ޓެކްސީ ގަވާއިދު (ގަވާއިދު ނަންބަރު 2022-132) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2023-77)
(މި ގަވާއިދަށް އަމަލުކުރަން ފެށީ/ފަށާނީ 23 މޭއި 2023 ގައި)
ޓެކްސީ ގަވާއިދު (ގަވާއިދު ނަންބަރު 2022-132) އަށް، އަަންނަނިވި އިސްލާހުތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 26 ވަނަ މާއްދާގެ (ށ) އާއި (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ށ) ޓެކްސީގެ ބިއްލޫރި ކަޅުކުރެވޭނީ، މަގެއްގެ އަރިމަތީގައި ހުންނަ މީހަކު އުޅަނދަކަށް ބަލާއިރު، އެ އުޅަނދުން ދަތުރުކުރާ ފަސިންޖަރުން ފެންނަން ހުންނަ ވަރަށެވެ.
(ނ) ޓެކްސީތަކުގެ އެތެރޭގައި ތިބޭ ފަސިންޖަރުންނާއި، ޑްރައިވަރާއި، ޓެކްސީގެ ބޭރު ފެންނަން ހުންނާނޭހެން ކެމެރާ ހަރުކޮށް، ޓެކްސީގެ ހިދުމަތް ފޯރުކޮށްދޭ ހުރިހާ ވަގުތެއްގައި އެ ކެމެރާތަކުން ރިކޯޑު ކުރެވެންވާނެއެވެ. މިގޮތަށް ކޮށްފައިވާ ރިކޯޑިންގތައް، އެ ރިކޯޑުކުރެވޭ ތާރީހުން ފެށިގެން މަދުވެގެން 7 (ހަތެއް) ދުވަހުގެ މުއްދަތަށް، އެ ޓެކްސީއެއްގެ ޓެކްސީ ސެންޓަރުން ބަލަހައްޓަންވާނެއެވެ. އަދި ޓެކްސީގައި ހަރުކޮށްފައިވާ ކެމެރާތަކުގައި،އަންނަނިވި މިންގަނޑުތައް ހުންނަންވާނެއެވެ.
- ޓެކްސީގައި ހަރުކޮށްފައިވާ ކެމެރާގެ ހާޑް ޑްރައިވްގައި ވީޑިއޯ އެންކްރިޕްޓްކޮށް ރައްކައުކުރެވޭނޭހެން ހުންނަންވާނެއެވެ.
- ޓެކްސީއަށް އަރާ ފަސިންޖަރުންގެ ރައްކައުތެރިކަމަށް ޓަކައި، ޓެކްސީގައި ހަރުކޮށްފައިވާ ކެމެރާގެ ވީޑިއޯތައް އެހެން އެއްވެސް ޑިވައިސްއަކަށް އެޅުމާއި، ވީޑިއޯ ރިކޯޑިންގތައް އެއްވެސް ހާލަތެއްގައި އެއްވެސް ފަރާތަކާ ހިއްސާ ކުރުމަކީ މަނާކަމެކެވެ.އަދި އެ ކެމެރާތަކުން ވީޑިއޯއާއެކު އަޑު ވެސް ރިކޯޑު ކުރެވެންވާނެއެވެ.
- ޓެކްސީ ދުއްވަމުންދާއިރު، އެ ޓެކްސީއެއްގައި ކެމެރާހަރުކޮށްފައިވާކަމާއި، އެ ކެމެރާއިން ރިކޯޑު ކުރަމުންދާކަން،ފަސިންޖަރުންނަށް، ޓެކްސީ ޑްރައިވަރު އަންގަންވާނެއެވެ.
- ޓެކްސީތަކުގައި ހަރުކޮށްފައިވާ ކެމެރާތަކުން ރިކޯޑުކުރާ ދުވަހުން ފެށިގެން ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ވީޑިއޯ ރިކޯޑިންގތައް އޯވަރރައިޓް ކުރެވި، އިންސްޓޯލްކޮށްފައިވާސިސްޓަމް ސްޓޯރޭޖް ޑިވައިސްގެ ތެރޭގައި ރައްކައުކުރެވެންވާނެއެވެ.
2 ވަނަ މާއްދާ - މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިޢުކުރާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.
މައި ގަވާއިދު
ޓެކްސީ ގަވާއިދު (ގަވާއިދު ނަންބަރު 2022-132)
ކިޔުންތެރިންގެ ހިޔާލު