ކާބަންމޮނޮކްސައިޑް ނުވަތަ ފިލްޓަރޑް ސްމޯކް ބޭނުންކޮށްގެން މަހާއި މަހުގެ ބާވަތްތައް އުފައްދައި، އެ ތަކެތި އެކްސްޕޯޓްކުރުމާ ބެހޭ ގަވާއިދު
(ގަވާއިދު ނަންބަރު 2023-73)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 21 ފެބުރުއަރީ 2023 ގައި)
ބާބު 1
ތައާރުފު
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ 29 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 33 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާރުލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "ކާބަން މޮނޮކްސައިޑް ނުވަތަ ފިލްޓަރޑް ސްމޯކް ބޭނުންކޮށްގެން މަހާއި މަހުގެ ބާވަތްތައް އުފައްދައި، އެ ތަކެތި އެކްސްޕޯޓްކުރުމާ ބެހޭ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - ގަވާއިދުގެ މަގުސަދު
މި ގަވާއިދުގެ މަގުސަދަކީ، ދިވެހިރާއްޖޭގައި ކާބަން މޮނޮކްސައިޑް ނުވަތަ ފިލްޓަރޑް ސްމޯކް ބޭނުންކޮށްގެން މަހާއި މަހުގެ ބާވަތްތައް އުފައްދައި، އެ ތަކެތި އެކްސްޕޯޓްކުރުމަށް ބޭނުންވާ ހުއްދަ ދިނުމާއި، އެފަދަ ހުރިހާ ތަންތަނާއި، އެ ތަކެތި އުފައްދާ ހުރިހާ މަރުހަލާއެއްގައި އެ އުފެއްދުންތައް މޮނިޓަރކޮށް ބެލެހެއްޓުމުގެ އުސޫލުތައް ކަނޑައެޅުމެވެ.
3 ވަނަ މާއްދާ - ގަވާއިދު ހިނގާނެ ދާއިރާ
މި ގަވާއިދު ހިނގާނީ، ކާބަން މޮނޮކްސައިޑް ނުވަތަ ފިލްޓަރޑް ސްމޯކް ބޭނުންކޮށްގެން މަހާއި މަހުގެ ބާވަތްތައް ދިވެހިރާއްޖޭގައި އުފެއްދުމާއި އެ ބާވާތްތައް ދިވެހިރާއްޖެއިން އެކްސްޕޯޓްކުރުމުގެ އެންމެހައި މަރުހަލާތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށާއި ތަންތަނަށެވެ.
ބާބު 2
އާންމު މާއްދާތައް
44 ވަނަ މާއްދާ - ކާބަން މޮނޮކްސައިޑް ނުވަތަ ފިލްޓަރޑް ސްމޯކް ބޭނުންކޮށްގެން މަހާއި މަހުގެ ބާވަތްތައް އުފެއްދުމަށް ލައިސަންސް ނަގަންޖެހޭ ފަރާތްތައް
ކާބަން މޮނޮކްސައިޑް ނުވަތަ ފިލްޓަރޑް ސްމޯކް ބޭނުންކޮށްގެން މަހާއި މަހުގެ ބާވަތްތައް ދިވެހިރާއްޖޭގައި އުފައްދައި އެ ތަކެތި އެކްސްޕޯޓްކުރަންވާނީ، ގަވާއިދު ނަންބަރު 2020-92 (މަސްވެރިކަމާއި، މަސްވެރިކަމާ ގުޅުންހުރި އެހެނިހެން ހަރަކާތްތަކަށާއި އެކުއަކަލްޗަރ ކުރުމަށް ލައިސަންސް ދިނުމާއި ހުއްދަ ދިނުމުގެ އިޖުރާއަތުތަކާބެހޭ ގަވާއިދު) ގެ ދަށުން މިނިސްޓްރީން ދޫކުރާ ލައިސަންސް ހޯދުމަށްފަހުގައެވެ. މި ގޮތުން ކާބަން މޮނޮކްސައިޑް ނުވަތަ ފިލްޓަރޑް ސްމޯކް ބޭނުންކޮށްގެން މަހާއި މަހުގެ ބާވަތްތައް އުފައްދުމުގެ ހަރަކާތް ހިންގާ ކޮންމެ ފެސިލިޓީއަކަށް ވަކިން ލައިސަންސް ނަގަންވާނެއެވެ.
5 ވަނަ މާއްދާ - ލައިސަންސަށް އެދުމާއި، ދޫކުރުމާއި، ހިފެހެއްޓުމާއި، އައުކުރުމާއި ބާތިލުކުރުން
(ހ) ކާބަން މޮނޮކްސައިޑް ނުވަތަ ފިލްޓަރޑް ސްމޯކް ބޭނުންކޮށްގެން މަހާއި މަހުގެ ބާވަތްތައް ދިވެހިރާއްޖޭގައި އުފައްދައި، އެ ތަކެތި އެކްސްޕޯޓް ކުރުމަށް ލައިސަންސަށް އެދުމާއި، ލައިސަންސް ދޫކުރުމާއި، ލައިސަންސް އައުކުރުމާއި، ލައިސަންސް ބާތިލުކުރުމުގައި އަމަލުކުރާނީ، ގަވާއިދު ނަންބަރު 2020-92 (މަސްވެރިކަމާއި، މަސްވެރިކަމާ ގުޅުންހުރި އެހެނިހެން ހަރަކާތްތަކަށާއި އެކުއަކަލްޗަރ ކުރުމަށް ލައިސަންސް ދިނުމާއި ހުއްދަ ދިނުމުގެ އިޖުރާއަތުތަކާބެހޭ ގަވާއިދު) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ށ) މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލައިސަންސް ދޫކުރުމުގެ ކުރިން، ލައިސަންސަށް އެދޭ ފަރާތުގެ ކިބައިގައި އަންނަނިވި ކަންކަން ކުންފުންޏެއްނަމަ، އެ ކުންފުންޏަކީ ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ކުންފުންޏެއްކަން؛ (3) ކާބަން މޮނޮކްސައިޑް ނުވަތަ ފިލްޓަރޑް ސްމޯކް ބޭނުންކޮށްގެން މަހާއި މަހުގެ ބާވަތްތައް އުފެއްދުމަށް ބޭނުންކުރާ ތަނާއި އެ ތަނުގައި އުފައްދާ އުފެއްދުންތައް އުފެއްދުމަށް ބޭނުންކުރާ އާލާތްތައް ހުރީ މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ މިންގަނޑަށްކަން ކަށަވަރުކުރުމަށް، އެމް.އެފް.ޑީ.އޭ. އިން ބަލައި ފާސްކުރުމަށްފަހު، ހުއްދަ ދީފައިވާ ތަނެއްކަން.
(ނ) ކާބަން މޮނޮކްސައިޑް ނުވަތަ ފިލްޓަރޑް ސްމޯކް ބޭނުންކޮށްގެން މަހާއި މަހުގެ ބާވަތްތައް އުފައްދާ ތަނެއް ގާއިމުކޮށްފައިވަނީ، މާލެ ސިޓީ ސަރަހައްދު ނޫން އެހެން ސަރަހައްދެއްގައި ކަމަށް ވާނަމަ، އެ ތަނަށާއި އެ ތަނުގައި އުފައްދާ އުފެއްދުންތަކަށް ލައިސަންސް ދޫކުރުމަށް ޓަކައި ނުވަތަ އެމް.އެފް.ޑީ.އޭ. އިން ދޫކުރާ ހުއްދަ ދޫކުރުމަށް ޓަކައި ބަލައި ފާސްކުރުމަށް ކުރަންޖެހޭ ދަތުރުގެ އެންމެހައި އިންތިޒާމުތަކާއި ދަތުރު ހަރަދު،ލައިސަންސަށް އެދޭ ފަރާތުން ހަމަޖައްސައިދޭންވާނެއެވެ.
(ރ) މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލައިސަންސް އައުކުރުމަށް އެދޭނަމަ، ލައިސަންސްގެ މުއްދަތު ހަމަވުމުގެ 1 (އެކެއް( މަސްދުވަހުގެ ކުރިން އެކަން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. އަދި ގަވާއިދު ނަންބަރު 2020-92 (މަސްވެރިކަމާއި، މަސްވެރިކަމާ ގުޅުންހުރި އެހެނިހެން ހަރަކާތްތަކަށާއި އެކުއަކަލްޗަރ ކުރުމަށް ލައިސަންސް ދިނުމާއި ހުއްދަ ދިނުމުގެ އިޖުރާއަތުތަކާބެހޭ ގަވާއިދު) ގައިވާ ގޮތުގެ މަތީން ލައިސަންސް އައުކޮށްދޭންވާނީ، ލައިސަންސް ލިބިފައިވާ ފަރާތުން ފާއިތުވެދިޔަ ލައިސަންސްގެ މުއްދަތުގައި ލައިސަންސްގެ ށަރުތުތަކަށް އަމަލުކޮށްފައިވާ މިންވަރަށް ރިއާޔަތްކޮށް، ކާބަން މޮނޮކްސައިޑް ނުވަތަ ފިލްޓަރޑް ސްމޯކް ބޭނުންކޮށްގެން މަހާއި މަހުގެ ބާވަތްތައް އުފެއްދުމަށް ބޭނުންކުރާ ތަނާއި ބޭނުންކުރާ އާލާތްތައް މިނިސްޓްރީއާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބަލައި ފާސްކުރުމަށްފަހުގައެވެ.
6 ވަނަ މާއްދާ - ލައިސަންސްގެ ށަރުތުތައް
(ހ) ކާބަން މޮނޮކްސައިޑް ނުވަތަ ފިލްޓަރޑް ސްމޯކް ބޭނުންކޮށްގެން މަހާއި މަހުގެ ބާވަތްތައް ދިވެހިރާއްޖޭގައި އުފައްދައި، އެ ތަކެތި އެކްސްޕޯޓްކުރުމުގެ ލައިސަންސްގެ ށަރުތުތައް މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައި އެވަނީއެވެ. އަދި ލައިސަންސް ލިބިފައިވާ އެންމެހައި ފަރާތްތަކުން ލައިސަންސްގެ މުއްދަތުގައި އެ ށަރުތުތަކާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.
(ށ) ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ ޖަމްއިއްޔާތަކާއި ބައިނަލްއަގުވާމީ މުއާހަދާތަކާ ގުޅިގެން ދިވެހިރާއްޖެއިން ފުރިހަމަކުރަންޖެހޭ ބައިނަލްއަގްވާމީ އިލްތިޒާމްތަކާ ގުޅިގެން ނުވަތަ ދިވެހިރާއްޖެއިން މަސްވެރިކަން މެނޭޖްކުރުމަށް ނުވަތަ ތިމާވެށި ރައްކައުތެރި ކުރުމަށް ޓަކައި އަޅާ ފިޔަވަޅެއްގެ ނަތީޖާއެއްގެ ގޮތުން މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ލައިސަންސްތަކުގެ ށަރުތުތަކަށް އުނިއިތުރު ގެނައުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި މިފަދައިން އިތުރުކުރެވޭ ށަރުތުތައް އާންމުކޮށް އިއުލާނު ކުރުމަށްފަހު އެ ށަރުތުތަކާ އެއްގޮތަށް އަމަލުކުރަން ފެށުމަށް ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކަށް 30 (ތިރީސް) ދުވަހަށްވުރެ ކުރު ނޫން މުއްދަތެއް ދޭންވާނެއެވެ.
7 ވަނަ މާއްދާ - ލައިސަންސްގެ މުއްދަތާއި ފީ
(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލައިސަންސްގެ މުއްދަތަކީ، ލައިސަންސް ދޫކުރާ ތާރީހުން ފެށިގެން މީލާދީ 12 (ބާރަ) މަސްދުވަހެވެ.
(ށ) މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލައިސަންސް ދޫކުރަންވާނީ، މި ގަވާއިދުގެ ޖަދުވަލު 3 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފީ ނެގުމަށް ފަހުގައެވެ.
8 ވަނަ މާއްދާ - ފެސިލިޓީ އިންސްޕެކްޓް ކުރުން
(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލައިސަންސް ލިބިފައިވާ ތަނާއި ތަނުގެ އުފެއްދުންތައް، މިނިސްޓްރީގެ ބޭނުމަށް ފިށަރީޒް ރޭންޖަރުން ނުވަތަ ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ 59 މާއްދާއާއި، 60 މާއްދާއާއި، 61 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތަންފީޒީ އޮފިސަރުން ނުވަތަ މިނިސްޓްރީގެ މުވައްޒަފަކު ނުވަތަ މިނިސްޓްރީން ކަނޑައަޅާ ސަރުކާރުގެ އެހެން އިދާރާއެއްގެ މުވައްޒަފަކު މެދުވެރިކޮށް އިންސްޕެކްޓްކުރުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ށ) މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލައިސަންސް ލިބިފައިވާ ތަންތަނާއި އެ ތަންތަނުގައި އުފައްދާ މަހުގެ އުފެއްދުންތައް އިންސްޕެކްޓްކޮށް މޮނިޓަރ ކުރުމަށް ހަރަކާތްތެރިވާ ފިށަރީޒް ރޭންޖަރުންނަށާއި ފިށަރީޒް އޮބްޒާވަރުންނަށާއި، މިފަދަ އިންސްޕެކްށަނެއް ކުރިޔަށް ގެންދިއުމަށް މިނިސްޓްރީން ހުއްދަ ދީފައިވާ ސަރުކާރުގެ އެހެން އިދާރާތަކުގެ މުވައްޒަފުންނަށް އެ ފަރާތްތަކުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ލައިސަންސް ލިބިފައިވާ ފަރާތުން ފުރިހަމައަށް އެއްބާރުލުންދިނުމާއެކު، ތަނުގެ އޮޕަރޭށަނާ ގުޅޭ ތެދު މައުލޫމާތު ހިއްސާކުރަންވާނެއެވެ.
9 ވަނަ މާއްދާ - ކާބަން މޮނޮކްސައިޑާއި ފިލްޓަރޑް ސްމޯކް ބޭނުންކޮށްގެން މަހާއި މަހުގެ ބާވަތްތައް އުފެއްދުމުގައި އަމަލުކުރަންވީ ގޮތް
ކާބަންމޮނޮކްސައިޑް ނުވަތަ ފިލްޓަރޑް ސްމޯކް ބޭނުންކޮށްގެން މަހާއި މަހުގެ ބާވަތްތައް އުފައްދާ ތަން ތަނާއި، އުފައްދާ ތަކެތި ހުންނަންޖެހޭނީ ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ މިންގަނޑާ އެއްގޮތަށެވެ.
10 ވަނަ މާއްދާ - އުފައްދާ އުފެއްދުންތަކުގެ ޓްރޭސެބިލިޓީ ނިޒާމާއި، ރިކޯލް ކުރުން
(ހ) މަސް ބޭނީއްސުރެ މަހުން އުފެއްދުންތައް އުފެއްދުމުގެ ހުރިހާ މަރުހަލާއެއް ނިމެންދެން ނުވަތަ މަހާއި މަހުގެ ބާވަތްތައް ގަންނަ ފަރާތާ ހަމަޔަށް ފޯރުކޮށްދެވެންދެން ޓްރޭސްކުރެވޭނެ ނިޒާމެއް، މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލައިސަންސް ލިބިފައިވާ ތަންތަނުގައި ގާއިމުކޮށްފައި ހުންނަންވާނެއެވެ.
(ށ) އެއްވެސް ސަބަބަކާހުރެ މަހުގެ ބާވަތެއް ނުވަތަ އުފެއްދުމެއް ނައްތައިލަން ނުވަތަ ރިކޯލް ކުރަންޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ އުފެއްދުމެއްނައްތައިލަން ނުވަތަ ރިކޯލްކުރަން އެންގުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެއްޖެނަމަ، އެފަދަ ހާލަތެއް މެދުވެރިވި މަހާއި މަހުގެ އުފެއްދުމެއް ނައްތައިލާނީ ނުވަތަ ރީކޯލްކުރަންވާނީ، އެ ތަކެތި އެކްސްޕޯޓުކުރި ނުވަތަ އުފެއްދި ފަރާތުން، މިނިސްޓްރީގެ ފަރާތުން އެކަމާ ގުޅޭ ގޮތުން އަންގާ ގޮތެއްގެ މަތީންނެވެ.
(ރ) މި މާއްދާގެ (ނ) ގެ ދަށުން މަހުގެ ބާވަތެއް ނުވަތަ އުފެއްދުމެއް ނައްތައިލުމުގައި އަމަލުކުރާނެ ގޮތެއް ކަނޑައަޅާނީ، އެމް.އެފް.ޑީ.އޭ. ގެ މަށްވަރާޔާއެކު، އެ ފަރާތުގެ އިރުށާދުގެ ދަށުންނެވެ.
11 ވަނަ މާއްދާ - ލޭބަލްކުރުން
(ހ) ކާބަން މޮނޮކްސައިޑް ބޭނުންކޮށްގެން އުފައްދައިފައިވާ މަހާއި މަހުގެ ބާވަތްތަކުގެ ލޭބަލުގައި އެކަން އެނގޭނޭހެން ނުފޮހެވޭގޮތަށް އިނގިރޭސިބަހުން، "This product is Carbon Monoxid Treated“މިގޮތަށް ލިޔެފައި އޮންނަންވާނެއެވެ.
(ށ) ފިލްޓަރޑް ސްމޯކް ބޭނުންކޮށްގެން އުފައްދައިފައިވާ މަހާއި މަހުގެ ބާވަތްތަކުގެ ލޭބަލުގައި އެކަން އެނގޭނޭހެން ނުފޮހެވޭގޮތަށް އިނގިރޭސި ބަހުން، "This product is filtered smoke treated “މިގޮތަށް ލިޔެފައި އޮންނަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ލޭބަލް އެމް.އެފް.ޑީ.އޭ. އިން އެޕްރޫވް ކުރަންވާނެއެވެ. އަދި ލޭބަލް ހުންނަންވާނީ، އެމް.އެފް.ޑީ.އޭ. އިން ކަނޑައަޅައިފައިވާ "ބަންދުކުރި ކާބޯތަކެތި ލޭބަލްކުރުމުގެ ގައުމީ މިންގަނޑު (ނަންބަރު: (MFDA-FCD STAN Rev. 1 - 2016 ) ) 4-2014") އަދި "ކާބަންމޮނޮކްސައިޑް ބޭނުންކޮށްގެން މަހާއި މަހުގެ ބާވަތްތައް އުފެއްދުމުގެ ގައުމީ މިންގަނޑު" ނަންބަރު" (2021 -1 Rev) MFDA-FCD STAN 03-2017 ) ގައިވާ ގޮތަށެވެ.
12 ވަނަ މާއްދާ - މައުލޫމާތު އެއްކުރުމާއި، މައުލޫމާތު ބެލެހެއްޓުމާއި، މައުލޫމާތު ފޯރުވައިދިނުން
(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލައިސަންސް ލިބިގެން، ކާބަން މޮނޮކްސައިޑް ބޭނުންކޮށްގެން އުފައްދާ މަހާއި މަހުގެ އުފެއްދުންތަކާބެހޭ މައުލޫމާތު، ލައިސަންސް ލިބިފައިވާ ފަރާތުން، މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކޮށްފައިވާ "މަސްވެރިކަމާބެހޭ މައުލޫމާތު ރިކޯޑުކުރުމާއި ހުށަހެޅުމާބެހޭ އުސޫލު" ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މައުލޫމާތު އެއްކޮށް ބަލަހައްޓަންވާނެއެވެ. އަދި ބުނެވިދިޔަ އުސޫލުގައި ކަނޑައަޅައިފައިވާ ގޮތެއްގެ މަތީން މިނިސްޓްރީއަށް މި މަ އުލޫމާތު ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު، މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށް ރައްކައުތެރިކަމާއެކު ބަލަހައްޓަންވާނެއެވެ. އަދި މައްސަލައެއް ޖެހިއްޖެނަމަ، އެ ކަމާ ގުޅޭ ލިޔެކިޔުންތައް، މައްސަލަ ވަކިގޮތަކަށް ނިމެންދެން ބަލަހައްޓަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މިނިސްޓްރީއަށް ފޯރުކޮށްދޭ މައުލޫމާތަކީ ތެދު، ފުރިހަމަ މައުލޫމާތުކަމަށް ވާންވާނެއެވެ.
(ރ) ކާބަން މޮނޮކްސައިޑް ނުވަތަ ފިލްޓަރޑް ސްމޯކް ބޭނުންކޮށްގެން އުފައްދާ މަހާއި މަހުގެ އުފެއްދުންތަކުގެ މައުލޫމާތު، ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ބޭނުންވެއްޖެ ހިނދެއްގައި، މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލައިސަންސް ލިބިފައިވާ ފަރާތްތަކުން ފޯރުކޮށްދޭންވާނެއެވެ.
ބާބު 3
ގަވާއިދާ ހިލާފުވުމާއި ފިޔަވަޅު އެޅުން
13 ވަނަ މާއްދާ - މަނާ ހަރަކާތްތައް
(ހ) މި ގަވާއިދުގައި މަނާކަމެއްކަމަށް ކަނޑައަޅައިފައިވާ ކަމެއް ކުރުން ނުވަތަ ކަމެއް ވަކި ގޮތަކަށް ކުރުމަށް ބަޔާންކޮށްފައިވާ އެއްވެސް ކަމެއް މި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތް ނޫން އެހެން ގޮތަކަށް ކުރުމާއި،މި ގަވާއިދުގައިވާ ލައިސަންސުގެ ށަރުތަކާ ނުވަތަ ށަރުތުތަކާ ހިލާފުވުންބެލެވޭނީ ކުށެއްގެ ގޮތުގައެވެ.
(ށ) މި ގަވާއިދުގެ ދަށުން ލައިސަންސް ހޯދުމަށް ސައްހަނޫން މައުލޫމާތު ނުވަތަ ދޮގު މައުލޫމާތު ހުށަހެޅުމަކީ މަނާކަމެކެވެ.
(ނ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފިނަމަ، އެ ފަރާތަކަށް ފިޔަވަޅު އަޅާނީ، ގަވާއިދު ނަންބަރު 2020-74 (މަސްވެރިކަމުގެ ގާނޫނާއި ގަވާއިދާ ހިލާފު ހަރަކާތްތަކަށް އިދާރީ ފިޔަވަޅު އެޅުމާއި ޖޫރިމަނާކުރުމާބެހޭ ގަވާއިދު) ގައިވާ އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ރ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކުށްތަކަށް ނުވަތަ މަނާ ހަރަކާތްތަކަށް ފިޔަވަޅު އަޅާނީ، މި ގަވާއިދުގެ ޖަދުވަލު 4 އާއި ޖަދުވަލު 5 ގައިވާ ގޮތުގެ މަތީންނެވެ.
ބާބު 4
މާނަކުރުން
14 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި ލަފުޒެއް ނުވަތަ އިބާރާތެއް ހިމެނިފައިވާ ގޮތުން، އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހަނުވާހައި ހިނދަކު، މި ގަވާއިދުގައި އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައި އެވަނީ، އެ ލަފުޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.
(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، އެކުއަކަލްޗަރ ކުރުމުގެ ކަންކަން ހިމެނޭގޮތުން މަސްވެރިކަމުގެ އެންމެހައި ކަންކަމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
(ށ) "މިނިސްޓަރ" ކަމަށް ބުނެފައި އެވަނީ، އެކުއަކަލްޗަރ ކުރުމުގެ ކަންކަން ހިމެނޭގޮތުން މަސްވެރިކަމުގެ އެންމެހައި ކަންކަމުގެ މަސްއޫލިއްޔަތު ހަވާލުވެފައިވާ ވަޒީރަށެވެ.
(ނ) "އެމް.އެފް.ޑީ.އޭ" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށެވެ.
(ރ) "ކާބަންމޮނޮކްސައިޑް ބޭނުންކޮށްގެން މަހާއި މަހުގެ ބާވަތްތައް އުފެއްދުން" ކަމަށް ބުނެފައި އެވަނީ، ތާޒާ މަހާއި މަހުގެ ބާވަތްތަކުގައި ހުންނަ ކުލަ "ކާބަންމޮނޮކްސައިޑް" ނުވަތަ "ފިލްޓަރޑް ސްމޯކް"ބޭނުންކޮށްގެން ބަދަލުކޮށް، އެ ކުލަ ދިގުމުއްދަތަކަށް ދެމެހެއްޓުމަށެވެ.
(ބ) "ރީކޯލލްކުރުން" ކަމަށް ބުނެފައި އެވަނީ، ކާބަންމޮނޮކްސައިޑް ބޭނުންކޮށްގެން އުފައްދައިފައިވާ މަހާއި މަހުގެ ބާވަތްތައް އެކްސްޕޯޓު ކުރި ފަރާތަށް، އެކްސްޕޯޓުކުރި ތަކެތި އަނބުރާ ގެނައުމަށެވެ.
(ޅ) "ތަންފީޒީ އޮފިސަރު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ ދަށުން ހަދާ ގަވާއިދުތައް ތަންފީޒުކުރުމަށް ޓަކައި އެ ގާނޫނުގެ 57 ވަނަ މާއްދާގެ ދަށުން ކަނޑައަޅައިފައިވާ ކޮންމެ އޮފިސަރަކަށެވެ.
(ކ) "ފިށަރީޒް ރޭންޖަރު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ 58 ވަނަ މާއްދާގެ ދަށުން، މިނިސްޓްރީން އައްޔަނުކުރާ ފަރާތްތަކަށެވެ.
(އ) "މަސްވެރިކަންކުރުން" ކަމަށް ބުނެފައި އެވަނީ:
- ހިފުމަށާއި، ނެގުމަށާއި، މެރުމަށާއި ބޭނުމަށް މަސް ހޯދުން؛
- މަސް ހޯދުމަށް، ހިފުމަށް، ނެގުމަށް، ނުވަތަ މެރުމަށް މަސައްކަތްކުރުން؛
- އެ ކަންކަމުގެ ނަތީޖާއަކީ، މަސް ހޯދުން، ހިފުން، ނެގުން، މެރުން ނުވަތަ މަސް ބޭނުންކަމުގައި ހިމެނޭ އެނޫންވެސް އެހެން ހަރަކާތްތައް ހިންގުން؛
- "ރޭޑިއޯ ބީކަން" ހިމެނޭގޮތަށް، މަސް ޖަމާކުރުވުމަށް ބޭނުންކުރާ އާލާތް ނުވަތަ އެގްރިގޭޓްކުރުމާ ގުޅޭ ސާމާނު ބެހެއްޓުން، ހޯދުން ނުވަތަ އަނބުރާ ހޯދުން؛
- މޫދުގައި ނުވަތަ ކަނޑުގައި ނުވަތަ ރަށެއްގެ އެއްގަމުގައި މި މާއްދާގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރު ނުވަތަ (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އެއްވެސް ހަރަކާތެއް ހިންގުމަށް ތައްޔާރުވުމަށްޓަކައި އެއްވެސް ކަމެއް ހިންގުން.
(ވ) "އުޅަނދު" ކަމަށް ބުނެފައި އެވަނީ، މަސްވެރިކަމަށް ބޭނުންކުރާ ނުވަތަ މަސްވެރިކަން ކުރުމަށް ތައްޔާރުކޮށްފައިވާ ނުވަތަ އާންމުގޮތެއްގައި މަސްވެރިކަން ނުވަތަ މަސްވެރިކަމާ ގުޅުންހުރި ހަރަކާތެއް ހިންގުމަށް ބޭނުންކުރާ ބާވަތެއްގެ އެއްވެސް އުޅަނދެއް، ކަނޑު ބޯޓެއް ނުވަތަ އެނޫންވެސް އުޅަނދަކަށެވެ.
(މ) "ކުށް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގައި އަދި މި ގާނޫނުގެ ދަށުން އެކުލަވައިލާ ގަވާއިދުތަކުގައި ކުށެއް ކަމަށް ކަނޑައަޅައިފައިވާ އިދާރީ ކުށްތަކަށެވެ.
(ފ) "ޕްރޮސެސްކުރުން" ކަމަށް ބުނެފައި އެވަނީ، ގިނަދުވަހަށް ބެހެއްޓުމަކަށް ޓަކައި ޕެކެޓްކުރުމަށް ނުވަތަ ބަންދުކުރުމަށް ނުވަތަ މަހަށް އެއްވެސް ބާވަތެއްގެ ބަދަލެއް ގެނައުމަށް ހިންގާ ހަރަކާތްތަކަށެވެ.
(ދ) "ފިށަރީޒް އިންފޮމޭށަން ސިސްޓަމް – ކެޔޮޅު" ކަމަށް ބުނެފައި އެވަނީ، މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތަކުގެ މައުލޫމާތު ރިކޯޑުކުރުމަށާއި މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް ހިންގުމަށް ބޭނުންވާ ލައިސަންސާއި ހުއްދަ ދޫކުރުމަށް މިނިސްޓްރީން ގާއިމްކޮށްފައިވާ އޮންލައިން ނިޒާމަށެވެ.
(ތ) "އެޗް.އޭ.ސީ.ސީ.ޕީ" ކަމަށް ބުނެފައި އެވަނީ، ކާބޯތަކެތި ތައްޔާރުކުރުމުގެ ރައްކައުތެރިކަން ކަށަވަރުކޮށްދޭ ނިޒާމެއް ކަމުގައިވާ ހެޒަރޑް އެނަލިސިސް ކްރިޓިކަލް ކޮންޓްރޯލް ޕޮއިންޓަށެވެ.
(ލ) "ފެސިލިޓީ" ކަމަށް ބުނެފައި އެވަނީ، މަސް ޕްރޮސެސްކުރުމުގެ ހަރަކާތް ހިންގާ ތަނަށެވެ.
15 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު