-

ދައުލަތުގެ އިދާރާތަކުން، މަތީ ތައުލީމާއި ތަމްރީނުގެ ޕްރޮގްރާމްތައް ހިންގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-74) އަށް 1 ވަނަ އިސްލާހުގެ ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2022-201)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 15 ނޮވެމްބަރު 2022 ގައި)

 

ގަވާއިދު ނަންބަރު 2022-74 (ދައުލަތުގެ އިދާރާތަކުން، މަތީ ތައުލީމާއި ތަމްރީނުގެ ޕްރޮގްރާމްތައް ހިންގުމުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) އާއި (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ހިނގަމުންދާ ކޮލެޖްތަކާއި އިންސްޓިޓިއުޓްތައް ރަޖިސްޓަރީކުރުން 4.

(ހ) މިނިސްޓްރީގައި ރަޖިސްޓަރީނުކޮށް ހުރި ދައުލަތުގެ އިދާރާތަކުގެ ކޮލެޖްތަކާއި، އިންސްޓިޓިއުޓްތަކާއި، އެފަދަ ތަންތަނުގެ ކެމްޕަސްތަކާއި،އައުޓްރީޗް ސެންޓަރުތައް ރަޖިސްޓަރީކުރުމަށް އެދި، 16 މޭ 2023 ގެ ނިޔަލަށް، އެފަދަ މަރުކަޒުތައް ހިންގަމުންދާ ފަރާތްތަކުން، މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ށ) މިނިސްޓްރީގައި ރަޖިސްޓަރީކޮށްގެން ހިންގަމުންގެންދާ ދައުލަތުގެ އިދާރާތަކުގެ ކޮލެޖްތަކާއި، އިންސްޓިޓިއުޓްތަކާއި، އެފަދަ ތަންތަނުގެ ކެމްޕަސްތަކާއި، އައުޓްރީޗް ސެންޓަރުތައް، ރީ-ރަޖިސްޓަރީކުރުމަށް އެދި، 16 މޭ 2023 ގެ ނިޔަލަށް، އެފަދަ މަރުކަޒުތައް ހިންގަމުންދާ ފަރާތްތަކުން، މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 17 ވަނަ މާއްދާގެ (ހ) އާއި (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ހިނގަމުންދާ މަރުކަޒުތައް ރަޖިސްޓަރީކުރުން 17.

(ހ) މިނިސްޓްރީގައި ރަޖިސްޓަރީނުކޮށް ހިންގަމުންދާ، މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތައް ރަޖިސްޓަރީކުރުމަށް އެދި، 16 މޭ 2023 ގެ ނިޔަލަށް، އެފަދަ މަރުކަޒުތައް ހިންގާ ފަރާތްތަކުން، މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ށ) މިނިސްޓްރީގައި ރަޖިސްޓަރީކޮށްގެން ހިންގަމުންދާ، މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތައް ރީ-ރަޖިސްޓަރީކުރުމަށް އެދި، 16 މޭ 2023 ގެ ނިޔަލަށް، އެފަދަ މަރުކަޒުތައް ހިންގާ ފަރާތްތަކުން، މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

 

3 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ދައުލަތުގެ އިދާރާތަކުން، މަތީ ތައުލީމާއި ތަމްރީނުގެ ޕްރޮގްރާމްތައް ހިންގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-74)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ދައުލަތުގެ އިދާރާތަކުން، މަތީ ތައުލީމާއި ތަމްރީނުގެ ޕްރޮގްރާމްތައް ހިންގުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2022-74)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު