-

ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-101) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާޢދު

(ގަވާއިދު ނަންބަރު 2022-235)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 6 ޑިސެމްބަރު 2022 ގައި)

 

ގަވާއިދު ނަންބަރު 2022-101 (ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު) އަށް 1 ވަނަ އިސްލާހު ގެނައުން. 

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 37 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހު ކުރުން.

މުއްދަތު ގުނާނެ ގޮތް 37.

(ހ) ގާނޫނު ނަންބަރު 2021-32  (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 283 ވަނަ މާއްދާގެ ބޭނުމަށް ޓަކައި، އިސްތިއުނާފު ކުރުމުގެ 30 (ތިރީސް) ދުވަހާއި، އެ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ 6 (ހައެއް) މަސްދުވަހުގެ މުއްދަތު ގުނާނީ، އެ ޤާނޫނުގެ 424 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 40 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހު ކުރުން.

40. (ށ) ވަގުތީ އަމުރާއި އެހެނިހެން އަމުރުތަކުގެ އިސްތިއުނާފުތައް ފިޔަވައި އެހެނިހެން އިސްތިއުނާފުގެ މައްސަލަތަކުގައި އިސްތިއުނާފީ ދަޢުވާއަށް ލިޔުމުން ޖަވާބު ދިނުމަށް ޓަކައި އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް، މަދުވެގެން 20 (ވިހި) ދުވަހުގެ ފުރުސަތެއް ކޯޓުން ދޭންވާނެއެވެ. ވަގުތީ އަމުރާއި އެހެނިހެން އަމުރުތަކުގެ މައްސަލަތަކުގެ އިސްތިއުނާފީ ދަޢުވާއަށް ޖަވާބު ދިނުމަށް، މަދުވެގެން 5 (ފަހެއް) ދުވަސް ދޭންވާނެއެވެ. 

 

3 ވަނަ މާއްދާ - މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-101)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2022-101)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު