުޅަނދުފަހަރާއި، މަސްވެރިންނަށް އައިސް ވިއްކުމަށް އައިސްޕްލާންޓް ގާއިމުކޮށް ހިންގާ ފަރާތްތަކަށެވެ.
4 ވަނަ މާއްދާ - ލައިސަންސް ނަގަންޖެހޭ ފަރާތްތައް
(ހ) މި ގަވާއިދުގެ ދަށުން އަންނަނިވި ހަރަކާތްތައް ހިންގަންވާނީ، މިނިސްޓްރީން އެ ހަރަކާތަކަށް ދޫކުރާ ހާއްސަ ލައިސަންސް ނެގުމަށްފަހުގައެވެ.
- މަސްކިރުވާ ބަނދަރަކަށް ނުވަތަ މަސް ޕްރޮސެސްކުރާ ފެސިލިޓީއަކަށް ކިރުވައިފައި ނުވާ ކަނޑުމަހުގެ ބާވަތްތައް، މަސްވެރިކަންކުރާ އުޅަނދުފަހަރުން ސީދާގޮތެއްގައި ގަތުމަށް ޓަކައި ނުވަތަ ބަރުކުރުމަށް ޓަކައި ނުވަތަ އެއްތަނުން އަނެއްތަނަށް އުފުލުމަށް ޓަކައި އޮޕަރޭޓްކުރާ މަސްކިރާ އުޅަނދުފަހަރު ނުވަތަ ކަލެކްޓަރ އުޅަނދު، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އޮޕަރޭޓްކުރުން؛
- މަސް އެކްސްޕޯޓްކުރުމަށް ނުވަތަ އެއް ބަނދަރުން އަނެއް ބަނދަރަށް ނުވަތަ އެއް ފެސިލިޓީން އަނެއް ފެސިލިޓީއަށް މަސް ގެންދިއުމަށް ބޭނުންކުރާ ކެރިއަރު ނުވަތަ ރީފަރ އުޅަނދު އޮޕަރޭޓްކުރުން؛
- މަސްވެރިންނަށް އައިސް ވިއްކުމުގެ ހިދުމަތް ދިނުމަށް އައިސްޕްލާންޓްތައް އޮޕަރޭޓްކުރުން.
(ށ) މި މާއްދާ ގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން މަސްކިރާ އުޅަނދުފަހަރު ނުވަތަ ކަލެކްޓަރ އުޅަނދުފަހަރަށް މި ގަވާއިދުގެ ދަށުން ލައިސަންސް ދޫކުރާނީ، ހަމައެކަނި ކަނޑުމަހުގެ މަސްވެރިކަންކުރާ އުޅަނދުފަހަރުން ބާނާ މަސް ގަތުމަށް ހަރަކާތްތެރިވާ މަސްކިރާ އުޅަނދުފަހަރަށް ނުވަތަ ކަލެކްޓަރ އުޅަނދުފަހަރަށެވެ.
(ނ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން މަސް އެކްސް ޕޯޓްކުރުމަށް ނުވަތަ އެއް ބަނދަރުން އަނެއް ބަނދަރަށް ނުވަތަ އެއް ފެސިލިޓީން އަނެއް ފެސިލިޓީއަށް މަސް ގެންދިއުމަށް ބޭނުންކުރާ ކެރިއަރު ނުވަތަ ރީފަރ އުޅަނދު އޮޕަރޭޓްކުރުމަށް ހުއްދަދެވޭނީ، ރާއްޖޭގެ ބަނދަރަކަށް ކިރުވައިފައިވާ ނުވަތަ ލޭންޑްކޮށްފައިވާ މަސް ބަރުކޮށް އެކްސްޕޯޓްކުރުމަށާއި އެއް ބަނދަރުން އަނެއް ބަނދަރަށް މަސް އުފުލުމަށެވެ.
5 ވަނަ މާއްދާ - ލައިސަންސަށް އެދުމާއި، ލައިސަންސް ދޫކުރުމާއި، ލައިސަންސް އައުކުރުމާއި، ލައިސަންސް ބާތިލުކުރުމާއި، ލައިސަންސް ދޫނުކޮށް ހިފެހެއްޓުން
(ހ) ގަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން ދޫކުރާ ލައިސަންސަށް އެދުމާއި، ލައިސަންސް ދޫކުރުމާއި، ލައިސަންސް އައުކުރުމާއި، ލައިސަންސް ބާތިލުކުރުމުގައްޔާއި ލައިސަންސް ދޫނުކޮށް ހިފެހެއްޓުމުގައި އަމަލުކުރާނީ، ގަވާއިދު ނަންބަރު 92-2020 (މަސްވެރިކަމާއި، މަސްވެރިކަމާ ގުޅުންހުރި އެހެނިހެން ހަރަކާތްތަކަށާއި އެކުއަކަލްޗަރ ކުރުމަށް ލައިސަންސް ދިނުމާއި ހުއްދަ ދިނުމުގެ އިޖުރާއަތުތަކާބެހޭ ގަވާއިދު) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ށ) މި ގަވާއިދުގެ ދަށުން ދޫކުރާ ލައިސަންސްތައް އައުކޮށްދިނުމުގައި، އެ ފަރާތަށް ދޫކޮށްފައިވާ ލައިސަންސްގެ މުއްދަތުގައި ލައިސަންސްގެ ށަރުތުތަކާ އެއްގޮތަށް އަމަލުކޮށްފައިވާ މިންވަރަށް ރިއާޔަތް ކުރެވޭނެއެވެ.
(ނ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން ދޫކުރާ ލައިސަންސަށް އެދި ހުށަހަޅާނީ، ފިށަރީޒް އިންފޮމޭށަން ސިސްޓަމް (އެފް.އައި.އެސް) "ކެޔޮޅު" ސޮފްޓްވެއަރ މެދުވެރިކޮށެވެ. މި ލައިސަންސަށް އެދި ހުށަހަޅަންޖެހޭ ގޮތުގެ ތަފުސީލު، މި މިނިސްޓްރީގެ ވެބްސައި ޓުގައި އާންމުކޮށް ށާއިއުކުރަންވާނެއެވެ.
6 ވަނަ މާއްދާ - ލައިސަންސް ދިނުމުގެ ށަރުތުތައް
(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތަކަށް ލައިސަންސް ދެވޭނީ، ގަވާއިދު ނަންބަރު 2020-92 (މަސްވެރިކަމާއި، މަސްވެރިކަމާ ގުޅުންހުރި އެހެނިހެން ހަރަކާތްތަކަށާއި އެކުއަކަލްޗަރ ކުރުމަށް ލައިސަންސް ދިނުމާއި ހުއްދަ ދިނުމުގެ އިޖުރާއަތުތަކާބެހޭ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ށަރުތުތަކުގެ އިތުރުން، އަންނަނިވި ށަރުތުތައް ފުރިހަމަވާ އުޅަނދުފަހަރަށެވެ.
- ދިވެހި ފަރުދެއް ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ގާނޫނީ ށަހްސެއްގެ ނަމުގައި ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ އުޅަނދެއް ކަމުގައި ވުން؛
- މިނިސްޓްރީން ލައިސަންސް ދީގެން ހިންގާ ޕްރޮސެސިންގ ފެސިލިޓީއެއްގެ ނަމުގައި ރަޖިސް ޓަރީކޮށްފައިވާ އަދި އެ ފަރާތުން އޮޕަރޭޓްކުރާ އުޅަނދެއް ކަމުގައި ވުން؛
- މިނިސްޓްރީން ކަނޑައަޅައިފައިވާ ވެސަލް ލޮކޭޓިންގ ޑިވައިސްއަކާއި އިލެކްޓްރޯނިކް އޮބްޒާވަރ ސިސްޓަމެއް ހަރުކޮށްފައިވުން؛
(ށ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އުޅަނދުފަހަރުން، މިނިސްޓްރީން ކަނޑައަޅައިފައިވާ ވެސަލް ލޮކޭޓިންގ ޑިވައިސްއެއް ހަރުކޮށްފައިވުން.
7 ވަނަ މާއްދާ - ލައިސަންސްގެ ށަރުތުތައް
މި ގަވާއިދުގެ ދަށުން ލައިސަންސް ލިބިފައިވާ އެންމެހައި ފަރާތްތަކުން، ލައިސަންސްގެ މުއްދަތުގައި، މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ލައިސަންސްގެ ށަރުތުތަކާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.
8 ވަނަ މާއްދާ - ލައިސަންސްގެ މުއްދަތާއި ފީ
މި ގަވާއިދުގެ ދަށުން މަސްވެރިކަމާ ގުޅުންހުރި ހަރަކާތް ހިންގާ އުޅަނދުފަހަރާއި ތަންތަނުގެ ލައިސަންސް ފީ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ގޮތުގެ މަތީން ނެގޭނެއެވެ. އަދި މި ގަވާއިދުގެ ދަށުން ދޫކުރާ ލައިސަންސް ދޫކުރެވޭނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ މުއްދަތުތަކަށެވެ.
9 ވަނަ މާއްދާ - މައުލޫމާތު އެއްކުރުމާއި ބެލެހެއްޓުން
(ހ) މި ގަވާއިދުގެ ދަށުން ލައިސަންސް ލިބިގެން ހަރަކާތްތެރިވާ ކަލެކްޓަރ އުޅަނދުފަހަރުން ގަންނަ މަހުގެ މައުލޫމާތު ނުވަތަ ޕާޗޭސް ރިޕޯޓް މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކޮށްފައިވާ "މަސްވެރިކަމާބެހޭ މައުލޫމާތު ރިކޯޑުކުރުމާއި ރިޕޯޓްކުރުމާބެހޭ އުސޫލު" ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރިކޯޑުކޮށް މިނިސްޓްރީއަށް ފޮނުވަންވާނެއެވެ.
(ށ) މި ގަވާއިދުގެ ދަށުން ލައިސަންސް ލިބިގެން އޮޕަރޭޓްކުރާ އައިސް ޕްލާންޓްތަކުން އައިސް ވިއްކައިފައިވާ ގޮތުގެ މައުލޫމާތު، މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކޮށްފައިވާ "މަސްވެރިކަމާބެހޭ މައުލޫމާތު ރިކޯޑުކުރުމާއި ރިޕޯޓްކުރުމާބެހޭ އުސޫލު" ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރިކޯޑުކޮށް މިނިސްޓްރީއަށް ފޮނުވަންވާނެއެވެ.
10 ވަނަ މާއްދާ - ފިށަރީޒް އޮބްޒާވަރުންނާއި ފިށަރީޒް ރޭންޖަރުން
(ހ) މި ގަވާއިދުން ލައިސަންސް ދީފައިވާ އުޅަނދެއްގައި އޮބްޒާ ވަރެއް ބެހެއްޓުމަށް މިނިސްޓްރީން ނިންމާ ނިންމުންތަކަށް އެއްބާރުލުންދީ، އުޅަނދުގެ ވެރިފަރާތުން ނުވަތަ އޮޕަރޭޓްކުރާ ފަރާތުން އެ އިންތިޒާމުތައް ހަމަޖައްސައިދޭންވާނެއެވެ. އަދި މިގޮތުން، އުޅަނދެއްގައި އޮބްޒާވަރެއް ބެހެއްޓުމަށް މިނިސްޓްރީން ބޭނުންވާ ހާލަތްތަކުގައި، މަދުވެގެން 48 (ސާޅީސްއަށެއް) ގަޑިއިރުގެ ކުރިން، ލައިސަންސް ދޫކޮށްފައިވާ ފަރާތަށް އެކަމުގެ ނޯޓިސް ދޭންވާނެއެވެ.
(ށ) މި ގަވާއިދުގެ ދަށުން އުޅަނދުގައި ހަރުކޮށްފައިވާ އިލެކްޓްރޯނިކް މޮނިޓަރިންގ ސިސްޓަމް ޓްރެކިން ނުވަތަ ސިގްނަލް ބަރާބަރަށް ނުލިބޭ ހާލަތުގައި އުޅަނދުގެ އޮޕަރޭށަން ކުރިޔަށް ގެންދިއުމަށް ޓަކައި މިނިސްޓްރީން ދޭ ހާއްސަ ހުއްދައިގެ ދަށުން، މިނިސްޓްރީން ކަނޑައަޅާ ފިށަރީޒް އޮބްޒާވަރެއްގެ ހާޒިރުގައި މަސް ގަތުމުގެ ނުވަތަ އުޅަނދަށް މަސް ބަރުކުރުމުގެ އޮޕަރޭށަން ކުރިޔަށް ގެންދެވިދާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން މިނިސްޓްރީގެ އޮބްޒާވަރެއް އުޅަނދެއްގައި ބަހައްޓާ ހާލަތްތަކުގައި އެ ފަރާތްތަކުގެ އެންމެހައި ދަތުރު ހަރަދުތަކާއި ހުރުމާއި ކެއުމުގެ އިންތިޒާމުތައް ހަމަޖެއްސުމަކީ ލައިސަންސްގެ ވެރިފަރާތުގެ ޒިންމާއެކެވެ.
(ރ) މިނިސްޓްރީގެ ގަވާއިދު ނަންބަރު 2020-75 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދު) ގެ ދަށުން މި މިނިސްޓްރީން ކަނޑައަޅާ އެންމެހައި އޮބްޒާވަރުންނާއި ރޭންޖަރުން އެ ފަރާތްތަކުގެ ޒިންމާތައް އުފުލުމުގައި ކުރާ ކޮންމެ ކަމަކަށް އުޅަނދުތަކުން އެއްބާރުލުން ދޭންވާނެއެވެ.
11 ވަނަ މާއްދާ - ގަވާއިދާ ހިލާފުވުން
(ހ) މި ގަވާއިދުގައި މަނާ ކަމެއް ކަމަށް ކަނޑައަޅައިފައިވާ ކަމެއް ކުރުން ނުވަތަ ކަމެއް ވަކި ގޮތަކަށް ކުރުމަށް ބަޔާންކޮށްފައިވާ އެއްވެސް ކަމެއް، މި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތް ނޫން އެހެން ގޮތަކަށް ކުރުމާއި، މި ގަވާއިދުގައިވާ ލައިސަންސްގެ ށަރުތަކާ ހިލާފުވުން ބެލެވޭނީ ކުށެއްގެ ގޮތުގައެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފިނަމަ، އެ ފަރާތަކަށް ފިޔަވަޅު އަޅާނީ، ގަވާއިދު ނަންބަރު 2020-74 (މަސްވެރިކަމުގެ ގާނޫނާއި ގަވާއިދާ ހިލާފު ހަރަކާތްތަކަށް އިދާރީ ފިޔަވަޅު އެޅުމާއި ޖޫރިމަނާކުރުމާބެހޭ ގަވާއިދު) ގައިވާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ނ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކުށްތަކަށް ނުވަތަ އިދާރީ ފިޔަވަޅު އެޅޭ ހަރަކާތްތަކަށް ފިޔަވަޅު އަޅާނީ، މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ ގޮތުގެ މަތީންނެވެ.
(ރ) މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހަރަކާތެއް ހިންގުމަށް ލައިސަންސެއް ލިބިފައިވާ ފަރާތަކުން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް ތަކުރާރުކޮށް ތިންވަނަ ފަހަރަށް ކޮށްފި ނަމަ، އެ ފަރާތަށް ދޫކޮށްފައިވާ ލައިސަންސް ބާތިލު ކުރެވޭނެއެވެ. އަދި އެ ފަރާތަކަށް ލައިސަންސް އަލުން ދޫކުރާނީ، ލައިސަންސް ބާތިލުކުރި ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ފަހުންނެވެ.
12 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި ލަފުޒެއް ނުވަތަ އިބާރާތެއް ހިމެނިފައިވާ ގޮތުން، ކަނޑައެޅިގެން އެހެން ގޮތަކަށް ދޭހަނުވާހައި ހިނދަކު، މި ގަވާއިދުގައި އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައި އެވަނީ، އެ ލަފުޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.
(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، އެކުއަކަލްޗަރ ކުރުމުގެ ކަންކަން ހިމެނޭގޮތުން މަސްވެރިކަމުގެ އެންމެހައި ކަންކަމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
(ށ) "ފިށަރީޒް ރޭންޖަރު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ 58 ވަނަ މާއްދާގެ
ދަށުން، މިނިސްޓްރީން އައްޔަނުކުރާ ފަރާތްތަކަށެވެ.
(ނ) "ކަލެކްޓަރ އުޅަނދު" ކަމަށް ބުނެފައި އެވަނީ، މަސްވެރި އުޅަނދަކުން ބާނައިފައިވާ މަސް ގަތުމަށް ޓަކައި އޮޕްރޭޓްކުރާ އުޅަނދުފަހަރަށެވެ.
(ރ) "މަސްވެރިކަންކުރުން" ކަމަށް ބުނެފައި އެވަނީ:
- ހިފުމަށާއި، ނެގުމަށާއި، މެރުމަށާއި ބޭނުމަށް މަސް ހޯދުން؛
- މަސް ހޯދުމަށް، ހިފުމަށް، ނެގުމަށް، ނުވަތަ މެރުމަށް މަސައްކަތްކުރުން؛
- އެ ކަންކަމުގެ ނަތީޖާއަކީ މަސް ހޯދުން، ހިފުން، ނެގުން، މެރުން ނުވަތަ މަސް ބޭނުންކަމުގައި ހިމެނޭ އެނޫންވެސް އެހެން ހަރަކާތްތައް ހިންގުން؛
- "ރޭޑިއޯ ބީކަން" ހިމެނޭގޮތަށް، މަސް ޖަމާކުރުވުމަށް ބޭނުންކުރާ އާލާތް ނުވަތަ އެގްރިގޭޓްކުރުމާ ގުޅޭ ސާމާނު ބެހެއްޓުން، ހޯދުން ނުވަތަ އަނބުރާ ހޯދުން؛
- މޫދުގައި ނުވަތަ ކަނޑުގައި ނުވަތަ ރަށެއްގެ އެއްގަމުގައި މި މާއްދާގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރު ނުވަތަ (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އެއްވެސް ހަރަކާތެއް ހިންގުމަށް ތައްޔާރުވުމަށް ޓަކައި އެއްވެސް ކަމެއް ހިންގުން.
(ބ) "އުޅަނދު" ކަމަށް ބުނެފައި އެވަނީ، މަސްވެރިކަމަށް ބޭނުންކުރާ ނުވަތަ މަސްވެރިކަންކުރުމަށް ތައްޔާރުކޮށްފައިވާ ނުވަތަ އާންމުގޮތެއްގައި މަސްވެރިކަން ނުވަތަ މަސްވެރިކަމާ ގުޅުންހުރި ހަރަކާތެއް ހިންގުމަށް ބޭނުންކުރާ ބާވަތެއްގެ އެއްވެސް އުޅަނދެއް، ކަނޑު ބޯޓެއް ނުވަތަ އެނޫންވެސް އުޅަނދަކަށެވެ.
(ޅ) "ލޮގްފޮތް" ކަމަށް ބުނެފައި އެވަނީ، މަސްވެރިކަމުގެ މައުލޫމާތު ހިމެނޭ ގޮތުން، މަސްވެރިކަމުގެ ދަތުރުގެ މައުލޫމާތު ރިކޯޑުކޮށް މިނިސްޓްރީއަށް ފޮނުވުމަށް ކަނޑައަޅައިފައިވާ ވަސީލަތަށެވެ.
(ކ) "ކެޔޮޅު" ކަމަށް ބުނެފައި އެވަނީ، މަސްވެރިކަންކުރާ އުޅަނދެއްގައި، އެ ވަގުތަކު ހުރި އެންމެ އިސް ޒިންމާ ހަވާލުވެފައިވާ ފަރާތަށެވެ.
(އ) "ކިރުވުން" ކަމަށް ބުނެފައި އެވަނީ ، މަސްވެރި އުޅަނދަކުން މަސްވެރިކަން ކުރުމަށްފަހު، އެ މަސް ވިއްކުމަށް ޓަކައި ނުވަތަ އެހެންވެސް ބޭނުމަކަށް މަސް ޕްރޮސެސްކުރާ ތަނަކަށް ނުވަތަ ބަނދަރަކަށް އެ އުޅަނދަކުން ބޭލުމަށެވެ.
(ވ) "ކުށް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގައި އަދި މި ގާނޫނުގެ ދަށުން އެކުލަވައިލާ ގަވާއިދުތަކުގައި ކުށެއް ކަމަށް ކަނޑައަޅައިފައިވާ އިދާރީ ކުށްތަކަށެވެ.
(މ) "އޮބްޒާވަރުން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ 69 ވަނަ މާއްދާގެ ދަށުން މިނިސްޓްރީން އައްޔަނުކުރާ ފަރާތްތަކަށެވެ.
(ފ) "ޕްރޮސެސްކުރުން" ކަމަށް ބުނެފައި އެވަނީ، ގިނަ ދުވަހަށް ބެހެއްޓުމަށް ޓަކައި ޕެކެޓްކުރުމަށް ނުވަތަ ބަންދުކުރުމަށް ނުވަތަ މަހަށް އެއްވެސް ބާވަތެއްގެ ބަދަލެއް ގެނައުމަށް ހިންގާ ހަރަކާތްތަކަށެވެ.
(ދ) "ޕްރޮސެސްކުރާ ތަންތަން" ކަމަށް ބުނެފައި އެވަނީ، ބިންބިމާއި، އިމާރާތްތަކާއި އެނޫންވެސް ތަންތަން، އަދި އެ ތަނެއްގައި:
- މަސް ނުވަތަ އެކުއަކަލްޗަރގެ އުފެއްދުންތައް ސާފުކޮށް،ބަންދުކޮށް، ފިނިކޮށް، ގަނޑުކޮށް، ލޮނުއަޅައި، ހިއްކައި، އެނޫންވެސް އެހެން ގޮތަކަށް ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގައި ވިއްކުމަށް ތައްޔާރުކުރާ ތަންތަން؛ ނުވަތަ
- ބަންދުކޮށް ނުވަތަ ޕެކެޓުކޮށް، ދަޅުގައި ބަންދުކޮށް، ހިއްކައި، ސާފުކޮށް، ލޮނުއަޅައި، ފިނިކޮށް، ގަނޑުކޮށް ނުވަތަ އެނޫންވެސް އެހެން ގޮތަކަށް ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގައި ވިއްކުމުގެ ބޭނުމަށް ޓަކައި، މަސް ނުވަތަ އެކުއަކަލްޗަރގެ އުފެއްދުންތައް ރައްކައުކޮށްފައި ބަހައްޓާ ތަންތަން.
(ތ) "ފިށަރީޒް އިންފޮމޭށަން ސިސްޓަމް – ކެޔޮޅު" ސޮފްޓްވެއަރ ކަމަށް ބުނެފައި އެވަނީ، މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތަކުގެ މައުލޫމާތު ރިކޯޑުކުރުމަށާއި މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް ހިންގުމަށް ބޭނުންވާ ލައިސަންސާއި ހުއްދަ ދޫކުރުމަށް މިނިސްޓްރީން ގާއިމްކޮށްފައިވާ އޮންލައިން ނިޒާމަށެވެ.
(ލ) "ޓްރާންސްށިޕްކުރުން" ކަމަށް ބުނެފައި އެވަނީ، ބަނދަރަކަށް ކިރުވައިފައި ނުވާ ނުވަތަ ލޭންޑްކޮށްފައިނުވާ މަސް، ކަނޑުގައި ދުއްވާ އެއް އުޅަނދުން އަނެއް އުޅަނދަށް ބަދަލުކުރުމަށެވެ.
(ގ) "ކެރިއަރު ނުވަތަ ރީފަރ އުޅަނދު" ކަމަށް ބުނެފައި އެވަނީ، ބަލްކުކޮށް ގަނޑުކުރި މަސް އުފުލުމަށް މަސް ފިނިކޮށް ބަހައްޓާނެ ސްޓޯރޭޖް ހިމެނޭ ގޮތަށް އުފައްދައިފައިވާ އުޅަނދަށެވެ.
(ޏ) "އެތެރެވަރި" ކަމަށް ބުނެފައި އެވަނީ، ގުދުރަތީގޮތުން އުފެދިފައިވާ އަތޮޅުތަކުގެ އެތެރެ ކަނޑަށެވެ.
(ސ) "މާސްޓަރު" ކަމަށް ބުނެފައި އެވަނީ، މަސްވެރިކަންކުރާ އުޅަނދެއްގައި، އެ ވަގުތަކު ހުރި އެންމެ އިސް ޒިންމާ ހަވާލުވެފައިވާ ފަރާތަށެވެ. މީގެ ތެރޭގައި، އުޅަނދުގެ ކެޔޮޅު ނުވަތަ ސްކިޕަރ ހިމެނެއެވެ.
(ޑ) "ވެރިފަރާތް" ކަމަށް ބުނެފައި އެވަނީ، ވެރިފަރާތުގެ ވާޖިބުތަކާއި ޒިންމާތައް އަދާކުރާ ނުވަތަ ވެރިފަރާތުގެ ހައްގު ލިބިގެންވާކަމަށް ބުނާ، ނުވަތަ އެ މީހެއްގެ އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން މީހެއްގެ ފަރާތުން ކަމުގައި ވިޔަސް ވެރިފަރާތުގެ ބާރުތަކާއި ވާޖިބުތައް އަދާކުރުމުގެ އިލްތިޒާމްތައް ގަބޫލުކުރާ ފަރާތާއި، ވެރިފަރާތާއި އެހެން ފަރާތަކާ ގުޅިފައިވާ ފަރާތް ނުވަތަ ފަރާތްތައް، ނުވަތަ ގާނޫނީ ށަހުސެއްގެ މެނޭޖަރ، ޑިރެކްޓަރ ނުވަތަ ސެކްރެޓަރީއަށެވެ.
(ޒ) "އޮޕަރޭޓަރު" ކަމަށް ބުނެފައި އެވަނީ، ވެރިފަރާތް، ޗާޓަރަރ، މާސްޓަރު އަދި އެ އުޅަނދު ދުއްވައިގެން ހޯދާ އިގްތިސާދީ ނުވަތަ މާލީ ފައިދާ ލިބޭ ފަރާތް ހިމެނޭ ގޮތުން، އެ އުޅަނދާ ހަވާލުވެ ހުރި، އެ އުޅަނދު ހިންގުމަށް ޒިންމާކުރެވިފައިވާ، ނުވަތަ އުޅަނދަށް އިރުށާދުތައް ދޭ، ނުވަތަ ކޮންޓްރޯލްކުރާ ކޮންމެ ފަރާތަކަށެވެ.
13 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
ޖަދުވަލު 2
ލައިސަންސްގެ ށަރުތުތައް
(ހ) އާންމު ށަރުތުތައް
- ލައިސަންސް ލިބިގެން ހަރަކާތްތެރިވާ އުޅަނދު ނުވަތަ ފެސިލިޓީގެ ބޭނުންކުރަންވާނީ، ލައިސަންސްގައި ބަޔާންކޮށްފައިވާ ވަގުތާއި ސަރަ ހައްދުތަކުގައި ލައިސަންސްގައި ބަޔާންކޮށްފައިވާ މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް ހިންގުމަށް އެކަންޏެވެ.
- ލައިސަންސް ދޫކޮށްފައިވާ އުޅަނދުގައި ނުވަތަ ފެސިލިޓީގައި ލައިސަންސްގެ ކޮޕީއެއް އާންމުކޮށް ފެންނާނޭހެން ބެހެއްޓުމާއި، ފިށަރީޒް އެންފޯސްމަންޓް އޮފިސަރަކު ނުވަތަ ފިށަރީޒް ރޭންޖަރަކު އެދިއްޖެނަމަ ލައިސަންސްގެ އަސްލު ނުވަތަ ލައިސަންސްގެ ކޮޕީ އެ ފަރާތަކަށް ދެއްކުން.
(ށ) ލޮގުފޮތުގެ މައުލޫމާތު މަސްވެރި އުޅަނދުފަހަރުން ނެގުމުގައި މިނިސްޓްރީއަށް އެހީތެރިވެދިނުން
- މި ގަވާއިދުގެ ދަށުން ލައިސަންސް ދީފައިވާ މަސްކިރުވާ އެންމެހައި އުޅަނދުފަހަރުން، މިނިސްޓްރީން އަންގާ ގޮތެއްގެ މަތީން، މަސްކިރުވާ އުޅަނދުތަކަށް ފުރިހަމަކުރާ މަސްވެރިކަމުގެ ލޮގްފޮތް ހޯދައި މިނިސްޓްރީއަށް ފޯރުކޮށްދިނުން.
- މަސްވެރިންގެ ފަރާތުން އެއްކުރާ ލޮގްފޮތުގެ މައުލޫމާތުގެ ސިއްރުކަން ހިފެހެއްޓުމާއި، މިނިސްޓްރީ ފިޔަވައި އެހެން އެއްވެސް ފަރާތަކާ އެ މައުލޫމާތު ހިއްސާ ނުކުރުން.
(ނ) ރިޕޯޓު ކުރުމުގެ ށަރު ތު ތައް
- މި ގަވާއިދުގެ ދަށުން ލައިސަންސް ދީފައިވާ މަސްކިރުވާ އެންމެހައި އުޅަނދުފަހަރުން މަސް ކިރުމުގެ ނުވަތަ މަސް ގަތުމުގެ އެއްވެސް މަރުހަލާއެއް ފެށުމުގެ ކުރިން މަސްވެރި އުޅަނދުގެ މަސްދަތުރުގެ ފުރިހަމަކޮށްފައިވާ ލޮގުފޮތުގެ ރިޕޯޓުތައް ހުށަހެޅިކަން ޔަގީން ކުރުން. އަދި މި ރިޕޯޓުތައް މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން، މިނިސްޓްރީން ކަނޑައަޅާ ތަނަކަށް ފޮނުވުން.
- މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކޮށްފައިވާ "މަސްވެރިކަމާބެހޭ މައުލޫމާތު ރިކޯޑުކުރުމާއި ހުށަހެޅުމާބެހޭ އުސޫލު" އާ އެއްގޮތްވާ ގޮތުގެ މަތީން ލައިސަންސް ލިބިފައިވާ ފަރާތްތަކުން މަސް ގަނެފައިވާ ގޮތުގެ ތަފުސީލު (ޕާރޗޭސް ރިޕޯޓު) މިނިސްޓްރީއަށް ހުށަހެޅުން. އެގޮތުން މަހާއި މަހުން ތަކެތި އުފެއްދުމަށް ބޭނުންކުރާ މަސް ބޭނި އުޅަނދާއި، މަސް ބޭނި ތާރީހާއި، މަސް ބޭނި ސަރަހައްދު (ދުވަހު މަސްވެރިކަން ރިޕޯޓްކުރާ ލޮގް ފޮތުގައި މަސް ބޭނި ސަރަހައްދު ފާހަގަކުރުމަށް ޖަހާ ގޮޅި ނަންބަރު) އަދި ބޭނިމަހުގެ ޖުމުލަ ބަރުދަނުގެ މައުލޫމާތުގެ އިތުރުން "މަސްވެރިކަމާބެހޭ މައުލޫމާތު ރިކޯޑުކުރުމާއި ހުށަހެޅުމާބެހޭ އުސޫލު" ގައި ބަޔާން ކޮށްފައިވާ އެހެނިހެން މައުލޫމާތު، ޕާރޗޭސް ރިޕޯޓުތަކުގައި ހިމެނުން.
- މި ގަވާއިދުގެ ދަށުން ލައިސަންސް ލިބިގެން އޮޕަރޭޓްކުރާ އެންމެހައި އައިސް ޕްލާންޓްތަކުން "މަސްވެރިކަމާބެހޭ މައުލޫމާތު ރިކޯޑުކުރުމާއި ހުށަހެޅުމާބެހޭ އުސޫލު" އާ އެއްގޮތްވާ ގޮތުގެ މަތީން އައިސް ވިއްކިގޮތުގެ މައުލޫމާތު ގަވާއިދުން ފޮނުވުން.
- ފޯރުކޮށްދޭ ހުރިހާ މައުލޫމާތަކީ ތެދު މައުލޫމާތު ކަމުގައި ވުމާއި، ފުރިހަމަ އަދި ސައްހަ މައުލޫމާތު ކަމުގައި ވުން.
(ރ) ތަންފީޒީ އޮފިސަރުންނާ އި، ފިށަރީ ޒް ރޭންޖަރުންނާ އި ފިށަރީ ޒް އޮބްޒާވަރުންނަށް އެއްބާރުލުންދިނުން
- ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) އާއި ގަވާއިދު ނަންބަރު 2020-75 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދު) އާ ގުޅިގެން އެ ފަރާތުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ތަންފީޒީ އޮފިސަރުންނާއި، ފިށަރީސް ރޭންޖަރުންނާއި، ފިށަރީސް އޮބްޒާރވަރުންނާއި، ހުއްދަދެވިފައިވާ އެހެނިހެން ފަރާތްތަކުން ކުރާ ކަންކަމުގައި ވެސް މާސްޓަރ ނުވަތަ/އަދި އުޅަނދުގެ ވެރިފަރާތުން ނުވަތަ އެ ފެސިލިޓީ އޮޕަރޭޓްކުރާ ފަރާތުން ފުރިހަމަ އެއްބާރުލުން ދިނުން.
(ބ) މަނާ ހަރަކާތްތައް
- މަސްވެރިކަންކުރުމުގެ ސައްހަ ލައިސަންސެއް ނެތް އުޅަނދުތަކުން މަސްގަތުން.
- މަސް ގަންނަ އުޅަނދަށް ދޫކޮށްފައިވާ ލައިސަންސްގެ ދަށުން މަސްވެރިކަން ކުރުމަށް ހުއްދަ ދީފައިނުވާ ބާވަތެއްގެ މަހެއް އެ އުޅަނދަކުން ގަތުން.
- ލައިސަންސް ލިބިގެން ހަރަކާތްތެރިވާ ކަލެކްޓަރ އުޅަނދު، އެއްވެސް ބާވަތެއްގެ މަސްވެރިކަމެއްގައި ހަރަކާތްތެރިވުން.
- ދިވެހިރާއްޖޭގެ އަތޮޅުތަކުގެ އެތެރެވަރިން ބޭރުގައްޔާއި ވަކި އަތޮޅެއްގެ ގޮތުގައި ގުދުރަތީގޮތުން އުފެދިފައިވާ ރަށްރަށުގެ އުރަފަށުން ފެށިގެން ވަށައިގެންވާ 1 (އެކެއް) ނޯޓިކަލް މޭލުގެ ސަރަހައްދުން ބޭރުގައި އެއް އުޅަނދުން އަނެއް އުޅަނދަށް މަސް ބަދަލުކުރުމުގެ ހަރަކާތެއް ހިންގުން.
- އެތެރެވަރީގެ ސަރަހައްދުތަކުގައި ނުވަތަ ވަކި އަތޮޅެއްގެ ގޮތުގައި ގުދުރަތީގޮތުން އުފެދިފައިވާ ރަށްރަށުގެ އުރަފަށުން ފެށިގެން ވަށައިގެންވާ 1 (އެކެއް) ނޯޓިކަލް މޭލުގެ ސަރަހައްދުގައި މި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތާ ހިލާފަށް މަސް ބަދަލުކުރުމުގެ ހަރަކާތް ހިންގުން.
- ލައިސަންސްގެ ދަށުން ހުއްދަދީފައި ނުވާ މަސް ޓްރާންސްށިޕްކުރުމުގެ ހަރަކާތެއް ހިންގުން.
- ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަ ދައިފައިވާ ގަވާއިދަކުން، ނުވަތަ މެނޭޖްމެންޓް ޕްލޭނަކުން ނުވަތަ އެހެން ގާނޫނަކުން ނުވަތަ ގަވާއިދަކުން ހިމާޔަތްކޮށްފައިވާ އެއްވެސް ބާވަތެއްގެ މަހެއް ގަތުން، އުޅަނދުގައި ބެހެއްޓުން، ރައްކައުކުރުން، ކަނޑުގައި ދުއްވާ އެއް އުޅަނދުން އަނެއް އުޅަނދަށް ބަދަލުކުރުން )ޓްރާންސްށިޕް(، އުޅަނދުގައި އެއްތަނުން އަނެއް ތަނަށް އުފުލުން.
- ވަކި މަސްވެރިކަމެއްގައި މަސްގަތުމަށް މިނިސްޓްރީން ކަނޑައަޅައިފައިވާ އެންމެ ދަށް އަގާ )ފްލޯ ޕްރައިސް( ހިލާފަށް އެއަށް ވުރެ ދަށް އަގަކަށް މަސްގަތުން ނުވަތަ މަސް ގަތުމަށް ހުށަހެޅުން.
- މަސްގަތުމުގައްޔާއި، އައިސް، ތެޔޮ ފަދަ ވަސީލަތްތައް ފޯރުކޮށްދިނުމުގައި މަސްވެރި އުޅަނދުތަކާމެދު އެއް ހަމައެއް ނުގެންގުޅުން.
(ޅ) ވެސަލް ލޮކޭޓިންގ ޑިވައިސް އާއި އިލެކްޓްރޯނިކް މޮނި ޓަރިންގ ސިސްޓަމް މި ގަވާއިދުގެ ދަށުން ވެސަލް ލޮކޭޓިންގ ޑިވައިސްއާއި އިލެކްޓްރޯނިކް މޮނިޓަރިންގ ސިސްޓަމް ހަރުކުރަންޖެހޭ އުޅަނދުފަހަރުން އަންނަނިވި ކަންތައްތަކަށް އަމަލުކުރުން:
- އުޅަނދުގައި ހަރުކޮށްފައިވާ ވެސަލް ލޮކޭޓިންގ ޑިވައިސްއާއި އިލެކްޓްރޯނިކް މޮނިޓަރިންގ ސިސްޓަމް އަބަދުވެސް އޮންކޮށްފައި ބެހެއްޓުން.
- މި ގަވާއިދުގެ ދަށުން ލައިސަންސް ދޫކޮށްފައިވާ އުޅަނދެއްގައި ހަރުކޮށްފައި ހުންނަ
"ވެސަލް ލޮކޭޓިންގ ޑިވައިސް" އެއްވެސް ސަބަބަކާ ހުރެ ނިވިއްޖެނަމަ، ނުވަތަ މިނިސްޓްރީއަށް އެ އުޅަނދުގެ ޕޮޒިށަން ނުފެންނަ ކަމަށް މިނިސްޓްރީން އުޅަނދަށް އަންގައިފިނަމަ، އުޅަނދު އޮތް ސަރަހައްދު (ތޫލު، އަރުޒު ވަކިން އެނގޭނޭހެން)، އުޅަނދުގެ ދުވެއްޔާއި އުޅަނދުގެ ހަރަކާތުގެ މައުލޫމާތު، ކޮންމެ 6 (ހައެއް) ގަޑިއެއްގެ އިރުން، މިނިސްޓްރީން ކަނޑައަޅާ ސެންޓަރަކަށް ލިޔުމުން ފޮނުވުން. - ވެސަލް ލޮކޭޓިންގ ޑިވައިސްއަށް ނުވަތަ އިލެކްޓްރޯނިކް މޮނިޓަރިންގ ސިސްޓަމަށް އެއްވެސް މައްސަލައެއް މެދުވެރިވެގެން މައްސަލަ ހައްލުނުވެ 7 (ހަތެއް) ދުވަހަށްވުރެ އިތުރުވެއްޖެނަމަ، އަލުން އުޅަނދު އޮޕަރޭށަނަށް ނުކުތުމުގެ ކުރިން، ވެސަލް ލޮކޭޓިންގ ޑިވައިސްއަށް ނުވަތަ އިލެކްޓްރޯނިކް މޮނިޓަރިންގ ސިސްޓަމަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުން.
- ވެސަލް ލޮކޭޓިންގ ޑިވައިސްއަށް ނުވަތަ އިލެކްޓްރޯނިކް މޮނިޓަރިންގ ސިސްޓަމަށް ދިމާވާ މައްސަލަ ހައްލުކުރުމުގައި ލައިސަންސް ދީފައިވާ ފަރާތުގެ ބާރުގެ ދަށުގައިނުވާ ކަމެއްގެ ސަބަބުން މި މާއްދާގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި މައްސަލަ ހައްލު ނުކުރެވޭ ހާލަތްތަކުގައި އުޅަނދުގެ އޮޕަރޭށަން ކުރިޔަށް ގެންދިއުމަށް ބޭނުންވާނަމަ، އެކަމަށް މިނިސްޓްރީން ހާއްސަ ހުއްދައެއް ހޯދުން.
- މި މާއްދާގެ 4 ވަނަ ނަންބަރުގެ ދަށުން ދޭ ހާއްސަ ހުއްދައިގެ ދަށުން އިލެކްޓްރޯނިކް މޮނިޓަރިންގ ސިސްޓަމް މައްސަލަޖެހިފައިވާ ހާލަތުގައި މަސްގަތުމުގެ ނުވަތަ ކަލެކްޓްކުރުމުގެ އޮޕަރޭށަން ކުރި ޔަށްގެންދާނަމަ، މިނިސްޓްރީން ކަނޑައަޅާ އޮބްޒާވަރެއް އުޅަނދުގައި ބެހެއްޓުން.
ޖަދުވަލު 3
ޖޫރިމަނާ ކަނޑައެޅިފައިވާ ގަވާއިދާ ހިލާފު ހަރަކާތްތަކާއި ފިޔަވަޅުތައް
ކިޔުންތެރިންގެ ހިޔާލު