-

ލޯ ފަރމްއާއި ލީގަލް ޕްރެކްޓިސް ދަފުތަރުކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2020-17) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-63)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 1 ޖަނަވަރީ 2023 ގައި)

 

ގަވާއިދު ނަންބަރު 2020-17 (ލޯ ފަރމްއާއި ލީގަލް ޕްރެކްޓިސް ދަފުތަރުކުރުމާބެހޭ ގަވާއިދު) އަށް އަންނަނިވި އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 2.7 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިޞްލާހުކުރުން.

އަހަރީ ފީ ނެގުން 7.2

(ހ) މި ގަވާއިދުގެ ދަށުން ދަފުތަރުކޮށްފައިވާ ލޯ ފަރމްތަކާއި ލީގަލް ޕްރެކްޓިސްތަކުގެ ތެރެއިން ފާއިތުވި އަހަރުގެ ޑިސެންބަރުމަހުގެ ނިޔަލަށް ލޯ ފަރމްތަކާއި ލީގަލް ޕްރެކްޓިސްތަކުގެ ދަފުތަރުގައި ހިމެނިފައިވާނަމަ، ފޭށޭ އަހަރުގެ މާރިޗު މަސް ނިމުމުގެ ކުރިން އެ އަހަރެއްގެ އަހަރީ ފީ، ބާ ކައުންސިލުގެ ފީ ށެޑިއުލްގައި ބަޔާންކޮށްފައިވާ ގޮ ތުގެ މަތިން، ބާ ކައުންސިލަށް ދައްކަންވާނެއެވެ.

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ލޯ ފަރމްއާއި ލީގަލް ޕްރެކްޓިސް ދަފުތަރުކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2020-17)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ލޯ ފަރމްއާއި ލީގަލް ޕްރެކްޓިސް ދަފުތަރުކުރުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2020-17)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު