-

ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު 

(ގަވާއިދު ނަންބަރު 2022-105)

ފުރަތަމަ ބައި

އިބްތިދާއީ ކަންކަން

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ 425 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ، ސިވިލް ކޯޓުގެ ގަވާއިދެކެވެ.

(ށ) މި ގަވާއިދަކީ، މަދަނީ މައްސަލަތަކުގައި ށަރީއަތްކުރުމާ ގުޅޭ އުސޫލުތައް ބަޔާންކޮށްފައިވާ، ސިވިލް ކޯޓުގެ ގަވާއިދެވެ. މި ގަވާއިދަށް ކިޔާނީ، "ސިވިލް ކޯޓުގެ މަދަނީީ އިޖުރާއަތުގެ ގަވާއިދު" މި ގޮތަށެވެ.

 

2 ވަނަ މާއްދާ - ގަވާއިދުގެ މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ ދަށުން ށަރީއަތްކުރުމާ ގުޅޭ ގޮތުން ސިވިލް ކޯޓުން އަމަލުކުރާނޭ އުސޫލުތައް ބަޔާންކުރުމެވެ.

 

3 ވަނަ މާއްދާ - މާނަކުރުމާއި ތަންފީޒުކުރުން

މި ގަވާއިދު މާނަކޮށް ތަންފީޒު ކުރަންވާނީީ، ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ 4 ވަނަ މާއްދާއާއި 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަގުސަދުތައް ހާސިލުކުރެވޭނެ ގޮތަށެވެ.

 

4 ވަނަ މާއްދާ - ގާނޫނަށް އިސްކަން ދިނުން

މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަކާ، ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ އެއްވެސް ކަމެއް ފުށުއަރާނަމަ، އެ ކަމެއް މާނަކޮށް ތަންފީޒު ކުރަންޖެހޭނީ، މަދަނީީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތަށް އިސްކަންދީގެންނެވެ.

 

5 ވަނަ މާއްދާ - މަފްހޫމްތަކުގެ ރަދީފު

 މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ދޭހަވާ ގޮތަށް އެ ލަފުޒެއް ނުވަތަ އެ އިބާރާތެއް ބޭނުންކޮށްފައި ނުވާނަމަ، ތިރީގައި ބަޔާންކޮށްފައިވާ ލަފުޒުތަކާއި އިބާރާތްތަކަށް ދީފައިވަނީ، ތިރީގައިވާ އަކުރުތަކުގައި ދީފައިވާ މާނަކުރުމެވެ.

(ހ) "މި ގަވާއިދު" ކަމަށް ބުނެފައި އެ ވަނީ، ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ދަށުން ހަދައިފައިވާ މި ގަވާއިދަށާއި، މި ގަވާއިދަށް ގެންނަ އިސްލާހުތަކަށެވެ.

(ށ) "ކޯޓު" ކަމަށް ބުނެފައި އެވަނީ، ސިވިލް ކޯޓަށެވެ.

(ނ) "ލިޔުންތައް" ކަމަށް ބުނެފައި އެ ވަނީ، ހަސްމުންގެ ފަރާތުން ހުށަހަޅާ ދައުވާ ފޯމާއި، ދިފާއު ފޯމާއި، ދިފާއުގެ ޖަވާބު ފޯމާއި، ދިފާއަށް ދޭ ޖަވާބަށް ރައްދުދ ފޯމާއި، ރައްދު ދައުވާ ފޯމާއި، ރައްދު ދައުވާގެ ދިފާއުގައި ހުށަހަޅާ ދިފާއާއި، އިތުރު ދައުވާއާއި، އިތުރު ދައުވާގެ ދިފާއާއި، ދެފަރާތުގެ ދެމެދުގައި ދައުވާއާ ބެހޭ ގޮތުން ނުވަތަ ދިފާއާ ބެހޭ ގޮތުން ލިޔުމުން ބަދަލުކުރެވޭ އެންމެހައި ބަޔާންތަކަށެވެ.

(ރ) "މައްސަލައިގެ ލިޔުން ބަދަލުކުރުމުގެ މަރުހަލާ" ކަމަށް ބުނެފައި އެވަނީ، މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގެ މަރުހަލާ ފެށުމުގެ ކުރިން، މައްސަލައިގައި ހަސްމުންގެ ފަރާތުން ހުށަހަޅާ ދައުވާ ފޯމާއި، ދިފާއު ފޯމާއި، ދިފާއުގެ ޖަވާބު ފޯމާއި، ދިފާއަށް ދޭ ޖަވާބަށް ރައްދުދ ފޯމާއި، ރައްދު ދައުވާ ފޯމާއި، ރައްދު ދައުވާގެ ދިފާއުގައި ހުށަހަޅާ ދިފާއާއި، އިތުރު ދައުވާއާއި، އިތުރު ދައުވާގެ ދިފާއާއި، ދެފަރާތުގެ ދެމެދުގައި ދައުވާއާ ބެހޭ ގޮތުން ލިޔުމުން ބަދަލުކުރެވޭ އެންމެހައި ލިޔުންތައް ހަސްމުންގެ މެދުގައި ބަދަލުކުރެވޭ މަރުހަލާއަށެވެ.

(ބ) "ހިންގުމުގެ އިސް މަގާމެއްގައި ހުރި މީހެއް" ކަމަށް ބުނެފައި އެވަނީ، އެ ތަނެއްގެ ޑިޕާޓްމަންޓުތަކުގެ އެންމެ އިސްވެރިން ފެށިގެން މަތީ ގެ އިދާރީ މަގާމުތައް ފުރާ މީހުންނާއި، އެ ތަނެއްގެ ސިޔާސަތު ކަނޑައަޅައި ތަންފީޒުކުރާ ގުނަވަނުގެ ޑިރެކްޓަރުންނާއި މެންބަރުންގެ ތެރޭގައި ހިމެނޭ މީހުންނަށެވެ.

(ޅ) "ގާނޫނީ ވަކީލަކު އައްޔަނުކުރާ ލިޔުން" ކަމަށް ބުނެފައި އެ ވަނީ، ކޯޓުގެ މަރުހަލާތަކުގައި ހަސްމަކު ތަމްސީލުކުރުމަށް އެ ހަސްމެއްގެ ފަރާތުން ގާނޫނީ ވަކީލަކު އައްޔަނުކުރުމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވާ ގޮތަށް ތައްޔާރުކޮށްފައިވާ ޕަވަރ އޮފް އެޓަރނީ އާއި، ގަރާރާއި، އެ ނޫންވެސް ލިޔުމަށެވެ.

(ކ) "ރަޖިސްޓްރާރ" ކަމަށް ބުނެފައި އެވަނީ، ކޯޓުގެ ރަޖިސްޓްރާރގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ފަރާތްތަކާއި، ރަޖިސްޓްރާރ ނެތް ހާލަތެއްގައި ރަޖިސްޓްރާރގެ މަސްއޫލިއްޔަތު އަދާކުރުމަށް ހަވާލުކުރެވޭިފައިވާ ފަރާތްތައް ވެސް ހިމެނޭ ގޮތަށެވެ.

(އ) "ށާއިއު ކުރުން" ކަމަށް ބުނެފައި އެވަނީ، ސިވިލް ކޯޓުގެ ވެބްސައިޓުގައި ށާއިއު ކުރުމަށެވެ.

 

ދެވަނަ ބައި

ކޯޓުތަކުގެ އިހްތިސާސް 


6 ވަނަ މާއްދާ - މައުޒޫއީ އިހްތިސާސް

މި ގަވާއިދުގެ ބޭނުމަށް ސިވިލް ކޯޓުގެ މައުޒޫއީ އިހްތިސާސް ކަމުގައި ބަލާނީ، ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ 46 ވަނަ މާއްދާގައި މައުޒޫއީ ގޮތުން ސިވިލް ކޯޓަށް ލިބިދޭ ކަމަށް ބަޔާންކޮށްފައިވާ އިހްތިސާސެވެ.

 

7 ވަނަ މާއްދާ - ސަރަހައްދީ އިހްތިސާސް

މި ގަވާއިދުގެ ބޭނުމަށް ސިވިލް ކޯޓުގެ ސަރަހައްދީ އިހްތިސާސް ކަމުގައި ބަލާނީ، ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ 47 ވަނަ މާއްދާގައި ސަރަހައްދީ ގޮތުން ސިވިލް ކޯޓަށް ލިބިދޭ ކަމަށް ބަޔާންކޮށްފައިވާ އިހްތިސާސަށެވެ.

 

8 ވަނަ މާއްދާ - އެއް ކޯޓަކަށްވުރެ ގިނަ ކޯޓަށް ހުށަހެޅޭ މައްސަލަ

ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ 49 ވަނަ މާއްދާގެ (ހ) ގެ މަގުސަދު ހާސިލުކުރުމަށް ޓަކައި، ދައުވާ ބިނާކުރާ އަސާސްގެ މައްޗަށް، އެއް ހަސްމުންތަކެއް ހިމެނޭ މައްސަލައެއް ދިވެހިރާއްޖޭގެ އެހެން ކޯޓަކަށް ހުށަހަޅައިފައި ނުވާކަން ހަސްމުން ކަށަވަރު ކޮށްދޭން ވާނެއެވެ.

 

9 ވަނަ މާއްދާ - އިހްތިސާސާމެދު ގޮތެއް ކަނޑައެޅުމުގެ މުއްދަތު

ހުށަހެޅިފައިވާ މައްސަލައަކީ، ސިވިލް ކޯޓަށް ބެލުމުގެ އިހްތިސާސް ލިބިގެންވާ މައްސަލައެއް ނޫންކަމަށް ބުނެ، ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ 110 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ސިވިލް ކޯޓުގެ އިހްތިސާސާމެދު އިއުތިރާޒުކޮށް ދައުވާލިބޭ ފަރާތުން ހުށަހެޅުމެއް ހުށަހަޅައިފިނަމަ، އެ އިއުތިރާޒަކީ ކޯޓަށް ބަލައިގަނެވޭނެ އިއުތިރާޒެއްކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި އަމަލުކުރާނީ އަންނަނިވި ގޮތުގެ މަތީންނެވެ.

(ހ) ހުށަހަޅައިފައިވާ އިއުތިރާޒަކީ ކޯޓަށް ބަލައިގަނެވޭނެ އިއުތިރާޒެއްކަން ނުވަތަ ނޫންކަމާމެދު ގޮތެއް ކަނޑައެޅުމުގައި އެ އިއުތިރާޒަށް ޖަވާބުދިނުމަށް އެ އިއުތިރާޒު ރައްދުވާ ފަރާތަށް 10 (ދިހައެއް) ދުވަހުގެ މުއްދަތު ދޭންވާނެއެވެ.އެފަދަ ހުށަހެޅުމެއް ކޯޓަށް ހުށަހަޅާތާ 2 (ދޭއް) ދުވަހުގެ ތެރޭގައި، ހުށަހެޅިފައިވާ ލިޔުންތަކާއެކު، އެ ހުށަހެޅުމެއް ރައްދުވާ ފަރާތަށް އެކަން އަންގަންވާނެއެވެ.

(ށ) ހުށަހަޅައިފައިވާ އިއުތިރާޒަށް ޖަވާބުދިނުމަށް، އިއުތިރާޒު ރައްދުވާ ފަރާތަށް ދީފައިވާ މުއްދަތު ހަމަވާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ އިއުތިރާޒާމެދު ކޯޓުން ގޮތެއް ނިންމަންވާނީެއެވެ.

(ނ) އިހްތިސާސް ލިބިގެންނުވާ މައްސަލައެއް ކަމަށް ކަނޑައަޅާނަމަ، އެކަން ކަނޑައަޅަންވާނީ، ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ 110 ވަނަ މާއްދާއާ އެއްގޮތަށް ކޯޓުން ނިންމާ ނިންމުމަކުންނެވެ.

(ރ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ހުށަހެޅިފައިވާ މައްސަލައެއްގައި ކޯޓުގެ އިހްތިސާސާ ގުޅޭ އިއުތިރާޒަކާއި، ވަގުތީ އަމުރަކަށް އެދި ހުށަހަޅައިފައިވާ ހާލަތުގައި ފުރަތަމަ ގޮތެއް ކަނޑައަޅާނީ، އިހްތިސާސާ ގުޅޭ  އިއުތިރާޒަށްކަން ނުވަތަ ވަގުތީ އަމުރަށްކަން ގޮތެއް ނިންމުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ. އެގޮތުން ކޯޓުން ފުރަތަމަ ގޮތެއް ކަނޑައަޅަން ނިންމާނީ، އެ މައްސަލައިގައި ހުށަހެޅިފައިވާ ވަގުތީ އަމުރަށް ކަމަށްވާ ހާލަތުގައި އިހްތިސާސާ ގުޅޭ ގޮތުން ބަޔާންކޮށްފައިވާ މުއްދަތު ހިނގަން ފަށާނީ، ވަގުތީ  އަމުރާމެދު ގޮތެއް ކަނޑައަޅާ ދުވަހުން ފެށިގެންނެވެ.

 

10 ވަނަ މާއްދާ - ތިންވަނަ ފަރާތަކުން ހުށަހަޅާ ދައުވާ

ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ 53 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، ދައުވާ އެ މައްޗަށް ބިނާވެފައިވާ ވާގިއާތަކާ ގުޅޭ ގޮތުން ތިންވަނަ ފަރާތަކުން ހުށަހަޅާ މައްސަލަތައް ބަލާނީ، ފުރަތަމަ ހުށަހެޅުނު މައްސަލަ ބަލަމުންދާ ގާޒީ އެވެ.

 

ތިންވަނަ ބައި

ހަސްމުން އަދި ހަސްމުން ތަމްސީލުކުރުން

 

11 ވަނަ މާއްދާ - ދައުލަތް 

(ހ) ދައުލަތުން ދައުވާކުރާ މައްސަލަތަކުގައްޔާއި ދައުލަތުގެ މައްޗަށް ދައުވާ ރައްދުވާގޮތަށް ހުށަހަޅާ މައްސަލަތަކުގައި ދައުލަތް ތަމްސީލުކުރާނީ، ބަންޑާރަ ނައިބު ނުވަތަ އޭނާ އައްޔަނުކުރާ މީހެކެވެ.

(ށ) ހަސްމެއްގެ ގޮތުގައި ދައުލަތުގެ ފަރާތުން ހާޒިރުވާ މީހުން އައްޔަނުކޮށްފައި ފޮނުވާ ލިޔުމުގައި، އަންނަނިވި މައުލޫމާތު ހިމެނެންވާނެއެވެ.

  1. އައްޔަނުކުރެވޭ މީހާގެ ނަން؛
  2. އައްޔަނުކުރެވޭ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެނަންބަރު؛
  3. އައްޔަނުކުރެވޭ މީހާއާ ގުޅޭނެ ފޯނު ނަންބަރު؛
  4. އައްޔަނުކުރެވޭ މީހާގެ އީމެއިލް އެޑްރެސް؛
  5. އެކަކަށްވުރެ ގިނަމީހުން އައްޔަނުކުރާނަމަ، ށަރީއަތުގެ އަޑުއެހުންތަކުގައި ލީޑުކުރާނެ މީހެއްގެ ނަން.

 

12 ވަނަ މާއްދާ - ޕާޓްނަރށިޕް

ޕާޓްނަރށިޕެއް ކޯޓުގައި ތަމްސީލުކުރާނީ، އެ ޕާޓްނަރށިޕަކުން އައްޔަނުކުރާ ޕާޓްނަރަކު ނުވަތަ އެ ޕާޓްނަރށިޕަކުން އައްޔަނުކުރާ ގާނޫނީ ވަކީލެކެވެ.

 

13 ވަނަ މާއްދާ - ކުންފުނި

ކޯޓުގައި ކުންފުންޏެއް ތަމްސީލުކުރާނީ، އެ ކުންފުނީ ގެ ޑިރެކްޓަރުންގެ ބޯޑުން އައްޔަނުކުރާ އެ ކުންފުނީ ގެ ހިންގުމުގެ އިސް މަގާމެއްގައި ހުރި މީހެއް ނުވަތަ ޑިރެކްޓަރެއް ނުވަތަ އެ ކުންފުނީ ގެ ޑިރެކްޓަރުންގެ ބޯޑުން އައްޔަނުކުރާ ގާނޫނީ ވަކީލެކެވެ.

 

14 ވަނަ މާއްދާ - ޖަމްއިއްޔާ ނުވަތަ ޖަމާއަތެއް ނުވަތަ ކްލަބް

ރަޖިސްޓަރީީ ކުރެވިފައިވާ ޖަމްއިއްޔާއެއް ނުވަތަ ޖަމާއަތެއް ނުވަތަ ކްލަބެއް ކޯޓުގައި ތަމްސީލުކުރާނީ، އެ ތަނެއްގެ ހިންގާ ކޮމިޓީން އައްޔަނުކުރާ އެ ތަނެއްގެ ހިންގުމުގެ އިސް މަގާމެއްގައި ހުރި މީހެއް ނުވަތަ އެ ތަނެއްގެ ހިންގާ ކޮމިޓީން އައްޔަނުކުރާ ގާނޫނީ ވަކީލެކެވެ.

 

15 ވަނަ މާއްދާ - ސިޔާސީ ޕާޓީ

ރަޖިސްޓަރީީ ކުރެވިފައިވާ ސިޔާސީ ޕާޓީ އެއް ކޯޓުގައި ތަމްސީލުކުރާނީ، އެ ސިޔާސީ ޕާޓީ އެއްގެ ދަފުތަރުގައި އެ ޕާޓީ އެއް ތަމްސީލުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ފަރާތެއް ނުވަތަ އެ ޕާޓީ ގެ ފަރާތުން އައްޔަނުކުރާ ގާނޫނީ ވަކީލެކެވެ.

 

16 ވަނަ މާއްދާ - ކޮމިށަން

ގާނޫނީ ވަކި ށަހްސެއްގެ ގޮތުގައި ގާނޫނަކުން އުފައްދައިފައިވާ ކޮމިށަނެއް ކޯޓުގައި ތަމްސީލުކުރާނީ، އެ ކޮމިށަނުން އައްޔަނުކުރާ އެ ކޮމިށަނެއް ހިންގުމުގެ އިސް މަގާމެއްގައި ހުރި މީހަކު ނުވަތަ އެ ކޮމިށަނުން އައްޔަނުކުރާ ގާނޫނީ ވަކީލެކެވެ.

 

17 ވަނަ މާއްދާ - ގާނޫނީ ށަހްސު

ގާނޫނަކުން، ވަކި ގާނޫނީ ށަހްސެއްގެ ގޮތުގައި އުފައްދައިފައިވާ އޮތޯރިޓީީއެއް ނުވަތަ އިދާރާއެއް ނުވަތަ މުއައްސަސާއެއް ހިންގަނީ ޑިރެކްޓަރުންގެ ބޯޑަކުން ނުވަތަ ގަވަރނިންގ ބޯޑަކުން ކަމުގައި ވާނަމަ، ކޯޓުގައި ތަމްސީލުކުރާނީ، އެ އޮތޯރިޓީ ގެ ޑިރެކްޓަރުންގެ ބޯޑުން ނުވަތަ ގަވަރނިންގ ބޯޑުން އައްޔަނުކުރާ އެ ތަނެއް ހިންގުމުގެ އިސް މަގާމެއްގައި ހުރި މީހަކު ނުވަތަ އެ ބޯޑުން އައްޔަނުކުރާ ގާނޫނީ ވަކީލެކެވެ. މިގޮތަށް އުފައްދައިފައިވާ އޮތޯރިޓީީއެއް ނުވަތަ އިދާރާއެއް ނުވަތަ މުއައްސަސާއެއްގެ ހިންގުމުގެ ބާރު ދީފައިވަނީ، އެފަދަ ތަނަކަށް އައްޔަނުކޮށްފައިވާ އެންމެ އިސް ފަރާތަކަށް ކަމުގައި ވާނަމަ، އެ ތަނެއް ކޯޓުގައި ތަމްސީލުކުރާނީ، އެ އިސްފަރާތުން އައްޔަނުކުރާ އެ ތަން ހިންގުމުގެ އިސް މަގާމެއްގައި ހުރި މީހެއް ނުވަތަ އެ ފަރާތުން އައްޔަނުކުރާ ގާނޫނީ ވަކީލެކެވެ.

 

18 ވަނަ މާއްދާ - ގާނޫނަކުން އައްޔަނުކުރެވޭ މަގާމުތައް 

ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިދޭ ގޮތަށް ގާނޫނުއަސާސީން ނުވަތަ ގާނޫނަކުން މަގާމެއް އުފައްދައި، އެ މަގާމު ފުރާނ މީހަކު އައްޔަނު ކޮށްފައިވާނަމަ، އެ މީހަކު ކޯޓުގައި ތަމްސީލުކުރާނީ، އޭނާ އަމިއްލައަށް ނުވަތަ އޭނާ އައްޔަނުކުރާ ގާނޫނީ ވަކީލެކެވެ.

 

19 ވަނަ މާއްދާ - ލޯކަލް ކައުންސިލް

ލޯކަލް ކައުންސިލުތައް ކޯޓުގައި ތަމްސީލުކުރާނީ، އެ ކައުންސިލަކުން އައްޔަނުކުރާ އެ ކައުންސިލެއްގެ ހިންގުމުގެ އިސް މަގާމެއްގައި ހުރި މީހަކު ނުވަތަ އެ ކައުންސިލުން އައްޔަނުކުރާ ގާނޫނީ ވަކީލެކެވެ.

 

20 ވަނަ މާއްދާ - ޕާޓްނަރށިޕަކުން ދައުވާކުރުމާއި، ދައުވާ ލިބިގަތުން

(ހ) ޕާޓްނަރށިޕަކުން ދައުވާކުރާނަމަ، އަދި ޕާޓްނަރށިޕެއްގެ މައްޗަށް ދައުވާ ލިބޭ ނަމަ، އެކަން ކުރަންވާނީީ، ޕާޓްނަރށިޕްގެ ނަމުގައެވެ. ޕާޓްނަރށިޕްގެ ނަން ބަދަލުވެފައިވާނަމަ، ދައުވާ ބިނާކުރާ ސަބަބު މެދުވެރިއިރު ޕާޓްނަރށިޕްގެ ނަން ކަމުގައި އޮތް ނަން، މައްސަލަ ހުށަހަޅާ ފޯމުގައި ބަޔާންކުރަންވާނެއެވެ.

(ށ) ޕާޓްނަރށިޕަކުން ދައުވާކުރާ ހާލަތުގައި ނުވަތަ ޕާޓްނަރށިޕެއްގެ މައްޗަށް ދައުވާލިބޭ ހާލަތުުގައި، އަނެއް ހަސްމު ލިޔުމަކުން އެދިއްޖެނަމަ، ދައުވާގައި ހިމެނޭ ހައްގު އުފެދުނުއިރު އެ ޕާޓްނަރށިޕްގެ މެންބަރުންގެ ގޮތުގައި ތިބި މީސްމީހުންނާއި އެ މީސްމީހުންގެ އެޑްރެހާ ގުޅޭނޭ ތަފުސީލުތައް ލިޔުމަކުން ކޯޓަށް އެ ޕާޓްނަރށިޕަކުން ހުށަހަޅަންވާނެއެވެ.

 

21 ވަނަ މާއްދާ - އަމިއްލަ ފަރުދުންގެ ވިޔަފާރި

އަމިއްލަ ފަރުދުންގެ ވިޔަފާރިއަކުން ދައުވާކުރާނަމަ، އަދި އެފަދަ ވިޔަފާރިއެއްގެ މައްޗަށް ދައުވާލިބޭ ނަމަ، އެ އަމިއްލަ ވިޔަފާރިއެއް ރަޖިސްޓަރީ ކޮށްފައިވާ މަސްއޫލުވެރިޔާގެ ނަމާއި އެ ވިޔަފާރިއެއްގެ ނަން ބަޔާންކުރަންވާނެއެވެ.

 

22 ވަނަ މާއްދާ - ކުޑަކުއްޖެއް ނުވަތަ ރައްކައުތެރިކަން ލިބިގެންވާ ފަރާތްތައް

(ހ) ކުޑަކުއްޖަކު ނުވަތަ ރައްކައުތެރިކަން ލިބިގެންވާ އެހެން ފަރާތެއް ހިމެނޭ މައްސަލައެއްނަމަ، އެ މައްސަލައެއް ހިންގާނީ، ކުޑަކުއްޖާގެ ނުވަތަ ރައްކައުތެރިކަން ލިބިގެންވާ ފަރާތުގެ ގާނޫނ ބެލެނިވެރިޔާ ނުވަތަ ގާނޫނީ ބެލެނިވެރިޔާ އައްޔަނުކުރާ ގާނޫނީ ވަކީލުގެ ހާޒިރުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، އަމިއްލަ މަސްލަހަތު ފުށުއަރާ މައްސަލަތަކުގައި އެފަދަ ފަރާތަކަށް ނުވަތަ އެފަދަ ފަރާތަކުން އައްޔަނުކުރާ ގާނޫނ ވަކީލަކަށް ކޯޓުގައި ކުޑަކުއްޖަކު ނުވަތަ ރައްކައުތެރިކަން ލިބިގެންވާ ފަރާތެއް ތަމްސީލެއް ނުކުރެވޭނެއެވެ. މި ހާލަތުގައި ކުޑަކުއްޖާ ނުވަތަ ރައްކައުތެރިކަން ލިބިގެންވާ ފަރާތް ކޯޓުގައި ތަމްސީލުކުރާނީ އެހެން ފަރާތެއް ކޯޓުން ކަނޑައަޅަންވާނެއެވެ.

(ނ) ކުޑަކުއްޖެއް ނުވަތަ ރައްކައުތެރިކަން ލިބިގެންވާ ފަރާތެއް ތަމްސީލުކުރާ ފަރާތުގެ މައިގަނޑު މަސްއޫލިއްޔަތު އޮންނަންވާނީީ، އެ ކުޑަކުއްޖާ ނުވަތަ ރައްކައުތެރިކަން ލިބިގެންވާ ފަރާތުގެ މަސްލަހަތު ރައްކައުތެރިކުރުމަށެވެ.

 

23 ވަނަ މާއްދާ - ހަސްމަކު، އެހެން ހަސްމެއް ތަމްސީލުކުރުން

ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ 83 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ހަސްމަކަށް އެ މައްސަލައިގެ އެހެން ހަސްމަކު ކޯޓުގައި ތަމްސީލު ކުރެވިދާނެއެވެ. އެހެންނަމަވެސް، އައްޔަނުކުރެވޭ ހަސްމުގެ މަސްލަހަތު ތައާރުޒުވާނަމަ، އެ ހަސްމަކަށް އަނެއް ހަސްމު ތަމްސީލެއް ނުކުރެވޭނެއެވެ.

 

24 ވަނަ މާއްދާ - ހަސްމުން އިތުރުކުރުން

ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ 81 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޯޓުން ހަސްމަކު އިތުރުކުރާނީ، އަންނަނިވި ގޮތަށެވެ.

(ހ) ހަސްމަކު އިތުރު ކުރާނަމަ އިތުރުކުރާނީ، އެ މައްސަލައެއްގެ ށަރީއަތުގެ މަރުހަލާ ފެށުމުގެ ކުރިންނެވެ.

(ށ) ހަސްމަކު އިތުރުކުރާނަމަ، އެ ހަސްމަކު އިތުރުކުރާ ގޮތުގެ އިރުށާދު އެ ހަސްމަށް ދީފައި، މައްސަލައިގައި ހިމެނޭ ލިޔުންތައް ހަވާލުކުރަން ވާނެއެވެ.

(ނ) މިގޮތުން އިތުރުކުރާ ހަސްމަށް، މައްސަލައިގައި ހިމެނޭ އެހެން ހަސްމުންނަށް ލިބިދޭ އެންމެހައި ފުރުސަތުތައް ދޭންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި އެހެން އޮތްކަމުގައި ވިޔަސް، އިހްތިލާފެއްނުވާ މައްސަލައެއްގައި ށަރީއަތުގެ ކޮންމެ މަރުހަލާއެއްގައި ވެސް ކޯޓުން ހަސްމަކު އިތުރުކުރެވިދާނެއެވެ.

 

25 ވަނަ މާއްދާ - މައްސަލައެއްގެ ތެރެއަށް ތަދައްހުލުވުމަށް އެދި ހުށަހެޅުން

(ހ) ކޯޓުގައި ހިނގަމުންދާ މައްސަލައަކާ ގުޅިގެން މަސްލަހަތު އޮތް އެއްވެސް ފަރާތަކުން އެ މައްސަލައަކަށް ތަދައްހުލުވުމަށް އެދި ހުށަހަޅައިފިނަމަ، އެ ފަރާތަކަށް އެ މައްސަލައިގައި ތަދައްހުލުވުމުގެ ހުއްދަދިނުމުގެ އިހްތިޔާރު،މައްސަލަ ބަލާ ގާޒީ އަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތަކުން މައްސަލައަކަށް ތަދައްހުލުވުމަށް އެދި ހުށަހަޅާނީ، މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 23 އިންނެވެ.

 

26 ވަނަ މާއްދާ - ތަދައްހުލުވެވޭނެ ވަގުތު

ގަޒިއްޔާއެއްގައި ތަދައްހުލުވުމަށް އެދޭނަމަ، އެފަދަ ހުށަހެޅުމެއް ހުށަހެޅޭނީ، އެ މައްސަލައިގެ ށަރީއަތް ފެށުމުގެ ކުރިންނެވެ. މައްސަލައިގެ ށަރީއަތުގެ މަރުހަލާ ފެށުމަށްފަހު އެފަދަ ހުށަހެޅުމެއް ބަލައިގަނެވޭނީ، އޭގެކުރިން އެ ހުށަހެޅުން ހުށަނޭޅުނީ މަގުބޫލު ސަބަބެއް އޮވެގެންކަން ކޯޓަށް ގަބޫލުކުރެވޭ މިންވަރަށް ސާބިތުކޮށް ދިނުމުންނެވެ.

 

27 ވަނަ މާއްދާ - ތަދައްހުލުކުރެވުނު ނުވަތަ ތަދައްހުލުވި ފަރާތް ހާޒިރުނުވުން

މައްސަލައަކަށް ތަދައްހުލުކުރެވުނު ނުވަތަ ތަދައްހުލުވި ފަރާތް ކޯޓަށް ހާޒިރު ނުވެއްޖެނަމަ، ތަދައްހުލުކުރެވުނު ނުވަތަ ތަދައްހުލުވި ތަދައްހުލުވުން ބާތިލުވާނެއެވެ.

 

28 ވަނަ މާއްދާ - އެކުގައި އަދި ވަކިން ދަރަންޏަށް ޒިންމާވުން

ދައުވާކުރާ ފަރާތުން ކޯޓަށް ހުށަހަޅައިފައިވާ ދައުވާގައި ހިމެނޭ ދައުވާލިބޭފަރާތްތަކަކީ އެކުގައި އަދި ވަކިން ވެސް ދަރަންޏަށް ޒިންމާވާންޖެހޭ ފަރާތެއްނަމަ، އެ ދައުވާއެއް ހުށަހަޅާނީ، އެ ހުރިހާ ފަރާތްތަކެއް ހިމެނޭ ގޮތުގެ މަތީންނެވެ.

 

29 ވަނަ މާއްދާ - ގަޒިއްޔާއެއްގައި ހިމެނޭ ހަސްމަކު ވަކިކުރުން

(ހ) ހަސްމެއްގެ ސަބަބުން ށަރީއަތް ހިންގުން ލަސްވާކަމަށް، ނުވަތަ އެކަމުގެ ސަބަބުން ގަޒިއްޔާގައި ހިމެނޭ ހަސްމެއްގެ ހައްގަކަށް އުނިކަން ލިބޭކަމަށްހަސްމަކު ހުށަހަޅާ ހުށަހެޅުމެއް ކޯޓަށް ގަބޫލުކުރެވޭަމަ، ހަސްމުންގެ ތެރެއިން ކޯޓަށް ހާޒިރުކުރެވޭ ފަރާތްތަކުގެ އެދުމުގެ މަތީން، ދައުވާލިބޭ ފަރާތެއް އެ ގަޒިއްޔާއިން ވަކިކޮށް، ވަކިކުރެވޭ ހަސްމުގެ ބައި ވަކި ގަޒިއްޔާއެއްގެ ގޮތުގައި ބެލުމަށް އަމުރުކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.

(ށ) ގަޒިއްޔާގައި ދައުވާލިބޭފަރާތެއްގެ ގޮތުގައި ނުވަތަ މައްސަލަ ރައްދުވާ ފަރާތެއްގެ ގޮތުގައި ހިމަނައިފައިވާ ފަރާތެއްގެ ބައި، އެ ގަޒިއްޔާގައި ހިމެނޭ އެހެނިހެން ދައުވާލިބޭނުވަތަ މައްސަލަ ރައްދުވާ ފަރާތް ނުވަތަ ފަރާތްތަކުގެ ބައި ނިމެންދެން ފަސްކުރުމަކީ ކޯޓުގެ ނަޒަރުގައި އެންމެ ރަނގަޅުގޮތް ކަމަށް ވާނަމަ، އެ ބައެއް ފަސްކުރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

 

30 ވަނަ މާއްދާ - ދެ ގަޒިއްޔާ އެކީ ހުކުމްކުރުން

(ހ) އަންނަނިވި ހާލަތްތަކުގައި، ދެ ގަޒިއްޔާއަކުން ކޯޓަށް ހުށަހެޅިފައިވާ ދެ މައްސަލައެއް ނުވަތަ ދެ ދައުވާއެއް ބަލައި ހުކުމްކުރަންވާނީީ، ދެ ގަޒިއްޔާ އެއްކޮށް، އެކުއެކީގައެވެ.

  1. ދެ ދައުވާގައި ނުވަތަ ދެ މައްސަލައިގައި ވެސް ހިމެނޭ ސުވާލަކީ އެއް ސުވާލެއް ކަމަށްވުން؛ ނުވަތަ
  2. އެއް ގަޒިއްޔާގައި ކުރާ ހުކުމުން އަނެއް ގަޒިއްޔާގެ ހުކުމަށް އަސަރުކުރާނެނަމަ ނުވަތަ އެއް މައްސަލަ ނިމުމުން އަނެއް މައްސަލަވެސް ނިމޭނެ ކަމަށް ވާނަމަ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި މައްސަލަ ހުށަހަޅާ ނުވަތަ މައްސަލަ ރައްދުވާ ފަރާތުގެ ރުހުން އޮންނާކަށެއް ނުޖެހޭނެއެވެ.

 

31 ވަނަ މާއްދާ - ގުޅުންހުރި ދެ ގަޒިއްޔާ

ކޯޓަށް ހުށަހެޅިފައިވާ ދެ ގަޒިއްޔާއަކީ ކޯޓުގެ ނަޒަރުގައި ގުޅުންހުރި ދެ ދައުވާއެއް ނުވަތަ ދެ މައްސަލައެއް ށާމިލުވާ ދެ ގަޒިއްޔާ ކަމުގައި ވާނަމަ، ދެ ގަޒިއްޔާ ބަލާނީ ތަރުތީބު ކަނޑައެޅުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.

 

32 ވަނަ މާއްދާ - ގާނޫނީ ވަކީލުން އައްޔަނުކުރުން

(ހ) މި ގަވާއިދުގައި އެހެން ގޮތަކަށް ކަނޑައެޅިފައި ނުވާނަމަ، ހަސްމުން ތަމްސީލުކުރުމަށް ގާނޫނީ ވަކީލުން އައްޔަނުކުރުމުގައި ގާނޫނީ ވަކީލުން ކަމުގައި، ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގެ ދަށުން ހުއްދަ ލިބިފައިވާ އަންނަނިވި ފަރާތްތައް ކަނޑައެޅިދާނެއެވެ.

  1. ލީގަލް ޕްރެކްޓިސް؛
  2. ލޯ ފަރމް؛
  3. ކުންފުންޏެއްގެ ނުވަތަ މުއައްސަސާއެއްގެ އިންހައުސް ލީގަލް ކައުންސެލް؛
  4. ގާނޫނީ ހިދުމަތް ދިނުމަށް ހިލޭސާބަހަށް މަސައްކަތްކުރާ އަމިއްލަ ޖަމްއިއްޔާއަކުން އައްޔަނުކުރާ ގާނޫނީ ވަކީލުން؛

(ށ) ކުންފުންޏެއްގެ ނުވަތަ އެހެން މުއައްސަސާއެއްގެ އިންހައުސް ލީގަލް ކައުންސެލްއަށް އެ ހައިސިއްޔަތުން ކޯޓަށް ހާޒިރުވެވޭނީ، ހަމައެކަނި އޭނާ ވަޒީފާ އަދާކުރާ ކުންފުނީ ގެ ނުވަތަ މުއައްސަސާގެ ފަރާތުންނެވެ.

(ނ) ހަސްމެއްގެ ގާނޫނީ ވަކީލުންގެ ގޮތުގައި ލޯ ފަރމްއެއް ނުވަތަ ލީގަލް ޕްރެކްޓިސްއެއް އައްޔަނު ކޮށްފައި ވާނަމަ، ގާނޫނީ ވަކީލުން ކޯޓަށް ހާޒިރުވާނީ،އެ ލޯ ފަރމްގެ ފަރާތުން ނުވަތަ ލީގަލް ޕްރެކްޓިސްގެ ފަރާތުންނެވެ.

(ރ) މައްސަލައެއްގައި ހަސްމެއްގެ ފަރާތުން ގާނޫނީ ވަކީލަކު ކޯޓަށް ހާޒިރުވާއިރު މުވައްކިލު ހާޒިރުވުން ލާޒިމެއް ނޫނެވެ.

(ބ) ހަސްމަކު ތަމްސީލުކުރަން ލީގަލް ޕްރެކްޓިސްއެއް އައްޔަނުކުރާނަމަ ކޯޓަށް ހާޒިރުވާނީ، އެ މީހެއްގެ ނަމުގައި އެ ލީގަލް ޕްރެކްޓިސް ރަޖިސްޓަރީ ކޮށްފައިވާ ގާނޫނީ ވަކީލެވެ.

(ޅ) ހަސްމެއް ތަމްސީލުކުރަން އައްޔަނުކުރަނ ލޯ ފަރމެއް ނަމަ، އެ ލޯ ފަރމަކުން އައްޔަނުކުރާ ގާނޫނީ ވަކީލެކެވެ.

(ކ) ލޯ ފަރމްތަކުންނާއި ލީގަލް ޕްރެކްޓިސްތަކުންނާއި ގާނޫނީ ވަކީލުންނަށް ކޯޓުގައި ހަސްމުން ތަމްސީލުކުރެވޭނީ، އަންނަނިވި ގޮތްތަކުންކުރެ ކޮންމެވެސް އެއް ގޮތަކަށް ބާރުލިބިގެންނެވެ.

  1. ޕަވަރ އޮފް އެޓަރނީ ލިބިފައި އޮތުން؛
  2. މުއައްސަސާއެއްގެ ނުވަތަ ގާނޫނީ ށަހްސުގެ ގަރާރަކުން އައްޔަނުކޮށްފައި އޮތުން؛

(އ) މި މާއްދާގެ (ކ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޕަވަރ އޮފް އެޓަރނީ ގައި، އަންނަނިވި ބައިތައް ފުރިހަމަވާންވާނެއެވެ.

  1. އައްޔަނުކުރާ ފަރާތުގެ ނަން؛
  2. އައްޔަނުކުރެވޭ ފަރާތުގެ ނަން؛
  3. އައްޔަނުކުރެވޭ ފަރާތަށް ދީފައިވާ ބާރުތަކުގެ ތަފުސީލު؛ (ގަވާއިދުގެ އެޕެންޑިކްސް A ގައިވާ ގޮތަށް)
  4. އައްޔަނުކުރެވޭ ފަރާތުން ކޯޓަށް ހުށަހަޅާ ހުށަހެޅުންތަކާއި، އެ ފަރާތުން މައްސަލައާ ގުޅިގެން ކުރާ ކަންކަމާއި، ކޯޓުގައި ދައްކާ ވާހަކަތައް އޭނާ  އަމިއްލައަށް އެ ކަންކަން ކުރުމެކޭ އެއްފަދައިން، އޭނާ އެ ކަންކަން ގަބޫލުކޮށް ތަސްދީގު ކުރާކަން؛ 
  5. އައްޔަނުކުރި ތާރީހު؛
  6. އައްޔަނުކުރި ފަރާތުގެ ސޮޔާއި، އިނގިލީގެ ނިށާނާއި، ރަސްމީ ތައްގަނޑު؛
  7. ހެކިންގެ ނަމާއި، ދާއިމީ އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރާއި، އުމުރާއި، އިނގިލީގެ ނިށާނާއި ސޮއި؛ ނުވަތަ، ޕަބްލިކް ނޯޓަރީ އެއްގެ ފަރާތުން ނޯޓަރައިސް ކޮށްފައި އޮތުން؛
  8. އައްޔަނުކުރެވޭ ގާނޫނީ ވަކީލުގެ ތަފުސީލާއި، ސޮޔާއި، ރަސްމީ ތައްގަނޑު.

 

33 ވަނަ މާއްދާ - ކުންފުނި، ޖަމްއިއްޔާ، ގާނޫނީ ށަހްސަކުން ތަމްސީލުކުރުން

(ހ) ގާނޫނީ ށަހްސު ތަމްސީލުކުރުމަށް އެ ގާނޫނީ ށަހްސު ހިންގުމުގެ އިސް މަގާމެއްގައި ހުރި މީހަކު އައްޔަނު ކުރާނަމަ، ނުވަތަ އެ ށަހުސެއް ކޯޓުގައި ތަމްސީލުކުރުމަށް ގާނޫނީ ވަކީލަކު އައްޔަނު ކުރާނަމަ، އެ ފަރާތެއް އައްޔަނު ކުރާނީ، އެ ގާނޫނީ ށަހްސަކުން ފާސްކޮށްފައިވާ ގަރާރަކުންނެވެ. އަދި އެ ގަރާރުގައި، އަންނަނިވި މައުލޫމާތު ހުންނަންވާނެއެވެ.

  1. ގާނޫނީ ށަހްސުގެ ފުރިހަމަ ނަން ؛
  2. ރަޖިސްޓަރީީ ކުރެވިފައިވާ އެޑްރެހާއި، ރަޖިސްޓަރީ ނަންބަރު؛
  3. ކުންފުންޏެއްނަމަ، ޑިރެކްޓަރުންގެ ޖުމުލަ އަދަދު؛
  4. ޕާޓްނަރށިޕެއްނަމަ، ޕާޓްނަރުންގެ ޖުމުލަ އަދަދު؛
  5. މިނިވަން މުއައްސަސާއެއްނަމަ، މެންބަރުންގެ ޖުމުލަ އަދަދު؛
  6. ކުލަބު ނުވަތަ ޖަމްއިއްޔާއެއްނަމަ، ހިންގާ ކޮމިޓީގެ މެންބަރުގެ ޖުމުލައަދަދު؛
  7. ކޯރަމް ހަމަވާ އަދަދު؛
  8. ބައްދަލުވުމުގެ ބައިވެރިންގެ އަދަދު ؛
  9. ޖަލްސާ ބޭއްވި ތާރީހާއި، ތަނާއި، ވަގުތު؛ (އޮންލައިން ޕްލެޓްފޯމެއްގައި ކޯލް އިނީށިއޭޓްކުރި ފަރާތާއި އިންތިޒާމުކުރި ތަން)
  10. ކަނޑައެޅި ނިމިފައިވާ ގޮތް؛
  11. މި ގަރާރުގެ ދަށުން ކޯޓަށް ހާޒިރުވާ ފަރާތަށް ދީފައިވާ ބާރުތަކުގެ ތަފްސީލާއި، އެ ފަރާތުން ކޯޓަށް ހުށަހަޅާ ހުށަހެޅުންތަކާއި، އެ ފަރާތުން މައްސަލައާ ގުޅިގެން ކުރާ ކަންކަމާއި، ކޯޓުގައި ދައްކާ ވާހަކަތައް އެ ފަރާތުން އަމިއްލައަށް އެ ކަންކަން ކުރުމެކޭ އެއްފަދައިން، އެ ފަރާތުން އެ ކަންކަން ގަބޫލުކޮށް ތަސްދީގު ކުރާކަން؛ (ގަވާއިދުގެ އެޕެންޑިކްސް A ގައިވާ ގޮތަށް)
  12. ހާޒިރުވި މެންބަރުންގެ ނަމާއި ސޮއި؛
  13. ސިއްކަ؛
  14. ފާސްކުރި ތާރީހު؛
  15. އައްޔަނުކުރެވޭ މީހާގެ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި، މަގާމު ؛
  16. އައްޔަނުކުރެވޭ ފަރާތާ ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް.

(ށ) ދިވެހިރާއްޖެއިން ބޭރުގައި ރަޖިސްޓަރީ ކޮށްފައިވާ ގާނޫނީ ށަހްސަކުން ކޯޓުގެ ގަޒިއްޔާއަކަށް ހާޒިރުވާނެ ފަރާތެއް ހަމަޖެއްސުމަށް ފާސްކުރާ ރިޒޮލިއުށަން ނުވަތަ ގަރާރު ނުވަތަ އެކަށައަޅާ ލިޔުން ކޯޓުން ގަބޫލުކުރެވޭނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު ފުރިހަމަވާގޮތަށް އެ ލިޔުމެއް އޮތްނަމައެވެ. އަދި އެ ހަސްމަކީ ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ގާނޫނީ ށަހްސެއް ކަމުގައި ނުވާނަމަ، އެފަދަ ފަރާތެއް ތަމްސީލުކުރުމަށް ކަނޑައަޅާ ގަރާރު ނުވަތަ ނިންމުން އޮންނަންވާނީީ، އެކަން ކުރެވުނު ގައުމެއްގެ ނޯޓަރީ އަކުންނޯޓަރައިޒްކޮށްފައެވެ.

 

34 ވަނަ މާއްދާ - އައްޔަނު ވެވޭ ފަރާތުގެ ބާރުތައް

(ހ) ފަރުދެއް ނުވަތަ ގާނޫނީ ށަހްސަކުން ކޯޓަށް ހާޒިރުވުމަށް ވަކި ފަރާތެއް އައްޔަނުކޮށްފައިވާނަމަ، ކޯޓަށް ހާޒިރުވާންވާނީ، ހަމަ އެ ފަރާތެކެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ހަސްމަކު ތަމްސީލުކުރުމަށް އެ ފަރާތުން ލޯ ފަރމްއެއް ނުވަތަ ހިލޭސާބަހަށް ގާނޫނީ ހިދުމަތްދޭ ޖަމްއިއްޔާއެއް އައްޔަނު ކޮށްފައިވާ ހާލަތުގައި، އެ ފަރމްއެއްގެ ނުވަތަ ޖަމްއިއްޔާއެއްގެ ފަރާތުން ހާޒިރުވާނީ ވަކީލަކު އެ ތަނުން ކަނޑައެޅުމަކަށް ހުރަހެއް ނެތެވެ.

(ނ) ހަސްމަކު ތަމްސީލުކުރުމަށް ވަކި ފަރާތެއް އައްޔަނުކުރުމުގެ ބާރު ލިބިދީ ފައިވާ ފަރާތަކަށް، އެ ބާރު އެހެން ތިންވަނަ ފަރާތަކާ ހަވާލެއް ނުކުރެވޭނެއެވެ.

 

35 ވަނަ މާއްދާ - އައްޔަނު ވެވޭ ފަރާތް ވަކި ލިޔުމަކުން އެއްބަސްވުން

ގާނޫނީ ވަކީލު އައްޔަނުކުރާ ލިޔުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކޯޓުގައި ހަސްމު ތަމްސީލުކުރުމަށް ގާނޫނީ ވަކީލު ގަބޫލުކުރާކަމަށް އެ ލިޔުމުގައި ބަޔާންކޮށް އެ ލިޔުމުގައި ސޮއިކުރުމުގެ ބަދަލުގައި، ހަސްމު ތަމްސީލުކުރަން ގާނޫނީ ވަކީލު ގަބޫލުކުރާކަން ވަކި ލިޔުމަކުން ކޯޓަށް އެންގުމުގެ އިހްތިޔާރު ގާނޫނީ ވަކީލަށް ލިބިގެންވެއެވެ.

 

36 ވަނަ މާއްދާ - ތަމްސީލު ކުރަމުންދާ މައްސަލައަކުން ތަނާޒުލުވުން

(ހ) ގާނޫނީ ވަކީލަކު ނުވަތަ މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ހަސްމަކު ތަމްސީލުކުރުމަށް ހަމަޖައްސައިފައިވާ ފަރާތެއް އެކަށީގެންވާ ސަބަބެއް ނެތި އަދި އެކަށީގެންވާ މުއްދަތެއްގެ ނޯޓިސް ދިނުމަކާ ނުލައި އެ މައްސަލައަކުން ތަނާޒުލުވެގެން ނުވާނެއެވެ. އަދި މައްސަލައަކުން ތަނާޒުލުވާން ޖެހިއްޖެނަމަ، އެ މައްސަލައިގެ އަޑުއެހުން ބޭއްވުމުގެ 24 (ސައުވީސް) ގަޑިއިރުގެ ކުރިން ތަނާޒުލުވުމުގެ ނޯޓިސް ހަސްމަށާއި ކޯޓަށް ފޮނުވަންވާނެއެވެ.

(ށ) ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި ތަމްސީލުކުރަމުންދާ ވަކީލަކު މައްސަލައިން ތަނާޒުލުވާނަމަ، މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 24 ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ.

 

37 ވަނަ މާއްދާ - ހަސްމަކު ތަމްސީލުކުރުމަށް ގާނޫނ ވަކީލަކު އައްޔަނުކުރާނީ ވަގުތު

(ހ) މައްސަލަތަކުގައި ގާނޫނީ ވަކީލަކު އައްޔަނުކުރުމަށް މައްސަލައިގެ ކޮންމެ މަރުހަލާއެއްގައި ވެސް ހަސްމުންނަށް ހުށަހެޅިދާނެއެވެ.

(ށ) ހަސްމަކު ތަމްސީލުކުރާނީެ ފަރާތެއް ކަނޑައެޅިފައި ނުވާނަމަ، ކޯޓުގެ އެންމެހައި މަރުހަލާތަކަށް އެ ހަސްމަކު އަމިއްލައަށް ހާޒިރުވުމަށް ޓަކައި ކޯޓަށް ހާޒިރުވުމުގެ އަމުރު ފޮނުވާނީ، އެ ހަސްމަށެވެ. ގާނޫނީ ވަކީލަކު އައްޔަނުކޮށްފައިވާނަމަ ހާޒިރުވުމުގެ އަމުރު ފޮނުވާނީ، ހަމައެކަނި ގާނޫނީ ވަކީލަށެވެ. ނަމަވެސް، ގާނޫނީ ވަކީލަށް ހާޒިރުވުމުގެ އަމުރު ރައްދުނުކުރެވިއްޖެނަމަ، ހާޒިރުވުމުގެ އަމުރު އެ ހަސްމަށް ފޮނުވުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.

 

38 ވަނަ މާއްދާ - ހަސްމަކު ނިޔާވުން 

(ހ) ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގެ ހަސްމަކު ނިޔާވެއްޖެނަމަ، އެކަން ލަސްނުކޮށް، އެ ފަރާތް ތަމްސީލުކުރާ ފަރާތުން ނުވަތަ މައްސަލައިގައި ހިމެނޭ އެހެން ހަސްމުންގެ ފަރާތުން ލިޔުމުން ކޯޓަށް އަންގަންވާނެއެވެ.

(ށ) ހަސްމަކު ނިޔާވެއްޖެކަން ކޯޓަށް އެނގުމާއެކު، މައްސަލަ ހިންގުން މެދުކަނޑައިލައި، 14 (ސާދަ) ދުވަހުގެ ތެރޭގައި ލިޔުމުން އެކަން ހަސްމުންނަށް އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި މެދުކަނޑައިލައިފައިވާ މައްސަލަ ކުރިޔަށް ގެންދާނީ، ނިޔާވި ހަސްމުގެ ވާރިސުން ސާބިތުކޮށްފައި އެންގުމުންނެވެ.

 

ހަތަރުވަނަ ބައި

ދައުވާ ހުށަހެޅު މާއި ބަލައިގަތުން

 

39 ވަނަ މާއްދާ - އިހްތިލާފު އޮންނަ ބާވަތުގެ މައްސަލަތައް ހުށަހަޅާ ފޯމު

(ހ) އިހްތިލާފު އޮންނަ ބާވަތުގެ ދައުވާ ހުށަހަޅާނީ، މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 1 އިންނެވެ.

(ށ) ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ 97 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، އެހެން މީހެއްގެ އިހުމާލުން ހަށިގަނޑަށް ޖިސްމާނީ އަނިޔާގެ ދައުވާ ހުށަހަޅާނީ، މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 14 އިންނެވެ.

(ނ) ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ 96 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޖުޑިށަލް ރިވިއުގެ މައްސަލަތައް ހުށަހަޅާނީ، މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 15 އިންނެވެ.

(ރ) ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ 94 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ގާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ އަސާސީ ހައްގެއް ނުވަތަ މިނިވަންކަމެއް އެއްވެސް މީހެއްގެ ކިބައިން ނިގުޅައިގެންފިނަމަ ނުވަތަ ހިފަހައްޓައިފިނަމަ، އެ މައްސަލައަށް އިންސާފުވެރި ހައްލެއް ހޯދުމަށް ޓަކައި ގާނޫނުއަސާސީގެ 65 ވަނަ މާއްދާގެ ދަށުން ކުރާ ދައުވާ ކޯޓަށް ހުށަހަޅާނީ، މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 50 އިންނެވެ.

 

40 ވަނަ މާއްދާ - އިހްތިލާފެއްނުވާ ބާވަތުގެ މައްސަލަ ހުށަހަޅާ ފޯމު

ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ ފަނަރަ ވަނަ ބާބުގައި ބަޔާންކޮށްފައިވާ އިހްތިލާފެއްނުވާ ބާވަތުގެ މައްސަލަތަކުގެ ތެރެއިން އަންނަނިވި ބާވަތުގެ މައްސަލަތައް ހުށަހަޅާނީ، ތިރީގައި ބަޔާންކޮށްފައިވާ ފޯމުތަކުންނެވެ.

(ހ) ތަރިކަ ބެހުމާއި ވާރިސުން ސާބިތުކުރުމުގެ މައްސަލަ، މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 16 އިން.

(ށ) ގޯއްޗާއި އިމާރާތް ބައިކުރުމުގެ މައްސަލަ، މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 17 އިން.

(ނ) ހިބައާއި ވަސިއްޔަތުން ދިނުމުގެ މައްސަލަ، މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 18 އިން.

(ރ) މިލްކުވެރިކަން ސާބިތުކުރުމުގެ މައްސަލަ، މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 19 އިން.

(ބ) ބިމާއި އިމާރާތް ވިއްކުމަށް އެދޭމައްސަލަ، މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 20 އިން.

(ޅ) ވަސިއްޔަތް ތަންފީޒުކުރުމަށް މައްސަލަ، މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 48 އިން.

(ކ) ހިބަ އަނބުރާ އަތުލުމާއި ވަސިއްޔަތުން ރުޖޫއަވުމުގެ މައްސަލަ، މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 49 އިން.

(އ) މަތީ ގައި ބަޔާންކޮށްފައިވާ ބާވަތްތަކުގެ މައްސަލަތައް ފިޔަވައި އިހްތިލާފެއްނުވާ އާންމު މަދަނީ މައްސަލަތައް ހުށަހެޅުމަށާއި، އަމުރުތައް ހޯދުމަށާއި، ކޯޓުގެ ނިންމުމެއް އޮންނަންޖެހ ކަންކަން ނިންމައިދިނުމަށް އެދި ކޯޓަށް ހުށަހަޅާނީ، މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 22 އިން.

 

41 ވަނަ މާއްދާ - ތަރިކައިގެ މައްސަލަ ހުށަހެޅޭނެ ފަރާތް

ތަރިކައިގެ މައްސަލަ ހުށަހެޅޭނީ، ވާރިސަކަށް ނުވަތަ މަސްލަހަތު އޮތް ފަރާތަކަށެވެ. ތަރިކައިގެ މައްސަލަ ހުށަހަޅަނީ، ވާރިސުންގެ ތެރޭގައި ހިމެނޭ ކުޑަކުއްޖެއް ނުވަތަ ރައްކައުތެރިކަން ލިބިގެންވާ ފަރާތަކުންނަމަ، އެ ފަރާތެއްގެ ގާނޫނ ބެލެނިވެރިޔާއަށްތަރިކައިގެ މައްސަލަ ކޯޓަށް ހުށަހެޅިދާނެއެވެ.

 

42 ވަނަ މާއްދާ - ގޯތި ބައިކުރުމުގެ މައްސަލަ ތަރިކައިގެ ގަޒިއްޔާ ނިމުމުން ހުށަހެޅުން

ރަޖިސްޓަރީީ ކުރެވިފައިވާ ބަންޑާރަ ގޯތި ނުވަތަ އަމިއްލަ ގޯތި ނުވަތަ އެއްމެދު އިމާރާތުގެ ބައެއް ބައިކޮށްދިނުމަށް އެދި ކޯޓަށް ހުށަހެޅޭނީ، ބެހެނިވެރިންނަށް އެ ތަނެއްގެ މިލްކުވެރިކަން އޮތްކަން އެނގޭނޭ ރަޖިސްޓަރީ އާއެކުގައެވެ.

 

43 ވަނަ މާއްދާ - ހޮވައިގެން ގެނެވޭ ތަކެތި

(ހ) ހޮވައިގެން ގެނެވޭ ތަކެތި ކޯޓަށް ހަވާލުކުރާނީ، މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 21 އާ އެކުގައެވެ.

(ށ) ހޮވައިގެން ގެނެވޭ އެއްޗެއް ކޯޓަށް ބަލައިގަނެވޭނީ، އެ އެއްޗަކީ އަގެއްހުރި އެއްޗެއްކަމަށް ވާނަމައެވެ.

(ނ) ހޮވައިގެން ގެނެވޭ އެއްޗެއް ކޯޓަށް ބަލައިގަތުމާމެދު ގޮތެއް ނިންމާނީ ،ރަޖިސްޓްރާރއެވެ.

 

44 ވަނަ މާއްދާ - ދައުވާ ނުވަތަ މައްސަލަ ހުށަހެޅުން

(ހ) ދައުވާ ނުވަތަ މައްސަލަތައް ކޯޓަށް ބަލައިގަންނާނީ، ދައުވާ ނުވަތަ މައްސަލަ ހުށަހެޅުމަށް ކަނޑައަޅައިފައިވާ ފޯމުން ހުށަހެޅުމުންނެވެ.

(ށ) ހަސްމަކު ތަމްސީލުކުރުމަށް ގާނޫނީ ވަކީލަކު އައްޔަނުކޮށްފައިނުވާ ހާލަތެއްގައި ކޯޓަށް ހުށަހަޅަންޖެހޭ ފޯމުތައް ފުރުމަށް އެހީތެރިކަމަށް އެދޭ ހަސްމުންނަށް ފޯމު ފުރައިދިނުމުގައި ކޯޓުގެ ފަރާތުން އެހީީތެރިވާންވާނެއެވެ.

 

45 ވަނަ މާއްދާ - ދައުވާ ނުވަތަ މައްސަލައިގެ ފޯމު ހުށަހަޅާނީެ ގޮތް

ދައުވާ ނުވަތަ މައްސަލައިގެ ފޯމު ކޯޓަށް ބަލައިގަންނާނީ، https://civilcourt.gov.mv އަށް ފޯމު އީމެއިލްކޮށްގެން ނުވަތަ ކޯޓުގެ ކައުންޓަރަށް ފޯމު ހުށަހަޅައިގެންނެވެ.

 

46 ވަނަ މާއްދާ - ދައުވާއެއް ހުށަހެޅުމުން ކޯޓުން ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް

(ހ) ދައުވާ ފޯމާއި މައްސަލަތަކުގެ އެހެނިހެން ލިޔުންތައް ކޯޓަށް ލިބުމާއެކު، އެ ފޯމު ނުވަތަ ލިޔުން ލިބުނު ތާރީހާއި ގަޑިއާއި ދައުވާ ފޯމު ހުށަހެޅި ފަރާތުގެ މައުލޫމާތު،ފޯމުގައި ނުވަތަ ލިޔުމުގައި ނޯޓުކުރަން ވާނެއެވެ.

(ށ) ދައުވާ ފޯމު ހުށަހަޅާ ދުވަހުން ފެށިގެން ރަސްމީ މަސައްކަތު 3 (ތިނެއް) ދުވަހުގެ ތެރޭގައި ހުށަހެޅިފައިވާ ދައުވާ ފޯމު ފުރިހަމަވާކަން ނުވަތަ ފޯމު އިސްލާހު ކުރަންޖެހޭ ކަން ނުވަތަ ހުށަހަޅަންޖެހޭ ލިޔުމެއް އޮތްނަމަ، އެ ފޯމު ހުށަހެޅި ފަރާތަށް  އެކަން ރަޖިސްޓްރާރ އަންގަންވާނެއެވެ.

(ނ) ވަކި ކަމެއް ކުރުމަށް އެންގުމުގެގޮތުން ރަޖިސްޓްރާރ ދޭ މުއްދަތަކީ، އެ ކަމެއް ކުރުމަށް އެކަށީގެންވާ މުއްދަތެއް ކަމަށް ވާންޖެހޭނެއެވެ.

(ރ) ފޯމު އިސްލާހުކޮށްފައި އަލުން ހުށަހެޅުމަށް ދޭ މުއްދަތުގައި އެ ފޯމު އިސްލާހު ނުކޮށްފިނަމަ، ނުވަތަ ފުރިހަމަކުރަން އަންގާ ކަމެއް ފުރިހަމަ ނުކޮށްފިނަމަ، އެ ފޯމު ބާތިލުކުރުމުގެ އިހްތިޔާރު، ރަޖިސްޓްރާރއަށް ލިބިގެންވެއެވެ.

(ބ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކޯޓުގެ ވަގުތީ  ފަރުވާގެ އަވަސް ފިޔަވަޅެއް އަޅައިދިނުމަށް އެދި ހުށަހަޅައިފައިވާނަމަ، އެފަދަ ފޯމުތަކާމެދު ލަސްވެގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ރަޖިސްޓްރާރގޮތެއް ނިންމައި، އެ މައްސަލައިގެ ފޯމު ލިޔުންތަކާއެކު އިސްގާޒީ އަށް ފޮނުވަން ވާނެއެވެ.

 

47 ވަނަ މާއްދާ - ރަޖިސްޓްރޭށަން ފީ

ކޯޓަށް ހުށަހަޅާ ދައުވާ ފޯމު ނުވަތަ އަމުރަކަށް އެދި ހުށަހަޅާ ފޯމު ނުވަތަ އެނޫންވެސް ފޯމެއް ކޯޓުގައި ރަޖިސްޓަރީީ ކުރުމަށް ޓަކައި ފީ އެއް ދައްކަންޖެހޭ ނަމަ، ހަސްމުގެ ފަރާތުން ކޯޓަށް އެ ފީ ދައްކަންވާނެއެވެ. ރަޖިސްޓަރީީ ކުރުމަށް ދައްކާ ފީ އަކީ ދައުވާ ފޯމު ބާތިލުކުރިޔަސް ނުވަތަ މައްސަލަ އަނބުރާ ގެންދިޔަސް އަނބުރާ ލިބޭނެ ފައިސާއެއް ނޫނެވެ.

 

48 ވަނަ މާއްދާ - ލިޔެކިޔުންތައް ކޯޓަށްހުށަހެޅުން

(ހ) ކޯޓަށް ފޮނުވަންޖެހޭ އެންމެހައި ލިޔެކިޔުންތައް ފޮނުވުމުގައި އަންނަނިވި ގޮތްތަކުން ކުރެ ގޮތަކަށް އަމަލުކުރެވިދާނެއެވެ.

  1. ކޯޓުގެ ކައުންޓަރަށް؛ ނުވަތަ 
  2. އެ ލިޔުމެއް ހުށަހަޅަންޖެހޭ ސެކްށަނުގެ އީ-މެއިލް މެދުވެރިކޮށް؛ ނުވަތަ
  3. އިލެކްޓްރޯނިކް ފައިލިންގ ހިދުމަތުގެ ނިޒާމެއް ގާއިމޮށްފައިވާނަމަ،އެފަދަ ހިދުމަތެއް މެދުވެރިކޮށް.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، ށަރީއަތަށް ހުށަހަޅާ ލިޔުމެއް، ށަރީއަތުގެ މަޖިލީހުގައި ބަލައިގަތުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(ނ) ކޯޓަށް ހުށަހަޅާ ފޯމާއި ލިޔުންތައް އެ ދުވަހު ކޯޓަށް ހުށަހެޅި ކަމުގައި ބަލާނީ ،ކޯޓުގެ ރަސްމީ ދުވަހެއްގެ 14:00 ގެ ކުރިން އެ ފޯމެއް ނުވަތަ ލިޔުމެއް ފޮނުވައިފައިވާ ނަމައެވެ. 14:00 ގެ ފަހުން ފޮނުވާ ފޯމު ނުވަތަ ލިޔުން ފޮނުވި ތާރީހު ކަމުގައި ބަލާނީ، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ ތާރީހެވެ.

(ރ) ކޯޓަށް ހުށަހަޅާ ފޯމާއި ލިޔުންތަކަށް ފައިސާ ދައްކަންޖެހޭ ނަމަ، އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް އެ ފައިސާއެއް ދެއްކިދާނެއެވެ.

 

ފަސްވަނަ ބައި

މައްސަލަ ބަލައިގަތުމަށްފަހު އަމަލުކުރާ ގޮތް

 

49 ވަނަ މާއްދާ - މައްސަލަ ރަޖިސްޓަރީ ކުރުން

(ހ) މައްސަލައެއްގެ ދައުވާ ފޯމު ބަލައިގަނެ، އެ މައްސަލައެއް ރަޖިސްޓަރީ ކުރުމާއެކު، ރަޖިސްޓަރީީ ކުރާ ތަރުތީބުން، ކޮންމެ މައްސަލައަކަށް ގަޒިއްޔާ ނަންބަރެއް ދޭންވާނެއެވެ. އަދި މައްސަލައިގެ ފޯމު، ލިޔުންތަކާއެކު އިސްގާޒީ އަށް ފޮނުވަންވާނެއެވެ.

(ށ) ދައުވާ ނުވަތަ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ކުރިން މައްސަލައެއްގައި ވަގުތީ  އަމުރަކަށް އެދި ހަސްމަކު ކޯޓަށް ހުށަހަޅައިފިނަމަ، އެ އަމުރުގެ މައްސަލަ ހިންގަންވާނީ، ކޯޓުގެ ގަޒިއްޔާއެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށް، ގަޒިއްޔާ ނަންބަރެއް ދީގެންނެވެ.

(ނ) ސިވިލް ކޯޓާއި ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޒަންގެ މައްސަލަތަކަށް ގަޒިއްޔާ ނަންބަރު ދޭނީ އަންނަނިވި ގޮތަށެވެ.

 

50 ވަނަ މާއްދާ - މައްސަލަ ބަލާ ގާޒީ އައްޔަނުކުރުން

(ހ) މައްސަލައިގެ ފައިލު، އިސްގާޒީ އަށް ލިބުމުން، އެ މައްސަލައެއް ބަލާނީ ގާޒީ އަކުއައްޔަނު ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް މައްސަލަ ބަލާނޭ ގާޒީން ކަނޑައަޅާނީ، ހުރިހާ ގާޒީންނަށް މައްސަލަތައް ހަމަހަމަޔަށް ބެހެމުންދާނީ ގޮތަށްށަރީއަތްކުރާ ސެކްށަންތަކުގެ ތަރުތީބުންނެވެ. މައްސަލަތަކަށް ގާޒީން އައްޔަނުކުރުމުގައި މި ތަރުތ ބަށް އަމަލުކުރެވޭ ކަން އިސްގާޒީ ކަށަވަރު ކުރަންވާނެއެވެ.

 

51 ވަނަ މާއްދާ - މައްސަލައިގެ ލިޔެކިޔުންތައް ދައުވާލިބޭ ފަރާތަށް ރައްދުކުރުން

(ހ) މައްސަލަ ބަލާ ގާޒީ އަށް މައްސަލައިގެ ފައިލު ލިބުމުން، ދައުވާ ފޯމާއި، އެ ފޯމާއެކު ފޮނުވަންޖެހޭ ލިޔުންތައް، ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ 410 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ދައުވާލިބޭފަރާތަށް ރައްދުކުރަން ވާނެއެވެ.

(ށ) ދައުވާ ފޯމާއި، އެ ފޯމާއެކު ފޮނުވަންޖެހޭ ލިޔުންތަކާއި ތަކެތި ފޮނުވުމަށް ދައުވާލިބޭފަރާތުން އެދިފައިވާ ވަސީލަތެއް މެދުވެރިކޮށް ފޮނުވައިފިނަމަ، ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ 410 ވަނަ މާއްދާގައިވާ ގޮތުގެ  މަތީން އަތުން އަތަށް ރައްދުކުރެވުނީ ކަމުގައި ބެލޭނެއެވެ.

 

52 ވަނަ މާއްދާ - ކޯޓަށް ހާޒިރުވުމުގެ އަމުރު

(ހ) ކޯޓަށް ހާޒިރުވުމަށް އެންގުމުގެގޮތުން ފޮނުވާ އަމުރު އޮންނަންވާނީ، މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 54 ގައިވާ ނަމޫނާއާ އެއްގޮތަށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަމުރު، ދައުވާކުރާ ނުވަތަ ދައުވާލިބޭފަރާތުން ބަޔާންކޮށްފައިވާ ވަސީލަތެއް މެދުވެރިކޮށް ފޮނުވައިފިނަމަ، ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު)( ގެ 409 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އަތުން އަތަށް ރައްދުކުރެވުނީ ކަމުގައި ބެލޭނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ފޮނުވާ އަމުރުތައް ކޯޓުން ކަނޑައަޅާ ވަސީލަތެއް މެދުވެރިކޮށް ނުވަތަ އެއިން ފަރާތެއް އެދޭ ވަސީލަތެއް މެދުވެރިކޮށް ފޮނުވިދާނެއެވެ.

 

ހަވަނަ ބައި

އިހްތިލާފު އޮންނަ މައްސަލަތަކުގެ ލިޔުންތައް ބަދަލުކުރުމުގެ މަރުހަލާ

 

53 ވަނަ މާއްދާ - ދައުވާ ފޯމާއި ލިޔުންތައް ރައްދުކުރުން

(ހ) އިހްތިލާފު އޮންނަ ބާވަތުގެ މައްސަލައެއްގެ ދައުވާ ފޯމާއި، ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ 101 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފޯމުތަކާއި ލިޔެކިޔުންތައް ދައުވާލިބޭފަރާތަށް ލިބުމުން، ދައުވާލިބޭފަރާތަށް އެ ލިޔުންތައް ލިބޭތާރީހުން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި، އެ ގާނޫނުގެ 108 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކޮށްފައި،ދައުވާ ފޯމާ ހަވާލުވިކަން އަންގައިދޭ ލިޔުން (މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 2) ކޯޓަށް ފޮނުވަންޖެހޭ ނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމުތަކާއި ލިޔުންތައް ދައުވާލިބޭ ފަރާތަށް ރައްދުކުރާނީ، މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 51 އިންނެވެ. މި ލިޔުމަކީ، ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ 103 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތު ގުނަން ފެށުމަށް ބޭނުންކުރެވޭނެ ލިޔުމެކެވެ.

 

54 ވަނަ މާއްދާ - ކޯޓުގެ އިހްތިސާސާމެދު ސުވާލު އުފެއްދުން

(ހ) ދައުވާލިބޭ ފަރާތުން ކޯޓުގެ އިހްތިސާސާމެދު ސުވާލު އުފައްދާނަމަ، ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ 101 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފޯމުތަކާއި ލިޔެކިޔުން ދައުވާލިބޭ ފަރާތަށް ރައްދުކުރެވޭތާ 14 (ސާދަ) ދުވަހުގެ ތެރޭގައި އަންނަނިވި ގޮތަށް އަމަލުކުރަންވާނެއެވެ.

  1. ދައުވާ ފޯމާ ހަވާލުވިކަން އަންގައިދޭ ލިޔުން (މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 2) ފުރިހަމަކޮށްފައި ކޯޓަށް ފޮނުވުން؛ އަދި 
  2. ދައުވާ ފޯމާ ހަވާލުވިކަން އަންގައިދޭ ލިޔުން ކޯޓަށް ހުށަހަޅާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި ކޯޓުގެ އިހްތިސާސާމެދު ގޮތެއް ކަނޑައަޅައިދިނުމަށް އެދޭ ފޯމު (މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 3) ފުރިހަމަކޮށްފައި ކޯޓަށް ފޮނުވުން.

(ށ) ދައުވާލިބޭ ފަރާތުން ކޯޓުގެ އިހްތިސާސާމެދު ސުވާލު އުފައްދައިފައި ނުވާނަމަ، ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ 101 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފޯމުތަކާއި ލިޔުންތައް ދައުވާލިބޭ ފަރާތަށް ލިބުމާއެކު، އެ ގާނޫނުގައިވާ ގޮތުގެ މަތީން ދައުވާއަށް ރައްދުދޭންވާނެއެވެ. ދައުވާއަށް ރައްދު ދިނުމަށް ތިރީގައިވާ ގޮތްތަކުން ކުރެ ގޮތެއް އިހްތިޔާރު ކުރެވިދާނެއެވެ.

  1. ދައުވާކުރާ ފަރާތުގެ މުޅި ދައުވާއަށް އެއްބަސްވުން؛
  2. ދައުވާގެ ބަޔަކަށް އެއްބަސްވެ، އަނެއް ބަޔަށް އިންކާރުކުރުން؛
  3. މުޅި ދައުވާއަށް އިންކާރުކުރުން.

 

55 ވަނަ މާއްދާ - ކޯޓުން ލިޔެކިޔުންތައް ބަލައިގަތުން

ދައުވާލިބޭ ފަރާތުން ދައުވާގެ ރައްދުގައި ކޯޓަށް ހުށަހަޅާ ފޯމުތަކާއި ލިޔެކިޔުންތައް ބަލައިގަތުމަށްފަހު، އެ ލިޔުންތައް ކޯޓަށް ހުށަހެޅި ތާރީހާއި، ގަޑިއާއި، ހަވާލުވި މުވައްޒަފެއް އެނގޭނޭ ގޮތަށް އެ ލިޔުމުގައި ނޯޓުކުރަންވާނެއެވެ.

 

56 ވަނަ މާއްދާ - ލިޔުންތައް ހަސްމުންނަށް ރައްދުކުރުން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، ށަރީއަތާ ގުޅިގެން ހަސްމަކުކޯޓަށް ހުށަހަޅާ ލިޔުންތައް، ރަސްމީ ބަންދު ނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި އަނެއް ހަސްމަށް ރައްދުކުރަންވާނެއެވެ.

 

(1)

މުޅި ދައުވާއަށް އެއްބަސްވުން

 

57 ވަނަ މާއްދާ - މުޅި ދައުވާއަށް އެއްބަސްވުން މުޅި ދައުވާއަށް އެއްބަސްވުން

(ހ) ދައުވާލިބޭ ފަރާތުން މުޅި ދައުވާއަށް އެއްބަސްވާނަމަ، ދައުވާގެ ލިޔުންތައް ލިބޭ ތާރީހުން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި، ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ 104 ވަނަ މާއްދާގެ (ހ) ގައިވާ ލިޔުންތައް ފުރިހަމަކުރުމަށްފަހު ކޯޓަށް ފޮނުވަންވާނެއެވެ.

(ށ)

  1. މުޅި ދައުވާއަށް އެއްބަސްވާނަމަ، އެއްބަސްވާކަން ބަޔާންކޮށް އެކަން ކޯޓަށް ހުށަހަޅާނީ، މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 4 އިން ނުވަތަ ދައުވާލިބޭ ފަރާތުން ކޯޓަށް ފޮނުވާ ސިޓީ އަކުން ނުވަތަ ބަޔާނަކުންނެވެ. 
  2. މުޅި ދައުވާއަށް އެއްބަސްވަނީ ސިޓީ އަކުން ނުވަތަ ބަޔާނަކުންނަމަ، މުޅި ދައުވާއަށް އެއްބަސްވެ ކޯޓަށް އެކަން އަންގާއިރު، އެ ދައުވާއަކީ ފައިސާ ހޯދުމުގެ ދައުވާއެއްނަމަ، އެ ފައިސާ ދައްކައި ހަލާސްކުރާނެ ތާރީހެއް ދައުވާލިބޭ ފަރާތުން ކޯޓަށް އަންގަންވާނެއެވެ. އަދި ދައުވާއަށް އެއްބަސްވާކަން ކޯޓަށް އަންގާއިރު، އޭނާ ގެ އައިރުހާޒިރު ގައި އެ މައްސަލައިގައި ހުކުމްކުރުމަށް އެ ލިޔުމުގައި އެދެވިދާނެއެވެ.
  3. މުޅި ދައުވާއަށް އެއްބަސްވަނީ ސިޓީ އަކުން ނުވަތަ ބަޔާނަކުންނަމަ، ސިޓީ ނުވަތަ ބަޔާން އޮންނަންވާނީ، ދައުވާލިބޭ ފަރާތުން ސޮއިކޮށް އިނގިލީގެ ނިށާން ޖަހައިފައެވެ. އަދި އެ ފަރާތާ ގުޅޭނެ މައުލޫމާތު ސިޓީގައިނުވަތަ ބަޔާނުގައި ހިމަނަންވާނެއެވެ. މި ސިޓީ ނުވަތަ ބަޔާން އެޓ ޗްމެންޓެއްގެ ގޮތުގައި އީ-މެއިލުން ވެސް ފޮނުވިދާނެއެވެ.

(ނ) ދައުވާލިބޭ ފަރާތުން ދައުވާއަށް އެއްބަސްވާކަން ބަޔާންކޮށް ފޮނުވާ ސިޓީ ނުވަތަ ބަޔާން ކޯޓަށް ލިބުމުން، ސިޓީ ނުވަތަ ބަޔާން ފޮނުވ ދައުވާލިބޭ ފަރާތުންކަން ކޯޓުން ކަށަވަރު ކުރަންވާނެއެވެ.

(ރ) ދައުވާލިބޭ ފަރާތުން ދައުވާއަށް އެއްބަސްވާކަން ބަޔާންކޮށް ފޮނުވާ ސިޓީގައިވާ ނުވަތަ ބަޔާނުގައިވާ އިބާރާތުން މުޅި ދައުވާއަށް މުތުލަގުކޮށް އެއްބަސްވާކަން ކަށަވަރު ނުކުރެވޭނަމަ، އަންނަނިވި 2 (ދޭއް) ގޮތުންކުރެ ގޮތަކަށް އަމަލުކުރެވިދާނެއެވެ.

  1. ދައުވާލިބޭ ފަރާތް ކޯޓަށް ހާޒިރުކޮށް، އޭނާއާ ސުވާލުކޮށްގެން ބަޔާނެއް ނެގުން؛ ނުވަތަ 
  2. މުޅި ދައުވާއަށް އެއްބަސްވެފައި ނެތްކަމަށް ބަލައި، މައްސަލަ ށަރީއަތުގެ މަރުހަލާއަށް ފޮނުވުން.

 

58 ވަނަ މާއްދާ - ށަރީއަތް ހިންގުމެއް ނެތި ހުކުމްކޮށްދިނުމަށް އެދުން

(ހ) ދައުވާލިބޭ ފަރާތުން މުޅި ދައުވާއަށް އެއްބަސްވާނަމަ، އަޑުއެހުމެއްނެތި ހުކުމްކޮށްދިނުމަށް އެދި ދައުވާކުރާ ފަރާތަށް ނުވަތަ ދައުވާލިބޭ ފަރާތަށް ކޯޓުގައި އެދެވިދާނެއެވެ. އެގޮތަށް އެދި ކޯޓަށް ހުށަހަޅާނީ، މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 5 އިން ނުވަތަ އެ ގޮތަށް ށަރީއަތުގެ މަޖިލީހުގައި އެދިއްޖެނަމައެވެ. އެ ދައުވާއަކީ ފައިސާ ހޯދުމުގެ ދައުވާއެއްނަމަ، އެ ފައިސާ ދައްކައި ހަލާސްކުރުމަށް، ދައުވާކުރާ ފަރާތުން، ދައުވާލިބޭ ފަރާތަށް ދިނުމަށް އެއްބަސްވާ މުއްދަތު، ދައުވާކުރާ ފަރާތުން ބަޔާންކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތަށް ހުކުމްކޮށްދިނުން އެދި ދައުވާކުރާ ފަރާތުން ނުވަތަ ދައުވާލިބޭ ފަރާތުން ހުށަހަޅައިފިނަމަ، ށަރީއަތް ހިންގުމެއް ނެތި ދައުވާގެ މައުޒޫއީުގެ މައްޗަށް އެ މައްސަލައިގައި ގާޒީ ހުކުމްކުރަންވާނެއެވެ. މިގޮތަށް ހުކުމްކުރާއިރު، ހަސްމުން ކޯޓަށް ހާޒިރުކުރާނީ، ހަމައެކަނި މައްސަލައިގެ ހުކުމް އިއްވުމަށެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތަށް ހުކުމްކުރާއިރު، އެއްވެސް ހަސްމަކު އެ ހަސްމެއްގެ އައިރުހާޒިރުގައި ހުކުމްކުރަން އެދި ކޯޓަށް ހުށަހަޅައިފައިވާނަމަ، އެ މައްސަލައިގެ ހުކުމްކުރާނީ، އެގޮތަށް އެދިފައިވާ ހަސްމުގެ އައިރުހާޒިރުގައެވެ.

 

59 ވަނަ މާއްދާ - ސާބިތު ދަރަނީ ގެ ރިކޯޑު ބެލެހެއްޓުން

ދަރަނި ސާބިތުކޮށް ފައިސާ ދައްކަން އަންގައިފައި ކޯޓުން ކުރާ ކޮންމެ ހުކުމެއްގެ ސާބިތު ދަރަނީ ގެ ރިކޯޑު، މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 52 ގައިވާ ގޮތަށް ކޯޓުން ބަލަހައްޓަންވާނެއެވެ.

 

60 ވަނަ މާއްދާ - ދައުވާލިބޭ ފަރާތުން ދައުވާއަށް އެއްބަސްވިނަމަވެސް،ހުކުމްކުރުމަށް ކޯޓުގައި އެދިފައިނުވާ މައްސަލަތައް

ދައުވާލިބޭ ފަރާތުން މުޅި ދައުވާއަށް އެއްބަސްވިނަމަވެސް، ދެ ފަރާތުންކުރެ ފަރާތަކުން އެ މައްސަލައިގައި ހުކުމްކޮށްދިނުމަށް އެދިފައި ނުވާނަމަ، އެ މައްސަލައެއްގައި ހުކުމްކުރާނީއެ ކަމަށް ޓަކައި އަޑުއެހުމެއް ބޭއްވުުމަށްފަހުގައެވެ.

 

(2)

ދައުވާގެ ބަޔަކަށް އެއްބަސްވުން

 

61 ވަނަ މާއްދާ - ދައުވާގެ ބަޔަކަށް އެއްބަސްވުން

(ހ) ދައުވާލިބޭ ފަރާތުން ދައުވާގެ ވަކި ބަޔަކަށް އެއްބަސްވާނަމަ، ދައުވާގެ ލިޔުންތައް ލިބޭތާރީހުން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ 104 ވަނަ މާއްދާގެ (ށ) ގައިވާ ލިޔުންތައް ފުރިހަމަކުރުމަށްފަހު ކޯޓަށް ފޮނުވަންވާނެއެވެ.

(ށ) ދައުވާގެ ވަކި ބަޔަކަށް އެއްބަސްވާކަން ބަޔާންކޮށް، އެކަން ކޯޓަށް ހުށަހަޅާނީ، މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 6 އިންނެވެ.

(ނ) ދައުވާލިބޭ ފަރާތުން ދައުވާގެ ބަޔަކަށް އެއްބަސްވާނަމަ، އެ މައްސަލައިގައި ނިންމުމެއް ނިންމައިދިނުމަށް ދައުވާކުރާ ފަރާތުން ހުށަހަޅާގޮތް، ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި ކޯޓަށް ހުށަހަޅަންވާނެއެވެ. އެގޮތަށް ކޯޓަށް އެދި ހުށަހަޅާނީ، މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 5 އިންނެވެ.

 

62 ވަނަ މާއްދާ - މައްސަލަ ނިންމައިދިނުމަށް އެދުން

(ހ) ދައުވާލިބޭ ފަރާތުން ދައުވާގެ ބަޔަކަށް އެއްބަސްވެފައިވާނަމަ، އަދި ދައުވާލިބޭ ފަރާތުން އެއްބަސްވި ބަޔަށް ކޯޓުން ގޮތެއް ކަނޑައަޅައިދިނުމަށް އެދި ދައުވާކުރާ ފަރާތުން ހުށަހަޅައިފައިވާނަމަ، ނުވަތަ ދައުވާލިބޭ ފަރާތުން އެއްބަސްވި ގޮތް ގަބޫލުކޮށް މުޅި މައްސަލަ ނިންމައިދިނުމަށް ދައުވާކުރާ ފަރާތުން ހުށަހަޅައިފައިވާނަމަ، ށަރީއަތް ނުހިންގައި، އެ މައްސަލައިގައި ކޯޓުން ނިންމުމެއް ނިންމަންވާނީެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތަށް ދައުވާގެ އެއްބަސްވި ބަޔާމެދު ކޯޓުން ގޮތެއް ކަނޑައެޅުމަށްފަހު، އެ ދައުވާގައިވާ ކަންތައްތަކުގެ ތެރެއިން ދައުވާލިބޭ ފަރާތުން އެއްބަސްނުވާ ބައިގެ ށަރީއަތް ކުރިޔަށް ގެންދިއުމަށް ޓަކައި އެ މައްސަލަ ށަރީއަތުގެ މަރުހަލާއަށް ފޮނުވާނީ އެވެ. ދައުވާގެ އެއްބަސްވި ބައިގެ މައްޗަށް ގޮތެއް ކަނޑައަޅާނީ، އެ ގަޒިއްޔާގައި ނެރޭ އަމުރެއްގެ ގޮތުގައެވެ. އެއަށްފަހު، އެ ދައުވާގެ އެއްބަސްނުވާ ބައިގެ ށަރީއަތް ކުރިޔަށް ގެންދާނީ، ހަމަ އެ ގަޒިއްޔާއަށް ކުރިންވެސް ދީފައިވާ ގަޒިއްޔާ ނަންބަރުގެ ދަށުންނެވެ. 

 

(3)

މުޅި ދައުވާއަށް އިންކާރުކުރުން

 

63 ވަނަ މާއްދާ - ދައުވާގެ ދިފާއު

(ހ) ދައުވާލިބޭ ފަރާތުން މުޅި ދައުވާއަށް އިންކާރުކުރާނަމަ އަމަލުކުރާނީ، ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ 105 ވަނަ މާއްދާއާއި 106 ވަނަ މާއްދާގައިވާ ގޮތަށެވެ. "ދައުވާގެ ދިފާއު" އޮންނަންވާނީ، މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 7 އިންނެވެ.

(ށ) ދައުވާ ލިބޭ ފަރާތުން ދައުވާގެ ދިފާއު ހުށަހަޅާނީ، އަން ނަނިވި މުއްދަތުތަކުގައެވެ.

  1. ދައުވާ ފޯމު ލިބޭތާ 14 (ސާދަ) ދުވަސް؛ ނުވަތަ
  2. ދައުވާ ލިބޭ ފަރާތުން، ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ 101 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދައުވާ ހަވާލުވިކަމުގެ ލިޔުން ހުށަހެޅުމާއެކު، ދައުވާގެ ދިފާއު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދިފައިވާނަމަ، ދައުވާގެ ލިޔުން ދައުވާލިބޭފަރާތަށް ލިބޭތާ 28 (އަށާވީސް) ދުވަސް؛
  3. ދައުވާ ފޯމު ފޮނުވައިފައިވަނ ދިވެހިރާއްޖެއިން ބޭރަށް ކަމުގައި ވާނަމަ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތުތަކަށް 14 (ސާދަ) ދުވަސް އިތުރުވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ދިފާއު ހުށަހެޅުމުގެ މުއްދަތަށް 28 (އަށާވީސް) ދުވަސް އިތުރުކުރުމަށް ދައުވާކުރާ ފަރާތާއި ދައުވާލިބޭ ފަރާތަށް އެއްބަސްވެވިދާނެއެވެ.

 

64 ވަނަ މާއްދާ - ދިފާއުއަށް ރައްދު ދިނުން

ދައުވާލިބޭ ފަރާތުން ހުށަހަޅާ "ދައުވާގެ ދިފާއު" ދައުވާކުރާ ފަރާތަށް ކޯޓުން ފޮނުވަންވާނެއެވެ. "ދައުވާގެ ދިފާ އު" ދައުވާކުރާ ފަރާތަށް ލިބުމުން "ދިފާއުގެ ރައްދު" 14 (ސާދަ) ދުވަހުގެ ތެރޭގައި މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 8 އިން ކޯޓަށް ހުށަހަޅަންވާނެއެވެ.

 

65 ވަނަ މާއްދާ - ދިފާއުގެ ރައްދުގެ ޖަވާބު ދިނުން

(ހ) ދައުވާކުރާ ފަރާތުން ހުށަހެޅި "ދިފާއުގެ ރައްދު" ދައުވާލިބޭ ފަރާތަށް ފޮނުވައި، އެކަމަށް ދައުވާލިބޭ ފަރާތުން ހުށަހަޅާ "ދިފާއުގެ ރައްދުގެ ޖަވާބު" ދިނުމަށް 14 (ސާދަ) ދުވަހުގެ މުއްދަތެއް ކޯޓުން ދޭންވާނެއެވެ. "ދިފާއުގެ ރައްދުގެ ޖަވާބު" ދައުވާލިބޭ ފަރާތުން ދޭނީ، މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 9 އިންނެވެ.

 

66 ވަނަ މާއްދާ - ރައްދު ދައުވާ

ދައުވާކުރާ ފަރާތުގެ މައްޗަށް ދައުވާލިބޭ ފަރާތުން ރައްދު ދައުވާއެއް ހުށަހަޅާނީަމަ، އެގޮތުން ހުށަހަޅާ ރައްދު ދައުވާ ހުށަހަޅާނީ، މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 10 އިންނެވެ.

 

67 ވަނަ މާއްދާ - ފަހުން ރައްދު ދައުވާއެއް ހުށަހެޅުން

ދައުވާގެ ދިފާއު ހުށަހެޅުމަށްފަހު، ރައްދު ދައުވާއެއް ހުށަހަޅާނަމަ، ރައްދު ދައުވާ ހުށަހެޅުމުގެ ހުއްދައަށް އެދި މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 11 ހުށަހަޅަންވާނެއެވެ. މިފަދަ ރައްދު ދައުވާއެއް ކުރިޔަށް ގެންދިއުމަށް ކޯޓުން ހުއްދަ ދޭނީ، ދައުވާގެ ދިފާއު ހުށަހެޅިއިރު، އެފަދަ ރައްދު ދައުވާއެއް ހުށަހެޅުމުގެ ފުރުސަތު އޮތްކަމަށް ބެލެވޭނެ ސަބަބެއް ނެތްނަމައެވެ.

 

68 ވަނަ މާއްދާ - ހަސްމަކު އިތުރުކުރަން އެދޭ ފޯމު

ރައްދު ދައުވާގައި ދައުވާކުރާ ފަރާތް ނޫން އެހެން ފަރާތެއްގެ މައްޗަށް އެ ދައުވާއެއް ރައްދު ކުރަން އެދޭނަމަ، ރައްދު ދައުވާ ހުށަހެޅުމަށްފަހު، ހަސްމު އިތުރުކުރުމަށް އެދޭނީ، މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 12 އިންނެވެ.

 

69 ވަނަ މާއްދާ - އިތުރު ދައުވާ

ދައުވާލިބޭ ގިނަ ފަރާތްތަކެއް ތިބެފައި، އެއިން ފަރާތަކުން ދައުވާލިބޭ ފަރާތަށް ދީފައިވާ ގެއްލުމެއްގެ ބަދަލު ދިނުމަށް އެއްބަސްވާނަމަ، އިތުރު ދައުވާއެއް ކޯޓަށް ހުށަހެޅިދާނެއެވެ. އިތުރު ދައުވާ ހުށަހަޅަންވާނީ، މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 13 އިންނެވެ.

 

70 ވަނަ މާއްދާ - ފަހުން އިތުރު ދައުވާއެއް ހުށަހެޅުން

(ހ) ދައުވާގެ ދިފާއު ހުށަހަޅާ ވަގުތު ފިޔަވައި އެހެން ވަގުތެއްގައި އިތުރު ދައުވާއެއް ހުށަހަޅާނަމަ، އެކަމުގެ ހުއްދައަށް އެދެންވާނެއެވެ. އިތުރު ދައުވާ ހުށަހެޅުމުގެ ހުއްދައަށް އެދޭނީ، މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 11 އިންނެވެ.

(ށ) އިތުރު ދައުވާއެއް ކޯޓުން ބަލައިގަންނާނީ، ނުވަތަ މައުޒޫއީ ދައުވާއާއެކު ކުރިޔަށްގެންދާނީ، ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ 159 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އެ މައްސަލައަކީ އަސްލު މައުޒޫއީ މައްސަލައާއެކު ހިންގެން އޮތް މައްސަލައެއް ކަމަށްވާނަމައެވެ.

(ނ) ހިނގަމުންދާ މައުޒޫއީ މައްސަލައިގައި އިތުރު ދައުވާއެއް ކޮށްފައިވާނަމަ، އަދި އެ ދައުވާއަކީ މައުޒޫއީ މައްސަލައާއެކު ހިންގުމަށް ނިންމާ މައްސަލައެއްނަމަ، މައްސަލަ ހިންގާނެ ގޮތުގެ އިރުށާދު ކޯޓުން ދޭންވާނެއެވެ.

 

71 ވަނަ މާއްދާ - ދިފާއު ހުށަހަޅާއިރު ރައްދު ދައުވާއެއް ނުވަތަ އިތުރު ދައުވާއެއް ހުށަހެޅުން

(ހ) ދައުވާލިބޭ ފަރާތުން ދިފާއު ހުށަހަޅާއިރު ދިފާއު ފޯމާއެކު ރައްދު ދައުވާއެއް ނުވަތަ އިތުރު ދައުވާއެއް ހުށަހަޅައިފިނަމަ، ރައްދު ދައުވާއަށާއި އިތުރު ދައުވާއަށް ދިފާއު ހުށަހެޅުމަށް ރައްދު ދައުވާއާއި އިތުރު ދައުވާ ރައްދުވާ ހަސްމަށް އަންގައި، މި ބަޔާންކުރި ތަރުތީބުން ރައްދު ދައުވާއަށާއި އިތުރު ދައުވާއަށް ދިފާއު ހުށަހަޅައި،ދިފާއުގެ ރައްދު ދިނުމަށާއި ރައްދުގެ ޖަވާބު ދިނުމުގެ މަރުހަލާ، ކޯޓުން ކުރިޔަށްގެންދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވުމުން، މައްސަލައިގެ ލިޔުން ބަދަލުކުރުމުގެ މަރުހަލާ ނިމުނީއެވެ.

 

72 ވަނަ މާއްދާ - ލިޔުން ހުށަހެޅުމުގެ މުއްދަތު އިތުރުކުރަން އެދި ހުށަހެޅުން

ލިޔުން ބަދަލުކުރުމުގެ މަރުހަލާގައި އެއްވެސް ހަސްމެއްގެ ފަރާތުން ހުށަހަޅަންޖެހޭ މުއްދަތު އިތުރުކުރުމަށް އެދި ކޯޓަށް ހުށަހަޅައިފިނަމަ، މުއްދަތު އިތުރުކޮށްދޭ ކަން ނުވަތަ ނޫންކަން އަދި އިތުރުކޮށްދޭ މުއްދަތު އެގޮތަށް ހަސްމު އެދޭ ދުވަހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ކޯޓުން ކަނޑައަޅައި އެގޮތަށް އެދި ހުށަހެޅި ހަސްމަށާއި މައްސަލައިގެ އަނެއް ހަސްމަށް އެކަން ލިޔުމުން އަންގަންވާނެއެވެ.

 

ހަތްވަނަ ބައި

އައިރުހާޒިރުގައި ކުރާ ހުކުމް

 

73 ވަނަ މާއްދާ - އައިރުހާޒިރުގައި ހުކުމްކުރުން

ދައުވާލިބޭ ފަރާތުން ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ 100 ވަނަ މާއްދާގެ ދަށުން، ދައުވާއާއި، ދައުވާއާ ގުޅޭ އެހެނިހެން ލިޔެކިޔުންތަކާ ހަވާލުވުމަށްފަހު، މި ގާނޫނުގެ 103 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ 14 (ސާދަ) ދުވަހުގެ މުއްދަތުގައި ދައުވާއަށް އެއްބަސްވެފައި ނުވާނަމަ، އަދި ދައުވާއަށް ދިފާއެއް ހުށަހަޅައިފައިނުވާނަމަ، ދައުވާލިބޭ ފަރާތާ ދެކޮޅަށް މައްސަލަ ނިންމައި، އެ ގާނޫނުގެ ދިހަވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އައިރުހާޒިރުގައި ހުކުމެއް ކޮށްދިނުމަށް ދައުވާކުރާ ފަރާތަށް އެދެވިދާނެއެވެ.

 

74 ވަނަ މާއްދާ - ދިފާއު ހުށަހެޅުމަށް ދީފައިވާ މުއްދަތު އިތުރުކުރުން

(ހ) ދައުވާލިބޭ ފަރާތުން ދައުވާއަށް ދިފާއެއް ހުށަހެޅުމަށް ލިބިފައިވާ 14 (ސާދަ) ދުވަހުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހުށަހަޅައި، އެ ހުއްދަ ކޯޓުން ދީފައިވާނަމަ، އައިރުހާޒިރުގައި ހުކުމްކޮށްދިނުމަށް ދައުވާކުރާ ފަރާތުން ކޯޓަށް ހުށަހެޅޭނީ އެގޮތުން އިތުރުކުރެވުނު މުއްދަތު ހަމަވިއިރު ދައުވާގެ ދިފާއު ހުށަހަޅައިފައި ނުވާނަމައެވެ.

(ށ) ލިޔުން ބަދަލުކުރުމުގެ މަރުހަލާގައި އެއްވެސް ހަސްމަކު ހުށަހަޅަންޖެހޭ ލިޔުން ހުށަހަޅަންޖެހޭ މުއްދަތުގައި، ލިޔުން ކޯޓަށް ހުށަނާޅައި، މުއްދަތަށް އަމަލުކުރުމުގެ ވާޖިބާ ހިލާފުވެއްޖެނަމަ، ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ ދިހަވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، މި ގަވާއިދުގެ 74 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފޯމުން އައިރުހާޒިރުގައި އެ މައްސަލައިގައި ހުކުމް ކޮށްދިނުމަށް އެދި ކޯޓަށް ހުށަހެޅުމުގެ ހައްގު، ކޯޓުގެ އެންގުމާ ހިލާފުނުވާ ހަސްމަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގައިވާ ގޮތުގެ މަތީން އައިރުހާޒިރުގައި މައްސަލަ ނިންމަންވާނީ، ހުށަހެޅިފައިވާ ލިޔުންތަކުގެ މައްޗަށް ބަލައި އަދި އެ މައްސަލައެއްގައި ހާޒިރުވާ ފަރާތެއްގެ ވާހަކަ އަޑުއެހުމަށް ފަހުގައެވެ.

 

75 ވަނަ މާއްދާ - އައިރުހާޒިރުގައި ހުކުމް ކޮށްދިނުމަށް ހުށަހެޅުން

(ހ) ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ 117 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބާވަތްތަކުގެ ދައުވާތަކާ ގުޅިގެން ގައިރު ހާޒިރުގައި ހުކުމް ކޮށްދިނުމަށް ދައުވާކުރާ ފަރާތުން ހުށަހަޅާނަމަ، އެ ހުށަހެޅުމެއް 
ހުށަހަޅާނީ، މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 26 އިންނެވެ.

(ށ) ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ 117 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ބާވަތްތަކުގެ ދައުވާތަކާއި، ދައުވާކުރާ ފަރާތަކީ ކުޑަކުއްޖެއް ނުވަތަ ރައްކައުތެރިކަން ލިބިދީ ފައިވާ ފަރާތެއް ކަމުގައި ވާނަމަ،ނުވަތަ ދައުވާ ފޯމާ ހަވާލުވިކަން އަންގައިދޭ ލިޔުން ހުށަހަޅައިފައި ނުވުމުގެ ސަބަބުން ދައުވާކުރާ ފަރާތުން އެ ފަރާތަކާ ދެކޮޅަށް އައިރުހާޒިރުގައި ހުކުމް ކުރުމަށް އެދޭ ދައުވާލިބޭ ފަރާތަކީ ދިވެހިރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތެއްނަމަ، އައިރުހާޒިރުގައި ހުކުމްކޮށް ދިނުމަށް ހުށަހަޅާނީ، މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 31 އިންނެވެ.

 

76 ވަނަ މާއްދާ - އަމުރު ރައްދުނުވުން

(ހ) ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ 409 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި އައިރުހާޒިރުގައި ހުކުމްކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ. އަދި އެފަދަ މައްސަލަތަކުގައި އައިރުހާޒިރުގައި ހުކުމްކުރާނީ، ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ 409 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއަތާ އެއްގޮތަށެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން އައިރުހާޒިރުގައި މައްސަލަ ނިންމަންވާނީ، ހުށަހެޅިފައިވާ ލިޔުންތަކުގެ މައްޗަށް ބަލައި އަދި އެ މައްސަލައެއްގައި ހާޒިރުވާ ފަރާތެއްގެ ވާހަކަ އަޑުއެހުމަށް ފަހުގައެވެ.

 

77 ވަނަ މާއްދާ - އައިރުހާޒިރުގައި ކުރާ ހުކުމް ބާތިލު ކުރުމާއި ބަދަލުކުރުން

އައިރުހާޒިރުގައި ކުރާ ހުކުމް ބާތިލުކުރަން ނުވަތަ ބަދަލުކުރުމަށް ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ 124 ވަނަ މާއްދާގެ ދަށުން ހުށަހަޅާނަމަ، އެގޮތަށް ހުށަހަޅާނީ، މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 27 އިންނެވެ. މިގޮތަށް ބެލެވ މައްސަލަތައް ބަލާނީ، އައު ގަޒިއްޔާ ނަންބަރެއް ދީގެންނެވެ. އަދި އައު ގަޒިއްޔާގައި މުރާޖައާކުރެވުނު މައްސަލައިގެ ގަޒިއްޔާ ނަންބަރަށް ހަވާލާދޭންވާނެއެވެ.

 

އަށްވަނަ ބައި

ށަރީއަތުގެ އަޑުއެހުމެއް ނުބާއްވައި މައްސަލަ ނިންމުން

 

78 ވަނަ މާއްދާ - ށަރީއަތް ނުހިންގައި މައްސަލަ ނިންމުން

އެ މައްސަލައަކީ ކޮންމެ ބާވަތެއްގެ މަދަނީ މައްސަލައެއް ނަމަވެސް، ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ 164 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ށަރީއަތް ނުހިންގައި ދައުވާކުރާ ފަރާތާ ދެކޮޅަށް ނުވަތަ ދައުވާލިބޭ ފަރާތާ ދެކޮޅަށް މައްސަލައެއް ނިންމުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.

 

79 ވަނަ މާއްދާ - ށަރީއަތް ނުހިންގައި މައްސަލަ ނިންމައި ދިނުމަށް އެދުން

ށަރީއަތް ނުހިންގައި، ކޯޓުން މައްސަލައެއް ނިންމާނީ، ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ 165 ވަނަ މާއްދާއާއި، 166 ވަނަ މާއްދާއާއި، 167 ވަނަ މާއްދާގައިވާ ގޮތުގެ މަތީންނެވެ. މައްސަލައިގެ އަޑުއެހުމެއް ނެތި މައްސަލަ ނިންމައިދިނުމަށް އެދި ހަސްމަކު ހުށަހަޅާނަމަ ހުށަހަޅަންވާނީ، މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 5 އިންނެވެ.

 

ނުވަވަނަ ބައި

އިހްތިލާފެއްނުވާ ބާވަތުގެ މައްސަލަ ތަކުގައި ދައުވާއަށް ރައްދު ދިނުން

 

80 ވަނަ މާއްދާ - މައްސަލައިގެ ލިޔެކިޔުން ރައްދުކުރުން

ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ ފަނަރަ ވަނަ ބާބުގައި ބަޔާންކޮށްފައިވާ އިހްތިލާފެއްނުވާ ބާވަތުގެ މައްސަލަތަކުގެ ފޯމާއި ލިޔުންތައް ކޯޓަށް ލިބުމުން، އެ ފޯމާއި ލިޔުންތައް ދައުވާ ރައްދުވާ ފަރާތް ނުވަތަ ފަރާތްތަކަށް ކޯޓުން ރައްދުކުރަންވާނެއެވެ. އެ ލިޔުންތަކާއެކު "އިހްތިލާފެއްނުވާ ބާވަތުގެ ދައުވާ ފޯމާ ހަވާލުވިކަން އަންގާ ލިޔުން" ދައުވާ ފޯމާއެކު ނުވަތަ މައްސަލަ ހުށަހަޅާ ފޯމާއެކު ދައުވާލިބޭ ފަރާތަށް ނުވަތަ ފަރާތްތަކަށް ކޯޓުން ހަވާލުކުރަންވާނެއެވެ. "އިހްތިލާފެއްނުވާ ބާވަތުގެ ދައުވާ ފޯމާ ހަވާލުވިކަން އަންގާ ލިޔުން" އޮންނަންވާނީ، މި ގަވާއިދުގެ ޖަދުވަލު ގައިވާ ފޯމު 28 ގައިވާ 
ނަމޫނާއާ އެއްގޮތަށެވެ.

 

81 ވަނަ މާއްދާ - އިހްތިލާފެއްނުވާ ބާވަތުގެ ދައުވާ ފޯމާ ހަވާލުވިކަން އަންގާ ލިޔުން ހުށަހެޅުން

(ހ) ދައުވާލިބޭ ފަރާތަށް ދައުވާގެ ލިޔުންތައް ލިބުމުން، "އިހްތިލާފެއް ނުވާ ބާވަތުގެ ދައުވާ ފޯމާ ހަވާލުވިކަން އަންގާ ލިޔުން" 14 (ސާދަ) ދުވަހުގެ ތެރޭގައި އެ ފަރާތުން ކޯޓަށް ހުށަހަޅަންވާނެއެވެ. އެ ލިޔުމުގައި، ދައުވާލިބޭ ފަރާތުން ދައުވާއަށް އިންކާރުކުރާނަމަ އެ ކަމާއި، ދައުވާ ފޯމުގައި ބަޔާންކޮށްފައިވާ ފަރުވާ ނޫން އެހެންފަރުވާއެއް ހޯދުމަށް އެދޭނަމަ، އެ ފަރުވާއަކ ކޮބައިކަން ވެސް ބަޔާންކުރަންވާނެއެވެ.

(ށ) ދައުވާލިބޭ ފަރާތުން ކިތާބީ ހެކި ހުށަހަޅަން އެދޭނަމަ، "އިހްތިލާފެއްނުވާ ބާވަތުގެ ދައުވާ ފޯމާ ހަވާލުވިކަން އަންގާ ލިޔުން" އެ ފަރާތުން ހުށަހަޅާއިރު، ކިތާބީ ހެކި ވެސް ހުށަހަޅަންވާނެއެވެ. އަދި ދައުވާލިބޭ ފަރާތުން އެއްވެސް ށަފަހީ ހެއްކެއް ހުށަހަޅަން ބޭނުންވާނަމަ، ދައުވާ ފޯމާ ހަވާލުވިކަން އަންގާ ލިޔުން ހުށަހަޅާއިރު، އެކަން ވެސް ބަޔާންކުރަންވާނެއެވެ.

(ނ) ތަރިކަ މުދަލާ ގުޅިގެން ދައުވާލިބޭ ފަރާތްތަކުން ހުށަހަޅާ "އިހްތިލާފެއްނުވާ ބާވަތުގެ ދައުވާ ފޯމާ ހަވާލުވިކަން އަންގާ ލިޔުން" ގައި އެ ވާރިސެއްގެ މަސްލަހަތު އޮތް މިންވަރާއި، އެ މުދަލުގެ މައްޗަށް ދައުވާލިބޭ ފަރާތެއްގެ މަސްލަހަތު އޮތް މިންވަރާމެދު ދެބަސްވާނަމަ، އެ ކަމަކާއި، އެ ކަމުގެ ސަބަބުތައް ބަޔާންކުރަންވާނެއެވެ. އަދި ތަރިކަ މުދަލުގެ މައްޗަށް ދައުވާއެއް އޮތްނަމަ، އެކަން ވެސް ބަޔާންކުރަންވާނެއެވެ.

(ރ) ހިބައިން ނުވަތަ ވަސިއްޔަތުން ދޭ މައްސަލައެއްގައި ދެނީ ކޮން އެއްޗެއްކަމާއި، ލިބެނ ކޮންބަޔަކަށް ކަމާއި، އަދި އެ ދިނުމުގައި ނުހިމެނޭ އިއުތިރާޒުކުރުމުގެ ހައްގު ލިބޭ މީހުންނަކީ ކޮބައިކަން ބަޔާންކުރަންވާނެއެވެ.

 

ދިހަވަނަ ބައި

އިހްތިލާފު އޮންނަ ބާވަތުގެ މައްސަލަތަކުގެ ށަރީއަތުގެ މަރުހަލާ

 

82 ވަނަ މާއްދާ - ށަރީއަތުގެ މަރުހަލާއަށް ފޮނުވާ މައްސަލަތައް

ކޯޓަށް ހުށަހެޅޭ އިހްތިލާފު އޮންނަ ބާވަތުގެ މައްސަލަތަކުގެ ތެރެއިން، ށަރީއަތުގެ މަރުހަލާއަށް ގެންދަންވާނީ، އަންނަނިވި މައްސަލަތަކެވެ.

(ހ) ދައުވާލިބޭ ފަރާތުން ދައުވާކުރާ ފަރާތުގެ މުޅި ދައުވާއަށް އެއްބަސްވެ ހުށަހަޅައިފައިވާ ފޯމުގައި ބަޔާންކޮށްފައިވާ ކަންކަމުން ދައުވާއަށް މުތުލަގުގޮތެއްގައި އެއްބަސްވެފައިވާކަން ކަށަވަރުނުކުރެވ މައްސަލަތައް.

(ށ) ދައުވާލިބޭ ފަރާތުން ދައުވާގެ ބަޔަކަށް އެއްބަސްވެފައިވާ މައްސަލަތަކުގައި، އެ ދައުވާގައި އެއްބަސްނުވާ ބަޔާމެދު ގޮތެއް ކަނޑައަޅަންޖެހޭ މައްސަލަތައް.

(ނ) ދައުވާލިބޭ ފަރާތުން ދައުވާއަށް އިންކާރުކޮށް ދިފާއު ހުށަހަޅައިފައިވާ މައްސަލަތައް.

(ރ) އައިރުހާޒިރުގައި ކޮށްފައިވާ ހުކުމް ބަދަލުކުރުމަށް ނުވަތަ ބާތިލުކުރުމަށް ހުށަހަޅާ މައްސަލަތައް.

(ބ) ދައުވާލިބޭ ފަރާތުން ދައުވާއަށް އެއްބަސްވެފައިވާ މައްސަލަތަކުގެ ތެރެއިން، ށަރީއަތް ނުހިންގައި ހުކުމްކުރުމަށް އެދިފައިނުވާ މައްސަލަތަކުގެ ތެރެއިން، ށަރީއަތް ނުހިންގައި ހުކުމްކުރުމަށް ހުރަސްއެޅ ސަބަބެއް އޮތްކަމަށް މައްސަލަ ބަލާ ފަނޑިޔާރަށް ގަބޫލުކުރެވ މައްސަލަތައް.

 

83 ވަނަ މާއްދާ - ށަރީއަތަށް ފޮނުވ މައްސަލަތައް ބެހިގެންވާ ބައިތައް

(ހ) ށަރީއަތަށް ފޮނުވާ މައްސަލަތަކުގެ ށަރީއަތް ހިންގާނީ، އަންނަނިވި 3 (ތިނެއް) ޓްރެކުންކުރެ ޓްރެކަކުންނެވެ.

  1. ކުދި މައްސަލަތަކުގެ ޓްރެކް؛
  2. އަވަސްނިޔާގެ މައްސަލަތަކުގެ ޓްރެކް؛
  3. ބޮޑެތި މައްސަލަތަކުގެ ޓްރެކް.

(ށ) ށަރީއަތަށް ފޮނުވ މައްސަލައެއްގެ ށަރީއަތް ހިންގާނެ ޓްރެކް ކަނޑައަޅާނީ، ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ ސޯޅަ ވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކޯޓުންނެވެ.

(ނ) މައްސަލަ ބަލާނޭ ޓްރެކް ކަނޑައެޅުމުން، އެކަން އަންގައި، މައްސަލައިގެ ހަސްމުންނަށް ޓްރެކް ކަނޑައެޅުމުގެ ނޯޓިސް، ކޯޓުން ދޭންވާނެއެވެ. މި ނޯޓިސް އޮންނަންވާނީ، މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 30 ގައިވާ ނަމޫނާއާ އެއްގޮތަށެވެ.

 

އެގާރަވަނަ ބައި

އިހްތިލާފު އޮންނަ މައްސަލަތަކުގެ އިބްތިދާއީ އަޑުއެހުން

 

84 ވަނަ މާއްދާ - އިބްތިދާއީ އަޑުއެހުން

ށަރީއަތް ހިންގުމަށް ކަނޑައެޅ ކޮންމެ މައްސަލައެއްގެ އިބްތިދާއީ އަޑުއެހުމެއް ނުވަތަ އަޑުއެހުންތަކެއް ބާއްވަންވާނެއެވެ. އިބްތިދާއީ އަޑުއެހުންތައް ކުރިޔަށް ގެންދާނީ ގާޒީ އެވެ.

 

85 ވަނަ މާއްދާ - އިބްތިދާއީ އަޑުއެހުމުގައި ކުރަންޖެހޭ ކަންކަން

(ހ) އިބްތިދާއީ އަޑުއެހުމުގައި، އަންނަނިވި ކަންތައްތައް ގާޒީ ކުރަންވާނެއެވެ.

  1. ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ 185 ވަނަ މާއްދާގެ (ށ) ގައިވާ ކަންކަން ސާފުކޮށް އެ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ކަނޑައެޅުން؛
  2. މައްސަލަ ކުރިޔަށްދާނެ ގޮތުގެ އިރުށާދު ދިނުން؛
  3. މައްސަލައިގެ އަޑުއެހުން ނިންމާނެ ތާރީހު ބަޔާންކޮށް، މައްސަލައިގެ ށަރީއަތުގެ އަޑުއެހުންތައް ބާއްވާނެ ތާވަލު އެކުލަވައިލައި އިއުލާނު ކުރުން؛ އަދި އެ ތާވަލު، ލިޔުމުން ހަސްމުންނާ ހަވާލުކުރުން.

(ށ) މައްސަލައިގެ ވަކީލުންނާއި ހަސްމުން ޗުއްޓީ ނެގުމުގައި، މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ތާވަލަށް ރިއާޔަތް ކުރަންވާނެއެވެ.

 

86 ވަނަ މާއްދާ - ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރަން އެދި ހުށަހެޅުން

(ހ) އިބްތިދާއީ ބައްދަލުވުމުގައި ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމަށް ހަސްމުން އެއްބަސްވެއްޖެނަމަ، ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ 186 ވަނަ މާއްދާގެ (ނ) ގައިވާ ގޮތަށް އެ ފުރުސަތު އެ ފަރާތްތަކަށް ދީފައިވާކަމުގެ ނޯޓިސް ހަސްމުންނަށް ދޭންވާނެއެވެ. މި ގާނޫނުގެ 186 ވަނަ މާއްދާގެ (ނ) ގެ ދަށުން ކޯޓުން ދޭންޖެހޭނޯޓިހާއި އެ މާއްދާގެ ދަށުން ކޯޓުން ނެރެންޖެހޭ އަމުރު އޮންނަންވާނީ، އެއް ލިޔުމެއްގައި، މި ގަވާއިދުގެ ޖަދުވަލުގައިވާފޯމު 29 ގައިވާ ނަމޫނާއާ އެއްގޮތަށެވެ.

(ށ) މައްސަލަ ކޯޓުން ބޭރުގައި ހައްލު ކުރަން ބޭނުންވާނަމަ އަމަލުކުރާނީ، ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ 186 މާއްދާގައިވާ ގޮތަށެވެ.

(ނ) ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމުގެ ފުރުސަތު ނުދިނުމަށް ކޯޓުން ނިންމައިފިނަމަ، އެކަމުގެ ނޯޓިސް، މައްސަލައިގެ ހަސްމުންނަށް ދޭންވާނެއެވެ. މި ނޯޓިސް އޮންނަންވާނީ، މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 30 ގައިވާ ނަމޫނާއާ އެއްގޮތަށެވެ.

 

87 ވަނަ މާއްދާ - ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރެވުނުކަން ނުވަތަ ނޫންކަން އެންގުން

(ހ) ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމަށް ފުރުސަތު ދިންކަން އެންގުމުގެ ގޮތުން ދީފައިވާ ނޯޓިހުގެ މުއްދަތު ހަމަވުމުގެ ކުރިން، އެ މައްސަލަ ހައްލުވިކަން ނުވަތަ ނޫންކަން، ދައުވާކުރާ ފަރާތުން ކޯޓަށް އަންގަންވާނެއެވެ. މި އެންގުން އޮންނަންވާނީ، މި ގަވާއިދުގެ ޖަދުވަލުގެ ފޯމު 53 ގައިވާ ނަމޫނާއާ އެއްގޮތަށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމު ހުށަހަޅައިފައި ނުވާނަމަ، ކޯޓުން މައްސަލަ ކުރިޔަށް ގެންދާނެ ގޮތެއް ހަސްމުންނަށް އެންގުމަށް ޓަކައި އިރުށާދު ދިނުމަށް އަޑުއެހުމެއް ބާއްވަންވާނެއެވެ.

(ނ) ދެ ހަސްމުން އެއްބަސްވާނަމަ، ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމަށް ދިން ފުރުސަތު އިތުރުކޮށްދެވިދާނެއެވެ. ނުވަތަ މުއްދަތު ކުރުކޮށްދެވިދާނެއެވެ. ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމަށް ދިން ފުރުސަތު އިތުރުކޮށްދެވޭނީ، ދެފަރާތުން އެކަމަށް އެދި ކޯޓަށް ސިޓީ ފޮނުވައިފައިވާ ނަމައެވެ. މި ގޮތަށް ފޮނުވާ ސިޓީގައި އިތުރުކޮށްދޭން އެދި ހުށަހަޅާ މުއްދަތު ބަޔާންކުރަންވާނެއެވެ.

 

88 ވަނަ މާއްދާ - ކޯޓު މަރުހަލާގައި މައްސަލަ ހައްލުކުރަން އެދި ހުށަހެޅުން

ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމުގެ ބަދަލުގައި، ކޯޓު މަރުހަލާގައި މައްސަލަ ހައްލުކުރުމުގެ ފުރުސަތަކަށް، މައްސަލައިގެ ހަސްމުންނަށް، އިބްތިދާއީ އަޑުއެހުމުގައިއެދެވިދާނެއެވެ.

 

89 ވަނަ މާއްދާ - ކޯޓު މަރުހަލާގައި މައްސަލަ ހައްލުކުރުމުގެ އިޖުރާއަތު

ކޯޓު މަރުހަލާގައި މައްސަލަ ހައްލުކުރުމަށް ހުށަހެޅޭ ހާލަތުގައި، އެ މައްސަލައަކީ ކޯޓުގެ މަރުހަލާގައި ހައްލުކުރަން ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ 187 ވަނަ މާއްދާގެ ދަށުން އެކަށޭނަ މައްސަލައެއް ކަމަށް ގާޒީ އަށް ގަބޫލުކުރެވިއްޖެނަމަ، އެ ގާނޫނުގެ 187 ވަނަ މާއްދާގެ (ބ) ގައިވާ ގޮތަށް ކޯޓުގެ މަރުހަލާގައި އެ ފުރުސަތު އެ ފަރާތްތަކަށް ދެވިއްޖެކަމުގެ ނޯޓިސް ހަސްމުންނަށް ދޭންވާނެއެވެ. އެ ގާނޫނުގެ 187ވަނަ މާއްދާގެ (ބ) ގެ ދަށުން ކޯޓުން ދޭންޖެހޭނޯޓިހާއި އެ މާއްދާގެ ދަށުން ކޯޓުން ނެރެންޖެހޭ އަމުރު އޮންނަންވާނީ، އެއް ލިޔުމެއްގައި، މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 29 ގައިވާ ނަމޫނާއާ އެއްގޮތަށެވެ.

 

90 ވަނަ މާއްދާ - ކޯޓު މަރުހަލާގައި މައްސަލަ ހައްލުކުރުމުގެ މަރުހަލާ

ކޯޓު މަރުހަލާގައި މައްސަލަ ހައްލުކުރަން، މައްސަލަ ބަލާ ގާޒީ ނިންމައިފިނަމަ އަމަލުކުރާނީ، އަންނަނިވި ގޮތަށެވެ.

(ހ) ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ އަށާރަ ވަނަ ބާބުގައިވާ ގޮތަށް މައްސަލަ ހައްލުކުރުމުގެ އިޖުރާއަތު ކުރިޔަށް ގެންދިއުން.

(ށ) މައްސަލަ ހައްލުކުރުމުގެ މަރުހަލާގައި ހަސްމުންގެ މެދުގައި އޮތް ހުސޫމާތު އެއްކޮށް ހައްލުވެއްޖެނަމަ، ލިޔުމުން ވެވޭ ސުލްހައިގެ އެއްބަސްވުމެއްގައި ހަސްމުން ސޮއިކުރަންވާނެއެވެ. ސުލްހައިގެ އެއްބަސްވުމުގައި ސޮއިކުރެވުމާއެކު، އެ މައްސަލަ އެއްކޮށް ނިމުނީއެވެ. އެއަށްފަހު އެ މައްސަލަ ދެން ކޯޓަކަށް ހުށައެއް ނޭޅޭނެއެވެ. މިފަދަ ހާލަތުގައި އެއ ހައްލުވެފައިވާ މައްސަލައެއްގެ ގޮތުގައި އެ ގަޒިއްޔާ ނިންމަންވާނީެއެވެ.

(ނ) މައްސަލައިގެ އެއްވެސް ބައެއް ހައްލުނުވެއްޖެނަމަ، ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ ދަށުން ޓްރެކް ކަނޑައެޅުމަށް ޓަކައި ލަސްނުކޮށް އެ މައްސަލަ ށަރީއަތަށް ފޮނުވަންވާނެއެވެ.

(ރ) މައްސަލައިގެ ބައެއް ހައްލުވާ ހާލަތުގައި އެ ހައްލުވި ބަޔާމެދު ހަސްމުންގެ މެދުގައިވާ ސުލްހައިގެ އެއްބަސްވުމުގައި ސޮއިކުރެވުމާއެކު، މައްސަލައިގެ އެ ބަޔާމެދު ގޮތެއް ކަނޑައެޅި ނިމުނީއެވެ. އެއަށްފަހު އެ ބައިގެ މައްސަލަ ދެން ކޯޓަކަށް ހުށައެއް ނޭޅޭނެއެވެ.

(ބ) މައްސަލައިގައި ހައްލުނުވި ބަޔާމެދު ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ ދަށުން ޓްރެކް ކަނޑައެޅުމަށް ޓަކައި ލަސްނުކޮށް އެ މައްސަލަ ށަރީއަތަށް ފޮނުވަންވާނެއެވެ.

(ޅ) މައްސަލަ ހައްލުކުރުމަށް ކަނޑައަޅައިފައިވާ މުއްދަތުގައި މައްސަލަ ހައްލުނުކުރެވިއްޖެނަމަ، ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ ދަށުން ޓްރެކް ކަނޑައެޅުމަށް ޓަކައި ލަސްނުކޮށް އެ މައްސަލަ ށަރީއަތަށް ފޮނުވަންވާނެއެވެ.

 

91 ވަނަ މާއްދާ - ޓްރެކް ކަނޑައެޅުން

(ހ) މައްސަލަ ހައްލުކުރަން ބޭނުން ނުވާކަމަށް އިބްތިދާއީ އަޑުއެހުމެއްގައި ހަސްމުން ބުނެފިނަމަ، ނުވަތަ ކޯޓުން ބޭރުގައި ނުވަތަ ކޯޓުގެ މަރުހަލާގައި މައްސަލަ ހައްލުނުވެއްޖެނަމަ، ނުވަތަ އެ މައްސަލައަކީ ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ 187 ވަނަ މާއްދާގެ ދަށުން ހައްލެއް ހޯދުމަށް އެކަށޭނަ މައްސަލައެއް ނޫންކަމަށް ގާޒީ އަށް ގަބޫލުކުރެވިއްޖެނަމަ، އެ މައްސަލައެއް ބަލާނޭ ޓްރެކް ކަނޑައެޅުމަށް ޓަކައި، އިބްތިދާއީ އަޑުއެހުމެއް ބާއްވައި، މައްސަލައިގައި ހިމެނޭ ހަސްމުންނާ ގާޒީ މަށްވަރާ ކުރަންވާނެއެވެ.

(ށ) ކޯޓު މަރުހަލާގައި މައްސަލަ ހައްލުކުރުމުގެ ފުރުސަތު ނުދިނުމަށް ކޯޓުން ނިންމައިފިނަމަ، މައްސަލައިގެ ހަސްމުންނަށް އެކަމުގެ ނޯޓިސް ދޭންވާނެއެވެ. އެ ނޯޓިސް އޮންނަންވާނީ، މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 30 ގައިވާ ނަމޫނާއާ އެއްގޮތަށެވެ.

(ނ) ޓްރެކް ކަނޑައެޅުމާ ބެހޭ ގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ހާލަތުގައި ޓްރެކް ކަނޑައެޅުމަށް ޓަކައި މައުލޫމާތު ސާފުކުރާ ފޯމެއް ފުރިހަމަކޮށް ކޯޓަށް ހުށަހެޅުމަށް އެންގުމުގެ އިހްތިޔާރު ގާޒީ އަށް ލިބިގެންވެއެވެ. އެ ފޯމު އޮންނާނީ، މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 47 ގައިވާ ނަމޫނާއާ އެއްގޮތަށެވެ.

 

92 ވަނަ މާއްދާ - ށަރީއަތުގެ ބޭރުން ބޭއްވު ބައްދަލުވުންތައް

(ހ) އިބްތިދާއީ އަޑުއެހުންތަކާއި، ހަސްމުންނަށް އިރުށާދު ދިނުމަށް ބާއްވާ އަޑުއެހުންތަކާއި، މައްސަލަ ތަރުތީބު ކުރުމަށް ބާއްވާ އަޑުއެހުންތައް ބާއްވާނީ، ނުރަސްމީ ސިފައެއްގައި ށަރީއަތުގެ މަޖިލީހުން ބޭރުގައެވެ. ނަމަވެސް މިއިން ކޮންމެ އަޑުއެހުމެއްގައި ކަން ހިނގިގޮތް ރިކޯޑު ށީޓުގައި ލިޔެ ބަލަހައްޓަންވާނެއެވެ.

(ށ) ކޯޓުގެ މަރުހަލާގައި މައްސަލަ ހައްލުކުރުމަށް ބާއްވާ އަޑުއެހުންތައް ބާއްވާނީ، ނުރަސްމީ ސިފައެއްގައި ށަރީއަތުގެ މަޖިލީހުން ބޭރުގައެވެ. ނަމަވެސް މިއިން ކޮންމެ އަޑުއެހުމެއްގައި، ކަން ހިނގިގޮތް، ރިކޯޑު ށީޓުގައި ލިޔެ 
ބަލަހައްޓަންވާނެއެވެ.

 

ބާރަވަނަ ބައި

އިހްތިލާފު އޮންނަ މައްސަލަތަކުގެ ށަރީއަތުގެ އަޑުއެހުންތައް

 

93 ވަނަ މާއްދާ - ށަރީއަތްކުރެވޭ ބަަސް

(ހ) ސިވިލް ކޯޓުގައި ހިންގާ ށަރީއަތްތައް ކުރާނީ، ދިވެހިބަހުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެ ގޮތަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ބިދޭސީ ބަސްބަހުން ހުންނަ ބަޔާންތަކާއި ލިޔެކިޔުން ބަލައިގަތުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ. މިގޮތަށް ބިދޭސީ ބަސްބަހުން ހުންނަ ބަޔާންތަކާއި ލިޔެކިޔުމުގެ ދިވެހި ތަރުޖަމާ ކޯޓަށް ހުށަހެޅުމަށް ކޯޓުން އަންގައިފިނަމަ، އެ ލިޔުމެއްގެ ދިވެހި ތަރުޖަމާ ކޯޓަށް ހުށަހަޅަންވާނެއެވެ.

(ނ) ދިވެހިބަސް ނޭނގޭ ހަސްމުންނާއި، އަޑުއިވުމާއި ވާހަކަދެއްކުމުން މަހްރޫމްވެފައިވާ ހަސްމުން ތަރުޖަމާނަކު ހޯދުމަކީ، އެ ހަސްމަކު އަމިއްލައަށް ކުރަންޖެހޭ ކަމެކެވެ.

(ރ) ދިވެހިބަހުން ވާހަކަދައްކަން ނޭނގޭ މީހުންނާއި، އަޑުއިވުމާއި ވާހަކަދެއްކުމުން މަހްރޫމްވެފައިވާ މީހުންގެ ހެކިބަސް ށަރީއަތުގެ މަޖިލީހުގައި ނެގުމަށް ހަސްމަކު ހުށަހަޅައިފައިވާނަމަ، ތަރުޖަމާކުރުމުގެ އިންތިޒާމު ހަމަޖައްސާނީ، އެ ހެއްކަކު ހުށަހެޅި ފަރާތުންނެވެ.

(ބ) މި މާއްދާގެ (ހ) ގައި އެގޮތަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ބިދޭސީ ބަހަކުން ކޯޓު އަމުރެއް ނެރުމަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.

 

ތޭރަވަނަ ބައި

އިހްތިލާފެ އްނުވާ ބާވަތުގެ މައްސަލަތަކުގެ އަޑުއެހުމާއި ށަރީއަތް

 

94 ވަނަ މާއްދާ - އިހްތިލާފެއްނުވާ މައްސަލަތަކުގެ އިރުށާދު ދިނުމުގެ އަޑުއެހުން

ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ ފަނަރަ ވަނަ ބާބުގައި ބަޔާންކޮށްފައިވާ އިހްތިލާފެއްނުވާ ބާވަތުގެ މައްސަލަތަކުގައި ދައުވާކުރާ ފަރާތުން ހުށަހަޅައިފައިވާ ދައުވާގެ ލިޔުންތަކާއި، އޭގެ ރައްދުގައި ދައުވާލިބޭފަރާތްތަކުން ހުށަހަޅައިފައިވާ "އިހްތިލާފެއްނުވާ މައްސަލަތަކުގައި ދައުވާ ފޯމާ ހަވާލުވިކަން އަންގާ ލިޔުން" ކޯޓަށް ލިބުމުން، މައްސަލަ ކުރިޔަށްގެންދާނެ ގޮތާ ބެހޭ ގޮތުން ކޯޓުން ހަސްމުންނަށް އިރުށާދު ދިނުމަށް ޓަކައި އަޑުއެހުމެއް ބާއްވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިރުށާދު ދިނުމުގެ އަޑުއެހުމުގައި، މައްސަލަ ކުރިޔަށް ގެންދާނެ ގޮތާބެހޭ ގޮތުން ހަސްމުންނާ މަށްވަރާކުރުމަށްފަހު، މައްސަލައިގެ އަޑުއެހުންތައް ބާއްވާނެ ތާވަލެއް އެކުލަވައިލައި، އެ ތާވަލު ހަސްމުންނަށް ދޭންވާނެއެވެ. މީގެ އިތުރުން، އަޑުއެހުމުގައި އަންނަނިވި ކަންކަން ކުރެވިދާނެއެވެ.

  1. ވަކިކަމަކަށް ކިތާބީ ހެކި ބޭނުންވާނަމަ، އެ ކަމެއް ބަޔާންކުރުން؛
  2. ށަފަހީ ހެކި ހުށަހަޅަން އެދޭނަމަ، އެކަމަށް ފުރުސަތު ދޭކަން ނުވަތަ ނޫންކަން ބަޔާންކުރުން؛
  3. ތަރިކައާއި، ހިބައާއި، ވަސިއްޔަތުގެ މައްސަލަތަކުގައި އިއުތިރާޒުކުރުމުގެ ހައްގު ލިބިގެންވާ ފަރާތަކުން، އެ ފަރާތުގެ ބަޔާން، އަދިވާރިސުންނަށް އެ ފަރާތްތަކުގެ ބަޔާން ނޮޓޮރައިޒް ކޮށްފައިވާ ބަޔާނަކުން ހުށަހަޅަން ބޭނުންވާނަމަ، އެފަދައިން ހުށަހެޅުމަށް ފުރުސަތު އޮތްކަން ވެސް ބަޔާން ކުރުން؛
  4. މައްސަލައިގައި އަޅައިފައިވާ އަދި އަޅަންޖެހޭ އިދާރީ ފިޔަވަޅުތަކަށް ހޭދަވާނެ މުއްދަތަކީ ކޮބައިކަން ބަޔާންކޮށްދީ، އެ ފިޔަވަޅުތައް އަޅަންޖެހޭ ގާނޫނުތަކާއި، ފިޔަވަޅުތަކުގެ ތަފުސީލު ބަޔާންކުރުން؛
  5. އިހްތިލާފެއްނުވާ ބާވަތުގެ މައްސަލަތަކަކީ ލިޔެކިއުންތަކުގެ މައްޗަށް ނިންމުމަށް އިސްކަންދޭ ބާވަތުގެ މައްސަލަތަކެއް ކަމުގައި ވުމުން،ށަރީއަތަކާ ނުލައި ހުކުމްކުރުމަށް އެދެވިދާނެކަން ބަޔާންކުރުން؛
  6. ށަރީއަތަށް ހެކިން ހާޒިރުކުރަން ޖެހޭނަމަ، އެކަން ކުރާނެ ތާރީހަކާ ބެހޭ ގޮތުން ގޮތެއް ކަނޑައެޅުން.

(ނ) އިރުށާދު ދިނުމުގެ އަޑުއެހުމުގައި މި މާއްދާގެ (ށ) ގެ (5) ވަނަ ނަންބަރުގައިވާ ފަދައިން ހަސްމުން އެދޭނަމަ ނުވަތަ އިއުތިރާޒު ނުކުރާނަމަ، ށަރީއަތް އިތުރަށް ކުރިޔަށް ނުގެންގޮސް، ހުށަހެޅިފައިވާ މައްސަލައާމެދު ކޯޓުން ގޮތެއް ނިންމައި، މައްސަލައިގެ ހުކުމް ކުރަންވާނެއެވެ.

(ރ) އިރުށާދު ދިނުމުގެ އަޑުއެހުމުގައި ހަސްމުންނާ މަށްވަރާކުރުމަށްފަހު، އެ މައްސަލައަކީ އިހްތިލާފެއްނުވާ މައްސަލަތަކުގެ އިޖުރާއަތުގެ ދަށުން ހިންގާނެ ދައުވާއެއް ނޫންކަމަށް ކޯޓަށް ފެނިއްޖެ ހިނދެއްގައި، އެ ދައުވާއަކީ އިހްތިލާފުއޮންނަ ބާވަތުގެ އިޖުރާއަތުގެ ދަށުން ހިންގާނެ ދައުވާއެއްކަން ހަސްމުންނަށް އަންގައި، އެ ދައުވާއެއްގެ މައްސަލަ ކުރިޔަށް ގެންދާނީ އެވެ.

(ބ) އިހްތިލާފެއްނުވާ ބާވަތުގެ މައްސަލަތަކުގެ އިރުށާދު ދިނުމުގެ އަޑުއެހުމުގައި މައްސަލަ ނިންމާނެ ތާރީހެއް ކަނޑައަޅައި، ހަސްމުންނަށް ލިޔުމުން އަންގަންވާނެއެވެ.

 

95 ވަނަ މާއްދާ - ތަރިކައިގެ މައްސަލަ ކުރިޔަށް ގެންދާނެ ގޮތް

(ހ) ތަރިކައިގެ މައްސަލައެއްގައި އާމްދަނ ލިބިލިބިހުރި މުދަލެއް ނުވަތަ ވިޔަފާރިއެއް ހިމެނޭ ނަމަ، ހަސްމަކު އެދޭ ހާލަތެއްގައި، އަންނަނިވި ކަންކަމާމެދު ކޯޓުން ގޮތެއް ކަނޑައަޅަންވާނެއެވެ.

  1. ތަރިކައިގެ މައްސަލަ ކޯޓުން ނިންމުމާ ހަމަޔަށް، ތަރިކައިގައި ހިމެނޭ މުދަލުގެ ތެރެއިން އާމްދަނ ލިބިލިބިހުރި މުދަލެއް ނުވަތަ ވިޔަފާރިއެއް ހިމެނޭ ނަމަ، އެ މުދައު ނުވަތަ ވިޔަފާރި ހިންގައި ބަލަހައްޓާނ މީހަކު އެ މީހުންގެ ތެރެއިން އައްޔަނުކުރުން؛ 
  2. މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މީހާގެ މަސްއޫލިއްޔަތާއި ވާޖިބު ކަނޑައަޅައި ބަޔާންކުރުން؛
  3. ތަރިކައިގެ މައްސަލަ ކޯޓުން ނިންމުމާ ހަމަޔަށް، ތަރިކައިގައި ހުރި މުދާ ބަލަހައްޓާނ އުސޫލެއް ކަނޑައެޅުން؛
  4. ތަރިކައިގެ މައްސަލަ ކޯޓުން ނިންމުމާ ހަމަޔަށް، ތަރިކައިގެ ތެރޭގައި ހިމެނޭ މުދަލުން ލިބޭ އާމްދަނ ން އެ މުދަލެއް އިންށުއަރކޮށް ބެލެހެއްޓ ނެ އިންތިޒާމު ހަމަޖައްސާނެކަން ކަށަވަރުކުރުން؛ 
  5. ނިޔާވި މީހާގެ ދަރަނިތަކާމެދު އަމަލުކުރާނީ އުސޫލެއް ކަނޑައެޅުން؛
  6. ނިޔާވި މީހާ ށަރުއ ގޮތުން ބަލަހައްޓަންޖެހ މީހުންނާއި ދަރިންގެ ޒަރޫރ ބޭނުންތަކަށް ފައިސާ ނަގާނެ ގޮތާއި، އެކަމަށް ކުރަންޖެހޭ ހޭދައިގެ އަދަދު ކަނޑައެޅުން؛ 
  7. މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މީހާގެ މަސައްކަތަށް ފީ އެއް ނަގާނަމަ، އެގޮތުން ނަގާނޭ ފީ ގެ މިންވަރު ކަނޑައެޅުން.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓުން ކަނޑައަޅާ ކަނޑައެޅުންތައް މުރާޖައާ ކުރުމުގެ ބާރު، ކޯޓަށް ލިބިގެންވެއެވެ.

(ނ) ވާރިސުންގެ މެދުގައި އެކަމަށް އައްޔަނުކުރާނެ ފަރާތަކާމެދު އެއްބަސްނުވެވިއްޖެނަމަ، ވާރިސުންގެ ތެރެއިން މީހަކު ނުވަތަ ޕްރޮފެށަނަލް ފަރާތެއް އައްޔަނުކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.

(ރ) ތަރިކައިގެ މައްސަލަ ހުށަހެޅުމުގެ ކުރިންވެސް ތަރިކައިގައި ހުރި މުދާ ނުވަތަ ވަކި މުދަލެއް ހިންގައި ބެލެހެއްޓުމަށް ފަރާތެއް އައްޔަނުކޮށްދިނުން އެދި މައްސަލަ ހުށަހެޅުމުގެ ހައްގު ވާރިސަކަށް ނުވަތަ ވާރިސުންނަށް ލިބިގެންވެއެވެ.

(ބ) ތަރިކައިގައި ހުރި މުދާ ނުވަތަ ވަކި މުދަލެއް ހިންގައި ބެލެހެއްޓުމަށް އައްޔަނުކުރާ ފަރާތުގެ މަސްއޫލިއްޔަތު ދެމިއޮންނާނީ، ތަރިކައިގެ މައްސަލައިގައި ކޯޓުން ހުކުމްކުރަންދެން ނުވަތަ ކޯޓުން ކަނޑައަޅާ މުއްދަތަކަށެވެ.

(ޅ) ތަރިކައިގައި ހުރި މުދާ ނުވަތަ ވަކި މުދަލެއް ހިންގައި ބެލެހެއްޓުމަށް އައްޔަނުކުރާ ފަރާތުގެ މައްޗަށް އަމާނާތްތެރިކަމާއެކު މަސްއޫލިއްޔަތު އަދާކުރުމުގެ ވާޖިބު އޮންނާނީެއެވެ. އަދި މަސްއޫލިއްޔަތު އަދާކުރުމުގެ ވާޖިބާ ހިލާފުވުމުގެ ސަބަބުން 
ވާރުތަ މުދަލަށް ގެއްލުމެއް ލިބިއްޖެނަމަ، އެ ފަރާތް އެ ގެއްލުމަކަށް އަމިއްލައަށް ޒިންމާ އުފުލަންވާނެއެވެ.

(ކ) ތަރިކައިގެ މައްސަލަތައް ހިންގާއިރު، އެ ތަރިކައިން ލިބޭ މީހަކު ނުވަތަ ބަޔަކު ނިޔާވެފައިވާނަމަ، އެ މީސްމީހުންގެ ތަރިކައިގެ މައްސަލަތައް އެ ގަޒިއްޔާގެ ތެރޭގައި ބެލުމުގެ ބަދަލުގައި، އެ ތަރިކައަކުން ލިބޭ މީހުންގެ ގަޒިއްޔާތައް ނިންމައި، އެ ތަރިކައިން ލިބޭ މީހަކު ނިޔާވެފައިވާނަމަ، އެ މީހެއްގެ ނުވަތަ ބައެއްގެ ތަރިކައިގެ މައްސަލަ ވަކި ގަޒިއްޔާތަކަކުން ހުށަހެޅުމަށް އަންގާނީ އެވެ.

(އ) ފުރަތަމަ ތަރިކައިން ލިބޭ މީހުންކުރެ ނިޔާވެފައިވާ ވާރިސަށް ލިބޭ ބައި، އޭނާ ގެ ވާރިސުން ފުރަތަމަ ނިޔާވި މީހާގެ ތަރިކައިން ލިބޭ ވާރިސުންނަށް ދޫކޮށްލާ ހާލަތުގައި މި މާއްދާގެ (ކ) އަށް އަމަލުކުރާކަށެއް ނުޖެހޭނެއެވެ.

 

96 ވަނަ މާއްދާ - ވާރިސުން ސާބިތުކުރިގޮތުގެ ސެޓުފިކެޓު

ތަރިކައިގެ މައްސަލަ ނިންމުމުގެ ކުރިން ވާރިސުން ސާބިތުކުރި ގޮތުގެ ސެޓުފިކެޓެއް ހޯދުމަށް އެދި ވާރިސަކު ކޯޓަށް ހުށަހަޅައިފިނަމަ، ތަރިކައިގެ މައްސަލަ ކޯޓުން ނިންމުމުގެ ކުރިން، ވާރިސުން އެނގޭނޭ ގޮތުގެ ސެޓުފިކެޓެއް އެ ކޯޓުން ވާރިސުންނަށް ދޫކުރުމުގެ އިހްތިޔާރު،ކޯޓަށް ލިބިގެންވެއެވެ.

 

97 ވަނަ މާއްދާ - ތަރިކައިން ލިބޭ ބައި ހަދިޔާކުރުން

ތަރިކައިގެ މައްސަލަތަކުގައި އެއް ވާރިސަކު އަނެއް ވާރިސަކަށް އެ މީހެއްގެ ބައި ހަދިޔާކުރާނަމަ، އެ ގަޒިއްޔާގެ ތެރޭގައި އެކަން ކުރެވިދާނެއެވެ. އަދި މިގޮތަށް ތަރިކައިގެ ބައެއް ހަދިޔާކުރާއިރު، މުދާ ހަދިޔާކުރާ ފަރާތުގެ ދަރަންޏެއް އޮތްތޯ ބަލާކަށެއް ނުޖެހޭނެއެވެ.

 

98 ވަނަ މާއްދާ - އަމުރުތައް ނެރުމުގެ ބާރު

ތަރިކައިގެ މައްސަލަ ކޯޓުގައި ހިނގަމުންދާއިރު، ތަރިކަ މުދާ ހިމާޔަތްކުރުމަށާއި ވާރިސުންގެ ހައްގުތައް ހިމާޔަތް ކުރުމަށް ޓަކައި ނެރެންޖެހޭ އަމުރުތައް ނެރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.

 

99 ވަނަ މާއްދާ - ތަރިކައިން ލިބުނުގޮތް ބަޔާންކުރުން

ތަރިކައިގެ މައްސަލަތަކުގައި ތަރިކަ ބެހިގޮތާއި، ކޮންމެ މީހަކަށް ލިބުނު ބައި އެނގޭ ގޮތް ސާފުކޮށް މައްސަލައިގެ ނިންމުމުގައި ބަޔާންކުރަންވާނެއެވެ. އަދި ކޮންމެ މީހަކަށް ތަރިކައިން ހައްގުވާބައި، ބައިކުޅަބައިން ނުވަތަ އިންސައްތައިން ބަޔާންކުރަންވާނެއެވެ.

 

100 ވަނަ މާއްދާ - ގޯތި ނުވަތަ ތަން ބައިކުރުމުގެ މައްސަލަތައް

ގޯތި ނުވަތަ ތަން ބައިކުރުމުގެ މައްސަލަތައް ކޯޓަށް ހުށަހެޅޭނީ، އަދި ގޯތި ނުވަތަ ތަން ބައިކުރުމުގެ އިޖުރާއަތު ކޯޓުން ހިންގަންވާނީ، ތަރިކައިގެ މައްސަލަ ށަރީއަތުން ނިންމައި،އެ ގޯއްޗެއް ރަޖިސްޓަރީ ކޮށްދ މީސްމީހުންގެ ނަމުގައި އޮންނަ އިމާރާތާއި ގޯތ ގެ ރަޖިސްޓަރީ ނުވަތަ ތަނުގެ ރަޖިސްޓަރީ ހުށަހެޅުމުންނެވެ.

 

101 ވަނަ މާއްދާ - ގޯތި ނުވަތަ ތަން ބައިކުރުމުގެ މައްސަލަތަކުގައި ކޯޓުން އަމަލުކުރާނޭ ގޮތް

ގޯތި ނުވަތަ ތަން ބައިކުރުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނީ، ހުރިހާ ބެހެނިވެރިން އެއްބަސްވާ ގޮތެއް އޮތްނަމަ، އެ ގޮތަކަށެވެ. އެއްބަސްވާ ގޮތެއް ނެތްނަމަ، ށަރީއަތުން ކަނޑައަޅާ ގޮތަކަށެވެ.

 

102 ވަނަ މާއްދާ - ޗާޓު ހޯދުން

ބިމެއް ބައިކުރުމާމެދު ނުވަތަ ބިން އައްޔަނުކުރުމާމެދު ބެހެނިވެރިން ހުށަހަޅާ ގޮތްތަކާމެދު ކޯޓުން ގޮތެއް ނިންމުމުގެ ކުރިން ބިމާބެހޭ އިދާރާއިން ތައްޔާރުކޮށްފައިވާ ޗާޓު ހޯދަންވާނެއެވެ.

 

103 ވަނަ މާއްދާ - ށަފަހީ ހެކި

އިހްތިލާފެއްނުވާ ބާވަތުގެ މައްސަލަތަކުގައި ކޯޓުން އެހެން ގޮތަކަށް އަމުރުނުކުރާހައި ހިނދަކު، ށަފަހީ ހެކި ހުށަހަޅާނީ، ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ އަށާވީސް ވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތަށް ހެކިބަޔާން ހުށަހަޅައިގެންނެވެ. ހެކި ބަޔާނަކަށް އެއްވެސް ހަސްމަކު އިންކާރުކުރާނަމަ، ހެކިވެރިޔާ ކޯޓަށް ހާޒިރުކޮށްގެން ހެކިބަސް ކަށަވަރުކުރަންވާނެއެވެ.

 

104 ވަނަ މާއްދާ - ދައުވާ ފޯމާ ހަވާލުވިކަން އަންގާ ލިޔުން ހުށަހެޅުމަށް ދީފައިވާ މުއްދަތު ހަމަވުން

"އިހްތިލާފެއްނުވާ މައްސަލަތަކުގައި ދައުވާ ފޯމާ ހަވާލުވިކަން އަންގާ ލިޔުން" ހުށަހެޅުމަށް ދީފައިވާ މުއްދަތު ހަމަވުމުން، މައްސަލައިގެ އިރުށާދު ދިނުމުގެ އަޑުއެހުމެއް ބޭއްވުުމަށް ހުރިހާ ހަސްމުންނަށް އަމުރު ފޮނުވަންވާނެއެވެ.

 

105 ވަނަ މާއްދާ - އިއުތިރާޒުކުރުމުގެ ހައްގު ލިބިފައިވާ ފަރާތްތަކުގެ ބަސް ހުށަހެޅުން

(ހ) ހިބައާއި ވަސިއްޔަތާ ގުޅިގެން އިއުތިރާޒުކުރުމުގެ ހައްގު ލިބިފައިވާ ފަރާތްތަކުންނާއި، ތަރިކައިގައި ވާރިސުންނަށް ނޮޓަރައިޒް ކޮށްފައިވާ ބަޔާނަކުން ނުވަތަ ލިޔުމަކުން އެ މީހުންގެ ބަސް ހުށަހަޅަން ބޭނުންނަމަ ހުށަހެޅިދާނެއެވެ. މިގޮތަށް މައްސަލައިގެ ދައުވާލިބޭ ހުރިހާ ހަސްމުން އެ މީހުންގެ ބަސް ހުށަހަޅާ ހާލަތުގައި ށަރީއަތް ހިންގުމަކާ ނުލައި މައްސަލަ ނިންމިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ބަޔާން ހުށަނާޅާ ފަރާތްތަކުގެ ބަޔާންތައް ކޯޓަށް ހާޒިރުކޮށް ނުވަތަ ވީޑިއޯ ކޮންފަރެންސްކޮށް ނެގިދާނެއެވެ. ނަމަވެސް މައްސަލައިގެ ހުކުމްކުރުމުގެ ކުރިން އެ ފަރާތްތަކުން ދޭ ބަޔާނުގައި ސޮއިކޮށް އިނގިލީގެ ނިށާން ޖަހައިފައި އޮންނަންވާނީެއެވެ.

 

106 ވަނަ މާއްދާ - އައިރުހާޒިރުގައި ހުކުމް ނުކުރުން

(ހ) ތަރިކައާއި، ހިބައާއި، ވަސިއްޔަތާއި، ވިއްކުމާއި، މި ނޫންވެސް ގޮތަކަށް މިލްކުވެރިކަން ބަދަލުކުރުމާއި، މިލްކުވެރިކަން ސާބިތުކުރުމުގެ މައްސަލަތަކުގައި ދައުވާ ފޯމު ރައްދުނުވުމަކުން، ނުވަތަ ދައުވާ ފޯމާ ހަވާލުވިކަމުގެ ލިޔުން ހުށަނޭޅުމަކުން، ނުވަތަ ދިފާއެއް ހުށަހަޅައިފައި ނުވުމަކުން، އައިރުހާޒިރުގައި ހުކުމް ކޮށްގެން ނުވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ތަރިކައިގެ މައްސަލައިގައި ވާރިސެއްގެ ބަޔާން ނުވަތަ ބައިކުރުމުގެ މައްސަލައެއްގައި ބެހެނިވެރިއެއްގެ ބަޔާން ނެގުމަށް އެކަށީގެންވާ މަސައްކަތް ކުރުމަށްފަހު އެ މީހެއްގެ ބަޔާން ނުނެގުނުނަމަ، އެ މީހަކަށް ހައްގުވާ މިންވަރެއް ލިބިދީ މައްސަލަ ނިންމުމަށް ހުރަހެއްނެތެވެ.

(ނ) ހިބަ ނުވަތަ ވަސިއްޔަތުގެ މައްސަލައެއްގައި އިއުތިރާޒު ކުރުމުގެ ހައްގު ލިބިފައިވާ ފަރާތަކުން ބަޔާންދިނުމަށް އިންކާރުކޮށްފިނަމަ، ނުވަތަ އެކަށީގެންވާ ގޮތަކަށް ކޯޓުން މަސައްކަތްކުރުމަށްފަހު އެ މީހާގެ ބަޔާން ނުނެގުނުނަމަ، އެ މީހާގެ ބިމުގެ ތަނަވަސްކަން ހުރިގޮތެއް ކަމާބެހޭ އިދާރާތަކުން ބެލުމަށްފަހުގައި،އެ ހިބައާއި ވަސިއްޔަތުގެ މައްސަލަ ވަކިގޮތަކަށް ނިންމުމަށް މި މާއްދާ ހުރަހެއްނާޅައެވެ.

 

107 ވަނަ މާއްދާ - މުދަލާމެދު ދައުވާކުރާ ފަރާތެއް ހުރިތޯ ބެލުމަށް އިއުލާނުކުރުން

(ހ) ވިއްކުމަކުން، ދިނުމަކުން ނުވަތަ އެ ނޫންވެސް ގޮތަކަށް މިލްކުވެރިކަން ބަދަލުކުރާ މައްސަލަތަކުގައި އެ މުދަލާމެދު ދައުވާކުރާ ފަރާތެއް ހުރިތޯ ބެލުމަށް އާންމުއިއުލާނެއް ކުރަންވާނެއެވެ. މިގޮތުން ކުރާ އިއުލާނުގައި، މުދަލުގެ މައްޗަށް ދައުވާއެއް އޮތް ފަރާތަކުން އިޖާބަ ދިނުމަށް، ރަސްމީ މަސައްކަތު 7 (ހަތެއް) ދުވަސް ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައްސަލަތަކުގައި މުދަލުގެ މައްޗަށް ހައްގެއް އޮތްކަމަށް ދެކ ކޮންމެ ފަރާތަކުން، މައްސަލައިގެ ތެރެއަށް ތަދައްހުލު ވެވިދާނެއެވެ. ނަމަވެސް ތަދައްހުލުވުމަށް އެދި ހުށަހަޅާ ހުށަހެޅުމުގައި، އެ ފަރާތަށް ލިބިގެންވާ ހައްގު ސާބިތުކުރުމަށް ހެކި ހުށަހަޅަންވާނެއެވެ.

 

108 ވަނަ މާއްދާ - ދަރަންޏެއް އޮތްތޯ ބެލުން

(ހ) ވިއްކުމަކުން، ނުވަތަ ހިބައަކުން، ނުވަތަ ވަސިއްޔަތަކުން، ނުވަތަ ލާޖެއްސުމުގެ މުއާމަލާތަކުން، ނުވަތަ އެ ނޫންވެސް ގޮތަކުން، ރަޖިސްޓަރީީ ކުރެވިފައިވާ މުދަލެއްގެ މިލްކުވެރިކަން ކޯޓު މެދުވެރިވެގެން ބަދަލުކުރުމުގެ ކުރިން، މުދަލުގެ މިލްކުވެރިކަން ބަދަލުކުރަން އެދޭ ފަރާތުން ސަރުކާރަށް ނުވަތަ އަމިއްލަ ފަރާތަކަށް ދައްކަންޖެހޭ ދަރަންޏެއް އޮތްތޯ ކޯޓުން ބަލަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދަރަންޏެއް އޮތްތޯ ބަލާނީ، މިނިސްޓްރ އޮފް ފިނ ންސަށާއި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އަށާއި، ޑިޕާޓްމަންޓް އޮފް ޖުޑިށަލް އެޑްމިނިސްޓްރޭށަނަށް ލިޔެގެންނާއި، އާންމު އިއުލާނުކޮށްގެންނެވެ.

 

109 ވަނަ މާއްދާ - އިއުތިރާޒެއް ނެތްކަމުގެ ލިޔުމެއް ހޯދުން

ބިން ލާޖެއްސުމުގެ މައްސަލަތަކާއި، ރަޖިސްޓަރީ ކޮށްފައިވާ އުފުލ މުދަލެއްގެ މިލްކުވެރިކަން ބަދަލުކުރުމުގެ މައްސަލައެއް ހުށަހެޅިއްޖެނަމަ، ގާނޫނު ނަންބަރު 1968-09 (މިލްކުވެރިކަން ބަދަލުކުރުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރަޖިސްޓަރީ ދިން ފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމެއް މައްސަލައިގައި ހުކުމްކުރުމުގެ ކުރިން ކޯޓުން ހޯދަންވާނެއެވެ.

 

ސާދަވަނަ ބައި

ކޯޓު އަމުރު

 

110 ވަނަ މާއްދާ - ކޯޓު އަމުރު 

(ހ) ދައުވާއެއް ނުވަތަ މައްސަލައެއް ކޯޓަށް ހުށަހެޅުމުގެ ކުރިން ނުވަތަ ކޯޓުގައި ހިނގަމުންދާ މައްސަލައަކާ ގުޅިގެން ނުވަތަ ދައުވާއަކާ ގުޅިގެން، ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ އެކާވ ސް ވަނަ ބާބުގެ ދަށުން ކޯޓު އަމުރަކަށް އެދި ހުށަހެޅިދާނެއެވެ.

(ށ) ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ އެކާވ ސް ވަނަ ބާބުގެ ދަށުން ކޯޓު އަމުރަކަށް އެދި ހުށަހަޅާނީ، މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 31 އިން ނެވެ. އެ ފޯމާއެކު، އެ ގާނޫނުގެ 236 ވަނަ މާއްދާގެ (ށ) ގައިވާ ލިޔުންތަކާއި މައުލޫމާތު ހުށަހަޅަންވާނެއެވެ.

 

ފަނަރަވަނަ ބައި

ވަގުތީ ފަރުވާއާއި ރައްކައު ތެރިކަމުގެ އަމުރު

 

111 ވަނަ މާއްދާ - ވަގުތީ ފަރުވާއާއި ރައްކައުތެރިކަމުގެ އަމުރަށް އެދި ހުށަހެޅުން

(ހ) ކޯޓަށް ހުށަހެޅިފައިވާ ދައުވާއެއްގައި ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން ވަގުތީ ފަރުވާއެއް ހޯދައިދިނުމުގެ ގޮތުން ނުވަތަ ވަގުތީ ރައްކައުތެރިކަމެއް ހޯދައިދިނުމުގެ ގޮތުން، ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ 242 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ އަމުރެއް ހޯދުމަށް އެދި ހަސްމަކަށް ހުށަހެޅިދާނެއެވެ.

(ށ) ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގައި ނުވަތަ އެހެން ގާނޫނެއްގެއި އެހެން ގޮތެއް ކަނޑައަޅައިފައި ނުވާނަމަ، މައްސަލައެއްގެ ށަރީއަތެއް ފެށުމުގެ ކުރިން ނުވަތަ ށަރީއަތުގެ ތެރޭގައި ނުވަތަ ހުކުމް ކުރުމަށްފަހުގައި ހުކުމް ތަންފީޒުކުރުމުގެ މަރުހަލާގައި ވަގުތީ އަމުރަކަށް އެދެވިދާނެއެވެ. ށަރީއަތް ފެށުމުގެ ކުރިން ވަގުތީ އަމުރެއް ނެރެދެވޭނީ، ހުށަހެޅިފައިވާ މައްސަލައަކީ އަވަހަށް ފިޔަވަޅު އަޅަންޖެހޭ ބާވަތުގެ މައްސަލައެއް ނުވަތަ އެ މައްސަލައެއްގައި ވަގުތީ އަމުރެއް ނެރުމަކ އިންސާފު ގާއިމުކުރުމަށް ޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ކޯޓަށް ގަބޫލުކުރެވޭނަމައެވެ.

(ނ) އާންމު އުސޫލެއްގެ ގޮތުން ދައުވާކުރާ ފަރާތުން ވަގުތީ އަމުރަކަށް އެދޭނީ، ދައުވާ ފޯމު ހުށަހަޅާއިރު، އެ ފޯމާ އެކުގައެވެ. ދައުވާލިބޭ ފަރާތުން ވަގުތީ އަމުރަކަށް އެދޭނީ، ދައުވާގެ ދިފާއު ހުށަހަޅާއިރު ނުވަތަ ދައުވާ ފޯމާ ހަވާލުވިކަން އަންގާ 
ލިޔުމާއެކުގައެވެ.

(ރ) ވަގުތީ އަމުރެއް ހޯދުމަށް އެދި ހުށަހަޅާނީ، ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ 244 ވަނަ މާއްދާގައިވާ ގޮތުގެ މަތީން މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 32 އިންނެވެ.

(ބ) ވަގުތީ އަމުރަކަށް އެދޭނަމަ، އަމުރަށް އެދޭ ފޯމު ހުށަހަޅާއިރު، ކޯޓުން ނެރެދޭންވީ އަމުރުގެ އިބާރާތް އޮންނަން އެދޭ ގޮތް ބަޔާންކުރަންވާނެއެވެ.

 

112 ވަނަ މާއްދާ - މުދާ ބަލައި ފާސްކުރުމުގެ އަމުރު

ށަރީއަތް ފެށުމުގެ ކުރިން މުދާ ބަލައި ފާސްކުރުމުގެ އަމުރެއް ހޯދަން ބޭނުންވާނަމަ، އެފަދަ އަމުރެއް ހޯދުމަށް އެދޭނީ، ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ 245 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 32
އިންނެވެ.

 

113 ވަނަ މާއްދާފައިސާ ދެއްކުމުގެ ވަގުތީ  އަމުރު

ފައިސާ ދެއްކުމުގެ ވަގުތީ އަމުރެއް ހޯދަން ބޭނުންވާނަމަ، އެފަދަ އަމުރެއް ހޯދުމަށް އެދޭނީ، ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ 246 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 32 އިންނެވެ.

 

114 ވަނަ މާއްދާ - ށަރީއަތުގެ ހަރަދުތަކަށް ސެކިއުރިޓ ހޯދުމުގެ އަމުރު

ށަރީއަތުގެ ހަރަދުތަކަށް ސެކިއުރިޓ އެއް ބެހެއްޓުމަށް އަންގާ އަމުރެއް ހޯދަން ބޭނުންވާނަމަ، އެފަދަ އަމުރެއް ހޯދުމަށް އެދޭނީ، ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ 251 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 32 އިންނެވެ.

 

115 ވަނަ މާއްދާ - ހަސްމެއްގެ ގައިރު ހާޒިރު ގައި އަމުރު ނެރުން

(ހ) ވަގުތީ ފަރުވާއާއި ރައްކައުތެރިކަމުގެ އަމުރު ފަދަ އަމުރެއް، އެ އަމުރު ރައްދުވާ ހަސްމުގެ އައިރުހާޒިރުގައި ށަރީއަތުގެ ކުރިން ނުވަތަ ށަރީއަތުގެ ތެރޭގައި ނުވަތަ ހުކުމް ތަންފީޒުކުރުމުގެ މަރުހަލާގައި ނެރެދެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ވަގުތީ އަމުރެއް ހޯދަން އެދިފައިވަނީ އަނެއް ހަސްމުގެ އައިރުހާޒިރުގައި ކަމަށް ވާނަމަ، އެ އަމުރަށް އެދިފައިވާ ފޯމު، އަމުރު ރައްދުވާ ފަރާތަށް ފޮނުވައި، އަމުރު ރައްދުވާ ފަރާތުގެ ބަހެއް ހޯދާކަށެއް ނުޖެހޭނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، ހަސްމެއްގެ އައިރުހާޒިރުގައި އަމުރެއް ނެރެދޭންވާނީ، އަންނަނިވި ހާލަތްތައް މެދުވެރިވެފައިވާ ކަމަށް ގާޒީ އަށް ގަބޫލުކުރެވޭނަމައެވެ.

  1. އެ އަމުރަކ އަވަހަށް ނެރެންޖެހޭ އަމުރެއް ކަމަށްވުން؛ ނުވަތަ 
  2. ހެކި ނައްތައިލަފާނެ ކަމުގެ ބިރު އޮތުން؛ ނުވަތަ 
  3. ފައިސާއެއް ގައުމުން ބޭރަށް ނުވަތަ އެހެން ފަރާތަކަށް ތަހްވީލުކުރުމުގެ އިހްތިމާލު އޮތުން؛ ނުވަތަ
  4. މުދަލެއްގެ މިލްކުވެރިކަން ބަދަލުކުރުމުގެ އިހްތިމާލު އޮތުން؛ ނުވަތަ
  5. އެފަދަ އަމުރެއް އައިރުހާޒިރުގައި ނެރެންޖެހޭ އެހެންވެސް ސަބަބެއް އޮތްކަމަށް ގާޒީ އަށް ގަބޫލުކުރެވުން.

(ރ) މި މާއްދާގެ ދަށުން އައިރުހާޒިރުގައި ނެރޭ އަމުރެއް، އެ އަމުރު ރައްދުވާ ފަރާތަށް ލިބުމުން، އެ އަމުރު މުރާޖައާ ކޮށްދިނުން އެދި ހުށަހަޅާނަމަ، އެ އަމުރު ނެރުނު ކޯޓަށް ހުށަހެޅިދާނެއެވެ. އެފަދަ އަމުރެއް މުރާޖައާ ކޮށްދިނުމަށް އެދި ހުށަހަޅާނީ ،މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 33 އިންނެވެ. މި އުސޫލުން މުރާޖައާކުރުމަށް އެދި ހުށަހަޅާ މައްސަލައެއް މުރާޖައާކުރާނީ، އެ އަމުރު ނެރުނު ގާޒީ ނުވަތަ އެ މައްސަލައާ ހަވާލުވެހުރި ގާޒީ އެކެވެ.

(ބ) ހަސްމެއްގެ އައިރުހާޒިރުގައި ނެރެފައިވާ އަމުރެއް މުރާޖައާކުރެވޭނީ، މި ބަޔާންކޮށްފައިވާ ފަދަ ސަބަބެއް އޮތްނަމައެވެ.

  1. އައިރުހާޒިރުގައި އަމުރެއް ނެރެދިނުމަށް ހުށަހެޅި ހުށަހެޅުމުގައި ހާމަކުރަންޖެހޭ ހަގީގަތެއް ހާމަނުކޮށް އޮތުން؛ ނުވަތަ 
  2. އަމުރަށް އެދިފައިވާ ފަރާތުން އެ އަމުރުގައިވާ ށަރުތަކާ ހިލާފުވުން؛ ނުވަތަ 
  3. މައްސަލައިގެ ހާލަތަކަށް ބަދަލު އައުން؛ ނުވަތަ 
  4. އަމުރެއް ނެރެދިނުމަށް މައްސަލައިގެ ހާލަތުތައް ތަންދ ކަމަށް ނުފެނުން؛ ނުވަތަ
  5. އަމުރު ނެރެދިނުމަށްފަހު، އަމުރަށް އެދުނު ފަރާތުން މައްސަލަ އަވަހަށް 
    ކުރިޔަށް ގެންދިއުމަށް ފިޔަވަޅު ނޭޅުން؛ ނުވަތަ 
  6. އަމުރު ނެރުމުގެ ސަބަބުން ހައްގުނޫން ބުރައެއް އެއްވެސް ފަރާތަކަށް އުފުލަން ޖެހުން.

(ޅ) އަމުރު ނެރުނުއިރު ހިނގަމުންދާ މައްސަލައެއް ނެތްނަމަ، މިފަދަ އަމުރެއް މުރާޖައާކުރުމުގެ މައްސަލަތައް ބަލާނީ، ވަކި ގަޒިއްޔާއަކުންނެވެ.

(ކ) ވަގުތީ އަމުރަށް ނުވަތަ ރައްކައުތެރިކަމުގެ ފިޔަވަޅަށް އެދޭ ފޯމުގައި، ވަގުތީ  އަމުރަށް އެދުމުގެ ހައިސިއްޔަތު، އަމުރަށް އެދި ހުށަހަޅާ ފަރާތަށް ލިބިގެންވާ ގޮތް ބަޔާންކުރަންވާނެއެވެ.

 

ސޯޅަވަނަ ބައި

ދައުވާ އަނބުރާ ގެނައުން

 

116 ވަނަ މާއްދާ - ދައުވާ އަނބުރާ ގެނަ އުމަށް ހުށަހެޅުން

(ހ) ދައުވާކުރާ ފަރާތުން ބޭނުންވެއްޖެ ހިނދެއްގައި، އެ ފަރާތުން ކޮށްފައިވާ ދައުވާ އެކުގައި ނުވަތަ އެ ދައުވާއިން ބައެއް އަނބުރާ ގެނައުމަށް ހުށަހެޅިދާނެއެވެ.

(ށ) ދައުވާއެއް ނުވަތަ ދައުވާއިން ބައެއް އަނބުރާ ގެނައުމަށް އެދޭނަމަ، އެކަމަށް އެދި ހުށަހަޅާނީ، މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 34 އިންނެވެ. ދައުވާ އަނބުރާ ގެނައުމަށް ޓަކައި، ދައުވާގައި ހިމެނޭ ހަސްމެއްގެ ރުހުން ހޯދަންޖެހ ހާލަތުގައި، އެ ރުހުން ލިބިފައިވާކަމުގެ ލިޔުން މި ފޯމާއެކު ހުށަހަޅަންވާނެއެވެ.

(ނ) ދައުވާލިބޭ އެއް ފަރާތަށްވުރެ ގިނަ ފަރާތްތައް ހިމެނޭ ދައުވާތަކުގައި، ދައުވާކުރާ ފަރާތުން އަނބުރާ ގެންދަނ އޭގެ ތެރެއިން ކޮން ފަރާތަކާ ދެކޮޅަށް ކޮށްފައިވާ ދައުވާއެއްކަން، އެކަމަށް އެދި ހުށަހަޅާ ހުށަހެޅުމުގައި ބަޔާންކުރަންވާނެއެވެ.

(ރ) ދައުވާކުރާ ފަރާތުން ދައުވާ އަނބުރާ ގެންދިއުމަށް ހުށަހަޅާ ހާލަތުގައި، އެ ހުށަހެޅުން ބާތިލުކޮށްދިނުމަށް އެދި ދައުވާލިބޭ ފަރާތަށް ހުށަހެޅިދާނެއެވެ.

  1. ދައުވާ އަނބުރާ ގެނައުމުގެ ހުށަހެޅުމެއް ބާތިލުކުރަން އެދޭނަމަ، އެކަމަށް އެދި ހުށަހަޅާނީ، މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 35 އިންނެވެ. ދައުވާ އަނބުރާ ގެނައުމުގެ ހުށަހެޅުމެއް ބާތިލުކުރުމަށް ދައުވާލިބޭފަރާތުން އެދޭނަމަ، ދައުވާ އަނބުރާ ގެންނަކަމުގެ ލިޔުން އެ ފަރާތަށް ލިބޭތާ 28 (އަށާވީސް) ދުވަހުގެ ތެރޭގައި އެ ހުށަހެޅުމެއް ހުށަހަޅަންވާނެއެވެ.
  2. ދައުވާ އަނބުރާ ގެންނަން ހުށަހެޅި ހުށަހެޅުން ބާތިލުކުރުމަށް އެދި ދައުވާލިބޭ ފަރާތުން ހުށަހަޅައިފައި ނުވާނަމަ، ދައުވާ އަނބުރާ ގެންނަކަމުގެ ލިޔުން، ދައުވާލިބޭ ފަރާތަށް ލިބޭތާރީހުގައި، ދައުވާ އަނބުރާ ގެނައ ކަމުގައި ބެލޭނެއެވެ.
  3. މި މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގައި އެހެން އޮތް ނަމަވެސް، މައްސަލަ މުޅިން ނިމުނ ކަމުގައި ބެލޭނީ، ދައުވާ އަނބުރާ ގެންނަކަމުގެ ލިޔުން، ދައުވާ ލިބޭ ފަރާތަށް ލިބޭތާރީހުން ފެށިގެން، ދައުވާ ބާތިލުކުރުމަށް އެދި ހުށަހެޅުމަށް ކަނޑައެޅިފައިވާ މުއްދަތު ހަމަވުމުންނެވެ.

(ބ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ހުށަހެޅުމެއް ކޯޓަށް ލިބިއްޖެނަމަ، މައްސަލައިގެ އެހެން ހަސްމުންނަށް އެ ހުށަހެޅުމުގެ ކޮޕީ އެއް ކޯޓުން ފޯރުކޮށްދޭންވާނެއެވެ.

(ޅ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، އަންނަނިވި ހާލަތްތަކުގައި ދައުވާ ނުވަތަ ދައުވާގެ ބައެއް އަނބުރާ ގެންދެވޭނީ، ކޯޓުގެ ހުއްދަ ލިބިގެންނެވެ.

  1. އެ ދައުވާއާ ގުޅިގެން ވަގުތީ އަމުރެއް ނެރެފައިވުން؛
  2. އެ ދައުވާއާ ގުޅިގެން ދައުވާގެ އެއްވެސް ހަސްމަކު ވަކި ކަމަކަށް ކޯޓުގައި އެއްބަސްވެފައިވުން؛
  3. ދައުވާއާ ގުޅިގެން ދައުވާކުރާ ފަރާތަށް އެހައިތަނަށް ފައިސާގެ އެއްވެސް މިންވަރެއް ލިބިފައިވުން؛
  4. ދައުވާކުރާ އެއް ފަރާތަށްވުރެ ގިނަ ފަރާތްތައް ހިމެނޭ ދައުވާއެއްނަމަ، ދައުވާ އަނބުރާ ގެނައުމާމެދު އޭނާ ފިޔަވައި ދެންތިބި، ދައުވާކުރާ ފަރާތްތަކުގެ ރުހުން ލިޔުމުން ލިބުމުން؛
  5. ދައުވާ އަނބުރާ ގެންނަން ބޭނުންވާ ތާރީހުގެ ކުރިޔަށް އޮތް 1 (އެކެއް) މަސްދުވަހުގެ މުއްދަތުގައި މައްސަލައިގެ ށަރީއަތުގެ އަޑުއެހުމެއް ބޭއްވުުމަށް ކަނޑައަޅައިފައިވުން.

(ކ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، ތަރިކައިގެ މައްސަލައެއް އަނބުރާ ނުގެންދެވޭނީެއެވެ.

(އ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، ހުރިހާ ހަސްމުން އެ މައްސަލަ ހައްލުކުރަން އެއްބަސްވެގެން މެނުވީ، މައްސަލައިގެ އަޑުއެހުންތައް ނިމިފައިވަނިކޮށް، އެ ދައުވާއެއް ނުވަތަ އެ މައްސަލައެއް އަނބުރާ ނުގެންދެވޭނީެއެވެ.

 

117 ވަނަ މާއްދާ - ދައުވާ އަނބުރާ ގެނައުމަށްފަހު އަލުން އެ ދައުވާ ކުރުމުގެ ހުއްދަ ހޯދުން

ދައުވާ އަނބުރާ ގެނައުމަށްފަހު، އަލުން އެ ދައުވާ ލިބުނު ފަރާތުގެ މައްޗަށް ދައުވާއެއް ކުރާނަމަ، އަންނަނިވި ހާލަތްތަކުގައި އެކަމަށް ޓަކައި ކޯޓުގެ ހުއްދަ ހޯދަންވާނެއެވެ.

(ހ) ދައުވާ އަނބުރާ ގެނައ ދައުވާލިބޭ ފަރާތުން ދައުވާއަށް ޖަވާބުދާރ ވުމަށް ފަހުގައި ކަމަށްވުން.

(ށ) އަލުން ހުށަހަޅަން ބޭނުންވާ ދައުވާ އެ މައްޗަށް ބިނާވެފައިވާ ވާގިއާތަކާއި އަނބުރާ ގެނައި ދައުވާ ބިނާވެފައިވާ ވާގިއާތައް އެއްގޮތްވުން ނުވަތަ ދެ ދައުވާގެ ވާގިއާތަކަކީ ދާދި އެއްގޮތް ވާގިއާތަކަކަށް ވުން.

 

118 ވަނަ މާއްދާ - ދައުވާލިބޭ ފަރާތުން ހަރަދު ނަގައިދިނުމަށް އެދުން

(ހ) ދައުވާކުރާ ފަރާތުން ދައުވާ އަނބުރާ ގެނައި ނަމަވެސް، އެ ދައުވާގެ ސަބަބުން ދައުވާލިބޭ ފަރާތުން އެހައިތަނަށް ނުވަތަ އެ ތާރީހުގެ ކުރިން ކުރަންޖެހުނު ހަރަދުތައް، ދައުވާލިބޭ ފަރާތަށް ނަގައިދިނުމަށް ކޯޓުގައި އެދެވިދާނެއެވެ.

(ށ) ދައުވާކުރާ ފަރާތުން އަނބުރާ ގެންނަން އެދެނީ ދައުވާގެ ބައެއް ކަމުގައި ވާނަމަ، ދައުވާކުރާ ފަރާތުން ޒިންމާވާންޖެހޭނީ، ހަމައެކަނި އަނބުރާ ގެންނަ ބަޔަކާ ގުޅިގެން ހިނގައިފައިވާ ހަރަދުތަކަށެވެ. އަދި އެ ހާލަތުގައި ކޯޓުން އެހެން ގޮތަކަށް ކަނޑަނާޅާހައި ހިނދަކު، ދައުވާކުރާ ފަރާތުން ދައްކަންޖެހޭ ހަރަދުތައް ބަލައި ވަޒަންކުރާނީ، މުޅި ދައުވާ އެކުގައި ބަލައި ގޮތެއް ކަނޑައެޅުމަށްފަހުގައެވެ.

(ނ) ދައުވާކުރާ ފަރާތުން ދައުވާގެ ބައެއް އަނބުރާ ގެނައުމުގެ ސަބަބުން، ދައުވާލިބޭފަރާތުން ކުރަންޖެހުނު ހަރަދުތަކަށް ޒިންމާވާންޖެހޭ ހާލަތުގައި، އެ ހަރަދު ދެއްކުމަށް ދައުވާކުރާ ފަރާތަށް ކޯޓުން އަންގައިފައިވާ ތާރީހުން ފެށިގެން، ނުވަތަ އެ ހަރަދުގެ މިންވަރާ ގުޅޭ ގޮތުން ދައުވާގެ ހަސްމުން އެއްބަސްވި ތާރީހުން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި، ދައުވާކުރާ ފަރާތުން އެ ހަރަދު ދައްކައިފައި ނުވާނަމަ، އެ ފަރާތުން ދައްކަންޖެހިފައިވާ ހަރަދު ދައްކަންދެން އެ ދައުވާގައި ކުރިޔަށް ގެންދިޔުމަށް ނިންމައިފައިވާ ބައިތަކާ ގުޅޭ މައްސަލަ ކުރިޔަށް ނުގެންގޮސް މަޑުޖައްސައިލެވިދާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން މައްސަލަ ކުރިޔަށް ގެންދިޔުން މަޑުޖައްސައިލުމަށް ދައުވާލިބޭ ފަރާތުން އެދޭނަމަ، އެކަމަށް އެދި ކޯޓަށް ހުށަހެޅިދާނެއެވެ. މިގޮތުން ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން އަޑުއެހުމަކާ ނުލައި ކޯޓަށް އެކަމާމެދު ގޮތެއް ނިންމިދާނެއެވެ.

(ބ) ކުދި މައްސަލަތަކުގެ ޓްރެކުން ކުރިޔަށްގެންދާ މައްސަލަތަކުގެ މައްޗަކަށް މި މާއްދާއެއް ނުހިނގާނެއެވެ.

 

ސަތާރަވަނަ ބައި

ހުކުމްކުރުން

 

119 ވަނަ މާއްދާ - ހުކުމްކުރުން

(ހ) ށަރީއަތް ހިންގައިގެން ހުކުމްކުރުމަށް ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު)  ގައި ކަނޑައަޅައިފައިވާ މައްސަލަތަކުގެ ށަރީއަތުގެ އަޑުއެހުންތައް ނިމުމާއެކު، ވަގުތުން ނުވަތަ ވއެންމެ އަވަހަކަށް އެ މައްސަލައިގެ ހުކުމް ކުރަންވާނެއެވެ. މައްސަލައިގެ އަޑުއެހުންތައް ނިމުމާއެކު ވަގުތުން ހުކުމް ނުކުރާނަމަ، އަންނަނިވި ގޮތުގެ މަތީން އަމަލުކުރަންވާނެއެވެ.

  1. ހުކުމް ކުރާނެ ތާރީހެއް، ށަރީއަތުގެ އެންމެ ފަހު އަޑުއެހުމުގައި ހަސްމުންނަށް އެންގުން.
  2. ށަރީއަތުގެ ފަހު އަޑުއެހުމުގައި ހުކުމްކުރާނެ ތާރީހެއް ކަނޑައެޅެން ނެތްނަމަ، އެ އަޑުއެހުން ބާއްވާތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި، މައްސަލައިގެ ހުކުމްކުރާނެ ތާރީހެއް ކަނޑައަޅައި، ހަސްމުންނަށް އެންގުން.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މައްސަލައިގެ ހުކުމްކުރުމަށް ކަނޑައަޅާ ތާރީހަކ، ށަރީއަތުގެ ފަހު އަޑުއެހުން ބާއްވާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ މުއްދަތަށްވުރެ ފަހުގެ ތާރީހެއް ކަމުގައި ވެގެން ނުވާނެއެވެ.

(ނ) ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގައި ނުވަތަ އެހެން ގާނޫނަކުން އިސްތިސްނާކޮށްފައިވާ ހާލަތުގައި މެނުވީ، މަދަނީ ކޮންމެ މައްސަލައެއްގައި ކޯޓުން ހުކުމްކުރަންވާނީ، މައްސަލައިގެ ފުރިހަމަ ށަރީއަތެއް ހިންގުމަށްފަހު، ހުށަހެޅިފައިވާ ދައުވާއަށާއި، ދިފާއަށާއި، ހުށަހެޅުނު ހެއްކަށް ރިއާޔަތްކުރުމަށްފަހު، ހުޅުވައިލެވިފައިވާ ށަރީއަތުގެ އަޑުއެހުމެއްގައެވެ. ހުކުމްކުރުމުގެ މަޖިލީހުގައި ގާޒީ އިއްވާ ހުކުމަކ ލިޔެ ތައްޔާރުކޮށްފައިވާ ހުކުމެއްނަމަ، މުޅި ހުކުމް އެކުގައި އިއްވުން ލާޒިމެއް ނޫނެވެ. އެހެންނަމަވެސް، 
ހުކުމް އިއްވުމަށްފަހު، މައްސަލައިގެ ހުކުމުގެ އަސްލު، ވަގުތުން ހަސްމުންނަށް ދޭންވާނެއެވެ.

(ރ) މަދަނީ މައްސަލައަކާމެދު ގޮތެއް ކަނޑައަޅައިފައި ކުރާ ހުކުމުގައި، ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ 261 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވާންވާނެއެވެ. އަދި ކޯޓުން ކުރާ ހުކުމެއްގައި، ފައިސާ ދެއްކުމަށްކަނޑައަޅާނަމަ، އެ ގާނޫނުގެ 262 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން އެ ހުކުމުގައި ހިމަނަންވާނެއެވެ.

(ބ) ގަޒިއްޔާތައް ނިންމުމުގައި އެ ގަޒިއްޔާގައި ހިމެނޭ ފައިސާގެ ބާވަތުން ނުވަތަ ދެފަރާތުން އެއްބަސްވާ ކޮންމެ ބާވަތެއްގެ ފައިސާއަކުންވިޔަސް ފައިސާ ދެއްކުމަށް ހުކުމްކުރެވިދާނެއެވެ.

 

120 ވަނަ މާއްދާ - ހުކުމުގައިވާ ލިޔުމުގެ ނުވަތަ މައުލޫމާތުގެ ކުށް އިސްލާހުކުރުން

ކޯޓުން ކޮށްފައިވާ ހުކުމެއްގައިވާ ލިޔުމުގެ ކުށެއް ނުވަތަ މައުލޫމާތުގެ ކުށެއް އިސްލާހުކުރުމުގައި އަމަލުކުރާނީ، ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ 266 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

 

121 ވަނަ މާއްދާ - ހުކުމުގެ ތަންފީޒީ ބާރު ހިނގަން ފެށުން

(ހ) އަންނަނިވި ހާލަތްތަކުގައި މެނުވީ، ހުކުމްކުރި ތާރީހުގައި ހުކުމުގެ ތަންފީޒީ ބާރު ހިނގަން ފަށާނީެއެވެ.

  1. ހުކުމް ނުވަތަ އަމުރުގައި ތަންފީޒުކުރުމަށް ލާޒިމުކޮށްފައިވާ ކަމެއް ތަންފީޒުކޮށް ނިންމާނީްޖެހ ވަކި ތާރީހެއް އެހެން ގާނޫނެއްގައި ކަނޑައަޅައިފައިވުން؛ ނުވަތަ 
  2. ހުކުމް ނުވަތަ އަމުރުގައި ތަންފީޒުކުރުމަށް ލާޒިމުކޮށްފައިވާ ކަމެއް ތަންފީޒުކޮށް ނިންމާނީްޖެހ ވަކި ތާރީހެއް އެ ހުކުމުގައި ނުވަތަ އަމުރުގައި ކަނޑައަޅައިފައިވުން؛ ނުވަތަ
  3. ހުކުމް ތަންފީޒުކުރުން ކޯޓުން ފަސްކޮށްފައިވުން؛ ނުވަތަ 
  4. ހުކުމް ކުރި ކޯޓަކ ފުރަތަމަ މަރުހަލާގެ ކޯޓަކަށް ވެފައި، އަދި ހުކުމަކ ވަގުތީ ފަރުވާގެ ހުކުމެއް ނުވަތަ އަމުރެއް ކަމުގައި ވާނަމަ، އަދި ވަގުތީ  ފަރުވާގެ އެ ހުކުމަކ ނުވަތަ އަމުރަކ އަމުރަށް އެދޭ ފަރާތުން ސެކިއުރިޓ އެއް ބަހައްޓަންޖެހ ބާވަތުގެ އަމުރެއް ނުވަތަ ހުކުމެއްނަމަ، އަމުރަށް އެދޭ ފަރާތުން އެކަށީގެންވާ ސެކިއުރިޓ އެއް ބަހައްޓައި ފައިނުވުން؛ 
  5. އަމުރަށް އެދޭ ފަރާތުން ސެކިއުރިޓ އެއް ބަހައްޓައިފައި ނުވާ ހާލަތުގައި، އަމުރު ރައްދުވާ ފަރާތުން އެކަށީގެންވާ ސެކިއުރިޓ އެއް ބެހެއްޓުމުގެ ސަބަބުން ހުކުމުގެ ތަންފީޒީ ބާރު ފަސްކޮށްފައިވުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި މެނުވީ ފައިސާގެ އަދަދެއް ދެއްކުމަށް ކޯޓުން ކޮށްފައިވާ ހުކުމެއް ނުވަތަ އަމުރެއް، އެ ހުކުމެއް ނުވަތަ އަމުރެއް ކުރާ ތާރީހުން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި އެ ހުކުމެއް 
ނުވަތަ އަމުރެއް ރައްދުވާ ފަރާތުން ތަންފީޒުކޮށް ނިންމަންވާނީެއެވެ.

 

122 ވަނަ މާއްދާ - ހުކުމް ނުވަތަ އަމުރު ރައްދުކުރުން

އެ މީހަކީ މައްސަލައިގެ ހަސްމަކަށް ނުވިނަމަވެސް، ހުކުމުގައިވާ ނުވަތަ އަމުރުގައިވާ ކަމެއްގެ ސަބަބުން އެ މީހެއްގެ ހައްގަކަށް އަސަރުކޮށްފާނެ މީހަކު، ހުކުމުގެ ނުވަތަ އަމުރުގެ ކޮޕީ އެއް ހޯދުމަށް އެދިއްޖެނަމަ، އެ ފަރާތަކަށް އެ ހުކުމެއް ނުވަތަ އަމުރެއް ރައްދުކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.

 

123 ވަނަ މާއްދާ - ށަރީއަތް ނިމުނުގޮތުގެ ރިޕޯޓު ދޫކުރުން

މައްސަލައިގެ ހުކުމްކުރާ ދުވަހު، "ށަރީއަތް ނިމުނުގޮތް" ހަސްމުންނަށް ދޫކުރަންވާނެއެވެ. އަދި މައްސަލަ ނިންމި ދުވަހުން ފެށިގެން 15( ފަނަރަ( ދުވަހުގެ ތެރޭގައި ށަރީއަތް ނިމުނު ގޮތުގެ ރިޕޯޓު، ހަސްމުންނަށް ފޮނުވަންވާނެއެވެ.

 

އަށާރަވަނަ ބައި

ނިހާއީ ހުކުމް މުރާޖައާ ކުރެވޭ ހާލަތްތައް

 

124 ވަނަ މާއްދާ - ނިހާއީ ހުކުމެއް އަލުން މުރާޖައާކުރުން

(ހ) ހުކުމް އިއްވުމަށްފަހު، ހިސާބު ޖެހުމުގައި އަރައިފައިވާ އޮޅުމެއް ނުވަތަ ލިޔުމުގައިވާ އިމްލާކުށެއް އިސްލާހު ކުރުން ފިޔަވައި، ކޯޓުން ކޮށްފައިވާ ހުކުމަކަށް އެއްވެސް ބަދަލެއް ގެނެސްގެން ނުވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ ހަތާވީސްވަނަ ބާބުގައި ބަޔާންކޮށްފައިވާއިސްތިސްނާ ހާލަތްތަކުގައި، ނިހާއީ ހުކުމެއް އަލުން މުރާޖައާކުރަން އެދި، އެ ހުކުމް ނިސްބަތްވާ މައްސަލައިގެ ހަސްމަކަށް ހުށަހެޅިދާނެއެވެ. އެގޮތުން ނިހާއީ ހުކުމެއް މުރާޖައާ ކުރުމަށް އެދި ހުށަހަޅާނީ، މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 36 އިންނެވެ. ނިހާއީ ހުކުމެއް މުރާޖައާ ކުރަން ހުށަހަޅާއިރު، އެ ގާނޫނުގެ 292ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް ވުޖޫދުގައިވާކަން، ސަބާބައެކު ބަޔާންކުރަންވާނެއެވެ.

(ނ) ނިހާއީ ހުކުމެއް މުރާޖައާކުރަން އެދި ހުށަހަޅުމުން، މި ގަވާއިދުގައިވާ ގޮތުގެ މަތީން ދެފަރާތުން ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމުން، ށަރީއަތުގެ 1 (އެކެއް) އަޑުއެހުން ބޭއްވުުމަށްފަހު، އެ ގަޒިއްޔާގެ އަޑުއެހުންތައް ނިންމަންވާނީެއެވެ.

(ރ) މި މާއްދާގެ (ށ) ގެ ދަށުން ހުށަހެޅޭ މައްސަލައެއް ބަލާނީ، އެ ގަޒިއްޔާއަށް އައު ގަޒިއްޔާ ނަންބަރެއް ދިނުމަށްފަހުއެވެ.

 

ނަވާރަވަނަ ބައި

ށަރީއަތުގެ ހަރަދު ނަގައިދިނުން

 

125 ވަނަ މާއްދާ - ށަރީއަތުގެ ހަރަދު ނަގައިދިނުން

(ހ) ކޯޓުން ނިންމާ މައްސަލައެއްގައި ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ ފަންސަވީސް ވަނަ ބާބުގެ ދަށުން، ށަރީއަތުގެ ހަރަދު ނަގައިދިނުމަށް ނިންމާނަމަ، އެ މައްސަލައިގެ ހަރަދު ނަގައިދިނުމަށް ކޯޓުން ކަނޑައަޅާ ގޮތް މައްސަލަ ނިމުނު ގޮތުގައި ބަޔާންކުރަން ވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ށަރީއަތުގެ ހަރަދު ނަގައިދިނުމަށް ނިންމާނަމަ، ށަރީއަތުގެ ހަރަދު ނަގައިދިނުމަށް އެދި، އެ މައްސަލައެއް ނިންމި ތާރީހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ހުށަހަޅަންވާނެއެވެ. މިކަމަށް އެދި ހުށަހަޅާނީ، މި ގަވާއިދުގެ ޖަދުވަލުގައިވާ 37 ފޯމުންނެވެ.

 

ވިހިވަނަ ބައި

ހެކިހާމަކުރުން

 

126 ވަނަ މާއްދާ - އިހްތިލާފެއްނުވާ މައްސަލަތަކާއި، ކުދި މައްސަލަތަކުގައި ހެކި ހާމަކުރުން

(ހ) އިހްތިލާފެއްނުވާ ބާވަތުގެ މައްސަލަތަކާއި، ކުދި މައްސަލަތަކުގެ ޓްރެކުން ބަލާ މައްސަލަތަކުގައި ހެކި ހާމަކުރާނީ އަންނަނިވި ގޮތަށެވެ.

  1. ދައުވާ ފޯމާއެކު ހެކީގެ ގޮތުގައި ހުށަހަޅާ ލިޔުންތައް ހުށަހެޅުން؛
  2. އިބްތިދާއީ އަޑުއެހުމުގައި މައްސަލަ ބަލާ ގާޒީ އަންގާ ގޮތަކަށް އަދި އަންގާ މުއްދަތުގައި ހެކީގެ ގޮތުގައި ހުށަހަޅާ ލިޔުންތައް ހުށަހެޅުން.

 

127 ވަނަ މާއްދާ - ހެކި ހާމަކުރުމުގެ އިސްތިސްނާ ހާލަތް

އިހްތިލާފެއްނުވާ ބާވަތުގެ މައްސަލަތަކާއި، ކުދި މައްސަލަތަކުގެ ޓްރެކުން ބަލާ މައްސަލަތަކާއި، ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ 313 ވަނަ މާއްދާގައިވާ އުސޫލުން ބޮޑެތި މައްސަލަތަކުގެ ޓްރެކުން ބަލާ މައްސަލަތަކުގައި ހެކި ހާމަކުރުން ފިޔަވައި އެހެން މަދަނީ މައްސަލަތަކުގައި، ހަސްމުން ހެކި ހާމަކުރާނެ ވަގުތާއި ގޮތް، އެ މައްސަލައެއްގެ އިބްތިދާއީ އަޑުއެހުމުގައި ގާޒީ ކަނޑައަޅައި ހަސްމުންނަށް އަންގަންވާނެއެވެ.

 

128 ވަނަ މާއްދާ - ހެކި ހާމަކުރުމުގެ އިޖުރާއަތު

(ހ) މި ގަވާއިދުގެ 126 ވަނަ މާއްދާގެ ދަށުން ހެކި ހާމަކުރާނީ، މި ގަވާއިދުގެ ޖަދުވަލުގެ ފޯމު 38 އާ އެއްގޮތަށް އެކުލަވައިލާ "ހެކީގެ ލިޔުންތަކުގެ ލިސްޓް" އިންނެވެ. އިބްތިދާއީ އަޑުއެހުމުގައި ގާޒީ ކަނޑައަޅާ ތާރީހުގައި، ލިޔުންތަކުގެ ލިސްޓު މައްސަލައިގެ ހަސްމުން ކޯޓަށް ހުށަހަޅަންވާނެއެވެ.

(ށ) ލިޔުންތަކުގެ ލިސްޓުގައި ހިމަނާނީ، އެ މައްސަލައާ ގުޅުންހުރި އެންމެހައިލިޔުންތަކެވެ. އެ މައްސަލައާ ގުޅުންހުރި އެންމެހައި ލިޔުންތަކަކީ، އެ ހަސްމަކު އެ މައްޗަށް ބަރޯސާވާ ލިޔުންތަކާއި، އެ ފަރާތުން ވަކާލާތުކުރާ ކަމަކަށް ނޭދެވޭ 
އަސަރެއް ކޮށްފާނެ ލިޔުންތަކާއި، އެހެން ހަސްމަކު ވަކާލާތުކުރާ ކަމަކަށް ނޭދެވޭ އަސަރުކޮށްފާނެ ލިޔުންތަކާއި، އެހެން ހަސްމަކު ވަކާލާތުކުރާ ކަމަކަށް ބާރުލިބޭ ލިޔުންތަކާއި، ގާނޫނެއްގެ ދަށުން އެ ފަރާތުން ހާމަކުރަންޖެހޭ ލިޔުންތަކެވެ.

(ނ) ލިޔުންތަކުގެ ލިސްޓުގައި، ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ 305 ވަނަ މާއްދާގައިވާ މައުލޫމާތު ހިމެނޭ ގޮތަށް ތަރުތީބުން ފުރިހަމަކޮށް، އަދި އެ ލިޔުމުގެ ލިސްޓުގައިވާ މައުލޫމާތަކީ ތެދު މައުލޫމާތުކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ހެކި ހާމަކުރިކަމުގެ ބަޔާން ލިޔެ އެ ބަޔާނުގައި ސޮއިކުރަންވާނެއެވެ.

 

129 ވަނަ މާއްދާ - ހަސްމުންނަށް ލިޔުންތަކުގެ ލިސްޓު ކޯޓުން ރައްދުކުރުން

ލިޔުންތަކުގެ ލިސްޓު ހަސްމުން ކޯޓަށް ހުށަހެޅުމުން، ރަސްމީ ބަންދު ނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ލިސްޓުތައް ކޯޓުން ހަސްމުންނަށް ރައްދުކުރަންވާނެއެވެ. އަދި އެއަށްފަހު އެ ލިސްޓުގައި ބަޔާންކޮށްފައިވާ ލިޔުންތައް ކޯޓަށް ހުށަހަޅާނެ ގޮތާއި، ވަގުތާއި،އެ ލިޔުންތައް އެއް ހަސްމަކު އަނެއް ހަސްމަކާ ހިއްސާކޮށް، ދައްކައި، އެ އެއިން ލިޔުމެއްގެ ނަކަލެއް ނަގަން ބޭނުންވާނަމަ، އެކަން ކުރިޔަށް ގެންދާނެ ގޮތުގެ އިރުށާދު ކޯޓުން ހަސްމުންނަށް ދޭންވާނެއެވެ.

 

130 ވަނަ މާއްދާ - ހެކި ހާމަކުރުމުގެ ހާއްސަ އުސޫލުގެ އިޖުރާއަތު

ހެކި ހާމަކުރުމުގެ އުސޫލުން ހަސްމު ހާމަކޮށްފައިވާ ހެއްކަކ މައްސަލައިގައި ހެކި ބޭނުންވާ މިންވަރަށްވުރެ މަދު ހެކި ކަމުގައި ވާނަމަ، ނުވަތަ ބައެއް ލިޔުން ހާމަކޮށްފައި ނުވާނަމަ، ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ 307 ވަނަ މާއްދާގެ (ށ) ގައިވާ ކަމެއް އަނެއް ހަސްމުގެ ފަރާތުން ކުރުވުމަށް ކޯޓު އަމުރެއް ނެރެދިނުމަށް އެދި ހަސްމަކަށް ކޯޓަށް ހުށަހެޅިދާނެއެވެ. މި ބާވަތުގެ އަމުރަކަށް އެދި ހުށަހަޅާނީ، މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 31 އިންނެވެ. މި ފޯމުގައި ހަސްމު އެދޭ ގޮތުގެ ތަފުސީލާއި، އަމުރުކުރަން އެދޭ ގޮތް ބަޔާންކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އަމުރެއް ނެރުމާމެދު ކޯޓުން ގޮތެއް ނިންމުމުގައި މައްސަލައިގެ ވަށައިގެންވާ ކަންކަމަށާއި، އެ ލިޔުމުގެ މުހިންމު ކަމުގެ މައްޗަށާއި، ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ 302 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތް ކުރަންޖެހޭނީެއެވެ.

 

131 ވަނަ މާއްދާ - ހަސްމަކަށް ނުވާ ފަރާތެއްގެ މައްޗަށް ހެކި ހާމަކުރުމަށް ކުރާ އަމުރު

ދައުވާއެއްގެ ހަސްމަކަށް ނުވާ ފަރާތެއްގެ ކިބައިގައި ނުވަތަ އެފަރާތުގެ ހިޔާޒަތުގައި، ނުވަތަ ބެލުމުގެ ދަށުގައި، ނުވަތަ ބާރުގެ ދަށުގައި މައްސަލައާ ގުޅިގެން އުފެދޭނެ މައުޒޫއީަކާ ގުޅުންހުރި ލިޔުންތަކެއް ހުންނާނެކަމަށް ބެލެވ ކޮންމެ މީހެއްގެ މައްޗަށް، އެ ލިޔުމެއް 
ފޯރުކޮށްދިނުމަށް އަމުރުކޮށް ދިނުމަށް އެދި، މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 31، ކޯޓަށް ހުށަހެޅިދާނެއެވެ.

 

132 ވަނަ މާއްދާ - ދައުވާއެއް ހުށަހެޅުމުގެ ކުރިން ހެކި ހާމަކުރުމުގެ އަމުރަކަށް އެދި ހުށަހެޅުން

ދައުވާއެއް ހުށަހެޅުމުގެ ކުރިން ހެކި ހާމަކުރުމަށް ކޯޓުގައި އެދުމަށް ގާނޫނަކުން ހުއްދަކުރާ ހާލަތުގައި، މައްސަލައެއްގެ ހަސްމަކަށް ވާނެކަމަށް ބެލެވ މީހެއްގެ މައްޗަށް، ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ 311 ވަނަ މާއްދާގެ ދަށުން ހެކި 
ހާމަކުރުމުގެ އަމުރަކަށް އެދޭނަމަ، އެފަދަ އަމުރަކަށް އެދޭނީ، މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 31 އިންނެވެ.

 

133 ވަނަ މާއްދާ - ބޮޑެތި މައްސަލަތަކުގެ ޓްރެކުން ބަލާ މައްސަލަތަކުގައި ހެކި ހާމަކުރުމާބެހޭ ހާއްސަ އިޖުރާއަތު

ކޯޓުން އެހެން ގޮތަކަށް އަމުރު ނުކުރާހައި ހިނދަކު، ބޮޑެތި މައްސަލަތަކުގެ ޓްރެކުން ބަލާ އެންމެހައި މައްސަލަތަކުގައި، ހެކި ހާމަކުރުމާ ގުޅޭ ގޮތުން އަމަލުކުރާނީ، ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ 313 ވަނަ މާއްދާގެ (ށ) އިން ފެށިގެން އެ މާއްދާގައި ބަޔާންކޮށްފައިވާ ހާއްސަ އިޖުރާއަތާ އެއްގޮތަށެވެ.

 

134 ވަނަ މާއްދާ - ލިޔުމެއް ހާމަކުރުން ނުވަތަ ބެލުން ހުއްޓުވުމުގެ އަމުރަކަށް އެދުން

ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ 315 ވަނަ މާއްދާގެ (ހ) ގެ ދަށުން ލިޔުމެއް ނުވަތަ ލިޔުމުގެ ބައެއް ހާމަކޮށްފިނަމަ، އޭގެ ސަބަބުން އާންމުމަސްލަހަތަށް އުނިކަން އަތުވެދާނެކަމަށް ގަބޫލުކުރެވޭނަމަ، އެ ލިޔުމެއް ހާމަކުރުން ހުއްޓުވުމުގެ އަމުރަކަށް އެދޭނީ، މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 31 އިންނެވެ.

 

އެކާވީސްވަނަ ބައި

ހެއްކާ ގުޅޭ އާންމު އުސޫލުތައް

 

135 ވަނަ މާއްދާ - ހެކިބަހާބެހޭ އާންމުއުސޫލު

ށަރީއަތުގެ މަރުހަލާގައި ހެކިބަސް ހުށަހަޅާނީ، އާންމުކޮށް ހުޅުވައިލެވިފައިވާ ށަރީއަތެއްގައި ހެކިބަސްދޭ މީހާ އަނގަބަހުން ހެކިބަސް ދީގެންނެވެ. ށަރީއަތުގެ އަޑުއެހުމެއް ފިޔަވައި، އެ ނޫން އަޑުއެހުމެއްގައި ހެކިބަސް ހުށަހަޅާނީ، ހެކިބަސްދޭ މީހާގެ ލިޔުމަކުން ދީފައިވާ ހެކިބަހުގެ ބަޔާނަކުންނެވެ.

 

136 ވަނަ މާއްދާ - ހެކިބަހުގެ ބަޔާން އޮންނަންވީ ގޮތް

(ހ) ވަކި ވާގިއާއެއް ސާބިތުކުރުމަށް ޓަކައި ހެކިބަސް ބޭނުންވާ ކަންކަމާއި، އެ ވާގިއާއެއް ސާބިތުކުރުމަށް ޓަކައި ހެކިބަސްދޭޭނެ ފަރާތްތައް ހުށަހެޅޭނެ މިންވަރާއި، ށަރީއަތުގައި އަނގަބަހުން ހެކިބަސްދޭނެ ފަރާތްތަކާއި، ލިޔެފައިވާ ހެކިބަހުގެ ބަޔާނުން ހެކިބަސްދޭ ފަރާތްތަކާއި، ހެކިބަހުގެ ބަޔާނުން ހެކިބަސްދޭޭނަމަ، ހެކިބަސްދޭ ފަރާތުގެ ބަޔާނުގެ ދިގުމިނާއި ބަޔާން އޮންނަންވ ގޮތް ގާޒީ އަށް ކަނޑައެޅިދާނެއެވެ.

(ށ) ހެކިބަހުގެ ބަޔާން އޮންނަންވާނީ، މި ގަވާއިދުގެ ޖަދުވަލުގެ ފޯމު 39 ގައިވާ ނަމޫނާ އާ އެއްގޮތަށެވެ. ހެކިބަހުގެ ބަޔާނުގައި، އަންނަނިވި މައުލޫމާތު ހިމަނައިފައި އޮންނަންވާނީެއެވެ.

  1. މައްސަލަ ނުވަތަ ގަޒިއްޔާ ނަންބަރު؛
  2. މައްސަލައިގެ ހަސްމުންގެ މައުލޫމާތު؛
  3. ހެކިބަސް ދެނީ ކޮން ހަސްމެއްގެ ފަރާތުންކަން؛
  4. ހެކިބަސްދޭ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެހާއި، ކާކުކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓުގެ ނަންބަރާއި، ސޮޔާއި، އިނގިލީގެ ނިށާން؛
  5. ހެކިބަހުގެ ބަޔާނުގައި ހަވާލާދީފައިވާ ކޮންމެ އެގްޒިބިޓެއްގެ ނަންބަރު؛
  6. ބަޔާން ދީފައިވާ ތާރީހު.

 

137 ވަނަ މާއްދާ - ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ދެވޭ ހެކި

(ހ) ހެކިވެރިޔާ ށަރީއަތަށް ހާޒިރުކޮށްގެން ހެކިބަސް ނެގުމަކ އަދުލު އިންސާފު ގާއިމުކުރުމަށް ދިގު މުއްދަތެއް ނަގާނެކަމަށް ކޯޓަށް ގަބޫލުކުރެވ ކަމެއް ކަމުގައި ވާނަމަ، ހެކިބަސްދޭ ފަރާތް ކޯޓަށް ސީދާ ހާޒިރުވުމުގެ ބަދަލުގައި، އަންނަނިވި ހާއްސަ ހާލަތްތަކުގައި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް އެ ފަރާތުން ހެކިބަސް ދިނުމަށް ކޯޓަށް ހުއްދަ ދެވިދާނެއެވެ.

  1. ހެކިބަސްދޭ މީހާ ހުރީ ށަރީއަތް ހިނގަމުންދާ ރަށް ނޫން އެހެން ރަށެއްގައި ކަމަށްވުން؛ ނުވަތަ 
  2. ހެކިބަސްދޭ މީހާ ހުރީ ބޭރު ގައުމެއްގައި ކަމަށްވުން.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މީހެއްގެ ހެކިބަސް ނަގަންވާނީ، ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް އެ ރަށެއްގެ ކޯޓަށް އެ މީހާ ހާޒިރުކޮށް، އެ މީހަކީ ކާކުކަން ޔަގީންކޮށް، ހުވައި ކުރުވުމަށްފަހުގައެވެ.

(ނ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މީހެއްގެ ހެކިބަސް ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ނަގަންވާނީ، އެ މީހަކީ ކާކުކަން ޔަގީންކޮށް، ހުވައި ކުރުވުމަށްފަހުގައެވެ.

 

138 ވަނަ މާއްދާ - އެފިޑަވިޓް މެދުވެރިކޮށް ދޭ ހެކިބަސް

އެފިޑެވިޓް މެދުވެރިކޮށް ދޭ ހެކިބަހުގައި އަމަލުކުރާނީ، ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ އޮނަތިރީސް ވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

 

139 ވަނަ މާއްދާ - ހެކިބަސްދޭ މީހާގެ ށަރުތު ފުރިހަމަވުން

މައްސަލައެއްގެ ށަރީއަތުގެ މަޖިލީހުގައި ހެކިބަސްދޭ މީހަކީ ގާނޫނުން ނުވަތަ ށަރުއ ގޮތުން ހެކިބަސް ދިނުމަށް ށަރުތު ފުރިހަމަވާ މީހަކުކަން ކޯޓުން ކަށަވަރުކުރަން ވާނެއެވެ.

 

140 ވަނަ މާއްދާ - ހެކިބަސް ދިނުމުގެ ކުރިން ހުވައިކުރުން

(ހ) ހެކިބަސް ދިނުމުގެކުރިން، ހެކިބަސް ދ މީހާ، އަންނަނިވި އިބާރާތުން ހުވައި ކުރަންވާނެއެވެ. މި ހުވައިގެ އިބާރާތް އޮންނަންވާނީ، "މި މަޖިލީހުގައި އަހުރެންނާ ކުރެވ ސުވާލުތަކަށް ޖަވާބު ދިނުމުގައްޔާއި، އަހުރެން ބުނާ ކޮންމެ ބަހެއްގައި ތެދުބުނުމަށާއި، ހަގީގަތާ ހިލާފަށް އެއްވެސް ބަހެއް ނުބުނުމަށް، މާތްالله ގަންދީ ހުވައިކުރަމެވެ." މިގޮތަށެވެ.

(ށ) ހެކިބަސްދޭން ހުރީ ގައިރު މުސްލިމެއްނަމަ، ހެކިބަސް ނަގަންވާނީ، އަންނަނިވި އިބާރާތުން "މި މަޖިލީހުގައި އަހުރެންނާ ކުރެވ ސުވާލުތަކަށް ޖަވާބު ދިނުމުގައްޔާއި، އަހުރެން ބުނާ ކޮންމެ ބަހެއްގައި ތެދުބުނުމަށާއި، ހަގީގަތާ ހިލާފަށް އެއްވެސް ބަހެއް ނުބުނުމަށް އަހުރެން އިގްރާރު ވަމެވެ." މިގޮތަށް އިގްރާރު ކުރުވުމަށްފަހުއެވެ.

 

ބާވީސްވަނަ ބައި

ހެއްކާ ގުޅޭ ހާއްސަ އުސޫލުތައް

 

141 ވަނަ މާއްދާ - ވަކި ކަމެއް އިވުނުކަމަށް ބުނެ، ދޭ ހެކި

"ވަކިކަމެއް އިވުނު ކަމަށް ބުނެ، ދޭ ހެކި" ކަމަށް ބުނެފައި އެވަނީ، ހެކިބަސްދޭ މީހަކު، އޭނާ އަށް ކަނޑައެޅިގެން ފެނުނު އެއްޗެއް ނުވަތަ އިވުނު އެއްޗެއް ބަޔާންކުރުމުގެ ބަދަލުގައި، އެހެން މީހަކަށް ވަކި ކަމެއް ފެނުނު ކަމަށް ނުވަތަ އެހެން މީހަކަށް ވަކި އެއްޗެއް އަޑުއިވުނު ކަމަށް އެ މީހަކު ބުނި ބުނުމެއް، ހެކިބަސްދޭ މީހާއަށް އަޑުއިވުނު ކަމުގެ މައްޗަށް ދޭ ހެކިބަހަށެވެ. ވަކި ކަމެއް އިވުނު ކަމަށް ބުނެ، ދޭ ހެކިބަހުގައި އަމަލުކުރާނީ، ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ ތިރީސް ވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

 

142 ވަނަ މާއްދާ - އެހެން ގައުމުތަކުގެ ގާނޫނުގެ ދަށުން ހޯދާ ހެކި

ދިވެހިރާއްޖެ ފިޔަވައި އެހެން ގައުމެއްގެ ގާނޫނުގެ ދަށުން ހޯދާ ހެކި ކޯޓަށް ބަލައިގަންނަންވާނީ، އެ ހެއްކެއް ބަލައިގަތުމުގައި އެ ގައުމެއްގެ ކަމާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ނެވެ.

 

143 ވަނަ މާއްދާ - ޓްރަސްޓ އެއްގެ ގޮތުގައި މަސައްކަތްކުރުމަށް ހުއްދަދީފައިވާ ކަމުގެ ހެކި

ޓްރަސްޓ އެއްގެ ގޮތުގައި މަސައްކަތްކުރުމަށް ރުހުންދޭ ކަމަށް ބުނެ މީހަކު ސޮއިކޮށްފައިވާ ލިޔުމަކީ، އެ ސޮއިގެ ސައްހަކަން ތިންވަނަ ފަރާތަކުން ކަށަވަރުކޮށްދ ފިނަމަ، ޓްރަސްޓ އެއްގެ ގޮތުގައި މަސައްކަތްކުރުމަށް ރުހުން ދީފައިވާކަމުގެ ހެއްކެއްގެ ގޮތުގައި ބަލައިގަނެވޭނެ ލިޔުމެކެވެ.

 

144 ވަނަ މާއްދާ - އިތުރު ހެއްކެއް ހުށަހެޅުމަކާ ނުލައި ހެކީގެ ގޮތުގައި ބަލައިގަނެވޭނެ ލިޔެކިޔުން

(ހ) ވިޔަފާރިއެއްގެ ނުވަތަ ދައުލަތުގެ އިދާރާއެއްގެ ރިކޯޑުތަކުގެ ތެރޭގައި ހިމެނޭ ލިޔުމަކީ، އެ ލިޔުމެއްގެ ސައްހަކަމާއި އެ ލިޔުމުން ދޭހަވާ ކަންކަން އިތުރަށް ސާބިތުކުރުމަކާ ނުލައި ހެކީގެ ގޮތުގައި ށަރީއަތަށް ބަލައިގަނެވޭނެ ލިޔުމެކެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް ޓަކައި، ވަކި ލިޔުމަކީ ވިޔަފާރިއެއްގެ ނުވަތަ ދައުލަތުގެ އިދާރާއެއްގެ ރިކޯޑުތަކުގެ ތެރޭގައި ހިމެނޭ ލިޔުމެއްކަމަށް ބެލެވޭނީ، އެ ލިޔުމެއް ނިސްބަތްވާ ވިޔަފާރިއެއް ނުވަތަ އިދާރާއެއްގެ އޮފިސަރަކު އެ ލިޔުމުގައި ސޮއިކޮށް، އެ ތަނެއްގެ ސިއްކައެއް އެ ލިޔުމުގައި ޖަހައިފައިވާނަމައެވެ.

(ނ) މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ރިއާޔަތްކޮށް، ވަކި ލިޔުމަކާ ގުޅޭ ގޮތުން މި މާއްދާގެ (ހ) އަދި/ނުވަތަ (ށ) އަށް އަމަލުނުކުރެވޭނެ ކަމުގައި ކޯޓަށް ކަނޑައެޅިދާނެއެވެ.

 

ތޭވީސްވަނަ ބައި

ހަބީރުުން

 

145 ވަނަ މާއްދާ - ހަބީރުުންގެ ހެކި ބަސް ނެގުމުގައި އަމަލުކުރާނޭ ގޮތް

(ހ) މަދަނީ މައްސަލަތަކުގައި ށަރީއަތުގައި ހެކިބަސް ނެގުމަށް ޓަކައި ހަބީރަކުު ހާޒިރުކުރެވޭނީ، އަދި މައްސަލައިގެ ހެކީގެ ތެރޭގައި، ހަބީރެއްގެ ރިޕޯޓު ހިމެނޭނީ، ކޯޓުގެ ހުއްދަޔާ އެކުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުއްދައަށް އެދި ކޯޓަށް ހުށަހަޅާނީ ،އަންނަނިވި ކަންކަން ހިމެނޭ ގޮތަށް، މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 40 އިންނެވެ.

  1. ހަބީރުުގެ ހެކިބަސް ނެގުމަށް ހިނގާނެ ހަރަދުގެ އަންދާޒާ؛
  2. ހަބީރުުގެ ހެކިބަސް ބޭނުންވާ ދާއިރާ؛
  3. ހެކިބަސް ނަގަނ ކޮން ކަންތައްތަކަކާ ގުޅިގެންކަން؛
  4. ހަބީރުުގެ ނަން؛
  5. ހަބީރުުގެ އިލްމާއި ތަޖުރިބާ އަންގައިދޭ ލިޔުން.

 

146 ވަނަ މާއްދާ - ހަބީރުުގެ ށަރުތު/ އިލްމީ ސަނަދު

މި ބާބުގެ ދަށުން ހެކިބަސް ނެގުމަށް ހުށަހެޅޭ ހަބީރަކު، އެ ހަބީރެއްގެ ހެކިބަސް ނެގުމަށް ހުށަހެޅިފައިވާ ދާއިރާގައި ރަޖިސްޓަރީީ ކުރެވިފައިވާ، ނުވަތަ ހުއްދަ ލިބިފައިވާ ފަރާތެއް، ނުވަތަ އެ ދާއިރާއެއްގެ އިލްމާއި ތަޖުރިބާ ހުރި ފަރާތެއް ކަމަށް ކޯޓަށް ގަބޫލުކުރެވ 
ފަރާތަކަށް ވާންވާނެއެވެ.

 

147 ވަނަ މާއްދާ - ކުދި މައްސަލަތަކުގެ ނުވަތަ އަވަސްނިޔާގެ މައްސަލަތަކުގައި ހަބީރުުން ހެކިބަސް ނެގުން

(ހ) ހާއްސަ ހާލަތެއް މެދުވެރިވެގެން މެނުވީ ކުދި މައްސަލަތަކުގެ ނުވަތަ އަވަސްނިޔާގެ މައްސަލަތަކުގެ ޓްރެކުން ބެލޭ މައްސަލައެއްގައި ހަބީރެއްގެ ހެކި ހުށަހެޅުމުގެ ހުއްދަ ކޮންމެ ހަސްމަކަށް ދެވޭނީ، ކަނޑައަޅައިފައިވާ ވަކި ކަމަކާ ގުޅިގެން އެންމެ ހަބީރެއްގެ ހެކި ހުށަހެޅުމަށެވެ.

(ށ) ކުދި މައްސަލަތަކުގެ ނުވަތަ އަވަސްނިޔާގެ މައްސަލަތަކުގެ ޓްރެކުން ބެލޭ މައްސަލައެއްނަމަ، އެ މައްސަލައެއްގައި އިންސާފު ގާއިމު ކުރުމަށް ޓަކައި ހަބީރުު ށަރީއަތަށް ހާޒިރުކުރުމަށް ކޮންމެހެން ބޭނުންވާކަމަށް ގާޒީ އަށް ގަބޫލުކުރެވޭނަމަ، ހަބީރުުގެ ހެކިބަސް ނެގުމަށް މައްސަލައިގެ އަޑުއެހުމަކަށް އޭނާ  ހާޒިރު ކުރެވިދާނެއެވެ.

 

148 ވަނަ މާއްދާ - ހަބީރުުގެ ރިޕޯޓުގައި ހިމަނަންޖެހޭ ބައިތައް

ހަބީރުުގެ ރިޕޯޓުގެ ނިންމުމުގައި، އަންނަނިވި ބައިތައް ހިމަނަންވާނެއެވެ.

(ހ) ކޯޓުގެ މައްޗަށް ހަބީރުަށް އޮތް ޒިންމާތައް އެނގޭ ކަން؛

(ށ) އެ ޒިންމާތަކާ އެއްގޮތަށް އަމަލުކުރިކަން އަންގައިދޭ ބަޔާނެއް؛

(ނ) ރިޕޯޓު އެ މައްޗަށް ބިނާކޮށްފައިވާ އިރުށާދުތައް؛

(ރ) ރިޕޯޓަކ ތެދު މައުލޫމާތުކަމަށް ބަޔާންކޮށްފައިވާ އިގްރާރު.

 

ސައުވީސްވަނަ ބައި

ހުކުމް ތަންފީޒު ކުރުން

 

149 ވަނަ މާއްދާ - ތަންފީޒީ ޑިވިޒަން 

(ހ) ތަންފީޒުކުރުމުގެ މައްސަލަތައް ބަލާނީ  ތަންފީޒީ ޑިވިޒަނުންނެވެ.

(ށ) ތަންފީޒީ ޑިވިޒަނަށް ހުށަހެޅޭ މައްސަލަތައް ބަލާނީ، ކޯޓުގެ ހުރިހާ ގާޒީންގެ މެދުގައި މައްސަލަތައް ހަމަހަމަ ޔަށް ބެހިގެންދާނޭ އުސޫލަކުން ކޯޓުގެ ހުރިހާ ގާޒީންނެވެ.

(ނ) ހުކުމެއް ތަންފީޒުކުރުމުގެ ބޭނުމުގައި ކޯޓުގައި މަސައްކަތްކުރާ ކަމާބެހޭ މުވައްޒަފަކު، މީހެއްގެ ގޯތިގެދޮރަށް، ނުވަތަ އޮފ ހަކަށް ވަންނަނަމަ، ނުވަތަ އުޅަނދަކަށް އަރާނަމަ، ނުވަތަ ތަނެއް ބަލައި ފާސްކުރާނަމަ، ނުވަތަ މުދަލެއް ހިފަހައްޓާނީަމަ، އެ ކަމެއް ކުރަންވާނީ، ގާޒީ ސޮއިކޮށް ދޫކޮށްފައިވާ ކޯޓު އަމުރެއް އޮވެގެންނެވެ. މި ކޯޓު އަމުރު އޮންނަންވާނީ، މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 41 ގައިވާ ނަމޫނާއާ އެއްގޮތަށެވެ.

 

150 ވަނަ މާއްދާ - ތަންފީޒުކޮށްދިނުމަށް އެދުން

(ހ) ހުކުމެއް ނުވަތަ އަމުރެއް ތަންފީޒު ކޮށްދިނުމަށް އެދޭނީ، މި ގަވާއިދުގެ ޖަދުވަލުގެ ފޯމު 42 ގައިވާ ހުކުމް ތަންފީޒުކުރުމަށް އެދި ހުށަހަޅާ ފޯމުންނެވެ.

(ށ) ހުކުމެއް ނުވަތަ އަމުރެއް ތަންފީޒުކޮށްދިނުމަށް އެދެވޭނީ، ކޯޓުން ކޮށްފައިވާ ހުކުމުގައި ނުވަތަ ނެރެފައިވާ އަމުރުގައި އެކަމަކަށް ކަނޑައަޅައިފައިވާ މުއްދަތު ހަމަވުމުންނެވެ.

(ނ) ތަންފީޒުކުރަން އެދެނީ ރަހުނެއް ނުހިމެނޭ ފައިސާގެ ހުކުމެއް ނަމަ، ހުކުމް ތަންފީޒުކުރުމުގެ މައްސަލަ ހުށަހެޅުމުގެ ކުރިން ދަރަނިވެރިޔާގެ މިލްކުގައި ހުރި މުދަލުގެ ތަފުސީލު ހޯދުމަށް ވ ވަރަކުން އަރަނިވެރިޔާ މަސައްކަތް ކުރަންވާނެއެވެ. 
އަދި އެގޮތުން ލިބޭ ތަފުސީލު ހުކުމް ތަންފީޒުކުރުމަށް އެދޭ ފޯމުގައި ބަޔާންކުރަންވާނެއެވެ.

 

151 ވަނަ މާއްދާ - ފޯމެއް ހުށަހެޅުމެއްނެތި ތަންފީޒުކުރަންޖެހޭ ހުކުމްތަކާއި އަމުރުތައް

ހުކުމް ނުވަތަ އަމުރު ތަންފީޒުކޮށްދިނުމަށް އެދި ހުށަހަޅައިފައި ނުވިނަމަވެސް، އަންނަނިވި ހާލަތްތަކުގައި ހުކުމްތަކާއި އަމުރުތައް ތަންފީޒުކުރުމުގެ މަސައްކަތް ކޯޓުން ފަށަންވާނެއެވެ.

(ހ) ހުކުމެއް ނުވަތަ އަމުރެއް ތަންފީޒުކުރުމަށް މަތީ މަރުހަލާއެއްގެ ކޯޓަކުން އަމުރުކުރުން.

(ށ) ވަޒ ފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުމެއް ތަންފީޒުކުރުމަށް އެ ޓްރައިބިއުނަލުން ކޯޓުގައި އެދުން.

 

152 ވަނަ މާއްދާ - ތަންފީޒުކުރަން ހުށަހެޅިކަން އެންގުން

(ހ) ހުކުމް ތަންފީޒުކުރުމަށް އެދި މައްސަލައެއް ހުށަހެޅިއްޖެނަމަ، ދައުވާލިބޭ ފަރާތަށް އެކަން އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ އެންގުން އެންގުމުގެ ގޮތުން ފޮނުވާ ނޯޓިސް އޮންނަންވާނީ، މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 30 އާ އެއްގޮތަށެވެ. މި ނޯޓިސްގައި، އަރަނިވެރިޔާ ހުކުމް ތަންފީޒުކުރުމަށް އެދޭ ފޯމުގައި އަޅައިދިނުމަށް އެދިފައިވާ ފިޔަވަޅުތަކުގެ ތެރެއިން ދަރަނިވެރިޔާގެ ގައިރު ހާޒިރުގައި އަޅައިދޭން އެދިފައިވާ ފިޔަވަޅުތައް، މި ނޯޓިހުގައި ބަޔާންކޮށްގެން ނުވާނެއެވެ.

 

153 ވަނަ މާއްދާ - ތަންފީޒުކުރުމުގެ ނޯޓިސް ނުވަތަ އަމުރު ރައްދުކުރުން

އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށް އަމަލުކޮށްފިނަމަ ބަލާނީ، ހުކުމް ތަންފީޒުކުރުމުގެ 
މައްސަލައިގައި ފޮނުވަންޖެހޭ ނޯޓިސް ނުވަތަ ކޯޓަށް ހާޒިރުވުމުގެ އަމުރު ދައުވާލިބޭ ފަރާތަށް 
ރައްދުކުރެވިފައިވާ ކަމަށެވެ.

(ހ) ދައުވާލިބޭ ފަރާތް ނުވަތަ އެ ފަރާތް ތަމްސީލުކުރާ ފަރާތަކަށް ނޯޓިސް ނުވަތަ އަމުރު ރައްދުކުރުން.

(ށ) ދައުވާލިބޭ ފަރާތުން ކޯޓަށް އަންގައިފައިވާ އެޑްރެހަކަށް ނޯޓިސް ނުވަތަ އަމުރު ރައްދުކުރުން.

(ނ) ދައުވާލިބޭ ފަރާތުގެ ޕޯސްޓް ނުވަތަ އީމެއިލް އެޑްރެހެއްކަމަށް ދައުވާލިބޭ ފަރާތުން ކޯޓަށް އަންގައިފައިވާ ޕޯސްޓް ނުވަތަ އީމެއިލް އެޑްރެހަކަށް ނޯޓިސް ނުވަތަ އަމުރު ފޮނުވުން.

(ރ) ދައުވާލިބޭ ފަރާތަށް ލިޔުމެއް ރައްދުކުރެވޭނެ ނަންބަރެއް ކަމަށް މައުޒޫއީ ގަޒިއްޔާގައި ދައުވާލިބޭ ފަރާތުން ކޯޓަށް އަންގައިފައިވާ ނަން ބަރަކަށް ނޯޓިސް ނުވަތަ އަމުރު ފޮނުވުން.

(ބ) ދައުވާލިބޭ ފަރާތަކީ ގާނޫނީ ށަހްސެއްނަމަ، އެ ފަރާތުގެ ރަޖިސްޓަރީ އެޑްރެސްކަމަށް އެ ށަހްސެއް ރަޖިސްޓަރީ ކޮށްފައިވާ ފަރާތުން ދީފައިވާ އެޑްރެހަކަށް ނުވަތަ އީމެއިލް އެޑްރެހަކަށް ނުވަތަ ނަންބަރަކަށް ނޯޓިސް ނުވަތަ އަމުރު ފޮނުވުން.

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތަށް ނޯޓިސް ނުފޮނުވިއްޖެ ހާލަތެއްގައި ގާނޫނީ ށަހްސުގެ މަސްއޫލުވެރިއަކަށް ނުވަތަ އެ ފަރާތެއްގެ އެޑްރެހަކަށް ނުވަތަ 
އީމެއިލް އެޑްރެހަކަށް ނުވަތަ ނަންބަރަކަށް ނޯޓިސް ނުވަތަ އަމުރު ފޮނުވުން.

(ކ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތަށް ނޯޓިސް ނުފޮނުވިއްޖެ ހާލަތެއްގައި،ކުންފުންޏެއް ނަމަ، އެ ކުންފުނީ ގެ ޑައިރެކްޓަރެއްގެ އެޑްރެހަށް ނުވަތަ އީމެއިލް އެޑްރެހަށް ނުވަތަ ނަންބަރަކަށް ނޯޓިސް ނުވަތަ އަމުރު ފޮނުވުން.

 

154 ވަނަ މާއްދާ - ގާނޫނީ ށަހްސެއްގެ މަސްއޫލުވެރިން ކަމުގައި ބަލާނޭ މީހުން

ހުކުމެއް ނުވަތަ އަމުރެއް ތަންފީޒުކުރުމުގެ ބޭނުމަށް ގާނޫނީ ށަހްސެއްގެ މަސްއޫލުވެރިން ކަމުގައި ބަލާނީ އަންނަނިވި މީހުންނެވެ.

(ހ) ކުންފުންޏެއްނަމަ، މެނޭޖިންގ ޑިރެކްޓަރު ނުވަތަ ޑިރެކްޓަރުން؛

(ށ) ޕާޓްނަރށިޕެއްނަމަ، މެނޭޖިންގ ޕާޓްނަރ ނުވަތަ ޕާޓްނަރުން؛

(ނ) ކްލަބެއް ނުވަތަ ޖަމްއިއްޔާއެއްނަމަ، ރައީސް ނުވަތަ ހިންގާ ކޮމިޓީ ގެ މެންބަރުން؛

(ރ) ސިޔާސީ ޕާޓީ އެއްނަމަ، ޕާޓ ތަމްސީލުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ފަރާތެއްގެ ގޮތުގައި އިލެކްށަންސް ކޮމިށަނުގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތް؛

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފަދަ ފަރާތެއް ރަޖިސްޓަރީ ކޮށްފައި ނުވާނަމަ، ސިޔާސީ ޕާޓީ ގެ ރައީސް ނުވަތަ ޗެއަރޕަރސަން ނުވަތަ ނައިބު ރައީސް ނުވަތަ ސެކްރެޓަރ ޖެނެރަލް؛

(ޅ) ރާއްޖޭގައި ރީ-ރަޖިސްޓްރ ކޮށްފައިވާ ކުންފުންޏެއްނަމަ، ކުންފުނީ ގެ ލޯކަލް ރެޕްރެޒެންޓޭޓިވް؛

(ކ) މިނިވަން މުއައްސަސާއެއް ނަމަ، އެ ތަނެއްގެ ރައީސް ނުވަތަ ނައިބު ރައީސް ނުވަތަ މެންބަރުން.

 

155 ވަނަ މާއްދާ - ތަންފީޒީ މައްސަލަތައް ބެހިގެންވާ ގޮތް

ތަންފީޒީަށް ހުށަހެޅޭ މައްސަލަތައް ބެހިގެންވަނ އަންނަނިވި ގޮތަށެވެ.

(ހ) ރަހުނު ހިމެނޭ ފައިސާގެ ތަންފީޒު؛

(ށ) ރަހުނު ނުހިމެނޭ ފައިސާގެ ތަންފީޒު؛

(ނ) ފައިސާގެ އަދަދެއް ހިމެނިފައިނުވާ ތަންފީޒު؛

(ރ) އާބިޓްރޭށަނުގެ އެވޯޑެއް ނުވަތަ އާބިޓްރޭށަނަށް ހުށަހަޅައިފައިވާ މައްސަލައެއްގައި ނެރެފައިވާ އަމުރު.

 

156 ވަނަ މާއްދާ - ހުކުމް ނުވަތަ އަމުރު ނުވަތަ ނިންމުން ތަންފީޒުކުރުން

(ހ) ތަންފީޒުކުރުމަށް ހުށަހެޅޭ މައްސަލަތަކުގެ ތެރޭގައި ހިމެނޭ ރަހުނު ހިމެނޭ ފައިސާގެ ހުކުމް ތަންފ ޒާއި، ރަހުނު ނުހިމެނޭ ފައިސާގެ ހުކުމް ތަންފީޒު އަދި ފައިސާގެ އަދަދެއް ހިމެނިފައިނުވާ ތަންފީޒު ކުރުމުގެ މައްސަލަތައް ތަންފީޒުކުރުމުގައި އަމަލުކުރާނީ، ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) އާއި މި ގަވާއިދުގައި ހުކުމް ތަންފީޒުކުރުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

(ށ) އާބިޓްރޭށަނުގެ އެވޯޑެއް ނުވަތަ އާބިޓްރޭށަނަށް ހުށަހަޅައިފައިވާ މައްސަލައެއްގައި ނެރެފައިވާ އަމުރު ތަންފީޒުކުރުމުގައި އަމަލުކުރާނީ، ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

157 ވަނަ މާއްދާ - ތަންފީޒުކުރުމުގައި އަމަލުކުރާނޭ އާންމު އުސޫލު

ތަންފީޒުކުރުމަށް ހުށަހެޅޭ ހުރިހާ ބާވަތެއްގެ މައްސަލަތަކުގައި ވެސް އިސްކަންދޭންވާނީ،ހައްގުވެރިޔާގެ މަސްލަހަތަށެވެ. ތަންފީޒު ކުރުމުގެ މަރުހަލާގެ އެއްވެސް ހިސާބަކުން ދައުވާކުރާ ފަރާތުން ދައުވާލިބޭ ފަރާތަށް ދޭން ބޭނުންވާ ކޮންމެ ފުރުސަތެއް ކޯޓުން ދޭންވާނެއެވެ.

 

158 ވަނަ މާއްދާ - ދައުވާކުރާ ފަރާތުން ދޭން ބޭނުންނުވާ ފުރުސަތެއް ކޯޓުން ނުދިނުން

(ހ) ތަންފީޒުކުރުމުގެ މައްސަލައެއްގައި ދައުވާކުރާ ފަރާތުން ދައުވާލިބޭ ފަރާތަށް ދޭން އިންކާރުކުރާ ފުރުސަތެއް ނުދެވޭނީެއެވެ.

(ށ) ހުކުމް ނުވަތަ އަމުރު ނުވަތަ ނިންމުމާ އެއްގޮތަށް އަމަލު ނުކޮށްގެން ހުށަހެޅޭމައްސަލައެއްގެ ށަރީއަތުގެ މަޖިލިސް އޮންނަ ދުވަހު ނުވަތަ ގިނަވެގެން 7 (ހަތެއް) ދުވަހުގެ މުއްދަތުގެ ތެރޭގައި ހުކުމް ނުވަތަ އަމުރު ތަންފީޒުކުރާނެ ކަމަށް ދައުވާލިބޭ ފަރާތުން ކޯޓުގައި ބުނެފިނަމަ، އެކަމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ގިނަވެގެން 7 (ހަތެއް) ދުވަހުގެ މުއްދަތު ދިނުމަކަށް މި މާއްދާގެ (ހ) ހުރަހެއް ނާޅައެވެ.

 

159 ވަނަ މާއްދާ - ތަންފީޒުކުރުން ފަސްކުރުން

(ހ) ހުކުމް ނުވަތަ އަމުރު ނުވަތަ ނިންމުން ތަންފީޒުކުރުން ފަސްކުރުމަށް މަތީ މަރުހަލާގެ ކޯޓަކުން އަމުރުކޮށްފިނަމަ، ތަންފީޒުކުރުމުގެ މަސައްކަތް ވަގުތުން ހުއްޓައިލައި ތަންފީޒުކުރުމުގެ ގޮތުން އަޅައިފައިވާ އެންމެހައި ފިޔަވަޅުތައް ދޫކޮށްލަންވާނެއެވެ. ނުވަތަ ވަކި ގޮތަކަށް އަމަލުކުރުމަށް މަތީ މަރުހަލާގެ ކޯޓަކުން އަންގައިފައިވާނަމަ، އެ ގޮތަށް އަމަލުކުރަންވާނެއެވެ.

(ށ) ހުކުމް ނުވަތަ އަމުރު ނުވަތަ ނިންމުމުގެ ވަކިބައެއް ތަންފީޒުކުރުން ފަސްކުރުމަށް އަމުރުކޮށް، ތަންފީޒުކުރުމުގެ ދައުވާގައި ހިމެނޭ އެހެން ބައެއް ތަންފީޒުކުރަން މަތީ މަރުހަލާގެ ކޯޓަކުން އަމުރުކޮށްފައިވާ ހާލަތުގައި، ތަންފީޒުކުރުން ފަސްކުރުމަށް އަމުރުކޮށްފައިނުވާ ބައި ތަންފީޒުކުރުމުގެ މައްސައްކަތް ކޯޓުން ކުރިޔަށް ގެންދަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި އެ ބައެއް ތަންފީޒުކުރުމަށް ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) އާއި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަޅަންޖެހޭ ފިޔަވަޅުތައް ކޯޓުން އަޅަންވާނެއެވެ.

 

160 ވަނަ މާއްދާ - ރަހުނު ހިމެނޭ ފައިސާގެ ތަންފީޒު މައްސަލަ

(ހ) ރަހުނު ހިމެނޭ ފައިސާގެ ތަންފީޒު މައްސަލަތަކުގައި އަމަލުކުރާނީ، އަންނަނިވި ގޮތުގެ މަތީންނެވެ.

  1. ރަހުނުކުރެވިފައިވާ މުދާ ހުރި ތަނާއި ހާލަތު ލިޔުމަކުން ބަޔާންކޮށްދިނުމަށް ރަހުނު ބެހެއްޓި ފަރާތަށް އެންގުން؛
  2. ރަހުނުކުރެވިފައިވާ މުދަލުގެ އެ އިރެއްގެ އަގަކ ކޮބައިކަމާމެދު، ރަހުނު ބެހެއްޓި ފަރާތާއި ރަހުނު ހިފި ފަރާތުން އެއްބަސްވާ މިންވަރެއް އޮތްތޯ ބެލުން؛
  3. ރަހުނުކުރެވިފައިވާ މުދަލުގެ އެ އިރެއްގެ އަގަކ ކޮބައިކަމާމެދު، ރަހުނު ބެހެއްޓި ފަރާތާއި ރަހުނު ހިފި ފަރާތުން އެއްބަސްވާ މިންވަރެއްނެތްނަމަ، އަގުކުރުމަށް ދެފަރާތުން އެއްބަސްވާ ތިންވަނަ ފަރާތެއް ވޭތޯ ބެލުން؛
  4. ރަހުނުކުރެވިފައިވާ މުދަލުގެ އެ އިރެއްގެ އަގަކ ކޮބައިކަމާމެދު، ރަހުނު ބެހެއްޓި ފަރާތާއި ރަހުނު ހިފި ފަރާތުން އެއްބަސްވާ މިންވަރެއް ނެތިފައި، އަގުކުރުމަށް ދެފަރާތުން އެއްބަސްވާ ތިންވަނަ ފަރާ ތެއް ނެތްނަމަ، ށަރުއ އަގުކޮމިޓީ މެދުވެރިކޮށް، ރަހުނުކުރެވިފައިވާ މުދަލުގެ އެ އިރެއްގެ އަގު ހޯދުން؛
  5. ރަހުނުކުރެވިފައިވާ މުދާ އެއްފަރާތަށްވުރެ ގިނަފަރާތުގައި ރަހުނުކުރެވިފައި ވޭތޯ ދަރަނިވެރިޔާގެ ފަރާތުންނާއި ދައުލަތުގެ ކަމާގުޅޭ  އިދާރާތަކުން މައުލޫމާތު ސާފުކުރުން؛
  6. އެއް މުއާމަލާތާ ގުޅިގެން އެއް މުދަލަށްވުރެ ގިނަ މުދާ ރަހުނުކުރެވިފައިވާނަމަ، ވިއްކައިލުމުގެ ހުއްދަ ދޭނެ މުދަލާއި، ވިއްކުމުގައި އިސްކަންދޭނެ ތަރުތީބު ކަނޑައެޅުން؛
  7. ރަހުނުކުރެވިފައިވާ މުދަލަކ ބައިކޮށްގެން ވިއްކާ ފަދަ މުދަލެއްނަމަ، އެ މުދަލުން ވިއްކުމުގެ ހުއްދަދޭނެެ މިންވަރެއް ކަނޑައެޅުން.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތަށް އަމަލުކުރުމުގައި އެކަށީގެންވާ މުއްދަތެއްގައި ށަރީއަތުގެ އަޑުއެހުމެއް ބާއްވަންވާނެއެވެ.

 

161 ވަނަ މާއްދާ - ދަރަންޏަށް ޒިންމާކުރުވުން

ރަހުނު ބެހެއްޓި ފަރާތާއި ރަހުނު ހިފި ފަރާތާއި ގެރެންޓަރުންގެ މެދުގައި އެހެން ގޮތަކަށް އެއްބަސްވެފައި ނުވާނަމަ، ރަހުނު ހިމެނޭ ފައިސާގެ ހުކުމް ތަންފީޒުކުރުމުގެ މައްސަލަތަކުގައި އެ ދަރަންޏަކާ ގުޅިގެން ޕަރސަނަލް ގެރެންޓ ދީފައިވާ ގެރެންޓަރެއް ނުވަތަ ގެރެންޓަރުންތަކެއް ތިބިނަމަ، ގެރެންޓަރުންގެ މައްޗަށް ހުކުމް ތަންފީޒުކުރާނީ، ރަހުނު ކުރެވިފައިވާ މުދާ ވިއްކައިގެން ދަރަނި އެކުގައި ހަލާސް ނުވިނަމައެވެ. އެ ހާލަތުގައި އެ ދަރަންޏަކ ރަހުނު ނުހިމެނޭ ސާބިތު ދަރަންޏަކަށް ބަދަލުވެގެންދާނެއެވެ.

 

162 ވަނަ މާއްދާ - ރަހުނު ވިއްކައިލުމުގެ ހުއްދަ ދިނުން

(ހ) ރަހުނު ވިއްކައިލުމުގެ ހުއްދަ ދެވޭނީ ވަކި ށަރުތުތަކެއް ފުރިހަމަވުމުން ކަމަށް ރަހުނު ހިމެނޭ ފައިސާގެ މައުޒޫއީ މައްސަލައިގެ ހުކުމުގައި ބަޔާންކޮށްފައިވާނަމަ، ރަހުނު ވިއްކައިލުމުގެ ހުއްދަ ދޭންވާނީ އެ ށަރުތުތަކެއް ފުރިހަމަވުމުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވެފައި އޮތް ނަމަވެސް، ރަހުނު ވިއްކައިލުމުގެ ހުއްދަ ދިނުމުގެ ކުރިން، ރަހުނު ސަލާމަތްކުރުމަށް، ރަހުނު ބެހެއްޓި ފަރާތުން، ރަހުނު ހިފި ފަރާތާ ވާހަކަދެއްކުމަށް ފުރުސަތަކަށް އެދޭ ހާލަތުގައި އެ ފުރުސަތު ދިނުމަށް ރަހުނު ހިފި ފަރާތުން އިއުތިރާޒް ނުކުރާނަމަ 2 (ދޭއް) މަސްދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ކޯޓުން ފުރުސަތެއް ދެވިދާނެއެވެ.

(ނ) ރަހުނު ވިއްކައިލުމުގެ ހުއްދަ އޮންނަންވާނީ، މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 43 ގައިވާ ނަމޫނާއާ އެއްގޮތަށެވެ.

(ރ) ރަހުނު ވިއްކައިލުމުގެ ހުއްދައިގައި، އެންމެ މަދުވެގެން ވެސް، އަންނަނިވި މައުލޫމާތު ހިމެނިފައި ވާންވާނެއެވެ.

  1. ގަޒިއްޔާ ނަންބަރު؛
  2. މައުޒޫއީ ގަޒިއްޔާގެ ނަންބަރު؛
  3. ރަހުނު ބެހެއްޓި ފަރާތާއި ރަހުނު ހިފި ފަރާތް؛
  4. ރަހުނުކުރެވިފައިވާ މުދަލަކ ކޮބައިކަން؛
  5. ރަހުނުކުރެވިފައިވާ މުދަލުގެ ވެރިފަރާތް؛
  6. ރަހުނު ވިއްކައިލުމުގެ ހުއްދައަށް އެދުނު ފަރާތް؛
  7. ރަހުނު ވިއްކައިލުމުގެ ހުއްދަ ދިން ތާރީހާ ހަމަޔަށް ދަރަނީ ގެ ބާކީ ގައި އޮތް މިންވަރު؛
  8. ރަހުނު ވިއްކައިލުމުގެ ހުއްދަ ދޭންޖެހ ސަބަބު؛
  9. ރަހުނު ވިއްކައިލުމުގެ ހުއްދަ ދެމިއޮންނާނީެ މުއްދަތު؛
  10. )ރަހުނު ވިއްކައިލައިގެން ލިބުނު ފައިސާއާމެދު އަމަލުކުރިގޮތާއި، މުއާމަލާތް ނިމުނުއިރު ދަރަނި ހަލާސްވެފައިވާކަން ނުވަތަ ނޫންކަން ކޯޓަށް އެންގުމަށް ހުއްދަ ދެވޭ ފަރާތުގެ މައްޗަށް އަމުރުކުރެވިފައި އޮތުން؛
  11. ރަހުނު ވިއްކައިލުމުގެ ހުއްދަ ދިން ގޮތް.

(ބ) އެހެން ގޮތަކަށް ހަސްމުންގެ މެދުގައި އެއްބަސްވެފައި ނުވާނަމަ، ދަރަންޏަކާ ގުޅިގެން އެއް މުދަލަށްވުރެ ގިނަ މުދާ ރަހުނުކޮށްފައިވާނަމަ، އަދި އޭގެ ތެރެއިން ބައެއް މުދާ ވިއްކައިގެން ދަރަނި އަދާކުރެވިދާނެ ކަމަށް ގަބޫލުކުރެވޭނަމަ، ފުރަތަމަ ވިއްކައިލަން ހުއްދަދޭނީ، އެ ދަރަނި އަދާކުރެވޭނެ މިންވަރުގެ އަގެއް ހުރިކަމަށް ގަބޫލުކުރެވ މިންވަރަށްވާ މުދަލެވެ.

(ޅ) ރަހުނު ވިއްކައިލުމުގެ ހުއްދައިގެ ދަށުން ބީލަން ނުވަތަ ނީލަން ފަށާ އަގުކަމުގައި ބަލާނީ، މި ގަވާއިދުގެ 160 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ރަހުނުކުރެވިފައިވާ މުދަލުގެ އެ އިރުގެ އަގުކަމުގައި ބަޔާންކޮށްފައިވާ އަގެވެ.

 

163 ވަނަ މާއްދާ - ރަހުނު ތަންފީޒުވަންދެންގަޒިއްޔާގައި ހުކުމެއް ނުކުރުން

(ހ) ރަހުނު ހިމެނޭ ފައިސާގެ ހުކުމް ތަންފީޒުކުރުމުގެ މައްސަލައެއްގައި ރަހުނު ވިއްކައިލުމުގެ ހުއްދަ ދިންނަމަވެސް، ރަހުނު ވިއްކައިލެވި، ރަހުނުގެ އެއްބަސްވުން ނިމުމަކަށް އަންނަންދެން އެ ގަޒިއްޔާގައި ހުކުމް ކޮށްގެން ނުވާނެއެވެ.

(ށ) އެ ގަޒިއްޔާއެއްގައި ހިމެނޭ ރަހުނު ވިއްކައިލުމުގެ އިޖުރާއަތާ ގުޅިގެން ހުށަހެޅޭކަންކަން ބަލައި، އެފަދަ ކަމަކާ ގުޅިގެން ކޯޓުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނީ، އެ ގަޒިއްޔާގައި ނެރޭ އަމުރުތަކާއި ދޭ ނޯޓިސްތަކުންނެވެ.

 

164 ވަނަ މާއްދާ - ރަހުނު ވިއްކައިލުމުގެ ހުއްދަ ދެވުނު މުއްދަތު އިތުރުކުރުން

(ހ) ރަހުނު ވިއްކައިލުމުގެ ހުއްދަ ދިން މުއްދަތުގައި ރަހުނު ވިއްކައި ލެވިފައި ނުވަނީ ރަހުނު ވިއްކުމުގެ ހުއްދަ ދެވުނު ފަރާތުގެ ފަރުވާކުޑަކަމުން ނުވަތަ އިހުމާލަކުން ކަމުގައި ނުވާނަމަ، ރަހުނުގެ މުއްދަތު އިތުރުކޮށްދިނުމަށް ކޯޓުގައި އެދޭ ހާލަތުގައި ރަހުނު ވިއްކައިލުމުގެ ހުއްދައިގެ މުއްދަތު އިތުރުކޮށްދޭން ވާނެއެވެ.

(ށ) ރަހުނު ވިއްކައިލުމުގެ ހުއްދަ ދިން މުއްދަތުގައި ރަހުނު ވިއްކައިލެވިފައި ނުވަނީ، ރަހުނު ވިއްކުމުގެ ހުއްދަ ދެވުނު ފަރާތުގެ ފަރުވާކުޑަކުރުމެއް ނުވަތަ އިހުމާލެއް އޮވެގެން ކަމަށް ވެފައި، ދަރަނި ދައްކައިގެން ރަހުނުކުރި މުދާ ސަލާމަތްކުރުމަށް ރަހުނު ބެހެއްޓި ފަރާތުން ނުވަތަ ރަހުނުގެ ވެރިފަރާތުން އެދޭނަމަ، މުދާ ސަލާމަތްކުރުމަށް އެދުނު ފަރާތަށް، މަދުވެގެން 45 (ސާޅީސްފަހެއް) ދުވަހުގެ މުއްދަތުގެ ނޯޓިހެއް، މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 30 އިން ދޭންވާނެއެވެ.

 

165 ވަނަ މާއްދާ - ރަހުނު ވިއްކައިލަ އިގެން ދަރަނި އަދާވުން

(ހ)  ރަހުނު ކޮށްފައިވާ މުދާ ނުވަތަ މުދަލުން ބައެއް ވިއްކައިލައިގެން އެ ދައުވާގައި ހިމެނޭ ދަރަނި ހަލާސްވެއްޖެނަމަ، ދަރަނި ހަލާސްވެއްޖެކަމަށް ކަނޑައަޅައި ހުކުމް ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުކުމްކުރާނީ، ރަހުނު ވިއްކައިގެން ލިބޭ ފައިސާއިން ދަރަނީ ގެ މައްޗަށް ދައްކަންޖެހޭ އެންމެހައި ފައިސާއެއް ހަލާސްކުރުމަށްފަހު، ބާކީ ފައިސާ ހުރިނަމަ، އެ ފައިސާ ރަހުނުކުރި ފަރާތަށް ލިބިދެވޭނެ ގޮތުގެ މަތީންނެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ކުރާ ހުކުމުގައި، ރަހުނުގެ އެއްބަސްވުން ނިމުމަކަށް އައިސްފައިވާކަމަށް ބަޔާންކުރަންވާނެއެވެ.

 

166 ވަނަ މާއްދާ - ރަހުނު ވިއްކައިލަ އިގެން ދަރަނި އަދާނުވުން

(ހ) ރަހުނު ކޮށްފައިވާ މުދަލުން ބައެއް ވިއްކައިލައިގެން އެ ދައުވާގައި ހިމެނޭ ދަރަނި ހަލާސްނުވިނަމަ، އިތުރު މުދާ ވިއްކުމުގެ ހުއްދަ ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ދެވޭ ހުއްދައިގެ ދަށުން ރަހުނު ކޮށްފައިވާ އެންމެހައި މުދާ ވިއްކައިގެން ވެސް ދައުވާގައި ހިމެނޭ ދަރަނި ހަލާސް ނުވިނަމަ، ދަރަނީގައި ބާކީ އޮތް މިންވަރަކީ ރަހުނު ނުހިމެނޭ ސާބިތު ދަރަންޏެއްކަމަށް ކަނޑައަޅައި ހުކުމް ކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ކުރާ ހުކުމުގައި ރަހުނުގެ އެއްބަސްވުން ނިމިފައިވާކަމަށް ބަޔާންކުރަންވާނެއެވެ.

 

167 ވަނަ މާއްދާ - ރަހުނު ނުހިމެނޭ ފައިސާގެ ތަންފީޒީ މައްސަލަތަކުގައި ދަރަނިވެރިޔާގެ މާލީ ހާލަތު ބެލުން

ރަހުނު ނުހިމެނޭ ފައިސާގެ ތަންފީޒުކުރުމުގެ މައްސަލައެއް ހުށަހެޅުމުން، ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ 369 ވަނަ މާއްދާގައިވާ ގޮތަށް ދަރަނިވެރިޔާގެ މާލީ ހާލަތު ބެލުމަށް ޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށް ކޯޓުން ފަށަންވާނެއެވެ.

 

168 ވަނަ މާއްދާ - ރަހުނު ނުހިމެނޭ ފައިސާގެ ތަންފީޒީ މައްސަލަތަކުގައި އަމަލުކުރާނޭ އުސޫލު

ރަހުނު ނުހިމެނޭ ފައިސާގެ ތަންފީޒީ މައްސަލަތަކުގައި އަމަލުކުރާނީ، ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ ބައްތިރީސް ވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

 

169 ވަނަ މާއްދާ - ށަރީއަތުން މުދާ ވިއްކުން

(ހ) ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ 385 ވަނަ މާއްދާގެ ދަށުން ށަރީއަތުން މުދާ ވިއްކާނެ ފަރާތެއް އައްޔަނުކުރުމުގައި އަމަލުކުރާނީ އަންނަނިވި ގޮތަށެވެ.

  1. މުދާ ވިއްކުމަށް ހަވާލުކުރުމަށް ދެފަރާތް އެއްބަސްވާ ފަރާތެއް ހުރިނަމަ،މުދާ ވިއްކުމުގެ މަސައްކަތް އެ ފަރާތަކާ ހަވާލުކުރުން؛
  2. މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮ ށްފައިވާ ފަދަ ފަރާތެއް ނެތިފައި، މުދާ ހިފެހެއްޓުނު ގަޒިއްޔާގައި ދައުވާކުރާ ފަރާތަކީ މާލީ އިދާރާއެއްނަމަ، މުދާ ވިއްކުމުގެ މަސައްކަތް އެ ފަރާތާ ހަވާލުކުރުން.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކުރެވެން ނެތްނަމަ، އެ ނޫން ފަރާތެއް މެދުވެރިކޮށް މުދާ ވިއްކުމަށް ކޯޓުން ކަނޑައެޅިދާނެއެވެ.

 

170 ވަނަ މާއްދާ - މުދާ ވިއްކުމުގެ ނޯޓިސް

(ހ) ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ 385 ވަނަ މާއްދާގެ (ވ) ގައި ބަޔާންކޮށްފައިވާ މުދާ ވިއްކުމުގެ ނޯޓިސް ދިނުމުގައި އަމަލުކުރާނީ އަންނަނިވި ގޮތަ ށެވެ.

  1. ދަރަނިވެރިޔާއަށް ނޯޓިސް ފޮނުވާނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާގޮތަށެވެ.
  2. އަރަނިވެރިޔާއަށް ނޯޓިސް ފޮނުވާނީ، ދައުވާ ހުށަހެޅުމުގައި އަރަނިވެރިޔާއަށް ފޮނުވަންޖެހޭ ލިޔުންތަކާއި ތަކެތި ފޮނުވުމަށް ބަޔާންކޮށްފައިވާ ގޮތަށެވެ.
  3. މުދަލާ ގުޅޭ ގޮތުން ދައުވާއެއް ކޮށްފައިވާ އެ ދައުވާގެ ހަސްމުންނަށް ނޯޓިސް ފޮނުވާނީ، ދައުވާ ހުށަހެޅުމުގައި ހަސްމުންނަށް ފޮނުވަންޖެހޭ ލިޔުންތަކާއި ތަކެތި ފޮނުވުމަށް ބަޔާންކޮށްފައިވާ ގޮތަށެވެ.
  4. މުދަލާ ގުޅޭ ގޮތުން ހައްގެއް އޮތްކަމަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް ނޯޓިސް ފޮނުވާނީ، ރަޖިސްޓަރީީ ކުރުމަށް ހުށަހެޅުމުގައި އެ ފަރާތަށް ފޮނުވަންޖެހޭ ލިޔުންތަކާއި ތަކެތި ފޮނުވުމަށް ބަޔާންކޮށްފައިވާ ގޮތަށެވެ.

(ށ) މުދާ ވިއްކައިލުމުގެ ނޯޓިހުގައި، އެންމެ މަދުވެގެން ވެސް، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

  1. މުދަލުގެ ބާވަތާއި ނަން؛
  2. ރަޖިސްޓަރީ ކޮށްފައިވާ މުދަލެއްނަމަ، ރަޖިސްޓަރީީ ކުރި ތާރީހު؛
  3. މުދާ ވިއްކުމަށް ކަނޑައަޅައިފައިވާ ގޮތް؛
  4. ބީލަން ނުވަތަ ނ ލަމުގެ އުސޫލުން ވިއްކާނަމަ، ބީލަން ނުވަތަ ނީލަން ފެށ އަގާއި، ފަހަރަކު އިތުރުކުރެވޭނެ އެންމެ ކުޑަ މިންވަރު؛
  5. ބީލަން ނުވަތަ ނީލަން ކާމިޔާބުކުރި ފަރާތް ކަނޑައަޅާނެ ގޮތާއި، ފައިސާދެއްކުމަށް އެ ފަރާތަށް ދޭނެ މުއްދަތު؛
  6. ށަކުވާ ހުށަހަޅާނެ ގޮތާއި، ށަކުވާ ބަލައިގަންނާނީެ އެންމެ ފަހު ތާރީހާއި ގަޑި.

 

171 ވަނަ މާއްދާ - ދަރަނިވެރިންގެ ފައިސާ ހިފެހެއްޓުން

ދަރަނިވެރިންގެ މުދާ ވިއްކައިގެންނާއި، ކޯޓުން ހިފަހައްޓާ ފައިސާއާއި، އެހެނިހެން ގޮތްގޮތުން ކޯޓަށް ލިބޭ ދަރަނިވެރިންގެ ފައިސާ ކޯޓުގައި ހިފަހައްޓާނީ އަންނަނިވި ހާލަތްތަކުގައެވެ.

(ހ) ފައިސާ ހިފެހެއްޓުމަށް މަތީ މަރުހަލާގެ ކޯޓަކުން އަމުރުކޮށްފައި އޮތުން.

(ށ) އަރަނިވެރިޔާ އެހެން ފަރާތަކަށް ދައްކަންޖެހޭ ސާބިތު ދަރަންޏެއް އޮވެ،ހުކުމުގައިވާ ގޮތަށް އެ ފައިސާ ދައްކަމުން ނުދިއުން.

(ނ) ސާބިތު ދަރަންޏަކާ ގުޅިގެން ދައްކައިފައިވާ ފައިސާ ލިބެންވާ ފަރާތަށް ދޫނުކުރުމަށް ށަރީއަތުން އަންގައިފައި އޮތުން.

 

172 ވަނަ މާއްދާ - ކޯޓަށް ގެނެވޭ ފައިސާ އަރަނިވެރިންނަށް ދޫކުރުން

އެއްވެސް ފަރާތެއްގެ ނަމުގައި ހުރި ފައިސާއެއް ވަކި ގަޒިއްޔާއަކާ ގުޅިގެން ކޯޓަށް ގެނައިނަމަވެސް، އެ ފައިސާ ދޫކުރަންވާނީ، ދަރަނިވެރިޔާގެ ނަމުގައި ސާބިތުވެފައިވާ ދަރަނިތަކަކީ ކޮބައިކަން ބަލައި، އެ ދަރަންޏެއްގެ ނިސްބަތުން ހުރިހާ އަރަނިވެރިންނަށް ވެސް ފައިސާ ލިބޭނެ ގޮތަށެވެ. ނަމަވެސް، ރަހުނެއް އޮންނަ ހާލަތުގައި އެ ރަހުނަށް އިސްކަންދޭންވާނެއެވެ.

 

173 ވަނަ މާއްދާ - ބޭރު ގައުމުތަކުގެ ހުކުމްތައް ތަންފީޒުކުރުން

(ހ) ބޭރު ގައުމުތަކުގެ ހުކުމްތައް ދިވެހިރާއްޖޭގައި ތަންފީޒުކުރުމުގައި އަމަލުކުރާނީ، ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ ތެއްތިރީސް ވަނަ ބާބާއި، މި ގަވާއިދުގައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ހުކުމް ތަންފީޒުކުރުމަށް ކަނޑައަޅައިފައިވާ ގޮތުގެ މަތީންނެވެ.

(ށ) ބޭރު ގައުމެއްގެ ކޯޓެއްގެ ހުކުމެއް ތަންފީޒުކޮށްދިނުމަށް އެދޭނީ، ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގެ 394 ވަނަ މާއްދާއާ އެއްގޮތަށް،މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 45 އިންނެވެ.

 

174 ވަނަ މާއްދާ - ކުށުގެ މައްސަލަތަކުގެ ޖޫރިމަނާގެ ފައިސާއާއި ހުކުމުގެ ފައިސާ

ޖިނާއ މައްސަލަތަކުގައި އެކިއެކި ފަރާތްތަކުން ދައުލަތަށް ދައްކަން ޖެހ ޖޫރިމަނާއާއި ހުކުމުގެ ފައިސާ ހުކުމާ އެއްގޮތަށް ނުދައްކައިފިނަމަ، ދައުލަތުގެ ފަރާތުން އެ ހުކުމް ތަންފީޒުކުރުމަށް ހުށަހަޅާނީ، މި ގަވާއިދުގެ މި ބައިގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

 

ފަންސަވީސްވަނަ ބައި

ލިޔެކިޔުން ތައްޔާރުކުރުމާއި ކޯޓަށް ހުށަހެޅުން

 

175 ވަނަ މާއްދާ - ކޯޓަށް ހުށަހަޅާ ލިޔުންތައް

(ހ) މި ގަވާއިދުގެ ޖަދުވަލުތަކުގައި ބަޔާންކޮށްފައިވާ ފޯމެއް ނުވަތަ ލިޔުމެއް ހުށަހަޅާނަމަ ހުށަހަޅަންވާނީ، މި ގަވާއިދުގެ ޖަދުވަލުގައިވާ ނަމޫނާއާ އެއްގޮތަށެވެ.

(ށ) ހުށަހަޅާ ލިޔުން އޮންނަންވާނީ، ވަކި ށަރުތެއް ފުރިހަމަވާ ގޮތަށް ނުވަތަ ތެދުކަމަށް ކަށަވަރުކޮށްފައިވާ ކަމަށް، ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގައި ނުވަތަ މި ގަވާއިދުގައި ބަޔާންކޮށްފައިވާނަމަ،އެ ލިޔުމެއް އޮންނަންވާނީ، އެ ށަރުތު ފުރިހަމަވާ ގޮތަށެވެ.

(ނ) ހުށަހަޅާ ލިޔުންތަކާއި ފޯމާއެކު ވަކި ލިޔުންތަކެއް ހުށަހަޅަންޖެހޭ ކަމަށް، ގާނޫނު ނަންބަރު 2021-32 (މަދަނީީ އިޖުރާއަތުގެ ގާނޫނު) ގައި ނުވަތަ މި ގަވާއިދުގައި ބަޔާންކޮށްފައިވާނަމަ، އެ ލިޔުންތައް ހުށަހަޅަންވާނީ އެ އުސޫލުންނެވެ.

(ރ) ކޯޓުން ހަސްމަކަށް އެއްވެސް އެންގުމެއް އަންގާނަމަ، އެ އެންގުން އަނެއް ހަސްމަށް ހިއްސާ ކުރަންވާނެއެވެ.

(ބ) ވަކިކަމެއް ކުރުމަށް ކޯޓުން ހަސްމަކަށް ދީފައިވާ މުއްދަތެއް އިތުރުކުރުމަށް ނުވަތަ އެނޫންވެސް އެފަދަ ކަމަކު އެއްވެސް ހަސްމަކު ކޯޓަށް ސިޓީ އެއް، ނުވަތަ 
އީ-މެއިލެއް، ނުވަތަ ލިޔުމެއް ނުވަތަ ނޯޓިހެއް ފޮނުވާނަމަ، އެ ލިޔުމެއްގެ ކޮޕީ އަނެއް ހަސްމަށް ފޮނުވަންވާނެއެވެ.

(ޅ) ކޯޓުން މައްސަލައެއްގެ ށަރީއަތާބެހޭ ގޮތުން ދައުލަތުގެ އެއްވެސް އިދާރާއަކަށް ނުވަތަ އަމިއްލަ ފަރާތަކަށް އެއްވެސް ކަމެއް އޮޅުންފިލުވަން ސިޓީ އެއް ނުވަތަ ލިޔުމެއް ފޮނުވާނަމަ، އެކަން އެ މައްސަލައިގެ ދެ ހަސްމުންނަށް އަންގަންވާނެއެވެ.

(ކ) މި މާއްދާގެ (ރ) އާއި، (ބ) އާއި، (ޅ) ގައި އެހެން އޮތް ނަމަވެސް، އެއް ހަސްމުގެ އައިރުހާޒިރުގައި ނެރޭ ވަގުތީ އަމުރުތަކާއި، އެފަދަ ވަގުތީ  އަމުރުތައް ނެރެދިނުން އެދޭ ކަން، ނުވަތަ ހުކުމް ތަންފީޒުކުރުމުގެ މަރުހަލާގައި ވަކިބާވަތެއްގެ އަމުރަކަށް އެދޭ ކަން ނުވަތަ އެފަދަ އަމުރެއް ކޯޓުން ނެރޭ ކަން ނުވަތަ މީހެއްގެ މިލްކިއްޔާތުގައި ހުރި ތަކެތި އޮޅުންފިލުވަން ފޮނުވާ އަމުރުތަކާއި ލިޔުންތައް އަނެއް ހަސްމަށް އަންގާކަށެއް ނުޖެހޭނެއެވެ.

 

ސައްބީސްވަނަ ބައި

ހަސްމުންނާއި ވަކީލުންގެ ޗުއްޓީ

 

176 ވަނަ މާއްދާ - ހަސްމު ނުވަތަ ގާނޫނީ ވަކީލު ރަށުން ބޭރަށް ފުރުމުގެ ކުރިން ކޯޓުގެ ހުއްދަ ހޯދުން

ކޯޓުގައި ހިނގަމުންދާ ގަޒިއްޔާއެއްގައި ހިމެނޭ ހަސްމަކު ނުވަތަ ހަސްމުން ތަމްސީލު ކުރާނެ ފަރާތެއް ރަށުން ބޭރަށް ފުރައިގެން ދާނަމަ، މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 44 ހުށަހަޅައި، ކޯޓުގެ ހުއްދަ ހޯދަންވާނެއެވެ.

 

ހަތާވީސްވަނަ ބައި

މައްސަލަ ބަލާ ގާޒީ، މައްސަލައިގެ ފައިލު އަދި ލިޔެ ކިޔުން

 

177 ވަނަ މާއްދާ - މައްސަލަ ބަލާނޭ ގާޒީ 

(ހ) ގާނޫނެއްގައި ވަކި ގޮތަކަށް ކަނޑައަޅައިފައި ނުވާނަމަ، މައްސަލަ ބަލައި ށަރީއަތް ކުރާނީ އެންމެ ގާޒީ އެކެވެ.

(ށ) މައްސަލަ ބެލުމަށް ގާޒީ އަކު އައްޔަނުވުމަށްފަހު، މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، އެ މައްސަލައެއް ނިމެންދެން އެ މައްސަލައެއްގެ ހުރިހާ އިޖުރާއަތެއް ފުރިހަމަކުރަންވާނީ، އެ ގާޒީ އެކެވެ.

(ނ) މައްސަލަ ބަލަމުންގެންދާ ގާޒީ ބަދަލުކުރެވޭނީ، ހަމައެކަނި ގާނޫ ނެއްގައި ނުވަތަ ގަވާއިދެއްގައި ބަޔާންކޮށްފައިވާ ހާލަތެއްގައެވެ.

(ރ) ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ބަޔާންކޮށްފައިވާ ހާލަތެއްގައި މައްސަލަ ބަލާ ގާޒީ އަށް މައްސަލަ ބެލެން ނެތިގެން، އެ މައްސަލަ ބެލުމަށް އެހެން ގާޒީ އަކާ ހަވާލުކުރެވިއްޖެ ހިނދެއްގައި، އެ ގާޒީ އެ މައްސަލަ ހިންގަންވާނީ، އެ މައްސަލައެއް އެ އިރަކު ގޮސްފައިވާ ހިސާބަކުން ފެށިގެންނެވެ.

(ބ) ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ބަޔާންކޮށްފައިވާ ހާލަތެއްގައި މައްސަލަ ބަލާ ގާޒީ އަށް މައްސަލަ ބެލެން ނެތިގެން، އެ މައްސަލަ ބެލުމަށް އެހެން ގާޒީ އަކާ ހަވާލުކުރެވިއްޖެ ހިނދެއްގައި އެ ގާޒީ އާ މައްސަލަ ހަވާލުކުރެވުމުގެ ކުރިން ހާޒިރުކުރެވިފައިވާ ހެކިން އަލުން ހާޒިރުކުރާކަށެއް ނުޖެހޭނެއެވެ.

 

178 ވަނަ މާއްދާ - މައްސަލައިގެ އަޑުއެހުންތަކުގެ އޯޑިއޯ ވީޑިއޯ ރިކޯޑިންގބެލެހެއްޓުމާއި އަރުށީފުކުރުން

(ހ) ކޮންމެ މައްސަލައެއްގެ އިބްތިދާއީ އަޑުއެހުންތަކާއި ށަރީއަތްތަކުގެ އަޑުއެހުންތަކުގެ އޯޑިއޯ/ވީޑިއޯ ރިކޯޑުކޮށް، ޑިޕާޓްމަންޓް އޮފް ޖުޑިށަލް އެޑްމިނިސްޓްރޭށަނުން ހަމަޖައްސާ އުސޫލަކުން ރައްކައުތެރިކޮށް ބެލެހެއްޓުމަކީ، ކޯޓުގެ މަސްއޫލިއްޔަތެކެވެ. އަދި އެ ރިކޯޑިންގތައް އަރުށީފުކުރުމަށް ޓަކައި ޑިޕާޓްމަންޓް އޮފް ޖުޑިށަލް އެޑްމިނިސްޓްރޭށަނުން ހަމަޖައްސާ އުސޫލަކުން އެ ޑިޕާޓްމަންޓާ އެ ރިކޯޑިންގތައް ރައްކައުތެރިކަމާއެކު ހަވާލުކުރަންވާނެއެވެ.

 

އަށާވީސްވަނަ ބައި

އެހެނިހެން ކަންކަން

 

170 ވަނަ މާއްދާ - ށަރީއަތުގެ ލިޔުންތައް ށާއިއު ކުރުން

މި ގަވާއިދުގެ ދަށުން ށަރީއަތުން ށާއިއު ކުރަންޖެހޭ އިއުލާނުތަކާއި، އާންމު އެންގުންތަކާއި، އަމުރުތަކާއި، ނިންމުންތަކާއި، ހުކުމްތަކާއި، ރިޕޯޓުތައް ށާއިއުކުރަމުންދާނީ، ކޯޓުގެ ވެބްސައިޓުގައެވެ.

 

180 ވަނަ މާއްދާ - ޖަދުވަލާއި އެޕެންޑިކްސް

މި ގަވާއިދާ އެކުގައިވާ ޖަދުވަލުތަކުގައިވާ ފޯމުތަކާއި އެޕެންޑިކްސްތަކަކީ މި ގަވާއިދުގެ ބައެކެވެ.

 

181 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަންފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

182 ވަނަ މާއްދާ - މި ގަވާއިދު މުރާޖައާކުރުން

މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަސް ވުމުގެ ކުރިން މި ގަވާއިދު މުރާޖައާ ކުރަންވާނެއެވެ.

 

 

(މި ގަވާއިދުގެ ފޯމުތަކާއި ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި)

 

މައި ގާނޫނު

މަދަނީ އިޖުރާއަތުގެ ގާނޫނު (ގާނޫނު ނަންބަރު 2021-32)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު