-

އިމާރާތްކުރުމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގެ ދަށުން ނިންމާ ކަންކަން އިސްތިއުނާފު ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1014) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-52)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 23 ޖަނަވަރީ 2023 ގައި)

 

ގަވާއިދު ނަންބަރު 2019-1014 (އިމާރާތްކުރުމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގެ ދަށުން ނިންމާ ކަންކަން އިސްތިއުނާފު ކުރުމުގެ ގަވާއިދު)  އަށް 1 ވަނަ އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ދެވަނަ ބާބުގެ 7 ވަނަ މާއްދާގެ ކުރިޔަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.

އިސްތިއުނާފަށް ހުށަހެޅޭނެ ހާލަތު 1-6.

(ހ) އިމާރާތްކުރުމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދަކުން އަޅައިފައިވާ ފިޔަވަޅަކާ މެދު ތިރީގައިވާ ފަދައިން މިނިސްޓްރީީން ގޮތެއް ނިންމައިފައިވާ ކަންކަމުގައި ނިންމި ނިންމުން އިސްތިއުނާފުކުރަން ހުށަހެޅިދާނެއެވެ.

  1. ރަޖިސްޓަރީ ކުރެވޭ ގިންތި ނުވަތަ ދާއިރާއާ ގުޅޭ މައްސަލައެއްނަމަ، ރަޖިސްޓްރޭށަން ކޮމިޓީން ގޮތެއް ނިންމައިފައިވާ މައްސަލައެއް؛
  2. ނުރައްކައުތެރި އިމާރާތެއް ކަމަށް ކަނޑައެޅުމާ ގުޅޭ މައްސަލައެއްނަމަ، ނުރައްކައުތެރި އިމާރާތްތަކާ ގުޅޭ ކޮމިޓީން ގޮތެއް ނިންމައިފައިވާ މައްސަލައެއް؛
  3. މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރަށް ނުވަތަ (2) ވަނަ ނަންބަރަށް ނުފެތޭ މައްސަލައެއް ނަމަ، މިނިސްޓްރީ ގެ މައްސަލަ ބަލާ ކޮމިޓީން ގޮތެއް ނިންމައިފައިވާ މައްސަލަތައް.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 11 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލެވޭ އިސްތިއުނާފު ކޮމިޓީ އެކުލެވިގެންވަނީ، ތިރީގައި ބަޔާންކޮށްފައިވާ ދާއިރާތަކުން ކަނޑައެޅޭ ޖުމުލަ 9 (ނުވައެއް) މެންބަރުންގެ މައްޗަށެވެ. 

  1. އިމާރާތްކުރުމާ ގުޅޭ ދާއިރާއިން ފަންނ ތައުލީމު ނުވަތަ ތަޖުރިބާ ލިބިފައިވާ ފަރާތްތަކުގެ ތެރެއިން މިނިސްޓަރު ކަނޑައަޅާ 3 (ތިނެއް) މެންބަރުން؛
  2. އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ޖަމްއިއްޔާތަކުން ކަނޑައަޅާ 4 (ހަތަރެއް) މެންބަރުން؛
  3. ގާނޫނ ދާއިރާއިން ތައުލީމާއި ތަޖުރިބާ ހާސިލުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މިނިސްޓަރު ކަނޑައަޅާ 1 (އެކެއް) މެންބަރު؛
  4. ލޯކަލް ގަވަރމަންޓް އޮތޯރިޓީ ތަމްސީލުކުރާ، އެ އޮތޯރިޓީން ކަނޑައަޅާ، ތިރީގައިވާ ށަރުތުތަކުން ށަރުތެއް ފުރިހަމަވާ 1 (އެކެއް) މެންބަރު.
    4.1 އިމާރާތްކުރުމާ ގުޅޭ ދާއިރާއިން ފަންނީ ތައުލީމު ލިބިފައިވުން؛
    4.2 އިމާރާތްކުރުމާ ގުޅޭ ދާއިރާއިން ތަޖުރިބާ ލިބިފައިވުން؛
    4.3 އީއެކްސް ދަރަޖަ ނުވަތަ އެއަށްވުރެ މަތ ދަރަޖައެއްގެ މަގާމެއްގައި ހުރި ފަރާތަކަށް ވުން.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 18 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.

އިސްތިއުނާފުކުރާ މައްސަލަތައް ނިމުނު ގޮތް ހާމަކުރުން 1-18.

އިސްތިއުނާފުކުރި މައްސަލަ ނިންމިގޮތް، ތިރީގައިވާ މައުލޫމާތު ހިމެނޭގޮތަށް، މިނިސްޓްރީ ގެ ވެބްސައިޓުގައި އާންމުކޮށް ށާއިއުކުރަންވާނެއެވެ.

(ހ) މައްސަލައިގެ ނަންބަރު.

(ށ) މައްސަލައިގެ ބާވަތް.

(ނ) މައްސަލަ ހުށަހެޅި ފަރާތް.

(ރ) މައްސަލަ ހުށަހެޅި ތާރީހު.

(ބ) މައްސަލަ ހުށަހެޅި ގޮތް.

(ޅ) މައްސަލައިގެ ހުލާސާ.

(ކ) މައްސަލަ ނިންމުނު ގޮތް.

(އ) މައްސަލަ ނިންމުނު ތާރީހު.

(ވ) މިނިސްޓްރީ ގެ ތައްގަނޑު.

 

4 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުންފެށިގެންނެވެ.

 

މައި ގަވާއިދު

އިމާރާތްކުރުމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގެ ދަށުން ނިންމާ ކަންކަން އިސްތިއުނާފު ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1014)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

އިމާރާތްކުރުމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގެ ދަށުން ނިންމާ ކަންކަން އިސްތިއުނާފު ކުރުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2019-1014)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު