-

ރަށުގެ ފަޅުގެ ސަރަހައްދުގައި މަސްވެރިކަން ކުރުމުގައި އަމަލުކުރާނެ އުސޫލުލުތައް ބަޔާންކުރުމުގެ ގަވާއިދު (އއ. އުކުޅަސް)

(ގަވާއިދު ނަންބަރު 2022-110)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 27 ޖޫން 2022 ގައި)

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 148 ވަނަ މާއްދާއިން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަށްވަރާޔާއެކު، އެ މާއްދާގެ (ކ) ގެ ދަށުން ކައުންސިލުން އެކުލަވައިލައި ފައިވާ، އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެއްސާއި އިންޖީނު ނުލާ އެއްޗެހި ދުއްވުމާއި، ބޭނުންކުރުމާއި، މަގުމަގާއި އާންމު ތަންތަނުގައި ޕާކުކުރުމާއި، ޕާކުކުރުމުގެ ފީ ނެގުމާބެހޭ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެއްސާއި އިންޖީނު ނުލާ އެއްޗެހި ދުއްވުމާއި، ބޭނުންކުރުމާއި، މަގުމަގާއި އާންމު ތަންތަނުގައި ޕާކުކުރުމާއި، ޕާކުކުރުމުގެ ފީ ނެގުމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - އަމަލުކުރަން ފަށާ ތާރީހު

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

3 ވަނަ މާއްދާ - ބަންޑާރަ މަގުތަކުގައި ޓްރެފިކް ނިށާންތައް ބެހެއްޓު މާއި، ނެގުމާއި، ބަދަލުކުރުން 

(ހ) ބަންޑާރަ މަގުތަކުގައި ޓްރެފިކް ނިށާންތައް ހަރުކުރުމާއި ބެހެއްޓުމާއި ނެގުމާއި، އެ ނިށާންތައް ބަދަލުކުރުމުގެ އިހުތިޔާރު، ދަތުރުފަތުރާބެހޭ ވުޒާރާއިން ކަނޑައަޅާ ގޮތެއްގެ މަތީން ކައުންސިލަށް ލިބިގެންވެއެވެ.

(ށ) ބަންޑާރަ މަގުތަކުގައި އެއްގަމު އުޅަނދު ދުއްވުމުގެ ދުވެލި އަންގައިދޭ ނިށާންތައް ހަރުކުރުމާއި ބެހެއްޓުމާއި ބަދަލުކުރުމުގެ އިހުތިޔާރު، ދަތުރުފަތުރާބެހޭ ވުޒާރާއިން ކަނޑައަޅާ ގޮތެއްގެ މަތީ ން ކައުންސިލަށް ލިބިގެންވެއެވެ.

(ނ) އެއްކޮޅަށް ދުއްވާ ބަންޑާރަ މަގުތައް ކަނޑައެޅުމާއި، އުވައިލުމާއި، ވަށްބުރު ހެދުމާއި، ދުވެލި މަތަ ބެހެއްޓުމާއި، ނެގުމާއި، މިފަދަ ކަންތައްތައް ކުރުމުގެ ބާރާއި ބަދަލު ގެނައުމުގެ އިހުތިޔާރު، ދަތުރުފަތުރާބެހޭ ވުޒާރާއިން ކަނޑައަޅާ ގޮތެއްގެ މަތީން ކައުންސިލަށް ލިބިގެންވެއެވެ.

(ރ) ބަންޑާރަ މަގުތަކުގައި އެއްގަމު އުޅަނދު ޕާކު ކުރުމާއި، މަޑުކުރުމާއި، މަޑުކުރަންޖެހޭ ތަންތަނާއި، މަޑުކުރުން މަނާ ތަންތަނާއި، މަޑުކުރުން ނުވަތަ ޕާކު ކުރުން މަނާ ވަގުތު ކަނޑައެޅުމާއި، ވަކި ބާވަތެއްގެ އުޅަނދު ވަނުން ނުވަތަ ޕާކު ކުރުން މަނާ ތަންތަނާއި ސަރަހައްދާއި ވަގުތު ކަނޑައެޅުމާއި، އެއްގަމު އުޅަނދު ވަނުން މަނާ މަގުތަކާއި ސަރަހައްދުތައް ކަނޑައެޅުމާއި، މަގުތަކާއި މަގުތަކުގެ ހާ ލަތު އަންގައިދޭ ޓްރެފިކް ނިށާންތައް ކަނޑައެޅުމާއި، އެއްގަމު އުޅަނދަށް މުދާ އަރުވައި ބާލާ ސަރަހައްދުތަކާއި ގަޑިތައް ކަނޑައެޅުމާއި، އާންމު ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރެވިދާނެ ކަންތައްތައް ކަނޑައަޅައި ހިންގައި ބަލަހައްޓާނީ،ދަތުރުފަތުރާބެހޭ ވުޒާރާއިން ކަނޑައަޅާ ގޮތެއްގެ މަތީ ން ކައުންސިލުންނެވެ.

 

4 ވަނަ މާއްދާ - ޓްރެފިކް ނިށާންތަކާ ހިލާފަށް އުޅަނދު ޕާކުކުރުން 

(ހ) ދިވެހިރާއްޖޭގެ އެއްގަމު ދަތުރު ފަތުރުގެ ނިޒާމު ހިންގުމަށް ޓަކައި ގާއިމުކޮށްފައި ހުންނަ ޓްރެފިކް ނިށާންތަކާ ހިލާފަށް އެއްގަމު އުޅަނދު ދުއްވުމާއި، ގެންދިއުމާއި، ޕާކު ކުރުމަކީ މަނާކަމެކެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ފަދަ ކުށެއް ކޮށްފި މީހެއްގެ މައްޗަށް، ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ގައި ކަނޑައެޅިފައިވާ ގޮތުގެ މަތީން އަމަލު ކުރެވޭނެއެވެ.

 

5 ވަނަ މާއްދާ - ދުވެލީގެ ބާރުމިން ކަނޑައެޅުމާއި، ނިށާންތައް ހަރުކުރުން 

ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ގެ ދަށުން ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކާއި އެކި މަގުތަކުގައި އެއްގަމު އުޅަނދު ދުއްވުމަށް ހުއްދަކުރާ ދުވެލީގެ ބާރުމިން ކަނޑައެޅުމާއި ބަދަލުކުރުމުގެ އިހުތިޔާރު، އެ ގާނޫނުގެ ދަށުން ދަތުރުފަތުރާބެހޭ ވުޒާރާއަށް ނުވަތަ އެ ވުޒާރާއިން ކަނޑައަޅާ ފަރާތަކަށް ލިބިގެންވާ ހިނދު، މިގޮތުން ކަނޑައެޅޭ އެކި މަގުތަކާއި އެކި ސަރަހައްދުތަކަށް ހުއްދަކުރެވިފައިވާ ދުވެލީގެ ބާރުމިން އަންގައިދޭ ނިށާން ފަސޭހައިން ފެންނާނޭހެން އެ މަގެއްގައި ނުވަތަ އެ ސަރަހައްދެއްގައި ބަހައްޓާނީ ކައުންސިލުންނެވެ.

 

6 ވަނަ މާއްދާ - ސީޓްބެލްޓު އެޅުމާއި ހެލްމެޓު އެޅުން 

(ހ) ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު)  ގެ ދަށުން ނުވަތަ އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގެ ދަށުން ވަކި މިންގަނޑަކަށްވުރެ ބާރަށް އެއްގަމު އުޅަނދު ދުއްވުމަށް ހުއްދަކޮށްފައިވާ ސަރަހައްދުތަކުގައި ނުވަތަ މަގުތަކުގައި، ދެފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އެއްގަމު އުޅަނދު ދުއްވަންވާނީ، ސީޓްބެލްޓު އަޅައިގެންނެވެ.

(ށ) ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު)  ގެ ދަށުން ނުވަތަ އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގެ ދަށުން ވަކި މިންގަނޑަކަށްވުރެ ބާރަށް އެއްގަމު އުޅަނދު ދުއްވުމަށް ހުއްދަކޮށްފައިވާ ސަރަހައްދުތަކުގައި ނުވަތަ މަގުތަކުގައި، ދެފުރޮޅުލީ އެއްގަމު އުޅަނދު ދުއްވަންވާނީ، ހެލްމެޓު އަޅައިގެންނެވެ. އަދި މިފަދަ އިތުރު މަގުތައް، ދަތުރުފަތުރާބެހޭ ވުޒާރާއިން ކަނޑައަޅާ ގޮތެއްގެ މަތީން އެ މަގު ނިސްބަތްވާ ކައުންސިލަކުން ކަނޑައެޅުމުގެ އިހުތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. މިގޮތަށް ކަނޑައަޅާ މަގުތަކުގެ މައުލޫމާތު އާންމުކޮށް އިއުލާނު ކުރަންވާނެއެވެ. އަދި އެ މައުލޫމާތު، ފަސޭހަކަމާއެކު އާންމުންނަށް ލިބެން ހުންނަންވާނެއެވެ.

(ނ) ބަންޑާރަ މަގުތަކުގައި އެއްގަމު އުޅަނދު ދުއްވަންވާނީ، މަގުގެ ވާތް ފަރާތުންނެވެ.

 

7 ވަނަ މާއްދާ - ރޯޑްވާދިނަސް

(ހ) އަލަށް ރަޖިސްޓަރީ ކުރާ ނުވަތަ ރަޖިސްޓަރީ ކޮށްފައިވާ އެއްގަމު އުޅަނދުތަކުގެ ތެރެއިން، ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު)  ގެ ދަށުން،ދަތުރުފަތުރާ ބެހޭ ވުޒާރާއިން ކަނޑައަޅާ ބާވަތްތަކުގެ އުޅަނދުތަކުގެ ރޯޑްވާދިނަސް، އެ ވުޒާރާއިން ކަނޑައަޅާ މުއްދަތުތަކެއްގެ ތެރޭގައި ހަދަންވާނެއެވެ.

(ށ) ދަތުރުފަތުރާބެހޭ ވުޒާރާއިން ކަނޑައަޅާ ގޮތެއްގެ މަތީން އެއްގަމު އުޅަނދެއްގެ ރޯޑުވާދިނަސް ފުރިހަމަނުވާ ކަމަށް ކައުންސިލަށް ފާހަގަކުރެވިއްޖެނަމަ، އެފަދަ އުޅަނދުގެ ރޯޑުވާދިނަސް ބާތިލުކުރުމަށް ދަތުރުފަތުރާބެހޭ ވުޒާރާއަށް ހުށަހެޅުމުގެ އިހުތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

(ނ) ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު)  ގެ ދަށުން ހަދައިފައިވާ ގަވާއިދާއި އުސޫލުތަކުގެ ދަށުން ރޯޑްވާދިނަސް ހަދައި، ސަރޓިފައިކޮށް ދީ، އެ މަސައްކަތަށް މީހުން އައްޔަނު ކުރާނީ، ދަތުރުފަތުރާބެހޭ ވުޒާރާއިން ކަނޑައަޅާ ގޮތެއްގެ މަތީން ކައުންސިލުންނެވެ.

 

8 ވަނަ މާއްދާއުޅަނދު ދުއްވުމާއި ބޭނުންކުރުން

(ހ) ދިވެހިރާއްޖޭގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވަންވާނީ ނުވަތަ ބޭނުންކުރަންވާނީ، ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު)  އާއި، އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން، އުޅަނދުތައް ރަޖިސްޓަރީ ކުރުމަށް ކަނޑައަޅައިފައިވާ އިދާރާއެއްގައި ރަޖިސްޓަރީކޮށްގެންނެވެ.

(ށ) ރަޖިސްޓަރީކުރަން ނުޖެހޭ އުޅަނދެއް އާންމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ދުއްވަންވާނީ ނުވަތަ ބޭނުންކުރަންވާނީ، ރަޖިސްޓަ ރީ ކުރަން ނުޖެހޭ ބާވަތްތަކުގެ އުޅަނދު، އެ ނިޒާމުގެ ތެރޭގައި ބޭނުންކުރުމަށް ދަތުރުފަތުރާބެހޭ ވުޒާރާއިން ކަނޑައަޅާ ގޮތެއްގެ މަތީ ންނެވެ.

 

9 ވަނަ މާއްދާ - އެއްގަމު ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ރަޖިސްޓަރީ ކުރުން

އާންމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި މީހުން އުފުލުމަށާއި މުދާ އުފުލުމުގެ ހިދުމަތް ދިނުމަށް ބޭނުންކުރާ އުޅަނދަކުން އެ ހިދުމަތެއް ދޭންވާނީ، ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ގައި ކަނޑައަޅައިފައިވާ އުސޫލުންނެވެ.

 

10 ވަނަ މާއްދާ - އިމަރޖެންސީ ބަރުގޮނު އަޅައިފައި ދާ އެންބިއުލާންސް

އިމަރޖެންސީ ބަރުގޮނު އަޅައިފައި ދާ އެންބިއުލާންސާއި ސަލާމަތީ ހިދުމަތްދޭ ފަރާތްތަކުގެ ވެހިކަލްތައް، އެއްކޮޅަށް ދުއްވާ މަގުގެ އިދިކޮޅަށާއި ޓްރެފިކް ބައްތިއަށް މަޑުނުކޮށް، އަދި ކަނޑައެޅިފައިވާ ސްޕީޑަށްވުރެ ބާރަށް ވެސް ދުއްވިދާނެއެވެ. އިމަރޖެންސީ ބަރުގޮނު އަޅައިފައި ދާ އެންބިއުލާންސާއި ސަލާމަތީ ހިދުމަތްދޭ ފަރާތްތަކުގެ ވެހިކަލްތަކަށް ފަސޭހަކަމާއެކު ދެވޭނެ ގޮތަށް މަގުގައި ދުއްވާ އެހެން ވެހިކަލްތަކުން ޖާގަ ދޭންވާނެއެވެ. އިމަރޖެންސީ ބަރުގޮނު އަޅައިފައި ދާ އެންބިއުލާންސަށް ނުވަތަ ސަލާމަތީ ހިދުމަތްދޭ ފަރާތްތަކުގެ ވެހިކަލަށް ހުރަސް އެޅުމަކީ މަނާކަމެކެވެ.

 

11 ވަނަ މާއްދާ - އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ފިޔަވަޅުއެޅުން

ތިރީގައިވާ ކަންކަމުގައި އަމަލުކުރާނީ، ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީންނެވެ.

(ހ) އެއްގަމު އުޅަނދު ބޭނުންކުރުމަށް ނަންބަރާއި ނިށާންޖެހުން.

(ށ) ރަޖިސްޓަރީ ކުރަންޖެހޭ އުޅަނދުތައް ރަޖިސްޓަރީ ކުރުމާއި، ރަޖިސްޓަރީ ނުކޮށް އުޅަނދު އެއްތަނުން އަނެއްތަނަށް ދުއްވައިފައި ގެންދިއުން.

(ނ) އެކި ސަރަހައްދުތަކުގައި ބޭނުންކުރެވޭނެ އުޅަނދުގެ އަދަދު ކަނޑައެޅުން.

(ރ) ވެރިފަރާތް ބަދަލުކުރުމާއި، ރަޖިސްޓަރީ އައުކުރުން.

(ބ) ޑްރައިވިންގ ސްކޫލް ރަޖިސްޓަރީ ކުރުމާއި، ޑްރައިވިންގ ސްކޫލު ހިންގުމާއި، އެ ތަންތަނުގައި އިންސްޓްރަކްޓަރުން ގެންގުޅުން.

(ޅ) ދަސްކުރަން ދުއްވުން.

(ކ) އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުން.

(އ) އާންމު ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ލައިސަންސް ދޫކުރުން.

(ވ) ބަހުގެ ހިދުމަތަށް އަގު ނެގުން.

(މ) އާންމު ދަތުރުފަތުރުގެ ހިދުމަތުގައި ބޭނުންކުރާ އުޅަނދުފަހަރާ ގުޅުންހުރި ކަންތައްތަކާއި، ގަވާއިދާ ހިލާފަށް ބަހުގެ ހިދުމަތްދޭ ފަރާތްތަކާމެދު ފިޔަވަޅުއެޅުން.

(ފ) ޓެކްސީގެ ހިދުމަތް ދިނުމުގެ ލައިސަންސް ދޫކުރުން.

(ދ) ކުނި އުކައި ލުމަށް ބޭނުންކުރާ އުޅަނދުފަހަރު ގެންގުޅުން.

(ތ) ހިނގާ މީހުންނަށް އުނދަގޫވާގޮތަ ށް ދުއްވުން.

(ލ) ޕާކު ކުރުމާއި، ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތަކާމެދު ފިޔަވަޅު އެޅުން.

 

12 ވަނަ މާއްދާ - އާންމު ތަންތަނުގައި ޕާކުކުރުން

(ހ) އާންމު ތަންތަނުގައި ޕާކު ކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދު ނޫން އެހެން ސަރަހައްދެއްގައި ޕާކުކުރުމަކީ މަނާކަމެކެވެ.

(ށ) މި މާއްދާގެ (ހ) އާ ހިލާފަށް ޕާކުކުރާ ފަރާތެއް ނުވަތަ އެ އުޅަނދެއްގެ ވެރިފަރާތް، ގަވާއިދު ނަންބަރު 2012-01 (އެއްގަމު އުޅަނދު ޕާކު ކުރުމުގެ ގަވާއިދު) ގައިވާ ގޮތުގެ މަތީން ޖޫރިމަނާ ކުރެވިދާނެއެވެ.

 

13 ވަނަ މާއްދާ - އާންމު ތަންތަނުގައި ޕާކުކޮށްފައި ހުންނަ އުޅަނދު ނެގުން

(ހ) ދަތުރުފަތުރުގެ ވުޒާރާއިން ކަނޑައަ ޅައިފައިވާ ގަވާއިދާ ހިލާފަށް އާންމު ތަނެއްގައި ޕާކުކޮށްފައިވާ އުޅަނދު އެ ތަނުން ނެގުމުގެ ބާރު ދިވެހި ފުލުހުން ގެ ހިދުމަތަށް ނުވަތަ ކައުންސިލަށް ލިބިގެންވެއެވެ. މިގޮތަށް ނަގާ އުޅަނދު ދޫކުރެވޭނީ، އެ ތަނެއްގައި ޕާކުކުރުމުގެ ސަބަބުން ކޮށްފައިވާ ޖޫރިމަނާ ދެއްކުމަށްފަހުގައެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ޖޫރިމަނާ ކަނޑައަޅާނީ، ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީންނެވެ.

 

14 ވަނަ މާއްދާ - އާންމު ތަންތަނުގައި ޕާކުކުރުމަށް ފީނެގުން

އާންމު ތަންތަނުގައި ޕާކިންގ ފީ ނަގަންވާނީ، ދަތުރުފަތުރުގެ ވުޒާރާއިން ކަނޑައަޅައިފައިވާ އުސޫލުގެ މަތީންނެވެ. 

 

15 ވަނަ މާއްދާ - މަގުތަކުގައި ޕާކު ކުރުމަށް ފީނެގުން 

އާންމު މަގުތަކުގައި ޕާކު ކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދުތަކުގައި ޕާކުކުރާ އުޅަނދުތަކުން، ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަ ދައިފައިވާ ގަވާއިދުތަކާއި، ދަތުރުފަތުރުގެ ވުޒާރާއިން ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީ ން ފީ ނެގުމުގެ އިހުތިޔާރު، ކައުންސިލަށް ލިބިގެންވެއެވެ.

 

16 ވަނަ މާއްދާ - ޖޫރިމަނާ

(ހ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އެހެން ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ކުށެއްކަމަށް ކަނޑައަޅައިފައިވާ ކަންކަމުގައި ފިޔަވަޅު އެޅޭނީ، އެ ގާނޫނެއް ގައި ނުވަތަ އެ ގަވާއިދެއްގައިވާ ގޮތުގެ މަތީ ންނެވެ. އަދި އެ ނޫން ކަންކަމުގައި ފިޔަވަޅު އަޅާނީ، މި ގަވާއިދުގައިވާ ގޮތުގެ މަތީންނެވެ.

(ށ) މި ގަވާއިދުގައި ހިމެނޭ އެން މެހައި ޖޫރިމަނާތަކާއި ފީތައް ދައްކަންވާނީ ކައުންސިލަށެވެ.

 

17 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކާ ގުޅިގެން ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ކައުންސިލް" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގައި ވަކި ތަނެއްގައި ވަކި ގޮތަކަށް ބަޔާން ކޮށް ފައި ނުވާނަމަ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން އިންތިހާބުކޮށްފައިވާ މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލަށެވެ.

(ށ) "އާންމު ތަންތަން" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގައި ވަކި ތަނެއްގައި ވަކި ގޮތަކަށް ބަޔާން ކޮށްފައި ނުވާނަމަ، އެ ތަނެއްގައި މީހުން ހިނގާބިނގާ ވާ ނުވަތަ އެއްވެސް ހުރަހެއްނެތި އެ ތަނަކަށް މީހުން އައިސް ގޮސްވާ ތަންތަނާއި، އާންމުން މަޑުކޮށްލައިގެން ތިބުމަށް ހުންނަ ތަންތަނާއި ނުވަތަ އެހެން ބޭނުންތަކުގައި ވެސް އެއްވެ އުޅެވޭގޮތަށް ހުންނަ ތަންތަނާއި، މި ގަވާއިދުގެ ދަށުން ކައުންސިލުން ކަނޑައަޅާ އާންމު ތަންތަނަށެވެ.

(ނ) "ބަންޑާރަ މަގު" ކަމަށް ބުނެފައި އެވަނީ، އަމިއްލަ ބިންބިމާއި ބަންޑާރަ ބިމުން، އަމިއްލަ ބޭނުމަށް ކަނޑައަޅައި، އެ ބޭނުމަށް ހަދައިފައިވާ އެންމެހައި މަގުތަކާއި ގޯތިތައް ފިޔަވައި، ދައު ލަތުން ކަނޑައަޅާ ގޮތްތަކަކަށް ބޭނުންކު ރާ އެންމެހައި މަގުތަކާއި ގޯޅިތަ ކަށެވެ.

 

މައި ގާނޫނު

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-07)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު