-

މާލޭ ވިޔަފާރި ބަނދަރުގެ ގަވާއިދު (އާންމުންނާއި ބެހޭ ބައި)

(ގަވާއިދު ނަންބަރު 0000-00)

(މި ގަވާއިދަށް ދަންނަބަރެއް ދެވިފައިނުވާއިރު ގަވާއިދަށް އަމަލުުރަން ފެށި ތާރީހެއް އެނގެންނެތް)

 

ތައާރަފެއް

މޯލްޑިވްސް ޕޯރޓްސް އޮތޯރިޓީއިން ހިންގާ ގަވާއިދުތަކާ ބެހޭ ގޮތުން ކޮންމެހެން ބޭނުންވާނެ މައުލާމާތުތައް ފޮތެއްގެ ސިފައިގައި ލިބެންހުރުމަކީ އާންމުންނަށް ފަސޭހަވާނެ ކަމެއްކަމަށް ދެކި މިފޮތް ށާއިއު ކުރުމަށް މެނޭޖްމަންޓްގެ ފަރާތުން ވަނީ ނިންމާފައެވެ.

މިފޮތުގައި ހިމެނޭ ގަވާއިދުތަކަކީ، މިހާރު އަމަލުކުރަމުންދާ ގަވާއިދުތަކެކެވެ. ނަމަވެސް މިގަވާއިދަށްބަދަލުގެނައުމުގެ އިހްތިޔާރު މި އޮތޯރިޓީއަށް ލިބިގެންވެއެވެ. މިފަދަ ބަދަލުތަކާއިބެހޭ މައުލޫމާތު އާންމުކޮށް އިއުލާން ކުރެވޭނެއެވެ.

 

1 ވަނަ މާއްދާ - ރާއްޖޭގެ ބަނދަރަށް އަންނަ އުޅަނދުފަހަރު އަމަލު ކުރަންޖެހޭ ގޮތް 

ރާއްޖޭގެ ބަނދަރަކަށް ރާއްޖެއިން ބޭރުން އަންނަ އުޅަނދުފަހަރު އައުމުގެ 12 ގަޑިއިރު ކުރިން އެ އުޅަނދަކާބެހޭ ތިރީގައިވާ މައުލޫމާތު އުޅަނދުގެ ވެރިފަރާތުން ުނވަތަ އެޖެންޓް ނުވަތަ ކެޕްޓަން އެމް.ޕީ.އޭ އަށް ލިއުމަކުން އަންގަންވާނެއެވެ. އަދި އުޅަނދެއް ރާއްޖެ އައުމާއެކު، "އެރައިވަލް ޑިކްލަރޭށަން ފޯމް" އެޖެންޓް މެދުވެރިކޮށް ހުށަހަޅަން ވާނެއެވެ.

1.1 އުޅަނދުގެ ނަން

1.2 ކެޕްޓަންގެ ނަމާއި ގައުމިއްޔަތު

1.3 ރާއްޖޭގައި ހުންނަ އެޖެންޓްގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ޓެލެފޯން ނަންބަރު

1.4 އުޅަނދުގެ ވެރިފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަމްބަރު

1.5 އެންމެފަހުން ފުރި ބަނދަރާއި ދެން ދިއުމަށް ހަމަޖެހިފައިވާ ބަނދަރުގެ ނަމާއި ގައުމު

1.6 އުޅަނދުގެ ބާވަތް

1،7 ރަޖިސްޓްރީ ކޮށްފައިވާ ގައުމާއި ރަޖިސްޓްރީ ނަމްބަރު 

1.8 ޑެޑް ވެއިޓް، ޖީ.ޓީ، އެން.ޓީ، ލައިޓް ޑިސްޕްލޭސްމެންޓް، އެއަރ ޑްރާފްޓް 

1.9 އުޅަނދުގެ އެލް.އޯ.އޭ އާއި މެކްސިމަމް ޑްރާފްޓް

1.10 އުޅަނދުގެ ކޯލް ސައިން

1.11 ޑޭންޖަރަސް ކާގޯއެއް ހުރިނަމަ، ބާލާ ބަނދަރާއި އޭގެ ތަފްސީލު އައި.އެމް.ޑީ.ޖީ ކޯޑާއެކު

1.12 އުޅަނދު އަންނަ ތާރީހް އާއި ލަފާކުރާ ގަޑި (އީ.ޓީ.އޭ) އަދި ބަނދަރު

1.13 އުޅަނދުން ބާލަންޖެހޭ މުދަލުގެ ހުލާސާ، (ބާލާ ބަނދަރުތަކާ އެކު)

1.14 ޕެސެންޖަރުން ނުވަތަ ފަޅުވެރިންގެ އަދަދު

1.15. ސްޓޯއަވޭއިންގެ އަދަދު (ތިބިނަމަ)

 

2 ވަނަ މާއްދާ - ހުށަހަޅަންޖެހޭ ލިއުންތައް

ރާއްޖެއިން ބޭރުން އަންނަ އުޅަނދު ދުއްވާ ފަރާތުން ނުވަތަ އެޖެންޓްގެ ފަރާތުން ތިރީގައިވާ ލިއުންތައް އުޅަނދު އައުމުގެ 8 ގަޑިއިރު ކުރިން އެމް.ޕީ.އޭ. އަށް ހުށަހަޅަންވާނެއެވެ. ހުށަހަޅާ ލިއުންތަކަކީ ކުންފުނީގެނަން ޗާޕުކުރި ކަރުދާހުގައި ލިޔެފައިވާ ނުވަތަ ކުންފުނީގެ ތައްގަޑުގައިޖެހިފައިވާ، (މެނިޕެސްޓާއި ބީ.އެލް) ދިމާވާ ލިއުން ތަކެއް ކަމުގައި ވާންވާނެއެވެ.

2.1 ކާގޯ މެނިފެސްޓް 3 ކޮޕީ (މުދާ ހުރިނަމަ)

2.2 ސަޕްލިމެންޓަރީ މެނިފެސްޓް 3 ކޮޕީ (މުދާ ހުރިނަމަ)

2.3 ޓްރާންށިޕްމެންޓް މެނިފެސްޓް 3 ކޮޕީ (މުދާ ހުރިނަމަ) 

2.4 އަންމެނިފެސްޓެޑް ކާގޯ ލިސްޓް 3 ކޮޕީ (މުދާ ހުރިނަމަ)

2.5 މާލެ ނޫން އެހެން ބަނދަރަކަށް ބާލާ މުދަލުގެ މެނިފެސްޓް 1 ކޮޕީ (މުދާ ހުރިނަމަ) 

2.6 ޑޭންޖަރަސް ކާގޯ ލިސްޓް 1 ކޮޕީ (މުދާ ހުރިނަމަ)

2.7 ކްރޫ ބެގެޖް ލިސްޓްގެ އަސްލާއި 3 ކޮޕީ (މުދާ ހުރިނަމަ)

2.8 ބީ.އެލް ސެޓް (އައިޓަމް (1 ،2 ،3 ،4 ،5) 2 ކޮޕީ

2.9 މާލެ އަށް ބާލަންޖެހޭ ކޮންޓޭނަރ ލިސްޓް 2 ކޮޕީ (ކޮންޓެއިނަރ ނަންބަރާއި، ބަރުދަނާއި، ބާވަތާއި އެރުވި ބަނދަރު އަދި އޮޕަރޭޓަރ / ވެރިފަރާތް އެނގެން އޮންނަން ވާނެއެވެ.) 

2.10 ގްރޮސްޓަނޭޖް (ޖީ.ޓީ) 200 އަށްވުރެ މަތީ އުޅަނދުފަހަރުގެ ސްޓޯވޭޖް ޕްލޭން 2 ކޮޕީ

2.11 ކްރޫ ލިސްޓާއި ޕެސެންޖަރ ލިސްޓް 1 ކޮޕީ

 

ނޯޓް:

(ހ) މިލިއުންތައް ވަކިވަކިން ބައި ބަޔަށް ހުށަހެޅުމުގެ ބަދަލުގައި ހުށަހަޅަންވާނީ އެއްފަހަރާއެވެ. އުޅަނދުފަހަރުގެ ލިއުންތަކަކީ މަސައްކަތްރާވާ ހިންގުމުގައި ވަރަށް ބޭނުންތެރި ލިއުންތަކަކަށްވާތީ ހުށަހަޅަން ކަނޑައަޅާފައިވާ ގަޑީގައި ހުށަނޭޅިއްޖެނަމަ އެފަދައެޅުނދެއްގެ މަސައްކަތް ފެށުން ލަސްވުމަކީ އެކަށީގެންވާ ކަމެކެވެ.

(ށ) މާލެ ފިޔަވައި ރާއްޖޭގެ އެހެން ބަނދަރަކަށް ގެންދާ މުދާ އުޅަނދުގައި ހުރިކަމަށް ލިއުން ހުށަނާޅާ، އެހެން ބަނދަރަކަށް ގެންދާ މުދާ އުޅަނދުގައި ހުރިކަމަށް ފަހުން ބުނެފިނަމަ، މުދާ ބާލާ ބަނދަރު ބަދަލު ކުރެވޭނީ އެ ބަދަލެއް ގެންނަ ކޮންމެ ފަހަރަކަށް 500 ރުފިޔާގެ ފީއެއް ނެގުމަށް ފަހުގައެވެ.

 

3 ވަނަ މާއްދާ - މެނިފެސްޓުން އެގެން ހުންނަންވާ މައުލޫމާތު 

3.1 ބީ.އެލް ނަމްބަރު

3.2 މުދާ ފޮނުވި ފަރާތް (ށިޕަރ)

3.3 މުދާ ލިބެންވީ ފަރާތް (ކޮންސައިނީ)

3.4 މުދަލުގެ މަރުކާ ނުވަތަ ނަމްބަރުތައް (ހުރިނަމަ)

3.5 މުދަލުގެ އަދަދާއި ބާވަތް އަދި މުދާ ބަންދު ކުރެވިފައިވާ ގޮތް(ޕެކިން)

3.6 މުދަލުގެ ބަރުދަން (ގްރޮސްވެއިޓް މެޓްރިކް ޓަނުން)

3.7 މުދަލުގެ ވޮލިއުމް (ކިއުބިކް މީޓަރުން)

 

4 ވަނަ މާއްދާ - އުޅަނދުފަހަރުން މުދާ ބޭލުމާއި އެރުވުމަށް ގެންގުޅޭ އުސޫލު

4.1 މުދާ ބޭލުމާއި އެރުވުމުގެ ހިދުމަތް ދިނުމުގައި އަމަލުކުރާނީ އުޅަނދުފަހަރު ބަނދަރަށް އަންނަ ތަރުތީބަށާއި އެ އުޅަނދެއް ހިމެނޭ ތިރީގައި މިވާ ކެޓަގަރީގެ ތަރުތީބަށް ބަލައިގެންނެވެ. ސަރުކާރުގެ ހާއްސަ ކަންކަމަށް އަވަހަށް ބޭނުންވާ މުދަލެއް ބޭލުން ނުވަތަ އެރުވުން މި އުސޫލުން އިސްތިސްނާ ވާނެއެވެ. 

ކެޓަގަރީ (ހ) - ކޮންޓެއިނަރ އުފުލާ އުޅަނދުފަހަރު: މިކެޓަރީގައި ހިމެނޭނީ ބާލަންޖެހޭ މުދަލުގެ ދެބައިކުޅަ އެއްބައި މުދަލަކީ ކޮންޓެއިނަރުގައި ހުންނަ މުދާނަމައެވެ.

ކެޓަގަރީ (ށ) – ޕެރިށަބަލް ކާގޯ ހުންނަ އަޅަނދުފަހަރު: މިފަދަ އުޅަނދުފަހަރުގައި ހުންނަ ޕެރިށަބަލް ކާގޯ ބޭނުމަށް އިސްކަންދެވޭނެއެވެ. ނަމަވެސް އެފަދަ ކާގޯ ބާލާ ނިމުމުން އެ އުޅަނދުގައި ދެން ހުރި މަދަލަކާއި ގުޅޭ ކެޓަގަރީ އަށް އެއުޅަނދަށް ބަދަލުވާނެއެވެ.

ކެޓަގަރީ (ނ) – އެހެނިހެން އުޅަނދުފަހަރު: މިކެޓަގަރީގައި ހިމެނޭނީ 1 އާއި 2 ގައި ނުހިމެނޭ އުޅަނދުފަހަރެވެ. ޖެނެރަލް ކާގޯ ހުންނަ އުޅަނދުފަހަރަށް ހިދުމަތް ދިނުމުގައި ސަރަހައްދުގައި ބެހެއްޓޭ މުދާ ހުންނަ އުޅަ ުނދފަހަރަށް އިސްކަންދެވޭނެއެވެ.

4.2 ރާއްޖެއިން ބޭރުން ގެނެވޭ މުދާބޭލުން: ރާއްޖެއިން ބޭރުން މުދާހިފައިގެން އަންނަ އުޅަނދުފަހަރުން ގެންނަމުދާ މާލެބަނދަރުން ނޫންތަނަކަށް ބޭލޭނީ މޯލްޑިވްސް ޕޯސްޓް އޮތޯރިޓީގެ ހުއްދަ ލިބިގެންނެވެ. މީގެތެރެއިން މާލެ ބަނދަރުގައި ބާއްވައިގެން އެއް އުޅަނދުން އަނެއް އުޅަނދަށް މުދާބަދަލު ކުރުންވެސް ހިމެނެއެވެ.

4.3 އުޅަނދުފަހަރުން މުދާ ބޭލުމުގައި ޑިރެކްޓް ޑެލިވަރީ ކާގޯ ހުންނަ އުޅަނދުފަހަރަށް ދަތިނުވާނެ ގޮތަށް މަސައްކަތް ކުރުމުގެ އިންތިޒާމް ހަމަޖެއްސިދާނެއެވެ. މިގޮތަށް ހަމަޖެއްސޭނީ މަދުވެގެން ދުވާލަކު ގެންދަން ކަނޑައަޅާފައިވާ އަދަދަށް މުދާ ގެންދާނަމައެވެ.

4.4 އައިޓަމް 3.4 ގައިވާ ގޮތުގެ މަތިން މަސައްކަތް ކުރަމުންދާ އުޅަނދެއްގައި މުދާބޭލުމަށް ހުރަސް އެޅޭފަދަ މައްސަލައެއް ދިމާވެއްޖެނަމަ، އެ އުޅަނދެއްގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލައި، ކިޔޫ ތަރުތީބުން ދެން ޖެހިގެން އޮތް އުޅަނދަކުން މަސައްކަތް ފެށުމުގެ އިހްތިޔާރު ޕޯޓްސް އޮތޯރިޓީއަށް ލިބިގެންވެއެވެ. މިފަދަ އުޅަނދެއްގެ މަސައްކަތް ދެން ފެށޭނީ ދިމާވި މައްސަލައެއް ހައްލުވުމުން އެ ވަގުތަކު ހިދުމަތްދެވެންއޮތް އެންމެ އަވަސް ފުރުސަތެއްގައެވެ.

 

5 ވަނަ މާއްދާ - މާލޭގެ ބަނދަރަށް އަންނަ އުޅަނދުފަހަރު 

މާލޭ ބަނދަރަށް އަންނަ އުޅަނދުފަހަރު ޕައިލޮޓް އަރާ ޕޮޒިށަނަށް އައުމުގެ 2 ގަޑިއިރު ކުރިން ހާބަރ ކޮންޓްރޯލް އާއި ގުޅައި ޕައިލޮޓް އަރާ ޕޮޒިށަން (ލެޓިޓިއުޑް: 04, 10,00N ލޮންގޓިޓިއުޑް 32.00އީ 073 އުޅަނދަށް އާދެވޭނެގަޑި އަންގަންވާނެއެވެ. ޕައިލޮޓް ހިދުމަތް ހޯދަން ނުޖެހޭ އުޅަނދު ފަހަރުވެސް މާލޭގެ ބަނދަރަށް ވަނުމުގެ ކުރިން ހާބަރ ކޮންޓްރޯލުންލާއި ގުޅައި ބަނދަރަށް އަންނަކަން އަންގަން ވާނެއެވެ. މާލޭގެ ބަނދަރަށް އަންނަ އުޅަނދުފަހަރު ބަނދަރުކުރަންވާނީ ހާބަރ ކޮންޓްރޯލުން އަންގާ އެންކަރޭޖެއްގައެވެ. ބަނދަރު ކުރުމަށްފަހު ބަނދަރުކުރި ގަޑިއާއި ޕޮޒިށަން އަންގަންވާނެއެވެ.

 

މާލޭ ބަނދަރުގެ އެންކަރޭޖަށް ކަނޑައަޅާފައިވާ ސަރަހައްދުތައް


6 ވަނަ މާއްދާ - ރާއްޖެއިން ފުރުން

އެއްވެސް އުޅަނދެއް ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަދެވޭނީ އެމް.ޕީ.އޭ.އަށް ދައްކަންޖެހޭ ފައިސާއެއް ވާނަމަ އެ ފައިސާ ދައްކައި ޕޯޓްކޮންޓްރޯލް ހުއްދަ ލިބުމަށްފަހުގައެވެ. ޕޯޓް ކޮންޓްރޯލް ހުއްދަ ހޯއްދެވުމަށް ތިރީގައި މި ދަންނަވާ ކަންތައްތައް ފުރިހަމަ ކުރައްވަންވާނެއެވެ. ޕޯޓްކޮންޓްރޯލް ހުއްދަ ދޫކުރެވޭނީ ފީ އެއް ނެގުމަށް ފަހުގައެވެ.

(ހ) (ހ) މިނިސްޓްރީ އޮފް ޓްރާންސޯޓް އެންޑް ސިވިލް އޭވިއޭށަންގެ ޕޯޓް ސްޓޭޓް ކޮންޓްރޯލަށް އެދޭ ފޯމް (އެމް-17) ފުރިހަމަކުރުމުގައި އެ ފޯމްގައި ބަޔާންކޮށްފައިވާ ސެޓްފިކެޓްތައް އެމް.ޕީ.އޭ.އަށް ހުށަހެޅުން.

(ށ) ބޯޓުގެ ސޭފް މޭނިންގ ސެޓްފިކެޓްގައިވާ ފަޅުވެރިން ހަމަކޮށް ކްރޫ ލިސްޓްގެ 1 ކޮޕީ އެމް.ޕީ.އޭ އަށް ހުށަހެޅުން.

 

ނޯޓް: މިސެޓްފިކެޓްތަކާއި ކްރޫ ލިސްޓް އެމް.ޕީ.އޭ އަށް ލިބުމުން ޗެކްކުރުމަށްފަހު ސެޓްފިކެޓްތަކުގެ މުއްދަތު ހަމަވުމުގެ ކުރިން ދެން ބޯޓް ދާނެކަމަށް ފޯމްގައި ބަޔާންކޮށްފައިވާ ބަނދަރަށް ބޯޓަށް ދެވޭނެނަމަ ޕޯޓް ކޮންޓްރޯލް ހުއްދަ ދޫކުރެވޭނެއެވެ. 

 

7 ވަނަ މާއްދާ - މާލޭގެ ބަނދަރުގައި އުޅަނދުފަހަރު އެއްތަނުން އަނެއްތަނަށް ބަދަލުކުރުން 

އެއްވެސް އުޅަނދެއް ބަނދަރުގެ ސަރަހައްދެއްގައި އަޅާފައިވާ ތަނުން އެހެން ތަނަކަށް ބަދަލުކުރަންވާނީ ހާބަރ ކޮންޓްރޯލުން ހުއްދަ ލިބިގެންނެވެ. އަދި އުޅަނދު ބަދަލު ކުރުމަށްފަހު ބަދަލުކުރި ގަޑި އާއި ޕޮޒިށަން ހާބަރ ކޮންޓްރޯލަށް އަންގަން ވާނެއެވެ. 

 

8 ވަނަ މާއްދާ - މަގަތު ފާލަން ބޭނުން ކުރުން 

8.1 އެއްވެސް އުޅަނދެއް މަގަތުފާލަމަށް ކައިރިކުރެވޭނީ ނުވަތަ ދުރުކުރެވޭނީ އެމް.ޕީ.އޭ. ގެ ޕައިލޮޓަކު ހުރެގެންނެވެ. މި ހިދުމަތް ބޭނުންވާ ވަގުތުގެ 2 ގަޑިއިރު ކުރިން އުޅަނދުގެ ކެޕްޓަން ނުވަތަ އެޖެންޓް، ހާބަރ ކޮންޓްރޯލަށް އެކަން އަންގަންވާނެއެވެ. 

8.2 މުދާ ބާލަން ނުވަތަ އަރުވަން މަގަތުފާލަމަށް ކައިރިކުރާ އުޅަނދުފަހަރުން ބާތުފީ ނެގެނެއެވެ.

8.3 3.8 ބަންދު ގަޑީގައި އޯވަރޓައިމް ސްޓެވެޑޯރިން ކުރާނަމަ، އެ ގަޑިތަކަށް މަގަތުފާލަމުގައި އޮންނަ އުޅަނދުފަހަރުން ބާތުފީ
ނެގޭނެއެވެ.

8.4 އުޅަނދުފަހަރު މަގަތު ފާލަމަށް ކައިރިކޮށް ދުރުކުރުމަށް އެމް.ޕީ.އޭ. ގެ ޓަގު ބޭނުން ކުރެވޭނެއެވެ.

8.5 މަގަތުފާލަމަށް ކައިރިކުރާ އުޅަނދެއްގެ މަސައްކަތް ނިމިގެން ބޭރުކުރަން އަންގާތާ 2 ގަޑިއިރުތެރޭގައި އެއުޅަނދެއް ދުރުކުރުމުގެ އިންތިޒާމް ހަމަޖައްސަންވާނެއެވެ. އަދި ގަޑިއިރުތެރޭގައި ބޯޓް ބޭރުކުރެވިއްޖެނަމަ އިތުރަށް ހިގާ ގަޑިތަކަށް ދިގުމިން މީޓަރަކަށް ގަޑިއިރު 80ރ ރޭޓުން ފީނެގޭނެއެވެ. ނަމަވެސް އެމް.ޕީ.އޭ.ގެ ހުއްދަލިބިގެން ބޭއްވޭ އުޅަނަދުފަހަރަށް މިފީއެއް ނުނެގޭނެއެވެ.

 

9 ވަނަ މާއްދާ - ބަނދަރުގެ ފަޅުތެރެ ބޭނުން ކުރުން

9.1 ބަނދަރުގެ އިރުމަތީ ފަރާތާއި ހުޅަނގު ފަރާތު ކީ އަށް ބޭރު ދަތުރުކުރާ އުޅަނދުފަހަރު ކައިރި ކުރަންވާނީ އެމް.ޕީ.އޭ ގެ ޕައިލޮޓަކު ހުރެގެންނެވެ. މިތަންތަނަށް ކައިރި ކުރެވޭނީ 60 މީޓަރަށްވުރެ ދިގުނޫން އަދި 5.3 މީޓަރަށްވުރެ ފުން ނޫން އުޅަނދުފަހަރެވެ.

9.2 އެކިއެކި ބޭނުންތަކުގައި ކީ ތަކަށް ކައިރި ކުރާ އުޅަނދު ފަހަރުން ކީވޯލް ޗާޖް ނެގޭނެއެވެ.

9.3 ބަނދަރާއި ބެހޭ ހިދުމަތުގައި ބޭނުންކުރާ އުޅަނދެއް ބަނދަރު ފަޅުތެރޭގައި ބާއްވަން ޖެހިއްޖެނަމަ ބޮލާޑް ފީނެގެނޭއެވެ.

9.4 ބޭރު ދަތުރުކުރާ 15 (ފަނަރަ) މީޓަރަށްވުރެ ކުދި ޔޮޓް ފަހަރު، ބަނދަރު ފަޅުތެރޭގައި ޖާގަ އޮތް ވަރަކުން ބޭއްވިދާނެއެވެ. ނަމަވެސް މިގޮތުން ބާއްވާ އުޅަނދުފަހަރު، މިގަވާއިދުގައިވާ ގޮތުގެ މަތިން ފީނެގޭނެއެވެ.

9.5 ޖީ.ޓީ 30 ޓަނަށްވުރެ މަތީ އުޅަނދު ފަހަރު ފަޅުރެތޭގައި ބޭއްވުމަށް ކޯވޯލް ޗާޖު ނެގޭނެއެވެ. 

9.6 ކީތަކަށް ދަގަޑު ބޯޓު ފަހަރު ކައިރިކުރުމަށް އެމް.ޕީ.އޭ. ގެ ޓަގު ބޭން ކުރެވޭނެއެވެ.

 

10 ވަނަ މާއްދާ - ޕައިލޮޓް ހިދުމަތް ދިނުން

10.1 މާލޭ ބަނދަރަށް އަންނަ ބޭރު ދަތުރުކުރާ އުޅަނދުފަހަރު، ބަނދަރަށް ވަދެ، ނިކުމެހަދަންވާނީ އެމް.ޕީ.އޭ ގެ ޕައިލޮޓްގެ ހިދުމަތް ހޯދައިގެންނެވެ. ޖީ.ޓީ. 100 ޓަނަށްވުރެ ދަށުގެ އުޅަނދުފަހަރާއި ޑިޕްލޮމެޓިކް އިމްތިޔާޒް ދެވޭ އުޅަނދުފަހަރު މިގަވާއިދުން އިސްތިސްނާ ވާނެއެވެ.

10.2 ރާއްޖޭގައި ދުއްވާ ޖީ.ޓީ.200 އަށްވުރެ މަތި އުޅަނދުފަހަރު، އެމް.ޕީ.އޭ.ގެ ފަޅުތެރެއަށް ވައްދަންވާނީ ނުވަތަ ނެރެންވާނީ އެމް.ޕީ.އޭ.ގެ ޕައިލޮޓްގެ އެހީގައެވެ.

10.3 ރޭގަނޑު 12.00 ގެ ފަހުންނާއި ޕޯޓް ބަންދު ގަޑިތަކުގައި ޕައިލޮޓް ހިދުމަތް ހޯދާނަމަ، ޕައިލޮޓް ފީގެ އިތުރުން ސާރޗާޖެއް ދައްކަންޖެހޭނެއެވެ.

 

11 ވަނަ މާއްދާ - މާލޭ ހާބަރ ކޮންޓްރޯލްގެ މުވާސަލާތީ ގުޅުން

  • ސްޓޭށަން: މާލޭ ހާބަރ ކޮންޓްރޯލް.
  • ޕްރިކްއެންސީ: މެރިން ވީ.އެޗް.އެފް ޗެނަލް 10
  • ޓެލެފޯން 3328624 (960)  / 3327883 (960) ޕީ.އޭ.ބީ.އެކްސް. 3329339 (960) (ރަސްމީ ގަޑިތަކުގައި) 
  • ފެކްސް: 3328624 (960)
  • މޯޯބައިލް: 7771966 (960) (ހާބަރ މާސްޓަރ)
  • މޯޯބައިލް: 7775397 (960) (ޕައިލޮޓް)
  • އީމެއިލް: [email protected] 
  • ގުޅޭނެ ގަޑިތައް: ހޮނިހިރު ދުވަހުން ބުރާސްފަތި ދުވަހަށް ހެނދުނު 7.30 އިން ރޭގަނޑު 12.00 އަށް ހުކުރު ދުވަހުގެ 30.2 އިން ރޭގަނޑު 10.320 އަށް 
  • އޮފީސް ބަންދު ގަޑީގައި: މޯޯބައިލް: 7771966 (ހާބަރ މާސްޓަރ) މޯޯބައިލް: 7775397 (ޕައިލޮޓް)

 

12 ވަނަ މާއްދާ - ބަނދަރުގައި ބޭނުން ކުރަންޖެހޭ ސިގްނަލްތައް 

12.1 ރާއްޖޭގެ ބަނދަރުތަކުގައި ހުންނަ ފުރާދުއްވާ އެއްޗެހީގައި ހަވީރު 6 ން ހެދުނު 6 ށް މިމާއްދާގެ ހ،ށ، އަދި ނ. ގައިވާ ގޮތުގެމަތިން ބޭރަށް ފެންނާނެހެން އަލި ބަހައްޓަ ވާ ެނއެވެ. ދުވާލުނަމަ ދިރުނބާކޮޅުގައި ކަޅުބޯޅައެއް ހުރިހާ ދިމާލަކުން ފެންނަ ގޮތަށް ބަހައްޓަން ވާނެއެވެ.

(ހ) ދިގުމިން 50 މީޓަރު ހަމަވާ ނުވަތަ އެއަށްވުރެ ދިގު ފުރާދުއްވާ އެއްޗެއްނަމަ އެއެއްޗެއްގެ ކޮޅުފަސްކޮޅާއި ދިރުނބާކޮޅުގައި ދެމޭލު ދުރަށް ފެންނާހެން ހުންނަ ވަށައިގެން ފެންނަ ހުދު އައްޔެއް.

(ށ) ދިގުމިން 50 މީޓަރު ހަމަނުވާ ފުރާދުއްވާ އެއްޗެއްނަމަ އެއްމޭލު ދުރަށް ފެންނާނެހެން ހުންނަ ވަށައިގެން ފެންނަ ހުދު އައްޔެއް.

(ނ) މުދަލުގެ ގޮތުގައި ތެޔޮހުރި އެއްޗެސްނަމަ މިމާއްދާގެ ހ، އަދި ށ. ގައިވާ އަލީގެ އިތުރަށް އެއްޗެއްގެ ކުނބުގައި ހުންނަ ވަށައިގެން ފެންނަ ރަތް އައްޔެއް

12.2 ދިވެހިރާއްޖޭގެ ރަށްރަށުގެ ނުވަތަ ފަރުފަރުގެ ބޭރުގައި އަޅާފައި ހުންނަ އުޅަނދުފަހަރުގެ ކަފުގައި އެއްވެސް އުޅަނދެއް ނުވަތަ އެއްޗެއް ބާއްވަން ވާނީ ކަފުގެ މުޅި ދިގުމިން 50 މީޓަރަށްވުރެ ދިގުނުވާ ގޮތެއްގެ މަތީންނެވެ. އަދި ރޭގަނޑުގެ ވަގުތުތަކުގައި ކަފުގައި އޮތް އުޅަނދަށް ނުވަތަ އެއްޗަކަށް އަލިކޮށްފައި ބަހައްޓަންވާނެއެވެ. އަދި ކަފުގެ މުޅި ދިގުމިން 10 މީޓަރަށްވުރެ ދިގުނަމަ، ކަފުގައިއޮތް އުޅަނދު ނުވަތަ އެތީގައިވެސް ވަށައިގެން ފެންނަ ގޮތަށް ހުދުކުލައިގެ ބައްތިއެއް ދިއްލާފައި ބަހައްޓަންވާނެއެވެ.

12.3 ދިވެހިރާއްޖޭގެ ކަނޑުގެ ނުވަތަ ފަޅުގެ ސަރަހައްދު ތެރޭގައި އެއްވެސް ބާވަތެއްގެ ނުރައްކާތެރި މުދަލެއް އުޅަނދަކަށް ނުވަތަ އެއްޗަކަށް ބަރުކުރާނަމަ ނުވަތަ ހުސްކުރާނަމަ އެކަން އެންގެމުގެ ގޮތުން ދުވާލުގެ ވަގުތުގައި 'ބީ' ދިދަ ނަގާފައި ބަހައްޓަން ވާނެއެވެ. އަދި ރޭގަނޑުގެ ވަގުތުތަކުގައި ރަތްކުލައިގެ ބައްތިއެއް ވަށައިގެން ފެންނާނެހެން އުޅަނދުގައި ދިއްލާފައި ބަހައްޓަން ވާނެއެވެ. އަދި އެފަދަ މުދަލެއް ބަރުކޮށްފައިވާ ކޮންމެ އުޅަނދެއްގައިވެސް އެގޮތުގެ މަތީން އެ ނިށާންތައް ހާމަކޮށްފައި ބަހައްޓަން ވާނެއެވެ.

12.4 ރާއްޖެއިން ބޭރުންނާއި ރާއްޖޭގެ ކަރަންޓީނު ސަރަހައްދަކުން އަންނަ ކަނޑުދަތުރުކުރާ އުޅަނދުފަހަރުގައި ޕޯޓް ހެލްތުގެ  ކަރަންޓީނު ފިލުވަންފެން ކަރަންޓީނު ދިދަ (ރީނދޫ ދިދަ) ދުވާލު ނަގާފައި ބަހައްޓަން ޖެހޭނެއެވެ. ރޭގަނޑު ވަށައިގެން ފެންނަ ގޮތަށް ހުދު އައްޔެއްގެ މަތީ ރަތް އައްޔެއް ބަހައްޓަންޖެހޭނެއެވެ.

12.5 އުޅަނދަކަށް ޕައިލޮޓް ބޭނުން ވުމުން ދުވާލުނަމަ "ޖީ" ދިދަ ނަގަންޖެހޭނެއެވެ. ރޭގަނޑުނަމަ ހުދު ތިން ބައްތި އެއްބައްތި މަތީ އަނެއް ބައްތި ފެންނަ ގޮތަށް ދިއްލާފައި ބަހައްޓަން ޖެހޭ ެނއެވެ. ޕައިލޮޓް އެރުމަށްފަހު ޕައިލޮޓް ފައިބަންދެން ދުވާލު "އެޗް" ދިދަ ނަގާފައި ބަހައްޓަން ވާނެއެވެ. ރޭގަނޑުނަމަ، ރަތް އައްޔެއް މަތީ ހުދު އައްޔެއް ވަށައިގެން ފެންނަ ގޮތަށް ބަހައްޓަންޖެހޭނެއެވެ.

 

13 ވަނަ މާއްދާ - ބަނދަރު ސަރަހައްދުގައި ހޮޓް ވޯކް މަސައްކަތްކުރުން 

ބަނދަރު ސަރަހައްދުގައި ގޭސް ބޭނުން ކޮށްގެން ކެފުމާއި، ވެލްޑް ކުރަންވާނީ، އެމް.ޕީ.އޭގެ ހުއްދަ ލިއުމަކުން ލިބިގެންނެވެ. މި ހުއްދަ ދޫކުރެވޭނީ އެމް.ޕީ.އޭ .އިން މިކަމަށް އެދޭ ފޯމް ފުރިހަމަކޮށް ހުށަހެޅުމުންނެވެ.

 

14 ވަނަ މާއްދާ - ބަނދަރު ސަރަހައްދުގައި އަލިފާން ގެންގުޅުން

މާލޭ ވިޔަފާރި ބަނދަރު ސަރަހައްދު ތެރެއިން ޕޯޓް ސެކިއުރިޓީ ހުއްދަ ކުރާ ތަނެއްގައި ނޫނީ އަލިފާން ގެންގުޅުމަކީ މަނާ ކަމެކެވެ.

 

15 ވަނަ މާއްދާ - ރާއްޖެއަށް އަންނަ އުޅަނދުފަހަރުގައި ހުންނަންޖެހޭ ސަލާމަތީ ކަންތައްތައް 

15.1 ރާއްޖެއަށް އަންނަ ކޮންމެ އުޅަނދެއްގައިވެސް އެ އުޅަނދަކުން ކުރެވޭ ބޭނުމަކާއި އެއްގޮތްވާ ގޮތުގެ މަތީން ސަލާމަތީ ކަންތައްތައް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭށަންގެ ގަވާއިދުތަކާއި އެއްގޮތަށް ފުރިހަމަ ކުރެވިފައި ހުންނަން ވާނެއެވެ. އަދި އުޅަނދަށް ދޫކުރެވިފައިވާ ސެޓްފިކެޓްތަކުގެ އަސްލު ނުވަތަ އަސްލުކަމުގައި ގަބޫލު ކުރެވޭ ފަދަ ކޮޕީއެއް އެ އުޅަނދެއްގައި އޮންނަންވާނެއެވެ.

15.2 މާލެ ކޮމާށަލް ހާބަރަކީ، 1 ޖުލައި 2004 ދުވަހުން ފެށިގެން "އިންޓަނޭށަނަލް ށިޕިންގ އެންޑް ޕޯޓް ޓްފެސިލިޓީ ކޯޑް" ގާއިމްކުރެވިފައިވާ ބަނދަރަކަށްވާތީ، މިބަނދަރަށް އަންނަ ހުރިހާ އުޅަނދު ަފހަރަކީވެސް މިކޯޑަށް އަމަލުކުރަމުންދާ އުޅަދުފަހަރުކަމުގައި ވާންވާނެއެވެ.

15.3 ބޯޓަށް މީހުން އަރާ ފައިބާ ގޭންގްވޭ އެކޮމެޑޭށަން ލެޑަރ އަދި ޕައިލެޓް ލެޑަރ ހުންނަންވާނީ ބައިނަލްއަގްވާމީ ގަވާއިދާ އެއްގޮތަށެވެ.

 

16 ވަނަ މާއްދާ - ބަނދަރުގައި ނުވަތަ ޖެޓީގައި އޮންނަ އުޅަނދުފަހަރު އިމޮބިލައިޒް ކުރުން 

ބަނދަރުގައި ނުވަތަ ޖެޓީގައި އޮތް އުޅަނދެއް 2 ގަޑީއިރަށްވުރެ ގިނަ ވަގުތު އިމޮބިލައިޒް ކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރެވޭނީ އެކަމުގެ ހުއްދަ އެމް.ޕީ.އޭ. އިން ލިއުމަކުން ލިބިގެންނެވެ. 

 

1. އުޅަނދުފަހަރުގައި ދިވެހި ދިދަ ނެގުން (ނޯޓް: މި ސުރުހީއަށް ނަންބަރު ދެވިފައިވާ ގޮތް ސާފެއްނުވޭ)

ބަނދަރުގައި އޮންނަ އުޅަނދެއްގައި ސަރުކާރުން ކަނޑައަޅާފައިވާ ގަވާއިދުން ހެނދުނު 00.6 އިން އިރުއޮއްސި 00.6އަށް ދިވެހި ދިދަ ނަގާފައި ހުންނަންވާނެއެވެ.

 

1. ބަނދަރުގެ ސަރަހައްދަށް ތެޔޮ އެޅުން (ނޯޓް: މި ސުރުހީއަށް ނަންބަރު ދެވިފައިވާ ގޮތް ސާފެއްނުވޭ)

ބަނދަރުގެ ސަރައްހައްދަށް ތެޔޮ ނުވަތަ ތެޔޮ އެކުލެވިގެންވާ ފެން އެޅުމަކީ މަނާ ކަމެކެވެ. ބަނދަރުގެ އެއްވެސް ހިސާބަކުން ތެލުގެ އަސަރެއް ފެނިއްޖެނަމަ ފެނުނު ފަރާތަކުން އެ ކަން ވަގުތުން އެމް.ޕީ.އޭ އަށް އަންގަންވާނެއެވެ.

 

2. އެއް އުޅަނދު އަނެއް އުޅަނދުގައި ބަނުން (ޑަބަލް ބޭންކް ކުރުން) (ނޯޓް: މި ސުރުހީއަށް ނަންބަރު ދެވިފައިވާ ގޮތް ސާފެއްނުވޭ)

ބަނދަރުގައި އޮތް އެއްވެސް އުޅަނދެއްގައި ނުރައްކާތެރި ހާދިސާއެއް ދިމާވެއްޖެނަމަ އެކަން ވަގުތުން އެމް.ޕީ.އޭ. އަށް ވީ.އެޗް.އެފް. އިން ނުވަތަ އެނޫންވެސް ގޮތަކުން އަންގަންޖެހޭނެއެވެ.

 

21 ވަނަ މާއްދާ - ބަނދަރުގެ ބަންދު ދުވަސްތައް

  1. ރަމަޒާން މަހުގެ 1ވަނަ ދުވަސް
  2. ފިތުރު އީދު ދުވަސް
  3. ހައްޖު ދުވަސް
  4. އަޒްހާ އީދު ދުވަސް
  5. މުހައްރަމް 1ވަނަ ދުވަސް (ހިޖުރީ އައު އަހަރު ދުވަސް)
  6. ޖުލައި 26 ވަނަ ދުވަސް (މިނިވަން ދުވަސް)
  7. ރަބީއުލްއައްވަލް މަހުގެ 1ވަނަ ދުވަސް (ގަވްމީ ދުވަސް)
  8. ރަބީއުލް އައްވަލު މަހުގެ 12ވަނަ ދުވަސް (ކީރިތި ރަސޫލާގެ އީދު މިލާދީ ދުވަސް)
  9. ނޮވެމްބަރު 11 ވަނަ ދުވަސް (ޖުމްހޫރީ ދުވަސް) 

 

22 ވަނަ މާއްދާ - ބަނދަރުގައި މަސައްކަތް ކުރާ ގަޑިތައް

  • 22 • .ބަނދަރު ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 7.30 އިން ރޭގަނޑު 12.00 އަށް
    • ހުކުރު ދުވަހުގެ މެންދުރު ފަހު 2.30 އިން ރޭގަނޑު 30.10އަ ްށ
    • ރަމަޒާން މަހު ހެނދުނު 9.00 އިން ހަވީރު
    00.4 އަށް ރޭގަނޑު 9.00 އިން ދަންވަރު 1.30 އަށް
    • ރަމަޒާންމަހުގެ ހުކުރު ދުވަހުގެ ރޭ (ހޮނިހިރު ވިލޭރޭ) 9.00 އިން ދަންވަރު 1.30 އަށް 

ނޯޓް: ރަމަޒާންމަސް ފިޔަވައި އެހެން މަސްމަހުގައި ދަންފަޅި ބަދަލުކުރާނީ މެންދުރު ފަހު 3.00 އިން 3.30 އަށެވެ.

 

23 ވަނަ މާއްދާ - ކެއުމާއި ސައިގެ ގަޑިތައް

  • 23 • .ހެދުނު ސައި 10.00 އިން 10.30 އަށް
    • މެންދުރު ކެއުން 12.00 އިން 1.00 އަށް 
    • ރޭގަނޑު ކެއުން 7.00 އިން 8.00 އަށް

 

24 ވަނަ މާއްދާ - މޯލްޑިވްސް ޕޯސްޓް އޮތޯރިޓީ އިން ދޭ ހިދުމަތްތަކުގެ އަގުތައް (ނޯޓް. ސުރުހީގައި ޕޯސްޓް ގެނެވިފައިވަނީ އޮޅަމަކުން ކަމަށް ބެލެވޭ)

އެމް.ޕީ.އޭ އިން ދެވޭ ހިދުމަތްތަކަށްއަގު ނަގާނީ ޓެރިފްގައިވާ ގޮތުގެ މަތިންނެވެ. ޓެރިފަށް ގެނެވޭ ބަދަލުތައް އެމް.ޕީ.އޭ އިން އިއުލާން ކުރެވޭނެއެވެ.

 

25 ވަނަ މާއްދާ - މުދާ ސިޕްކުރުން

އުޅަނދެއްގައި ހުންނަ މުދަލެއް ށިފްޓް ކުރެވޭނީ ބޯޓުގެ ވެރިފަރާތް / އެޖެންޓް ލިއުމަކުން އެކަމަށް އެދުމުންނެވެ. މި ގޮތުން ށިފްޓް ކުރެވޭ މުދަލަށް ޓެރިފުގައިވާގޮތުގެމަތިން ށިފްޓިންގ ޗާޖް ނެގޭނެއެވެ.

 

26 ވަނަ މާއްދާ - ރީފަރ ކޮންޓެއިނަރ ގައި ގެންނަ މުދާ 

26.1 ރީފަރ ކޮންޓެއިނަރެއް އުޅަނދަކުން ބަނދަރަށް ބޭލުމާއެކު އެއަށް ކަރަންޓް ދީ ޓެމްޕަރޭޗަރ ލޮގް އެމް.ޕީ.އޭ އިން ބަލަހައްޓާނެއެވެ. ނަމަވެސް އެޖެންޓް ނުވަތަ މުދަލުގެ ވެރިފަރާތުން ލިޔުމަކުން އެދިއްޖެނަމަ ކޮންޓޭނަރަށް ކަރަންޓް ނުދީ ބެހެއްޓިދާނެއެވެ. ކޮންޓޭނަރަށް ކަރަންޓް ދޭތާ 1 ގަޑި އިރު ތެރޭގައި މުދާ ގެންދާނަމަ ކަރަންޓްފީ ދައްކާކަށް ނުޖެހޭނެއެވެ. އަދި ކަރަންޓް ދެވޭތާ 1 ގަޑިއިރު ތެރޭގައި، ކޮންޓެއިނަރު ތެރޭގައި ހުރި މުދާ އެކުގައި ނުގެންދާނަމަ، މުދާ ހުސްވާ ވަގުތަކާއި ހަމައަށް ހިގާފައިވާ ގަޑިތަކަށް ކަރަންޓް ފީ ނެގޭނެއެވެ. 

26.2 ރީފަރ ކޮންޓެއިނަރގެ މެށިނަރީއަށް މައްސަލައެއް ދިމާވެއްޖެނަމަ، އެކަން މުދަލުގެ ވެރިފަރާތަށާއި އެޖެންޓަށް ލިއުމަކުން އެމް.ޕީ.އޭ އިން އަންގާނެއެވެ.

26.3 ރީފަރ ކޮންޓެއިނަރ އަށް މައްސަލައެއް ދިމާވެގެން އޭގައި ހުރި މުދާ އެހެން ކޮންޓެއިނަރަކަށް ބަދަލުކުރެވޭނީ މުދަލުގެ ވެރިފަރާތުން ނުވަތަ ބޯޓުގެ އެޖެންޓް އެކަމަށް ލިއުމަކުން އެދުމުންނެވެ. އަދި މިކަމާ ގުޅިގެން ދެވޭ ހިދުމަތްތަކަށް މުދަލުގެ ވެރިފަރާތުން ނުވަތަ އެޖެންޓް ޓެރިފްގައިވާ ގޮތުގެ މަތިން އަގު ދައްކަންވާނެއެވެ. 

26.4 ރީފަރ ކޮންޓެއިނަރުގެ މެށިނަރީއަށް ދިމާވާ މައްސަލައެއްގެ ސަބަބުން ކޮންޓޭނަރަށް ނުވަތަ އޭގައިހުރިމުދަލަށް ލިބޭއެއްވެސް ގެއްލުމަކަށް އެމް.ޕީ.އޭ ޒިންމާއެއް ނުވާނެއެވެ.

 

މުދާ ގެންދިއުމަށް ކުރަންޖެހޭ ކަންތައްތައް

 

27 ވަނަ މާއްދާ - މުދާ ދޫކުރުން

27.1 މާލޭ ވިޔަފާރި ބަނދަރަށް ބާލާ މުދާ ދޫކުރެވޭނީ (ޑެލިވަރީ އޯޑަރ) ތަކެތި ދޫކުރުމަށް އެޖެންޓުން ދޭ ހުއްދަ އެމް.ޕީ.އޭ. ގެ ކްލިއަރެންސް ޑިޕާޓްމަންޓަށް ހުށަހެޅުމުންނެވެ.

27.2 ނަމްބަރުގައިވާ ޑެލިވަރީ އޯޑަރގެ އަސްލު ހުށަހަޅަންވާނީ އެމް.ޕީ.އޭ. އަށް ދައްކަންޖެހޭ ފައިސާ ހަމައަށް ދައްކައި މޯލްޑިވްސް ކަސްޓަމް ސާރވިސަސްގެ އެންޑޯޒްމަންޓާއި އެކުގައެވެ.

27.3 އެއްވެސް މުދަލެއް ދޫކުރެވޭނީ އެ ވަގުތަކާއި ހަމައަށް ދައްކަންޖެހޭ ސްޓޯރޭޖްފީ އާއި އެނޫންވެސް ފައިސާ ދެއްކުމަށް ފަހުގައެވެ.

27.4 ޑެލިވަރީ އޯޑަރުގައިވާ މައުލޫމާތާއި މެނިފެސްޓާއި، ބީއެލް އަދި މުދަލާއި ދިމާނުވާނަމަ އެފަދަ މުދަލެއް ދޫކުރެވޭނީ އެފަހަރަކު ދިމާވި މައްސަލައެއް ބަޔާންކޮށް އެ މުދަލެއް ދޫކުރުމަށް ބޯޓުގެ އެޖެންޓްގެ ލިޔުމެއް ހުށަހެޅުމުންނެވެ. އަދި މުދަލުގެ ކޮންސައިނީ (ވެރިފަރާތް) ބަދަލުވާނަމަ، މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒުން އެކަމަށް ހުއްދަދީފައިވާ ލިޔުމެއްވެސް ހުށަހަޅަންވާނެއެވެ.

27.5 އެއްވެސް ކޮންޓެއިނަރެއް ސަރަހައްދުން ބޭރަށް ނެރެވޭނީ ނުވަތަ ވެއްދޭނީ ކޮންޓެއިނަރުގެ އޮޕަރޭޓަރު ނުވަތަ އެޖެންޓްގެ ލިއުމެއް ގެންނަވައި، އެކަމަށް އެދި ފުރަންޖެހޭ ފޯމް ފުރިހަމަކޮށް ހުށަހެޅުމުންނެވެ.

27.6 މުދާ ގެންދާ ފަރާތްތަކަށް އެ ފަހަރު ނެރޭ މުދާ ލޮރީ އަށް އެރުވުމަށް ފީއަކާއި ނުލާ އެއްފަހަރު މިއޮތޯރިޓީގެ އިކްއިޕްމެންޓް ދޫކުރެވޭނެއެވެ. މިނޫން ގޮތެއްގައި އެއްވެސް އިކްއިޕްމެންޓެއް ބޭނުން ކުރަން ޖެހިއްޖެނަމަ ޓެރިފްގައިވާ ގޮތުގެ މަތިން ޗާޖް ކުރެވޭނެއެވެ.

27.7 ކޮންޓެއިނަރުން މުދާނެރުމަށްފަހު ކުނީގެ ގޮތުގައި ހުންނަ ތަކެތި މުދާ ކުލިއަރކުރާ ފަރާތުން ގެންދަންވާނެއެވެ.

 

28 ވަނަ މާއްދާ - އުޅަނދުފަހަރުގެ ފަޅުވެރިން ގެންނަ މުދާ 

28.1 އުޅަނދުފަހަރުގެ ފަޅުވެރިން ގެންނަ މުދާ ދޫކުރެވޭނީ ކްރޫ ބެެގެޖްގް ޑެލިވަރީ އޯޑަރ ހުށަހެޅުމުންނެވެ.

28.2 އުޅަނދުފަހަރުގެ ފަޅުވެރިން ގެންނަ މުދަލުން ފީއަކާއި ނުލައި ދޫކުރެވޭނީ 0.5 ފްރައިޓް ޓަނުގެ މުދަލެވެ.

 

29 ވަނަ މާއްދާ - ޑެލިވަރީ އޯޑަރ ބަލައިގަތުން

ޑެލިވަރީ އޯޑަރު ބަލައިގަންނަ ގަޑިތައް ސާރވިސް ކައުންޓަރުގައި ބެހެއްޓިފައިވާ ނޯޓިސް ބޯޑުގައި ފެންނަން ހުންނާނެއެވެ.

 

30 ވަނަ މާއްދާ - މުދާ ގެންނަ ފަރާތްތަކުން އަމަލު ކުރަންވާ ގޮތް 

30.1 މާލޭ ވިޔަފާރި ބަނދަރަށް ގެންނަ މުދާ ބޭލިތޯ ބަލާ 10 ދުވަހުގެ ތެރޭގައި ގެންދިއުމަކީ މުދާ ގެންނަ ފަރާތުގެ ޒިންމާއެކެވެ.

30.2 ސަރުކާރުގެ ދާއިރާތަކަށާއި އަމިއްލަ ފަރާތްތަކުގެ ބޭނުމަށްވިޔަފާރިއަށް ނޫން ގޮތެއްގައި ރާއްޖެއަށް ގެންނަ މުދަލާއި  ބެހޭ ލިއުންތައް އެމް.ޕީ.އޭ އަށް ލިބުމުން މެނިފެސްޓް ކޮށްފައިވާ މުދަލާއި ބެހޭ މައުލޫމާތު، މުދަލުގެ ވެރިފަރާތަށް ފޮނުވޭނެއެވެ. މި މައުލޫމާތު ފޮނުވި ކަމުގައި ވިޔަސް އަމަލު ކުރެވޭނީ މި މިމާއްދާގެ އައިޓަމް 1.30 ގައިވާ ގޮތަށެވެ. 

 

31 ވަނަ މާއްދާ - ޑޭންޖަރަސް ކާގޯ

ޑޭންޖަރަސް ކާގޯގެ ތެރޭގައި ހިމެނޭ ތިރީގައިމިވާ ބާވަތުގެ މުދާ ބޯޓުން ބާލައި ދޫކުރެވޭނީ އޭގެތެރެއިން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީއާއި މިނިސްޓްރީ އޮފް އެންވައިރަމެންޓް އެންޑް ކޮންސްޓްރަކްށަން އިން ހުއްދަ ހޯދަންޖެހޭ މުދަލަށް ހުއްދަ ހޯދައި އެ މުދަލެއް ވަގުތުން ގެންދިއުމާ ބެހޭގޮތުން ކުރަންޖެހޭ ތައްޔާރީތައްކޮށް ނިމުމުންނެވެ.

  • ރޭޑިއޯ އެކްޓިވް މެޓީރިއަލްސް،
  • ގޮވާ އެއްޗިއްސާއި ބަޑިބޭސް،
  • ހަނގުރާމަވެރި ހަތިޔާރު، 
  • ޕެޓްރޯލް،
  • ކޮމްޕެރްސްޑް ގޭސް (އެލް.ޕީ.ޖީ.، އެމޯނިއަމް، އެސެޓްލިން)،
  • ކަރާސީނު ތެޔޮ، ޑީސަލްތެޔޮ،
  • ކެމިކަލްގެ ބާވަތްތައް،
  • ޕޮއިޒަނަސް (ޓޮކްސިކް) ސަބްސްޓެންސަސް،
  • ފާޓިލައިޒަރގެ ބާވަތްތައް،

 

32 ވަނަ މާއްދާ - ޑިރެކްޓް ޑެލިވަރީ ކާގޯ

32.1 ޑިރެކްޓް ޑެލިވަރީ ކާގޯ ކަމުގައި ބަލާނީ ތިރީގައި މިވާ އައިޓަމްތަކެވެ.

32.1.1 ކާޑުގެ ބާވަތްތައް (ހަނޑޫ، ހަކުރު، ފުށް، ލޮނު)

32.1.2 ކޮންސްޓްރަކްށަން މެޓީރިއަލްސް (ސިމެންތި، ހިލަ، ހިލަވެލި)

32.1.3 ޕެރިށަބަލް ކާގޯ (އަލުވި، ފިޔާ، ބިސް، މޭވާ، ތަރުކާރީ ފަދަ ބާވަތްތައް)

32.1.4 ފާޓިލައިޒަރގެ ބާވަތްތައް (ބަސްތާކޮށްފައި ހުންނަ)

32.1.5 ދިރޭ ޖަނަވާރާއި ދޫނި ސޫފި

32.1.6 ލައިވް ޕްލޭންޓްސް ދިރޭ ގަސް 

ނޯޓް: މިބާވަތްތަކުގެ ތެރޭގައި ކޮންޓެއިނާގައި ގެންނަ މުދަލެއް ނުހިމެނޭނެއެވެ.

 

2.32 ޑިރެކްޓް ޑެލިވަރީ ކާގޯއެއް ބޯޓުން ބާލާތާ 24 ގަޑިއިރުގެ ތެރޭގައި ގެންދަންވާނެއެވެ.

3.32 ބަނޑަށް ބާލާފައިވާ ޑިރެކްޓް ޑެލިވަރީ ކާގޯގެ ތެރެއިން ބޭގްކާގޯގެ ގޮތުގައި ހުންނަ މުދާ (މިމާއްދާގެ 1.1.32 އާއި 2.1.32 ގައިވާ މުދާ) ކުލިއަރ ކުރަންޖެހޭ އަދަދަކީ މަދުވެގެން ދުވާލަކު 250 ޓަނެވެ. އަދި ރަމަޒާން މަހު ނަމަ 175 ޓަނެވެ.

4.32 އެއް ކޮންސައިނީ މުދާ އެއްބަނޑަށް ވުރެ ގިނަ ބަނޑުގައި ހުއްޓަސް މިޗެޕްޓަރުގެ 3.32 ގައިވާ ގޮތުގެ މަތިން މުދާ ކުލިއަރ ކުރެވޭނަމަ މަސައްކަތްނުކުރާ ބަނޑުފަހަރަށް ބަނޑު ކުއްޔެއް ނުނެގޭނެއެވެ. ނަމަވެސް ކަނޑައެޅިފައިވާ އަދަދަށް މުދާ ކުލިއަރ ނުކުރެވޭނަމަ އެ ކޮންސައިނީގެ މުދާ ބަރުކުރެވިފައި ހުރި ބަނޑުފަހަރުގެ ބަނޑުކުލި ކޮންސައިނީ އަތުން ނެގޭނެއެވެ.

32.5 ޑިރެކްޓް ޑެލިވަރީ ކާގޯއެއް އެއްވެސް ސަބަބަކާހުރެ ސަރަހައްދަށް ބާލަންޖެހިއްޖެ ހިދެއްގައި ފީއަކާއި ނުލައި ސަރަދައްދުގައި ބެހެއްޓޭނީ 24 ގަޑިއިރު ވަންދެނެވެ. 24 ގަޑިއިރު ހަމަވުމުން އިތުރަށް ހިގާ ކޮންމެ ދުވަހަކަށް ކޮންމެ ކިއުބިކް މީޓަރަކަށް ކަނޑައެޅިފައިވާ ރޭޓުން ފީ ނެގޭނެއެވެ. އަދި މިފަދަ މުދާ ނުގެންގޮސް 48 ގަޑިއިރު ވެއްޖެނަމަ އެމުދަލެއް ނީލަމުގައި ިވއްކާލުން ނުވަތަ ނައްތާލުމުގެ އިހްތިޔާރު އެމް.ޕީ.އޭ އަށް ލިބިގެންވެއެވެ.

32.6 އެއްވެސް މައްސަލައެއް ދިމާވެގެން ބެހެއްޓޭ ޕެރިށަބަލް ކާގޯއެއް ގެންދިއުމަށް އެމް.ޕީ.އޭ އިންމުދަލުގެ ވެރިފަރާތަށް އަންގާތާ 72 ގަޑިއިރު ތެރޭގައި ނުގެންގޮސްފިނަމަ އެމުދަލެއް ނީލަމުގައި ވިއްކާލުމުގެ އިހްތިޔާރު އެމް.ޕީ.އޭ އަށް ލިބިގެންވެއެވެ. އަދި މީގެ ތެރޭގައި ކުނިވެ ހަލާކުވާކަހަލަ މުދަލެއްހުރިނަމަ އެ މުދަލެއް ނައްތާލުމަކީ އުޅަނދުގެ އެޖެންޓްގެ ފަރާތުން ކުރުވަން ޖެހޭ ކަމެކެވެ. އެއްވެސް ސަބަބަކާ ހުރެ އެޖެންޓްގެ ފަރާތުން ނައްތާލަންޖެހޭ ފަދަ މުދަލެއް ނައްތާނުލެވިގެން އެމް.ޕީ.އޭ އިން އެމަސައްކަތް ކުރަންޖެހިއްޖެ ހިދެއްގައި އެމަސައްކަތަށް ހިގާ ހަރަދު ދެއްކުމުގެ ޒިންމާ އުފުލާނީ ބޯޓުގެ އެޖެންޓުންނެވެ.

32.7 ޑިރެކްޓް ޑެލިވަރީ ކާގޯގެ ގޮތުގައި ހިމެނޭ ހިލަ އާއި ހިލަވެލި ބޯޓުން ނުވަތަ ބަނޑުން ބޭލުމުގައި ވިއްސާރަ ވުމުގެ ސަބަބުން ތެމިފައިވާކަމަށް ކަސްޓަމްސް އާއި އެމް.ޕީ.އޭ އަށް ފެނިއްޖެ ހިދެއްގައި ތެމިފައިވާ ކޮންމެ ހިލަވެލި ބަސްތާ އަކުން 4 ކިލޯޯ، ހިލަ ބަސްތާ އަކުން 2 ކިލޯ އުނިކޮށްދިނުމުގެ އިހްތިޔާރު އެމް.ޕީ.އޭ އަށް ލިބިގެންވެއެވެ.

32.8 ޑިރެކްޓް ޑެލިވަރީ ކާގޯގެ ތެރޭގައި ހިމެނޭ ސިމެންތި، ހިލަ، ހިލަވެހި، ހަނޑޫ، ހަކުރު، ފުށް ފަދަތަކެތީގެ ސްވީޕިންގ ބޯޓުންނާއި ބަނޑުން ބާލާ ސަރަހައްދުގައި ބަހައްޓާތާ 24 ގަޑިއރު ތެރޭގައި ނުގެންގޮސްފިނަމަ ގެންދާ ދުވަހަކާއި ހަމައަށް އެފަދަތަކެއްޗަށް ސްޓޯރޭޖް ފީ ނެގެނޭއެވެ. 

32.9 ޑިރެކްޓް ޑެލިވަރީ ކާގޯގެ ސްވީޕިންގ އެއްވެސް ފަރާތަކަށް ދޫކުރެވޭނީ ށިޕް އޯނަރ ނުވަތަ އެޖެންޓަށް އެންގުމަށްފަހު އެފަރާތުން ލިއުމަކުން އަންގާގޮތެއްގެ މަތިންނެވެ.

10.32 ބަނދަރުގެ އިރުމައްޗާއި ހުޅަނގުފަރާތު ކީއާއި ކައިރިކުރާ އުޅަނދަކުން ބާލާ ޑައިރެކްޓް ޑެލިވަރީ ކާގޯއެއްގެ ޑެލިވަރީ ނެގުން ލަސްވެގެން އެ އުޅަނދަކުން މުދާ ބާލަން ނުފެށި 2 ގަޑިއިރަށް ވުރެ ލަސްވެއްޖެނަމަ ނުވަތަ 2 ގަޑި އިރަށްވުރެ ގިނައިރު މަސައްކަތް މެދުކެޑިއްޖެނަމަ އިތުރަށް ހިގާ ކޮންމެ ގަޑިއަކަށް އުޅަނދުގެ ދިގުމިނުގެ މީޓަރަކަށް -/40ރ ގެ ރޭޓުން ފީ ނެގޭނެއެވެ.

32.11 ވިޔަފާރި ބަނދަރުގެ އިރުމަތީ ފަރާތާއި ހުޅަނގު ފަރާތަށް މުދާ ބާލާ އުޅަނދަކުން މުދާ ބޭލުން ނިމި އެއުޅަނދެއް ނެރެން އަންގާތާ 2 ގަޑިއިރުގެ ތެރޭގައި ސަރައްހައްދުން އެ އުޅަނދު ނެރުމުގެ އިންތިޒާމު ހަމަޖައްސަންވާނެއެވެ. އަދި ދެވިފައިވާ ވަގުތު ހަމަވާއިރު އުޅަނދު ނުނެރިއްޖެނަމަ އިތުރަށް ހިގާ ކޮންމެ ގަޑިއަކަށް އުޅަނދުގެ ދިގުމިނުގެ މީޓަރަކަށް -/80ރ. ގެ ރޭޓުން ފީނެގޭނެއެވެ.  

32.12 މިމާއްދާގެ 10.32 އާއި 11.32 ގައި ބަޔާން ކުރެވިފައިވާ ކަންތައްތައް ފިޔަވައި އެމް.ޕީ.އޭ ގެ މުހިއްމު ބޭނުމެއްގައި ވިޔަފާރި ބަނދަރުގެ އެއްވެސް ކީ އަކުން އުޅަނދެއް ދުރުކުރަން އަންގާތާ 6 ގަޑއިރު ތެރޭގައި ދުރުނުކޮށްފިނަމަ އެ އުޅަނދެއް އޮންނަ ކޮންމެ ގަޑިއަކަށް އުޅަނދުގެ ދިގުމިނުގެ ކޮންމެ މީޓަރަކަށް -/160ރ. ރޭޓުން ފީ ނެގޭނެއެވެ.

 

33 ވަނަ މާއްދާ - މިކްސްޑް މާރކް މުދާ

އުޅަނދުފަހަރުގައި މަރުކާ ވަކިނުކޮށް ޖައްސާފައި ހުންނަ މުދަލުގެ މަރުކާ ވަކިކުރުމަށް ކަނޑައެޅިފައިވާ ރޭޓުން ފައިސާ ނެގޭނެއެވެ. މީގެތެރޭގައި ހިމެނޭނީ ޑިރެކްޓް ޑެލިވަރީ ކާގޯއާއި ޕެރިށަބަލް ކާގޯގެ ބާވަތްތަކެވެ.

 

34 ވަނަ މާއްދާ - ބަންދު ގަޑީގައި މުދާ އަރުވާ ބޭލުން 

34.1 އުޅަނދަކުން ބަންދުގަޑީގައި މުދަލެއް ބާލާ ނުވަތަ އަރުވަން ޖެހިއްޖެނަމަ އެ މަސައްކަތް ކުރުމުގެ 4 ގަޑިއިރު ކުރިން އެކަން އުޅަނދުގެ އެޖެންޓް އެމް.ޕީ.އޭ އަށް ލިއުމަކުން އަންގަންވާނެއެވެ.

34.2 ބަންދުގަޑީގައި އުޅަނދަކަށް މުދަލެއް އަރުވާ ނުވަތަ ބާލާނަމަ އާންމުކޮށް ނަގާ ސްޓިވެޑޯރިންގ ޗާޖްގެ އިތުރުން %30 ޗާޖެއްގެ ގޮތުގައި ނެގޭނެއެވެ.

34.3 ބަންދު ގަޑީގައި މަސައްކަތް ކުރަންޖެހިއްޖެނަމަ އެ ގަޑި ކަނޑައަޅާނީ އެމް.ޕީ.އޭ އާއި ށިޕިންގ އެޖެންޓް މަށްވަރާކޮށް ނިންމާ ގޮތެއްގެ މަތިންނެވެ.

 

35 ވަނަ މާއްދާ - ސްޓޯރޭޖް

35.1 މާލެ ވިޔަފާރިބަނދަރަށް ބާލާ ޑިރެކްޓް ޑެލިވަރީ މުދާ ފިޔަވައި އެހެން މުދާ ހިލޭ ބެހެއްޓޭނީ 10 ދުވަހުއެވެ. ދުވަސް ބެލުމުގައި ޕޯޓް ބަންދު ދުވަސްތަކެއް ނުހިމެނޭނެއެވެ. މިމުއްދަތަށްވުރެ އިތުރުވެއްޖެނަމަ މުގާ ގެންދެވޭނީ އިތުރުވާ ކޮންމެ ދުވަހަކަށް ބަންދު ދުވަސްތަކާއިއެކު ސްޓޯރޭޖް ފީ ދެއްކުމަށްފަހުގައެވެ. ސްޓޯރޭޖް ފީނެގުމަށް ދުވަސްގުނާއިރު މުދާބޭލި ދުވަސް ބަލާނީ ފުރަތަމަ ދުވަސް ކަމުގައެވެ. 11 ވަނަ ދުވަހު ނުގެންގޮސް ހުރެއްޖެނަމަ އެދުވަހަށް ސްޓޯރޭޖް ފީ ނެގޭނެއެވެ. 11 ވަނަ ދުވަހަކީ އެމް.ޕީ.އޭ. ބަންދު ދުވަހެއްނަމަ އެދުވަހަށް ސްޓޯރޭޖް ފީ ދައްކާކަށް ނުޖެހޭނެއެވެ. 

35.2 އެފް.ސީ.އެލް ކޮންޓެއިނަރަށް ސްޓޯރޭޖް ފީ ނެގޭނީ އެ ކޮންޓެއިނަރގެ ވޮލިއުމަށެވެ. ނުވަތަ ޔުނިޓަކަށް ކަޑައެޅިފައިވާ ރޭޓަކަށެވެ.

3.35 އެލް.ސީ.އެލް ކޮންޓެއިނަރަށް ސްޓޯރޭޖް ފީ ނެގޭނީ އެ ކޮންޓެއިނަރގައިވާ އެ ބައެއްގެ މުދަލުގެ ވޮލިއުމަށެވެ.

35.4 މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އާއި އެން.އެސް.އެސް ގެ ބޭނުމަށް ދޫނުކޮށް ބެހެއްޓޭ މުދަލުގެ ސްޓޯރޭޖް ފީ ނުނަގާ ދޫކުރެވޭނީ އެ ދެ ފަރާތުންކުރެ ފަރާތަކުން މުދާ ހިފެހެއްޓި ސަބަބު ބަޔާންކޮށް ލިއުމަކުން މިއޮތޯރިޓީއަށް ހުށަހެޅުމުންނެވެ. އަދި މިފަދަ މުދާ ދޫކުރެވޭނީ އެފަރާތުން ލިއުމެއް ހުށަހެޅުމުންނެވެ.ނަމަވެސް ސަރުކާރުން ހަމަޖައްސަވާފައިވާ ގަވާއިދުން ނަގަންޖެހޭ ހުއްދައެއް ނުނަގާ އެތެރެކުރުމުގެ ސަބަބުން ދޫނުކޮށް ބެހެއްޓޭ މުދަލަށް ސްޓޯރޭޖް ފީ ނެގޭނެއެވެ.

35.5 އުޅަނދުފަހަރަށް އެރުވުމަށްޓަކައި ވިޔަފާރި ބަދަރުގެ ސަރަހައްދަށް ގެނެވޭ މުދަލަށާއި، ކޮންޓެއިނަރަށް 10 ދުވަސް ހަމަވުމުން މިމާއްދާގެ 1.35 ގައިވާ ގޮތުގެ މަތިން ސްޓޯރޭޖް ފީ ނެގޭނެއެވެ.

 

ނޯޓް: ކޮންޓެއިނަރގެ މިން ބަލާނީ 20 ފޫޓު ނަމަ 35 ކޮޑިމީޓަރ، 40 ފޫޓު ނަމަ 70 ކޮޑިމީޓަރ ކަމަށް ބަލައިގެންނެވެ. މިނޫން ބާވަތެއްގެ ކޮންޓެއިނަރެއްނަމަ އެ ކޮންޓެއިނަރެއް ނުވަތަ އެކޮންޓޭނަރެއްގައި ހުރި މުދަލުގެ ވޮލިއުމަށެވެ. 

 

36 ވަނަ މާއްދާ - ޓްރާންސިޓް މުދާ

36.1 މާލޭ ވިޔަފާރި ބަނދަރަށް ޓްރާންސިޓް ކުރުމަށް މުދަލުގެ މެނިފެސްޓާއި ބީ.އެލް. ގައި އެ މުދަލަކީ ޓްރާންސިޓް މުދަލެއްކަން އެނގެން އޮންނަންވާނެއެވެ. 

36.2 ޓްރާންސިޓް މުދާ ބަނދަރުގެ ސަރަހައްދުގައި ބެހެއްޓުމަށް ޓްރިފްގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން ފީ ނެގޭނެއެވެ. އަދި މުދާ ބެހެއްޓޭތާ 30 ދުވަސް ހަމަވާއިރު މުދާ ބަނދަރުގެ ސަރަހައްދުން ބޭރު ނުކޮށްފިނަމަ މި އޮތޯރިޓީގެ ގަވާއިދާއި އެއްގޮތަށް ނީލަން ކިޔުމުގެ އިހްތިޔާރު އެމް.ޕީ.އޭ އަށް ލިބިގެންވެއެވެ.

 

37 ވަނަ މާއްދާ - ށިޕްސްޓޯރގެ ގޮތުގައި ގެންނަ މުދާ 

ށިޕް ސްޓޯރ ގޮތުގައި އުޅަނދު ފަހަރަށް އަރުވާ ނުވަތަ ބާލާ މުދަލާއި ބެހޭ ލިސްޓެއް މިއޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ. އަދި މިފަދަ މުދާ އަރުވާ ބޭލުމަށް އެމް.ޕީ.އޭ. ގެ އެއްވެސް ހިދުމަތެއް ހޯއްދަވައިފިނަމަ ޓެރިފްގައިވާ ގޮތުގެމަތިން ފީ ނެގޭނެއެވެ.

 

38 ވަނަ މާއްދާ - މާލޭ ވިޔަފާރި ބަނދަރުގެ ސަރަހައްދަށް ވަދެ ނިކުތުން 

މާލޭ ވިޔަފާރި ބަނދަރުގެ ސަރައްހައްދަށް ވަންނަންވާނީ ވަނުން ހުއްދަކުރާ ފާސް އޮވެގެންނެވެ. ބަނދަރުގެ ސަރަހައްދަށް ވަދެވޭ ފާހުގެ ބާވަތްތައް:

38.1.1 ދުވަހު ފާސް، (މިފާސް ވިއްކާނީ ބޭނުންވާ ފަރާތުގެ އައި.ޑީ.ކާޑު ނުވަތަ އެފަދަ ލިޔުމެއް ދެއްކުމުންނެވެ.)

38.1.2 އެމް.ޕީ.އޭ. އިން ދޫކުރާ 1 އަހަރު ދުވަހުގެ ފާސް، 

38.1.3 އެމް.ޕީ.އޭ.ގެ އައި.ޑީ ކާރޑު (ފޮޓޯޖެހި)،

38.1.4 އެމް.ޕީ.އޭ. ގެ ވިޒިޓާސް ފާސް،

38.1.5 އުޅަނދު ފަހަރަށް އެމް.ޕީ.އޭ އިން ވިއްކާ ސްޓިކަރ،

38.1.6 އުޅަނދުފަހަރުގެ ފަޅުވެރިންނަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭށަނުން ދޫކުރާ ސީ.ޑީ.ސީ (މިސެޓްފިކެޓް ދެއްކުމުން ސަރަހައްދަށް ވަދެވޭނީ ހަމައެކަނި އެވަގުތަކު ބަނދަރުގައި އޮންނަ އުޅަނދު ފަހަރުގެ ފަޅުވެރިންނަށެވެ.)

38.1.7 އުޅަނދުގެ އެޖެންޓް ކްރޫންނަށް ދޫކުރާ ށޯވް ފާސް (ހަމައެކަނި އުޅަނދު ބަނދަރުގައި އޮންނައިރު)

38.2 މާލޭ ވިޔަފާރި ބަނދަރުގެ ފަޅުގެ ސަރަހައްދަށް ވަދެ ނިކުމެ ހަދަންވާނީ އެމް.ޕީ.އޭ އިން ހުއްދަ ހޯދައިގެންނެވެ. 

38.3 މާލޭ ވިޔަފާރި ބަނދަރުގެ ސަރަހައްދަށް ވަދެ ނިކުންނަންވާނީ އެކަމަށް ކަނޑައެޅިފައިވާ ދޮރޯއަށިންނެވެ.

38.4 މާލޭ ވިޔަފާރި ބަނދަރުގެ ސަރަހައްދުގައި ޑްރައިވަރަކުނެތި އެއްވެސް އުޅަނދެއް ބޭއްވުމަކީ މަނާ ކަމެކެވެ.

38.5 މާލޭ ވިޔަފާރި ބަނދަރުގެ ސަރަހައްދަށް ވަދެ ނިކުމެވާ ފަރާތްތަކުން ސެކިއުރިޓީން އެދިއްޖެނަމަ ދުވަހު ފާސް ދެއްކޭ ގޮތަށް ބާއްވަންވާނެއެވެ. އަދި ދާއިމީ ފާސް އޮންނަ ފަރާތްތަކުންވެސް އެ ފާސް ފެންނަ ގޮތަށް ހަރުކޮށްފައި ބަހައްޓަންވާނެއެވެ.

38.6 މާލޭ ވިޔަފާރި ބަނދަރުގެ ސަރަހައްދަށް ވަންނަ އުޅަނދުފަހަރުގައި ފެންނަގޮތަށް ސްޓިކަރ ބަހައްޓަންވާނެއެވެ.

38.7 މާލޭ ވިޔަފާރި ބަނދަރުގެ ސަރަހައްދަށް ވަންނަ އުޅަނދުފަހަރު ނުކުންނަންވާނީ ސިކިއުރިޓީ ޗެކުކުރުމުން ގޭޓް ހުއްދަ ލިބިގެންނެވެ. 

38.8 އެއްވެސް މުދަލެއް މާލޭ ވިޔަފާރި ބަނދަރު ސަރަހައްދަށް ވައްދާ ނެރެންވާނީ އެމް.ޕީ.އޭ ގެ ހުއްދަ ލިބިގެން ނުވަތަ އެމުދަލަކާއި ބެހޭ ލިއުންތައް ސެކިއުރިޓީއަށް ދައްކައި ހުއްދަ ލިބުމުންނެވެ.

38.9 ބަނދަރުގައި އޮންނަ އުޅަނދުފަހަރުގެ ޑިއުޓީ ބަދަލު ކުރުމަށާއި، އުޅަނދުފަހަރު މަރާމާތު ކުރުމަށް ބޭނުންވާ ސްޕެއަރ ޕާޓްސް ފަދަ ތަކެތި ހިފައިގެން އޭގެ ކައިރިއަށްދާ އުޅަނދުފަހަރަށް ސްޓި ަކރާއި ނުލައި މާލޭ ވިޔަފާރި ބަނދަރުގެ ފަޅުގެ ސަރަހައްދަށް ވަދެވޭނެއެވެ. ނަމަވެސް އެ ފަދަ އުޅަނދުފަހަރު ވަނުމުގެ ކުރިން ހާބަރ ކޮންޓްރޯލަށް އަންގަންވާނެއެވެ.

 

39 ވަނަ މާއްދާ - ބަނދަރުގެ ފަޅުގެ ސަރަހައްދަށް އުޅަނދުފަހަރު ވައްދައިގެން މުދާ އަރުވާ ބޭލުން 

39.1 ކަނޑުގައި ދުއްވާ އުޅަނދުފަހަރު ވިޔަފާރި ބަނދަރު ސަރަހައްދަށް ވައްދަންވާނީ، އުޅަނދު ވެއްދުމުގެ ކުރިން ކާގޯ ކުލިއަރެންސް ޑިޕާޓްމަންޓްގެ ކައުންޓަރުން ދޫކުރާ "ފަޅުތެރޭ ކީވޯލްތަކަށް އުޅަނދުފަހަރު ވެއްދުމަށް އެދޭ ފޯމް" ފުރިހަމަކޮށް އުޅަނދު ވެއްދުމުގެ ހުއްދަ ހޯދައި އެއުޅަނދެއް ވައްދަން އެންގުމުންނެވެ. މީގެތެރޭގައި ސްޓިކަރ ގަންނަން ޖެހޭ އުޅަނދުފަހަރުގެ ސްޓިކަރ ގަތުންވެސް ހިމެނެއެވެ.

39.2 އެއްވެސް އުޅަނދެއް ހުއްދަ ލިބުމުގެ ކުރިން ވިޔަފާރިބަނދަރުގެ ފަޅުގެ ސަރަހައްދަށް ވަނުމާއި ނަގިލުމަކީ މަނާކަމެކެވެ.

39.3 މުދާއެރުވުމަށް އުޅަނދުފަހަރު ކީވޯލްއަށް ކައިރި ކުރުމުގެ ހުއްދަ ދެވޭނީ، އެވަގުގަތަކު ސަރަހައްގައި އެމް.ޕީ.އޭ އިން މަސައްކަތް ކުރަންޖެހޭ އުޅަނދު ނުވަތަ ބަނޑު ބޭއްވުމަށްފަހު ކީވޯލްއިން ޖާގަލިބެން އޮތްވަރަކުން ފުރަތަމަ މުދާކުލިއަރ ކުރައްވަން އަންނަ ފަރާތްތަކަށް ފުރަތަމަ އިސްކަން ދޭ އުސޫލުންނެވެ.

39.4 4.39 މުދާ އެރުވުމަށްޓަކައި އަންނަ ކޮންމެ އުޅަނދަކީ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭށަންގެ ގަވާއިދުތަކާއި އެއްގޮތަށް ރަޖިސްޓްރީ ކޮށް އެމިނިސްޓްރީއިން ގަބޫލުކުރައްވާ ފެންވަރަކަށް ސަލާމަތީ ކަންތައްތައް ފުރިހަމަވެފައިވާ އުޅަނދަކަށް ވާންވާނެއެވެ. އަދި އެފަދަ އުޅަނދެއް ނެރުން ވަނުމާއި ނުކުތުމާއި މުދާއެރުވުމުގައި އަމަލުކުރަންވާނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭށަންގެ ގަވާއިދު ތަކާއި އެއްގޮތަށެވެ. 

39.5 ވިޔަފާރި ބަނދަރުގެ ސަރަހައްދަކީ، ގިނަގިނައިން ޓަގުފަހަރުގެ ކަފުގައި ބަނޑު ޖަހައިގެން ވައްދާ އަދި ނެރެންޖެހޭ ތަނަކަށް ވާތީ، އެސަރަހައްދަށް ވައްދާ އުޅަނދުފަހަރު އެމް.ޕީ.އޭ އަށް ބޭނުންވެއްޖެ ހިނދެއްގައި އޮތްތަނަކުން ނަގަން ޖެހިދާނެއެވެ. އެހެންނަމަވެސް އެފަދަ މޫވްމަންޓެއް ނިމުމުން އެއުޅަނދަކީ މުދާ ބަރުކުރަމުން ދިޔަ އުޅަނދެއްނަމަ އެއުޅަނދަކަށް އަލުން ކީވޯލް އިން ޖާގަދެވޭނެއެވެ. 

39.6 މުދާ ބަރުކުރުމަށް ވައްދާ ކޮންމެ އުޅަނދެއްގައި އަބަދުވެސް އެ އުޅަނދެއް އޮތްތަނަކުން ނަގައިގެން ދުއްވޭނެ މިންވަރަށް މީހުން ތިބެންވާނެއެވެ.

39.7 މުދާ އަރުވަން ކީވޯލްތަކަށް ކައިރިކުރާ އުޅަނދުފަހަރުން ޓެރިފްގައި ހަމަޖެހިފައިވާ ގޮތުގެމަތިން ކީވޯލްފީ ދައްކަން ވާނެއެވެ. 

39.8 8.39 މުދާ ބަރުކުރުމަށްފަހު ވީހާވެސް އަވަހަކަށް އެއުޅަނދެއް ކީވޯލް އިން ދުރަށް ދާންޖެހޭނެއެވެ. އަދި އެއްވެސް ސަބަބާކާއިހުރެ މުދާ އަރުވާ ނިމިގެން އުޅަނދެއް ބަނދަރުގެ ފަޅުގެ ސަރަހައްދުގައި ބާއްވަން ވެ ްއޖެނަމަ ބޭއްވޭނީ އުޅަނދުގެ ދިގުމިން މީޓަރަކަށް ގަޑިއަކު 5.00ރ (ފަސްރުފިޔާ) ގެފީއެއް ނަގާގޮތަށެވެ. މިގޮތުން ފީނަގާނީ އެއުޅަނދަކަށް މުދާ ބަރުކޮށް ނިމި ނެރެންޖެހޭ ގަޑިއަކާ ހަމައަށް ހިގާ ވަގުތަކަށެވެ.

40 ވަނަ މާއްދާ - ބަނދަރުގެ ސަރަހައްދު ފޮޓޯ ނެގުމާއި ފިލްމަށް ގެނުން

ބަނދަރު ސަރަހައްދު ތެރޭގައި އެއްވެސް ބާވަތެއްގެ، އެއްވެސް ތަނެއްގެ ފޮޓޯޯއެއް ނުވަތަ ފިލްމެއް ނަގަންވާނީ އެމް.ޕީ.އޭ ގެ ހުއްދަ ހޯދައިގެންނެވެ. 

 

41 ވަނަ މާއްދާ - ބަންދުގަޑީގައި ބަނދަރު ސަރަހައްދަށް ވަނުން 

ބަންދުގަޑިތަކުގައި ބަނދަރުގެ ސަރަހައްދަށް ވަދެވޭނީ އެވަގުތަކު ބަނދަރުގެ ސަރަހައްދުގައި ކުރަންޖެހޭ މަސައްކަތަކާއި ގުޅޭ ގޮތުން ބަނދަރުގައި މަސައްކަތް ކުރާ ސަރުކާރުގެ އޮފީސްތަކުގެ މުވައްޒަފުންނާއި، ހުއްދަ ކުރެވޭ އެހެނިހެން ފަރާތްތަކަށް އެކަންޏެވެ.

 

42 ވަނަ މާއްދާ - ކްލޭމްސް ހުށަހެޅުން 

42.1 އެއްވެސް މުދަލެއް ސާވޭ ކުރަން ބޭނުންނަމަ އެ މުދަލެއް ކުލިއަރ ކުރުމުގެ ކުރިން ސާރވޭ ކުރުމަށް އެދި އެމް.ޕީ.އޭ އަށް ހުށަހަޅަންވާނެއެވެ. މުދާ ސާރވޭ ކުރެވޭނީ މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އާއި ށިޕްއެޖެންޓާއި މުދަލުގެ ވެރި ފަރާތާއި އެމް.ޕީ.އޭ ގެ މުވައްޒަފުންގެ ހާޒިރުގައެވެ.

42.2 "ކްލެއިމްސް ހުށަހަޅާ ފޯމް" ކްލެއިމްސް ހުށަހަޅާ ފޯމް ދޫކުރަނީ އެމް.ޕީ.އޭ ގެ ކްލިއަރެންސް ޑިޕާޓްމަންޓުންނެވެ. މިފޯމް ބަލައިގަނެވޭނީ ފޯމް ފުރިހަމަކޮށް އޭގައިވާ ލިއުންތަކާއެކު ހުށަހެޅުމުންނެވެ. 

42.3 ޑެމޭޖް / ށޯޓް ލޭންޑެޑް / ލޭންޑިންގ ސެޓްފިކެޓް ދޫކުރެވޭނީ ޓެރިފްގައިވާ ގޮތުގެ މަތީން ފީ ދެއްކުމުންނެވެ. 

42.4 އެމް.ޕީ.އޭ އިން ހޭންޑްލް ކުރާ އުޅަނދަކުން ބާލާ އިމްޕޯޓް މުދަލަކަށް ކްލެއިމެއް ކުރާނަމަ އެ އުޅަނދެއް މާލެ އަންނަ
ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެމް.ޕީ.އޭ އަށް ކްލެއިމް ހުށަހަޅަން ވާނެއެވެ. 30 ދުވަސް ހަމަވުމަށްފަހު ކްލެއިމެއް ހުށަހެޅި ނަމަވެސް އެ ކްލެއިމެއް ގަބޫލެއް ނުކުރެވޭނެއެވެ.

42.5 ޑްމޭޖް ސްޓްފިކެޓް ދޫކުރެވޭނީ ސާރވޭ ރިޕޯޓަށް ނުވަތަ ކާނާގެ ބާވަތެއްނަމަ ޕޯޓް ހެލްތުން ދޫކުރައްވާ ލިއުމަށް ބިނާ ކޮށެވެ. 

 

43 ވަނަ މާއްދާ - ރާއްޖެއިން ބޭރުން އަންނަ އުޅަނދުފަހަރުން އަމިއްލައަށް މުދާ ބޭލުމާއި މުދާ އެރުވުން 

43.1 އުޅަނދުފަހަރުން އަމިއްލައަށް މުދާ އަރުވާ ބާލަންވާނީ އެމް.ޕީ.އޭ. ގެ ހުއްދަ ލިބިގެންނެވެ. 

43.2 ނަމްބަރުގައިވާ ފަދައިން ހުއްދަ ލިބިގެން މަސައްކަތް ކުރާ ފަރާތްތަކުން ޕްރައިވެޓް ހޭންޑްލިންގ ޗާޖްގެ އިތުރަށް އެމް.ޕީ.އޭ އިން ދެވޭ ހުރިހާ ހިދުމަތަކަށް ޓެރިފްގައި ކަނޑައެޅިފައިވާ ގޮތުގެ މަތީން އަގު ނެގޭނެއެވެ.

 

44 ވަނަ މާއްދާ - އުޅަނދުފަހަރަށް އަރުވަން ގެންނަ މުދާ ބަލައި ގަތުން 

44.1 ބޯޓް ފަހަރަށް މުދާ އަރުވަން ބޭނުންވާ ފަރާތްތަކުން އެޖެންޓުން ދޫކުރާ ށިޕިންގ އޯޑަރ ފުރިހަމަ ކުރުމަށްފަހު އެމް.ޕީ.އޭގެ ކާގޯ އޮޕަރޭށަންސް ޑިވިޒަނަށް ހުށަހަޅަންވާނެއެވެ. އަދި މުދާ ބަލައިގަނެވޭނީ އެމް.ޕީ.އޭ އަށް ދައްކަންޖެހޭ ފައިސާ ދެއްކުމުންނެވެ.  

44.2 އެފް.ސީ.އެލް ކޮށް ގެންނަ މުދާ ފިޔަވައި އެހެންމުދާ ބަލައިގަންނާނީ އެމް.ޕީ.އޭ އާއި ކަސްޓަމްސް އާއި އެން.އެސް.އެސް ގެ އިތުރުން މުދާ އެކްސްޕޯޓްކުރާ ފަރާތުގެ ހާޒިރުގައި ޗެއްކުރުމަށް ފަހުގައެވެ. އެފް.ސީ އެލް ނަމަ ބަލާނީ ށިޕާރސް ލޯޑް އެންޑް ކައުންޓްގެ ގޮތުގައެވެ. 

44.3 ލޭށިން ލާންޖެހޭ ބާވަތެއްގެ މުދަލެއްނަމަ އެ މުދަލެއްގައި ލޭށިން ލުމުމުގެ ކަންތައް ހަމަޖެއްސުމަކީ މުދާ ގެންނަ ފަރާތުން ކުރަންޖެހޭ ކަމެކެވެ.

 

45 ވަނަ މާއްދާ - ގިނަދުވަސްވާ މުދާ ނީލަން ކިއުން

45.1 މާލޭ ވިޔަފާރި ބަނދަރަށް ބާލާ މުދަލެއް ނުނެރެވި 30 ދުވަސް ހަމަވުމުން އެފަދަމުދާ ނީލަމުގައި ވިއްކާލުމުގެ އިހްތިޔާރު އެމް.ޕީ.އޭ އަށް ލިބިގެންވެއެވެ. އެފަދަމުދާ ނީލަމުގައި ވިއްކާލެވޭނީ މުދަލުގެ ވެރިފަރާތަށް އެންގުމަށްޓަކައި އިއުލާނުކޮށް ދެވޭ މުއްދަތުގެ ތެރޭގައި އެ މުދާ ނުގެންގޮސް ހުރެއްޖެނަމައެވެ.

45.2 މިމާއްދާގެ 1.45 ގައިވާ މުދާ ނެރުމަށް ދެވޭ 30 ދުވަހުގެ މުއްދަތު ބަލާނީ މުދާ ބާލާ ތާރީހުން ފެށިގެން ސަރުކާރު ބަންދު ދުވަސްތަކާއި އެމް.ޕީ.އޭ ބަންދު ދުވަސްތައް ހިމަނައިގެންނެވެ.

45.3 މިމާއްދާގެ 1.45 ގައިވާ ފަދަ މުދަލެއް ނީލަން ނުކިޔައި ފަސްކުރެވޭނީ ތިރީގައި މިވާ ގޮތުގެ މަތީންނެވެ.

45.3.1 މުދާ ނުނުރެވި ހުރީ ބޭންކަކުން އެމުދަލެއްގެ ޒިންމާ އެ މުދަލެއްގެ ޒިންމާ އުފުލާ ގޮތަށްނަމަ އެމް.ޕީ.އޭ އަށް ދައްކަންޖެހޭ ހުރިހާ ޗާޖެއް އެ ބޭންކަކުން ދައްކާނެކަމުގެ ލިއުމެއް އެމް.ޕީ.އޭ އަށް ހުށަހެޅުމުން 

45.3.2 2.3.45 ދިމާވާ މައްސަލައަކާ ގުޅިގެން އެމް.ޕީ.އޭގެ ނުވަތަ މޯލްޑިވްސް ކަސްޓަމްސް ސާވިސަސް ގެ ބެލުމުގެ ދަށުގައި ހުރި މުދާ

45.3.3 3.3.45 ށަރުއީ ކޯޓެއް ނުވަތަ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީގެ އަމުރަކަށް، މިފަދަ
ހާލަތްތަކުގައިވެސް، ކަމުގެ ޒިންމާ އުފުލާ ފަރާތްތަކުން ސްޓޯރޭޖް ދައްކަންވާނެއެވެ.

45.4 މިމާއްދާގެ 3.45 ގައިވާ ފަދަ ކަމެއް ދިމާވެގެން މުދަލެއްގެ ނީލަން ނުކިޔާގޮތް މެދުވެރިވިއަސް އެމުދަލަކަށް ދައްކަންޖެހޭ ސްޓޯރޭޖް ފީ ނެގޭނެއެވެ. އަދި މުދާ ދޫކުރެވޭނީ ސްޓޯރޭޖް ފީ އާއި އެހެނިހެންޗާޖްތައް ދެއްކުމުންނެވެ.

45.5 މުދަލުގެ ވެރިފަރާތް އެގެން ނުހުންނަ މުދާ ނީލަން ކިޔާނީ އެމުދަލެއް ގެނައި ބޯޓުގެ ވެރިފަރާތަށް ނުވަތަ އެޖެންޓަށް ލިޔުމަކުން އެންގުމަށްފަހު ދެވޭ މުއްދަތުގެ ތެރޭގައި މުދާ ނުގެންގޮސް ހުރެއްޖެނަމައެވެ.

45.6 މިމާއްދާގެ 1.45 ގައިވާ ފަދައިން މުދަލެއް ނީލަންކިޔާނަމަ އެފަދަ ތަކެއްޗާއި ބެހޭ މައުލޫމާތު މާލޭ ވިޔަފާރި ބަނދަރުގެ ސަރަހައްދުގައި ބެހެއްޓިފައިވާ ނޯޓިސްބޯޑުގައި "ނީލަން ކިޔުމަށް ހުށަހެޅޭ ތަކެތި" މިނަމުގައި ހުންނާނެއެވެ. 

 

46 ވަނަ މާއްދާ - ބަނދަރުގެ ސަރަހައްދު ސާފުކޮށް ބޭއްވުން 

46.1 މުދާ ކްލިއަރ ކުރާއިރު ދާގީނާ ކަނޑާ ހެދުމުގައި ބަނދަރުގެ ސަރަހައްދަށް އެޅޭ ކުނިބުނި މުދާ ނެރޭ ފަރާތްތަކުން ބަނދަރުގެ ސަރަހައްދުން ބޭރަށް ގެންދަންވާނެއެވެ. 

46.2 ބަނދަރުގެ ސަރަހައްދު ހަޑިވާފަދަ ކަމެއް ކޮށްފި ފަރާތެއް ޖޫރިމަނާ ކުރެވޭނެއެވެ. އަދި ކަމުގެ ކުޑަބޮޑު މިނުގެ މައްޗަށް ބަލާ ސަރަހައްދަށް ވަނުން މަނާކުރުމާއި، އެމީހަކަށް ދޫކުރެވިފައިވާ ފާސް އަތުލުން ަފދަ ފިޔަވަޅު އެޅޭނެއެވެ. 

 

47 ވަނަ މާއްދާ - އުޅަނދަށް ފެންލުން

47.1 މާލޭ ވިޔަފާރި ބަނދަރަށް އަންނަ އުޅަނދުފަހަރަށް ފެންލާދޭން އެދިއްޖެނަމަ އެކަމުގެ އިންތިޒާމް ހަމަޖައްސައި ދެވޭނެއެވެ. މިގޮތުން ފެންލުމުގެ އަގު ޓެރިފްގައިވާ ގޮތުގެމަތީން ދައްކަންވާނެއެވެ.

47.2 ފެންލުމަށްޓަކައި އުޅަނދު ބާތުގައި އޮންނަ އޮތުމަށް ފީއެއް ނުނެގޭނެއެވެ. ނަމަވެސް ފެންލުމުގެ އިތުރަށް އެހެން އެއްވެސް ހިދުމަތެއް ލިބިގަންނަނަމަ އެ ހިދުމަތުގެ އަގުގެ އިތުރުން ބާތްފީ ނެގޭނެއެވެ.

47.3 ފެންލުމަށްޓަކައި އުޅަނދުފަހަރު ކީތަކަށް ކައިރި ކުރަންވާނީ މުދާ އަރުވާ ބޭލުމުގެ މަސައްކަތަށް ދަތި ނުވާނެ ގޮތެއްގެ މަތީންނެވެ.

 

48 ވަނަ މާއްދާ - އުޅަނދުފަހަރުގެ މަސައްކަތް ސަބްކޮންޓްރެކްޓަށް ދޫކުރުން 

48.1 އެމް.ޕީ.އޭ އަށް ބޭނުންވެއްޖެ ހިނދެއްގައި ބޯޓްފަހަރުން މުދާ ބޭލުމާއި އެރުވުމުގެ މަސައްކަތް ސަބްކޮންޓްރެކްޓް ކުރެވިދާނެއެވެ. 

48.2 ސަބްކޮންޓްރެކްޓަރުން ހޯދާނީ އެކަމަށް އެމް.ޕީ.އޭ އިން އިއުލާން ކޮށްގެންނެވެ.

48.3 މިމާއްދާގެ ގައިވާ ގޮތަށް ސަބްކޮންޓްރެކްޓަރުން ހޯދުމުގައި އެމަސައްކަތްކުރެވޭ އުޅަނދެއްގެ ވެރިފަރާތަށް ނުވަތަ އެޖެންޓަށް އިސްކަންދެވޭނެއެވެ.

 

49 ވަނަ މާއްދާ - ބަނދަރު ކުލިނެގުން 

49.1 ދިވެހިރާއްޖޭގެ ބަނދަރަކަށް ރާއްޖެއިން ބޭރަށް އަންނަ ކޮންމެ އުޅަނދަކުން ބަނދަރަށް ވަނުމުގެ ކުއްޔާއި ބަނދަރުގައި އޮތުމުގެ ކުލި ގާނޫނު ނަމްބަރު 1978-66 ގައިވާ ގޮތުގެ މަތިން ނެގޭނެއެވެ. ކުލި ނެގޭ ގޮތުގެ ތަފްސީލު ޓެރިފްގައި ކަނޑައެޅިފައިވާނެއެވެ.

49.2 ރާއްޖޭގެ މީހުން ދުއްވާ 500 ނެޓް ޓަން ހަމަނުވާ އުޅަނދުފަހަރުން ބަނދަރުގައި އޮތުމުގެ ކުއްޔެއް ނުނެގޭނެއެވެ.

49.3 ދިވެހި ސަރުކާރުން ހާއްސަ އިމްތިޔާޒް ދޭ ފަރާތްތައް ގާނޫނު ނަމްބަރު 1978-66 ގެ ދަށުން އިސްތިސްނާވާނެއެވެ.

 

50 ވަނަ މާއްދާ - މުދަލުގައި މިންއެޅުން 

50.1 މިމާއްދާއަކީ އަދަބު / ޖޫރިމަނާ ކަނޑައެޅި ބަޔާންކުރެވިފައިވާ މާއްދާއެއްކަމުގައި ވާތީ، މިމާއްދާ މިވަނީ މި ގަވައިދުން އުނިކުރެވިފައެވެ.

50.2 އުޅަނދެއްގެ އެޖެންޓް ނުވަތަ މުދަލުގެ ވެރިފަރާތުން އެދިގެން މުދަލެއްގައި މިން އަޅައި ދެވޭނީ، ކޮންމެ ކިއުބިކް މީޓަރަކަށް ޓެރިފުގައިވާގޮތުގެ މަތިން ފީ ދައްކާ ގޮތަށެވެ. މިގޮތަށް މިންއަޅާއިރު ހުށަހަޅާފައިވާ ލިއުންތަކާ ދިމާނުވާނަމަ މި ގަވާއިދުގެ މާއްދާ 1.50 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަމަލު ކުރެވޭނެއެވެ. އަދި މުދަލުގައި މިން އަޅަން އެދޭނަމަ އެކަން ލިޔުމަކުން އެމް.ޕީ.އޭ އަށް ހުށަހަޅަންވާނެއެވެ.

 

51 ވަނަ މާއްދާ - މެނިފެސްޓަށް އިސްލާހް ގެނައުން

51.1 ރާއްޖޭގެ ބަނދަރަށް އަންނަ ބޯޓްފަހަރުން ގެންނަ މުދަލުގެ މެނިފެސްޓް އެމް.ޕީ.އޭ އަށް ހުށަހެޅުމަށްފަހު އެއަށް އިސްލާހެއް ގެންނަން ވެއްޖެނަމަ އިސްލާހްކުރާ ކޮންމެ ބަދަލެއްގެ ތަފްސީލު އެމް.ޕީ.އޭ އަށް ލިއުމަކުން އަންގަންވާނެއެވެ.

51.2 މެނިފެސްޓްގައި މުދަލުގެ ކޮންސައިނީއަކަށް ޖަހާފައިވާ ފަރާތް ނޫން އެހެން ފަރާތްތަކަށް މުދަލެއް ދޫކުރެވޭނީ މުދަލުގެ ކޮންސައިނީ ބަދަލު ކުރުމަށް މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒް އިން ލިބިފައިވާ ހުއްދައިގެ އިތުރުން އެ ގެނެވުނު ބަދަލާއި އެއްގޮތަށް މުދާ ދޫކުރުމަށް އެޖެންޓްގެ ލިޔުމެއް ހުށަހެޅުމުންނެވެ. މިގޮތުން ކޮންސައިނީ ބަދަލުވާ ކޮންމެ ފަހަރަކަ ްށ ޓެރިފުގައިވާ ގޮތުގެ މަތިން ޖޫރިމަނާ ނެގޭނެއެވެ. 

 

މައި ގާނޫނު

ނެތް

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު