-

ގާނޫނީ ވަކީލުން ދަރަޖަކުރުމާ ގުޅޭ ގަވާއިދު (ގަވާއިދު ނަންބަރު 2019-1089) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-14)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 4 ޖަވަނަރީ 2023 ގައި)

 

ގަވާއިދު ނަންބަރު 2019-1089 (ގާނޫނީ ވަކީލުން ދަރަޖަކުރުމާ ގުޅޭ ގަވާއިދު) އަށް އަންނަނިވި އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 15 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާ އިތުރުކުރުން.

ފީ ނެގުން 1-15.

(ހ) ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ވަކާލާތުކުރުމުގެ ހުއްދަ ދޫކުރުމަށާއި، ހައިކޯޓުގައި ވަކާލާތުކުރުމުގެ ހުއްދަ ދޫކުރުމަށް ބާ ކައުންސިލުގެ ފީ ށެޑިއުލްގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފީއެއް ނެގޭނެއެވެ.

މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހިދުމަތްތައް ފޯރުކޮށްދެވޭނީ، ބާ ކައުންސިލުގެ ފީ ށެޑިއުލްގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެ ހިދުމަތަކަށް ކަނޑައެޅިފައިވާ ފީ، ބާ ކައުންސިލަށް ދެއްކުމުންނެވެ.

(ށ) ބާ ކައުންސިލުން އާންމުކޮށްފައިވާ ގަވާއިދެއްގެ ދަށުން ބާ ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަން ޖެހި ނުދައްކައިވާ ފަރާތަކަށް، މި ގަވާއިދުގެ ދަށުން އިތުރު އެއްވެސް ހިދުމަތެއް ނުދެވޭނެއެވެ.

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ގާނޫނީ ވަކީލުން ދަރަޖަކުރުމާ ގުޅޭ ގަވާއިދު (ގަވާއިދު ނަންބަރު 2019-1089)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ގާނޫނީ ވަކީލުން ދަރަޖަކުރުމާ ގުޅޭ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2019-1089)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު