-

ރުއްގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެންނެގުން އަދި އެއްރަށުން އަނެއްރަށަށް ގެންދިއުމާބެހޭ ގަވާއިދު އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2014-07)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 30 ޖޫން 2014 ގައި)

 

ރުއްގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެންނެގުން އަދި އެއްރަށުން އަނެއްރަށަށް ގެންދިއުމާބެހޭ ގަވާއިދު އަށް 1 ވަނަ އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ -

މި ގަވާއިދުގެ 3 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން

3. ރުއްގަހުގެ ތެރެއިން އަންނަނިވި ބާވަތްތަކުގެ ތެރެއިން އެއްވެސް ބާވަތެއް ކެނޑުމާއި އުފުރުން އަދި ކޮނެގެން ނެގުމަކީ މަނާ ކަމެކެވެ.

(ހ)

  1. ރަށުގެ ހޭޅީގައި އެންމެ ގޮނޑުދޮށަށް ހެދިފައިވާ ގަހުން ފެށިގެން އެއްގަމަށް 15 މީޓަރުގެ ފުޅާ ސަރަހައްދުގައި ހުރި ހުރިހާ ބާވަތެއްގެ ރުއްގަސް.
  2. ކަނޑޫފަލާއި ކުޅިފަދަ ތަންތަނާއި އެތަންތާނގެ ވަށައިގެން 15 މީޓަރު ފުޅާ ސަރަހައްދުގައި ހެދިފައި ހުންނަ ހުރިހާ ބާވަތެއްގެ ރުއްގަސް.
  3. ދިވެހިރާއްޖޭގައި ހިމާޔަތްކޮށްފައިވާ ސަރަހައްދެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި ހުންނަ ހުރިހާ ބާވަތެއްގެ ރުއްގަސް.
  4. ދިރޭތަކެތީގެ ނަސްލު ދެމެހެއްޓުމުގެ ގޮތުން ސަރުކާރުން ހިމާޔަތްކުރައްވާފައިވާ  ހުރިހާ ބާވަތެއްގެ ރުއްގަސް.
  5. އާދަޔާ ހިލާފު ސިފައެއް ލިބިފައި ހުންނަ ރުއްގަސް.

(ށ)

  1. މިގަވާއިދުގެ 2 ވަނަ މާއްދާގެ (ރ) ގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ވަޒީރުންގެ މަޖިލީހުން ނިންމަވައި ސަރުކާރުން ހިންގާ ތަރައްގީގެ މަށްރޫއެއް ހިންގުމަށް، އެފަދަ ސަރަހައްދެއްގައި ހެދިފައި ހުންނަ ރުއްގަސް ކަނޑައި، އުފުރައި ނުވަތަ ކޮނެގެން ނެގޭ ކޮންމެ ރުކަކަށް 6 (ހައެއް) ރުއް އަދި ކޮންމެ ގަހަކަށް 6 (ހައެއް) ގަސް އެރަށުގައި އިންދައި ހައްދަން ށަރުތުކޮށް އެކަމަށް ތަންފީޒީ އިދާރާއިން ހުއްދަ ދެވިދާނެއެވެ.
  2. އަދި މި ގަވާއިދު ތަންފީޒު ކުރާ ފަރާތުން ކަނޑައަޅާ އުސޫލެއްގެ ދަށުން މި މާއްދާގެ (ށ) ގެ (1) ގައި ބަޔާންކޮށްފައިވާ ށަރުޒުތައް ފުރިހަމަ ކުރަމުން ގެންދޭތޯ ބެލުމުގެ ގޮތުން ތައްޔާރުކުރެވޭ "މޮނިޓަރިންގ ޕްލޭނެއް" އެކުލަވައިލައި، މިޕްލޭނުގައި ހިމެނޭ ކަންތައްތަކަށް އަމަލުކުރަމުން ގެންދަންވާނެއެވެ.

 

2 ވަނަ މާއްދާ -

ގަވާއިދުގެ 11 ވަނަ މާއްދާގެ ގޮތުގައި އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކޮށް، މިހާރު މިގަވާއިދުގައި އޮތް 11 ވަނަ މާއްދާއަކީ މި ގަވާއިދުގެ 12 ވަނަ މާއްދާ ކަމަށް ބަދަލުކުރުން.

 

3 ވަނަ މާއްދާ -

ގަވާއިދު ތަންފީޒު ކުރުން 11.

މިގަވާއިދު ތަންފީޒު ކުރާނީ މިނިސްޓްރީގެ ފަރާތުން އެންވަޔަރަންމަންޓަލް ޕްރޮޓެކްށަން އޭޖެންސީންނެވެ.

 

4 ވަނަ މާއްދާ -

ގަވާއިދަށް އަމަލުކުރުން: މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ރުއްގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެންނެގުން އަދި އެއްރަށުން އަނެއްރަށަށް ގެންދިއުމާބެހޭ ގަވާއިދު

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ރުއްގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެންނެގުން އަދި އެއްރަށުން އަނެއްރަށަށް ގެންދިއުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 1993 -00)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު