-

ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1066) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-62)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 1 ފެބުރުއަރީ 2023 ގައި)

 

ގަވާއިދު ނަންބަރު 2019-1066 (ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 3-4 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ފީ ނެގުން 4-3.

(ނ) މި ގަވާއިދުގެ ދަށުން ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ހުއްދަ ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ފާއިތުވި އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ޕަބްލިކް ނޯޓަރީގެ ދަފުތަރުގައި ހިމެނިފައިވާނަމަ، ފޭށޭ އަހަރުގެ މާރިޗު މަސް ނިމުމުގެ ކުރިން އެ އަހަރެއްގެ އަހަރީ ފީ، ބާ ކައުންސިލަށް ދައްކަންވާނެއެވެ. އަދި މާރިޗު މަސް ނިމުމުގެ ކުރިން އެ އަހަރެއްގެ އަހަރީ ފީ ނުދައްކައިވާ ފަރާތްތަކުގެ ނަން ދަފުތަރުން އުނިކުރެވޭނެއެވެ.

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1066)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ގަވާއިދު) (ކޮންސޮލިޑޭޓެޑް ނަންބަރު 2019-1066)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު