މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދަށް 29 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2022-217)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 27 ނޮވެމްބަރު 2022 ގައި)
ގަވާއިދު ނަންބަރު 2011-43 (މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ށ) އަލަށް ތަރައްގ ކޮށްފައިވާ ޓޫރިސްޓް ރިޒޯޓުތަކާއި، އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓްތަކާއި، ރިޒޯޓް ހޮޓާތަކާއި، ހޮޓާތަކާއި، ޓޫރިސްޓް ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސްތައް މި މާއްދާގެ (ހ) ގެ ދަށުން ރަޖިސްޓަރީ ކުރުމަށް އެދި ހުށަހެޅުމުގެ ކުރިން، ޓެކްސް ގާނޫނުތަކާއި ގަވާއިދުތަކަށް އެ ތަންތަން ތަބާވުމަށް ތައްޔާރުވެފައިވާ މިންވަރު ބެލުމަށް އެދި މީރާއަށް ހުށަހަޅައި، އެ ފަދަ އިންސްޕެކްށަނަކަށް މަގުފަހިކޮށްދޭންވާނެއެވެ.
2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ގާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާތަނެއް ނުވަތަ އުޅަނދެއް ހިންގުމުގެ ހުއްދަ ސަރުކާރުގެ ކަމާބެހޭ އިދާރާއިން ދޫކޮށްފައިވާ ފަރާތަކުން އެއިން ކޮންމެ ތަނަކާއި އުޅަނދެއްރަޖިސްޓަރީ ކުރަންވާނީ ވަކިންނެވެ. އަދި އެ ފަދަ ތަނެއްގައި ނުވަތަ އުޅަނދެއްގައި ހިންގާ، ގާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ތަންތަން ރަޖިސްޓަރީ ކުރަންވާނީ، އެ ތަނެއް ހިންގަމުންދާ ތަނާ ނުވަތަ އުޅަނދާ އެކުގައެވެ.
3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.
(ނ) މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތް ދޭ ތަނެއްގެ މުވައްޒަފުންނަށް ހާއްސަކޮށްގެން އެއްވެސް ފަރާތަކުން އެ ތަނުގައި ހިންގާ ފިހާރަ ރަޖިސްޓަރީ ކުރަންވާނީ އެ ފަރާތުން ހިންގާ ޓެކްސް ނެގޭ އެހެން ހަރަކާތްތަކާ ވަކިންނެވެ.
4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 13 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ރ) ގާނޫނާއި މި ގަވާއިދުގެ ދަށުން ޖީ.އެސް.ޓީ ނެގުން ހުއްދަ ނޫން ފަރާތަކުން ފޯރުވައިދޭ އެއްވެސް މުދަލަކަށް ނުވަތަ ހިދުމަތަކަށް ޖީ.އެސް.ޓީ ނަގައިފިނަމަ، ނުވަތަ ރަޖިސްޓަރީ ކޮށްފައިވާ ފަރާތަކުން ފޯރުވައިދޭ މުދަލުގެ ނުވަތަ ހިދުމަތްތަކުގެ ތެރެއިން ޖީ.އެސް.ޓީ ނަގަން ނުޖެހޭ މުދަލަކަށް ނުވަތަ ހިދުމަތަކަށް ޖީ.އެސް.ޓީ ނަގައިފިނަމަ ނުވަތަ ނަގަންޖެހޭ އަދަދަށްވުރެ އިތުރަށް ޖީ.އެސް.ޓީ ނަގައިފިނަމަ، މުދާ ނުވަތަ ހިދުމަތް ލިބިގަތް ފަރާތަށް އެ އަދަދު އަނބުރައި ނުދޭހައިހިނދަކު، އެގޮތުން ނެގުނު ޖީ.އެސް.ޓީ. ގެ އަދަދު ޓެކުހުގެ ގޮތުގައި މީރާއަށް ދައްކަންވާނެއެވެ.
5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 43 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ބ) ގާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިބަޔާންކޮށްފައިވާ ތަނެއް ނުވަތަ އުޅަނދެއް ހިންގާ ފަރާތަކުން، އެ ތަނެއްގެ ނުވަތަ އެ އުޅަނދެއްގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހިންގާ ފިހާރައަކަށް މުދަލާއި ހިދުމަތް ފޯރުވައިދޭނަމަ، އަދި އެ ފިހާރަ ހިންގާ ފަރާތަކީ އެ ތަން ނުވަތަ އެ އުޅަނދު ހިންގާ ފަރާތް ކަމުގައިވާނަމަ، އަދި އެ ފިހާރަ ހިންގާ ފަރާތް ޖީ.އެސް.ޓީ. އަށް ރަޖިސްޓަރީ ކޮށްފައިވާނަމަ، އެ ފަދަ މުދަލާއި ހިދުމަތުން، ގާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާތަނުން ނުވަތަ އުޅަނދުން އައުޓްޕުޓް ޓެކްސް ނަގާކަށް ނުޖެހޭނެއެވެ.
6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 54 ވަނަ މާއްދާގެ (މ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(މ) ޓޫރިސްޓް ރިޒޯޓެއްގައި ނުވަތަ އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓެއްގައި ވަޒީފާގައި އުޅޭ، އެ ރިޒޯޓުގައި އޭނާގެ ވަޒީފާ މެދުކެނޑުމެއްނެތި އަދާކުރަމުންދާ މ ހަކަށް އެ ރިޒޯޓުގައި ފޯރުވައިދޭ މުދަލާއި ހިދުމަތްތަކަށް މި މާއްދާގެ (ރ) އާއި، (ބ) އާއި، (ޅ) އާއި، (ކ) އާއި، (އ) އާއި، (ވ) ރައްދެއް ނުވާނެއެވެ.
7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 78 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާތަކެއް އިތުރުކުރުން.
ޖީ.އެސް.ޓީ ބަޔާނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް 1-78.
(ހ) ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން ހުށަހަޅާ ޖީ.އެސް.ޓީ ބަޔާނާއެކު، އަންނަނިވި ލިޔެކިޔުންތައް މީރާއަށް ހުށަހަޅަންވާނެއެވެ.
- ރަޖިސްޓަރީ ކޮށްފައިވާ ފަރާތުން އިންޕުޓް ޓެކުހުގެ ގޮތުގައި އެއްވެސް އަދަދެއް އުނިކުރާނަމަ، މީރާއިން ކަނޑައަޅާ ނަމޫނާއާ އެއްގޮތްވާ ގޮތުގެ މަތ ން ތައްޔާރުކޮށްފައިވާ އިންޕުޓް ޓެކްސް ސްޓޭޓްމަންޓެއް؛
- މި އަކުރުގެ (1) ވަނަ ނަންބަރު ރައްދުވާނަމަ، އިންޕުޓް ޓެކުހުގެ ގޮތުގައި އުނިކުރާ ކޮންމެ އަދަދެއް ނިސްބަތްވާ ޓެކްސް އިންވޮއިސްގެ އަސްލު؛
- މީރާއިން ކަނޑައަޅާ ނަމޫނާއާ އެއްގޮތްވާ ގޮތުގެ މަތީން ތައްޔާރުކޮށްފައިވާ އައުޓްޕުޓް ޓެކްސް ސްޓޭޓްމަންޓެއް.
(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރަށް އަމަލަކުރާނީ، ކޮމިށަނަރ ޖެނެރަލް ކަނޑައަޅާ ފަރާތްތަކުންނެވެ.
(ނ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ޖީ.އެސް.ޓީ ބަޔާނާއެކު ހުށަހަޅާ ޓެކްސް އިންވޮއިސްތައް ތަރުތީބުކޮށްފައި ހުންނަންވާނީ، އިންޕުޓް ޓެކްސް ސްޓޭޓްމަންޓުގައި އެ އިންވޮއިސްތައް ލިސްޓުކޮށްފައިވާ ތަރުތީބުންނެވެ.
(ރ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ހުށަހަޅާ ޓެކްސް އިންވޮއިސްއަކީ ގާނޫނާއި މި ގަވާއިދުގައި ކަނޑައަޅައިފައިވާ ހަމަތަކާ ހިލާފަށް ތައްޔާރުކޮށްފައިވާ ޓެކްސް އިންވޮއިސްއެއް ކަމަށް މީރާގެ އޮފިސަރަކަށް ފެނިއްޖެނަމަ، އަންނަނިވި ތާރީހުތަކުން ފެށިގެން 30 (ތިރީސް) ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް އެ ޓެކްސް އިންވޮއިސް ހިފެހެއްޓިދާނެއެވެ.
- ރަޖިސްޓަރީ ކޮށްފައިވާ ފަރާތުން ގާނޫނު ނަންބަރު 2010-03 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އިއުތިރާޒުކޮށްފައި ނުވާނަމަ، ނުވަތަ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނުވަތަ ކޯޓެއްގެ ނިންމުމެއް އިސްތިއުނާފުކުރުމަށް ދީފައިވާ މުއްދަތުގެ ތެރޭގައި އިސްތިއުނާފުކޮށްފައި ނުވާނަމަ، ގާނޫނު ނަންބަރު 2010-03 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވާ ތާރީހު ނުވަތަ އިސްތިއުނާފުކުރުމަށް ދީފައިވާ މުއްދަތު ހަމަވާ ތާރީހު؛
- ރަޖިސްޓަރީ ކޮށްފައިވާ ފަރާތުން، ގާނޫނު ނަންބަރު 2010-03 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އިއުތިރާޒުކޮށްފައިވާނަމަ، ޓެކްސް އެޕީލް ޓްރައިބިއުނަލުން ނުވަތަ ކޯޓަކުން އެ އިއުތިރާޒާމެދު ފަހުގެ ނިންމުން ނިންމާ ތާރީހު.
(ބ) މި މާއްދާގެ (ރ) ރައްދުވާނަމަ:
- އެ ޓެކްސް އިންވޮއިސް ބެލުމުގެ ހުއްދައަކަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތަށް އެދެވިދާނެއެވެ. އަދި އެ ޓެކްސް އިންވޮއިސް ބެލުމުގެ ހުއްދަ ދީފިނަމަ، އެ ފަރާތަށް އެ ޓެކްސް އިންވޮއިސް ބެލޭނީ މީރާގެ އޮފިސަރެއްގެ ބެލުމުގެ ދަށުންނެވެ.
- އެ ޓެކްސް އިންވޮއިސްގެ ފޮޓޯއަކަށް ނުވަތަ ކޮޕ އަކަށް،ރަޖިސްޓަރީ ކޮށްފައިވާ ފަރާތަށް އެދެވިދާނެއެވެ. އަދި:
- މީރާގެ އޮފިސަރެއްގެ ބެލުމުގެ ދަށުން އެ ޓެކްސް އިންވޮއިސްގެ ފޮޓޯއެއް ނުވަތަ ކޮޕީ އެއް ނެގިދާނެއެވެ؛ނުވަތަ
- މީރާގެ އޮފިސަރަކު އެ ޓެކްސް އިންވޮއިސްގެ ފޮޓޯއެއް ނުވަތަ ކޮޕ އެއް ނެގުމަށްފަހު އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތަށް ފޮނުވަންވާނެއެވެ.
(ޅ) ރަޖިސްޓަރީ ކޮށްފައިވާ ފަރާތުން މި މާއްދާގެ (ބ) ގެ ދަށުން އެދޭ އެދުމަކަށް އިޖާބަދީފިނަމަ ޓެކްސް އެޕީލް ޓްރައިބިއުނަލަށް ނުވަތަ ކޯޓަކަށް ހުށަހަޅައިފައިވާ ނުވަތަ ހުށަހަޅާނީެ މައްސަލައަކަށް ހުރަސްއެޅޭނެކަމަށް ކޮމިށަނަރ ޖެނެރަލަށް ގަބޫލުކުރެވޭނަމަ، އެ ފަދަ އެދުމަކަށް އިޖާބައެއް ނުދެވޭނެއެވެ.
(ކ) ޖީ.އެސް.ޓީ ބަޔާނާއެކު ހުށަހަޅާ ޓެކްސް އިންވޮއިސްއެއް ނުވަތަ ޖީ.އެސް.ޓީ ބަޔާނުގައިވާ އިންޕުޓް ޓެކްސް އުނިކުރުމެއް (އެ އުނިކުރުމާ ގުޅޭ ޓެކްސް އިންވޮއިސް އޮތްކަމުގައި ނުވަތަ ނެތްކަމުގައި ވީނަމަވެސް) ގާނޫނާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތްތޯ ކަނޑައެޅުމަށް މީރާގެ އޮފިސަރަކު ކުރާ މުރާޖައާއަކީ، ގާނޫނު ނަންބަރު 2010-03 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ 3 ވަނަ ބާބުގެ ބޭނުމަށް، އޮޑިޓެއް ނުވަތަ ތަހުގ ގެއް ކަމުގައެއް ނުބެލެވޭނެއެވެ.
(އ) ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން އިންޕުޓް ޓެކްސް ސްޓޭޓްމަން ޓާއި އައުޓްޕުޓް ޓެކްސް ސްޓޭޓްމަންޓް މީރާއަށް ހުށަހަޅާނީ، އަންނަނިވި ވަސީލަތްތަކުގެ ތެރެއިން، މީރާއިން ކަނޑައަޅާ ވަސީލަތެއް މެދުވެރިކޮށެވެ.
- މީރާކަނެކްޓް؛
- އީމެއިލް؛ ނުވަތަ
- ޕޯޓަބަލް ސްޓޯރޭޖް ޑިވައިސްއެއް.
(ވ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރާއި މި މާއްދާގެ (އ) ރައްދުވާނީ، އެ ފަރާތަށް ފައިބެ ޓެކްސް އަހަރުގައި ނިމުނު ޓެކްސް ނެގޭ މުއްދަތުތަކުގެ ޖުމުލަ އާމްދާނީ 5،000،000 (ފަސް މިލިޔަން) ރުފިޔާ ނުވަތަ އެއަށްވުރެ އިތުރުވާ ފަރާތްތަކަށެވެ.
2-78. މީރާކަނެކްޓް މެދުވެރިކޮށް ޖީ.އެސް.ޓީ ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުން
(ހ) އަންނަނިވި ފަރާތްތަކުން ޖީ.އެސް.ޓީ ބަޔާން ހުށަހަޅަންވާނީ މީރާކަނެކްޓް މެދުވެރިކޮށެވެ.
- ފައިބެ ޓެކްސް އަހަރުގައި ނިމުނު ޓެކްސް ނެގޭ މުއްދަތުތަކުގެ ޖުމުލަ އާމްދާނ 2،500،000 (ދެ މިލިޔަން ފަސްލައްކަ) ރުފިޔާ ނުވަތަ އެއަށްވުރެ އިތުރުވާ ފަރާތްތައް؛
- ޓެކްސް ގާނޫނެއްގެ ދަށުން ނުވަތަ ގަވާއިދެއްގެ ދަށުން އެއްވެސް ޓެކްސް ބަޔާނެއް މީރާކަނެކްޓް މެދުވެރިކޮށް ހުށަހަޅަންޖެހުނު ފަރާތްތައް.
(ށ) ފައިބެ ޓެކްސް އަހަރުގައި ނިމުނު ޓެކްސް ނެގޭ މުއްދަތުތަކުގެ ޖުމުލަ އާމްދާނ 20،000،000 (ވިހި މިލިޔަން) ރުފިޔާ ނުވަތަ އެއަށްވުރެ އިތުރުވާ ފަރާތްތަކުން ޖީ.އެސް.ޓީ. އާއި ޖީ.އެސް.ޓީ. އާ ގުޅޭ ޖޫރިމަނާ ދައްކަންވާނީ، މީރާކަނެކްޓް މެދުވެރިކޮށް ނުވަތަ އެމް.އާރް.ޓީ.ޖީ.އެސް މެދުވެރިކޮށެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) އަށް އަމަލުކުރަން ފަށާނީ، 1 މޭ 2023 އިން ފެށިގެންނެވެ.
8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 83 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ރ) މި މާއްދާގެ ދަށުން ހުށަހަޅާ އިސްލާހުކުރެވިފައިވާ ޖީ.އެސް.ޓީ ބަޔާނަކާ ގުޅިގެން އެ ފަރާތަށް ޖީ.އެސް.ޓީ ރީފަންޑް ލިބެންޖެހޭނަމަ، ރީފަންޑް ދިނުމުގައި އަމަލުކުރާނީ، ގަވާއިދު ނަންބަރު 2013-45 (ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު) ގެ 69 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށެވެ.
9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 88 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
ރަޖިސްޓަރީ ބާތިލުކޮށްދިނުމަށް އެދި ހުށަހެޅުމާއި، ރަޖިސްޓަރީން އުނިކޮށްދިނުމަށް އެދި ހުށަހެޅުން 88.
(ހ) ގާނޫނުގެ 55 ވަނަ މާއްދާގެ ދަށުން ރަޖިސްޓަރީ ބާތިލުކޮށްދިނުމަށް އެދި ހުށަހަޅާ ފަރާތްތަކުންނާއި، ގާނޫނުގެ 58 ވަނަ މާއްދާގެ ދަށުން ރަޖިސްޓަރީން އުނިކޮށްދިނުމަށް އެދި ހުށަހަޅާ ފަރާތްތަކުން އެ ކަމަށް އެދި ހުށަހަޅަންވާނީ، "ރަޖިސްޓަރީން އުނިކުރުން" (106 MIRA) ފޯމު ފުރިހަމަކުރުމަށްފަހު، އެ ފޯމުގައި ކަނޑައަޅައިފައިވާ އެންމެހައި މައުލޫމާތާއި ލިޔެކިޔުންތަކާ އެކުގައެވެ.
10 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 88 ވަނަ މާއްދާގެ (ށ) އުނިކުރުން.
(ށ) އުނިކޮށްފައި.
11 ވަަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 2-113 ގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.
އުވައިލެވޭ ޓެކްސް ރޫލިންގ 3-113.
(ހ) ގަވާއިދު ނަންބަރު 2011-43 (މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދު) އަށް 29 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން، ޓެކްސް ރޫލިންގ ނަންބަރު 2015-23 (ޖީ.އެސް.ޓީ ބަޔާނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް) އުވުނީ އެވެ.
(ށ) މި ގަވާއިދުގެ 2-78 ވަނަ މާއްދާގެ (ހ) އާއި (ށ) އަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން، ޓެކްސް ރޫލިންގ ނަންބަރު 2019-18 (އޮންލައިންކޮށް ޓެކްސް ދެއްކުން ލާޒިމުކުރުން) ގެ 3 ވަނަ ޕެރެގްރާފުގެ (ހ) އުވުނީ އެވެ.
(ނ) ގަވާއިދު ނަންބަރު 2011-43 (މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދު) އަށް 29 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން، ޓެކްސް ރޫލިންގ ނަންބަރު 2015-26 (ޖީ.އެސް.ޓީ ބަޔާން އިސްލާހުކުރުން) އުވުނީއެވެ.
12 ވަަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 117 ވަނަ މާއްދާގެ (ހ) އަށް އަންނަނިވި އިބާރާތުގެ މާނަ އިތުރުކުރުން.
(ހ) "ޓެކްސް އަހަރު" ކަމަށް ބުނެފައި އެވަނީ، މީލާދީ އަހަރުގެ 1 ޖަނަވަރ ން ފެށިގެން 31 ޑިސެންބަރުގެ ނިޔަލަށެވެ.
13 ވަަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
މައި ގަވާއިދު
މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2011-43)
ކިޔުންތެރިންގެ ހިޔާލު