-

އެއްގަމު އުޅަނދުގައި މުދާ އުފުލުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-135) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-75)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 22 ފެބުރުއަރީ 2023 ގައި)

 

ގަވާއިދު ނަންބަރު 2022-135 (އެއްގަމު އުޅަނދުގައި މުދާ އުފުލުމުގެ ގަވާއިދު) އަށް، އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ (ކ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ކ) މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ގޮތަށް މުދާ ބެހެއްޓި ނަމަވެސް، އެ އުޅަނދުގެ ޑްރައިވަރުގެ ކެބި ންއަށްވުރެ އުސްކޮށް މުދާ ބެހެއްޓުމަކީ މަނާކަމެވެ. ނަމަވެސް ކޮންޓައިނަރ އުފުލުމަށް ހާއްސަކޮށްފައިވާ އުޅަނދުގައި މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ފަދައިން އެހީތެރިޔަކު ނެތި ނުވަތަ އުޅަނދުގެ ޑްރައިވިންގ ކެބިންއަށްވުރެ އުސްކޮށް މުދާ އުފުލުމަކަށް ހުރަހެއް ނާޅާނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 23 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

(ބ) ''ކޮންޓެއިނަރ އުފުލުމަށް ހާއްސަކޮށްފައިވާ އުޅަނދު'' ކަމުގައި ބުނެފައި އެވަނީ، ޓްރައިލަރ ޓްރަކް ނުވަތަ ކާގޯގެ ގޮތުގައި އެއްތަނުން އަނެއްތަނަށް މުދާ އުފުލުމަށް ހާއްސަކޮށްފައިވާ 20 (ވިހި) ފޫޓުން ފެށިގެން 40 (ސާޅީސް) ފޫޓާ ދެމެދުގެ ދިގުމިން ހުންނަ ކޮންޓެއިނަރ އުފުލާ އުޅަނދުތަކަށެވެ.

 

3 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

އެއްގަމު އުޅަނދުގައި މުދާ އުފުލުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-135)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

އެއްގަމު އުޅަނދުގައި މުދާ އުފުލުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2022-135)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު