ސިޔާސީ ޕާޓީގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-110) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2022-174)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 20 އޮކްޓޫބަރު 2022 ގައި)
ގަވާއިދު ނަންބަރު 2019-110 (ސިޔާސީ ޕާޓީގެ ގަވާއިދު) އަށް 2 ވަނަ އިސްލާހު ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 18 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހު ކުރުން.
(ށ) މެންބަރުންގެ ގޮތުގައި ދަފުތަރު ކުރުމަށް ސިޔާސީ ޕާޓީތަކުން ހުށަހަޅާ ފޯމު އިލެކްށަންސް ކޮމިށަނުގެ ދަފުތަރުގައި ހިމެނުމުގެ ކުރިން، އެ ފޯމަކީ ސައްހަ ފޯމެއްކަން ކަށަވަރުކުރުމަށް ޓަކައި، ފޯމާ ގުޅޭގޮތުން އެއްވެސް ށަކުވާއެއް އޮތްނަމަ، މި ގަވާއިދުގެ ޖަދުވަލު 8 ގައިވާ ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮތުގައި ދަފުތަރު ކުރުމަށް ސިޔާސީ ޕާޓީތަކުން ހުށަހަޅާ ފޯމުތަކަށް ށަކުވާ ހުށަހެޅުމުގެ އުސޫލުގެ ތެރެއިން ށަކުވާ ހުށަހެޅޭނެއެވެ.
2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 19 ވަނަ މާއްދާގެ (ހ) އާއި (ށ) އަންނަނިވި ގޮތަށް އިސްލާހު ކުރުން.
(ހ) ޕާޓީގެ މެންބަރަކު ޕާޓީން ވަކިވުމަށް އެދިއްޖެނަމަ، ލަސްވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި އެ މީހަކު ޕާޓީން ވަކިކޮށްދޭންވާނެއެވެ. އަދި ޕާޓީއަށް ހުށަހަޅައިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި ޕާޓީން ވަކިކޮށް ނުދީފިނަމަ، އެކަން ބަޔާންކޮށް، މި ގަވާއިދުގެ ޖަދުވަލު 6 ގައިވާ ފޯމު އިލެކްށަންސް ކޮމިށަނަށް ހުށަހެޅުމުން، އޭނާގެ ނަން، ޕާޓީގެ ދަފުތަރުން އުނިކޮށްދޭންވާނެއެވެ. ޕާޓީއެއްގެ މެންބަރަކު، ސިޔާސީ ޕާޓީއެއްގައި އުޅުން މަނާ މަޤާމަކަށް ކުރިމަތިލުމަށް ނުވަތަ އެ މީހަކަށް ނޭނގި ޕާޓީއެއްގައި ރަޖިސްޓަރީކޮށްގެން، ޕާޓީން ވަގުތުން ވަކިވާން އެދިއްޖެނަމަ، މި ގަވާއިދުގެ ޖަދުވަލު 6 ގައިވާ ފޯމު އިލެކްށަންސް ކޮމިށަނަށް ހުށަހެޅުމުން، ޕާޓީގެ ދަފުތަރުން ވަގުތުން އުނިކޮށްދޭންވާނެއެވެ.
(ށ) ކުރިން ހުރި ޕާޓީއަށް ނޭނގި އެހެން ޕާޓީއަކަށް ބަދަލުކޮށްފައިވާތީ، ކުރީގައި އޮތް ޕާޓީއަށް ބަދަލުވުމަށް، މި ގަވާއިދުގެ ޖަދުވަލު 6 ގައިވާ ފޯމު އިލެކްށަންސް ކޮމިށަނަށް ހުށަހެޅުމުން، ނޭނގި ރަޖިސްޓަރީ ކޮށްފައި އޮތް ޕާޓީން ވަގުތުން ވަކިކޮށް، ކުރިން އޮތް ސިޔާސީ ޕާޓީއަށް ރުޖޫޢަ ކޮށްދޭންވާނެއެވެ.
3 ވަނަ މާއްދާ - މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިޢުކުރާ ތާރީހުން ފެށިގެންނެވެ.
މައި ގަވާއިދު
ސިޔާސީ ޕާޓީގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-110)
ކިޔުންތެރިންގެ ހިޔާލު