-

ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ފިޔަވައި އެހެނިހެން ބޭނުންތަކަށް ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ބިން ދޫކުރުމާއިބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2008-00)

(މި ގަވާއިދަށް ނަންބަރެއް ދެވިފައިނުވޭ. އަމަލުކުރަން ފެށީ 1 މާރޗް 2008 ގައި)

 

ތައާރަފް

މިއީ މީހުން ދިރިއުޅޭ ރަށްރަށުން ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ފިޔަވައި އެހެނިހެން ބޭނުންތަކަށް ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ބިން ދޫކުރުމާއިބެހޭ ގަވާއިދެވެ. 


ބިން ދޫކުރުމުގައި ބަލަންޖެހޭ މައިގަނޑު ކަންތައްތައް

 

1 ވަނަ މާއްދާ

މިގަވާއިދުގެ ދަށުން ބިން ދޫކުރާނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ މަށްވަރާއާއެކު އެއަތޮޅެއްގެ އަތޮޅުވެރިޔާއެވެ.

 

2 ވަނަ މާއްދާ

މިގަވާއިދުގެ ދަށުން ތަފާތު ބޭނުންތަކަށް ބިން ދޫކުރުމުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުން ބިން އެކަށައެޅުމުގައި ބަލަންޖެހޭ މިންގަނޑުތަކަށް ބަލަންވާނެއެވެ. މިމިންގަނޑުތަކަކީ ދިވެހިރާއްޖޭގެ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ގަވާއިދުގެ އެނެކްސް 1 ގައި ހިމެނޭ މިންގަނޑުތަކެވެ. 

 

3 ވަނަ މާއްދާ

(ހ) ތަފާތު ބޭނުންތަކަށް އެރަށަކުން ދޫކުރާނެ ބިންތައް ކަނޑައަޅާނީ މިގަވާއިދު ަގއިވާ ގޮތުގެމަތިން އެރަށެއްގެ ރކ. ކޮމެޓީގެ މަށްވަރާއާއެކު އެއަތޮޅެއްގެ އަތޮޅުވެރިޔާއެވެ. (ޏ. އަތޮޅުގައި ރކ. ކޮމިޓީގެ ބަދަލުގައި މަށްވަރާ ކުރާނީ އަތޮޅުކުރިއަރުވާ ކޮމިޓީއާއެވެ.) 

(ށ)

  1. މީހުން ދިރިއުޅޭރަށްރަށުން އަމިއްލަ ފަރާތްތަކަށް ދިރިއުޅުން ފިޔަވާ މިމާއްދާގެ (ii)، (iii)، (iv) އަދި (v) ގައިވާ ބޭނުންތައް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރާނީ ބީލަމުގެ އުސޫލުންނެވެ. މިގޮތުން ބީލަމުގެ އުސޫލުން ދޫކުރާބިން ދޫކުރާނެ މުއްދަތާއި އަދި އެންމެ ކުޑަކޮށް ހުށަހަޅަން ޖެހޭ ކުލި ބަޔާންކޮށް އާއްމުކޮށްއިއުލާނުކުރަން ވާނެއެވެ.
  2. މިމާއްދާގެ (ށ) ގެ (i) ގައި ވާ ގޮތުގެ މަތިން އިއުލާނު ނުކޮށް ދޫކުރެވޭނީ:
    ސަރުކާރުގެ އެކި އެކި ބޭނުން ތަކަށް ދޫކުރާ ބިން، އަތޮޅުކުރިއަރުވާ ކޮމިޓީ، ރައްކުރިއަރުވާ ކޮމިޓީ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ފަދަ އަތޮޅުއޮފީސް ނުވަތަ ރަށުއޮފީހުގެދަށުން ހިންގާ ތަންތަނަށް ދޫކުރާބިން، އިޖްތިމާއީ ބޭނުންތަކަށް އަމިއްލަ ފަރާތްތަކަށް ދޫކުރާ ބިން، ކުލަބް ޖަމިއްޔާތަކުގެ އިދާރީ މަރުކަޒް އެޅުމަށް ދޫކުރާ ބިމެވެ. 
  3. އޮޑިދޯޯނިފަހަރުބަނުމަށް 2 އަހަރުދުވަހަށް ނުވަތަ އެއަށްވުރެ ކުރުމުއްދަތަކަށް ދޫކުރާބިން މިމާއްދާގެ (ށ) ގެ (i) ގައި ވާ ގޮތުގެ މަތިން އިއުލާނު ނުކޮށް ދޫކުރެވިދާނެއެވެ. ނަމަވެސް މިމާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން މިފަދަ ބިމުން ކުލި ނެގުމަށް މިމާއްދާ ހުރަހެއްނާޅައެވެ. މިފަދަ ބިމުގައި ގިނަދުވަހަށް ދެމިހުންނަގޮތަށް ބޮޑެތި އިންވެސްޓެއް ނުކުރެވޭނެއެވެ.
  4. ދަނޑުވެރިކަންކުރުމަށް ނުވަތަ މަސްކައްކާ ހިއްކުމަށް 2 އަހަރުދުވަހަށް ނުވަތަ އެއަށްވުރެ ކުރުމުއްދަތަކަށް ދޫކުރާބިން މިމާއްދާގެ (ށ) ގެ (i) ގައި ވާ ގޮތުގެ މަތިން އިއުލާނު ނުކޮށް ދޫކުރެވިދާނެއެވެ. ނަމަވެސް މިމާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން މިފަދަ ބިމުން ކުލި ނެގުމަށް މިމާއްދާ ހުރަހެއްނާޅައެވެ. މިފަދަ ބިމުގައި ގިނަދުވަހަށް ދެމިހުންނަގޮތަށް އިންވެސްޓެއް ނުކުރެވޭނެއެވެ.
  5. ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީ ތަކުން ރާވާ ހިންގާ ބޮޑެތި މަށްރޫއުތަށް ހިންގުމަށް އެފަރާތްތަކަށް ބިން ދޫކުރާނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ކަނޑައަޅާ ގޮތެއްގެ މަތިން އެއަތޮޅެއްގެ އަތޮޅުވެރިޔާއެވެ. މިގޮތަށް ދޫކުރެވޭބިން އެހެންފަރާތްތަކަށް ކުއްޔަށް ދިނުމަށް އެ މަށްރޫއު ހިންގާ މިނސްޓްރީން ބޭނުންވާނަމަ އެ ބިން ކުއްޔަށްދޭނެ އުސޫލްތައް ކަނޑައަޅާ، ބިން ދޫކުރާނީ އެމަށްރޫއެއް ހިންގާ މިނިސްޓްރީއަކުންނެވެ.

(ނ)

  1. ބީލަމުގެ އުސޫލުން ދޫކުރާބިން ލިބޭ ފަރާތް ހޮވުމަށް ބީލަމުގައި ހިމަނަންޖެހޭ މައިގަނޑު އުސޫލަތައް
    ކަނޑައަޅާނީ އެރަށެއްގެ ރކ. ކޮމިޓީގެ މަށްވަރާއާއެކު އެއަތޮޅެއްގެ އަތޮޅުވެރިޔާއެވެ. އަދި ދަނޑުވެރިކަން ކުރުމަށް ނުވަތަ އޮޑިދޯނިފަހަރުބަނުން ފަދަ ބޭނުންތަކަށް 2 އަހަރަށް ވުރެ ކުރުމުއްދަތަކަށް ދޫކުރެވޭ ބިން ދޫކުރާނެ ފަރާތެއް ހޮވުމަށް އުސޫލްތައް ކަނޑައަޅާނީ ވެސް އެރަށެއްގެ ރކ. ކޮމިޓީގެ މަށްވަރާއާއެކު އެއަތޮޅެއްގެ އަތޮޅުވެރިޔާއެވެ.
  2. ބީލަމުގެ އުސޫލުން ބިންދޫކުރުމަށް އިއުލާނުކުރާއިރު، އަލަށްފަށާ ކުދި ވިޔަފާރި ތަކަށާއި ކުދި އިންވެސްޓަރުންނަށް ފުރުސަތުދިނުމަށް ބޭނުންވާނަމަ އިއުލާނުކުރެވޭ ބިންތަކުން ބައެއް އެކަމަށް ހާއްސަކޮށް އެފަދަ ވިޔަފާރިތަކަށް ފުރުސަތު ލިބިދޭގޮތަށް އެފަރާތްތަކަށް އިސްކަންދެވޭ ށަރުތުތަކެއް ހިމެނިދާނެއެވެ.

(ރ) އެރަށަކުން ބިން ދޫކުރާނެ ކުލި އަދި ބީލަމަށްލުމަށް ގެންގުޅޭނެ އެންމެ ކުޑަ ކުލި ކަނޑައަޅާނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕް ަމންޓުން ތައްޔާރުކޮށްފައިވާ މިންގަނޑުތަކަށް ބަލައިގެން އެރަށެއްގެ ރކ.  ކޮމިޓީގެ މަށްވަރާއާއެކު އެއަތޮޅެއްގެ އަތޮޅުވެރިޔާއެވެ. އެރަށަކުން ވަކިބިމެއް ދޫކުރުމުގައި ކަނޑައެޅޭ ކުލި ނުވަތަ ބިމެއް ބީލަމަށްލުމަށް ކަނޑައަޅާ އެންމެ ކުޑަ ކުލި، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ކަނޑައަޅާފައިވާ މިންގަޑުތަކަށް ވުރެ ކުޑަކުރެވޭނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓަށް ހުށަހަޅާ ހުއްދަ ހޯދުމަށްފަހުގައެވެ. އިޖްތިމާއީ ބޭނުންތަކަށާއި، ކުލަބުޖަމިއްޔާ ތަކުގެ އިދާރީ މަރުކަޒު އެޅުމަށް ކުލިނުނަގާގޮތަށް ބިން ދޫކުރެވިދާނެއެވެ. މިފަދަ ފަރާތްތަކަށް ދޫކުރާބިމުން އާމްދަނީލިބޭފަދަ މަސައްކަތްތަކެއް ކުރަމުންގެންދާނަމަ އެކުރާމަސައްކަތަކަށް ބެލުމަށްފަހު ކަނޑައެޅޭ ކުއްޔެއް ނެގުން މިމާއްދާ ހުރަހެއްނާޅައެވެ.

(ބ) އެރަށަކުން ބިން ދޫކުރާނެ ުމއްދަތު ކަނޑައަޅާނީ އެރަށެއްގެ ރކ ކޮމިޓީގެ މަށްވަރާއާއެކު އެއަތޮޅެއްގެ އަތޮޅުވެރިޔާއެވެ. މިގަވާއިދުގެ ދަށުން ދޫކުރެވޭ އެއްވެސް ބިމެއް 10 އަހަރަށްވުރެ ދިގުމުއްދަތަކަށް ދޫކުރާނަމަ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓަށް ލިޔެ ހުއްދަ ހޯދަންވާނެއެވެ. 

(ޅ) މިގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން އެކިއެކި ބޭނުންތަކަށް ދޫކުރެވިފައިވާ ބިންތަކަށް ހެދިފައިވާ އެއްބަސްވުމަށް އަމަލުކުރަންވާނެއެވެ. މުއްދަތު ހަމަވުމަށްފަހު އަލުން މުއްދަތު އިތުރުކުރެވޭގޮތަށް އެއްބަސްވުމުގައިވާނަމަ އެއްބަސްވުމުގެ މުއްދަތު އިތުރުކުރެވޭނި މިގަވާއިދުގެ ދަށުން ކުލިނެގުމަށް ކަނޑައަޅާފައިވާ އުސޫލުން ކުލި ނަގާގޮތަށެވެ.

 

4 ވަނަ މާއްދާ -

(ހ) އަމިއްލަފަރާތްތަކަށް ބިން ދޫކުރަންވާނީ އެބިން ހަވާލުކުރެވޭފަރާތާއި އެއަތޮޅެއްގެ އަތޮޅުއޮފީހާއި ދެމެދުވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

(ށ) ސަރުކާރުގެ ފަރާތްތަކަށް ވަކި މުއްދަތެއްނެތި ދޫކުރެވޭ ބިންތަކަށް އެބިންތަކުގެ ރަޖިސްޓްރީ އެއަތޮޅެއްގެ އަތޮޅުއޮފީހުން އެފަރާތަކަށް ހަދައިދޭންވާނެއެވެ.

(ނ) އެއަތޮޅެއްގެ އަތޮޅުކޮމިޓީގެ ބޭނުމަށް ދޫކުރާ ބިންތަކުގެ ރަޖިސްޓްރީ ހަދާނީ ެއއަތޮޅެއްގެ އަތޮޅު އޮފީހުގެ ނަމުގައެވެ. އަދި ރަށު އޮފީހުގެ ބެލުމުގެ ދަށުން ހިންގާ ކޮމިޓީއެއްގެ ނަމުގައި ދޫކުރެވޭ ބިމުގެ ރަޖިސްޓްރީ ހަދާނީ އެރަށެއްގެ ރަށު އޮފީހުގެ ނަމުގައެވެ.

(ރ) އިޖްތިމާއީ ބޭނުންތަކަށް އަމިއްލަފަރާތަކަށް ނުވަތަ ކުލަބު ޖަމިއްޔާ ތަކަށް ހަވާލުކުރެވޭ ބިންތަކުގެ ރަޖިސްޓްރީ އެއަތޮޅެއްގެ އަތޮޅުއޮފީހުން އެފަރާތަކަށް ހަދައިދޭންވާނެއެވެ. މިގޮތުން ދޫކުރެވޭ ބިން ކަނޑައެޅޭ މުއްދަތެއްގައި ބޭނުންނުކުރާނަމަ ނުވަތަ އެކުލަބެއް ނުވަތަ ޖަމިއްޔާއެއް އުވާލުމުން އެބިންތަށް އެފަރާތުން ވަކިކުރެވޭނެ އުސޫލެއް ކަނޑައަޅާ، ރަޖިސްޓްރީގައި ބަޔާންކުރެވިފައި އޮންނަންވާނެއެވެ.

(ބ) އެކިއެކި ބޭނުމަށް ދޫކުރެވިފައިވާބިން ދޫކޮށްލުމުން ނުވަތަ މުއްދަތު ހަމަވެގެން ވަކިކުރުމުން އެބިމުގައި ހުރި ނުއުފުލޭ މުދަލުގެ ބަދަލުނުލިބޭނެކަން އެއްބަސްވުމުގައި ބަޔާންކުރެވިފައި އޮންނަންވާނެއެވެ.

(ޅ) އެކިއެކި ބޭނުމަށް ދޫކުރެވިފައިވާބިން މުއްދަތު ހަމަވުމުގެ ކުރިން ސަރުކާރުން ބޭނުންވެއްޖެ ނަމަ އެބިން ވަކިކުރެވޭނެގޮތެއް އެއްބަސްވުމުގައި ބަޔާންކުރެވިފައި އޮންނަންވާނެއެވެ. މިގޮތުން ވަކިކުރެވޭ ބިމުގައި ހުރި ނުއުފުލޭ މުދަލަށް ށަރުއީބަދަލުދެވޭނެކަން އެއްބަސްވުމުގައި ހިމަނަންވާނެއެވެ.

 

5 ވަނަ މާއްދާ -

ރާއްޖޭގެ އެއްވެސް ރަށަކުން 6000 އަކަފޫޓަށްވުރެ ބޮޑުބިމެއް ސަރުކާރުގެ އަދި އަމިއްލަ ބޭނުމަކަށްވިޔަސް ދޫކުރުމުގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓަށް ލިޔެ ހުއްދަ ހޯދުމަށްފަހު ިބން ދޫކުރުމުގެ ކަންތައް ކުރިއަށް ގެންދާނީ އެއަތޮޅެއްގެ އަތޮޅުވެރިޔާއެވެ. ނަމަވެސް 6000 އަކަފޫޓަށްވުރެ ކުޑަ ބިމެއްނަމަ ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭނުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން އަތޮޅުވެރިޔާގެ ބެލުމުގެ ދަށުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓަށް ހުށަނާޅާ ބިން ދޫކުރެވިދާނެއެވެ. އަދި ބިން ބޭނުންކުރާގޮތުގެ ޕްލޭން ހަދާފައިނުވާ ރަށަކުންވެސް 6000 އަކަފޫޓަށްވުރެ ކުޑަ ބިމެއް އަތޮޅުވެރިން ދޫކުރަންވާނީ މިގަވާއިދުގެ 14 ވަނަ މާއްދާއާއި އެއްގޮތަށެވެ.

 

6 ވަނަ މާއްދާ -

މިގަވާއިދުގެ ދަށުން ރަށްރަށުން ބިން ދޫކުރުމުގައި ބިން ބޭނުންކުރާނެގޮތުގެ ޕްލޭނާއި އެއްގޮތަށް އަމަލުކުރަންވާނެއެވެ. އަދި އެބިމުގައި ކުރާ މަސައްކަތެއްގެ ސަބަބުން އެބިމުގެ ވަށައިގެން ދިރިއުޅޭ ބަޔަކަށް ވީހާވެސް އުނދަގޫނުވާނެ ގޮތަކަށް ބިން ކަނޑައެޅުމަށާއި ބިން އިސްރާފުވުން ކުޑަކުރުމަށާއި، ދިގުމުއްދަތަކަށް ބިން ރިޒާރވްކޮށް ގެންގުޅުމަށް ބަލަން ވާނެއެވެ.

 

7 ވަނަ މާއްދާ -

މިގަވާއިދުގެ ދަށުން ދޫކުރާ ބިން ބޭނުންކުރަންވާނީ، އެބިމެއް ދޫކުރެވުނު އެއްބަސްވުމުގައި ބުނެފައިވާ މަސައްކަތެއް ކުރުމަށެވެ. އަދި އެމަސައްކަތްނޫން އެހެން މަސައްކަތެއްކުރަން ބޭނުންވާނަމަ އެކަމަށް އެދި ހުށަހެޅުމުން ހުއްދަ ދެވޭނީ ބިން ބޭނު ްނކުރާނެ ގޮތުގެ ޕްލޭނަށް ބެލުމަށްފަހު އެހުށަހަޅާ މަސައްކަތެއްކުރުމަށް ހުއްދަކުރާނަމައެވެ.

 

8 ވަނަ މާއްދާ -

(ހ) 6000 އަކަފޫޓަށްވުރެ ބޮޑު ބިމެއް ދޫކުރުމުގެ ހުއްދައަށްއެދި ހުށަހަޅާއިރު އެބިން ފާހަގަކުރެވިފައިވާ މުޅިރަށުގެ ބިންބޭނުންކުރާނެ ގޮތުގެ ޕްލޭނާއި ނުވަތަ ބިންބޭނުން ކުރާނެގޮތުގެ ޕްލޭން ހެދިފައިނުވާރައްރަށުގެ ބިން ހިމެނޭ ސަރަހައްދުގެ ބިން ބޭނުންކުރާނެގޮތުގެ ޕްލޭނާއި، އެބިން ހިމެނޭ ސަރަހައްދުގެ ޗާޓާއި، އެބިމުގެ ވަށައިގެންވާ ބިންތަކުގައި ކުރާ މަސައްކަތްތަކާއި، އަދި ބަންޑާރަގޯތި ފިޔަވާ އެހެނިހެން ބޭނުންތަކަށް ބިންދޫކުރުމުގެ ހުއްދަ ދިނުމަށް ބޭނުންވާ މައުލޫމާތު ފޯމް ފުރިހަމަކުރުމަށްފަހު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓަށް ހުށަހަޅަންވާނެއެވެ.

(ށ) 6000 އަކަފޫޓައްވުރެ ކުޑަބިމެއް ދޫކުރުމުގެ ހުއްދައަށް އެދި ހުށަހަޅާއިރު ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭނާއި ނުވަތަ ބިންބޭނުން ކުރާނެގޮތުގެ ޕްލޭން ހެދިފަ ިއނުވާރަށްރަށުގެ ބިން ހިމެނޭ ސަރަހައްދުގެ ބިން ބޭނުންކުރާނެގޮތުގެ ޕްލޭނާއި، އެބިން ހިމެނޭ ސަރަހައްދުގެ ޗާޓާއި، އެބިމުގެ ވަށައިގެންވާ ބިންތަކުގައި ކުރާ މަސައްކަތްތަކާއި، އަދ ބަންޑާރަގޯތި ފިޔަވާ އެހެނިހެން ބޭނުންތަކަށް ބިންދޫކުރުމުގެ ހުއްދަ ދިނުމަށް ބޭނުންވާ މައުލޫމާތު ފޯމް ފުރިހަމަކުރުމަށްފަހު ރަށު އޮފީސްތަކުން އަތޮޅު އޮފީސްތަކަށް ހުށަހަޅަންވާނެއެވެ. މިފަދަ ބިންތައް ދޫކުރުމުގެ ހުއްދަ ދޭންވާނީ އެ ހުށަހެޅުމުގައިވާ މައުލޫމާތުތަކަށް ބެލުމަށްފަހުގައެވެ. 6000 އަކަފޫޓަށްވުރެ ކުޑަބިމެއް ދޫކުރުމަށްފަހު 30 ދުވަހުގެ ތެރޭގައި އެބިމަބެހޭ ހުރިާހ މައުލޫމާތެއް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ މައުލޫމާތަށްޓަކައި ފޮނުވަންނެއެވެ.

 

9 ވަނަ މާއްދާ -

ތަފާތު ބޭނުންތަކަށް ސަރުކާރާއި އަމިއްލަފަރާތްތަކަށް ދޫކުރާ ބިންތައް ދޫކުރުމުގައި މިގަވާއިދުގެ ދަށުން ބިންދޫކުރާ އުސޫލްތަކާއި ހިލާފަށް އަތޮޅު އޮފީހުން ނުވަތަ ރަށު އޮފީހުން އަމަލުކުރުމުގެ ސަބަބުން ދިމާވާ މައްސަލަތައް ބަލާނީ މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓުންނެވެ.

 

10 ވަނަ މާއްދާ -

ބިން ދޫކުރުމާއި ބެހޭގޮތުން އަތޮޅުއޮފީސްތަކާއި، މިނިސްޓަރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓާއި ދެމެދު ބަދަލުކުރެވޭ ލިޔެކިޔުންތަކުގެ ކޮޕީ މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓަށް ފޮނުވަންވާނެއެވެ.

 

11 ވަނަ މާއްދާ -

ލޮނުމަސްއެޅުމާއި، މަސްކައްކާ ހިއްކުމާއި، ބަކަރިއާއި ކުކުޅުގެންގުޅުން، ލަކުޑި ނުވަތަ ފައިބަރގުލާސް ބޭނުންކޮށްގެން އޮޑިދޯޯނިފަހަރުބަނުން، ފައިބަރގުލާސް ބޭނުންކޮށްގެން ތަކެތިހެދުން، ތެލާއި ސިމެންތީގެ ވިޔަފާރި، އިންޖީނުގެ، ކުނިކޮށި ފަދަ އާއްމުންނަށް އުނދަގޫވާޒާތުގެ މަސައްކަތްތަކަށް ބިން ކަނޑައަޅާނީ ކަމާއިގުޅޭ ދާއިރާތަކުން ގެންގުޅޭ އުސޫލްތަކާއި މިންގަނޑުތަކަށް ބެލުމަށްފަހުގައެވެ.

 

12 ވަނަ މާއްދާ -

އެރަށެއްގެ ބިމުގެ ހާލަތުހުރި ގޮތުން ވަކިބޭނުމަކަށް ކަނޑަނާޅާ ރިޒާރވް ބިމުގެ ގޮތުގައި ހުރި ބިންބިމުން ފަހުން ބޭނުންކުރުމަށް ގަސްދުކުރެވިފައިވާ ބޭނުންޖެހެންދެން އެތަނެއްގައި އެހެން މަސައްކަތެއް ކުރުމަށް ވަގުތީގޮތުން ކުރުމުއްދަތަކަށް ބިން ދޫކުރެވިދާނެއެވެ. މިގޮތުން ބިން ދޫކުރަންވާނީ 2 އަހަރަށްވުރެ ދިގުނޫން މުއްދަތަކަށެވެ. ނަމަވެސް އެބިމުގައި ކުރެވޭ މަސައްކަތަކީ ވަށައިގެން ދިރިއުޅޭ މީހުންނަށް އެ މަސައްކަތެއްގެ ސަބަބުން އުނދަގޫނުވާ، އަދި އެމަސައްކަތުގެ ސަބަބުން އެބިމުގައިހުރި ރުއްގަހަށް ގެއްލުމެއް ނުލިބޭފަދަ މަސައްކަތަކަށް ވާންވާނެއެވެ.

 

ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭން ހަދާފައިވާ ރަށްރަށުން ބިން ދޫކުރުން

13 ވަނަ މާއްދާ

(ހ) ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭން ހަދާފައިވާ ރަށްރަށުގައި ވަކި ޒޯންތަކަށް ކަނޑައަޅާފައިވާ ކޮށިތަކުން އެޒޯޯންތަކުގައި ކުރަން ކަނޑައެޅިފައިވާ މައިގަނޑު ބޭނުމާއި ހިލާފުނުވާ ޮގތަށް އެކިކަންކަމަށް އެކޮށީގެ ބިން ބައިކޮށް އެކިއެކި ފަރާތްތަކަށް ބިން ދޫކުރުމުގެ ކަންތައް ބަލަހައްޓާނީ އެއަތޮޅެއްގެ އަތޮޅުވެރިޔާއެވެ. މިގޮތަށް ޒޯޯންކޮށްފައިވާ ކޮށިތަކުން ބިން ބައިކުރުމުގެ ކަންތައް ގެންދާނީ މިގަވާއިދުގެ 2 ވަނަ މާއްދާގައި ބުނެފައިވާ މިންގަނޑުތަކާ އެއްގޮތަށެވެ. 

(ށ) ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭން ހަދާފައިވާ ރަށްރަށުން އެޕްލޭންގައި ޒޯންކުރެވިފައިވާ ބޭނުންނޫން އެހެން ބޭނުމަކަށް ބިމެއް ދޫކުރަންޖެހިއްޖެނަމަ އެބިމެއް ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދަންވާނީ ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭނަށް އެބަދަލު ގެނައުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓަށް ހުށަހަޅާ އެބަދަލު ގެނައުމަށްފަހު ޕްލޭން ފާސްކުރުމަށްފަހުގައެވެ.

(ނ) ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭން ހަދާފަ ިއވާ ރަށަކުން ރިޒާވް ބިމުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދަކުން ނުވަތަ ބްލޮކަކުން ވަކިކަމަކަށް ބިން ކަނޑައަޅަންވާނީ ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭނަށް ބަދަލުގެނެސް އެބްލޮކްގައި ކުރަން ކަނޑައަޅާފައިވާކަމެއް ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭންގައި ހިމަނާ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓަށް ހުށަހަޅާ އެބަދަލެއް ގެނައުމަށްފަހު ިބންބޭނުންކުރާނެ ގޮތުގެ ޕްލޭން ފާސްކުރުމަށްފަހުގައެވެ.

 

ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭން ހަދާފައިނުވާ ރަށްރަށުން ބިން ދޫކުރުން 

 

14 ވަނަ މާއްދާ -

ބިން ބޭނުންކުރާނެގޮތުގެ ޕްލޭން ހެދިފައިނުވާ ރަށްރަށުގެ ކަނޑައެޅިފައިވާ ސަރަހައްދު ނުވަތަ ސަރަހައްދުތައް ވަކިވަކިން ޕްލޭންކުރުމަށްފަހު، އެޕްލޭން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓަށް ހުށަހަޅާ ފާސްކޮށް އެޕްލޭނާއި އެއްގޮތަށް ބިން ދޫކުރުމުގެ ކަންތައް ކުރިއަށް ގެންދެވިދާނެއެވެ. އަދި ވަކިވަކި ސަރަހައްދުތައް ޕްލޭންކުރުމުގައިވެސް ގެންގުޅެންވާނީ ދިވެހިރާއްޖޭގެ ބިނާވެށި ޕްލޭންކުރުާމއި، ހިންގުމުގެ ގަވާއިދުގައިވާ އުސޫލުތަކެވެ.މިގޮތަށް އެކި ސަރަހައްދު ޕްލޭންކޮށް ވަކި ޒޯންތަކަށް ކަނޑައަޅާފައިވާ ކޮށިތަކުން އެޒޯންތަކުގައި ކުރަން ކަނޑައެޅިފައިާވ މައިގަނޑު ބޭނުމާއި ހިލާފުނުވާ ގޮތަށް އެކިކަންކަމަށް އެކޮށީގެ ބިން ބައިކޮށް އެކިއެކި ފަރާތްތަކަށް ބިން ދޫކުރުމުގެ ކަންތައް ބަލަހައްޓާނީ އެއަތޮޅެއްގެ އަތޮޅުވެރިޔާއެވެ. މިގޮތަށް ޒޯންކޮށްފައިވާ ކޮށިތަކުން ބިން ބައިކުރުމުގެ ކަންތައް ގެންދާނީ މިގަވާއިދުގެ 2 ވަނަ މާއްދާގައި ބުނެފައިވާ މިންގަނޑުތަކާ އެއްގޮތަށެވެ. 

 

ބިމުގެ ބަޖެޓް ކަނޑައަޅާ ދެމެހެއްޓެނިވި ގޮތަކަށް އެރަށެއްގެ ބިން ބެލެހެއްޓުން

 

15 ވަނަ މާއްދާ -

(ހ) ދިރިއުޅުމަށްނޫން ބޭނުންތަކަށް ބިން ކަނޑައަޅާއިރު އެރަށަކުން ބިން ލިބެންހުރި ނިސްބަތަށް ބަލާ މުސްތަގުބަލަށްވެސް ބިން ރިޒާރވް ކުރެވޭ ގޮތަކަށް ވިސްނާ އަދި ތަފާތު ބޭނުންތަކަށް ބިން ކަނޑައެޅުމުގައި ވީހާވެސް ބޮޑަށް ބިން އިސްރާފުނުވާނޭ ގޮތަކަށް ބިންކަނޑައެޅުމަށް ބިން ދޫކުރާ ފަރާތުން ބަލަންވާނެއެވެ.

(ށ) ކޮންމެ ރަށެއްގެ ހުސްބިންހުރި ނިސްބަތަށްބަލާ، ކޮންމެ އަހަރަކަށްވެސް ތަފާތު ބޭނުންތަކަށް ދޫކުރާނެ ބިމުގެ އަދަދާއި، ސައިޒާއި، މުއްދަތު ހަމަޖައްސާ އެއަހަރުގެ ބަޖެޓް ކަނޑައަޅަންވާނެއެވެ. މިގޮތުން ކުރިއަށް އޮތް އަހަރުގެ ބަޖެޓް ހިނގާ އަހަރު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓަށް ހުށަހަޅާ ފާސް ކުރަންވާނެއެވެ. މިގޮތުން ފާސް ކުރެވިފައިވާ ބަޖެޓްގައި ހިމެނޭ ބިންތައް މިގަވާއިދުގައިވާ ގޮތުގެ މަތިން ދޫކުރުމުގެ ކަންތައް ބަލަހައްޓާނީ އެއަތޮޅެއްގެ އަތޮޅުވެރިޔާއެވެ.

(ނ) ބިމުގެ ބަޖެޓް ކަނޑައަޅާއިރު މުސްތަގުބަލުގައި ބިންހުސްވެގެން ނުދާނެފަދަ ގޮތަކަށް ވިސްނާ، އެރަށެއްގެ އިގްތިސާދީ އަދި އިޖްތިމާއީ ހާލަތަށް ބަލައި އެއިރަކަށް ބޭނުންވާވަރަށްވުރެ އިތުރަށް ބިން ބަޖެޓް ނުކުރުމަކީ ވަރަށް މުހިއްމުކަމެކެވެ.

 

ދޫކުރެވޭ ބިންތަކުގެ ރެކޯޑް ބެލެހެއްޓުން

 

16 ވަނަ މާއްދާ -

އެއަތޮޅެއްގެ ރަށްރަށުން ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ދޫކުރާ ބިންތަކާބެހޭ މައުލޫމާތު ކޮންމެ ރަށެއް ވަކިން  އެރަށެއްގެ ރަށު އޮފީހުންނާއި އެއަތޮޅެއްގެ އަތޮޅުއޮފީހުން ބަލަ ަހއްޓަންވާނެއެވެ. އަދި އެމައުލޫމާތު އަތޮޅު އޮފީސްތަކުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓަށް ފޮނުވަންވާނެއެވެ.

 

މައި ގާނޫނު 

ނޯޓް: ބަޔާންކޮށްފައި ނެތްނަމަވެސް މައި ގާނޫނަކަށްވާނީ ބިމާބެހޭ ގާނޫނު ކަމުގައި ބެލެވޭ.

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު