-

ކައުންސިލްތަކުން ދިވެހި ފުލުހުންގެ އެހ ތެރިކަން ހޯދުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2022-239)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 15 ޑިސެމްބަރު 2022 ގައި)

 

1 ވަނަ މާއްދާ - ތައާރަފު

މިއީ، ލޯކަލް ކައުންސިލްތަކުން އެކުލަވައިލައި ގެޒެޓްކޮށްފައިވާ މުނިސިޕަލް ގަވާއިދުތައް ތަންފީޒުކުރުމުގެ ބޭނުމަށް، ކައުންސިލްތަކުން ދިވެހި ފުލުހުންގެ އެހީ ތެރިކަން ހޯދުމާ ގުޅޭ އުސޫލުތައް ބަޔާންކުރުމަށް ޓަކައި، ގާނޫނު ނަންބަރު 2010-07 (ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަޒުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 2-66 ވަނަ މާއްދާގެ (ށ) ގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ކައުންސިލްތަކުން އެކުލަވައިލާ މުނިސިޕަލް ގަވާއިދުތައް ތަންފީޒުކުރުމުގައި، އެ ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރަންޖެހޭ ފަރާތްތަކުން އެ ގަވާއިދުތަކަށް އަމަލުކުރަން އިއުތިރާޒުކުރާ ހާލަތުގައި ކައުންސިލުތަކުން ފުލުހުންގެ އެހީތެރިކަމަށް އެދުމާއި، އެފަދައިން އެދޭ ހާލަތްތަކުގައި ފުލުހުން އެހީތެރިކަން ކައުންސިލްތަކަށް ފޯރުކޮށްދިނުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމެވެ.

 

3 ވަނަ މާއްދާ - ކައުންސިލުން އެހީތެރިކަމަށް އެދި ހުށަހަޅާ ހުށަހެޅުމާ ގުޅިގެން ފުލުހުން އަމަލުކުރާނެ ގޮތް

(ހ) މި ގަވާއިދުގެ ދަށުން ކައުންސިލަކުން ފުލުހުންގެ އެހީތެރިކަމަށް އެދިއްޖެ ހިނދެއްގައި، ވީ އެންމެ އަވަސް ފުރުސަތެއްގައި ފުލުހުން އެކަމަށް އިޖާބަދީ،އެހީ ތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަންވާނެއެވެ.

(ށ) މި މާއްދާގައި (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި އެހީތެރިން ފޯރުކޮށްދެވެން ނެތްނަމަ، ސަބަބު ބަޔާންކޮށް، އެހީތެރިކަން އެދުނު ކައުންސިލަކަށް އެކަން އަންގަންވާނެއެވެ.

(ނ) މި ގަވާއިދުގެ ދަށުން ކައުންސިލުން އެހީ އަށް އެދޭ ކަންކަމުގައި ކޯޓުއަމުރެއް ހޯދަން ޖެހިއްޖެނަމަ، އެ އަމުރެއް ހޯދުމުގެ އެންމެހައި ކަމެއް ކުރަންވާނ ، އެ ކައުންސިލަކުންނެވެ.

 

4 ވަނަ މާއްދާ - ފުލުހުންގެ އެހީތެރިކަމަށް އެދެވިދާނެ ހާލަތްތައް

މި ގަވާއިދުގެ ދަށުން، އަންނަނިވި ހާލަތްތަކުގައި، ކައުންސިލްތަކަށް ފުލުހުންގެ އެހީތެރިކަމަށް އެދެވިދާނެއެވެ.

(ހ) ގާނޫނު ނަންބަރު 2010-07 (ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަޒުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުންނާއި، އެ ގާނޫނުގެ ދަށުން ކައުންސިލަކުން އެކުލަވައިލައިފައިވާ ރަށްވެހިކަމުގެ ގަވާއިދަކާ ހިލާފުވެގެން ކައުންސިލު އިދާރާއަށް ހާޒިރުވުމަށް އަންގާ އެންގުމަށް އިޖާބަނުދޭ ފަރާތްތައް ކައުންސިލު އިދާރާއަށް ހާޒިރުކުރުވުން.

(ށ) ޖިނާއީ ކުށެއް އެކުލެވިގެން ނުވާ، އާންމު އިޖުތިމާއ މިންގަނޑުތަކާ ހިލާފުކަމެއް ނުވަތަ ތިމާވެށްޓާ ގުޅޭ ކަމެއް ނުވަތަ މަސްވެރިކަމާ ނުވަތަ ދަނޑުވެރިކަމާ ނުވަތަ ފަތުރުވެރިކަން ފަދަ ކަމަކާ ގުޅޭ ކަމެއް ކައުންސިލުގެ ފަރާތުން ތަންފީޒުކުރަން މަސައްކަތްކޮށް، ފުލުހުންގެ އެހީތެރިކަމާއެކު ނޫނީ ތަންފީޒު ނުކުރެވޭ ކަމެއް ނަމަ، ފުލުހުންގެ ހިދުމަތް ބޭނުންކޮށްގެން މައްސަލަ ހައްލުކުރަން އެދުން.

(ނ) ކައުންސިލުން ތަންފީޒުކުރަން ކުރާ ކަމަކަށް އެއްވެސް ފަރާތަކުން ހުރަސްއަޅާ ނަމަ، އެ ކަމަކަށް އެ ހުރަސްއަޅާ ފަރާތަކާ ނުވަތަ ފަރާތްތަކާ ދޭތެރޭގައި ގާނޫނީ ފިޔަވަޅު އަޅަން ޖެހުން.

(ރ) ކައުންސިލުން އެކުލަވައިލާ މުނިސިޕަލް ގަވާދުތަކާ ގުޅިގެން ކައުންސިލުގެ ނިންމުމެއް ނުވަތަ ގަރާރެއް ނުވަތަ ކޯޓު އަމުރެއް ނުވަތަ ހުކުމެއް ތަންފީޒުކުރުމަށް ފުލުހުންގެ ހިދުމަތަށް އެދުން.

 

5 ވަނަ މާއްދާ - ފުލުހުންގެ އެހީތެރިކަމަށް އެދޭނެ ގޮތް

(ހ) ކައުންސިލުން ފުލުހުންގެ އެހީތެރިކަން ބޭނުންވާ ކަމެއް މެދުވެރިވެއްޖެނަމަ، ސީދާ ފުލުހުންގެ މައި އިދާރާއަށް ނުވަތަ އެ ކައުންސިލަކާ އެންމެ ކައިރީގައި ހުރި ފުލުހުންގެ މަރުކަޒަކަށް ނުވަތަ ފުލުސް ޕޯސްޓަކަށް ނުވަތަ ފުލުސް ޑެސްކަކަށް ހުށަހަޅައިގެން އެހީތެރިކަމަށް އެދެންވާނެއެވެ.

(ށ) މި މައްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ފުލުހުންގެ އެހީތެރިކަމަށް އެދޭނަމަ، މި ގަވާއިދުގެ ޖަދުވަލު 1 ގައި ވާ ފޯމު ފުރިހަމަކޮށްފައި ހުށަހަޅަންވާނެއެވެ.

 

6 ވަނަ މާއްދާ - އަމާން ވެށްޓެއް ބިނާކުރުމުގައި ޖަމާއަތުގެ ބައިވެރިވުން

(ހ) ކައުންސިލުގެ އިހްތިސާސް ހިނގާ މުޖުތަމައަކ ރައްކައުތެރި އަމާން ވެށްޓެއްގެ ގޮތުގައި ދެމެހެއްޓުމުގައި މުޖުތަމަ އުގެ ދައުރު ފުޅާކޮށް، ރައްޔިތުންނާއި ކުލަބު، ޖަމްއިއްޔާ ޖަމާއަތްތަކާއި ދައުލަތުގެ އިދާރާތަކުގެ ބައިވެރިވުން އެންމެ މަތީ ދަރަޖައިގައި ހޯދުމަށް ކައުންސިލްތަކުން މަސައްކަތް ކުރަންވާނެއެވެ.

(ށ) ކައުންސިލްތަކުން ފުލުހުންގެ އެހީތެރިކަމަށް އެދެންވާނ ، ރަށުފެންވަރުގައި ހައްލުކުރަން މަސައްކަތްކޮށް، ފުލުހުންގެ އެހީތެރިކަން ކޮންމެހެން ބޭނުންވާ ކަންކަމުގައެވެ.

(ނ) ރަށްރަށުގެ އިޖުތިމާއ އެއްބައިވަންތަކަން ހިފަހައްޓައި، ޖިނާއީ ކުށްތަކުންނާއި މަދަނ ކުށްތަކުން ދުރުކުރުމަށް މުޖުތަމައު ހޭލުންތެރިކުރުވުމަށާއި އަމާން ވެށްޓެއް ބިނާކުރުމަށް ޖަމާއަތުގެ ފެންވަރުގައި ރައްޔިތުންނާއި ކުލަބު، ޖަމްއިއްޔާ ޖަމާއަތްތަކާއި ދައުލަތުގެ އިދާރާތަކުގެ ބައިވެރިވުމާއެކު މަސައްކަތްކުރާނޭ ނިޒާމެއް ކައުންސިލްތަކުން ގާއިމްކުރަންވާނެއެވެ.

 

7 ވަނަ މާއްދާ - ފުލުހުންގެ އެހީތެރިކަމަށް އެދުމުގައި ކައުންސިލުން ފުރިހަމަކުރަންވ ކަންކަން

ފުލުހުންގެ އެހީތެރިކަމަށް ކައުންސިލްތަކުން އެދުމުގައި، އަންނަނިވި ކަންކަން ފުރިހަމަ ކުރަންވާނެއެވެ.

(ހ) މުނިސިޕަލް ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް އިއުތިރާޒުކުރާ ފަރާތްތަކަށް ނަސޭހަތްދިނުމާއި ވިސްނައިދިނުން.

(ށ) އެ ކަމަކަށް ހާއްސަ ފަންނ ފަރާތްތަކުގެ އެހީތެރިކަމާއި މަދަދު،ރަށުފެންވަރުގައްޔާއި ސިޓީ ފެންވަރުގައި ހޯދުން.

(ނ) ކައުންސިލުން އެކުލަވައިލައިފައިވާ ގަވާއިދެއްގެ ދަށުން، ގަވާއިދާ ހިލާފުވުމުން ކައުންސިލުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުން.

(ރ) މަތީ ގައިވާ ފިޔަވަޅުތަކާއެކު ވެސް އެ މައްސަލައެއް ހައްލުނުވެ، އެއ ފުލުހުންގެ އެހީތެރިކަން ހޯދަންޖެހުން ނުވަތަ އެއީ އެކަމުގެ ބާވަތުން ފުރަތަމަ މަރުހަލާގައި ވެސް ފުލުހުން އެހީ ހޯދަންޖެހޭ ފަދަ މައްސަލައެއްކަމަށް ފެނުން.

 

8 ވަނަ މާއްދާ - ފުލުހުންގެ އެހީތެރިކަމަށް އެދެވޭ މައްސަލަތަކުގެ ރިކޯޑު ބެލެހެއްޓުން

ރަށުގެ އާންމު މަސްލަހަތާ ގުޅޭ މައްސަލަތަކާއި ށަކުވާތައް ހުށަހަޅާނޭ ނިޒާމެއް ކައުންސިލްތަކުން ގާއިމްކުރަންވާނެ އެވެ. އަދި ހުށަހެޅޭ މައްސަލަތަކާއި ށަކުވާތައް ބަލައި،ފުލުހުންނަށް ހުށަހެޅޭ މައްސަލަތަކާއި އެ މައްސަލަތަކާ ގުޅޭ ލިޔެލިޔުން ކައުންސިލުން ބަލަހައްޓަންވާނެއެވެ.

 

9 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، އަންނަނިވި ލަފުޒުތަކާއި އިބާރާތްތައް މާނަކުރާނީ އަންނަނިވި ގޮތަށެވެ.

(ހ) ފުލުހުން ނުވަތަ ފުލުހުންގެ އިދާރާ ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2020-34 (ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު) ގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ދިވެހި ފުލުހުންގެ ހިދުމަތް" އަށެވެ.

(ށ) ކައުންސިލު ނުވަތަ ކައުންސިލުގެ އިދާރާ ކަމަށް ބަޔާންކޮށްފައި އެވަނ، ގާނޫނު ނަންބަރު 2010-07 (ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަޒުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް އުފައްދާ ލޯކަލް ކައުންސިލުގެ އިދާރާތަކަށެވެ.

(ނ) "މުނިސިޕަލް ގަވާއިދު" ކަމަށް ބަޔާންކޮށްފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަޒުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން ކައުންސިލްތަކުން އެކުލަވައިލައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށްފައިވާ ގަވާއިދުތަކަށެވެ.

(ރ) "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަޒުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު" ކަމަށް ބަޔާންކޮށްފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަޒުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) އަށެވެ.

 

10 ވަނަ މާއްދާ - މި ގަވާއި ދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

 

މައި ގާނޫނު

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-07)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު