މަސްގަންނަ ބޭރުގެ އުޅަނދުފަހަރަށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކަނޑުމަސް ގަތުމުގެ ލައިސަންސް ދިނުމާބެހޭ ގަވާއިދު
(ގަވާއިދު ނަންބަރު 2022-122)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ 3 ވަނަ މާއްދާގެ (ށ) އާއި، 28 ވަނަ މައްދާގެ (ށ) އާއި، 33 ވަނަ މާއްދާއިން މިނިސްޓްރީއަށް ލިބިދޭ ބާރުގެ ދަށުން ހަދައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "މަސްގަންނަ ބޭރުގެ އުޅަނދުފަހަރަށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކަނޑުމަސް ގަތުމުގެ ލައިސަންސް ދިނުމާބެހޭ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - ގަވާއިދުގެ މަގުސަދު
މި ގަވާއިދުގެ މައިގަނޑު މަގުސަދު ތައް، ތިރީގައި މިވަނީއެވެ.
(ހ) ކަނޑުމަސް އެކްސްޕޯޓްކުރުމުގެ ވިޔަފާރީގެ ވާދަވެރިކަން އިތުރުކުރުން.
(ށ) މިނިސްޓްރީގެ ފަރާތުން ދޮށީގެ މަސްވެރިކަން ކުރުމުގެ ލައިސަންސް ދޫކޮށްފައިވާ އުޅަނދުތަކުން ބާނާ ކަނޑުމަހުގެ ބާވަތްތައް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައިގަތުމުގެ ލައިސަންސް މަސްގަންނަ ބޭރުގެ އުޅަނދުފަހަރަށް ދިނުމުގައި އަމަލުކުރާނެ އިޖުރާއަތުތައް ބަޔާންކުރުން.
(ނ) ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނާއި ދިވެހިރާއްޖޭގެ މައްޗަށް އޮތް ބައިނަލްއަގްވާމީ އިލްތިޒާމުތަކާ އެއްގޮތްވާގޮތުގެ މަތިން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދިވެހި މަސްވެރިންގެ އަތުން ކަނޑުމަސް ގަތުމުގެ ލައިސަންސް ދޫކުރާ މަސްގަންނަ ބޭރުގެ އުޅަނދުފަހަރުން ހިންގާ އެންމެހައި ހަރަކާތްތައް ހަމަމަގުކުރުމުގައި އަމަލުކުރާނެ ހަރުދަނާ އުސޫލުތައް ބަޔާންކުރުމެވެ.
3 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
4 ވަނަ މާއްދާ - މަސްގަންނަ ބޭރުގެ އުޅަނދުފަހަރަށް ދޫކުރާ ކަނޑުމަސް ގަތުމުގެ ލައިސަންސް
(ހ) މި ގަވާއިދުގެ ދަށުން މިނިސްޓްރީގެ ފަރާތުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކަނޑުމަސް ގަތުމުގެ ލައިސަންސަށް އެދި ހުށަހެޅޭނީ، ހަމައެކަނި %100 )ސައްތައިންސައްތަ) ދިވެހިން ހިއްސާވާ ގޮތަށް ދިވެހިރާއްޖޭގެ ގާނޫނާ އެއްގޮތަށް ރަޖިސްޓަރީކޮށްފައިވާ ކުންފުންޏަކަށެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ލައިސަންސަށް އެދި ހުށަހަޅާ ފަރާތުން މަސްގަތުމަށް ބޭނުންކުރަންވާނީ ބޭރުގެ އުޅަނދެކެވެ. މި ގަވާއިދުގެ ބޭނުމަށް ލައިސަންސަށް އެދި ހުށަހަޅާ ފަރާތް ބަލާނީ، އެއީ މަސް ގަތުމުގައި ބޭނުންކުރާ މަސް ގަންނަ ބޭރުގެ އުޅަނދުގެ އޮޕަރޭޓަރުގެ ގޮތުގައެވެ.
(ނ) މި ގަވާއިދުގެ ދަށުން ދޫކުރާ ކަނޑުމަސްގަތުމުގެ ލައިސަންސެއް ލިބިގެން ހަރަކާތްތެރިވާ މަސް ގަންނަ ބޭރުގެ އުޅަނދުތަކަށް ގަންނަންވާނީ، މިނިސްޓްރީގެ ފަރާތުން ދޫކޮށްފައިވާ ދޮށީގެ މަސްވެރިކަން ކުރުމުގެ ސައްހަ ލައިސަންސެއް ލިބިފައިވާ މަސްވެރި އުޅަނދަކުން ބާނައިފައިވާ ކަނޑުމަހުގެ ބާވަތްތައް އެކަންޏެވެ.
5 ވަނަ މާއްދާ - މަސްގަންނަ ބޭރުގެ އުޅަނދުގެ އޮޕަރޭޓަރުގެ ޒިންމާތައް
މި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކަނޑުމަސް ގަތުމުގެ ލައިސަންސް ލިބިގެން އޮޕަރޭޓްކުރާ މަސް ގަންނަ ބޭރުގެ އުޅަނދުގެ އޮޕަރޭޓަރުގެ ޒިންމާތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
(ހ) މަސް ގަންނަ ބޭރުގެ އުޅަނދުން ކުރިޔަށްގެންދާ މަސްގަތުމުގެ ހަރަކާތްތަކާ ގުޅޭގޮތުން މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކޮށްފައިވާ "މަސްވެރިކަމާބެހޭ މައުލޫމާތު ރިކޯޑުކުރުމާއި ހުށަހެޅުމާބެހޭ އުސޫލު" އާ އެއްގޮތަށް މިނިސްޓްރީއަށް މައުލޫމާތު ފޮނުވަމުން ގެންދާކަން ކަށަވަރުކުރުން.
(ށ) މި ގަވާއިދުގެ ދަށުން ދޫކުރާ ލައިސަންސްގެ ށަރުތުތަކާ ހިލާފު އެއްވެސް އަމަލެއް، މަސް ގަންނަ ބޭރުގެ އުޅަނދުން ކުރިޔަށް ނުގެންދާކަން ކަށަވަރުކުރުން.
(ނ) ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާއި،މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތަކާ އެއްގޮތަށް، މަސް ގަންނަ ބޭރުގެ އުޅަނދުން
އަމަލުކުރާކަން ކަށަވަރުކުރުން.
(ރ) ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާއި،މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތަކާ އެއްގޮތަށް އަމަލުކުރުމަށް ބޭނުންވާ އެންމެހައި ވަސީލަތްތައް، މަސްގަންނަ ބޭރުގެ އުޅަނދަށް ނުވަތަ އުޅަނދުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފޯރުކޮށްދިނުން.
(ބ) މަސްގަންނަ ބޭރުގެ އުޅަނދުގެ ހަރަކާތްތައް މޮނިޓަރކުރުމަށް މިނިސްޓްރީގެ ފަރާތުން ކަނޑައަޅާ މުއާސަލާތީ އާލާތެއް ނުވަތަ އާލާތްތައް ބޭރުގެ މަސްގަންނަ އުޅަނދުގައި ހަރުކުރުމާއި، އެ އާލާތްތައް މަސައްކަތް ކުރާކަން ކަށަވަރުކުރުން.
6 ވަނަ މާއްދާ - ލައިސަންސަށް އެދި ހުށަހަޅާ ބޭރުގެ މަސްވެރި އުޅަނދުފަހަރުގައި ފުރިހަމަވާންޖެހޭ ށަރުތުތައް
މި ގަވާއިދުގެ ދަށުން ކަނޑުމަސްގަތުމުގެ ލައިސަންސް ހޯދުމަށް އެދި ހުށަހަޅާ ފަރާތުން ކަނޑުމަސް ގަތުމަށް ބޭނުންކުރާ މަސްގަންނަ ބޭރުގެ އުޅަނދުގައި އަންނަނިވި ށަރުތުތައް ފުރިހަމަވޭތޯ މިނިސްޓްރީގެ ފަރާތުން ކަށަވަރު ކުރަން ވާނެއެވެ.
(ހ) އުޅަނދުގެ ގްރޮސް ޓަނޭޖުގެ ގޮތުގައި މަދުވެގެން 500 (ފަސްސަތޭކަ) މެޓްރިކް ޓަނުގެ ކެޕޭސިޓީ ހުރި އުޅަނދަކަށްވުން.
(ށ) ގާނޫނާއި ގަވާއިދާއި ހިލާފަށް ބެލެހެއްޓުމެއްނެތި، އަދި ރިޕޯޓުކުރުމެއް ނެތި، ގާނޫނާއި ގަވާއިދާ ހިލާފަށް ކުރާ މަސްވެރިކަމުގައި ހަރަކާތްތެރިވެގެން، ނުވަތަ ގަވާއިދާ ހިލާފަށް މަސްވެރިކަން ކޮށްގެން ނުވަތަ މަސްވެރިކަމާ ގުޅުންހުރި ހަރަކާތެއް ގަވާއިދާ ހިލާފަށް ހިންގައިގެން ނުވަތަ ޖިނާއީ ކުށެއްގައި އެއްވެސް ސިފައެއްގައި ބައިވެރިވެގެން އެއްވެސް ގައުމެއްގެ އިދާރާއަކުން ނުވަތަ ބައިނަލްއަގްވާމީ ޖަމްއިއްޔާއަކުން ލިސްޓުކޮށްފައިވާ އުޅަނދެއް ކަމުގައި ނުވުން.
(ނ) އުޅަނދުގެ ވެރިފަރާތަކީ ގާނޫނާއި ގަވާއިދާ ހިލާފަށް ބެލެހެއްޓުމެއްނެތި، އަދިރިޕޯޓުކުރުމެއްނެތި ކުރާ މަސްވެރިކަމުގައި ހަރަކާތްތެރިވެގެން ނުވަތަ ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރުން ނުވަތަ ގަވާއިދާ ހިލާފަށް މަސްވެރިކަމާ ގުޅުންހުރި ހަރަކާތެއް ހިންގައިގެން ނުވަތަ ޖިނާއީ ކުށެއްގައި އެއްވެސް ސިފައެއްގައި ބައިވެރިވެގެން އެއްވެސް ގައުމެއްގެ އިދާރާއަކުން ނުވަތަ ބައިނަލްއަގްވާމީ ޖަމްއިއްޔާއަކުން ލިސްޓުކޮށްފައިވާ އުޅަނދެއްގެ ވެރިފަރާތް ނުވަތަ އޮޕަރޭޓަރު ކަމުގައި ނުވުން؛
(ރ) އެހެން އެއްވެސް ގައުމަކުން މަސްވެރިކަން ކުރުމަށް ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ހުއްދައެއް ނުވަތަ ލައިސަންސެއް އޮތް އުޅަނދެއް ކަމުގައި ނުވުން.
(ބ) މަސްވެރިކަން ކުރުމަށް ބޭނުންކުރެވޭނެ ފަދަ އެއްވެސް އާލާތެއް ހުރި އުޅަނދެއް ކަމުގައި ނުވުން.
(ޅ) މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތަށް ސާފުތާހިރުކަން ދެމެހެއްޓިފައިވާ އުޅަނދެއް ކަމަށް ޔަގީންކަންދޭ، އެ އިދާރާއިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ސެޓުފިކެޓެއް އޮތް އުޅަނދެއް ކަމުގައިވުން.
(ކ) ލައިސަންސަށް އެދި ހުށަހަޅާ ބޭރުގެ މަސްގަންނަ އުޅަނދު ނުވަތަ އެ އުޅަނދުގެ ވެރިފަރާތް ނުވަތަ އޮޕަރޭޓަރަކީ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދަކާ ހިލާފުވުމުގެ ސަބަބުން މިނިސްޓްރީގެ ފަރާތުން އެ ފަރާތަކަށް ވަކި މުއްދަތަކަށް ލައިސަންސް ދޫނުކުރުމަށް ނިންމައިފައިވާ ފަރާތެއް ކަމުގައި ނުވުމާއި، އެފަދައިން ނިންމުމެއް ނިންމައިފައިވާ ނަމަ، ލައިސަންސް ދޫނުކުރުމަށް ނިންމައިފައިވާ މުއްދަތު ހަމަވެފައިވުން؛
(އ) ލައިސަންސަށް އެދި ހުށަހަޅާ މަސްގަންނަ ބޭރުގެ އުޅަނދު ނުވަތަ އެ އުޅަނދުގެ ވެރިފަރާތް ނުވަތަ އޮޕަރޭޓަރަކީ ނުވަތަ މާސްޓަރަކީ މަސްވެރިކަމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުންހަދައިފައިވާ ގަވާއިދަކާ ހިލާފުވެގެން ޖޫރިމަނާއެއް ދައްކަންޖެހޭ ފަރާތެއް ނަމަ، އެ ޖޫރިމަނާއެއް ދައްކައިފައިވުން.
(ވ) ލައިސަންސްގެ މުއްދަތަށް އުޅަނދާއި އުޅަނދުގެ ފަޅުވެރިންނާ ގުޅޭގޮތުން ސަރުކާރުގެ އެހެން އިދާރާތަކުން ނަގަންޖެހޭ އެންމެހައި ހުއްދަތައް ނަގައިފައިވުން.
(މ) އިންޑިޔާ ކަނޑުގައި މަސްވެރިކަމާ ގުޅުންހުރި ހަރަކާތް ހިންގުމަށް އުޅަނދެއްގެ ފްލެގް ސްޓޭޓުގެ ގާނޫނަކުން ނުވަތަ ގަވާއިދަކުން ނުވަތަ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމާ ގުޅޭ ސަރަހައްދީ ޖަމްއިއްޔާއެއްގެ ގަވާއިދަކުން ނުވަތަ އުސޫލަކުން ހުއްދައެއް ނަގަންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ނަމަ، އެ އުޅަނދެއްގެ ފްލެގް ސްޓޭޓުން ހުއްދަ ދޫކޮށްފައިވާ އުޅަނދެއް ކަމުގައި ވުން.
7 ވަނަ މާއްދާ - ލައިސަންސަށް އެދި ހުށަހެޅުން
(ހ) މި ގަވާއިދުގެ ދަށުން ކަނޑުމަސް ގަތުމުގެ ލައިސަންސަށް އެދި ހުށަހަޅާނީ، "ބޭރުގެމަސްވެރި އުޅަނދުފަހަރުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކަނޑުމަސް ގަތުމުގެލައިސަންސަށް އެދި ހުށަހަޅާ ފޯމު" ނުވަތަ އޮންލައިން އެޕްލިކޭށަން ހުށަހެޅުމަށްމިނިސްޓްރީން ގާއިމުކޮށްފައިވާ ނިޒާމު މެދުވެރިކޮށެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލައިސަންސަށް އެދި ހުށަހަޅާ އެޕްލިކޭށަން ފޯމާއި،އެ ފޯމެއް ހުށަހެޅުމުގައި އަމަލުކުރަންޖެހޭނެގޮތުގެ އިރުށާދުތައް މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ލައިސަންސަށް އެދި ހުށަހަޅާއިރު، އެޕްލިކޭށަން ފޯމާއެކު،އަންނަނިވި ލިޔުންތައް ހުށަހަޅަންވާނެއެވެ.
- މަސްގަންނަ ބޭރުގެ އުޅަނދުގެ ރަޖިސްޓަރީގެ އޮރިޖިނަލް ނުވަތަ ކޮޕީ (ގާނޫނީ ވަކީލަކު، އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިފައިވާ ކޮޕީ)؛
- މަސްގަންނަ ބޭރުގެ އުޅަނދުގެ އޮޕަރޭޓަރުގެ ގޮތުގައި ހަރަކާތްތެރިވާ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ (ގާނޫނީ ވަކީލަކު، އަސްލާ އެއްގޮތްކަމުގެ ތައްގަނޑު
ޖަހައިފައިވާ ކޮޕީ)؛ - ލައިސަންސަށް އެދޭ މަސްގަންނަ ބޭރުގެ އުޅަނދަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދޫކޮށްފައިވާ، މުއްދަތު ހަމަނުވާ، ސާފުތާހިރުކަމުގެ ސެޓުފިކެޓު؛
- މަސްގަންނަ ބޭރުގެ އުޅަނދުގެ ފަޅުވެރިންގެ މައުލޫމާތު (ޕާސްޕޯޓުގައި ހިމެނޭ ގޮތަށް ޕާސްޕޯޓުގެ ކޮޕީއާއެކު)؛
- މަސްގަންނަ ބޭރުގެ އުޅަނދުގެ ފޮޓޯ (އޭރިއަލް ފޮޓޯއަކާއި، ދެ އަރިމަތިން ނަގައިފައިވާ ފޮޓޯއަކާއި، ރަޖިސްޓަރީ ނަންބަރު ފެންނަގޮތަށް ނަގައިފައިވާ
ފޮޓޯއެއް)؛ - މި ގަވާއިދުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަދަދަށް ދިވެހިރާއްޖޭގެ ކަމާގުޅޭ ގާނޫނުތަކާ އެއްގޮތަށް ގާއިމުކޮށްފައިވާ، ބެންކަކުން ދޫކޮށްފައިވާ ބެންކް ގެރަންޓީއެއް ނުވަތަ ދިވެހިރާއްޖޭގެ ކަމާގުޅޭ ގާނޫނުތަކާ އެއްގޮތަށް ގާއިމުކޮށްފައިވާ ފައިނޭންށިއަލް އިންސްޓިޓިއުޓަކުން ދޫކޮށްފައިވާ އިންށުއަރެންސް ބޮންޑެއްގެ ލިޔުން.
- ލައިސަންސަށް އެދޭ ފޯމުގައި، ފޯމާއެކު ހުށަހެޅުމަށް މިނިސްޓްރީގެ ފަރާތުން ކަނޑައަޅާ އެހެން ލިޔުންތައް ނުވަތަ މައުލޫމާތު.
8 ވަނަ މާއްދާ - ސައްހަ މައުލޫ މާތު ހުށަހެޅުން
(ހ) މި ގަވާއިދުގެ ދަށުން ލައިސަންސް ހޯދުމަށް އެދި ހުށަހަޅާ އެޕްލިކޭށަނާއެކު ނުވަތަ އެނޫންވެސް ގޮތަކަށް އުޅަނދުގެ އޮޕަރޭޓަރު މިނިސްޓްރީއަށް ފޯރުކޮށްދޭ އެންމެހައި މައުލޫމާތަކީ ސައްހަ މައުލޫމާތު ކަމުގައި ވާންޖެހޭނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް ސައްހަ ނޫން މައުލޫމާތު ހުށަހަޅައިފައިވާކަން މިނިސްޓްރީއަށް ފާހަގަކުރެވިއްޖެ ނަމަ، އެ ފަރާތަކަށް ދޫކޮށްފައިވާ ލައިސަންސް ބާތިލުކޮށް، ލައިސަން ސަށް އެދި ހުށަހެޅި ފަރާތާ (އުޅަނދުގެ އޮޕަރޭޓަރު) މެދު މި ގަވާއިދުގެ ދަށުން އިދާރީ ފިޔަވަޅު އަޅަންވާނެއެވެ. އަދި އެ މައްސަލައިގައި ދައުލަތުގެ އިދާރާއަކަށް ސައްހަ ނޫން މައުލޫމާތު ފޯރުކޮށްދިން މައްސަލަ ތަހުގީގު ކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހަޅަންވާނެއެވެ.
9 ވަނަ މާއްދާ - އެޕްލިކޭށަނަކާ ގުޅިގެން އިތުރު މައުލޫމާތު ހޯދުން
(ހ) މި ގަވާއިދުގެ ދަށުން ކަނޑުމަސް ގަތުމުގެ ލައިސަންސަށް އެދި ހުށަހަޅައިފައިވާ އެޕްލިކޭށަނުގައި ހިމަނަންޖެހޭ މައުލޫމާތު ފުރިހަމަނުވާނަމަ، ނުވަތަ އެޕްލިކޭށަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާނަމަ، ނުވަތަ އެ އެޕްލިކޭށަނަކާ ގުޅިގެން މިނިސްޓްރީގެ ފަރާތުން އިތުރު މައުލޫމާތު ހޯދަން ބޭނުންވެއްޖެނަމަ، މިނިސްޓްރީއަށް
އެޕްލިކޭށަން ހުށަހަޅާތާ، ސަރުކާރު ބަންދުނޫން 7) ހަތެއް) ދުވަހުގެ ތެރޭގައި، ލައިސަންސަށް އެދި ހުށަހެޅި ފަރާތަށް ލިޔުމުން އެކަން އަންގަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިތުރު މައުލޫމާތު ހޯދުމަށް މިނިސްޓްރީގެ ފަރާތުންއެދޭތާ ސަރުކާރު ބަންދުނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެޕްލިކޭށަން ހުށަހަޅާ ފަރާތުން އެ މައުލޫމާތެއް މިނިސްޓްރީއަށް ފޯރުކޮށްދޭން ވާނެއެވެ. އަދި އެ މައުލޫމާތު މިނިސްޓްރީއަށްމި މުއްދަތުގެ ތެރޭގައި ފޯރުކޮށް ނުދީފިނަމަ، އެޕްލިކޭށަން ބާތިލު ކުރުމުގެ އިހްތިޔާރުމިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި މިފަދައިން މިނިސްޓްރީގެ ފަރާތުން އެޕްލިކޭށަން ފޯމު ބާތިލުކޮށްފިނަމަ، ލައިސަންސަށް އެދި ދެން ހުށަހަޅަން ޖެހޭނީ އައު އެޕްލިކޭށަނެކެވެ.
10 ވަނަ މާއްދާ - މަސްގަންނަ ބޭރުގެ އުޅަނދުފަހަރު އިންސްޕެކްޓްކުރުން
(ހ) މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލައިސަންސަށް އެދޭ މަސްގަންނަ ބޭރުގެ އުޅަނދަކަށް ލައިސަންސް ދޫކުރުމުގެ ކުރިން މިނިސްޓްރީގެ ފަރާތުން ކަނޑައަޅާ މިނިސްޓްރީގެ މުވައްޒަފަކު ނުވަތަ ފިށަރީޒް ރޭންޖަރަކު ނުވަތަ މިނިސްޓްރީން ކަނޑައަޅާ ސަރުކާރުގެ އެހެން އިދާރާއެއްގެ މުވައްޒަފަކު މެދުވެރިކޮށް އެ އުޅަނދެއް އިންސްޕެކްޓްކުރަންވާނެއެވެ.
(ށ) މިނިސްޓްރީގެ ފަރާތުން ކުރިޔަށްގެންދާ އިންސްޕެކްށަންތަކުގައި ލައިސަންސަށް އެދި ހުށަހެޅި އެޕްލިކޭށަނާއެކު މިނިސްޓްރީއަށް ހުށަހަޅައިފައިވާ މައުލޫމާތުގެ ސައްހަކަންކަށަވަރުކުރަން ވާނެއެވެ.
(ނ) މަސްގަންނަ ބޭރުގެ އުޅަނދު އިންސްޕެކްޓް ކުރާތާ، ބަންދުނޫން 5 (ފަހެއް) ދުވަހުގެ ތެރޭގައި އިންސްޕެކްށަން ރިޕޯޓު އެކުލަވައިލަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިންސްޕެކްށަނުގައި، މަސްގަންނަ ބޭރުގެ އުޅަނދުން ރަނގަޅުކުރަންޖެހޭ ކަމަށް ފާހަގަކުރެވޭ ކަންކަން އެ އުޅަނދުގެ އޮޕަރޭޓަރަށް ލިޔުމުން އެންގުމަށްފަހު، އެ ކަންކަން ރަނގަޅުކުރުމަށް އެކަށީގެންވާ މުއްދަތެއް ދޭންވާނެއެވެ. އަދި މިގޮތަށް މިނިސްޓްރީގެ ފަރާތުން ދޭ މުއްދަތުގައި ރަނގަޅުކުރުމަށް އަންގައިފައިވާ ކަންކަން ރަނގަޅުކޮށްފައި ނުވާ ނަމަ، ލައިސަންސަށް އެދި ހުށަހެޅި އެޕްލިކޭށަން ބާތިލު ކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި މިފަދައިން މިނިސްޓްރީގެ ފަރާތުން އެޕްލިކޭށަން ފޯމު ބާތިލުކޮށްފިނަމަ، ލައިސަންސަށް އެދި ދެން ހުށަހަޅަންޖެހޭނީ އައު އެޕްލިކޭށަނެކެވެ.
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކަމެއް އިސްލާހުކުރުމަށް އުޅަނދަކަށްއަންގައިފިނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ އުޅަނދެއްގެއިތުރު އިންސްޕެކްށަނެއް ކުރުމަށްފަހު، މި މާއްދާގެ (ނ) ގައި ކަ ނޑައަޅައިފައިވާ ގޮތުގެ މަތީން އިންސްޕެކްށަން ރިޕޯޓު އެކުލަވައިލަން ވާނެއެވެ.
11 ވަނަ މާއްދާ - މަސްގަންނަ ބޭރުގެ އުޅަނދުތައް މޮނިޓަރ ކުރެވޭނެ ނިޒާމެއް ގާއިމުކުރުން
(ހ) މި ގަވާއިދުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިންސްޕެކްށަނަށް ފަހު، މަސްގަންނަ ބޭރުގެ އެ އުޅަނދަކީ، މި ގަވާއިދުގެ 7 ވަނަ މާއްދާގެ ދަށުން ލައިސަންސް ދޫކުރެވޭނެ އުޅަނދެއް ކަމަށް މިނިސްޓްރީގެ ފަރާތުން ކަނޑައަޅައިފިނަމަ، އެ އުޅަނދެއްގައި މިނިސްޓްރީގެ ފަރާތުން ކަނޑައަޅާ ވެސަލް ލޮކޭޓިންގ ޑިވައިސްއަކާއި އިލެކްޓްރޯނިކް އޮބްޒަރވަރ ސިސްޓަމެއް އުޅަނދުގައި ހަރުކުރުމަށް، އުޅަނދުގެ އޮޕަރޭޓަރަށް އަންގަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވެސަލް ލޮކޭޓިންގ ޑިވައިސްއާއި އިލެކްޓްރޯނިކް އޮބްޒަރވަރ ސިސްޓަމް ހަރުކުރުމާ ގުޅިގެން ހިދުމަތަށް ދައްކަންޖެހޭ ފީތަކާއި ހިނގާ އެންމެހައި ހަރަދުތަކަށް ޒިންމާވާންޖެހޭނީ އުޅަނދުގެ އޮޕަރޭޓަރެވެ. އަދި މިނިސްޓްރީން ކަނޑައަޅާ ވަކި މުއްދަތެއްގެ ތެރޭގައި ވެސަލް ލޮކޭޓިންގ ޑިވައިސްއާއި އިލެކްޓްރޯނިކް އޮބްޒަރވަރ ސިސްޓަމް ހަރުކޮށްފައި ނުވާނަމަ، ލައިސަންސަށް އެދި ހުށަހަޅައިފައިވާ އެޕްލިކޭށަން ބާތިލުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި މިފަދައިން މިނިސްޓްރީގެ ފަރާތުން އެޕްލިކޭށަން ފޯމު ބާތިލުކޮށްފިނަމަ، ލައިސަންސަށް އެދި ދެން ހުށަހަޅަންޖެހޭނީ އައު އެޕްލިކޭށަނެކެވެ.
12 ވަނަ މާއްދާ - ސެކިއުރިޓީ ޑިޕޮޒިޓެއް ބެހެއްޓުން ނުވަތަ ބެންކް ގެރަންޓީ ނުވަތަ އިންށުއަރެންސް ބޮންޑެއް ހުށަހެޅުން
(ހ) މި ގަވާއިދުގެ ދަށުން ލައިސަންސަށް އެދި ހުށަހަޅާ ކޮންމެ ފަރާތަކުން ވެސް، މި ގަވާއިދުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ ފަރާތަކުން ދައްކަންޖެހޭ ލައިސަންސް ފީގެ %20 (ވިހި އިންސައްތަ) އަށް ވާ އަދަދުގެ ދިވެހި ރުފިޔާގެ ސެކިއުރިޓީ ޑިޕޮޒިޓެއް ނުވަތަ ދިވެހިރާއްޖޭގެ ކަމާގުޅޭ ގާނޫނުތަކާ އެއްގޮތަށް ގާއިމުކޮށްފައިވާ ބެންކެއް ނުވަތަ ފައިނޭންށިއަލް އިންސްޓިޓިއުޓަކުން ދޫކޮށްފައިވާ ބެންކް ގެރަންޓީއެއް ނުވަތަ އިންށުއަރެންސް ބޮންޑެއް ބަހައްޓަން ވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސެކިއުރިޓީ ޑިޕޮޒިޓް ނުވަތަ ބެންކް ގެރަންޓީ ނުވަތަ އިންށުއަރެންސް ބޮންޑުން ލައިސަންސްގެ މުއްދަތުގައި ލައިސަންސް ދޫކޮށްފައިވާ ފަރާތަށް ކަނޑައެޅޭ ޖޫރިމަނާތަކަށް ވާ އަދަދުގެ ފައިސާ މިނިސްޓްރީއަށް ނެގުމަށް ނުވަތަ ލައިސަންސްގެ މުއްދަތުގައި މަސްވެރިންގެ އަތުން މަސްގަތުމަށްފަހު މަސްގަންނަ ބޭރުގެ އުޅަނދުން އަގު އަދާނުކުރާ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ އަދަދެއްގެ ފައިސާ މިނިސްޓްރީއަށް ނެގޭނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ސެކިއުރިޓީ ޑިޕޮޒިޓް ނުވަތަ ބެންކް ގެރަންޓީ ނުވަތަ އިންށުއަރެންސް ބޮންޑް ނެގުމުގައި އަމަލުކުރާނެ އުސޫލުތައް މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު މިނިސްޓްރީގެ ވެބްސައިޓުގައި އާންމު ކުރަން ވާނެއެވެ.
13 ވަނަ މާއްދާ - ލައިސަންސް ދޫކުރުމުގެ ކުރިން ކަށަވަރު ކުރަންޖެހޭ ކަންތައް
މި ގަވާއިދުގެ ދަށުން މަސްގަންނަ ބޭރުގެ އުޅަނދުފަހަރަށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކަނޑުމަސް ގަތުމުގެ ލައިސަންސް ދޫކުރުމުގެ ކުރިން އަންނަނިވި ކަންކަން ޔަގީންކުރަން ވާނެއެވެ.
(ހ) ލައިސަންސަށް އެދި ހުށަހަޅާ ފަރާތުން މަސްގަތުމުގައި ބޭނުންކުރުމަށް
ގަސްތުކުރާއުޅަނދަކީ، މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެންމެހައި ށަރުތުތައް ފުރިހަމަވާ އުޅަނދެއް ކަން.
(ށ) މި ގަވާއިދުގެ 10 ވަނަ މާއްދާގެ ދަށުން މިނިސްޓްރީގެ ފަރާތުން މަސްގަންނަ ބޭރުގެ އުޅަނދު އިންސްޕެކްޓް ކުރުމަށްފަހު، އުޅަނދަކީ ލައިސަންސް ދިނުމަށް އެކަށީގެންވާ އުޅަނދެއް ކަމުގައި ކަނޑައަޅައިފައިވާކަން.
(ނ) މަސްގަންނަ ބޭރުގެ އުޅަނދުގައި ހަރުކޮށްފައިވާ އިލެކްޓްރޯނިކް އޮބްޒާވަރ ސިސްޓަމުގެ ވީޑިއޯ ފުޓޭޖާއި، ވެސަލް ލޮކޭޓިންގ ޑިވައިސްގެ ޓްރެކިންގ، މިނިސްޓްރީއަށް މެދުކެނޑުމެއް ނެތި ލިބޭކަން.
(ރ) މި ގަވާއިދުގެ 14 ވަނަ މާއްދާގެ (ށ) ގައި ކަނޑައަޅައިފައިވާ ލައިސަންސް ފީ މިނިސްޓްރީއަށް ދައްކައިފައިވާކަން.
14 ވަނަ މާއްދާ - ލައިސަންސް ފީ
(ހ) މި ގަވާއިދުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އިންސްޕެކްޓް ކުރުމަށްފަހު، މަސްގަންނަ ބޭރުގެ އުޅަނދަކީ، މި ގަވާއިދުގެ ދަށުން ލައިސަންސް ދެވިދާނެ އުޅަނދެއް ނަމަ އަދި އެ އުޅަނދުން، މި ގަވާއިދުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވެސަލް ލޮކޭޓިންގ ޑިވައިސްއާއި އިލެކްޓްރޯނިކް އޮބްޒާވަރ ސިސްޓަމް ގާއިމުކުރުމުން، އެ ޑިވައިސްތަކުގެ ޓްރެކިންގ މިނިސްޓްރީއަށް ލިބޭކަން ކަށަވަރު ކުރުމަށްފަހު، މި މާއްދާގެ
(ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް ލައިސަންސް ފީ ދެއްކުމަށް، ލައިސަންސަށް އެދި ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ. އަދި މިނިސްޓްރީން ކަނޑައަޅާ މުއްދަތުގައި ލައިސަންސް ފީ ދައްކައިފައި ނުވާނަމަ، އެޕްލިކޭށަން ބާތިލުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ށ) މަސްގަންނަ ބޭރުގެ އުޅަނދުތަކަށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކަނޑުމަހުގެ ބާވަތްތައް ގަތުމަށް ދޫކުރާ ލައިސަންސްގެ ފީ ހިސާބުކުރެވޭނީ، އުޅަނދުގެ ގްރޮސް ޓަނޭ ޖުގެ އަދަދު 1400 (އެއްހާސް ހަތަރު ސަތޭކަ) ދިވެހި ރުފިޔާއާ ގުނަކުރުމުން އަންނަ އަދަދަށް ވާ ދިވެހި ރުފިޔާއެވެ.
(މަސްގަންނަ ބޭރުގެ އުޅަނދުގެ ގްރޮސްޓަނޭޖް) 1400x (އެއްހާސް ހަތަރު ސަތޭކަ) ދިވެހި ރުފިޔާ = ލައިސަންސް ފީ.
15 ވަނަ މާއްދާ - ލައިސަންސްގެ މުއްދަތު
މި ގަވާއިދުގެ ދަށުން މަސްގަންނަ ބޭރުގެ އުޅަނދަކަށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކަނޑުމަސް ގަތުމުގެ ލައިސަންސް ދޫކުރާނީ 12 (ބާރަ) މަސްދުވަހުގެ މުއްދަތަކަށެވެ.
16 ވަނަ މާއްދާ - ލައިސަންސް އައުކުރުމަށް ހުށަހެޅުން
މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ލައިސަންސްގެ މުއްދަތު ހަމަވުމުން ލައިސަންސް އައުކުރުމަށް ގަސްތުކުރާނަމަ، ލައިސަންސްގެ މުއްދަތު ހަމަވުމުގެ 30 (ތިރީސް) ދުވަހުގެ ކުރިން އެކަމަށް އެދި މަސްގަންނަ ބޭރުގެ އުޅަނދުގެ އޮޕަރޭޓަރުގެ ފަރާތުން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. އަދި މިގޮތަށް ލައިސަންސް އައުކޮށްދިނުމަށް އެދި ހުށަހަޅާއިރު، މި ގަވާއިދުގެ 10 ވަނަ މާއްދާއިން ފެށިގެން 12 ވަނަ މާއްދާއާ ހަމަޔަށް ބަޔާންކޮށްފައިވާ ކަންކަން، މަސްގަންނަ ބޭރުގެ އުޅަނދުގެ އޮޕަރޭޓަރުގެ ފަރާތުން ފުރިހަމަ ކުރަން ވާނެއެވެ.
17 ވަނަ މާއްދާ - ލައިސަންސްގައި ހިމަނަންޖެހޭ މައުލޫމާތު
މި ގަވާއިދުގެ ދަށުން ދޫކުރާ "މަސްގަންނަ ބޭރުގެ އުޅަނދުތަކަށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކަނޑުމަސް ގަތު މުގެ ލައިސަންސް" ގައި އަންނަނިވި މައުލޫމާތު ހިމަނަން ވާނެއެވެ.
(ހ) މަސްގަންނަ ބޭރުގެ އުޅަނދުގެ ވެރިފަރާތުގެ މައުލޫމާތު (ނަމާއި، އެޑްރެހާއި، ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް).
(ށ) މަސްގަންނަ ބޭރުގެ އުޅަނދުގެ އޮޕަރޭޓަރުގެ މައުލޫމާތު (ނަމާއި، އެޑްރެހާއި، ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް).
(ނ) މަސްގަންނަ ބޭރުގެ އުޅަނދުގެ ރަޖިސްޓަރީ ނަންބަރު/އައި.އެމް.އޯ ނަންބަރު.
(ރ) މަސްގަންނަ ބޭރުގެ އުޅަނދުގެ ނިސްބަތްވާ ގައުމު.
(ބ) މަސްގަންނަ ބޭރުގެ އުޅަނދަށް ދޫކޮށްފައިވާ ލައިސަންސްގެ މުއްދަތު.
(ޅ) މަސްގަންނަ ބޭރުގެ އުޅަނދަށް ގަނެވޭނެ މަހުގެ ބާވަތްތައް.
(ކ) ލައިސަންސްގެ ށަރުތުތައް.
18 ވަނަ މާއްދާ - މަސްގަތުމުގެ ހަރަކާތް ހިންގޭނެ ސަރަހައްދު
(ހ) މި ގަވާއިދުގެ ދަށުން ކަނޑުމަސް ގަތުމުގެ ލައިސަންސް ދޫކޮށްފައިވާ މަސްގަންނަ ބޭރުގެ އުޅަނދުން މަސްގަތުމުގެ ހަރަކާތްތައް ހިންގަންވާނީ، މިނިސްޓްރީގެ ފަރާތުން ކަނޑައަޅާ ރަށްތަކުގެ ބަނދަރުގައެވެ. މިގޮތަށް ކަނޑައަޅާ ބަނދަރުތަކުގެ މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ރަށެއްގެ ބަނދަރަށް އެ އުޅަނދަކަށް ނުވަދެވޭނަމަ، ނުވަތަ އެ ރަށެއްގެ ބަނދަރުގައި ޖާގައިގެ ދަތިކަން އޮތްނަމަ،މީހުން ދިރިއުޅޭ ރަށެއްގެ އުރަފަށުން ފެށިގެން 2 (ދޭއް) ނޯޓިކަލް މޭލަށް ވުރެ ދުރު ނޫން ސަރަހައްދެއްގައި މަސް ގަތުމުގެ ހަރަކާތް ހިންގިދާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މިނިސްޓްރީގެ ފަރާތުން ބޭރުގެ މަސްވެރި އުޅަނދުފަހަރުން މަސްގަތުމުގެ ހަރަކާތް ހިންގުމުގެ ހުއްދަ ދޫކުރުމަށް ކަނޑައަޅާބަނދަރުތަކުގެ މައުލޫމާތު އާންމުކޮށް އިއުލާނު ކުރަންވާނެއެވެ. މި ބަނދަރުތައް ކަނޑައެޅުމުގައި މިނިސްޓްރީގެ ފަރާތުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މަށްވަރާ
ހޯދަންވާނެއެވެ.
19 ވަނަ މާއްދާ - މަސްގަންނަ ބޭރުގެ އުޅަނދުގެ ހަރަކާތްތައް މޮނިޓަރކުރުން
(ހ) މި ގަވާއިދުގެ ދަށުން ކަނޑުމަސް ގަތުމުގެ ލައިސަންސް ދޫކޮށްފައިވާ މަސްގަންނަ ބޭރުގެ އުޅަނދުގައި މަސްގަތުމުގެ ހަރަކާތް ހިނގާނުހިނގާގޮތް ބެލުމަށް އުޅަނދުގައި ހަރުކުރާ އިލެކްޓްރޯނިކް އޮބްޒާވަރ ސިސްޓަމް މެދުވެރިކޮށް އުޅަނދުގެ ހަރަކާތްތައް މޮނިޓަރ ކުރުމުގެ އިތުރުން ފިށަރީޒް އޮބްޒާވަރެއްގެ ގޮތުގައި ފިށަރީޒް ރޭންޖަރަކު ނުވަތަ މިނިސްޓްރީގެ މުވައްޒަފަކު ނުވަތަ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފަކު ބެހެއްޓުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. މިނިސްޓްރީގެ ފަރާތުން މަސްގަންނަ ބޭރުގެ އުޅަނދެއްގައި މަސައްކަތް ކުރުމަށް ކަނޑައަޅާ (ށ)ފިށަރީޒް އޮބްޒާވަރުންނަށް، އަންނަނިވި ކަންކަން، ލައިސަންސް ލިބިފައިވާ އުޅަނދުގެ އޮޕަރޭޓަރުގެ ހަރަދުގައި ފުރިހަމަކޮށްދޭން ވާނެއެވެ.
- މަސްގަންނަ ބޭރުގެ އުޅަނދުގައި ހަރަކާތްތެރިވާ ސަރަހައްދާ އެންމެ ކައިރީގައި އޮންނަ، މީހުން ދިރިއުޅޭ ރަށަކުން ފިށަރީޒް އޮބްޒާވަރަށް ކެއިންބުއިމުގެ އިންތިޒާމާއި އެކޮމޮޑޭށަން ހަމަޖައްސައިދިނުން.
- މަސްގަންނަ ބޭރުގެ އުޅަނދުގައި ކުރިޔަށްގެންދާ މަސްގަތުމުގެ ހަރަކާތް ހިނގާ ނުހިނގާ ގޮތް ބެލުމަށް ފިށަރީޒް އޮބްޒަރވަރުން ކުރަންޖެހޭ ދަތުރުތަކުގެ ހަރަދު ހަމަޖައްސައިދިނުން؛
- މަސްގަންނަ ބޭރުގެ އުޅަނދުގައި ކުރިޔަށްގެންދާ މަސްގަތުމުގެ ހަރަކާތާ ގުޅޭ އެންމެހައި މައުލޫމާތު ނަގައި ރިކޯޑުކުރުމަށް އެއްބާރުލުން ދިނުން.
(ނ) މި މާއްދާގެ (ހ) ގެ ދަށުން މަސްގަންނަ ބޭރުގެ އުޅަނދުގައި ކުރިޔަށްގެންދާ މަސްގަތުމުގެ ހަރަކާތް ހިނގާނުހިނގާގޮތް ބެލުމުގައި ހަރަކާތްތެރިވާ ފިށަރީޒް އޮބްޒާވަރުން އަމަލުކުރަންވާނީ، ގަވާއިދު ނަންބަރު 2020-75 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދު) ގެ 10 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މަސްގަންނަ ބޭރުގެ އުޅަނދުގައި ގާއިމުވެތިބުމަށް ފިށަރީޒް އޮބްޒާވަރެއްގެ ގޮތުގައި މިނިސްޓްރީގެ މުވައްޒަފަކު ނުވަތަ މިނިސްޓްރީގެ ފަރާތުން ކަނޑައަޅާ ދައުލަތުގެ އެހެން އިދާރާއެއްގެ މުވައްޒަފަކު ހަމަޖެއްސިދާނެއެވެ.
20 ވަނަ މާއްދާ - ލައިސަންސްގެ ށަރުތުތައް
މި ގަވާއިދުގެ ދަށުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކަނޑުމަސް ގަތުމުގެ ލައިސަންސް ދޫކޮށްފައިވާ މަސްގަންނަ ބޭރުގެ އުޅަނދުތަކުން ލައިންސަންސްގެ މުއްދަތުގައި އަންނަނިވި ށަރުތުތަކާ އެއްގޮތަށް އަމަލުކުރަން ވާނެއެވެ.
(ހ) މިނިސްޓްރީގެ ފަރާތުން ދޫކޮށްފައިވާ ދޮށީގެ މަސްވެރިކަންކުރުމުގެ ސައްހަ ލައިސަންސް ލިބިފައިވާ އުޅަނދުތައް ފިޔަވައި އެހެން އުޅަނދަކުން މަސް ނުގަތުން.
(ށ) މަސްގަތުމުގެ ހަރަކާތުގެ ތެރޭގައި މި ގަވާއިދުގެ ދަށުން ދޫކުރާ ލައިސަންސްގައި ހިމެނޭ ކަނޑުމަހުގެ ބާވަތްތައް ފިޔަވައި މަހުގެ އެހެން ބާވަތެއް ނުވަތަ ބާވަތެއްގެ ބައެއް، މަސްގަންނަ ބޭރުގެ އުޅަނދަށް ނުގަތުން ނުވަތަ އުޅަނދުގައި ނުބެހެއްޓުން.
(ނ) މި ގަވާއިދުގެ ޖަދުވަލު 1 ގައި ހިމެނޭ އެއްވެސް ބާވަތެއް ނުވަތަ ބާވަތެއްގެ ބައެއް ނުވަތަ ބާވަތަކުން އުފައްދައިފައިވާ އުފެއްދުމެއްގެ ވިޔަފާރީގެ މުއާމަލާތެއްގައި އެއްވެސް ސިފައެއްގައި ބައިވެރިނުވުން، ނުވަތަ ޖަދުވަލު 1 ގައި ހިމެނޭ އެއްވެސް ބާވަތެއް، ނުވަތަ ބާވަތެއްގެ ބައެއް، ނުވަތަ ބާވަތަކުން އުފައްދައިފައިވާ އުފެއްދުމެއް، މަސްގަންނަ ބޭރުގެ އުޅަނދުގައި ނުބެހެއްޓުން.
(ރ) މި ގަވާއިދުގެ ދަށުން ދޫކުރެވޭ ލައިސަންސްގެ ކޮޕީއެއް، ހުރިހާ ވަގުތެއްގައި ވެސް،މަސްގަންނަ ބޭރުގެ އުޅަނދުގައި ބޭއްވުން.
(ބ) މި ގަވާއިދުގެ ދަށުން ދޫކުރެވޭ ލައިސަންސްގެ މުއްދަތުގައި މަސްގަންނަ ބޭރުގެ އުޅަނދުގައި ގާއިމުކޮށްފައިވާ އިލެކްޓްރޯނިކް އޮބްޒާވަރ ސިސްޓަމާއި، ވެސަލް ލޮކޭޓިންގ ޑިވައިސް ނިއްވައިނުލުން.
(ޅ) އެއްވެސް ސަބަބެއް ދިމާވެގެން، މަސްގަންނަ ބޭރުގެ އުޅަނދުގައި ހަރުކޮށްފައިވާ ވެސަލް ލޮކޭޓިންގ ޑިވައިސް ނުވަތަ އިލެކްޓްރޯނިކް އޮބްޒާވަރ ޔުނިޓުގެ ހިދުމަތް މެދުކެނޑިފައިވަނިކޮށް، ކަނޑުމަސް ގަތުމުގެ އެއްވެސް ހަރަކާތެއް ނުހިންގުން.
(ކ) މި ގަވާއިދުގެ ދަށުން ލައިސަންސް ދޫކޮށްފައިވާ މަސްގަންނަ ބޭރުގެ އުޅަނދުން މަސް ގަންނަ އަގުތަކަށް އަންނަ ބަދަލުތަކާއެކު މިނިސްޓްރީއާ ހިއްސާކުރުމާއި، މީޑިޔާގެ ވަސީލަތްތައް މެދުވެރިކޮށް އިއުލާނުކުރަމުން ގެންދިއުން.
(އ) މި ގަވާއިދުގެ ދަށުން ލައިސަންސް ދީފައިވާ މަސްގަންނަ ބޭރުގެ އުޅަނދުން މަސްގަންނަ އަގު މަސްވެރިންނަށް އެނގޭނެ ގޮތަށް އާންމުކޮށް އިއުލާނުކުރާ އަގަށްވުރެ ދަށް އަގެއްގައި މަސް ނުގަތުން.
(ވ) ގަވާއިދު ނަންބަރު 2020-93 (މަސް ގަނެ ވިއްކޭނެ އެންމެ ދަށް އަގު ކަނޑައެޅުމާބެހޭ ގަވާއިދު) ގެ ދަށުން މަސްވެރިންގެ އަތުން މަސްގަތުމުގެ ފްލޯ ޕްރައިސްގެ ގޮތުގައި ކަނޑައަޅައިފައިވާ އަގަށް ވުރެ ދަށް އަގެއްގައި މަސް ނުގަތުން.
(މ) މި ގަވާއިދުގެ 18 ވަނަ މާއްދާގެ ދަށުން މިނިސްޓްރީގެ ފަރާތުން ކަނޑައަޅައިފައިވާ ސަރަހައްދުތައް ފިޔަވައި އެހެން ސަރަހައްދެއްގައި މަސް ގަތުމުގެ ހަރަކާތެއް ނުހިންގުން އަދި އެފަދަ ހަރަކާތެއްގައި އެއްވެސް ސިފައެއްގައި ބައިވެރިނުވުން.
(ފ) މި ގަވާއިދުގެ ދަށުން ލައިސަންސް ދޫކޮށްފައިވާ މުއްދަތުގައި ދިވެހިރާއްޖެ ފިޔަވައި އެހެން އެއްވެސް ގައުމެއްގެ ބަނދަރަކުން ނުވަތަ އެހެން ގައުމަކަށް ނިސްބަތްވާ އުޅަނދަކުން މަސްގަންނަ ބޭރުގެ އުޅަނދަށް މަސްގަތުން ނުވަތަ މަސް ބަރުކުރުން ނުވަތަ އެފަދަ ހަރަކާތެއްގައި އެއްވެސް ސިފައެއްގައި ބައިވެރިނުވުން.
(ދ) މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ "މަސްވެރިކަމާބެހޭ މައުލޫމާތު ރިކޯޑުކުރުމާއި ހުށަހެޅުމާބެހޭ އުސޫލު" ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މަސްގަންނަ ބޭރުގެ އުޅަނދަށް ގަންނަ މަހުގެ މައުލޫމާތު (ޕާޗޭސް ރިޕޯޓު) މިނިސްޓްރީއަށް ފޮނުވުން.
(ތ) މަސްގަންނަ ބޭރުގެ އުޅަނދަށް ގަންނަ މަސް ދިވެހިރާއްޖެއިން އެކްސްޕޯޓްކުރުމަށް ގަސްތުކުރާނަމަ، މިނިސްޓްރީން ކަނޑައަޅައިފައިވާ އުސޫލުގެ ތެރެއިން ކެޗް ސެޓުފިކެޓު ހޯދުން.
(ލ) މަސްގަންނަ ބޭރުގެ އުޅަނދުގައި ކުރެވޭ މަސްވެރިކަމާ ގުޅުންހުރި އެންމެހައި ހަރަކާތްތައް އިންސްޕެކްޓްކުރުމަށް މިނިސްޓްރީން ފޮނުވާ ފިށަރީޒް އޮބްޒަރވަރުންނަށާއި ފިށަރީޒް ރޭންޖަރުންނަށް އެއްބާރުލުން ދިނުން؛
(ގ) މަސްގަންނަ ބޭރުގެ އުޅަނދުގެ ފަރާތުން މި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީން މެނުވީ ކަނޑުމަތީގައި މަސްބަދަލުކުރުމުގެ (އެޓް ސީ ޓްރާންށިޕްމަންޓް) އެއްވެސް ހަރަކާތެއް ނުހިންގުން ނުވަތަ އެފަދަ ހަރަކާތެއްގައި ބައިވެރިނުވުން.
(ޏ) މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ލައިސަންސްގެ މުއްދަތުގައި، ދިވެހިރާއްޖެ ފިޔަވައި އެހެން އެއްވެސް ގައުމެއްގެ ބަނދަރަކުން ނުވަތަ އެހެން ގައުމަކަށް ނިސްބަތްވާ އުޅަނދަކުން މަސްގަންނަ ބޭރުގެ އުޅަނދަށް މަސް ނުގަތުން، ނުވަތަ މަސް ބަރުނުކުރުން، ނުވަތަ އެފަދަ ހަރަކާތެއްގައި އެއްވެސް ސިފައެއްގައި ބައިވެރިނުވުން.
(ސ) މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ލައިސަންސްގެ މުއްދަތުގައި، މިނިސްޓްރީގެ ހުއްދަ ހޯދުމަކާ ނުލައި ދިވެހިރާއްޖެއިން ފުރައިގެން ނުދިއުން.
(ޑ) ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކާއި މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތަކާ ހިލާފު އެއްވެސް އަމަލެއް ނުކުރުން.
21 ވަނަ މާއްދާ - މަސްގަންނަ ބޭރުގެ އުޅަނދު ރާއްޖެއިން ފުރައިގެން ދިއުން
(ހ) މި ގަވާއިދުގެ ދަށުން ކަނޑުމަސް ގަތުމުގެ ލައިސަންސް ދޫކޮށްފައިވާ މަސްގަންނަ ބޭރުގެ އުޅަނދު، ލައިސަންސްގެ މުއްދަތުގައި ރާއްޖެއިން ފުރައިގެން ދިއުމުގެ ކުރިން، އަންނަނިވި ގޮތަށް އަމަލުކުރަން ވާނެއެވެ.
- ދިވެހިރާއްޖެއިން ފުރުމަށް ގަސްތުކުރާ ތާރީހެއްގެ (ފަހެއް) ދުވަހުގެ ކުރިން ލިޔުމުން މިނިސްޓްރީއަށް އެކަން އެންގުން؛
- މަސްގަންނަ ބޭރުގެ އުޅަނދު ފުރައިގެން ދިއުމުގެ ކުރިން ދިވެހިރާއްޖޭގެ މަސްވެރި އުޅަނދުތަކުން ގަނެފައިވާ މަހުގެ ބާވަތްތައް މަސްގަންނަ ބޭރުގެ އުޅަނދުގައި ހުރިނަމަ، މި ގަވާއިދުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކެޗް ސެޓުފިކެޓު ހޯދުން؛
- މަސްގަންނަ ބޭރުގެ އުޅަނދު ދިވެހިރާއްޖެއިން ފުރައިގެން ދިއުމާ ގުޅޭގޮތުން ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ނަގަންޖެހޭ އެންމެހައި ހުއްދަތައް ނެގުން.
(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (3) ވަނަ ނަންބަރާ ހަމަޔަށް ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކޮށްފައިވާ، މަސް ގަންނަ ބޭރުގެ އުޅަނދު ދިވެހިރާއްޖެއިން ފުރައިގެން ދިއުމުގެ ހުއްދައަށް އެދި ހުށަހަޅާތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީގެ ފަރާތުން އެ ފަރާތަށް ހުއްދަ ދިނުމާމެދު ގޮތެއް ނިންމަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އަންނަނިވި ހާލަތްތަކުގައި މަސްގަންނަ ބޭރުގެ އުޅަނދު ދިވެހިރާއްޖެއިން ފުރައިގެން ދިއުމުގެ ހުއްދަ މިނިސްޓްރީގެ ފަރާތުން ދޫކޮށްގެން ނުވާނެއެވެ.
- ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދަކާ ހިލާފުވެގެން މަސްގަންނަ ބޭރުގެ އުޅަނދުގެ އޮޕަރޭޓަރު ނުވަތަ ވެރިފަރާތް ނުވަތަ މާސްޓަރު ޖޫރިމަނާ ކޮށްފައިވާ ނަމަ، އެ ފަރާތުން ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ ދައްކައިފައި ނުވުން؛
- މަސްގަންނަ ބޭރުގެ އުޅަނދުން ހިންގައިފައިވާ މަސްގަތުމުގެ ހަރަކާތަކާ ގުޅޭގޮތުން މިނިސްޓްރީގެ ފަރާތުން ބަލަމުން ގެންދާ މައްސަލައެއް އޮތުން، ނުވަތަ މަސްވެރިކަމުގެ ގާނޫނާ ހިލާފުވެގެން ހިންގި އަމަލަކާ ގުޅޭގޮތުން މަސްގަންނަ ބޭރުގެ އުޅަނދުގެ ވެރިފަރާތާ ނުވަތަ އޮޕަރޭޓަރާ ނުވަތަ މާސްޓަރާ ގުޅޭގޮތުން މިނިސްޓްރީގެ ފަރާތުން ބަލަމުންގެންދާ މައްސަލައެއް އޮތުން، ނުވަތަ އެފަދަ މައްސަލައެއް ކޯޓު މަރުހަލާގައި އޮތުން.
22 ވަނަ މާއްދާ - މަސްގަންނަ ބޭރުގެ އުޅަނދު އަނބުރާ ރާއްޖެއަށް އައުން
(ހ) މި ގަވާއިދުގެ ދަށުން ކަނޑުމަސް ގަތުމުގެ ލައިސަންސް ދޫކޮށްފައިވާ މަސްގަންނަ ބޭރުގެ އުޅަނދު ރާއްޖެ އަންނަ ކޮންމެފަހަރަކު، ދިވެހިރާއްޖޭގެ ބަނދަރަށް ވަނުމަށްޓަކައި، ގަވާއިދު ނަންބަރު 2020-04 (ގާނޫނާއި ގަވާއިދާ ހިލާފަށް ބެލެހެއްޓުމެއްނެތި، އަދި ރިޕޯޓްކުރުމެއްނެތި ކުރާ މަސްވެރިކަން ހުއްޓުވުމަށް ބަނދަރުތަކުގައި އަޅާނެ ފިޔަވަޅުތަކާބެހޭ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދުރާލައި ހުއްދަ ހޯދަން ޖެހޭނެއެވެ.
(ށ) މި ގަވާއިދުގެ ދަށުން ކަނޑުމަސް ގަތުމުގެ ލައިސަންސް ދޫކޮށްފައިވާ މަސްގަންނަ ބޭރުގެ އުޅަނދު، ލައިސަންސްގެ މުއްދަތުގައި ދިވެހިރާއްޖެއިން ފުރައިގެން ދގޮސް އެނބުރި ދިވެހިރާއްޖޭގެ ބަނދަރަށް އައުމަށްފަހު އެ އުޅަނދުން މަސްގަތުމުގެ ހަރަކާތް ފެށުމުގެ ކުރިން މިނިސްޓްރީގެ ފަރާތުން އުޅަނދު އިންސްޕެކްޓް ކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އިންސްޕެކްށަނުގައި، އަންނަނިވި ކަންކަން ކަށަވަރުކުރަން ވާނެއެވެ.
- މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެންމެހައި ށަރުތުތައް،މަސްގަންނަ ބޭރުގެ އުޅަނދުގައި ފުރިހަމަވޭތޯ ކަށަވަރުކުރުން.
- މަސްގަންނަ ބޭރުގެ އުޅަނދުގައި އެއްވެސް ބާވަތެއްގެ މަހެއް ނެތްކަން ކަށަވަރުކުރުން.
(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އިންސްޕެކްޓްކުރާތާ ގިނަވެގެން 48 (ސާޅީސްއަށެއް) ގަޑިއިރުގެ ތެރޭގައި، މަސްގަންނަ ބޭރުގެ އުޅަނދުން މަސްގަތުމުގެ ހަރަކާތް ފެށުމަށް ހުއްދަ ދިނުމާމެދު އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތެއް ނިންމައި،އުޅަނދުގެ އޮޕަރޭޓަރަށް، މިނިސްޓްރީގެ ފަރާތުން ލިޔުމުން އެކަން އަންގަންވާނެއެވެ.
- މަސްގަންނަ ބޭރުގެ އުޅަނދުން މަސްގަތުމުގެ ހަރަކާތް ފެށުމުގެ ކުރިން ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރުމަށް އެންގުން؛
- މަސްގަންނަ ބޭރުގެ އުޅަނދުން މަސްގަތުމުގެ ހަރަކާތް ކުރިޔަށް ގެންދިއުމަށް ހުއްދަ
ދިނުން.
(ބ) މި މާއްދާގެ (ކ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން މިނިސްޓްރީގެ ފަރާތުން މަސްގަންނަ ބޭރުގެ އުޅަނދަށް އެންގުމެއް އަންގާ ހާލަތުގައި އެ އުޅަނދަކަށް މަސްގަތުމުގެ ހަރަކާތް ފެށުމުގެ ހުއްދަ ދޫކުރަންވާނީ އެ ކަންތައް ރަނގަޅުކުރުމުންނެވެ.
23 ވަނަ މާއްދާ - އެކްސްޕޯޓް ކުރުމާއި ކެޗް ސެޓުފިކެޓު ހޯދުން
(ހ) މި ގަވާއިދުގެ ދަށުން ކަނޑުމަސް ގަތުމުގެ ލައިސަންސް ދޫކޮށްފައިވާ މަސްގަންނަ ބޭރުގެ އުޅަނދަކުން ދިވެހިރާއްޖެއިން ކަނޑުމަސް އެކްސްޕޯޓްކުރުމުގެ ކުރިން މިނިސްޓްރީގެ ފަރާތުން ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތަށް ވެލިޑޭޓްކޮށް އެންޑޯސްކޮށްފައިވާ ކެޗް ސެޓުފިކެޓެއް ހޯދަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކެޗް ސެޓުފިކެޓުގެ އިތުރުން، ދިވެހިރާއްޖެއިން މަހާއި މަހުގެ އުފެއްދުންތައް އެކްސްޕޯޓްކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ނަގަންޖެހޭ އެންމެހައި ހުއްދަތައް ހޯދަންވާނެއެވެ.
(ނ) މި ގަވާއިދުގެ ދަށުން ކަނޑުމަސް ގަތުމުގެ ލައިސަންސް ދޫކޮށްފައިވާ މަސްގަންނަ ބޭރުގެ އުޅަނދެއްގައި ދިވެހިރާއްޖެއިން މަސް އެކްސްޕޯޓްކުރުމުގެ 5) ފަހެއް) ދުވަހުގެ ކުރިން އެ ށިޕްމަންޓަކަށް ކެޗް ސެޓުފިކެޓު ހޯދުމަށް އެދި ހުށަހަޅަންވާނެއެވެ.
(ރ) ކެޗް ސެޓުފިކެޓު ހޯދުމަށް އެދި ހުށަހަޅާނީ، މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތަކާ ގުޅޭ މައުލޫމާތު އެއްކުރުމަށާއި، މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތަކަށް ހުއްދައަށް އެދި ހުށަހެޅުމަށް ނުވަތަ ލައިސަންސަށް އެދި ހުށަހެޅުމަށް މިނިސްޓްރީގެ ފަރާތުން ގާއިމުކޮށްފައިވާ ނިޒާމު ކަމުގައިވާ "ފިށަރީޒް އިންފޮމޭށަން ސިސްޓަމް - ކެޔޮޅު" މެދުވެރިކޮށެވެ.
24 ވަނަ މާއްދާ - މައުލޫމާތު ބެލެހެއްޓުމަށް އިންތިޒާމުތައް ހަމަޖެއްސުން
މި ގަވާއިދުގެ ދަށުން ދޫކުރާ ލައިސަންސްތަކާ ގުޅޭގޮތުން މިނިސްޓްރީގެ ފަރާތުން އަންނަނިވި މައުލޫމާތު ހިމަނައިގެން ރަޖިސްޓަރީއެއް އެކުލަވައިލައި، އަދާހަމަކޮށް ބަލަހައްޓަންވާނެއެވެ
(ހ) މި ގަވާއިދުގެ ދަށުން ލައިސަންސަށް އެދި ހުށަހެޅި ފަރާތްތައް؛
(ށ) މި ގަވާއިދުގެ ދަށުން ލައިސަންސް ދޫކުރެވުނު ފަރާތްތައް؛
(ނ) މިނިސްޓްރީގެ ފަރާތުން ލައިސަންސްގެ މުއްދަތު އިތުރުކޮށްދީފައިވާ ފަރާތްތައް؛
(ރ) މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ލައިސަންސްތަކުގެ ތެރެއިން ބާތިލުކޮށްފައިވާ ލައިސަންސްތައް.
25 ވަނަ މާއްދާ - ގަންނަ މަހަށް ވަގުތުން އަގު އަދާކުރުން
(ހ) މި ގަވާއިދުގެ ދަށުން ކަނޑުމަސް ގަތުމުގެ ލައިސަންސް ދޫކޮށްފައިވާ މަސްގަންނަ ބޭރުގެ އުޅަނދަށް މަސް ވިއްކާ އުޅަނދުތަކަށް ވަގުތުން ފައިސާ ނުވަތަ ވެލިއު ޓްރާންސްފަރގެ ހިދުމަތް މެދުވެރިކޮށް ގަނެފައިވާ މަހުގެ އަގު އަދާކުރަން ވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މަސްގަންނަ ބޭރުގެ އުޅަނދަށް މަސް ވިއްކާ އުޅަނދުތަކުން ގަނެފައިވާ މަހުގެ އަގު އަދާނުކޮށްގެން މިނިސްޓްރީއަށް ށަކުވާއެއް ހުށަހެޅިއްޖެނަމަ، އެ ށަކުވާއެއް ބަލައި ނިމުމާ ހަމަޔަށް ނުވަތަ މަސްގަންނަ ބޭރުގެ އުޅަނދަށް މަސް ވިއްކާ އުޅަނދުތަކުން ގަނެފައިވާ މަހުގެ އަގު އަދާކުރުމާ ހަމަޔަށް މި ގަވާއިދުގެ ދަށުން މަސްގަންނަ ބޭރުގެ އުޅަނދަށް ދޫކޮށްފައިވާ ލައިސަންސް ހިފެހެއްޓުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
26 ވަނަ މާއްދާ - ކުށާއި އަދަބު ކަނޑައެޅުން
(ހ) މި ގަވާއިދުގައި މަނާކަމެއްކަމަށް ކަނޑައަޅައިފައިވާ ކަމެއް ކުރުމަކީ ނުވަތަ ކަމެއް ވަކި ގޮތަކަށް ކުރުމަށް ބަޔާންކޮށްފައިވާ އެއްވެސް ކަމެއް މި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތް ނޫން އެހެން ގޮތަކަށް ކޮށްފިނަމަ، އެ ކަމެއް ބެލެވޭނީ، ކުށެއްގެ ގޮތުގައެވެ.
(ށ) މިގަވާއިދާ ހިލާފުވާ ފަރާތްތަކަށް އިދާރީ ފިޔަވަޅު އެޅުމުގައި ނުވަތަ އެ ފަރާތްތަކުގެ މައްސަލަ ބެލުމުގައި އަމަލުކުރާނީ، ގަވާއިދު ނަންބަރު 2020-74 (މަސްވެރިކަމުގެ ގާނޫނާއި ގަވާއިދާ ހިލާފު ހަރަކާތްތަކަށް އިދާރީ ފިޔަވަޅު އެޅުމާއި ޖޫރިމަނާކުރުމާބެހޭ ގަވާއިދު) ގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކާ އެއްގޮތްވާގޮތުގެ މަތީންނެވެ.
(ނ) މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ކުށްތަކަށް ނުވަތަ އިދާރީ ފިޔަވަޅު އެޅޭ ހަރަކާތްތަކަށް ފިޔަވަޅު އަޅާނީ، އެ ޖަދުވަލު ގައިވާގޮތުގެ މަތީންނެވެ.
(ރ) މި ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމުގައި، ލައިސަންސްގައި ބަޔާންކޮށްފައިވާ ވަކިވަކި ށަރުތުތަކާ ހިލާފުވުން ކަމަށް ބެލެވޭނީ، ވަކި ކުށްތަކުގެ ގޮތުގައެވެ.
(ބ) މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ކުށްތަކަށް އިދާރީ ފިޔަވަޅުގެ ގޮތުގައި ޖޫރިމަނާގެ އަދަދުތައް ކަނޑައަޅައިފައިވަނީ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ހ) އަށް ރިއާޔަތް ކުރުމަށްފަހުގައެވެ.
27 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައިވަނީ، އެ ލަފުޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.
(ހ) "މަސްގަންނަ ބޭރުގެ އުޅަނދު" ނުވަތަ "ބޭރުގެ އުޅަނދު" ކަމުގައި ބުނެފައި އެވަނީ،ދިވެހިރާއްޖޭގެ ގާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިނުވާ، ނުވަތަ ދިވެހިރާއްޖޭގެ ގާނޫނުތަކުގެ ދަށުން، ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރުން ލާޒިމުނުވާ، ބޭރު ގައުމެއްގައި އެ ގައުމެއްގެ ކަމާގުޅޭ ގާނޫނުތަކުގެ ދަށުން އެ ގައުމެއްގައި ރަޖިސްޓަރީކޮށްފައިވާ މަސް ބަރުކުރާ އުޅަނދު (ރީފަރ ވެސަލް/ކެރިއަރ ވެސަލް) ތަކަށެވެ.
(ށ) "މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުގެ 3 ވަނަ ބާބުގެ ދަށުން އެކުލަވައިލައިފައިވާ މަސްވެރިކަން ރާވައި، ހިންގައި ބަލަހައްޓައި އަދި ތަރައްގީކުރުމާގުޅޭ ޕްލޭނަށެވެ .
(ނ) "ފިށަރީޒް އޮބްޒަރވަރުން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުގެ 69 ވަނަ މާއްދާގެ ދަށުން މިނިސްޓްރީގެ ފަރާތުން އައްޔަ ނުކުރާ ފަރާތްތަކަށެވެ.
(ރ) "ކަނޑުމަސް" ނުވަތަ "ކަނޑުމަހުގެ ބާވަތްތައް" ކަމުގައި ބުނެފައި އެވަނީ، ކަޅުބިލަމަހާއި،ރީނދޫއުރަހަ ކަންނެއްޔާއި، ލޯބޮޑު ކަންނެއްޔާއި، ލައްޓިއާއި، ރާގޮނޑިއަށެވެ.
(ބ) "މަސްގަތުމުގެ ހަރަކާތް" ކަމަށް ބުނެފައި އެވަނީ، މަސްގަތުމާއި، އެފަދައިން ގަނެފައި ހުންނަ މަސް، ބޭރުގެ މަސްވެރި އުޅަނދުގައި ފިނިކުރުން ނުވަތަ ގަނޑުކުރުން ނުވަތަ ރައްކައުކުރުމަށެވެ.
(ޅ) "ބަނދަރު" ކަމަށް ބުނެފައި އެވަނީ، މީހުން ދިރިއުޅޭ ރަށްރަށުގެ ބަނދަރުތަކަށެވެ. އެ ރަށަކީ މަސްގަތުމުގެ ހަރަކާތް ހިންގާ ބޭރުގެ މަސްގަންނަ އުޅަނދު ވަނުމަށް އެކަށީގެންވާ ބަނދަރެއް ނެތް ރަށެއް ނަމަ، އެ ރަށުގެ ބަނދަރުގެ އުރަފަށުން ފެށިގެން 1 (އެކެއް) ނޯޓިކަލް މޭލުގެ ސަރަހައްދަށެވެ.
(ކ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، އެކުއަކަލްޗަރކުރުމުގެ ކަންކަން ހިމެނޭގޮތުން މަސްވެރިކަމުގެ އެންމެހައި ކަންކަމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
(އ) "އޮޕަރޭޓަރު" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ލައިސަންސަށް ޒިންމާވާ ކުންފުންޏަށެވެ.
(ވ) "މާސްޓަރު" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ކަނޑުމަސް ގަތުމުގެ ލައިސަންސް ދޫކޮށްފައިވާ ބޭރުގެ މަސްގަންނަ އުޅަނދުގައި ކުރިޔަށްގެންދާ މަސްގަތުމުގެ
ހަރަކާތްތަކާ ގުޅޭގޮތުން އެ އުޅަނދެއްގައި، ގާއިމުވެ ހުންނަ އެންމެ އިސް ޒިންމާ ހަވާލުވެފައިވާ ފަރާތަށެވެ.
(މ) "ފައިސާ ނުވަތަ ވެލިއު ޓްރާންސްފަރގެ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، ނަގުދު ފައިސާ،ޗެކް ނުވަތަ އެނޫންވެސް ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުންތައް ގަބޫލުކުރުމާއި، އަދި މުއާސަލާތުކޮށްގެން ނުވަތަ މެސެޖް ފޮނުވައިގެން ނުވަތަ ޓްރާންސްފަރކޮށްގެން ނުވަތަ ވެލިއު ޓްރާންސްފަރކުރާ ފަރާތުގެ ކްލިއަރިންގ ސިސްޓަމެއް މެދުވެރިކޮށް ބެނެފިށަރީއަށް އޭގެ އަގު ނަގުދު ފައިސާއިން ނުވަތަ އެހެންވެސް ގޮތަކުން ފޮނުވުމަށެވެ.
(ފ) "އެޓްސީ ޓްރާންށިޕްމަންޓް" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ 18 ވަނަ މާއްދާގައި މަސްގަތުމުގެ ހަރަކާތް ހިންގޭނެ ކަމަށް ކަނޑައަޅައިފައިވާ ސަރަހައްދުތައް ފިޔަވައި އެހެން އެއްވެސް ސަރަހައްދެއްގައި މަސްގަންނަ ބޭރުގެ އުޅަނދަކުން ކަނޑުގައި ދުއްވާ އެހެން އުޅަނދަކަށް މަހުގެ ބާވަތެއް ނުވަތަ ބާވަތެއްގެ ބައެއް އެރުވުމާއި ބޭލުން ހިމެނޭ ގޮތަށެވެ.
ކިޔުންތެރިންގެ ހިޔާލު