ފޮރިން ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓް
(ގަވާއިދު ނަންބަރު 2022-164)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 16 އޮކްޓޫބަރު 2022 ގައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މި ގަވާއިދަކީ، ފޮރިން ސަރވިސްގެ މުވައްޒަފުންނާއި، ފޮރިން ސަރވިސްގެ މަގާމުތަކުގައި ވަޒީފާ އަދާކުރާ ފޮރިން ސަރވިސްއިން ބޭރު މުވައްޒަފުންގެ އަމަލުތައް ބަހައްޓަންޖެހޭ ގޮތް ބަޔާންކުރުމަށްޓަކައި، ގާނޫނު ނަންބަރު 2021-20 (ދިވެހިރާއްޖޭގެ ފޮރިން ސަރވިސް ގާނޫނު) ގެ 48 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 69 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ "ފޮރިން ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓް" އެވެ.
2 ވަނަ މާއްދާ - މަގުސަދު
(ހ) ފޮރިން ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓް" ގެ މަގުސަދަކީ އަންނަނިވި ކަންކަން ހާސިލުކުރުމެވެ.
- ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ މުވައްޒަފުންނާއި، ފޮރިން ސަރވިސްގެ މަގާމުތަކުގައި ވަޒީފާ އަދާކުރާ ފޮރިން ސަރވިސްއިން ބޭރު މުވައްޒަފުން އަމަލުކުރަންޖެހޭ މިންގަނޑުތަކާއި އުސޫލުތައް ބަޔާންކުރުން؛
- ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ތަންފީޒުކުރާ ފަރާތްތަކާއި، ޑިޕްލޮމެޓިކް މިށަންތަކާއި ކޮންސިއުލާ ޕޯސްޓުތައް މެދުވެރިކޮށް ދިވެހިރާއްޖެއިން ބޭރުގައި ދިވެހިރާއްޖެ ތަމްސީލުކުރާ ފަރާތްތަކުން ވަޒީފާ އަދާކުރުމުގައި ތެދުވެރިކަމާއި، އިހްލާ ސްތެރިކަމާއި، އަމާނާތްތެރިކަމާއެކު މަސައްކަތް ކުރުމަށް މަގުފަހިކުރުން؛
- ޑިޕްލޮމެޓިކް މިށަންތަކާއި ކޮންސިއުލާ ޕޯސްޓުތަކުން ހިދުމަތް ހޯދާ ދިވެހި ރައްޔިތުންނަށާއި އެހެނިހެން ފަރާތްތަކަށް، ރަނގަޅު ފެންވަރެއްގެ ހިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިކުރުން.
3 ވަނަ މާއްދާ - ކޯޑް އޮފް ކޮންޑަކްޓަށް އަމަލުކުރުން
ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ މުވައްޒަފުންނާއި، ފޮރިން ސަރވިސްގެ މަގާމުތަކުގައި ވަޒީފާ އަދާކުރާ ފޮރިން ސަރވިސްއިން ބޭރު މުވައްޒަފުން، ފޮރިން ސަރވިސްގެ ގާނޫނުގެ 48 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށާއި މި ގަވާއިދުގައި ބަޔާންކުރާ އުސޫލުތަކަށް އަމަލުކުރަންވާނެއެވެ.
4 ވަނަ މާއްދާ - ކޯޑް އޮފް ކޮންޑަކްޓް ބިނާވެގެންވާ އަސާސީ ސިފަތައް
(ހ) ފޮރިން ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓް ބިނާވެގެންވަނީ ތިރީގައި ބަޔާންކުރެވިފައިވާ އަސާސީ ސިފަތަކުގެ މައްޗަށެވެ. މި ސިފަތަކަކީ، އެ ސިފަތައް ފޮރިން ސަރވިސްގެ މުވައްޒަފުންގެ ކިބައިގައި ހުރުމުން، ފޮރިން ސަރވިސްގެ ހިދުމަތްތައް އެންމެ މަތީ ފެންވަރުގައި ދިވެހި ސަރުކާރަށާއި އާންމު ރައްޔިތުންނަށް ލިބި، އަދި އެކަމުގެ ސަބަބުން ފޮރިން ސަރވިސް އަށް ހުރިހާ ފަރާތްތަކުންކުރާ އިތުބާރު ބޮޑުވެ ފޮރިން ސަރވިސްގެ ގަދަރު އުފުލިގެންދާނެ ސިފަތަކެކެވެ.
- 'އިހްލާސްތެރިކަން'- އަމިއްލަ މަސްލަހަތަށް ވުރެ ފޮރިން ސަރވިސް އާއި އާންމު ހިދުމަތުގެ މަސްލަހަތު އިސްކުރުން.
- 'ތެދުވެރިކަމާއި ހަމަހަމަކަން'- ކުރާ މަސައްކަތުގެ ހުރިހާ ކަމެއްގައި ތެދުވެރިކަމާއި ހަމަހަމަކަން އިސްކުރުން.
- 'ތައައްސުބުން އެއްކިބާވުން' - ކުރާ މަސައްކަތުގައި ވަކިފަރާތަކަށް ބުރަނުވެ ހަމަހަމަކަމާއެކު އިތުރު މަސްލަހަތެއް ނުހިމަނައި މަސައްކަތްކުރުމާއި، ސިޔާސީ ފިކުރުން އެއްކިބާވެހުރެ ހާރިޖީ ސިޔާސަތު ތަންފީޒުކުރުމުގެ މަގުސަދުގައި ހަމަހަމަކަންމަތީ މަސައްކަތްކުރުން.
- 'ޕްރޮފެށަނަލިޒަމް' - ކުރާ މަސައްކަތުގައާއި ހިދުމަތްދިނުމުގައި ހުނަރާއި ގާބިލުކަމާއި އިހްތިރާމާއެކު މަސައްކަތްކުރުން.
5 ވަނަ މާއްދާ - އަސާސީ ސިފަތަކުގެ މިންގަނޑުތައް
ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ މުވައްޒަފުންނާއި، ފޮރިން ސަރވިސްގެ މަގާމުތަކުގައި ވަޒީފާ އަދާކުރާ ފޮރިން ސަރވިސްއިން ބޭރު މުވައްޒަފުންގެ ކިބައިގައި ހުންނަންޖެހޭ ސިފަތަކުގެ މިންގަނޑުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) އިހްލާސް ތެރިކަން؛
- ފޮރިން ސަރވިސް ގެ މުވައްޒަފުން އިސްލާމްދީނާއި ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތައި އަމަލުކުރަންވާނެއެވެ.
- މުވައްޒަފަށް ހަވާލުކުރެވޭ މަސައްކަތްތައް ކުރަންވާނީ އިހްލާސްތެރިކަމާއި ޒިންމާދާރުކަމާއެކުގައެވެ.
- މުވައްޒަފުން މަސައްކަތް ކުރަންވާނީ ޕްރޮފެށަނަލްކޮށް އަދި މަސައްކަތުގައި މުއާމަލާތްކުރަންޖެހޭ އެންމެހައި ފަރާތްތަކުގެ އިތުބާރު ލިބޭ ގޮތަށެވެ.
- ދައުލަތުގެ ފައިސާގެ މުއާމަލާތްތައް ކުރަންވާނީ ކަނޑައެޅިފައިވާ ގާނޫނުތަކާއި ގަވާއިދުގެ ތެރެއިން، އިސްރާފު ނުވާނެ ގޮތަށް، ދައުލަތަށް އެންމެ ފައިދާ ހުރި ގޮތަށެވެ.
- އެއްވެސް ހާލެއްގައި މުވައްޒަފެއްގެ މަގާ މުގެ ނާޖާއިޒު ފައިދާއެއް ލިބޭނެ ފަދަ ގޮތަކަށް އަމަލުކޮށްގެން ނުވާނެއެވެ.
- މުވައްޒަފުކުރާ މަސައްކަތުގެ އިހްލާސްތެރިކަން ގެއްލިގެންދާނެ ފަދަ ގޮތަކަށް ލިބޭ އެއްވެސް ހަދިޔާއެއް ނުވަތަ އިނާޔަތެއް ބަލައިގަނެގެން ނުވާނެއެވެ.
- މުވައްޒަފު އަދާކުރާ މަސައްކަތުގެ ތެރެއިން ސީދާގޮތުންނާއި ނުސީދާގޮތުން ލިބޭ މަސައްކަތާ ގުޅުންހުރ،ި އެންމެހައި މައުލޫމާތާއި ލިޔެކިޔުންތަކާމެދުއަމަލުކުރަންވާނީ އެ މައުލޫމާތެއް ނުވަތަ އެ ލިޔެކިޔުމެއް އާންމުކުރުމަށް ފޮރިން ސަރވިސް އިން އަމަލުކުރާ އުސޫލާ އެއްގޮތަށެވެ.
- މުވައްޒަފު ކުރަންޖެހޭ މަސައްކަތަކީ އެ މުވައްޒަފުގެ މަސްލަހަތު އެއްވެސް ވަރަކަށް ހިމެނޭ ކަމަކަށްވާނަމަ، ނުވަތަ މަސްލަހަތު ފުށުއަރާ ކަމެއް ކަމުގައިވާނަމަ ނުވަތަ ކުރަމުންދާ މަސައްކަތެއްގައި އެ މުވައްޒަފުގެ މަސްލަހަތާ ގުޅުންހުރި ކަމެއް މެދުވެރިވެއްޖެނަމަ، އެ މަސައްކަތެއް ކުރުމުން އެއްކިބާވެ، އެކަމެއް މުވައްޒަފުގެ ސުޕަވައިޒަރަށް ނުވަތަ އެ މުވައްޒަފަކު ރިޕޯޓުކުރާ ވެރިޔަކަށް ވަގުތުން އަންގަންވާނެއެވެ.
- މުވައްޒަފު އަމިއްލަ ހައިސިއްޔަތުން ދައްކާ ވާހަކައެއް ނުވަތަ ކުރާ ކަމެއް ނުވަތަ ކުރާ މުއާމަލާތަކާ ގުޅިގެން، އެކަމެއް ކުރަނީ ފޮރިން ސަރވިސްގެ މުވައްޒަފެއްގެ ރަސްމީ ހައިސިއްޔަތުން ކަމުގައި އެހެންފަރާތަކަށް ގަބޫލުކުރެވުމުގެ ފުރުސަތު އޮތްނަމަ، އެކަމެއް ކުރަނީ ރަސްމީ ހައިސިއްޔަތުން ނޫންކަމާއި އަމިއްލަ ހައިސިއްޔަތުންކަމުގައި އެ ފަރާތަށް ސާފުކޮށް އެންގުމަކީ މުވައްޒަފުގެ ޒިންމާއެކެވެ.
(ށ) ތެދުވެރިކަމާއި ހަމަހަމަކަން؛
- މުވައްޒަފުގެ މަސައްކަތުގައި ކުރާކަންކަމުގައި ލިބޭ މައުލޫމާތު ހިއްސާކުރަން ވާނީ ތެދުވެރިކަމާއެކުގައެވެ. އަދި ގަސްތަކާ ނުލައި، ސައްހަ ނޫން ނުވަތަ ނުރަނގަޅު މައުލޫމާތެއް ދެވިއްޖެނަމަ އެކަން ވީ އެންމެ އަވަހަކަށް އިސްލާހުކުރަންވާނެއެވެ.
- މުވައްޒަފު އެއްވެސް ހާލެއްގައި ފޮރިން ސަރވިސްގެ ވެރިންނަށް މައުލޫމާތުދޭއިރު އޮޅުވައިލައިގެން ނުވާނެއެވެ. އަދި އެއްވެސް ފަރާތެއްގެ ނުފޫޒުން ވިޔަސް މައުލޫމާތު އޮޅުވައިލައިގެން ނުވާނެއެވެ.
- ކުރާ މަސައްކަތް އެއްވެސް ހާލެއްގައި އިތުރަށް ބުރަވެދާނެ ކަމަށް ދެކި ނުވަތަ އެހެން މަސްލަހަތެއް އޮވެގެން، މަސައްކަތާގުޅޭ މައުލޫމާތެއް އުނިކޮށްގެން ނުވާނެއެވެ.
- މުވައްޒަފުން މަސައްކަތް ކުރަންވާނ،ީ އިންސާފުވެރިކޮށް، އަދި ފޯރުކޮށްދޭ ހިދުމަތުގެ އެންމެ މަތީ ފެންވަރުގައެވެ.
(ނ) ތައައްސުބުން އެއްކިބާވުން؛
- މަސައްކަތުގައި މުވައްޒަފު ދޭ މައުލޫމާތާއި ލަފާ ދޭންވާނީ އެކަމުގައި ހިމެނޭ ހުރިހާ ކަމަކަށް ބެލުމަށްފަހ،ު ހަގީގަތަށް ބިނާކޮށް އަސްލާ އެއްގޮތަށެވެ. އަދި ޕޮލިސީ އެކުލަވައިލުމަށް ހުށަހަޅާ ހުށަހެޅުންތަކަކީ ރަނގަޅު އަދި ހަގީގަތަށް ބިނާވެފައިވާ ހުށަހެޅުންތަކަކަށް ވާންޖެހޭނެއެވެ.
- މުވައްޒަފު އެއްވެސް ހާލެއްގައި ހިދުމަތް ހޯދަން އަންނަ ފަރާތެއްގެ ސިޔާސީ ފިކުރު ނުވަތަ ވިސްނުމަށް ބަލައި، ދެވޭ ހިދުމަތެއްގެ ތަފާތުކަން ގެންގުޅެގެން ނުވާނެއެވެ.
- އެއްވެސް ސިޔާސީ ޕާޓީއެއް، ޖަމާއަތެއް، ނުވަތަ ފަރުދަކަށް ވެސް ހާއްސަ ފައިދާ އެއް ނުވަތަ މަންފާއެއް ލިބޭނެ ފަދަ ގޮތަކަށް އެއްވެސް މުވައްޒަފަކުއަމަލުކޮށްގެން ނުވާނެއެވެ.
- މުވައްޒަފެއްގެ ސިޔާސީ ފިކުރުގެ ސަބަބުން ކުރާ މަސައްކަތަށް އަސަރުކޮށްގެން ނުވާނެއެވެ. އަދި މަސައްކަތް ކުރަންވާނީ ސިޔާސީ ގޮތުން ވަކިފަރާތަކަށް ނުޖެހި ހާރިޖީ ސިޔާސަތު ތަންފީޒުކުރުމަށް އިސްކަންދީގެންނެވެ.
- ހާރިޖީ ސިޔާސަތުގެ ދަށުން ދައުލަތުން ނިންމާ ނިންމުމަކާ ބެހޭގޮތުން މީސްމީޑިއާގެ ޕްލެޓްފޯމުތައް ނުވަތަ އާންމު މާހައުލުތަކުގައި ފޮރިން ސަރވިސްގެ މުވައްޒަފެއްގެ ގޮތުގައި ދެމިހުރެ އެކަމަށް ފާޑުކިޔައިގެން ނުވާނެއެވެ.
- ފޮރިން ސަރވިސްގެ މުވައްޒަފުންނަކީ، ދައުލަތުގެ އިސްވެރިންނާއި މުއައްސަސާތަކުގެ އިތުބާރު އޮންނަންޖެހޭ ބަޔަކަށް ވީހިނދ،ު އެ ފަރާތްތަކުގެ އަބުރަށް ނުވަތަ ކަރާމާތަށް އުނިކަން ލިބޭ ނުވަތަ އެ ފަރާތް ބަދުނާމުވާފަދަ އެއްވެސް މޭރުމަކުން އެއްވެސް އަމަލެއް ހިންގައިގެން ނުވާނެއެވެ.
- ފޮރިން ސަރވިސްގެ އެއްވެސް މުވައްޒަފަކު މަގާ މުގެ ހައިސިއްޔަތުން ލިބިދޭ ޑިޕްލޮމެޓިކް ޕްރިވިލެޖަސް އަދި އިމިއުނިޓީތައް ނާޖާއިޒު ފައިދާއެއް ނުވަތަ މަންފާއެއް ހޯދުމަށް ބޭނުން ކޮށްގެން ނުވާނެއެވެ.
(ރ) ޕްރޮފެށަނަލިޒަމް؛
- މުވައްޒަފުންގެ މަސައްކަތުގެ މާހައުލުގައި ޕްރޮފެށަނަލިޒަމް އިސްކުރަންޖެހޭނެއެވެ.
- އާންމު ރައްޔިތުންނާ މުއާމަލާތްކުރަންވާނ،ީ ހަމަހަމަކަމާއެކު، އަދަބު އިހްތިރާމާއެކު ރިވެތި ބަހުން އެންމެ އަވަހަށް ހިދުމަތް ދިނުމުގެ ރޫހުގައެވެ.
- ފޮރިން ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ފޮރިންސަރވިސްގެ މަގާމުތަކުގައި ވަޒީފާ އަދާކުރާ ފޮރިން ސަރވިސްއިން ބޭރު މުވައްޒަފުން މުއާމަލާތްކުރަންވާނީ ރިވެތި ގޮތުގައި ފޮރިން ސަރވިސް އިން ދޭ ހިދުމަތް އަވަސް ކުރުމުގެ ރޫހުގައެވެ.
- މުވައްފުންގެ މެދުގައި ދިމާވާ ޒާތީ މައްސަލަތަކުގެ ސަބަބުން ފޮރިން ސަރވިސްގެ މަސައްކަތްތަކަށް ނުވަތަ މަސައްކަތުގެ މާހައުލަށް އެކަމުން އަސަރު ކޮށްގެން ނުވާނެއެވެ.
- މުވައްޒަފަށް ހަވާލުކުރެވޭ މަސައްކަތްތަކަށް ފަސްޖެހުމެއްނެތި ހީވާގިކަމާއި ފަރުވާތެރިކަމާއެކު އެ މަސައްކަތް އެ މުވައްޒަފެއްގެ ގާބިލުކަން ހުރިވަރަކުން ކޮށް ނިންމަންވާނެއެވެ.
6 ވަނަ މާއްދާ - މުވައްޒަފުން ކުރުން މަނާ ކަންކަން
(ހ) ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ މުވައްޒަފުންނާއި، ފޮރިން ސަރވިސްގެ މަގާމުތަކުގައި ވަޒީފާ އަދާކުރާ ފޮރިން ސަރވިސްއިން ބޭރު މުވައްޒަފުން އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކޮށްގެން ނުވާނެއެވެ.
- ޑިޕްލޮމެޓިކް އިމްތިޔާޒު ނަހަމަގޮތުގައި ބޭނުންކުރުން؛
- މުވައްޒަފުންގެ ގަވާއިދުގައިވާ ގޮތުގެ މަތިން މިނިސްޓަރުގެ ހުއްދައެއް ލިޔުމުން ލިބިގެން މެނުވީ، ވިޔަފާރިއެއް ހިންގުމުގައި އަމަލީގޮތުން ބައިވެރިވެ، އާމްދަނީއެއް ހޯދުމަށް އެހެން މަސައްކަތެއްގައި ށާމިލުވެ، އާމްދަނީއެއް ލިބޭފަދަ އެހެން އެއްވެސް މަސައްކަތެއްކޮށް، އެހެން އެއްވެސް ފަރާތެއްގެ ވަޒީފާއެއް އަދާކުރުން؛
- މަގާމުގައި ދެމިހުރިހާ ދުވަހަކު، "މުވައްޒަފުންގެ ގަވާއިދު" ގައި ބަޔާންކުރާގޮތެއްގެ މަތިން، އަދި މިނިސްޓަރު އަންގާގޮތެއްގެމަތިން މެނުވީ، ދައުލަތުގެ ސިޔާސަތާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް، ނުވަތަ ހިޔާލެއްވިޔަސް، އެއްވެސް ސިފައެއްގައި، އެއްވެސް ތަނެއްގައި، އަދި އެއްވެސް ނަމެއްގައި، އާންމުކޮށް ށާއިއުކުރުން؛
- ފޮރިން ސަރވިސްގެ އާންމު ގަވާއިދުގައިވާ ގޮތުގެ މަތިން މެނުވީ، ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތާ ގުޅޭގޮތުން، ނުވަތަ ފޮރިން ސަރވިސްގައި ހިނގާ ކަމަކާބެހޭގޮތުން އެއްވެސް ފަރާތަކަށް މައުލޫމާތު ހާމަކުރުން، ނުވަތަ ދިނުން؛
- "ފޮރިން ސަރވިސްގެ އާންމު ގަވާއިދު" ގައި ބަޔާންކުރާ ގޮތެއްގެ މަތިން މެނުވީ، އެއްވެސް ހަދިޔާއެއް، ނުވަތަ ހަދިޔާއެއް ކަމުގައި ބެލެވިދާނެ އެއްވެސް އެއްޗެއް ގަބޫލުކުރުން؛
- ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުން؛
- އޭނާގެ މަގާމުގެ ހައިސިއްޔަތުން ލިބޭ ބާރެއް ނުވަތަ މައުލޫމާތެއް، ސީދާގޮތުން ނުވަތަ ނުސީދާގޮތުން ވިޔަސް ބޭނުންކޮށްގެން އެއްވެސް ފަރާތެއްގެ ސިޔާސީ ހަރަކާތަކަށް ބާރު ފޯރުވުން ނުވަތަ ނުފޫޒު ފޯރުވުން؛
- އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި، ނުވަތަ މަގާމުގެ ހައިސިއްޔަތުން ހިދުމަތް ދިނުމުގައި ސިޔާސީ އެއްވެސް ތައައް ސުބެއް ގެންގުޅުން؛
7 ވަނަ މާއްދާ - މުވައްޒަފުން އަމަލުކުރަންޖެހޭ އާންމު އުސޫލުތައް
ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ މުވައްޒަފުންނާއި، ފޮރިން ސަރވިސްގެ މަގާމުތަކުގައި ވަޒީފާ އަދާކުރާ ފޮރިން ސަރވިސްއިން ބޭރު މުވައްޒަފުން ތިރީގައިވާ އާންމު އު ސޫލުތަކާއެއްގޮތަށް އަމަލުކުރަންވާނެއެވެ.
(ހ) ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ މުވައްޒަފުންނާއި، ފޮރިން ސަރވިސްގެ މަގާމުތަކުގައި ވަޒީފާ އަދާކުރާ ފޮރިން ސަރވިސްއިން ބޭރު މުވައްޒަފުން، އެމީހުންގެ މަގާމުގެ ހައިސިއްޔަތުން ލިބޭ މައުލޫމާތަކީ ދައުލަތުގެ ސިއްރުގެ ގޮތުގައި ހިފަހައްޓަންވާނެ މައުލޫމާތެވެ. "ފޮރިން ސަރވިސްގެ އާންމު ގަވާއިދު" ގައި ބަޔާންކުރާ ގޮތެއްގެ މަތިންނާއި ގާނޫނު ހުއްދަކުރާ ގޮތެއްގެމަތިން މެނުވީ، އޭގެ ތެރެއިން އެއްވެސް މިންވަރެއްގެ މައުލޫމާތެއް އެއްވެސް ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ.
(ށ) ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތުގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް މިނިސްޓަރުގެ އިރުށާދުގެ ދަށުން މިނިސްޓްރީން ކަނޑައަޅައިފައިވާ އުސޫލުތަކަށް ހުރުމަތްތެރިކޮށް ހިތައި މަސައްކަތް ކުރުމަކީ މި މާއްދާގެ (ހ) ގައި ބަޔާންކުރާ އެންމެހައި މުވައްޒަފުންގެ އެންމެ އިސް މަސްއޫލިއްޔަތެވެ.
(ނ) ކޮންމެ މުވައްޒަފަކީވެސް، އެ މުވައްޒަފެއްގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ނަޒާހަތްތެރިކަމާއި ފަންނުވެރިކަމާއެކު ދިވެހި ފޮރިން ސަރވިސް ކުރިއެރުވުމަށް ފަރުދީގޮތުންނާއި މުއައްސަސާގެ ބައިވެރިއެއްގެ ހައިސިއްޔަތުން، ނަމޫނާ މަސައްކަތްތަކެއް ކުރާ، ޒިންމާދާރު ހިއްސާއެއް އަދާކުރާ މުވައްޒަފަކަށް ވުމާއެކު ފޮރިން ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓުގެ މިންގަނޑަށް ފުރިހަމައަށް އަމަލުކުރާ މުވައްޒަފުންނަށް ވާންވާނެއެވެ.
8 ވަނަ މާއްދާ - ފިޔަވަޅުއެޅުން
(ހ) ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ އެއްވެސް މުވައްޒަފަކު މި ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވެއްޖެނަމަ، ނުވަތަ ފޮރިން ސަރވިސްގެ މަގާމުތަކުގައި ވަޒީފާ އަދާކުރާ ފޮރިން ސަރވިސްއިން ބޭރު އެއްވެސް މުވައްޒަފަކު މި ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވެއްޖެނަމަ، މުވައްޒަފުންގެ ގަވާއިދުގައިވާ ގޮތުގެމަތިން އެ މުވައްޒަފަކާމެދު ފިޔަވަޅު އެޅޭނެއެވެ.
9 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލު ކުރަންފަށާނ،ީ މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
10 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހައި ހިނދަކު، މި ގަވާއިދުގައި ބޭނުންކޮށްފައިވާ އަންނަނިވި ލަފްޒުތަކާއި އިބާރާތްތަކަށް ދީފައި އެވަނ،ީ
(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނ،ީ ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ތަންފީޒު އެ ލަފްޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިއެވާ މާނަކުރުމެވެ.ކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލު ކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
(ށ) މިނިސްޓަރު" ކަމަށް ބުނެފައި އެވަނ،ީ ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލު ކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.
(ނ) "ފޮރިން ސަރވިސްގެ މުވައްޒަފުން" ކަމަށް ބުނެފައި އެވަނ،ީ ގާނޫނު ނަންބަރު 2021-20 (ދިވެހިރާއްޖޭގެ ފޮރިން ސަރވިސް ގާނޫނު) ގެ 34 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފޮރިން ސަރވިސްގެ އެގްޒެކެޓިވް ސަރވިސް ސްޓާފުންނާއި ޖެނެރަލް ސަރވިސް ސްޓާފުންނަށެވެ.
(ރ) "ފޮރިން ސަރވިސްގެ މަގާމުތަކުގައި ވަޒީފާ އަދާކުރާ ފޮރިން ސަރވިސްއިން ބޭރު މުވައްޒަފުން" އަކީ، ގާނޫނު ނަންބަރު 2021-20 (ދިވެހިރާއްޖޭގެ ފޮރިން ސަރވިސް ގާނޫނު) ގެ 57 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން ވަޒީފާ ދޭ މުވައްޒަފުންނެވެ.
(ބ) "ޑިޕްލޮމެޓިކް އިމިއުނިޓީ ނުވަތަ އިމްތިޔާޒު" އަކީ، ވިއެނާ ކޮންވެންށަން އޮން ޑިޕްލޮމެޓިކް ރިލޭށަންސް 1961 ގެ ދަށުން ޑިޕްލޮމެޓުންނަށް ލިބިދޭ އިމްތިޔާޒުތަކެވެ.
(ޅ) "ޑިޕްލޮމެޓިކް މިށަން" ކަމަށް ބުނެފައި އެވަނ،ީ މި ގާނޫނާއި ވިއެނާ ކޮންވެންށަން އޮން ޑިޕްލޮމެޓިކް ރިލޭށަންސް 1961 އާ އެއްގޮތްވާ ގޮތުގެ މަތިން ގާއިމުކުރާ ދިވެހިރްާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކަށެވެ.
(ކ) "ކޮންސިއުލާ ޕޯސްޓް" ކަމަށް ބުނެފައި އެވަނ،ީ މި ގާނޫނާއި ބައިނަލް އަގްވާމީ މުއާހަދާތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޮންސިއުލަރ މަސައްކަތްތައް ކުރުމަށްޓަކައި ދިވެހިރާއްޖެއިން ބޭރުގައި ގާއިމުކުރާ ދިވެހިރާއްޖޭގެ ކޮންސިއުލޭޓްތަކަށެވެ.
ކިޔުންތެރިންގެ ހިޔާލު