-

މިނިސްޓްރީތަކާ ހަވާލުކުރެވޭ ބިންތައް ވިޔަފާރީގެ އުސޫލުން މުއާމަލާތު ކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 137/2015) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2017-39)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 18 އެޕްރީލް 2017 ގައި)

ގަވާއިދު ނަންބަރު 2015-137 (މިނިސްޓްރީތަކާ ހަވާލުކުރެވޭ ބިންތައް ވިޔަފާރީގެ އުސޫލުން މުއާމަލާތު ކުރުމާބެހޭ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 22 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ އަދި 2 ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހު ކުރުން. 

22. (ހ)

  1. އުމުރުން 18 އަހަރު ފުރިފައިވާ ވަކި ފަރުދަކު ކަމުގައިވުން.
  2. ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ކުންފުންޏެއް ކަމުގައިވުން ނުވަތަ ރާއްޖެއިން ބޭރުގައި ރަޖިސްޓަރީކޮށްފައިވާ ކުންފުންޏެއްނަމަ، ކުންފުންޏާބެހޭ ގާނޫނުގެ ދަށުން ރާއްޖޭގައި ރީ-ރަޖިސްޓަރީކޮށްފައިވާ ކުންފުންޏެއްކަމުގައިވުން.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 22 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

22. (ށ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބިން ކުއްޔަށް ހިފާނެ ފަރާތެއް ކަނޑާއަޅާނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެ މަތިންނެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 29 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ އަދި 2 ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހު ކުރުން.

29. (ހ)

  1. އުމުރުން 18 އަހަރު ފުރިފައިވާ ވަކި ފަރުދަކު ކަމުގައިވުން. 
  2.  ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ކުންފުންޏެއް ކަމުގައިވުން ނުވަތަ ރާއްޖެއިން ބޭރުގައި ރަޖިސްޓަރީކޮށްފައިވާ ކުންފުންޏެއްނަމަ، ކުންފުންޏާބެހޭ ގާނޫނުގެ ދަށުން ރާއްޖޭގައި ރީ-ރަޖިސްޓަރީކޮށްފައިވާ ކުންފުންޏެއްކަމުގައިވުން. 

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ވަކި މާއްދާއެއްގެ ބަޔަކަށް ހަވާލާދީފައިވާ ތަންތަން، މި ގަވާއިދަށް ގެންނަ އިސްލާހުތަކާ ގުޅިގެން ބަދަލުކުރުން.

 

5 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

މިނިސްޓްރީތަކާ ހަވާލުކުރެވޭ ބިންތައް ވިޔަފާރީގެ އުސޫލުން މުއާމަލާތު ކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2015-137)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

މިނިސްޓްރީތަކާ ހަވާލުކުރެވޭ ބިންތައް ވިޔަފާރީގެ އުސޫލުން މުއާމަލާތު ކުރުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2015-137)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު