-

އިންވެސްޓްމަންޓް ފަންޑް ރަޖިސްޓަރީކޮށް ހިންގުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2016-57) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2022-246)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 21 ޑިސެމްބަރު 2022 ގައި)

 

ގަވާއިދު ނަންބަރު 2016-57 (އިންވެސްޓްމަންޓް ފަންޑް ރަޖިސްޓަރީކޮށް ހިންގުމާބެހޭ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 2 ވަނަ މާއްދާގެ (ހ) އަށް އަންނަނިވި އިބާރާތުގެ މާނަ އިތުރުކުރުން.

(ހ) "ކޮލިފައިޑް އިންވެސްޓަރުން" ކަމަށް ބުނެފައި އެވަނީ، ތަބީއީ ށަހުސެއްނަމަ އެ ފަރާތެއްގެ ނަމުގައި 1 (އެކެއް) މިލިޔަން ރުފިޔާ ނުވަތަ ގާނޫނީ ށަހުސެއްނަމަ، އެ ފަރާތެއްގެ ނަމުގައި 5 (ފަހެއް) މިލިޔަން ރުފިޔާއާ އެއްވަރުގެ ނުވަތަ އެއަށްވުރެ އިތުރު ނެޓް ވޯތު ހުންނަ ފަރާތްތަކަށެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) އަންނަނިވި ފަދައިން އިސްލާހުކުރުން.

(ށ) އިންވެސްޓްމަންޓް ފަންޑް ރަޖިސްޓަރީކުރުމަށް އެދޭ ފަރާތްތަކުން، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ހިމެނޭގޮތަށް، އޮތޯރިޓީން ކަނޑައަޅާ ފޯމުން އޮތޯރިޓީއަށް އެޕްލިކޭށަން ހުށަހަޅަންވާނެއެވެ. 

 

3 ވަނަ މާއްދާ - 3 .ބުނެވިދިޔަ ގަވާއިދުގެ 21 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ރަޖިސްޓަރޭށަން ފީ 21.

(ހ) އިންވެސްޓްމަންޓް ފަންޑެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްދެވޭނީ، 1،000 (އެއްހާސް) ރުފިޔާގެ ފީއެއް، އޮތޯރިޓީއަށް ދެއްކުމުންނެވެ.

(ށ) ހަމައެކަނި ކޮލިފައިޑް އިންވެސްޓަރުންނަށް ބައިވެރިވެވޭގޮތަށް މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކުރާ ފަންޑު ރަޖިސްޓަރީ ކޮށްދެވޭނީ، 5،000 (ފަސްހާސް) ރުފިޔާގެ ފީއެއް އޮތޯރިޓީއަށް ދެއްކުމުންނެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 22 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.

އިސްތިސްނާ ދެވިފައިވާ ފަންޑު 23.

(ހ) ތިރީގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ އިންވެސްޓްމަންޓް ފަންޑުތަކަށް މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އިސްތިސްނާ ދެވޭނެއެވެ.

  1. ހަމައެކަނި ކޮލިފައިޑް އިންވެސްޓަރުންނަށް ބައިވެރިވެވޭގޮތަށް ހިންގާ ފަންޑު؛ އަދި
  2. އިންވެސްޓަރުންގެ އަދަދު 2000 (ދެހާސް) އަށްވުރެ މަދު ފަންޑު.

(ށ) މި މާއްދާގެ (ހ) އާ އެއްގޮތްވާ ގޮތުގެ މަތީން އުފައްދައި ހިންގާ ފަންޑުތަކަށް މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ "ޕްރައިވެޓް އިންވެސްޓްމަންޓް ފަންޑު" ގެ މާނައިންނާއި، 6 ވަނަ މާއްދާއާއި 17 ވަނަ މާއްދާއަށް އަމަލުކުރުން އިސްތިސްނާ ވާނެއެވެ.

(ނ) މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ "ޕްރައިވެޓް އިންވެސްޓްމަންޓް ފަންޑު" ގެ މާނައިން 23 ވަނަ މާއްދާގެ ދަށުން އުފައްދާ ފަންޑު އިންތިސްނާ ވީނަމަވެސް، ޕްރައިވެޓް އިންވެސްޓްމަންޓް ފަންޑުތަކުން އަމަލުކުރަންޖެހޭ މި ގަވާއިދުގެ އެ ނޫން އެންމެހައި މާއްދާއެއް އެފަދަ ފަންޑުތަކުގެ މައްޗަށް ހިނގާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ފަންޑެއްގައި އިންވެސްޓުކުރުމުގެ ކުރިން އިންވެސްޓަރުން އިގްރާރެއްގައި ސޮއިކުރަންވާނެއެވެ. މިފަދަ އިގްރާރެއްގައި، އެންމެ މަދުވެގެން ވެސް އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. މި ގަވާއިދުގައި ބަޔާންކޮށްފައިވާ ފަދަ ކޮލިފައިޑް އިންވެސްޓަރެއްކަން؛ އަދި
  2. އެ ފަރާތުން ފަންޑުގައި އިންވެސްޓްކުރަނީ ފަންޑުގެ މައުލޫމާތު ފުރިހަމައަށް ލިބި، ރިސްކް އެނގިހުރެކަން.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ އިގްރާރު، ފަންޑު ދެމިއޮންނަ މުއްދަތުގައި ފަންޑުން ބަލަހައްޓަންވާނެއެވެ. އަދި އޮތޯރިޓީން އެދިއްޖެނަމަ، އެފަދަ އިގްރާރު އޮތޯރިޓީއަށް ފޯރުކޮށްދޭންވާނެއެވެ.

 

5 ވަނަ މާއްދާ - މި ގަވާއިދުން ބުނެވިދިޔަ ގަވާއިދަށް އިތުރުކުރާ މާއްދާތަކާ ގުޅިގެން އެ ގަވާއިދުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ވަކި މާއްދާއަކަށް ނުވަތަ ވަކި މާއްދާއެއްގެ ބަޔަކަށް ހަވާލާދީފައިވާ ތަންތަން، މި ގަވާއިދުން ގެންނަ އިސްލާހުތަކާ ގުޅިގެން ބަދަލުކުރުން.

 

7 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ. 

 

މައި ގަވާއިދު

އިންވެސްޓްމަންޓް ފަންޑް ރަޖިސްޓްރީކޮށް ހިންގުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2016-57)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

އިންވެސްޓްމަންޓް ފަންޑް ރަޖިސްޓްރީކޮށް ހިންގުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2016-57)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު