ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1066) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2023-15)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 4 ޖަނަވަރީ 2023 ގައި)
ގަވާއިދު ނަންބަރު 2019-1066 (ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހު ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 2-4 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާ އިތުރުކުރުން.
ފީ ނެގުން 3-4.
(ހ) ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ހުއްދަ ދޫކުރުމަށާއި ހުއްދަ އައުކުރުމަށް އަދި އަހަރީ ފީގެ ގޮތުގައި ބާ ކައުންސިލުގެ ފީ ށެޑިއުލްގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފީއެއް ނެގޭނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހިދުމަތްތައް ފޯރުކޮށްދެވޭނީ، ބާ ކައުންސިލުގެ ފީ ށެޑިއުލްގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެ ހިދުމަތަކަށް ކަނޑައެޅިފައިވާ ފީ، ބާ ކައުންސިލަށް ދެއްކުމުންނެވެ.
(ނ) މި ގަވާއިދުގެ ދަށުން ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ހުއްދަ ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ފާއިތުވި އަހަރުގެ ޑިސެންބަރުމަހުގެ ނިޔަލަށް ޕަބްލިކް ނޯޓަރީގެ ދަފްތަރުގައި ހިމެނިފައިވާނަމަ، ފެށޭ އަހަރުގެ ޖަނަވަރީމަސް ނިމުމުގެ ކުރިން އެ އަހަރެއްގެ އަހަރީ ފީ، ބާ ކައުންސިލަށް ދައްކަންވާނެއެވެ. އަދި ޖަނަވަރީމަސް ނިމުމުގެ ކުރިން އެ އަހަރެއްގެ އަހަރީ ފީ ނުދައްކައިވާ ފަރާތްތަކުގެ ނަން ދަފުތަރުން އުނިކުރެވޭނެއެވެ.
(ރ) ބާ ކައުންސިލުން އާންމުކޮށްފައިވާ ގަވާއިދެއްގެ ދަށުން ބާ ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަން ޖެހި ނުދައްކައިވާ ފަރާތަކަށް، މި ގަވާއިދުގެ ދަށުން އިތުރު އެއްވެސް ހިދުމަތެއް ނުދެވޭނެއެވެ.
2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
މައި ގަވާއިދު
ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1066)
ކޮންސޮލިޑޭޓެޑް ގަވާއިދު
ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2019-1066)
ކިޔުންތެރިންގެ ހިޔާލު